މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެޕާޓީގެ ފަރާތުން ކުޅުދުއްފުށީގައި ހަރަކާތްތަކެއް ހިންގަމުން އެބަގެންދެއެވެ. ކޮންމެ އަހަރެއްގެ ޖޫން މަހުގެ 26 ވަނަ ދުވަހަކީ އެމް.ޑީ.ޕީގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.
އެމް.ޑީ.ޕީ ގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ހުންނަ އެމް.ޑީ.ޕީ ގޮފިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވެނީ ކުޅުދުއްފުށީގެ އަތިރި މަތީގައި ހުންނަ ދަތުރު ހިޔަލުގައި މޭޒު ބަހައްޓައިގެން މަދަނަ ޕްލަސް ގައި ބައިވެރިވާން ބޭނުން މީހުންނަށާއި ސަރުކާރުން އެހީއަށްއެދޭ ފޯމް ފުރާދިނުމުގެ ހަރަކާތެވެ. މިއަދު ހެނދުނު 10:00 ން ފެށިގެން ހަވީރު 4:00 ކާއި ދޭތެރޭ އެތަނަށް ވަޑައިގެން ފޯމު ފުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
އަދި މިނޫނަސް ކުރިއަށް އިތުރު ކަންތައްތައް ރޭވެމުންދާ ކަން މިކަން އިންތިޒާމް ކުރާ ފަރާތުން ވަނީ މައުލޫމާތު ލިބިފައެވެ.

ދޮންބެއްޔާ ވިދާޅުވީ
ތާރީޚް:26/06/2010
އެމްޑީޕީގެ އަހަރީ ދުވަހާގުޅުވައިގެން، ސަރުކާރުގެ މުއައްސަސާއކުންދޭ ޚިދުމަތްތަކާ ގުޅޭ ކަމެއް،ޕާޓީގެ ފަރާތުން ކުރުމަކީ، ރައްޔިތުންނަށް އޮޅުވާލުމެވެ. މީގެ ބޭނުމަކީ މަދަނަ އެއީ އެމްޑީޕީއިން ކުރާކަމެއްގެ ގޮތުގައި ދައްކައި، ކައުންސިލް އިންތިޚާބަށް ތާއީދު ހޯދުމެވެ.
މަދަނައިގެ ޚިދުމަތަކީ މައުމޫން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން ފެށި ޚިދުމަތެކެވެ. މިހާ ހިސާބަށް އައި އިރު މި ޚިދުމަތް ވެފައިވަނީ އަގުދައްކާ ޚިދުމަތަކަށެވެ. އެމްޑީޕީ އިސްވެ އޮތް ސަރުކާރަށް ކުރެވުނު ވަރަކީ މިއެވެ.
މުޙަންމަދު ޢަބްދުލް ޙާދީ ވިދާޅުވީ
ތާރީޚް:26/06/2010
ދަތުރުހިޔާ އެއީ ދަތުރުވެރިންގެ ފަސޭހަކަށް ރައްޔިތުންގެ ބަޖެޓުން ޚަރަދުކޮށްގެން އަޅާފައިވާ ތަނެކެވެ. މި ގޮތަށް ވަކި ޕާޓީއަކުން އެތަނަށް ވެރިވެ ގަނެ އެމީހުންގެ ޕާޓީގެ އަހަރީދުވަސް އެތަނުގައި ފާހަގަކުރުމަކީ ދަތުރުވެރިންނަށް އެތަނުގެ ބޭނުން ހިފުމަށް ދަތިވުމުގެ އިތުރުން.، އަޚްލާޤީ ގޮތުންވެސް ވަރަށް ނާތަހުޒީބު ޢަމަލެކެވެ.
ޒަފަރު ރަޝީދު ވިދާޅުވީ
ތާރީޚް:26/06/2010
” އެމްޑީޕީގެ 5 ވަނަ އަހަރީ ދުވަހަށް މަރުހަބާ” ދަމާފައިވާ ފޮތިގަނޑުގައި ލިޔެފައި އެޔޮތީ މިހެން! އެދިމާ ފާލަމުން، އެ ޕާޓީގެ 5ވަނަ އަހަރީދުވަސް ވަޑައިގަންނަވަނީ ބާ؟
ކުޅުދުއްފުއްޓަސް އެންމެ ގިނައިން މީހުން އަންނަ ދުވަހު، ޕާޓީ ބާއްވަން ދަތުރުހިޔާ ނޫންތަނެއް ނުފެނުނީތީ ކޮސްވެއްޖެ
ޖަމްޝީދު ވިދާޅުވީ
ތާރީޚް:26/06/2010
މިއީ އެމްޑީޕީ އިން ޖެއްސި ވަރަށް ނުލަފާ ސްޓަންޓެއް. ރަށު ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވާނެ ވަރު މިއިންވެސް އެނގިގެންދޭ. މައްސަލައަކީ މިކަހަލަ ކަންކަމުގައި އަދިވެސް ކުޅުދުއްފުށީގެ ރައްޔިތުން އަދި ހާއްސަކޮށް ޒުވާނުން ހޭލުންތެރިވެފައި ނެތްކަން، ގްރޫޕް ހަދައިގެން ބޭކާރު އަނގަތެޅުން ނޫންކަމެއް ކުޅުދުއްފުށީގެ ޒުވާނުންނަކަށް ނޭގޭނެ ކުރާކަށް.
ދުނބުރިހުއްތު ވިދާޅުވީ
ތާރީޚް:26/06/2010
އިހުގެ ޅެންވެރިއަކު ކިޔާފައިވެއެވެ.
ތަނެއް ތަހުޒީބުވެވި މަދަނީ ގޮތުން ކުރިއަށް އަރާދާނީ
ކަމެއް ކުރެވޭނެ ސިއްހަތު ހުރި ދަރިން ތަނުގައި އުފެދިގެންނޭ
އާދެ އެހެންވީމާ ސިއްހަތާ ބެހޭ ޕުރޮގުރާމެއްގައި އަޅުގަނޑަށް ކޮންމެ ބަޔަކު ނަންވިޔަސް، ކަން ރަނގަޅަށް ހިނގަންޏާ ހަމަ އައްސަރިބަހާ ސާބަހެވެ. ދެން ގޮސް އެކަން ގުޅުވީ އެންޑީޕީގެ އަހަރީ ދުވަހާ ކަމަށް ވިޔަސް، އަންނިގެ އުފަން ދުވަހާ ކަމަށް ވިޔަސް މަށަކު ފަރުވާލެއް ނުބަހައްޓާ ހުށީމެވެ. މީގަ މުހިންމީ މަދަނަ ޕުރޮގުރާމް ފަދަ އޮބި ނޯންނަ ޕުރޮގުރާމުތައް ވައިގައި ހިއްޕާ، ޖައްވުގައި އޮބެހެއްޓުމެވެ.
މުޖް ވިދާޅުވީ
ތާރީޚް:29/06/2010
އެމްޑީޕީ މީހުންނައް އިނގޭނީ މައުމޫން ކަހަލަ ވެރިޔަކު އަރާ މާފޮޅުވީމަ އެމަލުން ފޮނިބޯން،،،، އެ ނޫން އެއްވެސް ކަމެއް އެމީހުންނަކައް ނޭގޭނެ……. ރައްޔިތުންނައް ދެރަ ،ނިކަމެތި ނޫނީ ހުތުރު ކަމެއް ވިއްޔާ އެއީ ކުރީގެ ދިގު30އަހަރުގެ ވެރރިކަމުގަ ވީކަމެއް. މޮޅެއް،ރީއްޗެއް ނޫނީ ކާމިޔާބެއް ވިއްޔަ އެއީ މިހާރުގެ ހެޔޮ ސަރުކަރުގެ މޮޅުކަން،،،،، މީ އަދުގެ ހާލަތު””….
ހާދީ ވިދާޅުވީ
ތާރީޚް:30/06/2010
އިބްރާހިމް ހަމީދު މިހާރު ލިޔަނީ މަނަދޫ ވެބްސައިޓަށްތަ؟ އެވީ ކިހެނެއް؟
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:01/07/2010
ހާދީޔާ ބުނާކަށް އަހަންނަކަށްވެސް ނޭނގެ ހަމީދު އެއުޅޭ ގޮތެއް؟ ފުރަތަމަ ހަމީދު ލިޔާތަން ފެނުނީ ދެކުނު އަވަށު ކުލަބުގެ ވެބްސައިޓަށް. ދެން ކުޅުދުއްފުށި ސައިޓަށް. ކުޅުދުއްފުށި ސައިޓަށް ލިޔަން ފެށިއިރު ލިޔުމުގެ ފެންވަރު ރަނގަޅުވިކަން ފަހަގަވި. އެކަމަކު މިހާރު ނޫނު އަތޮޅު ސައިޓުގަ އެއުޅެނީ. މާދަމާ ހަވީރު ނޫހުގަ.
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:01/07/2010
އާތެދެއް. ކުޅުދުއްފުށި ޑޮޓްކޮމްއިން އޭނާ ވަރަށް ޓްރެއިން ކުރިވާހަކަ މަވެސް އަޑުއެހިން.