“…ދިވެހިރާއްޖެއަކުން ދިވެހިބަހެއް ފޮހެވިގެން ނުދާނެ. ދިވެހިން އަބަދުވެސް ވާހަކަދައްކަމުން ގެންދާނީ ދިވެހިބަހުން. މި ރާއްޖޭގައި ދިވެހިން ތިބިހާދުވަހަކު މިރާއްޖޭގައި ދިވެހިބަސް އޮންނާނެ…” ދެންމެ ތިޔަ ވިދާޅުވީ ރައީސް ނަޝީދުގެ 52 ވަނަ ރޭޑިޔޯ ޚިޠޯބުގައި ވިދާޅުވި ވާހަކަތަކެކެވެ. ޢިލްމީނަޒަރަކުން ބަލާއިރު އެއްވެސް އޮއްޓަރެއްނެތް ދެއުޅިއެއް ނުވާ ވާހަކަތަކެކެވެ.
ދިވެހިރާއްޖެއިން ދިވެހިބަހެއް ފޮހެވިގެން ނުދާނެކަން ކަނޑައަޅަންޖެހޭނީ، ވަމުންދާގޮތަށް ރިޢާޔަތްކޮށެވެ. އެނގޭކަމަކީ، ޒުވާންދިވެހިން ދިވެހިބަހަށް ކޮށިކަމެވެ. ދެވަންފުރައިގެ މީހުންނަށްވެސް މިހާރު ޖެހެނީ ދިވެހިބަހުން އެއްޗަކަށް ކިޔާނަމެއް ބުނުމަށްފަހު، އަދި އޭގެ އިނގިރޭސި ނަން ވެސް ބުނާށެވެ. ޒުވާނުންނަށް ދިވެހި ނަމުން ބުނުމުން ދޭހަ ނުވެދާނެ ކަމުގެ ބިރަށެވެ. ޒުވާންޖީލު އެބައެއްގެ މާދަރީބަހަށް ކޮށިވަމުންދިޔުން، އެއީ ބަސް ނެތި ހިނގައިދާނެކަމަށް، ސަމާލުވުމަށްއެދި އަޅާ ރަނގަބީލެކެވެ.
ރަނގަޅެވެ. ބަހަށް ބަދަލު އައުމަކީ ބަހުގެ ޠޮބީޢީ ސިފައެކެވެ. ނަމަވެސް ބަދަލުގެ ދެވައްތަރެއްވެއެވެ. ރަނގަޅު ބަދަލާއި ރަނގަޅުނޫންބަދަލެވެ. ލޯމަތިން ފެންނަނީ ދިވެހިބަސް ނުރަނގަޅު ބަދަލުތަކެއްގެ ތެރެއަށް ބަޔަކު ގަސްތުގައި ވައްދަމުން ގެންދާ މަންޒަރެވެ. އެހެންކަމުން، ދިވެހިރާއްޖެއިން ދިވެހިބަހެއް ފޮހެވިގެން ނުދާނެއޭ ވިދާޅުނުވާށެވެ.
ދިވެހިން އަބަދުވެސް ވާހަކަދައްކަމުން ގެންދާނީ ދިވެހިބަހުންކަމަށް ރައީސް ވިދާޅުވާއިރު އެކަން އެގޮތަށް ދެމިއޮތުމުގައި ސަރުކާރުގެ ސިޔާސަތު ވަރަށް މުހިންމެވެ. ނަމަވެސް އުފެދޭ ސުވާލަކީ، ސަރުކާރުގެ ސިޔާސަތާއި، ޢަމަލުތައްހުރީ، ދިވެހިން އަބަދުވެސް ދިވެހިބަހުން ވާހަކަދައްކާނެ ބަޔަކަށް ވާނެގޮތަށްތޯއެވެ. ތަޢުލީމީ ސިޔާސަތަށް ބައްލަވާށެވެ. ރާއްޖޭގައި ޕްރީ ސްކޫލް ޢުމުރު ފުރާއިންފެށިގެން، ތަޢުލީމުދެވެނީ، ދިވެހިބަހާއި ބީރައްޓެހިވާގޮތަށެވެ.
ސަރުކާރުންނާއި، ސަރުކަރާއި ސީދާ ގުޅުމެއްނެތް (މިސާލަކަށް މީޑިޔާ) ފަރާތްތަކުން ދިވެހިބަހަށް އެކަށީގެންވާ ސަމާލުކަމެއް ދެއްވާތޯއެވެ؟ ސަމާލުކަމެއް ދެއްވާތަނެއް އަޅުގަނޑަކަށް ނުފެނެއެވެ. މީޑިޔާއަކީ ބަހަށް، ވަރަށް ބޮޑަށް ނުފޫޒުފޯރުވާ ވަސީލަތެކެވެ.
މި ރާއްޖޭގައި ދިވެހިން ތިބިހާދުވަހަކު މިރާއްޖޭގައި ދިވެހިބަސް އޮންނާނެކަމަށް ރައީސް އެވިދާޅުވަނީ، ބަހެއް މަރުވާގޮތް އެނގިވަޑައި ނުގަންނަވާތީއެވެ. ނޫނީ އެހެން އެވިދާޅުވަނީ، ސިޔާސީބޭފުޅުން ބޭނުންފުޅުކުރައްވާ ޒާތުގެ ‘ރެޓޯރިކް’ އެއްގެ ގޮތުގައި ކަމަށްވެސް ވެދާނެވެ.
ދަންނަވަންތޯއެވެ. ބަހެއް މަރުވާ ހަމައެކަނި ސަބަބަކީ، އެބަހަކުން މޮށެއޮޅޭ އެންމެން ދުނިޔެ އަޅައިދިޔުމެއް ނޫނެވެ. ވީމާ ދިވެހިން މި ރާއްޖޭގައި ތިބެމެ، ދިވެހިބަސް ނޯވެ ހިނގައިދާނެއެވެ. މި ރާއްޖޭގައި ދިވެހިން ތިބިހާދުވަހަކު މިރާއްޖޭގައި ދިވެހިބަސް އޮންނާނެކަމަށް ވިދާޅުވެ، އިތުރުފުޅު ނަހައްދަވާށެވެ.
ބަހަކީ، ރައީސް ނަޝީދުވެސް ވިދާޅުވާފަދައިން ބަދަލުވާއެއްޗެކެވެ. ރައީސްއެވެ! ބަހަށް ބަދަލުއައުން އެއީ ރެޔަކާއިދުވާލުތެރޭ ފެށި، ނިމޭ ކަމެއް ނޫނެވެ. ބަހަކީ ޝިފްޓްވާ އެއްޗެކެވެ. މަރުވެސް ވާއެއްޗެކެވެ. އަމިއްލަޔަށް މަރުނުވެވެސް އެބަޔަކު ބޭނުންކުރާ ބަސް އެބައެއްގެ އަތުން މަރާލެވިދާނެއެވެ.
ރައީސް ނަޝީދު ވެސް، ދިވެހިބަސް ދެކެ ލޯބިފުޅުވާނަމަ، ދިވެހިބަހަށް ގޮންޖެހުންތަކެއް އެބަހުރިކަން ގަބޫލުފުޅުކުރައްވާފައި، ހައްލުކުރެއްވުމަށް މަސައްކަތްޕުޅުކުރައްވާށެވެ. ދެން ފަހަރަކުން ރޭޑިޔޯ ޚިޠޯބުގައި، ދިވެހިބަސް ދިރުވުމަށް ކުރައްވާނެ މަސައްކަތްޕުޅުތައް ވިދާޅުވީމާ އަޅުގަނޑުމެން ވަރަށް އުފާވާނޫއެވެ.

ދުނބުރިހުއްތު ވިދާޅުވީ
ތާރީޚް:22/06/2010
އިހުގެ ޅެންވެރިޔަކު ކިޔާފައިވެއެވެ.
ގަހަށް ނެތް ލޯބި ފަތަކަށް ހުރުމަކީ އޭ ނޭކަށޭނަ ކަމެއް
ބަހަށް ނެތް ލޯބި ޤައުމަށް ހުރުމަކީ އޭ މުސްތަޙީލުކަމެއް
އެހެންވީމާ އަންނި ނަޝިދު ޤައުމަށް އޮންނަ ލޯބި ހާމަވާކަމުން އަޅުގަނޑު ދަންނަވާނީ އެމަނިކުފާނު ދިވެހިބަސްފުޅު ދެކެ ލޯބިވާކަމަށެވެ. އަދި އަޅުގަނޑު ޔަގީންކުރަނީ ތިބާ ތިޔަ އެދޭ ފަދައިން ރޭޑިޔޯ ތަގުރީރެއްގައި ބައިސާ ނުކެނޑުއްވިޔަސް ދިވެހި ބަހައިގެން އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ދުނބުރިހުއްތު ވިދާޅުވީ
ތާރީޚް:22/06/2010
ދިވެހި ބަސްފުޅޭ ދެންނެވުނީ އޮޅުމަކުން…….އެއިންވެސް އެނގެނީ ދިވެހި ބަހަށް އަހަރެމެން އަހުލުވެރި މިންވަރު
އަޑަފި ވިދާޅުވީ
ތާރީޚް:22/06/2010
މލިޔުން ލިޔުނު ފަރާތަށް ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. މިލިޔުމުގެ މަހުފޫމަށް އަޅުގަނޑުވެސް ތާއީދުކުރަމެވެ. ރައީސް ނަޝީދު ވިދާޅުވި ވާހަކަ އަޅުގަނޑަށް މާނަ ކުރެވުނުގޮތް ދަންނަވާލާނަމެވެ.“ ދިވެހިރާއްޖެއަކުން ދިވެހިބަހެއް ފޮހެވިގެން ނުދާނެ. ދިވެހިން އަބަދުވެސް ވާހަކަދައްކަމުން ގެންދާނީ ދިވެހިބަހުން. މި ރާއްޖޭގައި ދިވެހިން ތިބިހާދުވަހަކު މިރާއްޖޭގައި ދިވެހިބަސް އޮންނާނެ” ވިދާޅުވީ މިހެން އެހެންނޫންތޯއެވެ. ފުރަތަމަ ދިވެހިން ނަކީ ކޮބައިތޯއެވެ؟ ދިވެހިން ނަކީ ދިވެހި ރާއްޖޭގެ އަހުލުވެރިންނެވެ.އަދި ދިވެހިންގެ ބަހަކީ ދިވެހިބަހެވެ. ދިވެހި ބަހަކީ ކޮބައިތޯއެވެ.ދިވެހިބަހަކީ ދިވެހިރާއްޖޭގެ މީހުންގެ އަމިއްލަބަހެވެ. ދިވެހީންގެ މާދަރީބަހެވެ. ވުމާއެކު އަޅުގަނޑަށް ވިސްނމެނީ ރައީސް އެވިދާޅުވަނީ ފުރިހަމަ ދިވެހީން ކަމުގައި ވާނަމަ ދިވެހިބަސް އުވިގެން ނުދާނެވާހަކަެވެ. އުވިގެންދާން ދޫކޮށްނުލާނެވާހަކައެވެ. އަދި ދިވެހިން ވާހަކަ ދައްކާ އަމިއްލަ ބަހެއް އާދެ ދިވެހި ބަހެއް އޮންނާނެވާހަކައެވެ. އަޅުގަނޑުމެން ދިވެހިންނަށް ވަމާތޯއެވެ.،
ކައުންސިލަރ ވިދާޅުވީ
ތާރީޚް:22/06/2010
މާމޮޅަށް ދިވެހި ބަހުން ވާހަކަ ދެއްކޭ މީހަކަށްވެގެން މިއުޅޭ ކެނެރީގެ އިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ އަކަށް އެނގިވަޑައިއެއް ނުގަންނަވާ ދިވެހި ބަހުގައި “ފަކައެއް” ނޯންނަކަން. އަބަދުވެސް ރައީސް މީހާ ކިޔާނީ (ވިދާޅުވާނީ) “އަޅުގަނޑަށް އޮޅިފަކާއެއް” އެނގިފަކާއެއް މިހެންގޮސް ދެން މާމޮޅު މީހަކަށް ވާންވެގެން. ދިވެހި ބަހަށް އަރުވާ ކުރަފި ތަކުގެ ތެރެއިން އެންމެ ބޮޑު ކުރަފި އަރުވަނީ ކެނެރީގޭ މުހައްމަދު ނަޝީދު (ދިވެހި ރާއްޖޭގެ ރައީސް މީހަ)
ޖަމްޝީދު ވިދާޅުވީ
ތާރީޚް:22/06/2010
ރައީސް މީހާ ދައްކަވާ ވާހަކަފުޅު ތަރުޖަމާ ކުރުމުގެ ވަޒީފާ ލިބިފައިވަނީ ޕްރެސް ސެކެޓްރީ ޒުހޭރު (ޖުހާ) އަށް. ރައީސް ދައްކަވާ ވާހަކަފުޅު ރައްޔިތުންނަށް ނޭގޭނެ މާނަ ކުރާކަށް. ޖުހާގެ އިތުރުން މިހާރު އެމަގާމު ލިބިފައިވަނީ “އަޑަފި” އަށް.
ބިލް އޯ ރެއިލީ ވިދާޅުވީ
ތާރީޚް:22/06/2010
އޭނަ އަކަށް ދިވެހި ބަހެއް ނޭގޭނެ.. ބުނެފަކާ !!
މަރިޔާދު ވިދާޅުވީ
ތާރީޚް:22/06/2010
ފަކަ އޭ ކިޔައިން ބަކަތެޅިޔަސް އެސޮއު ހަމަ މޮޅު ވާހަކަދައްކަން ދިވެހިބަހުން، އެދުހު ވެސް ނުލާހިކު ދަނބަކޮށް ވާހަކަދެއްކީ!
ގު ވިދާޅުވީ
ތާރީޚް:22/06/2010
ރައީސް އެ ވިދާޅުވާ އެއްޗަކީ މިރާއްޖޭގައި ދިވެހިބަސް ހިމާޔަތް ނުކުރިޔަސް ދިވެހިބަސް ދެމި އޮންނާނޭ. އެއީ ދިވެހި މާއްދާ ނުކިޔަވައިދޭތީ މީހުން ރުޅިއަރަށް ފެށުމުން ދައްކާ ބަހަނާ. ދެން މަޖިލީހު ބައެއް މެންބަރުން އެބަ ވިދާޅުވޭ އިސްލާމްދީން ހިމާޔަތްކުރަން ގާނޫނެއް ވެސް ހަދާނެކަމެއް ނެތޭ މާތްކަލާނގެ މި ދީން ހިމާޔަތްކުރައްވާނޭ. އެކަމަކު ޑރ މަޖީދު އެއްފަހަރަކު މަހަކީ މާތްކަލާނގެ ދެއްވާ ރިޒްގޭ ބޭނުންވަރަކަށް ބާނާށޭ ބުނީމާ އެކަންތައްވީ ޖޯކަކަށް. ދިވެހިރާއްޖޭގަ ރާ ނުވިއްކައިފީމުން ދިވެހިން ބަނޑަށް ޖެހިދާނެތީ ވެސް މި މީހުން ވަރަށް ބިރުގަނޭ. މިކަހަލަ ދަނޑިވަޅުތަކުގައި މާތްކަލާނގެ މިބައިމީހުންނަށް ރިޒްގު ދެއްވާނެ ކަމެއް ހަނދާނެއް ނުހުރޭ. ދިވެހި ބަހާ އިސްލާމްދީނާ ގުޅޭ ކޮންމެ މައްސަލައެއްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ ތިބެންވީ ތަގްދީރުގެ ނިޔާއަށް ބަލަން. އަޖައިބެއްކަހަލަ ލޮޖިކެއް ގެންގުޅޭ ބައެއްމީ..
އަޑަފި ވިދާޅުވީ
ތާރީޚް:23/06/2010
ދިވެހި ބަހަށް އެންމެ މޮޅުމީހަކީ މައުމޫނުއަބުދުލްގައްޔޫމެވެ.އޭނަ އަށް އެނގޭ ވަރަށް ދިވެހި އެނގޭ އެއްވެސް އިންސާނަކު މިއުޑުދަށުގައި ނުވެވެ. އޭނާ ވަރުގެ ދީނީ އިލްމުވެރިއެއްވެސް ނުވެވެ. ރާއްޖޭގެ މީހުން އުޅެނީ މައުމޫނު ބުނެދިން ގޮތަށް ފުރިހަމަ މުސްލިމުން އުޅޭ ގޮތަށެވެ .ބުރުގާވެސް ހުރިހާ މީހުން އަޅައެވެ. އިސްލާމްދީނާ ޙިލާފުއެއްވެސް ކަމެއް މައުމޫނުގެ ދައުރުގައި ނުކުރެވެ.މައުމޫނަކީ އެއްވެސް ދޮގެއްހަދާ މީހެއްނޫނެވެ.އެއީ ހަމަ އަރަބި އަލިފެއްފަދަ ބޭފުޅެކެވެ. އެއްވެސް ނުކިއްސަރު ކަމެއްނެތެވެ.އަދި ދިވެހި ބަހުގެ ތެރެއަށް އެމަނިކުފާނުގެ ދައުރުގައި އެއްވެސް ނުބައިބަހެއް ނުވަދެއެވެ.ދިވެހި ބަހަސް އޮތީ އެރއަށްވުރެ ވަރުގަދައަށް ރައްކާތެރި ކުރެވިފައެވެ. ސުކޫލް ތަކުގައި އިސްލާމް މާއްދާ ކިޔަވައިދެނީ އިސްލާމުން ޑިގުރީ ނަންގަވަފައިވާ ބޭފުޅުންނެވެ.ވީމާ ސުވަރުގެއަދި ނަރަކައިގެ ވާހަކަ ދައްކާކަށް ނުޖެހެއެވެ. މައުމޫނަކީ އެތަން ތަނުގެ ވާހަކަ ދައްކާގެން ކުދިން ބިރުގަންނަވާ ނަފްސާނީ ބަލިމަޑުކަމެއް ފަތުރާވަރަށް ވުރެ ރަނގަޅު މީހެކެވެ.އެމަނިކުފާނު ކާފަރުންދެކެ ވަރަށް ރުޅިއާދެއެވެ.ވީމާ ނަސޯރާ ބޮޑުފާދިރީގެ ލަގަބު ކަރުގައި އަޅުވައިގެން މާލެ އަރަން ޖެހުލުންވިއެވެ. އެހެން ނަމަވެސް ކާފަރުންނަށް އިހްތިރާމް ކުރުމުގެ ގޮތުން ސޮލީބެއްވެސް ކަރުގަ އެޅީއެވެ. ފަހަރެއްގައިވެސް އެއަށް އަޅުކަން ކުރާކަށް ނޫނެވެ. އެއީ އަންނިއަށްވުރެ ވާހަކަ ދައްކަން މާމޮޅުމީހެކެވެ.ވަޙަކަ ދައްކާއިރު ކުރިން ތައްޔާރުވެ ސުޕީޗްލިޔާކަށް ނުޖެހެއެވެ. ހަމަވަގުތުން ރާސްޓަސް އަމުނާނިންމާލައެއ. އެހާވެސް އެމަނިކުފާނުމޮޅެވެ.
ހާޝިމް ވިދާޅުވީ
ތާރީޚް:23/06/2010
އަޅުގަނޑަށް ރައީސްގެ ވާހަކަފުޅުން ނުސިޔާނު އެއްވެސް ތަންކޮޅެއް ނުފެނުނު. މި މުޅި އާޓިކަލް ބިނާކޮށްފައިމިވަނީ ކުށްހީ އެއްގެ މައްޗަށޭ އަޅުގަނޑު ދަންނަވާނީ. މިހެން ހައްދަވަން ހެޔޮ ނުވާނެ. ހީއެއްގެ މައްޗަށް ބިންގާ އަޅުއްވައިގެން މި އާޓިކަލް ލިޔުއްވީމާ، ދެއުޅިއެއް ނުވާ އެއްޗަކަށް ވަނީ މި އާޓިކަލް، ރައީސްގެ ވާހަކަފުޅެއް ނޫން. ރައީސް ނަޝީދަށް ދިވެހި ބަސް އެނގިވަޑައިގަންނަވާ މިންވަރާ ގާތަށް ވެސް މިސައިޓަށް ކޮމެންޓްކުރައްވާ ނުވަތަ ލިޔުއްވާ އެއްވެސް ބޭފުޅަކަށް ދިވެހި ބަސް އެނގިވަޑައިގެންފައިވާ ކަމަކަށް އަޅުގަނޑެއް ޤަބޫލެއް ނުކުރަން.
ދޮންބެއްޔާ ވިދާޅުވީ
ތާރީޚް:23/06/2010
ހާޝިމަށްވާނީ ތިހާކަށްވަރުކަން މަށަށް އެނގޭ. މި ލިޔުން ލިޔެފައިވަނީ ހީއެއްގެ މައްޗަށޭ ބުނާތީ، ހާޝިމާމެދު އުފެދެނީ ހަމްދަރުދީ.
އަޕްނީ ސާންތީ ވިދާޅުވީ
ތާރީޚް:23/06/2010
‘ގު’ ކޮއްފަ އޭނި ކޮމެންޓު މަވެސް ކޮއްފީމެވެ..
ބިއްޕޮއްޅޭ ވިދާޅުވީ
ތާރީޚް:23/06/2010
ބަލަގަ ހާސިމޫ.. ގައުމުގެ ރައީސާ މިތަނަށް ކޮމެންޓު ކުރާ މި ސައިޓްގެ ފޭނުން ނަކާ އެއްވަރެއް ނުވާނޭ!!
ބިއްޕޮއްޅޭ ވިދާޅުވީ
ތާރީޚް:23/06/2010
އިހަށް ދުވަހުވެސް މަށަށްވެސް ލިބުނޭ ޖަލްސާއެއް ހުށަހަޅާލަން. އެވެސް ހުށަހަޅާލަން ނުދިޔައީ ނޭނގޭތީ. އެކަމަކު ނުބައިކޮން ކިޔަންޏާ މަށަށް ވެސް އެނގޭ.. އެމަނިކުފާނަށް ނޭނގޭ އެމަނިކުފާނަށް ނޭނގޭ ކަންވެސް.. އަހަރެމެނަށްވާ އެވަރު އެބަ އެނގޭ..
ޖަމްޝީދު ވިދާޅުވީ
ތާރީޚް:23/06/2010
ދިވެހި ބަސް އެނގިވަޑައިގަތުމާއި އެބަހަށް ހިތްޕުޅުގައި އޯގާތެރިކަން ނެތުން މީ ދެކަމެއް. ރައިސަށް ދިވެހިބަސް އެނގިވަޑައިގަންނަވާ. އެކަމަކާ އަޅުގަނޑު އެއްވެސް ޝައްކެތް ނުކުރަން. އެކަމަކު މައްސަލައަކީ ދިވެހި ބަހަށް ލޯބި ނުކުރައްވާކަން.
އަޑަފި ވިދާޅުވީ
ތާރީޚް:24/06/2010
ނޫނޭވާ ކަލެމެން އަންނިޔަކާ އަޅައިގަނެގެން ނެއްޓެންނޭގިގެން އެމިހަޔާ އިންނަންތަ؟ އެމިހަ އެދައްކަނީ އެމިހަޔަށް ހަމަ އެނގޭ ވާހަކަ. އެމިހަ ދިވެހި ބަހަށް ލޯބި ނުކުރާކަމެއް ކަލޯމެނަށް އެނގެނީ ކިހިނެއް. އެއްވެސް ހެއްކެއް ނެތޭ.