Share

ކުޅުދުއްފުށީގައި ވެސް ވޯލްޑުކަޕްގެ ފޯރި ވަރަށް ގަދަވެފައި

ކުޅުދުއްފުށީގައި ވެސް ވޯލްޑުކަޕްގެ ފޯރި ވަރަށް ގަދަވެފައި
އިބްރާހިމް ހަމީދު

ދިވެހިރާއްޖޭއާއި ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިވެސް މިހާރު ފޯރިއާއި އެކުއިވެމުންދާ އަޑަކީ ވޯލްޑުކަޕްގެ މެޗްތަކުގެ ވާހަކަތަކެވެ. މިމަހު ފެށުނު ދުނިޔޭގެ އެންމެބޮޑު ފުޓްބޯޅަ މުބާރާތް ( ވޯލްޑުކަޕް ) ކުޅުދުއްފުށީގައިވެސް ދަނީ ފޯރިއާއި ޖޯޝާއެކު ބަލަމުންނެވެ.

މިގޮތުން ކުޅުދުއްފުށީގައި މިމުބާރާތުގެ މެޗުތައް ބެލުމަށް ތައްޔާރު ކުރެވިފައިވާ ތަންތަނުގައި ބޮޑު ސްކުރީނު ބަހައްޓައިގެން މެޗުތައް ބެލުމުގެ އިންތިޒާމު އެކިއެކި ފަރާތްތަކުން ވަނީ ހަމަޖައްސައިފައެވެ. މިހެން އިންތިޒާމްތައް ހަމަޖެހިފައި ހުންނާތީ މެޗް ބެލުމަށް އެތަންތަނަށް ގޮސް ތިބޭމީހުން ހިތްހަމަޖެހިފައި ތިބޭކަން ފާހަގަވެއެވެ. އަދި ވަކިވަކި ފަރުދުންގެ ގޭގެގައިވެސް ދަނީ ވަރަށް ފޯރީގައި މެޗުތައް ބަލަމުންނެވެ.

މެޗުތައް ބަލަމުންދާ ވަގުތުތަކުގައި ގޭމް ކުޅުންފަދަ ކަންތައް ތަކާއި ތަފާތު ވައްތަރު ތަކުގެ ކެއިން ބުއީމުގެ ހަރަކާތްތައް ވެސް ކުރިއަށްދާ ކަމުގެ މަޢުލޫމާތު ލިބެއެވެ.

ކުޅުދުއްފުށީގެ ރައްޔިތުންނަކީ އަބަދުވެސް ފުޓްބޯޅައަށް ލޯބިކުރާ ބައެއް ކަން، އަދި ހާއްސަ ކޮށް ވޯލްޑުކަޕްގެ މެޗުތައް ބެލުމަށް ސައުގުވެރިކަން ހުންނަ ބައެއް އުޅޭ ރަށެއްކަން ފާހަގަކޮށްލެވެއެވެ.

‮ ‬2‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޖާދޫ‮ ‬ވިދާޅުވީ


    ތާރީޚް:22/06/2010

    މިވެސް ދެން ލިޔުމެއްދޯ.. ފޮޓޯއިންވެސް އެއްވެސް އެއްޗެއް ދޭހައެއްނުވޭ.. އެންމެ ފޯރީގައި ބަލާ ޖަގަހަ ތަކުގެ މައުލޫމާތު ގެނެސްދިންނަމަވެސް މިއަށްވުރެ ރަގަޅުވީސް. ދެން ވޯލްޑްކަޕް ބަލާނެކަން އެނގޭނެދޯ އެންމެންނަށްވެސް.. ހެހެހެހެ

  2. ބޮލުރޮދި‮ ‬ވިދާޅުވީ


    ތާރީޚް:22/06/2010

    ކުޅުދުއްފުށީގައި ވޯލްޑްކަޕް ފޯރިއެއްނެތް ………… މީ ކަމުދާ ލިޔުމެއްނޫން

ޚިޔާލު ފާޅުކުރައްވާ