ފުލުހުން ހޯދަން ބޭނުއްވި އެއްޗެއް ނުފެނުން
ޤާސިމް އާއި ޔާމީންގެ ދިރިއުޅުއްވާގެ ފުލުހުން ބަލާފާސްކޮށްފައިވަނީ ޖިނާއީ ކޯޓުން އަމުރެއްލިބިގެންނެވެ. ޤާސިމްގެ ގެ ފުލުހުން ޗެކްކޮށްފައި “ހޯދަން ބޭނުންވި އެއްޗެއް ނުފެނު” ކަމަށް ބުނުމުން ހައިރާންވެ އަންތަރީސްވެއްޖެއެވެ. ފުލުހުން ޤާސިމްގެ ގެއަށް ވަނީ ވަކިއެއްޗެއް ހޯދަންތޯއެވެ؟ އެއެއްޗެއް ހޯދުމަށް ޤާސިމްއާއި ސުވާލު ކުރިބާއެވެ. ނޫނީ ވަޅުލާފައި އޮތް ވަހުތާނައެއް ހޯދަނީ ބާއެވެ.
ފުލުހުން ގެތައް ޗެކުކުރަން ފަށާފައިވަނީ ހައްޔަރުކުރިތާ 4 ވަރަކަށް ދުވަސްފަހުންނެވެ. ހައްޔަރުކުރީ ތުހުމަތުގައެވެ. ހައްޔަރުކުރަންޖެހޭނީ އެކަށީގެންވާ ހެކި ހުރެގެންނެވެ. ހައްޔަރުކޮށްފައި، ހެކިލިބޭތޯ ބެލުމާއި، ހެކިނުލިބިއްޖެނަމަ ދޫކޮށްލުމާއި، ހެކިލިބިއްޖެނަމަ ދަޢުވާކުރުމާއި، މިއީ ރައްޔިތުން ކަންބޮޑުވާކަންކަމެވެ.
ސަރުކާރު ވައްޓާލަން އުޅުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުން
ސަރުކާރުވައްޓާލަން އުޅުމަކީ އައުކަމެއްނޫނެވެ. ވައްޓާލަން އުޅޭގޮތާއި، އެކަމަށް ކުރެވޭ މަސައްކަތް ތަފާތުވުމުން، އެކަމުގެ ކުޑަބޮޑުމިނާއި ހާސްވާ މިންވަރުވެސް ތަފާތެވެ. 3 ނޮވެމްބަރުގެ ޢުދުވާނުގެ ޙަމަލާއަކީ ސީދާ ސަރުކާރު ވައްޓާލަން އުޅުމުގެ ޢަމަލެކެވެ. އެހެނަސް މީހަކު ސަރުކާރާއި ދެކޮޅަށް ލިޔާލިޔުމަކީ، މީހަކު ސަރުކާރާއި ދެކޮޅަށް ބުނާ ބަހަކީ، އަދި ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގައި ބުނާ ބަހަކީ އަދި ކުރާކަމަކީ އެއީ އޭނާއަށް ޤާނޫނު އަސާސީއިން ލިބިދޭ އިމްތިޔާޒުގެ ބޭނުންކުރުމެވެ، ނުވަތަ ޤާނޫނު އަސާސީން ލިބިދޭ އަސާސީ ޙައްޤެއް ބޭނުންކުރުމެވެ.
“ރިޝްވަތަކީ” ކޮބައިތޯއެވެ. އަޅުގަނޑުމެންނަށް މިއީ އައު ބަހެއްނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނުކަމަށް ބުނާ ވާހަކައަކީ ޙަޤީޤަތެއް ބާއެވެ؟ ރިޝްވަތު ހިފަން ހުރީ ކާކުތޯއެވެ. ރިޝްވަތު ހުށަހެޅި މީހުންގެ ވާހަކަ އަޑުން އަޑުނަގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ގޮވާއިރު ރިޝްވަތު ހުށަހެޅުނު މީހުން އެވާހަކަ ނުދައްކާ މަގުމަތީގައި މުޒާހަރާކުރަނީ ކީއްކުރަންހެއްޔެވެ؟ ތިމަންނާއަށް ޤާސިމް ނުވަތަ ޔާމީނު ރިޝްވަތު ހުށަހެޅިއޭ ކިޔާފައި އެވާހަކަ “ހައްޔަރު ޓީވީން” ގޮވާލަންވީނޫންތޯއެވެ. މަގުމަތީގައި އުޅުނަކަސް ރައްޔިތުންނަށް ހަމަ ކަހެރުވަކެކޭވެސް ހިތަކަށް ނާރައެވެ.
ޚިޔާލުފާޅުކުރުމާއި، މަޢުލޫމާތު ހޯދައިލިބިގަތުން
ޒަމާނީ ޑިމޮކްރަސީގެ “ހެޔޮ” ވެރިކަމުގައި، ޤާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ މިނިވަންކަން މުގުރާލައި، ދަޢުލަތް ސައްތައިން ސައްތަ ޙިއްޞާވާ ޓީވީން އިދިކޮޅު ފަރާތްތަކުގެ ޚަބަރު ތައް ނުގެނެސްދެނީ، ރާއްޖެ ޕްރެސް ފްރީޑަމްގެ ކުންނާއި ހިސާބުގައިވަނިކޮށެވެ. ނޫ ޤާނޫނު އަސާސީގައި ހަނިގޮތެއްގައި ނޫސްވެރިކަމުގެ މިނިވަންކަން ލިބިދީފައިވަނިކޮށް، ނޫސްވެރިކަމުގައި މަލަން އެޅުއްވިކަމަށް ބުނާވެރިކަމަށް ފާޑުކިޔައި މޭކަރައިގަތް ބޭފުޅުން މިއަދު މިނާނީ ކޮން ތަރާދަކުންތޯއެވެ.
ރައްޔިތުންގެ މަޖިލީހަކީ މުސްތަޤިއްލު ބާރެއްކަމަށާއި، ކޯޓްތަކުން ކުރާއެއްވެސް ކަމަށް ހަމަ އެކަކުވެސް ހުރަސްއަޅައިގެން ނުވާނެކަމަށް ބުނެފައިވާއިރު، އެމްޑީޕީގެ ޕޯޑިއަމްތަކުން މިފެންނަނީ ކޮން މުޑުދާރު ޢަމަލެއްހެއްޔެވެ؟
ދަޢުލަތުގެ ވަޞީއްލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން
އިސްތިއުފާދިން ވަޒީރުން ރައީސް އޮފީހުގައި ޕްރެސް ކޮންފަރެންސް ދިނުން ވަންނަނީ ކޮން ޠިބްޤަތަކަށްތޯއެވެ. ހަމަގައިމު އަޅުގަނޑަށް އެތަނުގައި ނޫސްވެރިންނާއި ބައްދަލުނުކުރެވޭނަމަ، ސަވާދާއި، ޑރ. ޑީޑީއާއި، ސުއޫދާއި، ޝަހީދަށް އޮތީ ކޮން އިޚްތިޔާރެއްތޯއެވެ؟ އެވެސް ރައްޔިތެކެވެ. އަޅުގަނޑުވެސް މީ ރައްޔިތެކެވެ. އެތަނުގައި ބޭނުންކުރާ ސައުންޑް ސިސްޓަމާއި، އެތަނަށް ޚަރަދުވާ ކަރަންޓާއި، އަދިވެސް މީގެ އިތުރުން އެމަކާން، ނުވަތަ ތަން ބޭނުންކުރުމަކީ ދަޢުލަތުން ޚަރަދުކުރާކަންކަމެވެ. މިއީ ކޯއްޗެއްތޯއެވެ. ހިޔާނާތްވުން ނޫންތޯއެވެ.
ދަޢުލަތުގެ ޓީވީއާއި އަޑުފޮށި، ސިޔާސީގޮތުން ވަކިޚިޔާލަކަށް، ސިޔާސީ ގޮތުން ވަކި ފިކުރެއް އާއްމުކުރުވުމަށް ކުރާކަމަކީ ހިޔާނާތްވުންކަމަށް ނުވާނެތޯއެވެ.
އިސްތިއުފާދިން ވަޒީރުން ސިޔާސީގޮތުން މަގުމަތިވުން
ވަޒީރުންގެ މަޖިލީހުގެ މެންބަރުން އިސްތިއުފާ ދިނީ ރާވައިގެން ކަމެއް ހިންގާލަންކަމަށް ބެލެވެއެވެ. އެގޮތުން އެބޭފުޅުން ބަހަނާއަކަށް ދައްކަވަނީ ރައްޔިތުންގެ މަޖިލީހުން، މަޖިލީހުގެ ސިޔާދަތު ނުވަތަ ޕާލިމަންޓަރީ ސަވަރިނިޓީން ބޭރުވެ، ވެރިކަން ހިންގާ ނިޒާމުގެ ތެރެއަށް އަތް ބާނައިގެން އުޅޭކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ދޭންބޭނުންވާ ޚިދްމަތްތައް ނުދެވުމެވެ. ބަހަނާ ކިތައްމެހާވެސް ފުރިހަމައެވެ. ޕާލިމަންޓަށް ލިބިގެންވާ ބާރާއިއެކުގައި އެތަނުން ނިންމާ ނިންމުންތަކާއިމެދު ޢަމަލުކުރަންޖެހޭގޮތް އަދިވެސް ދަސްނުވަނީތޯއެވެ. އެކަމަކު ސުވާލަކީ އިސްތިއުފާ ދިނުން ނޫންގޮތެއް ހަމަ ނެތީބާއެވެ؟ އެއިސްތިއުފާގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އިދިކޮޅު ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަށް އެއްވެސް ބަދަލެއް އައިހެއްޔެވެ؟ އެކަމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށް ހަޅޭލައި ހަދައިފިހެއްޔެވެ؟
މިހާރު މިފެންނަ ޢަމަލަކީ ދިވެހި ސިޔާސީ ތާރީޚުގައިވެސް ނުފެންނަވަރުގެ މޮޔަ، ހިނިއަންނަ ކަންތައްތަކެކެވެ. ވަޒީރުން ރައްޔިތުންގެ މަޖިލިސް ކުރާގެދޮށަށް އެއްވީއެވެ. އަދި މަޖިލީހުގެ މެންބަރުންގެ އިސްތިއުފާއަށާއި، މަޖިލިސް އުވާލުމަށާއި، ރިޝްވަތު ދޭ ހިޔާނާތްތެރިން ހައްޔަރުކުރުމަށް ގޮވާލައި، އަދި ކޮންމެ ދުވަހަކު ހަމަ އެކަންކަމަށް ގޮވާލައި މާލޭގައި މުޒާހަރާކުރަނީއެވެ. މަޖިލީހުގެ މެންބަރުގެ އިސްތިއުފާއަށް ގޮވުމަށް، މާޒީވި ކެބިނެޓް މަގުމަތިވުމަކީ އެކަމުގެ މަޖާކަން އިތުރުވެގެންދާކަމެކެވެ. މަޖިލިސް އުވާލުމަކީ ކާކަށް ކުރެވޭނެކަމެއްބާއެވެ؟ އިސްތިއުފާދިން، ގޮތްހުސްވެފައިވާ ވަޒީރުންނަށް ކިންޑަގާޑަންގެ ޅަކުއްޖަކަށް އެގޭވަރުވެސް ނޭގެނީތޯއެވެ؟ ދައުރު ހަމަވުމުގެކުރިން، ނުވަތަ ޤާނޫނު އަސާސީއަށް ބަދަލުގެނައުމަކާ ނުލައި މަޖިލިސް އުވާލެވޭނެކަމަށް ޤާނޫނުގައި ނެތެވެ.
ޤާނޫނަށްވުރެ މަތީގައި
ސަލާމަތީބާރުތަކާއި، އިސްތިއުފާދިން ވަޒީރުންނާއި، އެމްޑީޕީގެ އިސްމެންބަރުން އަދި މިނޫންވެސް “ރީނދޫ-ފިކުރު”ގެ މީހުން ރާއްޖޭގެ ޤާނޫނު މުގުރައިފިކަމަށް ބުނުމުން ދޮގަކަށް ނުވާނެއެވެ. ވަޒީރުން އެއްފަރާ އިސްތިއުފާދީ، ވެރިކަން ކުރާ ބާރު ހުއްޓުވުމަކަށް ގެނައުމަށް މަސައްކަތް ކުރަނީއެވެ. އެމީހުން އެއްވުންމަނާ ތަނަކަށް، ރައްޔިތުންގެ މަޖިލިސްދޮށަށް އެއްވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރައިގަތީއެވެ.
ދިވެހިފުލުން ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ޖަލްސާއަށް ފޮނުވުމަށް އިންކާރުކުރިއެވެ. ކޯޓުންވަނީ މިހާރު އެކަން ކުރެވޭނެކަމަށް އަމުރުވެސް ކޮށްފައެވެ. ޖަލްސާއަށް ފޮނުވުމަށް އިންކާރު ކުރިއިރު، ޤާނޫނުގެ ވެރިކަން މިޤައުމުގައި ނެގެހެއްޓުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާންޖެހޭ ފުލުހުންގެ އިދާރާގެ ޤާނޫނާއި ޚިލާފު ޢަމަލު ތަކުރާރުނުވާނެކަން އިނގެނީ ކިހިނެތްހެއްޔެވެ؟
އަނެއްކަމަކީ ފުލުހުންގެ ޤާނޫނީ ތަރުޖަމާކުރާ ގޮތެވެ. ހައްޔަރުކުރެވޭ، ނުވަތަ ތުހުމަތުކުރެވޭ ފަރާތްތައް ޤާޟީއެއްގެ ކުރިމައްޗަށް ގެންދަންޖެހޭ ސަބަބަކީ ފުލުހުންނަށް ލިބިދީފައިވާ ހައްޔަރުކުރުމުގެ ބާރު އެބިއުސްކޮށްފާނެތީއާއި އެކަމުގެ ސަބަބުން ރައްޔިތެއްގެ އަސާސީ ޙައްޤެއް ހިފެހެއްޓިދާނެތީއެވެ. އެހެންނަމަވެސް ފުލުހުން ބުނަނީ 24 ގަޑީއިރުތެރެއިން ކޮންމެ ގަޑިއެއްގައިވެސް ޝަރީޢަތުގެ ކުރިމައްޗަށް ގެންދެވިދާނެކަމަށެވެ. 24 ގަޑީއިރަކީ ފުލުހުންނަށް ފުލުސް ބޭނުމަށް ދެވޭ 24 ގަޑީއިރުކަމަށެވެ. ކޯޓުން އަމުރުކުރުމުން ކޯޓަށް ހާޞިރުކުރުވުމަށް ދެކޮޅު ހަދަންޖެހޭނެ ހަމައެއްވެސް ސަބަބެއް އޮވެގެންނުވާނެއެވެ.
އޯޑިއޯ ކްލިޕް
އަނެއްކަމަކީ މަޖިލީސް މެންބަރުންތަކެއްގެ ދެމެދުގައި ދެކެވުނު އޯޑިއޯ ތަކެއް ލީކުކުރުމެވެ. އަދި އެއެއްޗެހި ހަބަރު ފަތުރާ ވަޞީލަތްތަކުން އާއްމުކުރުވުމެވެ. އޯޑިއޯތައް އަޑުއަހާލުމުން، އެއީ ޝަރީޢަތަށް ހުށައެޅޭވަރުގެ ބުރަދަންހުރި އެއްޗެއްކަމަށް ޤަބޫލެއްނުކުރެވުނެވެ. ފުރަތަމަ ސަބަބަކީ އެއީ ޤާނޫނާއި ޚިލާފަށް ހޯދައިފައިވާ އެއްޗެއްކަމަށްވާތީއެވެ. އަނެއްކަމަކީ އެއީ ރައްޔިތެއްގެ ޒާތީ މުޢާމަލާތެއްކަމަށްވާތީއެވެ.
އޯޑިއޯގެ މައްސަލައާއިގުޅިގެން މިހާރު ރައްޔިތުންގެ އިތުބާރު އަނެއްކާވެސް ގެއްލުނީއެވެ. މިފަހަރު ސަލާމަތީ ބާރުތަކާމެދުގައެވެ. ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓުން ވިދާޅުވަނީ ފޯން ކޯލް އަޑުއެހުމުގެ ޤާބިލުކަން ދީފައިވާނީ ހަމައެކަނި ސަލާމަތީ ބާރުތަކަށް ކަމަށެވެ. އެހެންކަމަށްވާނަމަ ޒިންމާ ނަގަންޖެހޭ ފަރާތެއްވާންޖެހޭނެއެވެ. ނޫނީ އިސްތިއުފާ ދެއްވަންޖެހޭނެއެވެ.
މެންބަރު ނަޝީދު ވިދާޅުވަނީ ފައިސާ ކޮޅެއް ބޭނުންވާ ވާހަކައެވެ. ޤާސިމް އިބްރާހިމް ވިދާޅުވީ އޮފީހަށް ކުއްޖަކު ފޮނުވުމަށެވެ. މިއީ ކަރަޕްޝަންގެ ޢަމަލެއްކަމަށް ވަންޏާ ނަޝީދު ހައްޔަރުނުކުރައްވީ ކީއްވެހެއްޔެވެ؟ ނަޝީދު ހައްޔަރުނުކުރަންޏާ، ނަޝީދުގެ އޯޑިއޯއެއް ލީކުކުރީ ކީއްވެހެއްޔެވެ؟ އެއީވެސް ކަރަޕްޝަންކަމަށް ސިޔާސީ އުނި ސިފައިގެ ރީދޫމީހުން ބުނެއެވެ.



ޖަމްޝީދު ވިދާޅުވީ
ތާރީޚް:06/07/2010
ފަހަރަކު ބަޔަކާ ދިމާކުރަމުން ސަރުކާރުން ގެންދިޔައީ. ފުރަތަމަ ސިވިލް ސާރވިސް ކޮމިޝަނާ ދެން އެންޓި ކޮރަޕްޝަނާ އޭގެ ފަހުން ހިއުމަން ރައިޓްސް ކޮމިޝަނާ ދެން ކޯޓުތަކަށް ފަހު ރައްޔިތުންގެ މަޖިލީހާ. މިސަރުކާރުގައި ހިމެނޭ މީހުން ފިޔަވައި މިގައުމުގެ ނެތް ރަނގަޅު ބަޔަކު، ތެދުވެރި ބަޔަކު، ޑިމޮކްރަސީ ދަންނަ ބަޔަކު، އިޚްލާސްތެރި ބަޔަކު. ދެން މިވަރުން ކީކޭ ބުނާނީ. މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ސަބްސިޑީޒް ނުދެވޭނެ ވާހަކަ ފިލި ވަޒީރުން ދައުލަތުގެ މީޑިޔާގައި ދައްކާއިރު އެގާނުގެ 34 ވަނަ މާއްދާގެ ނ ގެ ދަށުން ސަރުކާރަށް އެބަ ލާޒިމުވެޔޭ ސަބްސިޑީޒް ދޭން. އެކަންވެސް ދިވެހިރައްޔިތުންނަށް އޮޅުވާލައިގެން ގާނޫނު އަސާސީ އާ ކަނޑައެޅިގެން ހިލާފަށް އަމީން ފައިސަލް ސިފައިންގެ ތެރއިން މީސްމީހުންގެ ފޯނު ކޯލްތައް ރިކޯޑް ކޮށް އާންމު ކުރަނީ. އަނެއްކާ މި ފޯން ކޯލްތައް ރިކޯޑް ކޮށްގެންވެސް ރަނގަޅު އެއްޗެއް ނުލިބުނު. ފިލި ވަޒީރުން އިސްތިއުފާ ދިން އިރު ރައީސް ނަޝީދު އިސްތިއުފާ ނުދިންކަމީ މިއަދު ދިވެހި ރައްޔިތުން ހިތާމަ ކުރާ ކަމެއް.
މަރިޔާދު ވިދާޅުވީ
ތާރީޚް:06/07/2010
ކަލޭމެން ތި ހީކުރާހާ ގޮތަކަށް ނޫން ހަގީގަތް އޮތީކީ، ރަށްރަށުގެ އިޖުތިމާޢީ މި ފަދަ ސައިޓުތައް ސިޔާސީ ކޯޅުމުގެ ތެރެއަށް ވައްދާ ރައްޔިތުން އޮޅުވާލަން މަސައްކަތް ނުކުރެއްވުމަށް އަޅުގަނޑު ހަރުއަޑުން ގޮވާލަން، ގައުމެއްގެ މި ފަދަ ބޮޑެތި ސީރިއަސް މައްސަލަތަކުގައި ބޭރު ކަރަކަރައިން ކިޔަވާފައި ތިއްބެވި ޤާނޫނީ ބޭފުޅުންގެ ޚިޔާލަށް މިއިން ކަމެއް ދޫކޮށްލުމެއް ނެތި ހަމަ ކޮންމެ މީހަކު ހިތަށް އައިހާ އެއްޗެއް ލިޔުން ވެގެންދާނީ ގައުމު އިތުރަށް ބައިބާކުރުން ކަމުގައި، ކުރީގެ ވަގުންނާ ޚާއިނުންގެ ދުއްތުރާ ފިލާނެހެނެއް ހަމަ ހިއެއް ނުވޭ ރީތި ޑިމޮކްރަސީއަކުންނެއް، ދަނގަޑު ކެނޑޭނީ ދަނގަޑުން.
ދޮންބެއްޔާގެ ދޮން ދަރިކަލުން ވިދާޅުވީ
ތާރީޚް:06/07/2010
މަރިޔާދަށް:
މިސައިޓްގައި ލިޔާނީކީ ހަމައެކަނި ، މިރަށުގެ ވާހަކަތަކެއް ނޫން. މީގައި، ސިޔާސީ ވާހަކަވެސް ލިޔާނެ. އެއީ ކޮންމެ ފަހަރަކު ސަރުކާރަށް ތާއީދުކޮށްފައި ލިޔާ ވާހަކަތަކަކަށްވެސް ނުވާނެ.
އަރްޝަދު މުހައްމަދު ވިދާޅުވީ
ތާރީޚް:06/07/2010
އަޅުގަނޑަށް އެނގިފައިވާ ގޮތުން މިލިޔުން ލިޔެފައި އެވަނީ ގާނޫނީ އިލްމު ޚާސިލް ކުރައްވާފަ ހުންނެވި ބޭފުޅެއް. ސިޔާސީ ކަންކަމަކީ ތިޔަ ރަށާއިވެސް ގުޅުން ހުރި ކަންކަން. ކުޅުދުއްފުށީ މީހުންނަށްވެސް ސިޔާސީ ގޮތުން ވިސްނާ ފިކުރުމުގެ މިނިވަންކަން ލިބިދޭ. ދުނިޔޭގެ މީޑިޔާތަކުންވެސް ސަރުކާރު (ކެބިނެޓް) އެއްކޮށް އިސްތިއުފާ ދިނުމުން ޖޯކް ޖަހާ. ހަމައެކަނި މިސައިޓެއްގައެއް ނޫން ޖޯކް ޖަހަނީކީ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:06/07/2010
މަރިޔާދޫ ދޮންމަނިކާ ބޭބެ ބުނަންތަ ވާހަކައެއް މީހަކު ހަމަ ސަރުކާރޭ ކިޔައިގެން މިކަހަލަ ތެދުވާހަކަ އެއް ލިޔެލާއިރަށް ނޫނި ބުނެލާ އިރަށް ފެންނެއްތާ މަސްތެޅޭހެން ތެޅި ނުގަނެބަލަ އޭރުން ފައިބާނީ ހުބުޅު އެހެން ކަމެއް ނުވާނެ ކޮއްކޯ، މިސަރުކާރު ފެއިލް ވެފާވާކަން ނޭގޭ ކުޑަ ބޮޑު އެއްވެސް ދިވެސްސަކުނެއް މިހާރަކު މިދުނިޔެއަކު
ތަކުރުފާނު ވިދާޅުވީ
ތާރީޚް:06/07/2010
ދަގަނޑުން ދަގަނޑު ކަޑާ ވާހަކަ މަރިޔާދޫ ކޮއްކޮ ނުދައްކާ ކުދިން ތިޔަކަހަލަ ވާހަކަ ދެއްކީމަ ބޭބެ ކައިރިޔަށް އަންނަނީ ނުލަފާ ހިންޔެއް، އެހެންޔާ ސަރުކާރ ހިންގަން ލިބުނީ މަ ބަޔަކު ޖަހާނެ ސަކަރާތެއްތަ މީ އަޅެ
ތަކުރުފާނު ވިދާޅުވީ
ތާރީޚް:06/07/2010
ދިވެހިންގެ ދިވެހިއްޔަތު އަލުން އާރޯކުރަން ހިތްވަރު ނެރޭ
ދިވެހިންގެ ލޮބުވެތި ރާއްޖެއަށް ޚިދުމަތްކުރަން އަޒުމެއް ކުރޭ
ގާތްކަންއުފައްދާ ރުޅިވުމާ ބައިބައިވުމަށް ފުރަގަސް ދެމުން
މާތްދީނުގައި މާތްކަން މަތީ ތިބުމުގެ ޔަގީންކަން އާކުރޭ
ލިބިފައިމިވާ އަގުމާތް ނަސީބު އެއްދީނަކާ އަދި އެއްބަހުން
މިބިމުގެ ހަރުދަނާ ބަދަހިކަން މިދެކަންތަކުން އާލާކުރޭ
ވަކިވަކި ވުމީ ނިކަމެތިކަމެއް ގައިމޭމިއީ ހަމަ ބޮޑުތެދެއް
ހަކިހިފިޔަ ނުމެދީ ހަސަދަޔާ ފިތުނައިގެ ރޭވުން ދުރުކުރޭ
އެކުވެރިކަމުގެ ގަދަބާރުގައި ކުރިއަށްދެވޭނެ އުސޫލުގައި
އެކުއެއްމެ ދިވެހިން ޖޯޝުގައި އެއްބައިވެ ހިތްހެޔޮވެސް ކުރޭ
ދުނިޔޭގެ ފޮނި މިނިވަންކަމާ މެދުމިންވަރުގެ ތަނަވަސްކަމާ
އުނިވިޔަ ނުދީ އެއްބާރުލާ ދެމެހެއްޓުމަށް މިންނަތް ކުރޭ
އާޚުރަތުގައި ވެސް ދަރުމަޔާ ނިޢުމަތް ލިބޭނޭ ހެޔޮގޮތުން
އާޚުރަތު އެދިގެން ގަދައަޅައި ރަނގަޅަށް އުޅެން ހިންމަތް ކުރޭ
ދިވެހިން އަބަދުވެސް ދިވެހިވާން މިވެށީގެ ކަންކަން ފަހިކުރާން
ދިވެހިން ދިވެހިރަށްތައް އަމާން ކަމުގައި ހެދޭތޯ ވަރު ކުރޭ
ތަކުރުފާނު ވިދާޅުވީ
ތާރީޚް:06/07/2010
އޭ އިންސާނާ އެވެ!
ތިބާއަކީ ތެދުވެރިކަމަށް ލޯބިކުރާ މީހެއް ހެއްޔެވެ؟
ތިބާގެ ތިޔަ ދަޢުވާއަކީ ތެދުކަމަށް ވާނަމަ، ތިބާ ދޮގުބަހުން މުޢާމަލާތު ނުކުރާށެވެ.
ދޮގުވާހަކަތަކަކީ ތިބާގެ ކަންފަތުގެ މިޔުޒިކު ކަމުގައި ނަހަދާށެވެ.
އޭ އިންސާނާ އެވެ!
ތިބާއަކީ އިންސާފަށް ލޯބިކުރާ މީހެއް ހެއްޔެވެ؟
ތިބާގެ ތިޔަ ދަޢުވާއަކީ ތެދުކަމަށް ވާނަމަ، ތިބާ، ތިބާގެ އުޚްތުންގެ މެދުގައި ފަރަޤު ނުކުރާށެވެ.
އިންސާފު ގާއިމުކުރުމުގައި، ޖެހިލުން ނުވާށެވެ.
އޭ އިންސާނާ އެވެ!
ތިބާއަކީ އަމާނާތްތެރިކަމަށް ލޯބިކުރާ މީހެއް ހެއްޔެވެ؟
ތިބާގެ ތިޔަ ދަޢުވާއަކީ ތެދުކަމަށް ވާނަމަ، ތިބާގެ މަސްއޫލިއްޔަތުގެ ޒިންމާ ހަރުދަނާ ކުރާށެވެ.
ތިބާގެ ޙިމާޔަތުގެ ދަށުގައިވާ މީހުންނާއި އެމީހުންގެ މައްޗަށް ތިބާ ކޮށްފައިވާ ވަޢުދުތަކަށް ޙުރުމަތްތެރިކޮށް ހިތާށެވެ.
އޭ އިންސާނާ އެވެ!
ތިބާއަކީ ޤަދަރުވެރިކަމަށް ލޯބިކުރާ މީހެއް ހެއްޔެވެ؟
ތިބާގެ ތިޔަ ދަޢުވާއަކީ ތެދުކަމަށް ވާނަމަ، ތިބާ، ތިބާގެ އަޚާ ނިކަމެތިކޮށް ނުލާށެވެ.
ކިބުރުވެރިކަމާއި ބޮޑާކަމުގެ ކަސްތޮޅުތަކުން ތިބާގެ ނަފުސު ޙިމާޔަތް ކުރާށެވެ.
އޭ އިންސާނާ އެވެ!
ތިބާއަކީ އޯގާވެރިކަމަށް ލޯބިކުރާ މީހެއް ހެއްޔެވެ؟
ތިބާގެ ތިޔަ ދަޢުވާއަކީ ތެދުކަމަށް ވާނަމަ، ތޫނު ހަތިޔާރުތަކެއްފަދަ ބަސްތަކުން ތިބާގެ އަޚާއާ މުޚާތަބު ނުކުރާށެވެ.
ތިބާގެ ޢަމަލުތަކުން އަނެކާ ނިކަމެތިކޮށް ނަހަދާށެވެ.
އޭ އިންސާނާ އެވެ!
ތިބާއަކީ ތަޤުވާވެރިކަމަށް ލޯބިކުރާ މީހެއް ހެއްޔެވެ؟
ތިބާގެ ތިޔަ ދަޢުވާއަކީ ތެދުކަމަށްވާނަމަ، އެކަން ޢަމަލުން ދައްކާށެވެ.
ތިބާގެ ވަށައިގެން ލެވިފައިވާ މަކަރާއި ޙީލަތުގެ ފަރުދާއިން ނުކުންނާށެވެ.
އޭ އިންސާނާ އެވެ! އިހްތިރާމާއި ޤަދަރަކީ، ބާރުގެ ބޭނުންކޮށްގެން ލިބޭނެ އެއްޗެއްނޫނެވެ. އެކަން ތިބާ ދަންނާށެވެ.
އަރްޝަދު މުހައްމަދު ވިދާޅުވީ
ތާރީޚް:06/07/2010
ތަކުރުފާނުގެ ހިތްގައިމު ޅެން ތަކާއި އާޅެން ތައް މިސައިޓަށް ލިޔުމެއްގެ ގޮތުގައި ފޮނުވާނަމަ މާ ސަޅި ވާނެ. މިހާރު ތިޔަ ފޮނުވަނީ ހިޔާލެއްގެ ގޮތުގައި ވިއްޔާ.
ފަރީދު ޝައުޤީ ވިދާޅުވީ
ތާރީޚް:06/07/2010
މިއީ ވިސްނޭ މީހަކު ބޮލަށްތުރާ ވެގެން އޮބި ނޯވެގެން އަޅާލާފަ ހުރި ފަތިވަރެއް. މި ލިޔުމުގެ ސްޓައިލް މަމި ބުނީ. މީގަ މިހިރީ ބުއްދިއަށް ގަބޫލުކުރެވޭގޮތަށް ލިޔެފަ. މިވާހަކަތަކުގަ ރައްޔިތުންނަށް އޮޅޭގޮތަށް އޮތް އެންމެ ޕޮއިންޓެއް އޮތްނަމަވެސް އެ ޕޮއިންޓު ފާހަގަކޮށް އެޔަށް ބުއްދިޔާއި ޢިލްމުން ރައްދު ނުދީ ރީކޯ މޫސަވަންތަ ކޮމެންޓުކުރިޔަކަސް ކަމަކު ނުދާނެ. ލިޔުން ކިޔާލީމަ ހީވޭ، މި ލިޔެފަ އޮތީ ގާނޫނު ކިޔަވާފަ ހުރި ބޭފުޅެއްހެން. ނޫނީ ގާނޫނު ކިޔަވާ ކުއްޖެއް ތޯޗެ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:06/07/2010
އަޅުގަނޑު ހަދާނަން އަންނަނަނީ 2007 ވަނަ އަހަރުގެ ފަހުކޮޅު ޑރ. އަހްމަދު ޝަހީދު ޕްރެސް ކޮންފަރެންސެއްގައި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާގޮތަށް ވިދާޅުވި އެއްޗެއްގެ ސަބަބުން ޑރ. ޝަހީދުއާ ދެކޮޅަށް މަޖިލީހަށް އިމްތިޔާޒާ ބެހޭ މައްސަލައެއް ހުށަހެޅި، އަދި ޑރ. ޝަހީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ތައްޔާރުވި ދުވަސްވަރު. ޑރ. ޝަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓް އެޖެންޑާ ކުރެވިފައިވާ ދުވަހުގެ ކުރީދުވަހު ޑރ. ޝަހީދު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވިއެވެ. އޭރު ޑރ. ޝަހީދާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުއްލެވީ އޭރު ހައްދުންމަތީ މެންބަރެއްގެ ގޮތުގައި ހުންނެވި ރީކޯ މޫސާ މަނިކެވެ. ” މާބޮޑަށް ސައިޒު އޮޅިގެން ރައްޔިތުން އިންތިޚާބު ކޮށްފައިވާ މަޖިލީހާ ދިމާއަށް އެއްވެސް އެއްޗެއް ބުނުމުގެ އެއްވެސް ހައްގެއް “ސަހީދަކަށް” ނޯންނާނޭ ކަމަށް ވިދާޅުވެއެވެ” މިއަދު ކޮންތާކުތޯ މި ޖެހުނީ؟ އެއްކަލަ ޝަހީދާ، ޑިމޮކްރެސީގެ ޗެމްޕިއަންކަމަށް ދައުވާ ކުރައްވާ އަންނި މިއަދު މިއުޅުއްވަނީ ކިހިނެތްތޯއެވެ؟ މިއީ ތިޔަވިދާޅުވާ ޑިމޮކްރެސީ ކަމަށްވާނަމަ، އަޅުގަނޑަށް ރަނގަޅީ މި ގައުމަށް ތިޔަ ވިދާޅުވާ އެއްޗެއް ނައިއްޔާއެވެ. އަދި ނިންމާލުމުގެ ކުރިން އެއް ނުކުތާ ފާޙަގަކޮށްލަމެވެ. އެމްޑީޕީއާ ގުޅުމުގެ ކުރިން ގައުމީ ޓީވީގައި އަލްހާނު ފަހުމީ ޑރ. ޝަހީދު ސިފަ ކުރެއްވީ “ސިޔާސީ ރަންޑި” އެއްގެ ގޮތުގައި.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:06/07/2010
”މީހުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ހުންނާނެކަން ދެނެގަނެ، ތަޙައްމަލު ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެކަން ބަލައިގަތުމުގެ ބަދަލުގައި ފުރިހަމަ އަދި މުއްސަނދި މުޖުތަމަޢެއް އުފެދޭނީ އެފަދަ ޚިޔާލު ތަފާތުވުންތައް ހެޔޮހިތުން ބަލައިގަތުމުން ކަމުގައި ޤަބޫލުކުރުމަކީ، ޑިމޮކްރަސީގެ އުސޫލުތަކުގެ މަތިން ދިރިއުޅުން ބިނާކުރުމަށްޓަކައި ދައްކަންޖެހޭ އަގެވެ.“
Dog ވިދާޅުވީ
ތާރީޚް:06/07/2010
މިއީ ދިވެހިންނަށް ހެޔޮ އެދިގެން ވެރިވެގެން އުޅޭ ބަޔެއް ނޫންކަމުގައި މީގެ ކުރިން އެތައް ފަހަރެއްގައި މިސައިޓާއި އެހެނިހެން ސައިޓް މެދުވެރިކޮށް އަޅުގަނޑު ބުނަމުންގެންދިޔައީ އެބައެއްގެ އަމަލުތައް ހުރި ގޮތުން އެކަން އަޅުގަނޑަށް ވިސްނޭތީ، އެއްދުވަހުން އަނެއް ދުވަހަށް އެކަން މިދަނީ ފަޅާ އަރައި އަޅުގަނޑު ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ލިބެމުން، އެގޮތުން އަޅުގަނޑު ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ. ދިވެހިންގެ ކަންތައް އިސްލާހުކޮށް ކުރި އެރުވުމަށް އިނގިރޭސީން ނުވަތަ ހިންދޫ ނުވަތަ އަރަބީން އުޅެދާނެކަމަށް ޤަބޫލުކުރުމަކީ ރަގަޅު ގޮތެއް ތޯއެވެ؟ މިހެން މިބުނީ ދިވެހިން މިއަދު ވެރިކަން މިކުރަނީ އިނގިރޭސީން ބުނާ ގޮތަކަށް ވެރިކަމުގެ ކޮއިލު ތެރެއަށް އިނިގިރޭސީ އެއް ކޮންމެވެސް ނަމެއްގައި ބައިންދައިގެންނެވެ. ދެން ވިސްނަމުން ކުރަމުން މިގެންދާ ޕްރަވެޓައިޒް ކުރުމުގައި މުޅިންހެން މިދެނީ ބޭރުގެ ގައުމުތަކަށް ދިވެހިންގެ ބޮލުން ފެށިގެން ޅަދަރިންގެ ތަރު ބިއްޔަތާއި ސިއްހަތާއި ދަތުރު ފަތުރާއި ކެއުން ބުއިމެވެ. ދެން އަޅުގަނޑުމެން ހިތްއެދޭ އަންހެން ކުއްޖެއް ކައިރިއަށް ގޮސް ތިމާގެ އަންހެނުންގެ އުނިސިފަ ބައެއް މީހުން ކޔާ ބީދައިން މިވަގުތު މިގައުމާއި ހަވާލުވެފައިވާ ފަރާތް ބިދޭސީން ކައިރިއަށް ގޮސް ގައުމުގެ ބަލިފައި ނުވަތަ އުނިސިފަތައް ހުރި ވަރަށް ވުރެ ބޮޑުކޮށްގެން މިދަނީ ކިޔަމުންނެވެ. މިއީ މިގައުމަށް ހެޔޮ އެދޭ އެއްވެސް މީހަކު ކުރާނެކަމެއް ކަމަށް ގަބޫލުކުރަމު ތޯއެވެ. ހަމަގައިމުވެސް އަޅުގަނޑު ނުކުރަމެވެ. ދެން ކޮންމެ ކަމެއް ގޯސްކޯށްފައި މަތިޖަހަން ވަގުންނޭ ހިޔާނާތްތެރިންނޭ މިހެން ގޮވުމުން އެހެން މިގޮވެނީ ތިމާ އަމިއްލަ ނަފުސަށް އެއިން އެއްވެސް ބަހެއް ރައްދު ނުވާތީތޯއެވެ. ހަމަ ޔަގީނުންވެސް ވެރިކަމަށް އެދި އެތަކެއް ހޭދަކުރަނީ ހަމަ އެކަނި ރައްޔިތުންނަށް ހެޔޮ އެދިގެންނެތް ނޫނެވެ. ތިމާ އާއި ތިމާގެ އެކުވެރިން އާއިލާގެ ޖީބުތަކާއި ހިތްތަކަށް އުފާ ހޯދުމަށާއި އަމިއްލަ އަތް މަތި ތަނަވަސް ކުރުމަށެވެ. އިންސާނުންނަކީ މަރުވުމުގެ ކުރިން ހިތް ފުރޭނެ ބައެއް ނޫންކަން ތިމާ އަމިއްލަ ނަފުސާ ސުވާލުކުރުމުން އެނގޭނެއެވެ.
Dog ވިދާޅުވީ
ތާރީޚް:06/07/2010
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ނަސީދު އަށް އެހީވުމަށް، އެބޭފުޅާ ކޮރަޕްސަނުން ސަލާމަތްކުރުމަށް ކިޔެފައިވާ ލިޔުމެއް އެރަށުގެ ތަނެއްގައި ލިޔެފައި ހުއްޓާ ފެނުމުން އަޅުގަނޑު އެކަމާއި ވިސްނާލީމެވެ. އެލިޔުން އަޅުގަނޑަށް އެހާ ފުރިހަމަ އެއް ނޫނެވެ. ސަބަބަކީ ނަސީދަކީ ކުޅުދުއްފުށީ ދާއިރާ އަކަށް ނިސްބަތްވެފައިވާ މެމްބަރެކެވެ. އެއީ ވަކިވެފައިވާ ދާއިރާއެއް ނޫންކަމުން އެދާއިރާ އަށް ނަސީދު ނިސްބަތްވީ ނަމަވެސް ނަސީދުގެ ސަބަބުން ދާއިރާ އަށް ފައިދާއެއް ކޮށްފިނަމަ އެފައިދާގެ ހުރިހާ އުފަލެއް މުޅިރަށަށް ކުރާނެ، ވީމާ އެއީ ހަމަ މުޅިރަށަށްވެސް ލިބޭ ކުރިއެރުމެއް، ވީމާ، ކުޅުދުއްފުށީ ދާއިރާތަކަށް ނިސްބަތްވާ ދެ މެމްބަރުން ކޮރަޕްސަނާއި ވައްކަމާއި ފޭރުމާއި އިންސާނީ ޖަރީމާތަކާއި އެހެނިހެން ކުށްތަކާއި އިސްލާމްދީނާއި ހިލާފް އެންމެހާ އަމަލުތަކުން އެދެބޭފުޅުން ސަލާމަތްކުރުމަށް މުޅި ކުޅުދުއްފުށީ ރައްޔިތުން މަސައްކަތްކުރަން ޖެހޭނެއެވެ. އެދެމީހުންނަށް މުޅި ރަށުގެ ރައްޔިތުން އެހީތެރިކަން ފޯރުކޮށްދީ އެހީ ވާންޖެހޭނެއެވެ. އެއީ މިއަދު މިރަށުގެ މަންދޫބުންގެ ގޮތުގައި ގައުމަށް އަޅުގަނޑުމެން ދައްކާފައިވާ ދެ ބޭފުޅުން ކަމަށްވާތީއެވެ. އެއީ މިރަށު ދެ ބޭފުޅުން ނޫންކަމުގައި ވީނަމަވެސް ރަށުގެ ދަރިންނަށްވުރެ އެދެ ބޭފުޅުން ރަގަޅުވެ އެބޭފުޅުންގެ ގައިގާ އަޅުގަނޑުމެން ހިތްއެދޭ ސިފަތައް ހުރެގެން ހޮވާފައިވާތީއެވެ. އެދެ ބޭފުޅުންގެ ގައިގާ ހުރި ސިފަތަކަކީ އަޅުގަނޑުމެން ބލައިގަތް ސިފަތެއްކެއް ކަމުގައި ވެފައިވާތީއެވެ. ކަން މިހެން އޮތް ހިނދު މިރަށުގައި އެފަދަ އެއްޗެއް ލިޔެފައި އޮތުމުން އުފާކުރާނީ މިރަށަށް ދެރަގޮތް ވުމަށް އެދޭ ފަރާތްތަކެކެވެ. އެއީ އެއްވެސް ފަރާތަކުން ކޮރަޕްސަނާއި ވައްކަމާއި މަސްތުވުމާއި ހިޔާނާތާއި މިފަދަ އެހެން ގޯސް ސިފަތައް ބަލައެއް ނުގަންނާނެއެވެ. ވީހިދު އެފަދަ ސިފައަކަށް އަޅުގަނޑުމެން ލޯބިކުރާކަމަށް އެލިޔުމުން ދޭހަވެއެވެ. ދެން ބުނަންވީ އޭރު އެކަން ނޭނގުނީކަމަށް މީހެއްގެ ހަޤީގަތް ހޯދުމަށް އަޅުގަނޑުމެން ނުކުޅެދެނީތޯއެވެ؟ މީހަކު ދައްކާ ދަޅައަކަށް ހެއްލިގެންދާފަދަ އަޅުގަނޑުމެން މޮޔަ އީ ތޯއެވެ؟ ފައިސާ އަށް އަޅުގަނޑުމެންވެސް ވިކި ހުސްވީތޯއެވެ؟ އެހެންނެތް ނޫނެވެ. މަމްދޫބަކަށް ހޮވީ ވިސްނާފައެވެ. އެމީހަކު ރަޅުވެގެންނެވެ. އަޅުގަނޑުމެންނަށް އެބޭފުޅެއްގެ އެހީތެރިކަން ލިބޭތީއެވެ. ވީއިރު އެބޭފުޅާ ނުވަތަ އެހެން ބޭފުޅެއްގެ ގާތުން އަޅުގަނޑުމެންވެސް އެހީއަށް އެދެމުއެވެ. ވީމާ ނަސީދުވެސް މީހެއްގެ އެހީއަކަށް އެދުމަކީ ގޯހެއް ނޫނެވެ. އެއީ ވައްކަމެއްވެސް ނޫނެވެ. ކޮރަޕްސަނެއްވެސް ނޫނެވެ. އެއީ ރީތި އާދައެއް ނޫންނަމަވެސް އިންސާނުންވީމާ ގިނަފަހަރަށް ވެއްޓިގެންދާ ދަރަޖައެކެވެ. މަދު މީހެއް ނޫނީ ކޮންމެވެސް މީހެއްގެ އެހީ އަކަށް ނުއެދި މަރުވެގެންނުދާނެއެވެ. އެކި މީހުން އެދޭނީ އެކި މީހުން ގާތު އެކި ކަހަލަ ކަންކަމަށެވެ.މުޙައްމަދު ނަސީދު ކައިރީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން އެހީއަށް އެދުނީންތޯއެވެ؟ ނަމަވެސް އެއީ ވޯޓް ވިއްކާލާފައެއް ނޫނެވެ. ވޯޓް ލީ ކާކަށްކަން އެނގޭނީ ހުދު ތިމާއަށެވެ.
ن. ދޮންމަނިކު ވިދާޅުވީ
ތާރީޚް:07/07/2010
ކޮމެންޓްކުރައްވާ ބޭފުޅުން ކޮމެންޓްތައް ތަންކޮޅެއް ކުރުކޮށްލައްވާފައި ، ލިޔުމާއި ގުޅުވާލަދެއްވައިފި ނަމަ ޝުކުރުވެރިވާނަމެވެ. ދިގުކޮށް އާޓިކަލް އެއްގެ ސިފައިގައިވެސް ލިޔުއްވިދާނެއެވެ. އެއިރުން އަޅުގަނޑުމެން ކިޔާނަމެވެ.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:07/07/2010
އެއްޗެއްބޮއެފަތަ މުހައްމަދާ ކަލޭ ތހިރީ. މަލިޔުނު ކޮމެންޓު ތިޔަފުހެލީ ހަޖަމުނުކުރެވިގެންދޯ. ކިތަންމެ ވަރަކަށް ހަޅޭލިޔަސް ނަގޫޕާޓީ ދެނެއްނުދިރޭނެ. މިކަހަލަ ކޮމެންޓުތައް ފެންނާނެ އެއްފަރާތަކަށް ޖެހި ހުސްވެފައި ހުންނަ ލިޔުން މިޔަށް ލަންޏާ. ހަޖަމުނުވަންޏާ މިކަހަލަ ކަންތައްތަކައް ނުބޭނި ހުރޭ.
ހާޝިމް ވިދާޅުވީ
ތާރީޚް:07/07/2010
ނަޝީދު ގޮނޑިއަށް ކެމްޕެއިން ކުރައްވަމުން ވަޑައިގެން ދުވަސްވަރުގައި އަޅުގަނޑު ދެއްކި ވާހަކައިގެ ޙަޤީޤަތް މިހިރަ ދަނީ އެނގެމުން. އެހެންވީމާ، އިތުރު ވާހަކައެއް ދަންނަވާކަށް އަދި ބޭނުމެއް ނޫން. ވަކިން ޚާއްޞަކޮށް ޑޯގަށް އެވާހަކަތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ
ޖަމްޝީދު ވިދާޅުވީ
ތާރީޚް:07/07/2010
ދެން ކީކޭ ބުނާނީ. ނަޝީދުގެ ވާހަކަ ދައްކާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބޭންކަކުން ނުވަތަ އެހެން މީހެއްގެ ފަރާތުން ނުވަތަ އެނޫންވެސް ފަރާތަކުން “ކޭޝް” ހޯދުމަކީ ނުވަތަ ލޭންދޭނަށް ނެގުމަކީ މިދިވެހިރާއްޖޭގެ އެއްވެސް ޤާނޫނަކުން މަނާކަމެއް ނޫން. އަނެއްކާ ގާސިމް އަތުން އެހީ ނުހޯދަނީ ކާކު.. މިރަށު މީހުންނަށް ހީވަނީ މީދެން މާމޮޅު ކަމެއްހެން. މިއިން އެނގެނީ ގަމާރުކަން. އަދިވެސް ހަމަ އެހާ ގަމާރު.
މިސަރުކާރުން ކުރާ ކޮރަޕްޝަނުގެ ކަންތައްތައް ނޭގޭނެ އަދި މިރަށު މީހުންނަކަށް. އެކަހަލަ ކަންކަމެއް ހޯދާކަށްވެސް ނޫޅޭނެ. ބަޔަކު މިރަށު މިއުޅޭ ކުދިންގެ ބޮލަށް ޗިޕު ޖެހީމަ ދެން އެވަރެއް ނެތިގެން ތިއުޅެނީ.
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:07/07/2010
އެހެންމީހުންނާ އަޅުވައިގެން ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު މިހާރު ސަރުކާރުގެ ތެރެއިން ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް މާގިނަ. ދޭތެރެ ދޭތެރެއިން ބަލާނަން އެވާހަކަތަކަށް ކޮމެންޓުތަކުގަ އަލި އަޅުވާލެވޭތޯ. މިހާރު ފަށައިގެން މިއުޅޭ ސިޔާސީ ބަސްނޭހުން ގަނޑަކީ ޖީއެމްއާރު ކުންފުންޏަށް ގަވާއިދާ ހިލާފަށް އެއާޕޯޓް ދިން މައްސަލައިން ރައްޔިތުންގެ ފޯކަސް ދުއްވާލުން.
ދެން ޑޯގަށް ބުނެލަން އޮތީ، ތިވަރަށް ވަށްވަށް ނުޖެހިޔަސް ތިބުނަން އުޅޭ އެއްޗެއް ކުރުކޮށް ފޮނިކޮށް ބުނަން ދަސްކުރާށޭ.
Dog ވިދާޅުވީ
ތާރީޚް:07/07/2010
އެމް.ޑީ.ޕީ އިން އަލްހާނަށް ދިނީ ރިސްވަތެއް ނޫންތޯއެވެ؟ އެއަށް ވުރެ ބޮޑު ރިސްވަތެއް މިގައުމުން ދެނެތް ނުފެންނާނެ.
Dog ވިދާޅުވީ
ތާރީޚް:07/07/2010
ހާސިމް ތިބުނީ ތެދެއް؟ މިސަރުކާރުގެ މެމްބަރުންނަށް ގޮނޑި ނުލިބިއްޖެ ނަމަ ލިބޭ ބަޔަކަށް ހޭ އަރުވާލާނެކަން މިއަދު މިއޮތީ ފެނިފައި. ސަލާމަތީ ބާރުތަކުގެ އެހީގައި މީހުން ކުރަމުންގެންދާ ސިއްރު މުއާމަލާތްތައް މިދަނީ މުޅި ގައުމުގެ މީޑިއާ އަށާއި އިންޓަނެޓަށް ލަމުން، މިއީ ގައުމާއި ރައްޔިތުން ދިފާއުކުރުމަށް ސަލާމަތީ ބާރުތައް ކޮށްގެން ހުރި ހުވަޔާއި ޚިލާފް ގައުމަށް ވެފައިވާ ބޮޑު ހިޔާނާތެކެވެ. މީގެ ކުރިން މިފަދަ ކަމެއް މިގުމަށް ބަޔަކު ކުރިކަމެއް އަޅުގަނޑު އަޑެއް ނާހަމެވެ. ކަން މިހެން އޮތް އިރު ތިމާގެ ފައިދާއަށް މިފަދަ ކަންކުރާއިރު މިއަދުގެ މިގައުމުގެ ވެރިން ނުކުރާނެ ކަމެއް އޮންނާނެތޯއެވެ؟
ހާޝިމް ދަރި ވިދާޅުވީ
ތާރީޚް:07/07/2010
މެންބަރު ނަޝީދުގެ ދިފާއުގައި މިސައިޓުން ތިހާމަސައްކަތެއް ތިޔަކުރަނީ ގާސިމް ކިހާފައިސާއެއް ދޭން ބުނެގެންތޯ؟ ތިޔަމަސައްކަތް ހުއްޓާލާފައި ތިބާގެ ރަށުގެކަންތައްތަކާ ވިސްނާލަބަލަ، މިހާރުލިޔަމުންތިދާއެއްވެސް ލިޔުމަކުން ކުޅުދުއްފުއްޓައް ކުރާނެ ފައިދާއެއްނެތްތާނގައި ރަށުގެ ރައްޔިތުންގެމެދުގައި އުފެދެނީފިތުނައެވެ. ޒިންމާދާރުގޮތުގައި ތިކަންނުކުރެވޭކަމުގައިވާނަމަ އަވަހަށް ނޫސްވެރިކަމުގެދާއިރާއިންބޭރައްޖެހިލާށެވެ.
ޒުވާނާ ވިދާޅުވީ
ތާރީޚް:07/07/2010
މެމްބަރު ނަޝީދުގެ ދިފާއުގައި ވާހަކަ ދައްކަނީ ކަމަކަށް ނުބުނެވޭނެދޯ. މަ މިހަބަރު ފުރަތަމަ ކީ މިއަދު ނޫހުން. މިއަދު ނޫހުގެ މަސްއޫލުވެރިޔަކީ އަހްމަދު އަބްދުﷲ. އޭނަ އަކީ މިހާރު އެމްޑީޕީގެ މެމްބަރެއް. އެނޫހުން ކޮޕީ ކޮށްފަ އޮތް ލިޔުމެއް މިއީ. އެހެންވީމަ ކޮންމެހެން މިސައިޓަށް ތިރުޅިގަނޑު ބާލާނެކަމެއް ނެތް. ހާޝިމް ދަރިއަށް ކަމުދަނީ ހަމައެކަނި އެމްޑީޕީގެ ހަބަރުތައް ދޯ. ބަލަ އޭރުން އެހެންމީހުން ބުނާނެ ހަމައެކަނި އެމްޑީޕީގެ ހަބަރުތަކޭ ގެނެސްދެނީ. ދެން އަނެއްކާ ނަޝީދަކީ ކުޅުދުއްފުށި ތަމްސީލު ކުރާ މެމްބަރު. އެބޭފުޅާ އެކުރެއްވީ ގާނޫނާ ހިލާފު ކަމެއް ނޫން. އެހެންވީމަ އެކަން ދިފާއު ކުރުމަކީ މައްސަލައެއް ނޫން ކަމަށް އަޅުގަނޑަށް ފެންނަނީ.
Dog ވިދާޅުވީ
ތާރީޚް:08/07/2010
ޒުވާނާ ތިބުނީ ތެދެއް؟ އަޅުގަނޑުމެންގެ މެމްބަރު ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭނެ، އޮޑި ފެތޭތަނުގައި ފިލާ ރައްކާވާނީ ހިޔާނަތްތެރިން.