ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ކުޅުދުއްފުށީގައި އަޅާ ރޯހައުސްތަކުގެ ސަބަބުން، މުޅި ޢުމުރަށް ކުޅުދުއްފުށީ މީހުން ރޯންނުޖެހި ހިނގައިދާނެ ބާވައޭ އަޅުގަނޑުގެ ހިތަށްއަރައެވެ. އެހެނީ، ބިމަށް ޖެހެމުންދާ ކުޅުދުއްފުށީގެ ބިން، އެންމެ ހެޔޮގޮތުގައި، ބޯހިޔާވަހިކަމަށް ބޭނުން ހިފޭނީ، އެއްމެދު އިންފާރު ލައިފައިވާ އެންމެ ފަންސަވީސް ގެ އަޅައިގެން ކަމާއިމެދަށް، އަޅުގަނޑަށް ޝައްކުވަނީއެވެ.
ބިން ހުސްވަމުންދާއިރު، ބޮޑު ސަރަހައްދެއްގައި އެންމެ ފަންސަވީސް ގެ އެޅުމުގެ ބަދަލުގައި، ބިމަކީ ކުޅުދުއްފުއްޓަށް ލިބިފައިވާ އެންމެ އަގުބޮޑު ވަސީލަތް ކަމަށް ބަލައިގެން ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ސަރުކާރުން ޢަމަލުކުރިނަމަ، ރައްޔިތުން ފަސޭހަކަމާއިއެކު ހެއްވާލައި އުފާކޮށްލަ ދެވުނީހެވެ. ފަންސަވީސްގެއިން ބޯހިޔާވަހިކަން އެ ފޯރުކޮށްދެވެނީ އެންމެ ފަންސަވީސް ޢާއިލާއަށެވެ.
އަނެއްކޮޅުން، ސަރުކާރުން އަޅާ ފަންސަވީސް ރޯއައުސް އަށް ވަނުމަށް، ބޭނުންވާނެ ފައިސާ މިރަށުގެ މީހުން ހޯދުމަށް ރޯންނުޖެހިދާނެ ކަމާއިމެދުވެސް ޝައްކެވެ. އަޅުގަނޑުމެންގެ އަތްމަތި އެހާ ދައްޗެވެ. ސަރުކާރު ކުންފުނި، އެޗްޑީސީ އިން ހުޅުމާލޭގައި އަޅާ ފުލެޓްތަކަށް ވަނުމަށް، ބޭނުންވާ ފައިސާގެ ޢަދަދު އިވިފައި، ފައިސާ ލިބޭނެ މަގުތައް އޮތް މާލެވެސް ޖެހުނީ ރޮއެހޭރޭށެވެ.
ރޯހައުސްތަކުގެ ސަބަބުން ވާނެގޮތެއް ކަމަށް އަޅުގަނޑަށް ތަޞައްވުރުކުރެވެނީ، ސަރުކާރުން ހުށަހަޅާ އަގުދެއްކުމަށް ކުޅުދުއްފުށީ މީހުން ނުކުޅެދުމާއިއެކު، މި ރޯހައުސްތަކަށް ވަންނާނީ، މާލޭގެ ނޫނީ އެމްޑީޕީގެ މުއްސަނދި، ލޮލުން ކަރުނައެއް ވައްޓައިނުލައި، ރޯހައުސްތަކަށް އަގުދެއްކޭވަރުގެ މީހުންނެވެ. އެމީހުން މި ރޯހައުސްތައް ބޭނުންކުރާނީ، ޗުއްޓީ ބަންދުގައި އަރާމުކޮށްލާ، އަރާމުޚާނާގެ ގޮތުގައެވެ. ދާއިމަށް އެތާ ދިރިއުޅޭކަށް ނޫނެވެ. ކުޅުދުއްފުށީ މީހުންނަށް ރޯއުސްގެ ފާރުބުޑުގައި، ފެންކަޅިވެހުރެ، މި މަންޒަރު ބަލަންޖެހުން ގާތެވެ.
ރޯހައުސް އަޅަނީ، ރައީސް، ކުޅުދުއްފުށީ ރައްޔިތުންނަށްވި ވަޢުދެއް ފުއްދަން ކަމަށްވާނަމަ، ކުޅުދުއްފުށީ ރައްޔިތުންނަށް އޮތީ އުފާނުވެ، ނުހީހުރެ، ރައީސް ނަޝީދު ރޮއްވާލުމެވެ. ހަމަ ބަޑިފަޅައިގެންދާވަރަށް ރޮއްވާލުމެވެ. ސަބަބަކީ މިއީ އަދި، ރައީސް ނަޝީދު، ކުޅުދުއްފުއްޓަށް ވި، ވަޢުދު ފުއްދުމަށް ނުވާކަމެވެ. ހަނދާން ހުންނާނޭ ފަދައިން ރައީސް ނަޝީދު ކުޅުދުއްފުށީ މީހުންނަށް ވަޢުދުވީ ސަތޭކަ ފުލެޓް މިރަށުގައި އަޅާށެވެ. މި ރަށުގެ ބިން ބޭނުންކުރުމުގެ ޕްލޭނާއި ޚިލާފްވާގޮތަށް ބޮޑުބިމެއްގައި އެންމެ ފަންސަވީސް ގެ އަޅާކަށް ނޫނެވެ.
އެހެން ޝައްކެއްވެސް އެބަ ވެއެވެ. ރޯހައުސް މިއަޅަނީ، ކުޅުދުއްފުށީ މީހުން ހެއްވާލާފައި، ބޯމަތިވަމުން އަންނަ އިންތިޚާބު ދަމައިގަންނަން ކަމަށްވެސް ވެދާނެއެވެ. އެކަމަކު، ބޮޑުބިމެއްގައި ފަންސަވީސް ގެ އަޅައި، ބޭކާރުކޮށްލުމަކީ، ހިނިތުންވާވަރުގެ ކަމެއްނޫނެވެ.
އަޅުގަނޑު، “ރޯހައުސް” އާއި ރައްޔިތުން ޖެއްސުމަށް ލިޔަނީކަމަށް، ރަށުއޮފީހުގެ އަޑުގަދަކުރާއިން ދުވާލަކު ތިންފަހަރު ގޮވުމަށް، މެސެޖް ފޮނުވިޔަސް ނު ފޮނުވިޔަސް، މިއީ އަޅުގަނޑުގެ ޚިޔާލެވެ.
——
ގުޅޭ ލިޔުން:
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި 25 ރޯހައުސް އަޅަނީ
ވަޢުދެއް މިރޭ ވާނަން… މީ ތެދުކަން އަންގައިދޭނަން… ހަނދާއޭ ހެކިވެދޭށޭ
އާއެކެވެ. ރަނގަޅު ވާނީ ފުލެޓެވެ.
ކުޅުދުއްފުށީ ބިން ބޭނުންކުރުމުގެ ޕްލޭނާއިމެދު

ބޮލުރޮދި ވިދާޅުވީ
ތާރީޚް:12/07/2010
ސަރުކާރާއި ރައްޔިތުން ޖެއްސުމުގައި ކުޅުދުއްފުށީ ޑޮޓްކޮމް މެކްހަށް ޖަހާފައި
ދޮންބެއްޔާގެ ދޮން ދަރިކަލުން ވިދާޅުވީ
ތާރީޚް:12/07/2010
އައަޅުގަނޑަކަށް ހިޔެއްނުވޭ މިއީ ސަރުކާރާއި ރައްޔިތުން ޖެއްސުމަށް ލިޔެފައި އޮތް އެއްޗެއް ހެނެއް. ސަރުކާރުން ދައްކާވާހަކަ އެއީ ދުނިޔެމަތީގައިވާ އެންމެ ބޮޑު ތެދުކަމުގައި ކޮންމެހެން ވާކަށް ނުޖެހޭ އަދި ސަރުކާރުން ކަންތައްކުރާގޮތް އެއީ، އެކަމާއިމެދު އެހެން ނަޒަރަކުން ބެލުމުގެ ޖާގަނެތް ކަމަކަށްވެސް ނުވާނެ.
މިލިޔުމުގައި މިޔޮތީ އެހެން ނަޒަރަކުން ކަމަކާއިމެދު ބަލައި، ޚިޔާލުފާޅުކޮށްފައި.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:12/07/2010
މިނިވަން ހިޔާލަށް ޖާގަނުދޭ އަދި އެހިޔާލުތައް ހަޖަމް ނުކުރެވޭ މި ސަރުކާރުން އަނެއްކާ މި ސައިޓް ބުލޮކުނުކުރާނެބާވައޭ އަޅުގަނޑު ހިތައް އަރާ އެބަ މިހާރު، މީ ކުޅުދުއްފުށީ ރައްޔިތުން ވިސްނަންވީ ވަރަށް މުހިންމު ކަމެއް މިކަހަލަ ލިޔުންތަޢް ޝާއިއު ކުރާތީ މި ސައިޓް ގެ ވެރިންނަށް ޝުކުރު ދަންނަވަން
މޫސާ ޚިޠާބުް ވިދާޅުވީ
ތާރީޚް:12/07/2010
އެންމެ ފަހު ޖުމްލަ އެ އިޝާރާތްކުރަނީ، ހދ. އަތޮޅު އޮފީހުން، ރަށުއޮފިސްތަކަށް ފޮނުވާފައިވާ،M)A-2010/1670) ނަންބަރު، މެސެޖަށް ކަމަށް ލަފާކުރެވޭ. މި މެސެޖުގައި ސޮއިކޮށްފައިވާ އަތޮޅު ކައުންސެލަރު ވިޝާމް ލަޠީފް. ރެކޯޑަށްޓަކައި މެސެޖުގެ ޢިބާރާތް މިތަނުގައި ނަކަލުކޮށްލާނަން:
” ހުރިހާ ރަށެއްގެ އަޑުގަދަކުރާއިން ހެނދުނު 9ން ފެށިގެން ރޭގަނޑު 9 އަކާއި ހަމައަށް، ގަޑިޔަކު އެއްފަހަރު، ކޮންމެ ފަހަރަކު ތިންފަހަރު ގޮވަންވީ ” ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްދިނުމަށް ވަޒީރުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ޤާނޫން އަސާސީގެ ރޫހާ ޚިލާފަށް ދަތިކުރާތީ ވަޒީރުންގެ މަޖިލީސް އިސްތިޢުފާދެއްވުމާއި ގުޅިގެން އެކަން ތަޙްޤީޤްކުރެއްވުމަށް ސަލާމަތީ ބާރުތަކަށް ރައީސުލްޖުމްހޫރިއްޔާ އަމުރުކުރައްވައިފި”
ވީމާ މި އޮފީހުން ވަކިގޮތަކަށް އަންގަންދެން މަތީގައިވާ އެންގުން، ރަށްރަށުގެ އެންމެ އިސްވެރިންގެ ފުރިހަމަ ބެއްލެވުމުގެ ދަށުން
ކުރައްވަމުން ގެންދެވުމަށް ދަންނަވަން.”
……
ދެން ތިޔަބޭފުޅާ ހިނިފުޅު ނުވަޑުވަ ބައްލަވަ!
އިއްބެ ވިދާޅުވީ
ތާރީޚް:12/07/2010
މީގައި މިޔޮތީ މުޅިންވެސް ފީލިންގްސް! ރޯހައުސް ގެ ސަބަބުން ރޯވާހަކަ، ހެއްވާލާ ވާހަކަ، ރޮއެހޭރޭ ވާހަކަ، ހިނިތުން ވާވާހަކަ، އުފާވާވާހަކަ، ކަރުނައިގެ ވާހަކަ، އެންމެ ފަހުން ކިޔާ ނިންމިއިރު މިހުރީ ޝައްކު މައްޗަށް ޝައްކު އައިސް، ރުޅިގަދަވެފައި!
އަނެއް ފަރާތަށް ވިސްނުން ހިންގާލެވިއްޖެ މިލިޔުމުގެ ސަބަބުން!
އަންނި ވިދާޅުވީ
ތާރީޚް:12/07/2010
ވަރަށް މުހިއްމު މައުޟޫއެއް. އަދި ކޮންމެ ގޮތަކަށް ލިޔުން ގެނެސްދިނަސް މިއީ ވަރަށް މުހިއްމު ކަމެއް. އެންމެ 25 ގެ އަޅައިގެން 25 އާއިލާ އަށް ބޯހިޔާވަހިކަން ދޭއިރު ކިތައް މީހުންތޯ ރަށު އޮފީހަށް ގެވަޅެއް ހޯދަން އެދެނީ.
މިސައިޓު މެކުހަށް ޖަހާފަ އޮތް ވާހަކަ ބޮލުރޮދި ބުނާއިރު ބޮލުރޮދި އަމިއްލައަށް ސަރުކާރުގެ ކޮރަޕްޝަން ފޮރުވާ އެކަމާ އެއްކޮޅަށް ލިޔެފަ އަޅެ ފޮނުވަބަލަ އެމީހުންނަށް.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:12/07/2010
ލޯބިވާ ކުޅުދުއްފުށީ ރައްޔިތުންނަށް ވެދުން ސަލާމަށް ފަހު ދަންނަވަނަން. ކުޅުދުއްފުށީ ރައްޔިތުންނަކީ މީގެ ކުރީގަ ކުޅުދުއްފުށްޓަށް ޖެހޭ ބޮޑެތި ހުރިހާ މުސީބާތަކުން މިންޖުވުމަށްޓަކާ ހުރިހާކަމެއްގަ އެކަށްޗެއް ކިޔައިގެން ނިކުންނަ އެކުވެރި ރައްޔިތެއް ދިރި އުޅޭ ރަށެއް. މިއަދު މިޖެހިގެން އުޅެ ރޯހައުސް އެޅުމުގެ ކަންތަކުގަ އަޅުގަނޑު މި ގޮވާލަނީ ހިގާބަލާށޭ އަތުގުޅައިލާގެން ނިކުމެ މި ރޯހައުސް އެޅުމުގެ މަސައްކަތް ހުއްޓުވަން ނޫނީ ފަހުން ހިތާމަ ކުރަންޖެހޭނީ
މޫޓަކަލޭފާނު ވިދާޅުވީ
ތާރީޚް:12/07/2010
މިއޮތީ އަހަރެމެންނަށް ހެޔޮވެރިކަމެއް ލިބިފައެއްނުން. އަހަރެމެންނަށް ހެޔޮގެއެއްވެސް (އެންމެ 25 ގެގަނޑު އަޅައި ނުދިނަކަސް) ހުރިހާ ވޯޓެއް ހިފައިގެން ގޮސް އެންމެ 25 ޑަގެ އެޅިޔަކަސް ކަމަކު ނުދާނޭ..
ހަމަލާހިކެއް ނޫން މިރަށުގެ އނެމް 25 ޑަގެ އަޅާކަށް…. ނިކަނަ އަޅާބަލަ… މިރަށު އުތުރު ކޮޅުގައި އެއޮތް ކުޅި ދައްކާލާނަން…
ސާމާނުބެ ވިދާޅުވީ
ތާރީޚް:12/07/2010
ސާމާނުބެ އިޒް ބެކް..
Ayya ވިދާޅުވީ
ތާރީޚް:12/07/2010
މިނިވަން ހިޔާލޭބުނެ ރަށަށް ލިބޭ ކުރިއެމަށް ނަފްރަތު ކޮށް ލިޔެފަ ހުންނަ މިފަދަ ލިޔުންތައް ފެނުމުން ވަރަށް ދެރަވޭ އަސްލު. ކޮންމެ ކަމެއްވެސް ފެށޭނީ ވަރަށް އާދައިގެ ގޮތެއްގަ. ހާއްސަކޮށް މިފަދަ ބޮޑެތި ކަންތައްތައް. ޤަބޫލުކުރަންވީ ހަޤީޤަތަކީ 25 ގެ ވެސް މިސަރުކާރުން އަޅަން ފެއްޓުމަށް މަސައްކަތްތަކެއް ކުރާކަން، ކުޅުދުއްފުށީގަ 25 ގެވެސް އަޅަން ނިންމިކަން ހަމަ ޔަގީނުންވެސް އަޅުގަނޑު ބަލައިގަންނަނީ ޝުކުރުވެރި ކަމާއެކު. ކުޅުދުއްފުށީ ދަރިއެއްގެ ނަމުގައި ޝުކުރުވެރިވަން.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:12/07/2010
އަމިއްލަ ނަފްސުތައް އިޞްލާޙުކުރަމާތޯއެވެ؟ އެހެންމީހުން ލަވާ ހަޅޭއްތަކުގެ އަޑުނާހަމާތޯއެވެ؟ ކުރާ ޢަމަލުތައް ރަނގަޅުކޮށް ފައިދާކުރަނިވި ބަޔަކަށް ވަމާތޯއެވެ؟ އެހެންމީހުން ޒިންމާދާރު ނުކުރުވާ އަމިއްލަ ނަފްސު ޒިންމާދާރު ކުރުވާށެވެ! އެހެންމީހުންގެ ހިސާބުކިތާބު ނުބަލައި އަމިއްލަ ނަފްސުގެ ހިސާބުކިތާބު ބަލާށެވެ! މާތްﷲ އެމީހުންގެ ހިސާބު ބައްލަވާނެތެވެ
Dog ވިދާޅުވީ
ތާރީޚް:13/07/2010
ވަރަށް ފުރިހަމަ ލިޔުމެއް، ދިވެހިންނަށް ވިސްނޭނީ ލަނޑުލިބުނީމާ ކަމަށް ބުނެ އުޅޭ، އެކަމަކު އެއީ ކޮންމެ ފަހަރަކު އެކަން ވާންޖެހޭނެ ގޮތެއް ނޫން، މިރަށަށް އަންނި ހެޔޮ އެދިގެން ކަމެއް ކުރާނެތޯއެވެ؟ މިޤައުމަށް ހެޔޮ އެދިގެންވެސް އޭނާ ކަމެއް ކުރާނެހެން ހީވޭތޯއެވެ؟ އެހެންނަމަ މިއުމު މިއަދު މިދެކޭ ހަލަބޮލި ކަން ނުދެކުނީސް، އެހެން ނަމަ ތިމާ ވެރިކަމަށް ގެނައުމަށް މިންނެތް މަސައްކަތްކުރި ޤާސިމަށް އެފަދަ ބޮޑު ބޮނޑިއެއް ނުދިނީސް، އެހެން ވީމާ ބުނެވޭނީ މިރަށުގައި ތިބުނާ 25 ގެއެއް އަޅަންވެގެން އެއުޅެނީ ކުރިން މައުމޫނު ކަންކުރިހެން ވޯޓް ހޯދުމަށް، އަދި އާހިރުގައި އެގެތަށް ތިމާ އެދޭ ބަޔަކަށް ހަދިޔާކޮށް މިތަނުގައި ބަޔަކު ފިތުނަ ފަސާދަކުރުމާއި ހަމަ ނުޖެހުން ހިންގުމަށް، މިރަށުގެ ދަރިންނަށް ހެޔޮއެދިގެންނެތް ނޫން. ފަހަރެއްގައި އަންނި އަށް މިރަށުން ފެންނަނީ 25 އާއިލާކަން ނޭނގެ.