Share

މޮޅުވާނެ ގޮތް (11)

މޮޅުވާނެ ގޮތް (11)
ތަރުޖަމާ: ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

ހިނިތުންވުން

ޒުވާނާ ސުވާލުއުފެދޭ ގޮތްވިއެވެ. ހިނިތުންވުމެވެ؟؟؟؟ ބުއްދިވެރިޔާ ބުންޏެވެ. އާއެކެވެ. ހިނިތުންވުމެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ބަސްފުޅު ހަދާންވޭހެއްޔެވެ؟ “ކަލޭގެ އެކުވެރިޔާގެ ކުރިމަތީ ހިނިތުންވުމަކީ ވެސް ޞަދަޤާތެކެވެ.”-ރަވާހުއްތިރުމިޛީ- އެނގޭހެއްޔެވެ؟ ކޮއިގެ މޫނުގައި އެކަނިވެސް ފަންސާހަށް ވުރެ ގިނަ ވަކި ވަކި މަސްކޮޅުތައް ވެއެވެ. އެންމެ ހިނިތުންވުމަކާ އެކުވެސް އޭގެ ތެރެއިން ސާދަ މަސްކޮޅު ހަރަކާތްތެރިވެއެވެ. އެ މަސްކޮޅުތައް ވަނީ ސިކުނޑީގެ ސެލްތަކާއި ގުޅިފައެވެ. ސިކުނޑީގެ ސެލްތައް ސިކުނޑިއަށް ހަމަޖެހުން ގެނުވައިދެއެވެ. ތިބާގެ ހިނިތުންވުމާއެކު މޫނަށް ހިތްގައިމުކަން ލިބުމުގެ ސަބަބުން ސިކުނޑިއަށް ހަމަޖެހުން ގެނުވައެވެ. ސިކުނޑިއަށް ހަމަޖެހުން ލިބޭ ހިސާބުން މުޅި ހަށިގަނޑަށް އޭގެ އަސަރުފޯރުވާލައެވެ. ހިތުގެ ހިނގުމާއި ލޭނާރުތަކުގެ ހިނގުން އިންތިޒާމުކޮށްލަދެއެވެ. ހިނިތުންވުމުގެ ނަތީޖާއަކީ ހަމައެކަނި މިއެއް ވެސް ނޫނެވެ. ކީއްހެއްޔެވެ؟ ހިނިތުންވުމަކީ އެކެއްގެ މޫނުން އަނެކެއްގެ މޫނަށް “ވާރުތަވާ” ކަމެކެވެ. އަނެކާއަށް ތިބާގެ ހިނިތުންވެފައިވާ ހިތްގައިމު މޫނު ފެނުމުން އޭނާ ވެސް ހިނިތުންވެއެވެ. ޒުވާނާ ބުންޏެވެ. އަނެކާ ހިނިތުން ނުވެއްޖެނަމަ ވާނީ ކިހިނަކުންހެއްޔެވެ؟

އެހެންވެއްޖެއްޔާ އޭނާއަށް އޯގާތެރިވާށެވެ. އަދި އޭނާގެ މިސްރާބު ސީދާކޮށްލުވާށެވެ. ހިނިތުންވުމާ ދިމާއަށް އޭނާގެ މިސްރާބު އަނބުރާލާށެވެ. ހިނިތުންވުމަކީ “ވާރުތަވާ” ވާ ކަމެކެވެ. ތިބާ އޭނާގެ ކުރިމަތީ ހިނިތުންވުން ތަކުރާރުކުރަނީ ނަމަ އޭނާ ވެސް ހިނިތުން ނުވެއެއް ނުހުންނާނެއެވެ. އޭރުން ފެންނާނީ އޭނާގެ ހަށިގަނޑުގެ އެންމެހާ ހިސާބަކުން ތިބާއަށް މަރުހަބާކިޔަމުންދާ ރީތި މަންޒަރެވެ. ސަބަބަކީ އޭނާގެހަށިގަނޑަށް ހަމަޖެހުން ގެނުވިހިނިތުންވުމުގެ ސަބަބަކީތިބާގެ ހިނިތުންވުމެވެ. އޭރަށް އެކުރެވުނީ އެންމެ ސަދަޤާތެއް ނޫނެވެ. އެއީ އޭނާގެ ކޮންމެ ގުނަނަކަށް ކޮށްދެވުނު ސަދަޤާތެކެވެ.

ޒުވާނާ ބުންޏެވެ. އެހާ ބޮޑެތި ބުރަތައް އުފުލާފައިވެސް މި ތަނަށް އާދެވުނު ކަމަށްޓަކައި އަހަރެން މީނީ އުފަލުންނެވެ.

ބުއްދިވެރިޔާ ބުންޏެވެ. ތިބާ ކަމަކާއިގެން އުޅޭއިރު އަދި ދާންވީ މިސްރާބު ކުރިމަތީ ކުރެހިފައި އޮތްއިރު ދެން މަސައްކަތްކުރުމުގައި ކެތްރިކަން ލިބުމަކީ ﷲ ގެ ޙަޟްރަތުން އަންނަ ނިޢުމަތެއް ކަން ދެނެހުރީމުހެއްޔެވެ؟ އާއެކެވެ. ފަހަރުގައި ތިބާ ފޫހިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނަސް ތިބާއަށް އަޑުއެހުމާއި މޮޅުވުމުގެ މަގު ދެނެގަތުމުގައި ކެތްތެރިކަމާއި ހީވާގިކަން ދެއްވަނީ ﷲ އެވެ.

ޒުވާނާއެވެ. މޮޅުވުމުގެ މަގު ގުޅިފައިވަނީ މުޅިއަކުން މާއްދާއަކާ ނޫނެވެ. ތިބާ ހިނގަން ބޭނުންވަނީ މޮޅުވުމުގެ މަގުން ނަމަ އެ މަގުވާންވާނީ ދެދުނިޔޭގެ ކާމިޔާބަށް ތިބާ ގެންގޮސްދޭނެ މަގަކަށެވެ. އެޔާ ޚިލާފަށް އެމަގުން މޮޅާއި ކާމިޔާބު އޮތީ ދުނިޔޭގައި އެކަނި ކަމަށް ވަނީ ނަމަ އެއީ އެ ލިބޭ ހިސާބުން ފިލައިގެން ދާނެ ކާމިޔާބެކެވެ. އަދި އެހިސާބުގެ ކާމިޔާބު ތިބާއަށް ލިބޭއިރު، ފުރިހަމަ އުފާވެރިކަމެއް އިހުސާސެއް ނުކުރެވޭނެއެވެ. އާއެކެވެ. ފަހަރުގައި އުފަލާއި ލައްޒަތުންފަޅިވަރެއް ވަރު ލިބިދާނެއެވެ. ސިއްހަތާއި ހަމަޖެހުމާއި ހިމޭންކަމާއި ހަށީގެ އަމާންކަމާއި މިއިން އެއްވެސް ކަމަކީ މުދާވެރިކަމުން ހޯދައިގަނެވޭނެ ކަންކަމެއް ނޫނެވެ. މި ކަންކަން ލިބެނީ މާތްރަސްކަލާނގެއާއި ގުޅުން ދެމެހެއްޓިފައި ހުންނަ ބަދަހިކަމެއްގެ މިންވަރުންނެވެ.

ހަޔާތް ވޭތުކުރަމުންދާއިރު ނުތަނަވަސްކަމާއި ދަތިއުނދަގުލާއި ކުރިމަތިލާންޖެހޭނެއެވެ. އެހެނަސް ޒަމާން ފާއިތުވެ އަހަރުތައް ވޭތުވެދިއުމުން ފަސްއެނބުރި ބަލާއިރު ފެންނާނީ އެކަންކަން އެއީ ތިބާގެ ނަސީބުކަމުގައި ވެފައިވާތެނެވެ. މިސާލަކަށް އެވެނި ދައްޗެއް ނުޖެހުންނަމަ މިވެނި ފަދަ ރަނގަޅު އަންހެނާއާ އަހަރެންނަށް ކައިވެނި ނުކުރެވުނީހެވެ. އެވެނި ތުރާލެއް ނުޖެހުންނަމަ މިފަދަ މަތީ ވަޒީފާގައި މިއަދު ނުހުރެވުނީހެވެ. ނުވަތަ މިފަދައިން ކާމިޔާބު ނުހޯދުނީހެވެ. މި ކަހަލަ އެތައް ނަތީޖާއެއް ފެންނާނެއެވެ.

ޒުވާނާއެވެ. ނަސޭހަތްތައް ފޮތްތަކުގައި ލިޔެވިފައި އެބަހުއްޓެވެ. އަދި ތިބާގެ ވަށައިގެންވެސް ނަސޭހަތްތައްވެއެވެ. އެހެނަސް ހިކުމަތްތެރިކަން ވަނީ ތުއްތު ތުއްތު މަޢުޞޫމު ކުއްޖާގެ ހިނިތުންވުމުގައެވެ. ކޮކާގެ ފިޔާގައި ދޫނީގެ ނާނާގައި، އުޑާއި އޭގެ ޗާލު ކަމަށް ވިސްނަމުން ހިމޭން ޖައްވެއްގައި ނަސީމީ ރޯޅިތައް ކޯތާފަތުގައި ބީހެމުންދާއިރު ކުޅަދުންވަންތަކަމުގެ ފުރިހަމަކަން ދެކޭށެވެ. އުފާވެރިކަމަކީ އެއީއެވެ.

-ނުނިމޭ-

,

ޚިޔާލު ފާޅުކުރައްވާ