Share

ސްކޫލް ސްޓާފް ފުޓްސަލް ލީގު މިއަދު ފެށެނީ

ސްކޫލް ސްޓާފް ފުޓްސަލް ލީގު މިއަދު ފެށެނީ

ކުޅުދުއްފުށީ ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި މިދިޔަ އަހަރު ބާއްވަން ފެށި، ސްކޫލް ސްޓާފް ފުޓްސަލް ލީގް މިއަދު ފެށޭނެއެވެ. ޖުލައި 10 އިން އޯގަސްޓް 9 އާއި ހަމައަށް ކުރިޔަށްދާ މިމުބާރާތުގައި ކުޅުދުއްފުށީގެ ހަތަރު ސްކޫލެއްގެ މުވައްޒަފުން ބައިވެރިވެއެވެ. އެއީ މިދިޔަ އަހަރު މިމުބާރާތުގައި ބައިވެރިވި 3 ސްކޫލު ކަމުގައިވާ ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލުގެ މުވައްޒަފުންގެ އިތުރުން މިއަހަރު އަލަށް ބައިވެރިވާ އިރުމަތީ އަވަށު ޕްރީ ސްކޫލުގެ މުވައްޒަފުންނެވެ.

މި މުބާރާތަކީ ކުޅުދުއްފުށީ ސްކޫލުތަކުގައި އުޅޭ މުވައްޒަފުންގެ ތެރެއިން ފުޓްސަލް ކުޅެން ބޭނުންވާ މުވައްޒަފުންގެ ޕޫލެއް އެކުލަވައިލާ، ޓީމު ތަކަކަށް ބަހާލައިގެން ބާއްވާ މުބާރާތެކެވެ. މިއަހަރުގެ ލީގުގައި ހިމެނެނީ ހަތަރު ޓީމެވެ. އެއީ ‘އެއްދަންފަޅި’، ‘ވަށާޖެހޭ’، ‘މުގައްރަރު’ އަދި ‘މަންހަޖް’ އެވެ.

މި މުބާރާތުގައި ލީގު އުސޫލުން 2 ބުރު ކުޅުމަށްފަހު ލީގް ޗެމްޕިއަން ހޮވާނެއެވެ. އަދި އެއަށްފަހު ޓީމުތަކުގެމެދުގައި، ކަޕެއް ކުޅެވޭނެއެވެ. 3 ސެމީ ފައިނަލާއި ފައިނަލެއް މިކަޕްގައި ހިމެނޭނެއެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ފުޓްސަލް ދަނޑުގައި މިއަހަރު ބޭއްވޭ މުބާރާތުގެ މެޗުތައް ކުރިޔަށްދާނީ ކޮންމެ ހަފްތާ ބަންދެއްގައެވެ.

މި މުބާރާތުގެ މެޗުތަކުގެ ހަބަރާއި ފޮޓޯ، މުބާރާތަށް ހާއްސަކުރެވިގެންވާ ވެބްސައިޓުން ލިބޭނެކަމަށް މުބާރާތް އިންތިޒާމު ކުރާ ކޮމިޓީއިން މައުލޫމާތު ދެއެވެ.

މުބާރާތުގެ ވެބްސައިޓަށް ދިއުމަށް ތިރީގައިވާ ލިންކަށް ކްލިކް ކުރައްވާ:

ސްކޫލް ސްޓާފް ފުޓްސަލް ލީގު 2010

‮ ‬10‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ބެލެނިވެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:10/07/2010

    ރަނގަޅަށް، އަހަރެމެންގެ ދަރިންނަށް ކިޔަވައިދިނިއްޔާ މާ ބޮޑަށްވެސް ރަނގަޅުވާނެ ކަމަށް ފެނެއެވެ. ކަލޭމެން ސްކޫލުގައި، މަޖާކުރާ މަންޒަރު އަހަރެމެންނަށް ރީތި ވާ ފެންވަރަކަށް އަދި ކަލޭމެންނަކަށް މަސައްކަތެއް ނުކުރެވެއެވެ.

  2. ގުރަހަމް‮ ‬ވިދާޅުވީ


    ތާރީޚް:10/07/2010

    ދަރިން ރަނގަޅުގޮތުގަ ތަރުބިއްޔަތު ކުރެވޭތޯ ބަލާ ކިޔަވައެއް ނުދެވޭނެ ގޭގެއިން ފެށިގެން ރަނގަޅު ބިންގަލެއް ނޭޅި އެއް ކިޔަވައިދޭން އޮންނާނެ ވަކިގަޑިއެއް އެގަޑީގަ ކިޔަވަން އުޅޭ ކުއްޖަކަށް ކިޔެވޭނީ ތިކަހަލަ ބެލެނިވެރިންނޭ ތިމާގެ ދަރިން ތިހަލާކު ކުރަނީ

  3. ބެލެނިވެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:10/07/2010

    ގުރަހަމްއަށް:

    ޓީޗަރުންގެ ފަރުވާކުޑަވާހަކަ ނަންގަންނައިރަށް، ބެލެނިވެރިން ގޯސްކުރުން އެއީ ކޮން ހަމަޔަކުން ވިސްނާފައި ކުރާކަމެއްތޯ ތިޔަ ބޭފުޅާކުރެން އަހާލާ ހިތްވެއްޖެ. އަހަރެމެންނަށް ކިޔަވައިދެވޭނަމަ، ކަލެމެން ތަމްރީނުކުރަން ކޮލެޖު ހަދާފައި، ބޮޑު މުސާރަދީފައި، ނުބައިތިއްބާނަން. އޭގެ ބަދަލުގައި އަޅާނީ ފުޓްސަލް ދަނޑަކާއި، ބަށިކޯޓެއް.

    ގޭގައި ކޮންމެ ގޮތަކަށް ކަންތައް އޮތަސް، ސުކޫލަށް އަހަރެމެން ދަރިން ފޮނުވީމާ ކިޔަވައިދިނުމަށް މަސައްކަތްކުރުން އެއީ ޓީޗަރުގެ ވަޒީފާ.

  4. ޖަމްޝީދު‮ ‬ވިދާޅުވީ


    ތާރީޚް:10/07/2010

    ޓީޗަރުން 365 ދުވަހުގެ 24 ގަޑިއިރު ކިޔަވަދޭކަށް ނުޖެހޭ. އެމީހުންވެސް މިކަހަލަ ކަންކަން ކުރަންޖެހޭނެ. ކުޅުދުއްފުށީގެ ތައުލީމު ރަނގަޅު ކުރަންޏާ އެންމެ ފުރަތަމަ އާއްމު ރައްޔިތުން އެބަ ހޭލުންތެރި ކުރުވަންޖެހޭ. “ކަލޯ އިސްކޫލަށް ދާން ތެދުވޭ” މިހެން ބުނެ ބެލެނިވެރިން އަދި ހިތްހަމަ ޖައްސާލެވޭކަށް ނެތް. ވަރަށް ވަރަށް ނާތަހުޒީބު އަދިވެސް ކުޅުދުއްފުށީ ބައެއް ރައްޔިތުން.

  5. ބެލެނިވެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:10/07/2010

    ޓީޗަރުން 365 ދުވަހުގެ 24 ގަޑިއިރު ކިޔަވައިދޭންޖެހޭނެ ވާހަކައެއް ނޫން. ކިޔަވައިދޭން ކަނޑައަޅާފައި އޮންނަ މަދު ވަގުތުކޮޅުގައިވެސް ރަނގަޅަށް ކިޔަވައިނުދޭ ވާހަކަ.

  6. ވާހި‮ ‬ވިދާޅުވީ


    ތާރީޚް:11/07/2010

    ރާއްޖޭގަ މިއުޅޭ ރޯނު އެދުރު ބެލެނިވެރިންނަށް ވިސްނެންވެއްޖެ އެމީހުން ކުދިން ކުރިމަތީގަ ޓީޗަރުންނަށް އިހުތިރާމު ނުކުރުމަކީ ކުދިން ހަލާކުވާ ކަމެއްކަން.

  7. ޓީޗަރެއް‮ ‬ވިދާޅުވީ


    ތާރީޚް:11/07/2010

    ބެލެނެވެރިޔާ އަށް ވެދުން ސަލާމަށް ފަހުދަންނަވަން، ތިބޭފުޅާ ކޮން އަރަކު ތޯ ކުލާސްރޫމް ތައް އޮބްޒާރވް ކުރެއްވީ، ހަމަ ގައިމް ވެސް ޖަލާލުއްދީން ސުކޫލް ގެ ކުލާހެއް ލޮލުގެ ހިމަ ކޮޅުން ބަލައިލިއަސް ޓީޗަރުން ގޯސް ކުރަން ތިބޭފުޅާ ލަދުގަންނާނެ، ސަބަބަކީ ޖަލާލުއްދީނަށް ކުދިން ދީފައިވާ ގެއްލުން ފެނިފަ، އެންމެ ޑެސްކެއްވެސް ކަޑާނުނަގާނުހުންނާނެ، އެއްޗެހިނުލިޔާ އެންމެ ފާރެއް ވެސް ނެއް، ކުދިންގެ އަހްލާގު އެހާ ދައް، އިހްތިރާމް ކުރާނީ އިހްތިރާމް ލިބިގަންނާނީ ކިހިނެއްކަމެއް ނޭގޭ، މިކަމުގެ ޒިންމާ ތިބޭފުޅުން ތިޔަ އަޅުއްވަނީ ހަމައެކަނި ޓީޗަރުންގެ ބޮލުގަ، ތި ލޮބުވެތި ބެލެނެވެރިން އަޅުގަނޑުމެނަށް ނުކުރި އިހްތިރާމެއް ކުރާނީ ވަކި އެހެންކާކު، ސުކޫލަށް ކުދިން އަންނަނީ މަންމަގެ އުގުން ތަރުބިއްޔަތް ލިބިގެން، ފުރިހަމަ ގޮތުގާ ދޭން ވީ ތަރުބިއްޔަތު ނުދެވިވާތަން މިފެނަންނަނީ

  8. ހިތުކޫރު‮ ‬ވިދާޅުވީ


    ތާރީޚް:11/07/2010

    ކިޔަވައިދޭން އޮންނަ ކުޑަ ވަގުތުކޮޅުގައިވެސް ކިޔަވައިދެވޭނީ ކިޔަވަން އުޅޭ ކުދިންނަށް ކުލާހުގަ ޓީޗަރުދޭފިލާވަޅުތައް އަޑުނާހާ ކުއްޖަކަށް ކިޔަވައެއް ނުދެވޭނެ. ތިކަހަލަ ބެލެނިވެރިންނަށް އަބަދުވެސް ތިމާގެ ދަރި ދޮްންފުތުވާނެ އެ ހެޔޮ އަމިއްލަ މުދަލުން ވައްކަން ކުރާތަން ތިމާގެ ލޮލަށް ފެނުނަސް “އެސޮރު އެކަހަލަ ކަމެއް ނުކުރާނެ” މިހެން ބުނެލާނީ ތިކަހަލަ ބެލެނިވެރިން. ކުދިންނަށް ރަގަޅު ތަޢުލީމެއް ދޭން ބޭނުންނަމަ ތިކަހަލަ ބެލެނިވެރިން އެބަޖެހޭ ތަހުޒީބުވާން ތަންކޮޅެއް. ސުކުރިއްޔާ

  9. Ayya‮ ‬ވިދާޅުވީ


    ތާރީޚް:12/07/2010

    ޖަމްޝީދު އެބުނީ ވަރަށް ބޮޑު ތެދެއް. އަޅުގަނޑުމެންގެ ރަށުގެ ގިނަ މީހުން އަދިވެސް ވަރަށް ހޭލުންތެރިކަން ކުޑަ ރާއްޖޭގެ އެހެން ބޮޑެތި ރަށްތަކާ އަޅާބަލާއިރު

  10. ޤަމާރް‮ ‬ވިދާޅުވީ


    ތާރީޚް:13/07/2010

    މީތި ބޭއްވުން މީކީ މައްސަލައެއް ކަމަކަށް އަޅުގަނޑަކައްވެސް ނުފެނޭ!ޒިއްމާގެ ވާހަކަ ދައްކާއިރު ޒިއްމާ ފުރިހަމަޔަށް އެއްބަޔަކުވެސް ނުނަގާ!ދަރިވަރުންވެސް ޓީޗަރުންވެސް ބެލެނިވެރިންވެސް..އެއްބަޔަކަށް އަނެއްބަޔަކު ކުއްވެރިކޮށް އަނގަ ހުޅުވާލެވޭކަށް ނެތް!

ޚިޔާލު ފާޅުކުރައްވާ