ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ދައްކަވާފައިވާ ވާހަކަތަކުގެ އޯޑިއޯ ކްލިޕްތަކެއް ލީކުކޮށްފައިވަނީ ސިޔާސީ ބަޔަކު ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި ކޮށްގެންއުޅޭކަމެއް ކަމަށާއި އެކަމަކީ ޤައުމުގެ އެންމެހާ ރައްޔިތުން ހާއްޞަ ސަމާލުކަމެއް ދީގެން ވިސްނައި ތިބެންޖެހޭނެކަމެއްކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ވީޓީވީ މެދުވެރިކުރައްވައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުންނާއި މުޚާޠަބު ކުރައްވައި، ލީކުކޮށްގެންއުޅޭ އޯޑިއޯ ކްލިޕްތަކުގެ މައުލޫމާތު ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ މިހާރުގެ ސަރުކާރުން 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާއި ހަވާލުވި ދުވަހުން ފެށިގެން ނަޝީދުގެ ހުރިހާ ފޯނުކޯލްތަކެއް ރެކޯރޑުކޮށްފައިވާކަމަށް ޤަބޫލުކުރައްވާކަމަށެވެ.” އަޅުގަނޑުގެ ފޯނަކީ 24 ގަޑިއިރު މެދު ނުކެނޑި ފޯނުކޯލްތައް އަންނަ ފޯނެއް. އޭގެތެޜޭގައި ރައްޓެހިންނާއި ގާތް މީހުންނާއި ވިޔަފާރިވެރިންނާއި ސިޔާސީ ބޭފުޅުންނާއި ކަސްޓަމަރުން ފަދަ އެތައް ބަޔަކު ހިމެނޭ” ކަމަށެވެ.
ނަޝިދު ވިދާޅުވީ މި ހުރިހާ ފޯނުކޯލްތަކެއްގެ ރެކޯރޑިންގތައް ބޭނުންކޮށްގެން ވަރަށް ތަފާތު މާނަތަކެއް ދޭހަވާގޮތަށް އޯޑިއޯ ކްލިޕްތައް ތައްޔާރުކޮށް ނެރެވިދާނެ ކަމަށެވެ.
މިކަމުގެ މިސާލު ދައްކަވަމުން ނަޝީދު ވިދާޅުވީ ޓެކްސް ނެގުމާއިބެހޭ ޤާނޫނާއި ގުޅުންހުރި އޯޑިއޯ ކްލިޕެއްގެގޮތުގައި ހާމަކޮށްގެން އެއުޅެނީ މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ބޭރުބަޔަކާއި ހަވާލުކުރުމަށް ސަރުކާރުން ނިންމުމާއިގުޅިގެން އެކަމާއިގުޅިގެން 4 ޕާރޓީ އިން ގުޅިގެން ނެރުނު ގުޅިފައިވާ ބަޔާން އެކުލަވާލުމުގައި ކޮންފަރެންސް ކުރައްވައިގެން ޑރ. ހަސަން ސަޢީދާއި ޤާސިމް އިބްރާހީމް އާއި ޢަބްދުﷲ ޔާމީނާއި މުޙައްމަދު ނާޒިމާއިއެކު، އެޑްރާފްޓް ފައިނަލް ކުރެއްވުމަށް ދައްކަވާފައިވާ ވާހަކަތަކުގެ ރެކޯރޑިންގ އެއްގެ ތަންތަންކޮޅު ކަމަށެވެ.
ނަޝީދު ވިދާޅުވީ 1992 ވަނަ އަހަރުން ފެށިގެން ޤާސިމް އިބްރާހީމް އާއި އޭނާ އާއި ދެމެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަކަމަށެވެ. އެހެންކަމުން މާލީ ދަތިތައް ކުރިމަތިވުމުން ކުރިމަތިވެފައިވާ ދަތިކަން ހައްލުކުރުމަށްޓަކައި ފައިސާހުރި މީހެއްގެ އަތުން އަނބުރާ ދިނުމަށް ފައިސާ ނެގުމަކީ ރިޝްވަތު ނުވަތަ ކޮރަޕްޝަންކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ” އަޅުގަނޑަކީ އެފަދަ އަމަލެއް ކުރާނެ މީހެއް ނޫން.” ކަމަށާއި އެފަހަރުވެސް ޤާސިމް އިބްރާހީމް އަތުން ހޯއްދެވުމަށް އެދިވަޑައިގަތީ 60،000 ރުފިޔާ ކަމަށެވެ.
ނަޝީދު ވިދާޅުވީ، ސިޔާސީ ބޭފުޅުންތެރޭގައި ހިމެނިވަޑައިގަންނަވާ ވަރަށް ގިނަ ބޭފުޅުންނާއި އޭނާ އާއި ވަރަށް ގާތްގުޅުމެއް އޮންނަ ކަމަށެވެ. ނަމަވެސް އަބަދުވެސް މަޖިލީހުގައި ވަކާލާތު ކުރައްވައި ވޯޓު ދެއްވާފައިވާނީ ވަކި ބޭފުޅެއްގެ ވިސްނުފުޅަށް ތާއީދުކުރައްވައިގެން ނޫން ކަމަށާއި އެފަހަރަކު، އެކަމެއްގައި އަމިއްލަފުޅަށް ވިސްނިވަޑައިގަންނަވާގޮތަކަށް ކަމަށެވެ.
މިގޮތުން އެއަރޕޯރޓު ބޭރުބަޔަކާ ހަވާލުކުރުމުގެ މައްސަލައިގައި އިދިކޮޅު ޕާރޓީތަކުގެ ވިސްނުމަށް ތާއީދުކުރެއްވި ކަމަށާއި ނަމަވެސް އެމްއެންބީސީގެ ބޯޑު އެކުލަވާލުމުގައި ތާއީދު ކުރެއްވީ ސަރުކަރުގެ ވިސްނުމަށް ކަމަށެވެ.
ދެމީހަކު ފޯނުން ދައްކާ އަމިއްލަ ވާހަކަތައް ރެކޯރޑުކުރުމަކީ ޤަނޫނީ ގޮތުން ވަރަށް ބޮޑު ކުށެއްކަމަށާއި މީޑިއާ ތަކުން އެފަދަ ރެކޯރޑިންތައް ހާމަކުރުމަކީވެސް އިތުރަށް ކުރެވޭ ކުށެއްކަމަށާއި އަދި އެކަމަށް މީޑިއާތަކުން ސަމާލުކަން ދިނުމަށް ނަޝީދު އިލްތިމާސްކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ ޤާނޫނާއި ޚިލާފަށް ހޯދާ އެފަދަ ރެކޯރޑިންތައް އެއްވެސް ޝަރުއީ މަރުހަލާއެއްގައި ބަލައި ނުގަންނާނެކަމަށާއި މިކަންކަމަކީ ސިޔާސީ ބަޔަކު ސިޔާސީ މަޤްޞަދުތަކެއް ހާޞިލުކުރުމަށް ކުރަމުންގެންދާ މަސައްކަތެއް ކަމަށެވެ.
މިއަދު ނޫހުން

މަރިޔާދު ވިދާޅުވީ
ތާރީޚް:07/07/2010
އަދިވެސް އަދިވެސް…………ހޫނހޫނ، ނުވިސްނޭނެ، ތިވަރު ފުކެއް ބޮޑު މިހާރުދެން އަޑާ އެކީ ހިފެވުނީމަ ދެންވެސް އެމީހުންގެ ބަސްތައް ދޯ ގަބޫލުކުރަންވީ، ވަކި މީހަކު ދެކެ ލޯބިވެފައި އަނެއް މީހާ ދެކެ ރުޅި އަޔަސް ތިވަރު ފުކެއް ބޮޑު.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:07/07/2010
މަރިޔާދޫ ދޫންޔާ މީހުން ލޯބިވާނީ ވެސް ރަގަޅު މީހުން ދެކެ، ރާއްޖެ ފަސާދަ ކުރަންމިޔުޅޭ “ދޮންރިހަ’ ބައިގަނޑު ދެކެ ރުޅިވެސް ރާއްޖޭގެ ރައްޔިތުންގެ އަންނާނެ އެއީ ސީދާ ޔަހޫދީންގެ ބައިގަނޑެއް ކަން އެންމެނަށް ވެސް އެގޭތި. މެންބަރު ނަޝީދު އަށް މި ގޮވާލަނީ އޯޑިޔޯ ލީކު ކުރިމީހުނާ ދެކޮޅަށް ދައުވާ ކުރަށް ވާށޭ މުޅި ކުޅުދުއްފުށި މި އޮތީ މަނިކުފާނާ އެކުގައޭ، އޯޑި ލީކު ކުރިމީހުން އެވީ ވަރަށް ބޯޑު ހިޔާނާތެއް އަދި އެއީ ވަރަށް ފިޑި އަމަލެއް
ތަކުރުފާނު ވިދާޅުވީ
ތާރީޚް:07/07/2010
މަރިޔާދޫ އަހަރެމެން ގަބޫލް ކުރަންވީ ހަސަން އަފީފް (މިގަރުނުގެ ދޮގުވެރިޔާ)، ޒަކީމެން، އަންނި މެން ދައްކާ ވާހަކަތަ؟
ތަކުރުފާނު ވިދާޅުވީ
ތާރީޚް:07/07/2010
ގާސިމް ކަހަލަ މުއްސަންޖެއް ކައިޜި ފައިސާ އަށް އަތް މަތި ދަތިވީމަ އެދުމުގެ ހައްގު ނަޝީދަށް އަދި ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވޭ. އެކަމަކު ދިވެހި ރައްޔިތުން ގެ ޒާތީ ފޯނު ކޯލްތައް ލީކުކުރުމުގެ ހައްލު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެޔެ. މަރިޔާދޫ އަޅެ ބުނެދީބަލަ މި ހުދުމުހްތާރް ސަރުކާރަށް ރައްޔިތުން ގެ ފޯނު ކޯލް އަޑު އެހުމުގެ ހައްގު ގާނޫނު އަސާސީން ލިބި ދޭތަ؟ މަ މިހާރު ބިރު ގަނޭ ފޯނުން އަންހެނުން ނާއި ގުޅަން ވެސް ދައްކާ ވާހަކަ މިސަރުކާރުން ލީކުކޮއްފާނެތީ.
ހާޝިމް ވިދާޅުވީ
ތާރީޚް:07/07/2010
ނަޝީދު ދެން ދައްކަވާ ދެއުޅިއެއް ނުވާ ވާހަކަފުޅު. އަދިވެސް ހީފުޅުކުރައްވަނީތޯ ދިވެހިންނަކީ ގުނބޯލުން ތަކެކޭ. ފުއްޕި ހަކުރު ކާން ތެދުވާށޭ ބުނީމާ ތެދުވެ ނަށާނޭ. އުޅުއްވާ ވައްތަރެއް. ހަފަރާތުން ބޭޒާރުވީމާ ވެސް ދެން އިތުރުފުޅު ތިޔަ ހައްދަވަނީ، އަދި އެބައޮތޭ ޤިޔާމަތް ދުވަސް ވެސް. އެދުވަހުން މާތް ކަލާނގެ ޙަޟްރަތުގައި ދަންނަވާނީ ކީކޭބާ؟
ތަކުރުފާނު ވިދާޅުވީ
ތާރީޚް:07/07/2010
ހާޝިމް ހީފުޅު ކުރައްވަނީ އަހަރެމެން ކުޅުދުއްފުށީ ރައްޔިތުންނަކީ ގޮބޯލުން ކަމަށް ގިޔާމަތް ދުވަހުން މީހުންގެ ޒާތީ ކޯލަ ލީކު ކުރާ މީހުންނަށް ވެސް އަޒާބު ދެއްވާނެ ކަމަށް އަޅުގަނޑު ގަބޫލް ކުރަނީ, އިސްތިއުފާދިން ވަޒީރުން އަނެއްކާ މަޖްލީހުގެ ރުހުންނު ހޯދާ ހުވާ ކުރީ ދެން ކީއްކުރާ ގާނޫނެއް އެޔައް ސަރުކާރުން އަމަލް ނުކުރަންޔާ، މީ ރައްޔިތުން ގެ ސިއްރު ބޭޒާރު ކުރާ ހުދުމުހްތާރު ސަރުކާރެއްމީ
މަރިޔާދު ވިދާޅުވީ
ތާރީޚް:07/07/2010
އެމީހެއްގެ ނުރައްކާތެރިކަން މުޅި ގައުމަށް އާންމުވާ ހިސާބުން އެމީހާއާ މެދު ފާރަވެރިވުމުގެ އުސޫލުތަކެއް، ކުރިއަރާފައިވާ ގައުމުތަކުގެ ގާނޫނުތަކުން ބަލައިފި މީހަކަށް ފެންނާނެއެވެ. އަރަބި ކަރައިގައި އެކަން އޮންނަ ގޮތެއް މަށަކަށް ނޭނގެއެވެ. މީހެއްގެ ކޮރަޕްޝަނުގެ ނުރައްކާ ގައުމެއްގެ ނިސްބަތުން ހައްދުން ނެއްޓީމާ އެމީހެއްގެ އަމިއްލަ ފޯނުކޯލު ވެސް ތަހުގީގީ ކަންކަމާ ހަވާލު ވެ ތިބޭ މީހުންނަށް ނުބެލޭނެ އެއްވެސް ހަމައެއް ގާނޫނީ އުސޫލަކުން ނުދެއްކޭނެއެވެ. އެހެންޏާ ބައެއް ކުށްތަކުގެ އަދަބަކަށް މީހާގެ ފުރާނަވެސް ދުއްވާލެވެއެވެ. އަމިއްލަ ޒާތީ ފޯނުކޯލަކާ އަމިއްލަޒާތީ ފުރާނަޔާ ތެރޭން އަމިއްލަކަން ގަދަވާނީ ކޮން އެއްޗެއްގަ ބާވައޭ…ހީވެއެވެ.
މަރިޔާދު ވިދާޅުވީ
ތާރީޚް:07/07/2010
ތަކުރުފާނަށް ކުރެވޭހާ ވެސް ކަމަކީ ފަންވަތު ޑޮޓްކޮމް ފަދަ ސައިޓުތަކުގައި ބޭބޭފުޅުން ޖައްސަވާ ޅެންތަކާއި ލިޔުންތައް އަމިއްލަ ނަމުގައި މި ކޮމެންޓު ފޯރަމަށް ގެނެސް ލެވެނީއެވެ. ދެން އެހިސާބުން ތަކުރުފާނުމެންނީ ފޮށިފަޅާ މީހުން ކަމާއި ފޮށިފެޅީންގެ އެހީތެރިންކަންވެސް ގައިމުވެ ނިމުނީއެވެ.
މަރިޔާދު ވިދާޅުވީ
ތާރީޚް:07/07/2010
އަޅެ އެނގޭ ކުއްޖަކު ބުނެދީބަކަ މި ނަސީދު ބުންޏެއް ނޫންތަ މުސާރަކުޑަ ނުވިއްޔާ ވަންދެން އެއިން ކުޅުދުއްފުއްޓަށް ހަރަދުކުރާނަމޭ، އެކަން އޮތީ ކިހިނެއްބާވަ؟ މިހެން މި އަހަނީ ހަމަ ނޭނގިގެން، މީހަކު މީހަކު އަތުން ދަރަންޏަކަށް އެދޭއޮރު ބުނާނެތައަޅެ…..”މިހާރު ދެމަސް……..ހައްހައްހައްހައް، ހާލުގަ ޖެހެން މަޖިލީހުން އެދޭހާ ރައްޔިތު ލާރިގަނޑު މިބައިވަރު ކޮއްޕަނީ ކޮންތާކަށް ބާވައޭ މަ ހިތަނީ….!
އައްޑަބިޔާ ވިދާޅުވީ
ތާރީޚް:07/07/2010
އެ ބޭ ހް ޅާ ވިދާޅުވި ކުޅުދުއްފުށީ ރައްޔިތުން މާލެގޮސް މަޑުކޮއްލަން ވިލިނގިލިން 3 ބުރީގެ ޢިމާރާތެއް ކުއްޔަށް ހިއްޕަވާނަމޭވެސް. އެކަމަކު އަހަރެމެން މި އުޅެނީ އެއްތަނުން އަނެއްތަނުން ކުލިދައްކައިގެން. ނަސީބަކުން އަހަރެމެންނަށް ސަލާން ނުޖަހަ އެބަ އުޅެވޭ. އަހަރެމެން ކަންނޭގެ އެވިދާޅުވާ އިމާރާތެއް ހިފާފަ އެބޭހުޅާ ބަހައްޓަންވީ. އަދި ހަމަ އެ ބޭ ހު ޅާ ވިދާޅުވި ކުޅުދުއްފުށީގައި އުޅޭނީ މޮޔައިންނޭވެސް. މޮޔައީ ކާކުކަން މިހާރުދެން މިއޮއް އެނގެނީތާ މުޅިރާއްޖެއަށްވެސް. ޢަބުރުގެ ވާހަކަ ދައްކާއިރު ދަންނަވާލަންއޮތީ ޢަބުރެއް ނެތް މީހެއްގެ ޢަބުރު ރައްކާ ކުރާނެގޮތެއް ހަމަ ނުވިސްނެޔޭ. ދެން ނަޝީދުއަށް ހެޔޮއެދޭ ފަރާތްތަކަށް ކޮއްލަންބޭނުންވާ ޢިލްތިމާސަކީ HE NEED SOME CASH އޭ. ދެއްވެން އޮތިއްޔާ ދެއްވާށޭ.
ފެންކަފާޅި ވިދާޅުވީ
ތާރީޚް:07/07/2010
އެއީ ތެދެއް، އެބުނީ ތދެއް އެ ސޮރު ބޭނުންވަނީ ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރާކަށް ނޫން، އެސޮރު ބޭނުން ވަނީ ކޭސްކޭހުން ކޭޝް، ބޯބާލާފަ ސުއްޓާ ޖައްސަންވީ!
ތަކުރުފާނު ވިދާޅުވީ
ތާރީޚް:08/07/2010
މަރިޔާދޫ ކޮއްކޯ، އެމް ޑި ޕީ ގަ އުޅޭ ކޮއްކޮ މެން ކަހަލަ ކުދިން ވާނީ އެމީހުނަށް ސަޕޯޓް ކުރަން އެހެން ހުރިހާ ރައްޔިތުން މިހާރު މިޔުޅެނީ ތިޔަ ހާވާ ހަޑި ކަމުނުގޮސްގެން، ސަރުކާރު ހިންގާ ޕާޓީ ޔައް ނުވަންނަ ކޮންމެ މީހަކީ ވަގެއް އެގޮތުން ބޭބެ އަށް ވަސް ވަގަށް ގޮވީ ކޮއްކޮ ތިޔަ، އެކަމަކު ބޭބެ ޔައް ހަމަ އިންސާފަށް ލޯބި ކުރެވޭނީ، އެގޭ ތިޔަ ބައިގަނޑު ތެރެޔައް ވަނީމަ މިހާރު ލާރި ކޮޅުކޮޅު ލިބޭނެ ކަންވެސް ވަގަކަށް ވެސް ނުވާނެކަން ވެސް
އަރުޝަދު ވިދާޅުވީ
ތާރީޚް:08/07/2010
ނަޝީދު އެއީ މިނިވަން މެެންބަރެއް ނޫނޭނުން އެހެންވީމަ؟ އެއީ ހަމަ ސަރުކާރަށް ދުއްތުރާ ކުރަން އުޅޭ ޓްރޯޖަން ހޯސް އެއް.