Share

ޖަލާލުއްދީން ސްކޫލުގެ ގުރެޖުއޭޝަން ޖަލްސާ ބާއްވައިފި

ޖަލާލުއްދީން ސްކޫލުގެ ގުރެޖުއޭޝަން ޖަލްސާ ބާއްވައިފި
އިބްރާހިމް ހަމީދު

2010 ވަނަ އަހަރުގެ ޖޫން ގައި ޖަލާލުއްދީން ސްކޫލުގެ ގުރޭޑް ބާރަ ނިންމާފައިވާ ކުދިންނަށް އެޗިވްމެންޓް ސެޓްފިކެޓް ހަވާލު ކުރުމުގެ ގޮތުން އެސްކޫލުގައި ގްރެޖުއޭޝަން ޖަލްސާ ބާއްވައިފިއެވެ. 4 ޖުލައި ވީ އާދީއްތަ ދުވަހުގެރޭ 8:45 ގައި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް ހޯލްގައި ބޭއްވި މިޖަލްސާގައި ގްރެޖުއޭޓް ވެފައިވަނީ “2008 ޖޫން އިން 2010 ޖޫން” ބެޗްގައި ކިޔެވި ކުދިންނެވެ. މި ޖަލްސާ ބާއްވަން ފުރަތަމަ ނިންމި ތާރީހަކީ ޖޫންމަހުގެ 29 ވަނަ ދުވަހުކަމުގައި ވިޔަސް މޫސުންތަން ނުދިނުމުގެ ސަބަބުން މިޖަލްސާ ފަސްކުރަންޖެހުނީއެވެ.

ކީރިތި ގުރުއާނުގެ ބަރަކާތުން މިޖަލްސާ ފައްޓަވައި ދެއްވީ މިއަހަރު ގުރޭޑް ބާރަ ނިންމި ދަރިވަރެއް ކަމުގައިވާ އިމްރާން ސައީދު އެވެ. މިޖަލްސާގެ ޝަރަފްވެރި މެހެމާނަކީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ނައިބް އަލްފާޟިލް އަބްދުއްލަތީފް ގާސިމްއެވެ. މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ މިސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް މުހައްމަދު ހުސެއިން އެވެ. އެއަށްފަހު މިސްކޫލުގެ ޓީޗަރެއް ކަމުގައިވާ ރޯޖީ.ޕީ.ނައިރުގެ ވާހަކަ ދެއްކުމަށް ފަހު ދެން ކުރިއަށް ދިޔައީ ސްކޫލް ކެޕްޓަންކަމާއި ޑެޕިއެޓީ ކެޕްޓަންކަން ހަވާލު ކުރުމެވެ. މިނަންބަރު ފުރިހަމަ ކޮށްދެއްވީ މިސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ސައީދު އަހްމަދެވެ.

ޖަލާލުއްދީން ސްކޫލުގެ މިއަހަރަށް އަލަށް ހޮވުނު ކެޕްޓަނަކީ ސާޖިދާ ސައީދުއެވެ. ޑެޕިއުޓީ ކެޕްޓަނުންގެ ގޮތުގައި ހޮވުނީ ޝާއިރާ އަހްމަދާއި ޝަމްސުއްދީން ހަސަނެވެ. މިއީ މިހާރު ގުރޭޑް 12 ގައި ކިޔަވަމުންދާ ކުދިނެވެ. ގްރެޖުއޭޓް ވި ކުދިންނަށް އެޗިވްމެންޓް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާނެވެ.

ސެޓްފިކެޓްތައް ހަވާލު ކޮށްދެއްވުމަށްފަހު މިޖަލްސާގެ ޝަރަފްވެރި މެހެމާން ސެޓްފިކެޓް ލިބުނު ކުދިންނާއި އަދި މިއަހަރު ގުރޭޑް ބާރާގައި ކިޔަވާ ކުދިންނާއި މުހާތަބުކޮށް ވާހަކަފުޅު ދެއްކެވިއެވެ. އެއަށްފަހު މިސްކޫލުގެ ޕްރިންސިޕަލް ކުދިންނާއި މުހާތަބުކޮށް ވާހަކަ ދެއްކުމާއި ސްކޫލްގެ ކުރީގެ ކެޕްޓަން އަލްފާޟިލާ ސޮފާ މޫސާގެ ވާހަކަ ދެއްކުން އޮތެވެ. މި ޖަލްސާ ނިމިގެންދިޔައީ ސްކޫލު ލަވައިންނެވެ.

ޖަލާލުއްދީން ސްކޫލުން މިއަހަރު 44 ކުދިން އޭލެވެލް ހަދާ، މީގެތެރެއިން 41 ކުދިން ވަނީ ސެޓްފިކެޓް ހާސިލް ކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

, ,

‮ ‬5‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ދުނބުރިހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:05/07/2010

    އަލަށް ކައްފިތާނުކަން ލިބުނު ހުރިހާ ކުދިންނަށް މަރުހަބާ!!

  2. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:05/07/2010

    ހުރިހާ ގްރެޖުއޭޓުންނަށް މަރުހަބާ. އަހަރެމެން ދެކެން ބޭނުންވާ ދުވަހަކީ ތިކުދިން އަދިވެސް މަތީ ތައުލީމް ހޯދައިގެން އައިސް މިރަށުގަ އާއި ސަރުކާރުގެ އިސް ވަޒީފާތަކުގައި ނަގާކިޔާ މީހުންނަށް ވުން. ކޮންގްރެޓްސް ޓު އޯލް.

  3. ޖަމްޝީދު‮ ‬ވިދާޅުވީ


    ތާރީޚް:05/07/2010

    ތި ހިސާބުން އަދި ކިޔަވާ ނިމުނީކަމަށް ނުބަލާތި! އަދި ތި ނިމުނީ ފައުންޑޭޝަން ލެވެލް. ކިޔެވުމުގައި އެންމެ މުހިއްމު އެއްޗަކީ އަޚްލގް. ގްރެޖުއޭޓް ވި ދަރިވަރުން އިތުރަށް ކިޔަވައި ގައުމަށާއި ކުޅުދުއްފުއްޓަށް ރީތި ނަން ހޯދައިދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. އަދި ކިޔަވައި ނިންމުމަށްފަހު ސަރުކާރު އިސް މިގާމުތަކަށް ތިފަދަ ކިޔަވައިގެން ތިބި ކުދިން އަންނާނެކަމަށް އުއްމީދު ކުރަން. މިއަދު ދިމާވެފައިވާ އެންމެ ބޮދު މައްސަލައަކީ ކައުންސެލަރުން ފެންވަރުގެ ބޭފުޅުންގެ ވެސް އެއްވެސް ތައުލީމެއް ނެތްކަން. އޮފީސްތަކުގެ ޑިރެކްޓަރުންގެ އަދި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ކިބައިގައިވެސް ތައުލީމު ނެތްކަން. ތައުލީމީ ޒުވާނުން މިފަދަ މަގާމުތަކަށް އައުމަކީ މިގައުމު ކުރިއެރުމުގައި ވަރަށް މުހިއްމުކަމެއް.

  4. ދޮންބީފާނު‮ ‬ވިދާޅުވީ


    ތާރީޚް:05/07/2010

    މި ޕްރޮވިންސްގެ ސްޕްރިންޓެންޑެންޓް ބައިވެރި ނުކުރޭތަ މި ޖަލްސާގައި. އާންދޯ! އަބަދު މާލެގައި އުޅޭ ސްޕްރިންޓެންޑެންޓެއް އެއީ. ކޮންމެ ދަތުރެއްގައި އަންހެނުންވެސް ގެންދާނެ. މިތާ ކައިރި ސްކޫލެއް ބަލައިލަން ދިޔަސް އަންހެނުން ގެންދާނެ. މިކހަލަ ކޮރަޕްޓު މީހުން ހިފާ ހައްޔަރުކުރަންވީ. އފީފުއްދީނު ހިސާރުކޮށްގެން އެ ހުންނަނީ ޕްރިންސިޕަލެއް ހަމަނުޖައްސާ. ދެތަނުން ލާރި ކާންވެގެން. ޕްރޮވިންސް އޮފީހުންވެސް މުސާރަ ނަގާ. ސްކޫލުންވެސް މުސާރަ ނަގާ. އަދި މީނާއަކީ ޑީ.އާރު.ޕ ގެ ފަހުލަވާނެއް. އެމް.ޑީ.ޕީ ހެދިގެން އުޅެނީ. މި ސޮރު އަވަހަށް ބޭރުކުރަމާ ހިނގާ.

  5. މަރިޔާދު‮ ‬ވިދާޅުވީ


    ތާރީޚް:05/07/2010

    ހުއްތާ ކަލޭ މަރުހަބާ ކިޔަންޖެހެނީ ވަކި ބަޔަކަށް ދޯ! މި ޚަބަރާ ގުޅިގެން މީހަކު މަރުހަބާ ކިޔަންޏާ ރަނގަޅު ގޮތަކީ ހުރިހާ ދަސްވެނީންނަށް މަރުހަބާ ކިޔުން، ވަކި ތިން ކުއްޖަކަށް އެކަނި މަރުހަބާ ކިޔަން ބޭނުމިއްޔާ، އެކުދީންނަށް ވަކިވަކީން ގުޅާ، މިތާ އެންމެން އަރާ ހޮޅުއައްޓެއްގަ މުސްކުޅިވި ދުވަހު ތިމާއަށް މަލާމަތް ރައްދުވާ ކަހަލަ ވައްތަރުތައް ނުޖައްސަ…އާނ ހުއްތުމެންގެ ނަމަށް ބަލާލީމަ ޖަހަނީ ކުދީންކުދީން ފަހަތުން އަމަލުވެގެން އުޅުމުގެ ދުވަސްވަރު ފަހަނައަޅާ ގޮސްފާނެހެން.

ޚިޔާލު ފާޅުކުރައްވާ