Share

މަޖާކުރާ މަންޒަރު އަހަރެމެންނަށް ރީތި ވާ ފެންވަރަކަށް އަދި ނުދޭ!

މަޖާކުރާ މަންޒަރު އަހަރެމެންނަށް ރީތި ވާ ފެންވަރަކަށް އަދި ނުދޭ!

އެއީ މައްސަލައެއްކަމަށްވާނަމަ، އަހަރެންގެ މައްސަލަޔަކީ، ބައެއް ޓީޗަރުން މަސައްކަތްކުރަނީ އެންމެ ރަނގަޅަށްކަމަށް ގަބޫލުނުކުރުމެވެ. އަހަރެންނަކީ، ނާތަހުޒީބު، ތިމާގެދަރި ތިމާއަށް ދޮންފުތުވާ ފާޑުގެ ބެލެނިވެރިއެއްކަމަށް ޓީޗަރުން ބުނެ، ނިޔާ އިއްވިޔަސް، ޓީޗަރަށް ފާޑުކިޔުން އެއީ، ފާފައެއް ނޫނީ ކުށެއްކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ސުރުޚީގައިއެވާ ޢިބާރާތް ޓީޗަރުންނަށް ނިސްބަތްކޮށް، މި ސައިޓްގައި އަހަރެން ކޮމެންޓްކުރުމުން ނުކުތް ނަތީޖާއަކީ މިހާރު ތިޔަ ކިޔަމުދުންދާ ލިޔުމެވެ.

ބައެއް މީހުން، ވަކިން ޚާއްޞަކޮށް ޓީޗަރުން ދެކެނީ ބެލެނިވެރިއެއް، އެމީހުންނަށް ފާޑުކިޔައިފިނަމަ، އެއީ ރޯނުއެދުރު ބެލެނިވެރިއެއްގެ ގޮތުގައެވެ. މިތަނުގައި، ހަގީގީ ރޯނުއެދުރަކީ، ބެލެނިވެރިޔާ އެއީ، ރޯނުއެދުރެއް ކަމަށް ގަބޫލުކުރާ ޓީޗަރު ކަމާއިމެދަކު ޝައްކެއްނެތެވެ. ސަބަބަކީ، ބެލެނިވެރިޔާ އެއީ، އުނގަންނައިދިނުމާއި، ތަރުބިއްޔަތުކުރުމުގެ މަސައްކަތުގެ އެއް ޙިއްސާދާރަށް ވާކަމެވެ. ވީއިރު، އޭނާ ހިއްސާވާކަމެއްގައި، ފާޑުނުކިޔޭނޭކަމަށް ގަބޫލުކުރާނީ ވަރަށް ބޮޑު ރޯނުއެދުރެކެވެ.

އަނެއްބައި ޓީޗަރުންނަށް، އެމީހުންގެ މަސައްކަތުގެ ފެންވަރާއިމެދު، ސުވާލު އުފައްދައިފިނަމަ، އެ ބެލެނިވެރިޔަކު މިވަނީ، އެންމެ ހޭލުންތެރިކަންކުޑަ، އެންމެ ނާތަހުޒީބް މީހާއަށެވެ. މިކަމުގައިވެސް ޙަޤީޤަތް އޮތީ މިއާއި ދިމާ އިދިކޮޅަށެވެ. ޓީޗަރުކުރާ މަސައްކަތާއި އެމަސައްކަތްކުރާ ފެންވަރާއިމެދު ބެލެނިވެރިން އަބަދުވެސް ސުވާލު އުފައްދާނެއެވެ. އުފައްދަން ޖެހޭނެވެސް މެއެވެ. ޓީޗަރުގެ ޒިންމާޔަކީ، ރަނގަޅުކުރަންޖެހޭ ކަމެއް އޮތްނަމަ، އެކަމެއް އިސްލާހްކުރުމެވެ. ބެލެނިވެރިޔާއަށް ތަހުޒީބުވުމަށް ގޮވުމެއްނޫނެވެ.

އަހަރެން އެންމެ ހަމްދަރުދީވަނީ، “ކިޔަވައިދޭން އޮންނަ ކުޑަ ވަގުތުކޮޅުގައިވެސް ކިޔަވައިދެވޭނީ ކިޔަވަން އުޅޭ ކުދިންނަށްކަމަށާއި، ކުލާހުގައި ޓީޗަރުދޭފިލާވަޅުތައް އަޑުނާހާ ކުއްޖަކަށް ކިޔަވައެއް ނުދެވޭނެ” ކަމަށް ހަރުއަޑުން ގޮވާ ޓީޗަރާއިމެދުއެވެ. ޝައްކެތްވެސްނެތް ގޮތުގައި އެއީ ވަރަށް ބަދުނަސީބު ޓީޗަރެކެވެ. މި ފަދަ ބަދުނަސީބު ޓީޗަރުންނަށް ނޭނގެނީ ކިޔަވައި ނުދެވޭ ޙަޤީޤީ ސަބަބަކީ ލަޔާޤަތާއި ޤާބިލްކަން ، ޓީޗަރުކަން ކުރުމަށް ތިމާގެ ކިބައިގައި ނެތީމާކަމެވެ. ކުދިންނަކީ ތަފާތު ކުދިންކަމާއި، ކިޔަވައިދިނުންޖެހޭނީ މިތަފާތަށް ރިޢާޔަތްކޮށްގެން ރާވާ ތަންފީޒުކުރަންކަން ނޭނގޭ ޓިޗަރުންނަށް އަބަދުވެސް ގޯސްވާނީ، ދަރިވަރާއި، ބެލެނިވެރިޔާއެވެ. ވާހަކައެއް ބުނަންހެއްޔެވެ؟ ޓީޗަރަކަށްވާނީ، ތިޔަބުނާ، “އަޑުނާހާ ދަރިވަރަށް” އިލްމާއި ތަރުބިއްޔަތު ފޯރުކޮށްދެވުނީމައެވެ. ހުރިހާކުދިންނަކީ ބަސްއަހާ، އެއްވަރު މޮޅު، ކުދިން ކަމަށްވާނަމަ، ސްކޫލްތައް އަޅާފައި ޓީޗަރުންނަށް ވަޒީފާދިނުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟

ބައެއް ޓީޗަރުން ގަބޫލްކުރާ ގޮތުގައި އެމީހުން ކިޔަވައިދޭއިރު، ބެލެނިވެރިން އައިސް ‘އޮބްޒާރވް’ ކުރުން ވަރަށް ރަނގަޅުވާނެއެވެ. އޭރުން، ބެލެނިވެރިންނަށް، ތިމާމެންގެ ދަރިންގެ ގޮތާއިފޮތް އެނގޭނެތީއެވެ. ބެލެނިވެރިން ލަދުގަންނާނެތީއެވެ. ބުނަންހެއްޔެވެ؟ ޓީޗަރުން ކިޔަވައިދޭއިރު، އޮބްޒާރވްކުރުން އެއީ ސްކޫލާއި ޓީޗަރުންގެ ވަޒީފާގައި ހިމެނޭ ކަމެކެވެ. ޓީޗަރަށް ފާޑުކިޔުމުން، ބެލެނިވެރިން ލަދުގަންނަވާލުމުގެ މަގުސަދުގައި، ކިޔަވައިދޭތަން ބެލުމަށް ސްކޫލަށް އަންނަން ދައުވަތުދޭނަމަ، އެ ދައުވަތުދެވެނީ ޓީޗަރު ފަޟީހަތްވުމަށެވެ. އޮރިޔާންވުމަށެވެ. ސަބަބަކީ، ކުލާސްތެރޭ ހިނގާ ކަންކަން ބަލަހައްޓަންޖެހޭނީ ޓީޗަރެވެ.

ބައެއް ޓީޗަރުންގެ ޝަކުވާޔަކީ، ކުދިން ސްކޫލްގެ ތަކެއްޗަށް ގެއްލުންދިނުމެވެ. ޓީޗަރު ޤަބޫލުކުރަންޖެހޭނީ ތަކެތި ހަލާކުކުރަނީ، ޓީޗަރު ކުލާހުގައި ހުއްޓައިކަމެވެ. ބެލެނިވެރިޔާއަށް ނޭނގެނީ ޓީޗަރުހުރި ގޮތެކެވެ.

ބެލެނިވެރިޔާއަށް ޒިންމާ ނުއުފުލޭ ވާހަކަ ދައްކާއިރު އެންމެ ފަހަރަކުވެސް، ތިމާގެ ކިޔަވައިދިނުމާއިމެދު ވިސްނާލިންހެއްޔެވެ؟ އަބަދުވެސް ހަމަ، ކުލާހަށްވަދެ ބޯޑުގައި ލިޔަނީ ނޫންހެއްޔެވެ؟

ޓީޗަރާއި ދިމާލަށް، ކިތަންމެ ކުޑަނަމަވެސް ހިތްހަމަނުޖެހުމުގެ ޝުޢޫރެއް ބެލެނިވެރިޔެއް ފާޅުކުރާއިރަށް، ދަރިން ރަނގަޅުގޮތުގައި، ތަރުބިއްޔަތުކުރާށޭ އެބަ ބުނެއެވެ. ޓީޗަރަށް ނޭނގެނީ، ޓީޗަރުންނަކީ ބެލެނިވެރިންނާއިއެކު ދަރިން ތަރުބިއްޔަތުކުރަން މުސާރަދީފައި ތިބޭ ބައެއްކަމެވެ. ވީމާ، ޝަކުވާއެއްކުރާ ކޮންމެ ފަހަރަކު އެގޮތަށް، ތަރުބިއްޔަތުގެ ހުރިހާކަމެއް ބެލެނިވެރިޔާގެ ބޮލަށް ކަނޑާލުން އެއީ އެއްވެސް ހަމަޔަކަށް ފެތޭ ގޮތެއް ނޫނެވެ.

ކިޔަވައިދިނުމަށް ވަކި ގަޑިއެއް އޮންނަކަމަށް ޓީޗަރެކޭ އެއްގޮތަށް ބެލެނިވެރިޔާވެސް ޤަބޫލުކުރަމެވެ. ނަމަވެސް އެއީ، ޙާލަތުދިމާކުރާގޮތުން ބަދަލުވާ އެއްޗެކެވެ. އުނގެނުމުގައި ފަހަތުގައި ދަރިވަރު އުޅޭނަމަ، ކިޔަވައިދިނުމަށް އޮންނަ ކަމަށް ޓީޗަރު ތިޔަބުނާ ގަޑިޔަށް ބަދަލުގެނެސް އެހީ ފޯރުކޮށްދޭން ޖެހޭނެއެވެ. ނަމަވެސް އަހަރެން މިރަށުގެ ދެ ޕްރައިމަރީ ސްކޫލްގެ މީހުންނާއި ވާހަކަދައްކާލުމުން އެނގުނީ ‘ރިލީފް’ ގަޑިއެއް ނަގަން ބުނުމުން އާންމުކޮށް ތުންދަމާ، ބޮޑާހާކާ ޓީޗަރުން ހަމަ ވަރަށް ގިނަކަމެވެ. ބައެއް ޓީޗަރުންނަށް، އިތުރު ޙަރަކާތުގެ މަސައްކަތެއް ހިންގަން ހަވާލުކޮށްފިނަމަ، އެނޫން އެހެން ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ. އަނެއްބައި ޓީޗަރުން އެކަމެއް ބޮލާލައިޖަހައެވެ. އިރުއިރުކޮޅާ ކޮންމެވެސް ކުއްޖެއް ބޭރަށް ފޮނުވާލާއިރު، ޓީޗަރު އިންނަނީ މޭޒުދޮށުގައި ތަންހަރުވެފައެވެ. ހައިރާންވާކަމަކީ، ބެލެނިވެރިންގެ ފަރުވާކުޑަކަމުގެ ވާހަކަ އެންމެ ގިނައިން ދައްކަނީވެސް، މިބުނި ޓީޗަރުންނަށް ވާކަމެވެ. ކިޔެވޭނީ ކިޔަވަން އުޅޭ ކުއްޖަކަށޭ، ބެލެނިވެރިޔާއާއި ދިމާލަށް ބުނަން ޓީޗަރު ލަދުގަންނަންޖެހޭނެއެވެ. ސަބަބަކީ، ކިޔަވަން ކުދިން ޝައުޤުވެރިވެގެން އުޅޭނެގޮތެއް ހޯދުން އެއީ ޓީޗަރާއި ބެލެނިވެރިޔާގެ ޒިންމާއެކެވެ.

މިހާރަކަށް އައިސް ބައެއް ޓީޗަރުން ވާހަކަދައްކާގޮތުން ހީވަނީ، ހުރިހާ ޒިންމާއެއް އުފުލަން މިޖެހެނީ ބެލެނިވެރިޔާހެންނެވެ. ޓީޗަރަށް އެނގެންވީ، ބެލެނިވެރިޔާއަށް ކިޔަވައިދެވޭނެ ނަމަ ސްކޫލަށް ކުދިން ނުފޮނުވާނެކަމެވެ. އެއިރުން ތިޔަ ޓީޗަރެއް، އަހަރެމެން ފާޑުކިޔާކަށް، އަދި ތަޢުރީފްކުރާކަށްވެސް ވުޖޫދަކު ނުހުންނާނެއެވެ. ދެންވެސް ޝުކުރުވެރިވާށެވެ.

‮ ‬16‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. މޫޓަކަލޭފާނު‮ ‬ވިދާޅުވީ


    ތާރީޚް:14/07/2010

    ތިޔަފާޑުގެ ޓީޗަރުން ވެސް އުޅޭ، އެކަމަކު ހަމަ ގަމާރު ބެލެނިވެރިންވެސް މަދެކޭ ނުބުނެވޭނެ.

  2. ޕޯޕް‮ ‬ވިދާޅުވީ


    ތާރީޚް:14/07/2010

    ސާބަހޭ މޫޓާ ކަލޭފާން

  3. އަންނި‮ ‬ވިދާޅުވީ


    ތާރީޚް:14/07/2010

    ގަމާރު ބެލެނިވެރިންނާ ގަމާރު ޓީޗަރުން ވެސް އުޅޭ. މައްސަލައަކީ އެއެއްނޫން. މައްސަލައަކީ، މިހާރު މުޅި ގައުމަށް މި ދިމާވެގެން އުޅޭ މައްސަލަ. ހުރިހާ ދާއިރާއެއްގައިވެސް ސިޔާސީ ފިކުރު މާބޮޑަށް ހަރުލުން. އެ ހެޔޮ ސްކޫލްތެރޭގައި ވިޔަސް ބަދިގެ ތެރޭގަވެސް އަދި އެނޫން ތަނެއްކަމުގައިވިޔަސް. މައްސަލައަކީ، މިގައުމު އޮޔާ ދާކަން. މައްސަލައަކީ ޓީޗަރުން އެމީހުންގެ ޒިންމާ ހަނދާން ނައްތާލާކަން. މައްސަލައަކީ ބެލެނިވެރިން ގެ މަސްއޫލިއްޔަތު އެބައިމީހުން ނުއުފުލާ ޓީޗަރުންގެ ބޮލަށް ޖަހާކަން. މައްސަލައަކީ، ގައުމުގެ ވެރިޔާ ސިޔާސީ ގޮތުން ފައިދާ ހޯދުމަށްޓަކައި އެހެން ހުރިހާ ކަމެއް ހުއްޓާލާފަ ހުންނަކަން.

  4. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:14/07/2010

    މިލިޔުން ފަރާތް ފާޅު ކޮއްފާވާ ފަރާތުގެ ހިޔާލަށް އަޅުގަނޑު އިހްތިރާމް ކުރަމުން ބުނެލަން އޮތީ ފޫޅުކަޑާލާދުވަހު ގެނެސް ސުކޫލެއްގެ ތެރެޔައް ކުއްޖާ އެއްލާލާފަ ދެން ވާގޮތް ބަލަން ހުރެބަލާށޭ އޭރުން ތިބުނާ މުސާރާގަ ހިފާ ޓީޗަރުން ހުރިހަ ކަމެއްކުރާނެ

  5. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:14/07/2010

    މިއީ ވަރަށް ފުޅާދާއިރާއެއްގައި ބަހުސް ކުރެވިދާނެ މައުލޫއެއް. ޓީޗަރުންގެ ވެސް، ބެލެނިވެރިންގެވެސް މައްސަލަތައް ހަމަ ބައިވަރު އެބަހުރި. ނަމަވެސް އެއްބަޔަކު އަނެއްބަޔަކު ގޯސްކޮށްފައި ވާހަކަ ދައްކިޔަކަށް ހައްލެއް ނާންނާނެ. ރަނގަޅު ގޯސްކޮށް ވާހަކަ ދެއްކީމަ ރަނގަޅު ކުރަން އެނގޭނީވެސް. އެކަމަކު މިކަމުގެ ހައްލަށް ދެކޮޅުންވެސް ވިސްނަމާތޯ؟ އެބަޔެއް ޒިންމާ އެބަޔަކަށް އަދާކުރެވޭތޯ މަސައްކަތް ކުރަމާތޯ؟ އޭރުން ހައްލުވެދާނެ. އެއީ ބުރަކަމެއް.

  6. ދެން‮ ‬ވިދާޅުވީ


    ތާރީޚް:14/07/2010

    ސުވާލަކީ ބެލެނެވެރިންނަށް އެބޭފުޅުންގެ ޒިންމާ ފުރިހަމަޔަށް ނެންގެވޭތޯއޭ؟ ޓީޗަރުންނަށް އެބޭފުޅުންގެ ޒިންމާ ފުރިހަމަޔަށް ނެންގެވޭތޯއޭ؟ ވެރިންނަށް އެބޭފުޅުންގެ ޒިންމާ ފުރިހަމަޔަށް ނެންގެވޭތޯއޭ؟ އަޅެ ޖަވާބު ދެއްވަބަލަ.

  7. ބޮޑުތަރުތީބު‮ ‬ވިދާޅުވީ


    ތާރީޚް:14/07/2010

    ކުދިންނޭ…އިސްލާމީ ނަޒަރަކުން ބަލާއިރު، އެންމެ ފުރަތަމައިންވެސް، ފާޅުގައި ނަސޭޙަތް ދިނުމަކީ، ޙަރާމް ކަމެއް! ބަޔަކު ނުވަތަ މީހަކު އިސްލާޙުކުރަން ބޭނުން ނަމަ، ފުރަތަމަ އެމީހަކާއި ނުވަތަ ބަޔަކާއި ބައްދަލުކޮށް ނަސޭޙަތްތެރިވާން ރަސޫލާ އަންގަވާފައި އޮތީ! އެހެންނޫނީ، އެނަސޭޙަތަކުން ފައިދާއެއް ނުކުރާނެ…އެވާނީ ފޫނެއް ފަޔަށް ފެންފުރުމަށް އަދި ކިއެއްތަ، ބޮޑު ފިތުނަ އަކަށް! ވީމާ، މިކަހަލަ ޢާއްމު ތަނެއްގައި، މިހެން ލިޔަންވާނީ، އިސްލާހުކުރުމަށް ކުރެވުނު ހުރިހާ ކަމެއް ނާކާމިޔާބު ވުމުން! ބެލެނިވެރިޔާއަށް ކަމުނުދާ މުދައްރިސުންނާ ބައްދަލުކޮށް ތިޔަ ވާހަކަތައް ދެއްކުމަށް ނެޞޭޙަތްތެރިވަން…ތިއީ ކޮން ބޭފުޅެއްކަން ނޭނގޭތީ މިހެން މިތާ ބުނަން މިޖެހުނީ…ސަލާމް

  8. އިއްބެ‮ ‬ވިދާޅުވީ


    ތާރީޚް:14/07/2010

    އަޅުގަނޑަށްހީވަނީ މިކަމެއް ލައިގަނެގެން މިއުޅެނީ އަދަކު މިއަދަކުނޫންހެން. މިކަމެއް ލައިގަނެގެން މިއުޅެނީ އަހުލާގީގޮތުން ދައްފެންވަރުގެ ބޯހަރުކުދިންތަކެއްގެ ސަބަބުންހެން. އެކުދިން އައިސް ތަންތައް ހަލާކުކޮށްފައި ދާއިރު ޓީޗަރު އެސަކުވާކުރުމުން ހަމަލާއަންނަނީ ރަށުތެރެއިން. ތެޅުމާއި މާރާމާރީ އަދި ވައްކަން ކުރުން. މިގޮތަށް މިކަންވާއިރު ދަރިވަޅާދޭތެރޭ ސުކޫލަށް އެޅޭ ފިޔަވަޅެއްވެސް ނޯވޭ. ” ހައްގުތައް ގިންކްމުން”. އެހެންކަމުން ކުއްޖާ ކުލާހުގައި ކިތަމެ ސަކަރާތެއް ޖެހިޔަސް ޓީޗަރު އަޅާނުލާ ހުންނަތަންފެނޭ. އަދި ހަމައެހެންމެ ކޮންމެވެސް ސަބަބަކާހުރެ ޓީޗަރުންގެ މޯޓިވޭޝަން ގެއްލިފައިވާހެންވެސް ހީވޭ. މި ފޮޓޯއަށް ބަލާލުމުންވެސް އެކަން އެބަހާމަވޭ. ސުކޫލަށް ގެނައުން މަނާއެއްޗަކުން ނަގާފައިވާ ފޮޓޯއެއް ކަމަށް ބެލެވޭ. އަދި އަނެކާގެ ހުއްދަ ނުހޯދައި އޭނާގެ ފޮޓޯނެގުމަކީ ފަރުދީ މިނިވަންކަމުން ދައުވާ އުފުލިދާނެ ކަމެއް. ހަގީގަތުގައި “ދޮންމަނިކުމެން” މިރަށުގައި ގިނަވެގެން އުނގެނެން ބޭނުންވާކުދިންގެ ހައްގުތައް ނިގުޅެމުންދާކަންވެސް ފާހަގަކުރެވޭ.
    ވައްސަލާމް

  9. މުރީދު‮ ‬ވިދާޅުވީ


    ތާރީޚް:15/07/2010

    ރޭ 7 ޖަހާލާހާއިރު ޖަލާލުއްދީން ސްކޫލުގައި މަސައްކަތްކުރައްވާ އިންޑިޔާގެ ޓީޗަރެއްގެ ގައިގައި ބަޔަކު ތަޅައި ގަތުމުގެ ސަބަބުން އެބޭފުޅާޔަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ. 3 ތަނަކުން ބޯ ފަޅައިގެންގޮސް އިތުރު އަނިޔާ ތަކެއްވެސްވަނީ ލިބިފައި.

  10. މޫޓާ ކަލޭފާނު‮ ‬ވިދާޅުވީ


    ތާރީޚް:15/07/2010

    ރޭގެ ވަގުތެއްގަ ޖަލާލުއްދީން ގަ މަސައްކަތްކުރާ ބޭރު ޓީޗަރަކުގެ ބޮލުގަ ލަގުޑި ބުރިޔަކުން ވަނީ ޖަހާފަ، މިހާދިސާގަ އޭނަގެ ބޮލުން ދެތަނެއް ވަނީ ފެޅިފަ، މިއީ މިއަދުގެ ހާލަތު ޓިޗަރުންނަކަށް ނެތް ސަލާމަތް ތެރިކަމެއް މިރަށު ތެރެޔަކުވެސް ދެން ޓިޗަރުންގެ ޖާނާ މާލު ސަލާމަތް ނުކުރެވޭނަމަ ކިހިނެއްތޯ ޓީޗަރުން މަޖާ ކުރާތަން ތިބޭފުޅުންނަށް ރީތިވާވަރަށް ދަރިންނަށް ކިޔަވައިދޭނީ، ޖަލާލުއްދީން ޓީޗަރުން މިތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގަ

  11. vaahi‮ ‬ވިދާޅުވީ


    ތާރީޚް:15/07/2010

    މިލިޔުންތެރިޔާ ހީކުރަނީ، ރޯނު އެދުރު ބެލެނިވެރިންނޭ ކިޔައިގެން ކޮމެންޓްކުރީ ޓީޗަރެއްކަމަށް..ނޫނޭ. ޓީޗަރެއްނޫން މަށަކީ. މަށަކީ ހަމަ ސީދާ އެޑިޔުކޭޝަން ދާއިރާއިން ޑިގްރީ ނަގައިގެން ހުރި ބެލެނިވެރިޔެއް. ތިޔަ ލިޔުންތެރިޔާގެ މައްސަލައަކީ ޓީޗަރުންނަށް އެމީހުންގެ ދާއިރާގަ އެކުވެރިކަން އާލާކޮށް މަޖާކޮށްލުމަށް ކުޅިވަރު މުބާރާތެއް ވެސް ބޭއްވުމުގެ ހައްޤު އޮތްކަމަށް ޤަބޫލު ނުކުރެވުން. ޓީޗަރުންގެ ތެރޭގައި ކަމުނުދާ މީހުން ތިއްބަކަސް އޭގެ މާނަ އެއް ނޫން ތިގޮތަށް ޓީޗަރުންގެ އަގުވެއްޓޭ ގޮތަށް ކޮމެންޓް ކޮށް، އަދި އެވަރުން ނުވެގެން ބޮޑެތި މަޒުމޫނު ލިޔެ ޓީޗަރުންގެ ލަޔާޤަތާ ޤާބިލިއްޔަތާ ބެހޭގޮތުން ބޮޑެތި ލެކްޗަރ ދިނުމެއް. އަދި ކާމިޔާބު ޓީޗަރުންނާ ނަސީބުވެރި ޓީޗަރުންނާ ބަދުނަސީބުވެރި ޓީޗަރުން ނެއް ނޭގިގެނެއް ނޫޅޭ މިއަދުގެ ތައުލީމީ ޖީލުގެ ކުދިންނަކަށް..

  12. އަހަރެން‮ ‬ވިދާޅުވީ


    ތާރީޚް:15/07/2010

    މިކަހަލަ މީރހުންވެސް އުޅޭ. އަދި ބެލެނިވެރިންވެސް އުޅޭ. އަދި މިލިޔުނު ބޭފުޅާ ޓީޗަރުން ކުރާ ކަންތައްތަކުގެ މައުލޫމާތު އެއްގޮތަކަށްވެސް ނޭނގޭކަން މިލިޔުން ކިޔާލުމުން އެނގިއްޖެ. ޓިޗަރުން އަބަދު ކިޔަވައިދެނީ ބޯޑުގައި ލިޔެ ލިޔެފައެއްނޫން. މިކަމަށް ހެކިވާނެ ވަރަށް ގިނަ ބެލެނިވެރިން. އެމީހުން އަތުން އަބަދު ގެންދާ ތަކެތި. އެހެންވީމާ ތިބޭފުޅާވެސް މައުލޫމާތު ހޯދާލުން ބުއްދިވެރި.

  13. ކަޅޭ‮ ‬ވިދާޅުވީ


    ތާރީޚް:15/07/2010

    ލިޔުންތެރިޔާވޭ،
    މަނިކުފާނޫ ޓީޗަރުން ޝަކުވާ މިކުރަނީ ކުދިން ޓީޗަރުންގެ އެއްޗެއް ކުދިން ހަލާކު ކުރާތި އެއްނޫން އެމީހުން އެޝަކުވާ ކުރަނީ އެއް، އެމީހުން ޝަކުވާ އެ ކުރަނީ ހުރިހާ ރައްޔިތުން ގެ މުދާ ވަކި ކުދިން ތަކެއް ބޭނުންހާގޮތަކަށް ހަލާކުކުރާތި

  14. މާރިޔަތު‮ ‬ވިދާޅުވީ


    ތާރީޚް:16/07/2010

    މިއީ ވަރަށް ގަމާރު ލިޔުންތެރިޔެއް ލިޔެފައިވާ ލިޔުމެއް. ހީވަނީ ކޮންމެވެސް ހަސަދައެއް ފިލުވާލާފަ އޮތްހެން.

  15. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:18/07/2010

    ވަރަށް ބޮޑަށް މަޢާފުކުރައްވާތި. މިއީ “މިއަދުގެ ޙަޤީޤަތް” މި ލިޔުމަށް އަޅުގަނޑު ކޮމެންޓް ކުރަން އައި އިރު، ކޮމެންޓް ބަންދުކޮށްފައިވާތީ، އެތަނުގައި ލިޔުމަށް ބޭނުންވި ކޮމެންޓެއް.

    ތަކުރުފާނަށް.
    ބާޣީންނާއި ޣާޒީންނަކީ ކޮންބައެއްކަން ނޭނގޭހާ ހޭދައިބައިވިޔަކަސް ކަމަކު ނުދާނެ. ބާޣީންނަކީ ދިވެހިންނަށް 1500 ރުފިޔާއަށް ޕްލާސްޓިކް 8 އިންޗި 4 އިންޗި ދިދަ ވިއްކި ޖަނގިޔާ ނާޒިމު ބޮޑުވަގު. އަނެއް ބާޣީއަކީ، ރިޝްވަތު ހޯދުމަށް މީހުން ކައިރީގައި ލާތެޅެމުންދާ ކުއްޓި ނަޝީދު. ދެން ހުރި ބާޣީއަކީ، 1.2 ބިލިޔަން ރުފިޔާ ފެންފޮދަކާ ނުލައި ދިރުވާލައިގެން، އޭގެ ސަބަބުން އަދިވެސް ވާހަކަ ދައްކަން އުނދަގޫ ވެފައި ހުރި ތަސްމީނު. ދެން މަލަކަލްމައުތު މަލާއިކަތަށް ވެސް ނުވަދެވޭނެހެން ހީވެ، ބޮޑު ގަނޑުވަރު އަޅައިގެން ވެރިކަން ކުރި މައުމޫނު. ދެން އޭގެ އަނެއް ވަގު ޢަބްދު ﷲ ޝާހިދު. މިހާރު ބާޣީން އެނގޭތަ.

    ތަކުރުފާނަށް ހީވަނީ އަދި ވެސް މިކަންކަން ފަސް އަޅައި ފޮރުވޭނޭ. ބަލަ އެއަރ ޕޯޓޭ އަނެއްކައްޗެކޭ ކިޔާނެ ކަމެއް ނެތް. ދުނިޔޭގެ ގައުމުތަކުގެ އެއަރޕޯޓުތައް ލޮލުން ނުދެކޭ ގޮފަޅައިން ތިޔަހެން ކިޔަކަސް ހަމަ ވަރިހަމަ. އިރާދަކުރެއްވިއްޔާ، އެ އެއަރޕޯޓު ހަދައި ނިމުމުން އެތަން ބަލަން އެންމެ ފުރަތަމަ އަރުމާޒު ދަތުރު ހަދައިގެން އަންނާނީ ތިޔަ ތަކުރުފާނު. މި ޑީއާރުޕީ މީހުންނަށް ހީވަނީ ބަޔަކާ ތަނެއް ހަވާލުކުރީމާ އެތަން ވިއްކާލީއޭ. ކޮބާ އެމްޑަބްލިއުއެސްއީ އާއި ދިރާގު، އެއީ ވެސް މައުމޫނު ދައުރުގައި ބޭރުގެ ގައުމުތަކުގެ ފައިސާއާ ޙިއްސާވެގެން ހަދާފައިވާ ތަންތަން. ދެން ޚިޔާނާތްތެރިންގެ ވާހަކަ ދައްކަން ފެށީމާ، މި މެހެފިލުން އެ މައުޟޫ ފުހެލާ ހިތުން ތިމާހާ ބުއްދިވެރިއަކު ނެތޭ ހީކޮށް މިވާހަކަ ފެށީ.

    ދެން އަދި ދަންނަވަންތޯ؟ އަޅުގަނޑަށް ވުރެ ގިނަ ތެދު ޙަޤީޤަތް މި ސައިޓްގައި ލިޔުނު މީހަކު ހުރި ކަމެއް ނުދެނަހުރިން. އަދި މިސައިޓްގައި ލިޔާ ލިޔުމަކުން ކުޅުދުއްފުށީގެ އަމާންކަން ގެއްލި، ތަކުރުފާނުމެން އިރިއިރިލާންވީ ސަބަބެއް ވެސް ނުވިސްނޭ. އަދި އަޅުގަނޑު މިތަނުގައި މަތިންބައިން ކޮމެންޓް ކުރާ ކަމަށް ވަންޏާ ތަކުރުފާނު ތިޔަ ކޮމެންޓް ކުރައްވަނީ ޑަބަލް މަތިންބައިން ނޫންބާއޭ ހިތަށް އަރާ. އަޅުގަނޑު މިއީ ދުވަހަކަށް ވުރެ ދުވަހެއް ރައްޔިތުންގެ ކުރިމަތީގައި މިސަރުކާރުގެ އަގު އަރާތީ، އެކަމާ އުފަލުން ނަށަމުންދާ މީހެއް. އަދި، މި ސަރުކާރުންވީ ޚިޔާނާތެއް، ކޮރަޕްޝަނެއްގެ ވާހަކަ މިހާތަނަށް އެއްވެސް މިނިވަން މުއައްސަސާއަކުން ފާހަގަކޮށްފައި ނުވާތީއާއި، މި ސަރުކާރުން އެއްވެސް މީހަކަށް އަނިޔާއެއް ކޮށްފައިނުވާތީ، އެކަމާ ފަޚުރުވެރިވެފައި ހުރި މީހެއް. އަދި ދަންނަވަންތޯ. މިސައިޓަށް ލިޔުއްވާ ގިނަ ލިޔުންތެރިންނަށް ވުރެ އަޅުގަނޑު ދިވެހި ބަހާ މެދު ކޮށްފައިވާ މަސައްކަތާ، ދިވެހި ބަހަށް ހުރި ކުޅަދާނަކަން ވެސް ހަމަ ވަރަށް ބޮޑުވާނެ ތަކުރުފާނު ކޮންމެ އެއްޗެކޭ ވިދާޅުވިއަސް. ޝަހީދު ހުސެއިން އާދަމުގެ ނަމުގައި ތިޔަ ކަހަލަ ޑީއާރުޕީ ގެ ނަޖިހުން ނަޖިސްވެފައިވާ މުޑުދާރު ބޭފުޅުން ވާހަކަ ދައްކާނެ ކަމެއް ނެތް. ތިޔަ މުޑުދާރުކަމާ ހުރެ އަޅުގަނޑަށް ހަމަ ޔަޤީން ޝަހީދު ހުސެއިން އާދަމު ވެސް ތަކުރުފާނު ދެކެ ނުރުހޭނެކަން. އޭނާގެ ފުރާނަ ދުއްވާލީ، ކުރިން މިދެންނެވި ފަދަ ބާޣީންނާ ހަނގުރާމަކުރުމުގައި. އެއީ ޤައުމީ ބަޠަލުން. އަދި ދަންނަވަން، ތަކުރުފާނު ކޮންމެހެން ކުޅުދުއްފުށީ ރައްޔިތުންނޭ ކިޔައިގެން މީހުންނަށް އިންޒާރު ދޭނެ ކަމެއް ވެސް ނެތް. ތިޔަހެން، ނުބައި ނަންނަމުގައި ކޮމެންޓްކުރާ މީހުން ދޭ އިންޒާރަކީ ކޯންޗެއް؟ އަމުދުން ކުޅުދުއްފުށީ ރައްޔިތުންނޭ ކިޔައިގެން ފޮނިކަނޑައި އިންޒާރުދީ، ވާހަކަ ދައްކަން ތަކުރުފާނު ތީ ކާކު؟

  16. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:18/07/2010

    ހާޝިމެއް ކިޔާ ސޮހޯމަންޑެއްޔަށް
    އަހަރެން ނަކީ ހަތަރު ކަށިމަތި ކުޅުދުއްފުށީ ރައްޔިތަކީމެ، އަހަރެންކީ ހުރިހައި އެއްޗެއް ވެސް ކީ އަހަރެންގެ ރަށަށް މިހާރު ފާވެފާވަ ބޮޑު މުސީބާތެއް ކަމަށްވާ ތިޔަ މުނާފިގު ހާޝިމްގެ ކިބައިން ރަށާއި ރައްޔިތުން ސަލާމަތް ކުރުމުގެ މާތް މަގުސަދުގައެވެ. އެމަގުސަދު މިވަނީ މާތްﷲ އަހަރެންނަށް ހިންމަވައިދެއްވާފައެވެ. އެކަން ކަލޭ އަހަރެންގެ ކޮމެންޓް ކިޔުމަށް ފަހު ތިކުރި ކޮމެންޓުން އެގިސާބިތުވެއްޖެއެވެ. އެމްޑީޕީ ގެ މިހިރި މަރުމޯލާއޭ ކަލޭ ދަލު ބޭރުން ކޮމެންޓް ކޮށްފަނަމަނަމަ ކުޅުދުއްފުށްޓާ ކުޅެން ނޫޅޭށޭ އޭރުން އަންނި ބޭބެ ބޮޑުސިއްކަ ދިން އުދުވާނީ ހަމަލާ ދިފާއުކުރަން ޝަހީދު ހުސެން އާދަމް ކުރި ޖިހާދު މި ކުޅުދުއްފުށީ ރައްޔިތުން ކުރާނެ ކަން ކަލޭ ދަންނަން ވާނެއެވެ. އޭމިހިރި މުނާފިގު ކަލޭގެޔާވޭ ކަލޭ ކޮމެންޓް ތިޔަކުރީ މިކަމާ ނުވެސް ގުޅޭ އާރޓިކަލެއްގެ ދަށުގައޭ އޭންވެސް އެގެނީ ކަލޭގެ މުނާފިގު ކަމެވެ. ދެން އެއަރޕޯޓޭ ތިވީދި ގަތީ އެފަ ކަލޭ ވިހޭރޭ މަހަކަށް ވެއްޓުން އެއްޗެއްދޯއެވެ. އެކަލޭ ތިބުނާ ކަރަޕްޓް މީހުން ބިނާ ކުރި ތަނެކެވެ. އެހެނޭ ކިޔާފަ ކަލޭ އެޅި ތަނެއް ދައްކަބަލާށެވެ. އަދި ވެސް ބުނަމެވެ. ދިހެނ ކުޅުދުއްފުށީގެ އަމާން ޖައްވު ކިލަބުކުރަން އުޅޭ ތިކަހަލަ މުނާފިގުން ގެ ނިމުން ވަރަށް ހިތިވާނެއެވެ.