Share

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް އެތެރެކުރެވޭ މުދަލުން ނެގޭ ޑިއުޓީން 30 އިންސައްތަ މާފުކޮށްދޭން ނިންމައިފި

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް އެތެރެކުރެވޭ މުދަލުން ނެގޭ ޑިއުޓީން 30 އިންސައްތަ މާފުކޮށްދޭން ނިންމައިފި

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށާއި، އައްޑުއަތޮޅު ހިތަދޫ ސަރަޙައްދީ ބަނދަރަށް ކަނޑުމަގުން އެތެރެކުރާ މުދަލުންނާއި، ހަނިމާދޫ ވައިގެ ބަނދަރަށާއި، އައްޑުއަތޮޅު ގަން އެއަރޕޯޓަށް ވައިގެ މަގުން އެތެރެކުރާ ހުރިހާ މުދަލަކުން ނެގޭ ޑިއުޓީން 30 އިންސައްތަ މާފުކޮށްދެއްވުމަށް ނިންމަވައިފިއެވެ. ޑިއުޓީން 30 އިންސައްތަ މާފުކޮށްދެވުމަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ރައީސުލްޖުމުހޫރިއްޔާ އަށް ލަފާ އެރުއްވުމުން އެކަން އެގޮތަށް ރައީސުލްޖުމުހޫރިއްޔާ ގަބޫލުފުޅު ކުރެއްވުމުންނެވެ.

ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިގޮތަށް ލަފާއެރުއްވީ، ރާއްޖޭގެ ސަރަޙައްދީ ވިޔަފާރި ބަނދަރުތަކަށް ކަނޑުމަގުން މުދާ އެތެރެކުރުމާއި އަދި ވައިގެ ބަނދަރުތަކަށް މުދާ އެތެރެކުރުމުގައި، ލުއިގޮތެއް ހަމަޖެއްސެވުމާ ބެހޭގޮތުން އިއްޔެ ބޭއްވި ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ. އަންނަ ޖުލައިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މިގޮތަށް ޢަމަލުކުރައްވަން ފެށްޓެވުމަށާއި، މިކަން ހިންގެވުމަށް ކުރައްވަންޖެހޭ ތައްޔާރީތައް، އެތާރީޚުގެ ކުރިން ކުރައްވައި ނިންމެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ ވިޔަފާރި ބަނދަރުތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފެމުން ނުދާކަން ފާހަގަކުރެއްވިއެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ކުޑަކުރައްވައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ހިންގާ އިޤްތިޞާދީ ޙަރަކާތްތަކަށް ލުއިގޮތްތަކެއް ހޯއްދަވައިދެއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ވިދާޅުވިއެވެ.

‮ ‬1‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އަޑަފި‮ ‬ވިދާޅުވީ


    ތާރީޚް:24/06/2010

    ކަލޯމެން އަދިވަސް އަންނިޔާ އެއްޗެހިކިޔާ.

ޚިޔާލު ފާޅުކުރައްވާ