Share

މިއީ ކުޅުދުއްފުއްޓަށް ވީމާ ކަންކުރަންޖެހޭ ގޮތް ތޯއެވެ؟

މިއީ ކުޅުދުއްފުއްޓަށް ވީމާ ކަންކުރަންޖެހޭ ގޮތް ތޯއެވެ؟

މިއީ ކުޅުދުއްފުއްޓަށް ވީމާ ކަންކުރަންޖެހޭ ގޮތް ތޯއެވެ؟ އެހެންކަމަށް ވާނަ، އަހަރެމެން ކުޅުދުއްފުށީ މީހުންނާއިމެދު ކަންތައް މި ކުރަނީ ބޭއިންސާފުން ކަމަކަށް ނުވޭތޯއެވެ؟ ޝައްކެއްވެސްނެތެވެ. ކުޅުދުއްފުއްޓާއިމެދުވެސް ކަންހިންގަންވާނީ އެހެން ރަށްތަކާއިމެދުވެސް ކަންތައް ކުރާގޮތަކަށެވެ.

މިދަންނަވަނީ ކުޅުދުއްފުށީގެ ބިން ހިއްކުމުގެ ވާހަކައެވެ. އާދެ، ކުޅުދުއްފުށީ ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ ވާހަކައެވެ. އެއީ، 28.5 ހެކްޓަރުގެ ބިމުގެ ވާހަކައެވެ.

ކުޅުދުއްފުށީ ބިންހިއްކުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި އިއުލާންކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ހިންގުމަށެވެ. އެއީ މަސައްކަތާއި ހަވާލުވާ ފަރާތުން އަމިއްލައަށް ފައިސާ ހޯދައިގެން ބިންހިއްކާ އުޞޫލެވެ. މި އުސޫލުން ހިއްކާ ބިމުގެ ތެރެއިން 5 ހެކްޓަރު (538،195 އަކަފޫޓު) މިމަސައްކަތް ކުރާ ފަރާތަށް 99 އަހަރަށް ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އެއީ ގާތްގަނޑަކަށް ހިއްކާ ބިމުގެ 17 އިންސައްތައެވެ.

ސަރުކާރުގެ ނިންމުން އިންސާފުވެރި ނުވާގޮތަކީ މިއެވެ. ހުވަދު އަތޮޅު ވިލިނގިލީގެ ބިން، ބޮސްކާލިސް ކިޔާ ކުންފުންޏަކުން ހިއްކީ ސަރުކާރު ފައިސާގައެވެ. ބޮސްކާލިސްއަށް 99 އަހަރަށް ހިއްކި ބިމުން އެންމެ އިންޗިއެއްވެސް ކުއްޔަށްދޭ ގޮތަކަށް ނޫނެވެ. ހުރިހާ ބިމެއް އެރަށުގެ ރައްޔިތުންނަށެވެ.

ބ. އަތޮޅު ތުޅާދޫގެ ބިންވެސް ހިއްކައިފިއެވެ. ހއ. ދިއްދޫގެ ބިންވެސް ހިއްކައިފިއެވެ. މި ރަށްރަށުގެ ބިމަށް އިތުރުވެގެން އެދިޔައީ، ވަރަށް ބޮޑު ސަރަހައްދެކެވެ. ދިއްދޫއަށް އިތުރުވެގެން އެދިޔަ ބިމަށް ބަލާނަމަ، މިހާރު ދިއްދޫ އޮތް ސައިޒުގެ އިތުރު ދިއްދޫއެއް ވަރުގެ ސަރަހައްދެކެވެ. މި މަޝްރޫޢުތަކަށް ސަރުކާރަށް ފައިސާވެސް ލިބިއްޖެއެވެ. ހިއްކައިގެން އިތުރުކުރެވުނު ބިމުގެ އެންމެ އަކައިންޗިއެއްވެސް ބިން ހިއްކި ކުންފުންޏަށް ނުވަތަ ސަރުކާރަށް ވިޔަސް ކުއްޔަށްދޭކަށް ނުޖެހެއެވެ. ހުރިހާ ބިމެއް މި ރަށްރަށުގެ ރައްޔިތުންނަށެވެ.

ވީމާ، ކުޅުދުއްފުށީގެ ބިން ހިއްކާ ފަރާތަށް، އެންމެ އަކައިންޗިއެއްވެސް ކުއްޔަށް ދިނުމަށް އަހަރެން ދެކޮޅު ހަދަމެވެ.

ކުޅުދުއްފުށީގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުންނާއި، ސަރުކާރުންކުރާ ކޮންމެ ކަމަކަށް، އެޅިހާ ބަތަކަށް ރިހަވެގެން ތިބޭ މީހުން ވިސްނަން މިއީ، ރަގަނޅު ނުކުތާއެވެ. ސަރުކާރާއި ޕާޓީލޯބީގައި ކަނު ނުވުމަށް، ގޮވާލަމެވެ.

ބިމުން ބައެއް ކުއްޔަށްދޭގޮތަށް، ސަރުކާރުން މިރަށުގެ ބިންހިއްކަން ރާވާފައިވާ ރޭވުމާއި ދެކޮޅު ހެދުން މަޖުބޫރެވެ. ސަބަބަކީ، ޖަހައިގަންނަން ރާވާފައި އެ އޮތީ، އަހަރެމެންނާއި އަހަރެމެންގެ ދަރިންގެ ބިމެވެ. ވަޒަނެވެ.

އެހެން ރަށްރަށުގެ ބިން ހިއްކި އުސޫލުން ކުޅުދުއްފުށީ ބިންވެސް ހިއްކެންޖެހޭނެއެވެ. އިންސާފަކަށްވާނީ އެގޮތެވެ.

****

މިލިޔުމާ ގުޅޭލިޔުން: ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ހިންގުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި

‮ ‬10‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ގު‮ ‬ވިދާޅުވީ


    ތާރީޚް:04/07/2010

    ފަހަރެއްގަ ތިޔައީ ވަރަށް ބޭއިންސާފު ކަމެއްކަމަށް ވެދާނެ. އެކަމަކު މި ކަމުން މަށަށް ދޭހަވިކަމަކީ ކުޅުދުއްފުށްޓަކީ ވަރަށް ޑިމާންޑް ބޮޑުވާނެ ރަށެއްކަން. ބިން ހިއްކާފަ އެ ހިއްކި ބިމުގެ ސަތޭކަ ޕަސަންޓު ސަތޭކަ އަހަރަށް ދޭން ބުންޏަސް ހިއްކައި ނުދޭނެ ރަށްތައް ހުންނާނެ. އެހެންވީމަ ބޮލެއް ހުރި މީހެއްވިއްޔާ ލިބިފަ އޮތް ގޯތީގަ ބަގުޑިބައްދާ މިހާރުންސުރެންވެސް. މުސްތަގުބަލުގަ އެ ވެދާނެ ތެޔޮވަޅަކަށް ވަސް.

  2. ދޮން ބެއްޔާ‮ ‬ވިދާޅުވީ


    ތާރީޚް:04/07/2010

    ކުޅުދުއްފުއްޓާއިމެދު، ހިތައްއެރިހާ ގޮތެއް ހެދިޔަ ދީގެން ނުވާނެ. ރަށުގައި ކަމުވޮށިވެގެން، ބޮޑުވެގެން އުޅޭ ފަރާތްތައް އެއްވެ، މިކަމާއި ދެކޮޅަށް ވަކާލަތު ކުރަން ޖެހޭނެ. މި ބާވަތުގެ މުޅި ރަށުގެ މަސްލަހަތު އޮންނަ ކަންކަމުގައި ހުރިހާ މީހުން އެކައްޗެއް ކިޔުން ވަރަށް މުހިންމު.

  3. ޖަމްޝީދު‮ ‬ވިދާޅުވީ


    ތާރީޚް:04/07/2010

    ވާ ގޮތަކީ ކޮންމެ މީހަކުވެސް މާ ސިޔާސީ މީހަކަށް ވެގެން އުޅެނީ. އަސްލު ނޭގޭ ޕޮލިޓިކްސް އަކީ ކޮންއެއްޗެއްކަންވެސް؟؟ ދެން ވަކި ޕާޓީއެއްގެ ދަފްތަރުގައި އިންނާތީ ހީވަނީ ރަށުގެ ވެރިކަން މި ފަސް އަހަރަށް ލިބުނީޔޭ. މިއަދުގެ ސަރުކާރުން ކުރާ ކޮންމެ ކަމެއް ރަނގަޅޭ ބުނެ ތިބެނީ. މާދަމާއަކަށް ނުވިސްނާ، މާދަމާގެ ހާލަތަކަށް ނުވިސްނާ، ދަރީންގެ ދަރީން އުޅެނެ ގޮތެއް ނުވިސްނާ.

  4. މަރިޔާދު‮ ‬ވިދާޅުވީ


    ތާރީޚް:04/07/2010

    ހުވަދު އަތޮޅު ވިލިނގިއްޔާ ހއ ދިއްދޫއާ ކުޅުދުއްފުއްޓާ ތަފާތުވާ ގޮތް ސިޔާސީ އަދި އިގުތިސޯދީ ނަޒަރަކުން އެއްކަޅި އެއްލިޔަސް ހަމަ ކޮންމެ މީހަކަށް ވެސް ހާމަވާނެއެވެ. ސިޔާސީ މުދައްބިރުންނާއި މުހަންނިކުންގެ ހަރުދަނާ ވިސްނުމަށް ގުރޭޑު ހަތެއްގެ ފެންވަރު ހުއްޓަސް މިހާރުދެން ފާޑުކިޔަން ވީއެވެ. ޑިމޮކްރަސީއަކީ އަދި ތީ ކަމަށް ހީނުކުރާށެވެ.

  5. ދޮންބެއްޔާގެ ދޮން ދަރިކަލުން‮ ‬ވިދާޅުވީ


    ތާރީޚް:04/07/2010

    ސިޔާސީ ގޮތުންނާއި އިގުތިސޯދީގޮތުން ކިތަންމެ ބޮޑު ތަފާތެއް ހުއްޓަސް މިދައްކަނީ މިރަށުގެ ބިމުގެ ވާހަކަ. މިދައްކަނީ މިރަށަށް ލިބެންޖެހޭ އިންސާފެއްގެ ވާހަކަ. ކުޅުދުއްފުށީގެ ބިމުގެ އަގު، ވިލިގިއްޔާއި ދިއްދޫގެ ބިމަށްވުރެ އެންމެ ތަންކޮޅެއްވެސް ދަށް ނުވާނެ.

    ރަނގަޅު، ދިއްދޫ އެއީ އެމްޑީޕީގެ ސަޕޯޓް ބޭސް އެއް. އެއީ މިހާބޮޑު ނާއިންސާފީއެއް މިރަށާއި މެދު ގެންގުޅެންޖެހޭ ސަބަބެއް ކަމަށް، ތިޔާ ބުނާ ޑިގުރީ ނެގި ސިޔާސީ މުހަންނިކުންނާއި މުދައްބިރުންނާއި، މުފައްކިރުންނާއި ބުންޏަސް އެއީ ދުނިޔޭގައިވާ އެންމެ ބޮޑު ތެދު ކަމަކަށް ހަމަ ހިލާ ވާނެ ގޮތެއް ނޯންނާނެ.

    ބައެއް މީހުންނަށް މިހީވަނީ، ހިކްމަތްތެރި ކަމާއި އެކު ފިކުރު ހިންގަން މި އެނގެނީ ޖީސީއީ ހަދާފައި، ޑިގުރީއެއް ނެގީމާ ކަމަށް.

  6. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:04/07/2010

    ހުވަދު އަތޮޅު ވިލިނގިއްޔާ ހއ ދިއްދޫއާ ކުޅުދުއްފުއްޓާ ތަފާތުވާ ގޮތް ބުނަންތަ، ވާ ގޮތަކީ ކުޅުދުއްފުށީގެ ދަރިޔަކު ސަރުކާރުގެ މަތީ މަގާމެއް ގާ ނެތީ އެހެން ވީމަ ކޮންމެ ސަރުކާރެއްގާ ވެސް އަހަރެމެން ނަށް ހަދާނެ ގޮތެއް އެހަދަނީ، ދެން އަހަރެމެން ކުރަން ވީ ކަމަކީ ތައުލީމް ހާސިލް ކުރެވޭތޯ ބަލަންވީ، ބަލާލަބަލަ އައްޑޫ މީހުން އެމީހުންގެ ދަރިންނަށް ކިޔަވައިދިނީ މިސަރުކާރުގަ ވެސް ވެރިންނަކީ އެމީހުން ރިސޯޓް ތަކުގަ ވެސް އޯނަރުންނަކީ އެމީހުން،ކުޅުދުއްފުށީ ޒުވާނުންނަށް އަހަރެން މިގޮވާލަނީ ކިޔަވާށޭ އޭރުންނޭ ރާއްޖޭގެ ސިޔާސީ މަޝްރަހް ގަ ބަސްކިޔޭނީ އަދި ރަށަށް މޮޅު ހޯދައިދެވޭނީވެސް،އުންމީދު ކުރަން މިވާހަކަ ގަބޫލު ކުރާނެ ކަމަށް

  7. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:04/07/2010

    ދިއްދޫ ބިންހިއްކުމުގެ ކަންތަކާ އުޅުނީ ސްޓޭޓް މިނިސްޓަރުގެ ނައިބެއް. އެސޮރު ނިސްބަތް ވަނީ ދިއްދުއަށް. އެހެންކަމުން އެސޮރުވެސް ބަލާނީ ރަށަށް ލިބެންއޮތް މަންފާއެއް އޮތީއްޔާ ދަމައިގަނެވޭތޯ އޭނުން. އެގޮތަށް ރަށު ކުއްޖެއް ތި އޮފީހުގަ ބޮޑަކަށް ހުންނަނަމަ އެފައިދާ އަހަރެމެންނަށްވެސް ލިބުނީސް. ދެން މިބުނަނީ އެކަންކަން އޮންނަން ވާނީ އެހެނޭކޭ ނޫން. މިރަށު މީހެއް ސަރުކާރުގަ ނެތް ކަމުގަވިޔަސް މިރަށަށް ކަނޑައަޅާކަމެއް މިރަށަށް ލިބެން ޖެހޭނެ. މިބުނަނީ މީގެ އިތުރަށް އެތިކޮޅެއް ބޭނުމީއްޔާ ކުޑަކޮށް ފުލުގަ ކޮށާލާނެ މީހަކު ހުރުން ރަނގަޅޭ.

    މިރަށުގަ ކުރީގެ ތާރީހަށް ބަލާއިރު ތައުލީމީ ކުދިން ނެތްނަމަވެސް މިހާރު އެދުވަސް ހިނގައްޖެ. މިހާރު އެބަތިބި އެފަދަ ޒުވާނުން. ކިޔަވައިގެން ތިބި ކުދިން އެބަތިބި. ނަމަވެސް ފެންނަ ފެނުމަށް އެކުދިން މި ދާއިރާއަށް ޝައުގެއް ނުހުންނަނީ.

  8. ޖެރީ‮ ‬ވިދާޅުވީ


    ތާރީޚް:05/07/2010

    ތިކަންތަކާ ވިސްނަން ރަށުގައި ތިބީ ވަރަށް މަދު ބައެއް!!!!!

  9. ބިއްޕޮއްޅެ‮ ‬ވިދާޅުވީ


    ތާރީޚް:05/07/2010

    ހަމަ ތެދު ކަލެމެން ތިކިޔަނީ. އެކަމަކު މިތަނައް ކޮމެންޓު ކުރިއަކަސް ނުވާނެ. ނުކިޔެވިޔޭ ކިޔަފަ ތިބެގެނެއް ނުވާނެ. ކިޔަވެން ތިބި ކުދިން ކިޔަވާ. އެހެން މީހުން ލަސް ނުކޮށް ދުއްވައި ގަނޭ. ނުކިޔެވިއަކަސް އަތަކާ ފަޔަކާ އަނގަޔަކާ އެބޯތޭނުން.. ދެން އެކަމަކު ވިންޑިސާ ދުއްވާ ތަންކޮޅު ގެއްލޭނެ ބިން ހިއްކީމަ. އޭރުން ދެން ކަނޑުގަ ދުއްވާނީ ދޯ!

  10. މޭޑް‮ ‬ވިދާޅުވީ


    ތާރީޚް:05/07/2010

    ހެހެހޭ ދަރިންގެދަރިންނަށް ދަރަނިވެރިވަނީ ބޭންކަކުން ލޯނެއްނެގީމަ އެކަންޏެއްނޫނޭ ދަރިންގެދަރިން ދިރިއުޅެން އޮންނަ ބިންކޮޅު ބަޔަކަށް (99 އަހަރައްދިނުމަކީ 1 ޖީލު ދިރިއުޅޭނެހާދުވަސް)ދިނުން އެއީ ދަރިންގެ ދަރިންނަށް ދަރާ ކިހާބޮޑުދެރުމެއްބާ، ވޯޓް ހޯދަން ވެގެން ތިޔަބައި މީހުންގެ ލޮލުގައި އެޅުވި އަނދިރި އަދުން އަވަށްފިލުވާލާފަ ހޭއަރާބަލަ!!!!!!!

ޚިޔާލު ފާޅުކުރައްވާ