ކަލެއަށް ރުޅިއައުމުގެ ޙައްޤު އޮތްކަމާއި މެދު ދެބަހެއް ނުވަމެވެ. ޝައްކެއް ނުކުރަމެވެ. ނަމަވެސް ކަލެއަށް، ރުޅި ކޮންޓްރޯލް ކުރުމުގެ ޙައްޤު އެބަ އޮތެވެ. ރުޅި ކޮންޓްރޯލްކުރަންޖެހޭ ސަބަބުތައްވެސް އެބަ ހުއްޓެވެ. ރުޅި ކޮންޓްރޯލްކުރުމުން، ހިތްހަމަޖެހުމާއި އުފަލަށް، ސިކުނޑީގެ ހަމަޖެހުމަށާއި މަސަލަސްކަމަށް، ޖާގައެއް އުފެއްދުނީއެވެ.
ކަލޭގެ ފުރަތަމަ، އެދުމަކީ ބަދަލުހިފުން ކަމާއިމެދު ޝައްކެއް ނުކުރަމެވެ. އިދިކޮޅެއް ނުހަދަމެވެ. ނަމަވެސް ސުލްޙަވުމުންނާއި މަޢާފުދިނުމުން ކަލެއަށް ފިނިކަން ލިބިދާނެއެވެ. ކަލެއަށް ހިތްދަތިކަމާއި އަނިޔާ ލިބުމުން، އެ ކުރެވޭ އިޙްސާސް ކަލޭގެ ޢަމަލުތަކުގެ ސަބަބުން ދިގުދަންމަންވީ ކީއްކުރަންހެއްޔެވެ؟
ދުނިޔެއަކީ އަނިޔާވެރި، އިންސާފެއްނެތް ތަނެއްކަން ޔަޤީނެވެ. މި ޙަޤީޤަތް ކަލޭ ޤަބޫލްކުރާނަމަ، ކަލޭގެ ޢަމަލުތަށް ސީދާމަގުން ކަސިޔާރު ވިޔަނުދިނުމަށް އެހީއަކަށް ވާނެއެވެ.
ރުޅިއައުމާއި، ރުންކުރު އިޙްސާސް ކަލޭ މައްޗަށް ފާވެގަންނަ އެތައް ކަމެއް ކަލެއާއި ބައްދަލުކުރާނެ ކަމީ، ޝައްކެއް އޮތް ކަމެއް ނޫނެވެ. މިއީ ދިރިއުޅުމެވެ. ނަމަވެސް، ކެއްތެރިކަމާއި، ޙިކުމަތާއި މަޑުމައިތިރިކަން ކުރިއަށްނެރެ އެ ކަންކަމާއި، ކުރިމަތިލައިފިނަމަ، ކަލޭގެ ހަކަތަޔާއި ނަޒަރު މާ ރަނގަޅު ކަންކަމަށް އަމާޒުކުރެވިދާނެއެވެ. އަދި ކަލޭ، ދިރިއުޅުމުގައި ކަނޑައެޅި މަޤްޞަދުތައް ޙާޞިލްކުރުމަށް އެހީއަކަށް ވާނެއެވެ.
ދިރިއުޅުން ބިނާވެފައިވަނީ ތަފާތު ހުރަސްތަކާއި، ހިތާމައިގެ މައްޗަށެވެ. އެއީ ދިރިއުޅުމުގެ ފިޠުރަތު ކަމާއި މެދަކު ޝައްކެއް ވަސްވާހެއް ނެތެވެ. ނަމަވެސް ދިރިއުޅުމުގައި ހޭދަވާ ކޮންމެ ހިދުކޮޅެއް އެ އިތުރުކޮށްދެނީ، އުފާވެރި ކަމަށް އޮތް އުންމީދެވެ.
މާޔޫސް ނުވާށެވެ. ދިރިއުޅުން ލިބުން އެއީ، ނިޢުމަތެކެވެ. އަމިއްލަޔަށް ދިރިއުޅުން ފަނާކޮށްނުލާށެވެ. މިއަދު އުޑުމަތި ބަނަކަމަށްވެދާނެއެވެ. މާދަމާ، އުޑުމަތީ ވިލާރޮއްޖެއްނެތިވެސް ހިނގައިދާނެއެވެ.
އުންމީދުކުރާށެވެ.

ދޮން ބެއްޔާ ވިދާޅުވީ
ތާރީޚް:04/07/2010
މިހާރު މިވާގޮތަކީ، ކުޅުދުއްފުށީގެ ޒުވާން އަންހެން ކުދިންގެ ފެޝަނެއް އެއީ ހިތާވެގެން އުޅޭ ސޮރު އެއްޗެކޭ ބުނާއިރަށް ލައްފިލުވާ ބުއިން. ނިދާބޭސް ކެއުން. ކާން ގޮވީމާ ކާން ނުނުކުމެ، އެނދުމަތީ ބަނޑުން އޮތުން.
ފިރިހެން ސޮރުމެންގެ ފެޝަނެއް އެއީ، އަތުގެ މުލައްދަނޑީގައި ކަޓަރު އެޅުން. ބައެއް ފަހަރު ދަންޖެހުން.
މީތިންނަށް ހީވަނީ، ދުނިޔެމަތީގައި ވަނީ އެންމެ އަންހެނަކާއި ފިރިހެނެއް ހެން. މާޔޫސްވެ، އުންމީދު ކަނޑާލަނީ، ދުނިޔެ، ހިނގާގޮތް މި ކުދިންނަށް ހަމަ ނޭނގޭތީ. އެ ހިނގަނީ ތޮށެލި ދުޅަޔަށް!
ޖަމްޝީދު ވިދާޅުވީ
ތާރީޚް:04/07/2010
އަދިވެސް ހަމަ ނާތަހުޒީބީ. ނާތަހުޒީބު ކުޅުދުއްފުށްޓަކުން ތަހްޒީބު ކުޅުދުއްފުއްޓަކަށް ބަދަލުވާނެ ދުވަހެއްގެ އިންތިޒާރުގައި ހުންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެ. ތަހްޒީބުގެ މާނައަކީ ހުޅަނގުގެ ގޮތް އިޚްތިޔާރު ކުރުމެއް ނޫން. އިސްލާމީ ރިވެތި އަޚްލާގުން ތަހުޒީބު ވުން.
މަރިޔާދު ވިދާޅުވީ
ތާރީޚް:04/07/2010
މި ލިޔުން ވަރަށް މޮޅު އެކަމް މަރޭގެ ފޮޓޯއެއް މީގަ ޖަހާފަ މީނީ ކީއްވެ ކަމެއް ނޭނގުނު، ފަހަރެއްގަ ވެދާނެ އާޖެންޓީނާގެ ސަޕޯޓަރުންނަށް ދޭ މެސެޖެއް ކަމަށް މި ލިޔުމަކީ، އެހެން އެކަން އޮތަސް އާޖެންޓީނާގެ ސަޕޯޓަރުން މިހާ ހިތް ނތަނަވަސްވެފައިވާ ދަނޑިވަޅެއްގައި މަރޭގެ މި ފޮޓޯ ޖެހީމަ މަށަށް ވަރަށް އުނދަގޫވެއްޖެ، ލިޔުން ކިތަންމެހާ ވެސް މޮޅު،
ބައެއް މީހުންނަށް ހީވެދާނެ މި ފޮޓޯގަ މަރޭ މިހިރީ ރުޅިއައިސްފައޭ ވެސް، އެކަމަކު އެއީ އަސްލު ރުޅިއައިސްފައެއް ނޫން، އެއީ އުފާފާޅުކުރާ މަންޒަރެއް.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:04/07/2010
މި ވަރަށް ރަގަޅު ނަސޭހަތެއް ހުރިހާ ކުދިން ވެސް ގަބޫލް ކުރާނެ ކަމަށް ހީކުރަން
ތަކުރުފާނު ވިދާޅުވީ
ތާރީޚް:04/07/2010
ކުޅުދުއްފުށީގަ ޒުވާނުން ދިރި އުޅުމާމެދު ވަރަށް ނުވިސްނާކަން ރަށު ތެރެއަށް ބަލާލައިފިނަމަ އެގޭނެ ކޮންމެމީހަކަށް ވެސް ރަށުގަ ޒުވާނުން ކުރާކަމެއްނެއް ބައެއް ޒުވާނުން ކުރާހާވެސް ކަމަކީ ސައިކަލް ރޭސް ޖެހުން އަނެއް ބަޔަކު ވަހިއްޑޭގަ ރަޑު އަންހެނުންތަކެއްހެން ހޭރެނީ، އަނެއް ބަޔަކު ހަސަންފުޅު ގޯތި ކައިރީގަޔާ ޕޮއިންޓް ތަކުގަ ދެބަދޭތެރެ ވެފަ، އަނެއް ބަޔަކު ބައިސްކަލް ތަކުގަ ރަށު ތެރޭގަ މުގޯލި އަޅަނީ، ކޮރަލް މީހުންނަށް މި އެގެނީ ފުރޭރޭން ކޮފީ ބޮއެގެން ފުޓްބޯޅަ ކުޅެން، ފާރޫގުމެން އެމްޑިޕީޔަށް މަރު ދެނީ ، ޖަލާލުއްދީނުގަވެސް ރަށު ކުދިން ކިޔަވަނީ އެއް ނޫން ހީވަނީ ޓީޗަރުން ނަށްޓަކާހެން ކިޔަވަނީ ދެން ޒުވާނުން ހޭލުންތެރި ކުރުވާނެ މީހަކުނެއް ވިޔަފާރި ވެރިން ތެޅިބާލަނީ އަމިއްލަ އެދުމައިގެން
ދުނބުރިހުއްތު ވިދާޅުވީ
ތާރީޚް:04/07/2010
މާ އިހުގެ ޅެންވެރިޔަކު ކިޔާފައިވެއެވެ.
ޓިކާނާއޭ ހަޔާތުގެ ކޮންމެ ހާލެއްގައި ވިޔަސް މަރަކީ
ޝިކާޔަތަކަށް ޙަޤީޤަތަކަށް ޙަޔާތުވެފައި ވިޔަސްމެ އެކީ
ކިރާލަން އުނދަގުލެއް ނޫނޭ ދެ ޢާލަމް ހިތުގެ ތިލަފަތުގައި
ދިރާސާކޮށްލެވުންނަމަ ދުނިޔެއާއި މިތާގެ ހާލު އެކީ
ނަސްރު ވިދާޅުވީ
ތާރީޚް:07/07/2010
އަހަރެން ތަކުރުފާނު ތިބުނިބަހަށް ތާއީދު ކުރަން. ވަރަށް އަގުހުރި ނަސޭހަތެއް ލިބިއްޖެ.ލިއުން ވަރަށް މޮޅު.