Share

އައި ނީޑް ސަމް ކޭޝް

އައި ނީޑް ސަމް ކޭޝް
ޢަލީ ޙުސައިން

ދާދިފަހުން، ދިވެހިރާއްޖޭގެ ބައެއް މީޑިޔާތަކުން އޯޑިއޯ ކްލިޕް ތަކެއްވަނީ ލީކުކޮށްލާފައެވެ. އޭގެތެރެއިން އެއް އޯޑިއޯއެއްގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު، އަލްއުސްތާޛު މުޙައްމަދު ނަޝީދާއި މާމިގިލީ ދާއިރާގެ މެންބަރު، އަލްފާޟިލް ޤާސިމް އިބްރާހީމްގެ އޯޑިއޯ އެއްހިމެނެއެވެ. ނަޝީދާއި ޤާސިމްގެ އޯޑިއޯ ކޮޅު ގައި ނަޝީދު ވިދާޅުވަނީ “ލާރިކޮޅެއް” ބޭނުންވާ ވާހަކައެވެ. އަނެއްކޮޅުން ޤާސިމް ވިދާޅުވަނީ މީހަކުފޮނުގެން “ލާރިކޮޅު” ގެންދިއުމަށެވެ.

ލާރިކޮޅެއް

ނަޝީދުގެ ވިދާޅުވާ ފައިސާކޮޅަކީ ނުވަތަ ލާރިކޮޅަކީ ކީއްވެ ހޯދަންޖެހުނު އެއްޗެއްކަން ނަޝީދުވަނީ ހާމަކުރައްވާފައެވެ. ނަމަވެސް ވެރިކަންކުރާ ޕާޓީގެ އެންމެ އިސް ސަފުގައި ތިބި މީހުންފެށިގެން ތާޅަފިލި ހިފައިގެން މަގުމަތީގައި ދުވާ އެމްޑީޕީ މީހާވެސް ބުނަނީ ނަޝީދު ރިޝްވަތު ހިފަނީކަމަށެވެ.

ނަޝީދު ރިޝްވަތު ހިފަނީ ކަމަށްވާނަމަ “އަތްމަތި ދަތިތޯ” ސުވާލުކުރެއްވީ ކީއްވެބާއެވެ؟ ލާރީގެ މުޤާބިލުގައި ވަކިކަމެއް ކުރަން އެއްބަސްވެފައިވާނަމަ އެޢަދަދެއްގެ ވާހަކަ ނައީ ކީއްވެބާއެވެ. އަދި ފައިސާގެ މުޤާބިލުގެ ވާހަކަ ނައީ ކީއްވެބާއެވެ؟ ނަޝީދު ރިޝްވަތު ހިއްޕެވިކަމަށްވާނަމަ ނަޝީދު ހައްޔަރުކުރަން ޖެހިލުންވަނީ ކީއްވެބާއެވެ؟

ނަޝީދަކީ ޤާނޫނީ ބޭފުޅެކެވެ. ޤާނޫނީ މަސައްކަތްކުރައްވާ ބޭފުޅެކެވެ. ނަޝީދު ވިދާޅުވަނީ ފައިސާކޮޅަކަށް ބޭނުން ވެގެން އެދިވަޑައިގަތީކަމަށެވެ. އަދި އެފައިސާއަކީ އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަމަށް ނަޝީދުވަނީ ހާމަކުރައްވާފައެވެ. އަދިހަމައެހެންމެ، ލީކުކޮށްލި އޯޑިއޯ ކޮޅުގައި ނަޝީދު ދައްކަވާފައިވާ ވާހަކަތައް އެޑިޓްކޮށްފައިވާކަމަށް ނަޝީދު ވިދާޅުވެއެވެ. އެކަމާ އިންކާރުކުރައްވާނަމަ، އޯޑިއޯގެ އަސްލު ލީކުކުރުމަށް އެކަންކުރި ޚާއިނުން ފަސްޖެހެނީ ކީއްވެބާއެވެ؟

އެހީއަށް އެދުން

އެހީއަށް އެދުމަކީ ލަތުވެތިކަމެއް ހެއްޔެވެ؟ އެއްވެސް އިންސާނަކަށް އަނެކާގެ އެހީއާއިނުލައި އުޅެވިދާނެހެއްޔެވެ؟ މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކިތައްމީހުން ޤާސިމްގެ އެހީއަށް އެދިފައިވޭތޯއެވެ. “އައިނީޑް ސަމް ކޭޝް” މިހެން ނުބުނިކަމުގައިވިޔަސް ނަތީޖާއަކީ ހަމަ އެކައްޗެކެވެ. ފައިސާއެވެ.

ކުޅުދުއްފުށީ ރީނދޫ ޚިޔާލުގެ މަދުބައެއް އިސްނަގައިގެން ނަޝީދަށް އެހީވުމަށް ފަންޑެއް ބަހައްޓައިގެން ނަޝީދަށް މަލާމާތްކުރަމުންދާއިރު ވިސްނާވަޑައިގަންނަވަންޖެހޭ އެތައް ނުކުތާއެއްވެއެވެ. ތިމާ އެހެންމީހެއްގެ ގާތަށް އެހީއަކަށް އެދި ދާންޖެހޭނީ މިވެނި ދުވަހަކުކަން އެގެނީ ކާކަށްހެއްޔެވެ؟ ތިމާއަށް ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހިގެން ފައިސާއަށް އެދެންޖެހޭނީ މިއަދުތޯ ނުވަތަ މާދަންތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލަބައްލަވާށެވެ.

ކުޅުދުއްފުށީގައި ކިތައްމީހުން ފައިސާއަށް ބޭނުންވެފައި އެބަތިބި ހެއްޔެވެ؟ ކިތައްމީހުން ބޭސްފަރުވާ ނުކުރެވިފައި އެބަތިބި ހެއްޔެވެ؟ ކިތައް ދަރިން މަތީ ތަޢުލީމް ޙާސިލުކުރަން ބޭނުންވެ އެކަމަށް އަލިމަގެއް ނުފެނިފައި އެބަތިބި ހެއްޔެވެ؟ ކިތައް މީހުން ބޭންކްގައި “އައި ނީޑް ސަމް ކޭޝް” އޭ ބުނެ ފައިސާ ލިބުމުން، ފައިސާ ނުދެއްކިފައި، ދަރަނި ވެރިވެފައިއެބަ ތިބި ހެއްޔެވެ؟ ފައިސާ ނުދެއްކި ދާނެކަމާއިމެދު ވިސްނައި، ނިދި ނަގާލީ ކިތައްމީހުން ހެއްޔެވެ؟

ލާރިބޭނުން ވެގެން ޤާސިމްއަރިހަށް

ޤާސިމްގެ އަރިހަށް ސަލާންޖަހަން، އައިނީޑް ސަމް ކޭޝްއޭ ބުނެ މިހާތަނަށް ސަލާންޖަހާފައިވަނީ ކިތައްމީހުންތޯއެވެ. މިހާރުގެ ރައީސް ނަޝީދު ރިޔާސީ ކެމްޕޭނަށް ކިހާފައިސާއެއް ޤާސިމް ދެއްވިތޯއެވެ؟ އެފައިސާ ހޯދުމަށް ނާށިގަނޑު ދިއްކުރީ ކިތައް ފަހަރުތޯއެވެ. ރައްޔިތުންގެތެރެއިން ކިތައްބޭފުޅުންގެ ސިޓީ ޤާސިމްގެ އޮފީހަށް ހުށަހެޅި އެހީ ލިބިފައި އެބަހުރިތޯއެވެ. ކިތައް ސިޓީގައި ފަރުދީ ވާހަކަތަކާއި ކަރުނަ އޮހެރޭވަރުގެ ވާހަކަ ތަކާއި، ޒާތީ މައްސަލަތަކުގެ ވާހަކަ ބަޔާންކޮށްފައި އެބަހުރިތޯއެވެ. އެހުރިހާ އެއްޗެއް ލީކުކުރަންވެއްޖެނަމަ ޤާސިމްގެ މޯރަލިޓީ ގެއްލުނީއެވެ. އެބޭފުޅާއެއަށްވުރެ މާތަނަވަހެވެ. ތަނަވަސްވެފައިވަނީ ރަގަޅު މޯރަލް އަހްލާޤެއްގެ ސަބަބުންނެވެ.

އަޅުގަނޑު ޤާސިމަށް ގޮވާލާ ގޮވާލުމެއް އެބައޮތެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޤާސިމުގެ ލާރި ހޯދައިފައިތިބި މީހުންގެ ނަމާއި ނެންގެވި ފައިސާގެ ޢަދަދު ހާމަކުރައްވާށެވެ. ހަމަގައިމު އެފައިސާ ނަގާފައިވަނީ ޑީއާރުޕީ ނުވަތަ ޕީއޭއަށް ނިސްބަތްވާ މެންބަރުންނެއްނޫނެވެ. އެފައިސާއަށް އަތްދިމާކުރީ، ކުރިންވެސް މަގުމަތިވެ، އަމިއްލައަތުން މަސައްކަތްކުރުމަށް ސިކުޑި ކަންނެތްވި މީހުންނެވެ. އެންމެ އަޑު ގަދަމީހާއިން ފެށިގެން ދުވަހަކު މަޖިލީހުގައި ވާހަކަ ނުދައްކާމީހާވެސް ޤާސިމުގެ އަރިހުން ސަލާންޖެހިކަން އެގެއެވެ.

މަޖިލީހުގައި ނަޝީދުގެ މަސައްކަތްތައް

ނަޝީދަކީ މަޖިލީހުގައި ވަރަށް ހީވާގި މަސައްކަތްތަކެއް ކުރައްވާ މެންބަރެކެވެ. މިހާތަނަށް އެތައް ބިލުތަކެއް އަމިއްލަފުޅަށް ޑްރާފްޓް ކުރައްވަވައި މަޖިލީހަށް ހުށަހަޅުއްވައި ފާސްވެފައި އެބަހުއްޓެވެ. މަޖިލީހުގެ އެހެން މެންބަރުންނާއި ތަފާތެވެ. ޕާޓީން ބޭނުންވާ ގޮތަށް ވޯޓްދީފައި، ޓީވީތަކަށް އަރައި އައުގުރާން ގޮވުމެއްނެތެވެ. މަގުމައްޗަށް ނުކުމެ މުޒާހަރާކުރުމެއްވެސް ނެތެވެ. މަޖިލީހުގައި އޮތް އެންމެ ބޮޑު ދެޕާޓީއިން މަޖިލީހަށް ބިލް ހުށަނާޅާވަރަށް ނަޝީދު ވަނީ ބިލް ހުށަހަޅުއްވާފައެވެ. އެއީ އެންމެ ފަރުދެކެވެ. އެތައް ޖަމާޢަތެއް އެބޭފުޅާ އާއި ފައި ހަމަކުރެވޭ ވަރު އަދި ނުވެއެވެ. މިކަމަށް ފަހުރުވެރިވާންވީ ނަޝީދު ހޮއްވެވި ރައްޔިތެވެ. އެނޫން ބައެއްނޫނެވެ.

ނަޝީދު ވިކުނީތޯއެވެ؟

ނަޝީދު ވަކިފަރާތަކަށްވިކިފައި ހުރުމާއި، ނަޝީދު ވަކިމެންބަރެއްގެ ދަށުވުމާއި، މިއީ އެމްޑީޕީގެ ކޮށި ވިސްނުމުން ވަނދުވެފައިވާ ތުހުމަތުތަކެކެވެ. ނަޝީދު ވޯޓް ލައްވާފައި ހުރި ގޮތް ބައްލަވާށެވެ. ނަޝީދުގެ ހުށަހެޅުއްވުންތައް ބައްލަވާށެވެ. ޤާސިމްގެ ހުށަހެޅުއްވުންތައް ބައްލަވާށެވެ. ޤާސިމްގެ ވޯޓްތައް ގޮސްފައިވާ ގޮތް ބައްލަވާށެވެ.

ބައެއް ދިވެހިންގެ ވިސްނުން ހާދަޅައެވެ. އަޑެއްކިޔައިފިއްޔާ ރެނދެއްލާނެއޭބުނެއުޅެއެވެ. އެކަމަކު މިހާރުމިކިޔާ އަޑުތަކުން ރެނދެއްލާފައިވާ ހެނެއް ހިޔެއްނުވެއެވެ. މައްސަލައަކީ އަޑެއް ކިޔާއިރަށް ރެނދެއް ލާފައިވާކަމަށް ޤަބޫލުކޮށް ތިމާގެ ނަފްސް އެކަމުގައި ކަސްތޮޅު އެޅުވުމެވެ. އަޑެއް ކިޔައިފިއްޔާ ރެނދެއްލާނެކަމަށް ބުނާ ޒަމާނާއި މިހާރު މުޅީން ތަފާތެވެ. އެއީ ދުނިޔޭގެ އެންމެ ފުރަތަމަ ހެދި ދޮގަށްވުރެ ކުރީގެ ތިޔަރީއެއްކަމަށް ޤަބޫލުކުރެވެއެވެ. ދޮގުހެދުން އާއްމުވެ، އެންމެ ފުރަތަމަ ދޮގު ހެދިމީހާގެ ފަހަތުން އެތައްބަޔަކު ދޮގުހަދައި އެކަން އާއްމުވެ، އަމިއްލަ މަޞްލަޙަތުގައި އަނެކާއަށް ސީދާ ގެއްލުމެއް ދޭން އުޅޭ ޒަމާނަށް އެތައް ޤަރުނެއްވީއިރު، ދިވެހިންގެ ހިތްތަކުގައި ޤަދީމީ ބަހެއް ހަރުލާފައި، ނުނެއްޓިގެން އުޅުމަކީ ނުކުޅެދުންތެރިކަމެވެ.

,

‮ ‬19‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޝަމީމް‮ ‬ވިދާޅުވީ


    ތާރީޚް:08/07/2010

    ނަޝީދަކީ ހަރުދަނާ ޤާބިލް ބޭފުޅެއް! ދިވެހި ޤައުމުގެ ލާބަޔާއި މަންފާއަށްޓަކާ ތާއަބަދު މަސައްކަތްކުރައްވާ ބޭފުޅެއް! 2013 ވަނަ އަހަރު ރައީސަކަށް ރާއްޖޭގެ ރައީސަކަށް އެންމެ ޤާބިލް ބޭފުޅަކީވެސް ހަމަ ނަޝީދު(ކުއްޓި)

  2. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:08/07/2010

    ދެންކިތަންމެ ވަރަކަށް ކޮންމެއެއްޗެކޭ ކިޔަސް ނަޝީދު ރިސްވަތުނުހިފާ މީހަކަށް ނެހެދޭނެ.ބަލަ މަކައި ރީގައޭ ބުނީ މިރަށުގަ ބަހައްޓާފައި ހުރި ފަންޑުފޮށި އެއްލައލައި ފިއްޔާ 10000 ރުފިޔާ ދޭނަމޭ. ނަޝީދު އަގައިން.ވަރަށް އަވަހަށް އެ އޯޑިއޯ ކުލިޕް ވެސް ލީކުވެދާނެ. ޕަކާސް ޕަސް

  3. ޒުވާނާ‮ ‬ވިދާޅުވީ


    ތާރީޚް:08/07/2010

    ދަރަންޏަށް މީހުން އަތުން ލާރި ހޯދުމަކީ ރިޝްވަތެއް ނޫން. ޕިސްޕިސް ގަމާރުވިޔަސް ކުޅުދުއްފުށީ އެންމެން ގަމާރެއް ނޫނޭ.

  4. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:08/07/2010

    ޒުވާނާ އަށް: ބަލަ މަށަށް ރިޝްވަތުދޭން ބުނިވާހަކަ މިބުނަނީ،ރަގަޅަށް ކިޔާބަލަ.ނަޝީދު ރިޝްވަތު ނުދޭ ކަމަށް ވަންޏާ މިދުނިޔޭގަ ނޫޅޭނެ ރިޝްވަތުދިން މީހެއް.

  5. އަސްޖައު‮ ‬ވިދާޅުވީ


    ތާރީޚް:08/07/2010

    ގުދުބެރި ނައީމުމެން ފަންޑު ފޮށްޓެއް ހުޅުވީމަ އުތުރުދާއިރާގެ މެމްބަރުގެ ބޯއީންތައް (ޕެރައިންތައް) މިކަންތައްގަނޑު މާބޮޑުކަމަކަށް ހަދައިގެން މިއުޅެނީ. ކުޅުދުއްފުށީ ބައެއް ޒުވާނުންގެ ގަމާރު ނޫންކަމެއް މިކަމަކުން ނުފެނުނު. އުތުރުދާއިރާގެ އެއުޅޭ ކުދިންތައް އެހެން އެ އުޅެނީ ގަފޫރު ކޯއްޗެއް ދީގެން. ހަމަ ކޭޝް ދީގެން.

  6. އަންނި‮ ‬ވިދާޅުވީ


    ތާރީޚް:08/07/2010

    2008 ވަނަ އަހަރު ތެރޭގައި ޚުދު ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޤާސިމް އިބްރާހީމަކީ ވަރަށް އަގުބޮޑު ރަހުނެއް ކަމަށް. 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަންނި ނެގި ރިޔާސީ އިންތިހާބަށް ގާސިމް އަތުން. އެކަންތައްތައް ރިޝްވަތަށް ނުވެ މިކަންތައް ރިޝްވަތަށް ވަންޏާ އެއީ ހަމަ ބޮޑު އަރަތެއް.

  7. ދެން‮ ‬ވިދާޅުވީ


    ތާރީޚް:08/07/2010

    ޕިސްޕިސް ވެސް ތީ މި ރީދޫ ހުންޖެހިފަ ހުރި ކުއްޖެއްދޯ،މީހަކު ކިތަމެ ރަގަނޅު ކަމެއް ކުރިޔަސް ނުފެންނާނެ އަދި ނީވޭނެ ކަލެޔަކަށް، ކަލޭ އިސްކުރާނީ ރީދޫ ހުދްމުހްތާރް ޕޮލިސީ އަބަދުވެސް

  8. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:08/07/2010

    ރީނދުލެއް ނޫހުމެއް ނުޖެހޭ މަށަކަށް އަދި މިހިރީ ގަދަވެސަލާމަތުން، އެހެންވެ މަށަށް އެނގި ތަޖުރިބާ ކުރެވިގެން. ނަޝީދު ރިޝްވަތު ދެޔޭ. އަދި މަށަށް ދޭން އުޅުޅޭ.އޭނގެ އޯޑިއޯ ކުލިޕްވެސް އެބައޮތޭ.އަދި އެހެން ވީޑިޔޯ އެއްވެސް އެބައޮތޭ.ރަނގަޅު ވަގުތުގައި ރަނގަޅު ތަނެއްގައި މެނުވީ އޭތި ލީކެއްމަށެއްނުކުރާނަން. އެކަމަކު އެހެންމީހަކު ގޮތެއްނޭނގެ.

  9. މަރިޔާދު‮ ‬ވިދާޅުވީ


    ތާރީޚް:08/07/2010

    ނަސީދު ކިތަންމެ ދުރާލާ ވެރިކަމަށް ފައިނަގައިގެން ގަލަކު ފުލު ގަލެއް ފުރޮޅަމުން ގޮސް މި ފަހަރު ހަމަ ތިޔަ ހެއްދެވުނީ ޅަ އެއްޗެއް، ދެން ހަމަ އެންމެ ރަނގަޅުވާނީ ރައްޔިތުން ގާތުން މާފަށް އެދިވަޑައިގެންނެވުން، ނަސީދުގެ ފުލުގައި ތިބި ޑީއާރުޕީ ކުދިން ކޮޅަށް ވެސް މިކަމުގެ ހަގީގަތްމިހާރު އެބަ އެނގޭ، އެހެންވީމަ އެކުދީންކޮޅުވެސް މިހާރު ދާނީ މި ކަމާ މެދު ފުންކޮށް ވިސްނަމުން ކަން ނަސީދު ދަންނަންޖެހޭނެ، ނުކިޔަވާ ތިއްބަސް ކުޅުދުއްފުށީ މީހުންގެ ވެސް ބޯހުރޭ، ވިސްނުން ވެސް ހުރޭ، ނަސީދޫ ކަލޭގެ ސަލާމަތާ ސިޔާސީ މަގާމާ ދިފާއުކުރަންޖެހޭނީ ހަމަ ކަލޭ، ތެދުވެރި އިޚްލާސްތެރިކަން ކުރިއަށް ނެރެގެން، ހެދިފައިވާ ކުށްތައް މާފަށް އެދިގެން.

  10. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:08/07/2010

    ރައީސް ނަޝީދު އަޅަމުން މިދާ ޅައެއްޗެހީގެ ސަބަބުން ރާއްޖެ މިވަނީ ހަލާކު ވެފަ ދެން މަރިޔާދުމެން ކަހަލަ އެމްޑީޕީ ސޮހޮލުން އެހެން މީހުނޭ ކީމަ މަކައިރިޔަށް އަންނަނީ ނުބައިޒާތެއްގެ ހިންޏެއް ހެހެހެހޭ

  11. Dog‮ ‬ވިދާޅުވީ


    ތާރީޚް:08/07/2010

    މިއީ ވަރަށް ފުރިހަމަ ލިޔުމެއް، ގާސިމުވެސް އެވަނީ ވޯލްޑް ބެންކުން ރިސްވަތު ހިފާފަދޯ

  12. Dog‮ ‬ވިދާޅުވީ


    ތާރީޚް:08/07/2010

    މިއޮތީ ސޮހުލުންތަކަކަށް ގައުމު ހިންގަން ހަވާލުކުރެވިފަ ވިއްޔާ، ކެމްޕޭނު ތެރޭގައި ރިސްވަތު ނުދޭ އެންމެ ކެންޑިޑޭޓެއް ހުރީ އެއީ ފީނާ ގަފޫރު، ރިޔާސީ އިންތިހާބުގައި އެންމެ ގިނައިން ރިސްވަތު ދިނީ މައުމޫނު ދެން އަންނި، އެކަމަކު އެއީ މިހާރު ނުވޭ ރިސްވަތަކަށް، އަންނި މިއީ ކަނލާންގެތަ؟ އެހެންޏާފަހެ ހުރިހާ ގޯސްކަމެއް ކޮށްފަވެސް އޭނާ އަށް ތާއީދުކުރުމުން އެމީހާ މިވަނީ ކުށެއް ނެތް މައުސޫމް މީހަކަށް، ގާނޫނު އަސާސީ މާނަކޮށް ސާފުކުރަންވެސް އެނގޭ ހަމަ އެކަނި މީހަކީ އަންނި، އޭނާ ބޭނުންވީމާ ރުހުން ހޯދުމަށް ވަޒީރުންގެ ނަން މަޖިލީހަށް ފޮނުވޭ، ބޭނުން ނުވީމާ އެއީ ކުރަންޖެހޭ ކަމަކަށް ނުވޭ. މިއަށް ވުރެ ބޮޑު އަރަތެއް އެބައޮތްތަ؟ ނޫސްވެރިން ކުރާ ކޮންމެ ސުވާލަކީ އަންނި އަށް ވަނީ އަރަތަކަށް، އަހަރެމެންނަށް އެންމެ ބޮޑު އަރަތަކީ އަންނި.

  13. ދުނބުރިހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:09/07/2010

    ޅަ ދުވަހުގައި ދާދި އެކުގައި އުޅުއްވި އިބްރާހިންނަޢީމު (މަރުޙޫމު ސައިކުރާ އިބްރާހީމް ނަޢީމް) ވިދާޅުވެފައި އޮވެއެވެ.
    ދެ ގަހު ކެޔޮ އެއްތަނަށް އެއްކޮށް ބަހައްޓާއިރު ނުވިސްނިއްޔާ
    އެ ގަހު ކޭލެއް މި ގަހު ކޭލެއް ދެނެއް ވަކިވާ ގޮތެއް ނުވެޔޭ

  14. ފެންކަފާޅި‮ ‬ވިދާޅުވީ


    ތާރީޚް:09/07/2010

    ރައީސްނަސީދު ވެސް، ކުއްޓި ނަސީދު ވެސް މިހުރީ ފޭލްވެފަ، ދެން އިސްތިއުފާ ދޭންވީ، މިބުނީ އިސްތިއުފާއޭ

  15. ހެޔޮއެދިގެން‮ ‬ވިދާޅުވީ


    ތާރީޚް:09/07/2010

    ނަސީދުއަށް ޖޯކުޖެހުމުގެ ގޮތުން ފޮއްޓެއް ބެހެއްޓި ވާހަކަ ލިޔެފައިވާއިރު މިސަރުކާރަށް ފާޑުކިޔުމުގެ ގޮތުން ނޫކުލައިގެ ހޮޅުއަށިން ގާނޫނާއި ހިލާފަށް ރަސިޔަން ވުޑުކާ ފުޅިތަކެއް ބަތައްޓައިގެން މިރަށުގައި ރާވިއްކުމުގެ ހުއްދަދިނީކަމަށް ބުނެ ޖޯކުޖެހި . މިކަން މަނާކުރާކަށް ވެސް ނޫޅެ. ކޮންމެ ހޮނިހިރު ދުވަހަކު މިބައި ހީހުން މިކަމެއް ކުރޭއިބަ. މިސއަިޓުންވެސް ވަކިބަޔަކު ކުރާ ކަންކަން ކަމުނުދަނީދޯއެވެ. ރާއިސްތިހާރު ކުރުމަކީ ގާނޫނީ ބޮޑުކުށެކެވެ. ގާނޫނު އަސާސީގައި ދުން ފަތުން ފެށިހެން ހުރިހާ މަސްތުވާ ތަކެތި އިސްތިހާރު ކުރުމަކީ މަނާކަމެކެވެ. ވީހިންދު މިކަން ކުރިބަޔަކު ހިފާ ހައްޔަރު ނުކޮށް މިރަށު މީހުން އެތިބެނީ ކީއްވެބާވައެވެ.

  16. ހެޔޮއެދިގެން‮ ‬ވިދާޅުވީ


    ތާރީޚް:09/07/2010

    Dog ގަކަށް އިންސާނުން ދައްކާވާހަކަ އަރަތަކަށް ވުން އެއީ މައްސަލައެއްނޫން. ތިއީ މުސްލިމް ނޫން މީހުން ގެންގުޅޭ ކުޅޭކުލޭ އެއްޗެއް. މުސްލިމުން ނަށް އެޔާއި ކައިރި ނުވުމަށް އަންގަވާފައިވާ ހައިވާނެއް..

  17. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:10/07/2010

    އަސްލު ވާގޮތެއް ބުނަން؟ މުޅި މޯލު ޑިވުސް ނީޑު ސަމް ކޭސް.. އެ މި ވާގޮތަކީ..

  18. Dog‮ ‬ވިދާޅުވީ


    ތާރީޚް:13/07/2010

    ޑޯގަކީ އިސްލާމުން ގެންގުޅުން ރަގަޅުއެއްޗެއް ނޫން، އެކަމަކު ޑޯގަކީ ވަފާތެރި ޖަނަވާރެއް، އެކަމަކު މިހުރި ވެރި މީހާ އަންނި އަކީ ވަފާތެރި އިޙްލާތެރި ހިތްހެޔޮ ވެރިއެއް ނޫން، އެންމެ ދެރަވެގެން ތިމާ އަށް އެހީތެރިވި ފަރާތްތަކަށްވެސް ދިނީ ކެހި، ދެން ބުނެ ބަލަ ޑޯގަށް ވުރެ އަންނި ވަކި ގޯހެއް ނޫންތަ، އެވަރު އެއްޗަކާއި ކައިރިވާން ވެދާނެބާ؟

  19. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:14/07/2010

    އެކަމަކުވެސް އަންނި އަކީ ޑޯގްކަހަލަ ނަޖިހެއްނޫންދޯ ….؟

ޚިޔާލު ފާޅުކުރައްވާ