Qauntum

Share

އަދަބިއްޔާތު – ދުވަސްތައް އޭގެ ހާލައިގެން ދޫކޮށްލާށެވެ.

އަދަބިއްޔާތު – ދުވަސްތައް އޭގެ ހާލައިގެން ދޫކޮށްލާށެވެ.
ތަރުޖަމާ: ނަބީލް
ޅެމުގެ އަސްލު: އިމާމުއްޝާފިޢީގެ ދީވާނުން

ދުވަސްތައް އޭގެ ޙާލަށް ދޫކުރާށޭ
ދުވަހުގައި އައި ނިޔާފުޅުގައި ރުހޭށޭ

މިތާ އެއްވެސް ކަމެއް ދާއިމްނުވާނޭ
މިތާ އޮތް ދައްޗަކައިގެން މޮޅި ނުވާށޭ

މުސީބާތާއި ކުރިމަތިވެއްޖެ ހިނދުގައި
ނުސީދާކަން ނުވާ ފިރިހެންވެލާށޭ

ވަފާތެރި މާފުވެރި ސުލްހައިގެ މަޒުހަރު
ތަފާތު ނުކޮށް ދެ ސޫރައިގައި ފަވާށޭ

ނިކަން ގިނަ ޢައިބުތައް ހުއްޓަސް ތިމާގައި
އެޔަށް ފަރުދާވެޔޭ، ހިނިތުންވެލާށޭ

އިވޭ، ފަރުދާކުރާނޭ ކޮންމެ ޢައިބެއް
ވެވޭ ދީލަތިކަމުން، ފަރުދާވެލާށޭ

ޢަދުއްވުންނަށް ލިބޭ ހިތްވަރުތަ؟ ބިރުވެރި
ޢަދުއްވައްކުރިމަތީ ނިކަމެތި ނުވާށޭ

ކަމެއްގައި ސުލްހަވާށަ، ބަޚީލަކާއެކު
ކަމެއް ނޫން ވާނެ އެޔަކީ ދަސްކުރާށޭ
އަރެއް ތެންމާނެ ފެން އަލިފާނުގައި ނެތް
ކަރެއް އަދި ހިއްކިޔަސް ވިސްނާބަލާށޭ

ނިކަން ކެތްތެރިވެގެން ހުއްޓަސް ތިމާއަށް
ލިބެން ހުރި ރިޒްޤު އުނިވުންނެތް ދެކޭށޭ
އަރައިގެން މާއަވަސް އަދި ތެޅުމަކުން ވެސް
ފުކެއް އިތުރެއް ވުމެއް ނެތް، ކެތްކުރާށޭ

ދުކެއް ދެރައެއް، ލިބޭ އުފަލެއް ވިޔަސްވެސް
ވުމެއް ދާއިމް ނެތޭ ރުހިގެން އުޅޭށޭ

ހިތުން މިންވަރުފުޅަށް ރުހިގެން އުޅޭ ނަމަ
ލިބުން ފަދަ މި ދުނިޔޭ ރަސްކަން، އެނގޭށޭ

އިރާދައިން ބޮޑުވި ބިން ތަނަވަސްވެފައިވާ
އިރާދާފުޅުން ބަދަލުވާނޭ ބަލާށޭ
މަރަށް ފަރުވާނެތޭ ބޭހުން ލިބޭކަށް
ދުވަސްތައް ބޭވަފާވާން ދޫކުރާށޭ

,

ޚިޔާލު ފާޅުކުރައްވާ