ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ފައްޓަވައިގެން ކުރިއަށް ގެންދަވާ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ 25 ރޯހައުސް އެޅުމާއި ބެހޭގޮތުން މައުލޫމާތު ދީފިއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މިމަހު 22 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުންނަ މަތިއުތުރު ޕްރޮވިންސް އޮފީހުގައި ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި މައުލޫމާތު ދިނީ ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަނުގެ ބޭފުޅުންނެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށީގައި އިމާރާތް ކުރެވޭ ގޯއްޗެއްގެ ބޮޑުމިނަކީ 1125 އަކަފޫޓް ކަމަށް ކަމަށާއި މިއިން ކޮންމެ ގެއެއްގައި ތިން ކޮޓަރިއާއި ފާހާނައާއި ސިޓިންރޫމް، ބަދިގެ، ސްޓޯރޫމެއް ހިމެނޭ ގޮތަށް ގެ އިމާރާތް ކުރެވޭނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.
ކުޅުދުއްފުށީގައި މިގެތައް އެޅުމަށް ހަމަޖައްސާފައިވާ ބިމަކީ ކުޅުދުއްފުށީ ޖަލާލުއްދީނު ސްކޫލުގެ އުތުރުން އޮންނަ ޗަސްބިންކަމުގައި ރަށުއޮފީހުން ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިގެތައް ދޫކުރާނެ އުސޫލެއް ރަށުއޮފީހަށް އަދި އަންގާފައި ނުވާކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.

ޒަފަރު ރަޝީދު ވިދާޅުވީ
ތާރީޚް:26/06/2010
މިއީ ބޮޑުއޮޅުވާލުމެއް. އަންނި ވިދާޅުވީ 100 ގެ އަޅުއްވައިދެއްވާނަމޭ! މިއީ ކުޅުދުއްފުށީގެ ބިންބޭނުންކުރުމުގެ ޕްލާނާވެސް ޚިލާފްކަމެއް. ހަގީގަތުގައި ބިން ބޭކާރުކޮށްލުން މިއީ. މިޔަށްވުރެ ރަނގަޅާށް ބިން ބޭނުންކުރެވުނީސް ފުލެޓުއެޅިނަމަ.
ޓަކަ ބޫން ވިދާޅުވީ
ތާރީޚް:26/06/2010
މިޔަކީ އެމީހުން އަޖުމަބަލަން އޮތް ރަށެއްތަ؟؟؟ އެހެންޔާ ފަހެ، ނަރުދަމާ ނިޒާމެއްގެ އަޖުމަބަލަންވެސް ސަރަހައްދީ އިމާރާތުން ބައެއް ކާލާފައި، އޭގެ ނަތީޖާވެސް ނީއްވާ، ދެން މިރަށުގަ ހަދާފަ އެއޮތް ބާހޮސްޕިޓަލާއި ދިމާލުގައި އެވާ ފާލަމަކީވެސް އަޖުމަބެލުމެކޯ ކިޔާއަޑުއެހިން، ދެން މިހާރު ރޯހައުސްގެ އަޖުމަ ބަލަން ވީ ދޯ؟؟؟
ن. ދޮންމަނިކު ވިދާޅުވީ
ތާރީޚް:27/06/2010
ރޯހައުސް އޭ ތިޔާކިޔަނީ ކޯޗަކަށްތަ؟ އެއީ އެއްމެދު އިންފާރުލައިފައި، ފައްޗަކަށް، ރާނާފައި ހުންނަ ގެފައްޗެއް ނޫންތަ؟ ތިޔާބުނާ ރޯހައުސްއެއް އެންމެ ފުރަތަމަ ރޭނިބަޔަކީ ކުޅުދުއްފުށީ މީހުންނޭ. ކިސްތީގެޔާއި މޫންފުލެޓް އެއީ (ކުރިން) ރޯހައުސް.
މިއޮތީ ބިންތައް ފޭރޭނެ މޮޅުގޮތެއް ހޯދާފައި.