Share

އަންހެނުން އަދި ފިރިހެނުން

އަންހެނުން އަދި ފިރިހެނުން
ހުސޭނު

އެނގޭ ހެއްޔެވެ؟ މިވަގުތު ދުނިޔޭގެ ކޮންމެވެސް ތާކު ކޮންމެވެސް ފިރިހެނަކު އަމިއްލަ އަށް މަރުވާން އެބަ ތައްޔާރުވެއެވެ. ސްޓޭޓިސްޓިކްސް ދައްކާ ގޮތުގައި، މިލިއަނެއްހާ މީހުން އަހަރަކު އަމިއްލަ އަށް މަރުވެއެވެ. އެއީ ދުވާލެއްގެ މައްޗަށް 280 އެވެ. އަދި ކޮންމެ 30 ސިކުންތަކުން ފިރިހެނެކެވެ.

ފިރިހެނެކޭ މިބުނީ، ފިރިހެނުން މިކަމަށް ކުޅަދާނަ ވީމައެވެ. އަންހެނުން ގިނައިން މިކަންތަކުގެ ތެރެއަށް ހުށައެޅިގަތަސް ގިނަ ފަހަރު މަރުވާނީ ފިރިހެނުންނެވެ. އެހެން ކަމުން ފިރިހެނުން މިކަމަށް މާ މޮޅެވެ. މިއީ އަންހެނުން ގިނައިން ކޮށްލުމަށްވެސް މޮޅުކަމެކެވެ. ހަގީގަތުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ވާން ބޭނުންނަމަ، މިގޮތަށް އަމިއްލަ އަށް މަރުވާ ރޭޓްވެސް އެއްވަރު ކުރަން ވާނެއެވެ.

ފިރިހެނުންނާއި އަންހެނުން ނުވަތަ ވަރުގަދަ އަޑުބަރު އިންސާނާއި އޮމާން ބަލިކަށި އަޑު އެހާ މަޑު ނޫން އަންހެން އިންސާނެވެ. މި ދެ ވައްތަރުގެ އިންސާނުންނާ ބެހޭގޮތުން ކަލެއަށް އެނގެން ޖެހޭނެ ބައެއް ކަންތައްތައް ތިރީގައި ބަޔާންކޮށްލެވޭތޯ ބަލާނެމެވެ.

އަންހެނުންނަކީ މޮޔަ ބައެކެވެ. ފިރިހެނުންނަކީ ޖާހިލު ބައެކެވެ. އަންހެނުން މޮޔަވުމުގެ މައިގަނޑު ސަބަބަކީ ފިރިހެނުންގެ ޖާހިލު ކަމެވެ. މިއީ ހަމައެކަނި ސަބަބެއް ނޫނެވެ. ނަމަވެސް ބޮޑު އެއްސަބަބެވެ.

ފަހަރެއްގައި ފިރިހެނުންނަކީ ޖާހިލު ބައެއް ކަމާމެދު ކަލެއަށް ޝައްކުވާނަމަ ދުވަހު ނޫސް ބަލާލާށެވެ. ދުނިޔޭގައި މިހިނގާ ބޮޑެތި ހުރިހާ ނުބައި ޖަނަވާރު ކަމެއް ކުރުމުގައި ފިރިހެނުންގެ 99 ޕަސެންޓް ހިއްސާވެއެވެ. ހަމަ އެހެންމެ ފިރިހެނުން ޖާހިލުވާ ފަދައިން އަންހެނުންނަކީ މޮޔަ ބައެކެވެ. މިކަމާ ދޭތެރޭ ޔަގީން ނުވާނަމަ ފިރިހެނަކާއި ސުވާލު ކޮށްލާށެވެ. މިއީ ފިރިހެނުން ގަމާރު ނުވެ ރަނގަޅަށް ޖަވާބު ދޭނެ ހަމައެކެނި ސުވާލެވެ. އެހެނީ އަންހެނުންނަކީ މޮޔަ ބައެއްކަން ހިތުގެ އެންމެ އަޑީންވެސް ފިރިހެނުން ގަބޫލުކޮށް ޔަގީން ކުރެއެވެ.

އެއްގޮތަކުން ބަލާނަމަ އަންހެނުން މޮޔަވުމަށް ރަނގަޅު ސަބަބެއްވެސް އެބަ އޮވެއެވެ. ދުނިޔޭގެ މިދަތުރުގައި އަންހެނުންގެ ފޮށި މާ ބަރުވެފައި ބޮޑެވެ. ނަމަވެސް އަންހެނުންގެ އެހުންނަ ބަލިކަށި ކަމުން، ވަރަށް ގިނަ ފަހަރު އެމީހުން ގައިގައި، ފިރިހެނުން ތަޅާ، އެކި އެކި އަނިޔާތައް ކުރެއެވެ. އެހެނަސް އަންހެނުންނަށް ފިރިހެނުންހެން ބާރު ލިބިފައިވާނަމަ ފިރިހެނުން މިކަންތައް ކުރުމަށް ފަސް ޖެހޭނެއެވެ. އަދި ބިރު ގަންނާނެއެވެ. އަދި ހަމަ އެހެންމެ މިކަން މިގޮތަށް ހިނގައިފިނަމަ، ފިރިހެނުންގައިގައި އަންހެނުން ހޮބީއެއްގެ ގޮތުގައި ތެޅީހެވެ.

އަންހެނުން އަމިއްލަ އަށް ހޯދައި ގަންނަ އުނދަގުލެއް އޮވެއެވެ. އެމީހުން ދެކޭ ގޮތުގައި އެމީހުން އަބަދުވެސް ތިބެން ޖެހޭނީ ރީތިކޮށެވެ. ނަތީޖާއެއްގެ ގޮތުން، ފިހާރައިން ގިނަ އެއްޗެހި ގަނެ އުޅޭނީ އަންހެނުންނެވެ. ބޮލުން ފެށިގެން ފައިގެ އިނގިލީގެ ނިޔަފަތި ތަކާއި ހަމައަށް ހާކަން ޖެހޭ އެއްޗެހީގެ ލިސްޓް އެމީހުންގެ އޮންނާނެއެވެ. ކަރުދަށު ކްރީމްތަކާ، ލޮލާއި ނޭފަތު ކުރިއާއި، މިހެން ގޮސް ގައިގެ އެކި ގުނަންތަކަށް ޚާއްސަ އެއްޗެހީގެ ޢަދަދު ނުކުރެވޭނޭ ދިގު ލިސްޓެވެ.

އަނެއް ކަމަކީ އަންހެނުންނަށް ދަރިން ލިބުމަށް ފަހު އެމީހުން ޖެހެނީ ހައުސްވައިފްގެ ގޮތުގައި ގޭގައި ހުންނާށެވެ. އެހެން ގޮތަކަށް ވިސްނާއިރު އެއްވެސް ޕެންޝަނެއް، މުސާރައެއް ނެތި، ގޭގައި ގެންގުޅޭ ގާތް ނޯކަރެކެވެ. ކައްކާ ދޮވެ، އިސްތިރިކޮށް ގެ ސާފުކުރަން ޖެހޭ ބައެކެވެ. ނަމަވެސް މިހާރުގެ މޮޑެލްތައް ކުޑަކޮށް ތަފާތެވެ. ސަބަބަކީ ވަޒީފާ އެވެ. އެހެންކަމުން މި ކަންތައް އަންހެނުންނަށް މިއަދު ޖެހެނީ ގެއަށް އާދެވުމުންނެވެ.

ދެން އޮތީ އަންހެނުންގެ އެންމެ ޝައުގުވެރި ކަންތަކެވެ. މައްސަރުކަންތަކެވެ. ކޮންމެ މަހަކު ޖެހޭ އުނދަގުލެވެ. މޮޅިވެރިކަމުގެ ދުވަސްވަރެވެ. ނަމަވެސް މީގެ އެންމެ ޝައުގުވެރީ ފިރިހެނުން މިކަންތަކާއި ދޭތެރޭ ދެކޭ ގޮތެވެ. އެމީހުން ހީކުރާ ގޮތުގައި އަންހެނުންނަށް މިޖެހޭ ކަންތަކަކީ އެމީހުނަށް އަންނަ މުސީބާތެކެވެ.

ފިރިހެނުން އެކަކު އަނެކާއި ވާހަކަ ދައްކާ އިރު ވަރަށް ހަރުކަށިވާނެއެވެ. ނަމަވެސް އަންހެނުން ތަފާތެވެ. އެމީހުން ވާހަކަ ދައްކާނީ ލޯބިންނެވެ. ޢާންމުކޮށް ފިރިހެނުންނަށް ވުރެ އަންހެނުންގެ އުމުރު ދިގުވާނެއެވެ. އެމީހުންގެ ބައިވެސް ދުނިޔޭގައި ބޮޑުވާނެއެވެ.

މިލިޔުމުގެ ބޭނުމަކީ އަންހެނުން ދަށްކޮށްލުމެއް ނޫނެވެ. އަދި މިލިޔުން ލިޔުނީ އަންހެނެއްގެ ފަރާތުން ލިބިދާނެ ފައިދާ އަކަށްވެސް ވިސްނާފައެއް ނޫނެވެ. ނަމަވެސް މިލިޔުމުގައި އަދި އެއް ޕޮއިންޓް ވައްޓާލެވިއްޖެއެވެ. ފިރިހެނުންނަކީ ޖާހިލު ބައެކޭ މިލިޔުމުގައި އޮތުމަކުން އެމީހުން އެއްޗެކޭ ހިތަކަށް ނާރާނެއެވެ. ނަމަވެސް އަންހެނުންނޭ ކިޔައިން ހާއްސަކޮށް ޕަބްލިކްގައި މިފަދަ އެއްޗެއް ބުނި މީހަކު ބަންދުވެސް ކޮށްފާނެއެވެ.

މިއީ އަންހެން ފިރިހެން ހަމަހަމަ ކުރާ ފަރާތްތަކުން ކުޑަކޮށް ހަމަހަމަ ކޮށްލަން ޖެހޭ ތަންކޮޅަކަށް ވެދާނެއެވެ.

‮ ‬14‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    ވަރަށް ކަމުދިޔަ ލިޔުމެއްތިޔަ، ހުސޭނު ތިޔަ ހަމަ އަހަން

  2. އިއްބެ‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    އަމިއްލަޔަށް މަރުވުމަކީ، ކުޅަދާނަވުމެއް ނޫނެވެ. ފަހަރެއްގައި ލިޔުންތެރިޔާ އެހެން ލިޔެފައި އެވަނީ މަޖާޒީ މާނައެއްގައި ކަމުގައިވެސް ވުން އެކަށީގެންވެއެވެ.

    އަންހެނުންނާއި ފިރިހެނުން ޖެހޭނީ ހަމަހަމަ ވާށެވެ. ލިޔުން ލިޔެފައިވަނީ،ފިރިހެނެއް (ހުސޭނު) ކަމަށްވާތީ، ހަމަހަމަކުރުން މިއޮތީ ޖޯކަކަށް ހަދަން އުޅެފައެވެ.

    އަންހެނުންނަށް، އެމީހުންނަށް ލިބެންޖެހޭ، މިނިވަންކަމާއި ޢިއްޒަތް ދޭންޖެހޭނެއެވެ. އިންސާނަކަށްވާތީ އެ ކަނބުލޭގެއަށް ހިތުހުރި ގޮތެއް ހެދިގެން ނުވާނެއެވެ. އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމޭ އެކިޔަނީ ފިރިހެނުން ވިހާފައި، އަންހެނުން ތުނބުޅި މަތިމަސް ފެޅުވުމަކަށް ނޫނެވެ.

    ޚަބަރުދާރުއެވެ.! އެކަކުވެސް އޮޅުވާލަން ނޫޅޭށެވެ.

  3. އަހަންމަދު‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    އަންހެނުން ހައުސް ވައިފަކަށް ވެގެން ދަރިންބަލަން ގޭގައި ތިބުމަކީ ދަށުދަރަޖައިގެ ކަމެއް ނޫނެވެ.އަދި ކިޔެއްތަ އެޔައްވުރެ ވަކީން ގަދަރުވެރި މާތް މަސައްކަތެއް ކޮބާހެއްޔެވެ؟މީހަކު، ރަނގަޅު މީހަކަށް ވުމަށް އެންމެ މުހިންމު އެއްތަކީ ރަނގަޅު ތަރުބިއްޔަތެވެ.މިތަރުބިއްޔަތު އަހަރެމެންނަށް ހޯދައިދެނީ އަހަރެމެންގެ ލޮބުވެތި މައިންނެވެ.އެ މައިންނަކީ އަހަރެމެން ޢުމުރުދުވަހު މަސައްކަތްކުރިއަސް އެބަޔަކަށް އަގުއަދާކުރެވޭނެ ބަޔެއް ނޫނެވެ.އަންހެނުންނަކީ އެހާ މާތް ބަޔެކެވެ.

  4. އަބޫބަކުރު‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    އަންހެނުން ހައުސް ވައިފަކަށްވެ ދަރިން ބެލުން އެއީ އެންމެ ޤަދަރުވެރި މާތް މަސައްކަތްކަމަށް ބުނަނީ ފިރިހެނުންނެވެ. އެހެން ފިރިހެނުން ބުނާއިރު ހީވަނީ، ދަރިންބެލުމުގައި ފިރިހެން މީހާގެ އެއްވެސް ދައުރެއް އޮންނަން ނުޖެހޭނެ ހެންނެވެ. ފިރިހެނުންނަށް އޮންނަނީ ކުދިން ހޯދުމާއި ފައިސާ ހޯދުން ހެންނެވެ.

    ހަގީގަތުގައި އަންހެނުންގެ މަގާމަކީ ހަމައެކަނި ދަރިން ބެލުން ކަމަށް އެބުނަނީ އަންހެނުން އަޅުވެތި ކުރަން ވެގެންނެވެ. އެހެނީ، އެކަނިމާއެކަނި ދަރިން ބެލުމަކީ، ބުރަ، ވަގުތު ހުސްކޮށްލާ ކަމެކެވެ. ދެން ޖެހެނީ ފިރިހެން މީހާ ދޭ ފައިސާކޮޅަށް (ފައިސާކޮޅެއް ދީފިއޔާ) ބަރޯސާވެ ގޭގައި އިންނާށެވެ.

    ރަނގަޅު ގޮތަކީ އަންހެނުންވެސް ފައިސާ ހޯދަން މަސައްކަތެއްކޮށް ދެމީހުންވެގެން ދަރިން ބެލުމެވެ.

  5. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    މި ލިޔުމާ ދޭތެރޭގަ ބުނަން؟ ކޮބައިތަ ސަރުހީޒާ؟ އެކުއްޖަ އެއްޗެކޭ ބުނާނދެން މަ މީނީ..

  6. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    އައްބޭ އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމޭ އެކިޔަނީ ކޮންކަމަކަށްތަ؟

  7. ބޮލުރޮދި‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    މިއީ އިސްލާމް ދީނާއި ޚިލާފް ލިޔުމެކެވެ. އަމިއްލައަށް މަރުވުމަށް ބާރުއަޅާފައިވާ ލިޔުމެކެވެ. މި ލިޔުން އަވަހަށް ނެގުމަށް ދަންނަވަމެވެ.

  8. އަރުޝަދު‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    ނުނޭ އެއީ ސާކަޒަމް. . .

  9. ޖަމްޝީދު‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    މިލިޔުމާދޭތެރޭ މަވެސް އެހާ ހިތްހަމައެއް ނުޖެހޭ…

  10. މަރިޔާދު‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    މި ލިޔުމުގަ ނެތް އެއްވެސް މައްސަލައެއް، މަށަށް ވެސް އެއްބަސް ނުވެވޭނެ ބައެއް ކަންކަން ހުއްޓަސް މިއީ ލިޔުންތެރިޔާގެ މިނިވަން ހިޔާލުން ކުރަހާލާފައި އޮތް ނިކަން ރީތި ތަސްވީރެއް ކަމުގައި ނޫނީ ނުވެއެވެ.
    ހަގީގަތުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރާކަށް ނުޖެހެއެވެ. ކުރަންޖެހޭ ކަމަކީ އަންހެނުންނަށް ވެސް ފިރިހެނުންނަށް ވެސް މިނިވަންކަން ދިނުމެވެ. އަންހެނަކު އަމިއްލައަށް ގޯތިމީހަކަށް ވާން އިހުތިޔާރުކުރި ނަމަ، ކޮންމެހެން ހަމަހަމަކުރަން އެމީހަ އޮފީހަށް ފޮނުވީމަ އެވާނީ އަޅުވެތިކަމަށެވެ. އެކަމަކު ހަމަހަމަ އޮންނާނީ ވެފައެވެ. އެހެންވީމާ އަހަރެން އަބަދުވެސް ގޮވަނީ ދެޖިންސުގެ ހަމަހަމަ ކަމަކަށް ނޫނެވެ. ދީން ގެނެސްދީފައިވާ އިންސާނިއްޔަތުގެ މިނިވަންކަމަށެވެ. ދެން ބައެއް ނުވިސްނޭ މޮޔައިންނަށް ދީނުގެ ގިޔުގަނޑަށް މިނިވަންކަން ފައްތަން ފަހަރުގައި ނުފެނިދާނެއެވެ. އެކަމަކު މިނިވަންކަން ވެސް އޭގެ ހައްދުން ނެއްޓީމާ ދެން ފެށޭނީ އަޅުވެތިކަމެކެވެ. ފަރަންސޭސި ވިލާތު މީހުން ކިޔާހެން، ކަމެއް އޭގެ ހައްދުން ނައްޓައިފި ނަމަ، އެކަމެއް އޭގެ އިދިކޮޅަށް އެނބުރި ހިނގައިދެއެވެ.

  11. މަރިޔާދު‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    ހަމަ ނަހަމަ ކިޔަމުން އެ މަސްތުގެ އޮއިވަރުންވީ އަމަލުގައި
    ހަމަ ގޮތެއް ހަމަ އެއް ގޮތެއް ހަމަވާ ނެތޭ ކުރި ޢަމަލުގައި
    މިހިރީ ވެސް އޭރު އެޒަމާނުގެ މީހުން ހަދާ ޅެންޅެމެވެ. ދެން އަދި މި ޒަމާނުގައި ކަން ހުންނާނީ ކިހަނަކުންބާވައޭ ހީވެއެވެ!

  12. މުޙައްމަދު‮ ‬ވިދާޅުވީ


    ތާރީޚް:04/07/2010

    މިލިއުމާއި ދޭތެރޭގައި އެކެއްޗެކޭވެސް ބުނާކަށްބޭނުމެއްނޫން. ނަމަވެސް މިމަޢުލޫއަށް އެއްޗެކޭބުނާކަށް ނުވެސްޖެހޭ. ސަބަބަކީ އިންސާނީ ފިތްރަތާ، އިސްލާމް ދީނާއި، ވިސްނުމާއި، ފިތްރަތާ، ހަށިގަޑާ، މާހައުލާއި މިކަންކަމަށް ބަލާފައި ދިރިއުޅުން ކުރިއަށްގެންދާނަމަ އިތުރުވާހަކައެއްބޭނުމެނޫ. އަންހެނުންގެ މައިގަޑުޒިންމާތަކާއި ފިރިހެނުންގެ ޒިންމާތައް އަދާކުރެވޭނަމަ އެއްވެސް މަށްސަލައެއް ދިމައެނުވާނެ. ދިތިއުޅުމުގައި އެމީހެއްގެ ޒިންމާ އަކީ ހެއްދެވިފަރާތުން ހަވާލުކުރި މަށްސޫލިޔަތުތަކެއް ވީމާ އެމަށްސޫލިޔަތު އަދާކުރޭ.

  13. ޝަރުހީޒާ‮ ‬ވިދާޅުވީ


    ތާރީޚް:05/07/2010

    އަޅުގަނޑު ކުޑަކޮށް ބިޒީ ދުވަސްކޮޅެއް ވީމަ ބަލާ ނުލެވި މިއޮތީ. މިލިޔުމާ ދޭތެރޭ އަޅުގަނޑު ބުނާނީ، މިއީ އޭ ކުޅުދުއްފުށީ ފިރިހެނުން ތަރައްގީ ނުވެޔޭ މިބުނަން ޖެހޭ ސަބަބަކީ. އަބަދުވެސް އަންހެނުން ދެރަ ބަޔަކަށް ހަދާފަ މިއޮންނަނީ. ނޯ ކޮމެންޓްސް.

  14. މޮހޮއްމަދު‮ ‬ވިދާޅުވީ


    ތާރީޚް:14/07/2010

    އަޅުގަނޑަކީ އާންމުކޮއް ލިޔުންތަކަށް ކޮމެންޓް ކުރާމީހެއްވެސް ނޫން، އެކަމަކު މިފަހަރަކު ނުހުރެވުން… މީތި ކަޑައޭ ހުސޭނާ… މާތް ރަސްކަލާނގެ ކަލޭމެން ކަހަލަ މީހުންނަށް ހެޔޮ ވިސްނުން ދެއްވާށި…

ޚިޔާލު ފާޅުކުރައްވާ