ރާއްޖޭގެ ދިގު ތާރީޚުގައި އެކި ޒަމާން ތަކުގައި ސިޔާސީ ދެކޮޅުވެރިކަމާހެދި ގައުމުގެ އަމަން އަމާންކަމަށް ބުރޫއެރިއެވެ. މަސްލަޙަތު ގެއްލި ފިތުނަ އުފެދިގެން ދިޔައެވެ. މަޝްހޫރު އުތުރު ގަޑުބަޑާ ދެކުނުގެ ބަޣާވާތަކީވެސް ތާރީޚުން ފެންނަން ހުރި ހަޤީޤަތްތަކެވެ. މާލޭގެ ޝާހީ ޢާއިލާތަކުގެ މެދުގައި ވެރިކަމާހެދި ތަޅާފޮޅި ދުވަސްވަރެއްވެސް ދިޔައެވެ.
2008 ވަނަ އަހަރު ފާސްކުރެވުނު އާ ޤާނޫނު އަސާސީ އާއިއެކު ގައުމުގެ މަންޒަރު ބަދަލުވާން ފެށިއެވެ. ދިވެހިން އެތައް ދުވަހެން ވަންދެން އިންތިޒާރުކުރި ޑިމޮކްރަސީ އާއި ރައްޔިތުންގެ ހައްގުތައް އެ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށް ގަބޫލު ކުރެވުނެވެ. މަލްޓިޕާޓީ އިލެކްޝަނެއް ބާއްވާ ގައުމުގެ ވެރިކަމުގެ ތަސްވީރު ބަދަލުވިއެވެ. އެތައް ޒަމާނެއް ވަންދެން ވެރިކަން ކުރަމުން ދިޔަ ބަޔަކު ވެރިކަމުގެ ނާރެހުން ބޭރުކޮށް އާ ބަޔަކު އެ ނާރެހަށް ވެއްދިއެވެ. މިއީ ދިވެހިން އަމިއްލައަށް ބޭނުންވެގެން އެބައިމީހުން ކުޅަ ކަމެކެވެ.
އެއްފަރާތުގައި ތިބީ އެތައް ދުވަހެއް ވަންދެން ވެރިކަން ކުރި ބައެކެވެ. އަނެއް ފަރާތުގައި ގިނައީ ސިޔާސީ ގޮތުން “ތުއްތު” ކުދިންނެވެ. ރިޔާސީ އިންތިހާބެއް ބާއްވާ “ތުއްތު” ކުދިންނަށް ވެރިކަން ލިބުނެވެ. “ހިތްތިރިކޮށްގެން” ކުރިއަށް ދާނެ ކަމަށް ބުނެ މަޖިލީހުގެ އިންތިހާބާ ކުރިމަތިލިއެވެ. އަނެއް ފަރާތުން އެބައިމީހުންނަށް ލިބުނު ޝޮކެއްގެ ސަބަބުން މަޑުމައިތިރިވެ “ހިތްވަރު” ކޮށްގެން ތިބިއެވެ. މަންޒަރު މަޑުމަޑުން ބަދަލުވާން ފެށީ އެހިސާބުންނެވެ.
“އަނެއް ދިވެހިރާއްޖެ”އަށް ގެންގޮސްދިނުމަށް ދަތުރު ފެށި މީހުންނަށް “ހިތާދޫ މީހަކަށް ހުދުފޮށައެއް ލިބުނީމާ ވާހެން” ކޮށްފަ ނުކުރާނެކަމެއް ނޭގުނެއެވެ. އިދިކޮޅުގައިވެސް ބަޔަކު ތިބިކަން ހަނދާން ނައްތާލާ ގައުމުގެ ކަންކަން އެގޮތް މިގޮތަށް ބަދަލުކުރަން ފެށިއެވެ. “ތުއްތު” ކުދިންނަށް ސަރުކާރު އިސް މަގާމުތައް ދީ އެއްވެސް ޤާނޫނެއް ނެތި އަތޮޅުތައް ބައިބަޔަށް ބައިކޮށް ގާނޫނީ ގޮތުން ފަހުން ސުވާލުކުރެވިދާނެ ކަންކަން އެއްވެސް ފިކުރެއް ނެތި ކުރަން ފެށިއެވެ. އެހިސާބަށް ދިއުމުން ދިގު ތިރީސް އަހަރު ވެރިކަމުގެ ކޮއިލުގައި ތިބި މީހުން ނުކުތެވެ. ބައެއް ކަންކަމުގައި މަޖުބޫރުވެގެންނެވެ. އަނެއްބައި ކަންކަމުގައި ވެރިކަމުން ވެއްޓުނީތީ އެކަމުގެ ބަދަލު ހިފުމުގެ ރޫޙުގައެވެ.
ކަންދިމާކުރި ގޮތުން ވެރިކަމަށް އައި ފަރާތުން މަޝްވާރާގެ އުޞޫލާ ކަންކަން ކުރުމުގައި ދޮށީ ބޭފުޅުންގެ ޚިޔާލު ނުހޯދުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މަޖިލީހުގެ އައުލަބިއްޔަތު ގެއްލުމެވެ. ވެރިކަމަށް އެރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވެރިކަމުގައި ތިބި ބަޔަކު އަޑީގައި ތިބެގެން އެމީހުންގެ ކޯލީޝަން ރޫޅާލުމެވެ.
މަޝްވަރާގެ އުޞޫލާ ގައުމުގެ މުހިއްމުކަންކަން ނިންމުމުގައި ތަޖުރިބާކާރުންގެ ބަސްނުހޯދުމާ އިދިކޮޅު ފަރާތްތަކާ ވާހަކަ ނުދެއްކުމުގެ ނަތީޖާ އަކަށްވީ ސަރުކާރުން ކުރަމުން އައި ކަންތައްތަކަށް ގާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން ހުރަސްއެޅުމެވެ. ގާނޫނަކަށް ނުބަލައި އިދިކޮޅު ފަރާތްތަކުގެ ބަސް ނުހޯދައި ކުރަންފެށި ކަންކަން ހުއްޓާލަން ޖެހުމެވެ. “އާ ކުކުޅަށް ގާބިހެއް އެޅިގެން އުޅޭހެން އުޅުމުން އެކަމުގެ ހިތިރަހަ ކަރުބުޑުގައި ލާންފެށިއެވެ.
އެހިސާބުން ސަރުކާރަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން މަޖުބޫރު ވިއެވެ. އަލަށް ރުކަށް އެރިމީހަކުހެން ކާއްޓާ ގަބުޅިއާ ގޮބޮޅިވެސް އަޅަންފެށުނެވެ. ސަރުކާރު ވެރިކަމަށް އެރިފަހުން މިނިވަން މުއައްސަސާތަކާއި މަޖިލީހާ ފަނޑިޔާރުގެއަށް ކުރިމަތި ކުރުވި ތުރާތަށް އިތުރުކުރިއެވެ. އިދިކޮޅު ފަރާތްތަށް ކޮންމެ ގޮތެއް ހަދައިގެންވެސް ހައްޔަރު ކުރަން ބޭނުންވިއެވެ. ސަރުކާރު ތަޖްރިބާ ނެތަތީވެ މިދުވަސް އަންނާނެކަން އޭރަކު ނުވިސްނެއެވެ.
ދެން ފެންނަން ފެށީ މުޅިންވެސް ޅަ އެއްޗެތި އަޅާތަނެއެވެ. ވަޒީރުން އިސްތިއުފާދީ، ސަބްސިޑީ ނުދެވިގެން ދައުލަތުގެ މީޑިޔާ ރަހީނުކުރިތަނެވެ. ސިޔާސީ ޕޯޑިއަމް ތަކުގައި ދައްކާ ވާހަކައަށް ކޯޓުން ހުކުމް ނުކުރާ މައްސަލައެވެ. ބަންދުގެ މުއްދަތު އިތުރުކުރަން ފަނޑިޔާރުގެއަށް ހުށަހަޅަނީ ހަރުގެ ތެރޭގައި ތިބޭ މީހުންދައްކާކަހަލަ ވާހަކަތަކެވެ. ކަންކަން އަނެއްކާވެސް ޕްލޭން ނުކޮށް “ތެޅިގަތީމާ” އަމިއްލަ ގަޔަށް ކަށިހެރެން ފެށިއެވެ. ވަޒީރުން އަލުން ގާނޫނަކަށް ބެލުމެއް ނެތި ހުވާ ކުރިއެވެ. ސަރުކާރުން އަމިއްލަ އަށް ގާނޫނު އަސާސީގައި ކަނޑައެޅިގެން އެގެން އޮންނަކަންކަމުގައި ވެސް ދެކޮޅު ހަދަން ފެށިއެވެ. އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް އިދިކޮޅު މީހުން ކުޑަކަކޫ ޖައްސަން ބޭނުންވިއެވެ. ހައްޔަރު ނުކުރެވުނީމާ ހިމާޔަތް ދޭންކަމަށްބުނެ ހައްޔަރު ކުރަން ފެށިއެވެ. ސަބްސިޑީ ނުދެވިގެން އިސްތިއުފާ ދިން ވަޒީރުން މީޑިޔާގައި ރޯމަހެއް މަރަށް ތެޅޭހެން ތެޅެން ފެށިއެވެ. އެކުވެރި ގައުމުތަކުގެ ރައީސުންނާއި ސަފީރުން ގެނެސްގެންވެސް އެމީހުން މައިތިރި ކުރެވޭތޯ ބެލިއެވެ. ރަށްރަށުން މީހުން މާލެ ގެނެސް ފާޅުގައި ފަނޑިޔާރުންނަށް ބިރުދައްކަން ފެށިއެވެ. ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ސިޔާސީގޮތުން އިދިކޮޅު ފަރާތްތަށް ކަތިލުމުގެ މަސައްކަތް ފެށިއެވެ. ފުލުހުންނާ ސިފައިންގެ އަގު ވައްޓާލައި އެބައިމީހުންނަށް ގާނޫނާ ހިލާފަށް އަމަލު ކުރުމަށް މަޖުބޫރު ކުރުވަން ފެށިއެވެ. މިއީ މިއަދުގެ ހަގީގަތްތަކެވެ. މިނިވަން ސިކުނޑިއަކުން ވިސްނައިފި ނަމަ ފެންނަން ހުރި ހަގީގަތްތަކެވެ.


ޖަމްޝީދު ވިދާޅުވީ
ތާރީޚް:15/07/2010
ކުޅުދުއްފުށީ މީހުން މިކަމުގެ ތެރޭގައި އުޅޭތީ ދެރަވެ ކަންބޮޑުވޭ. މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ސަރުކާރުން ކުރާއިރު އެކަމަށް ސަޕޯޓްދޭން ގދބރ ނައީމުމެން މާލެ ގޮސްގެން އެއުޅެނީ. ގދބރ ނައީމް ނުދަންނަ މީހަކު މިރަށަކު ނޫޅޭނެ. އެކަމަކު އޭނަގެ ފަހަތުންވެސް ސަރުކާރުން ކުރާ ޣައިރު ގާނޫނީ ކަންތައްތަކަށް ހިތްވަރުދޭތީ މައްސަލައަކީ.
މިލިޔުމަށް މަ އެއްބަސްވަން.
ކަޅޭ ވިދާޅުވީ
ތާރީޚް:15/07/2010
މިހާރު ރީދޫ ބައިގަޑަކަށް އެއްވެސް ތާއީދެއް ނެއް އސްތިއުފާދިނުން ބުއްދިވެރި ނޫނީ ހަވަރު އެއްވެ ދާނެ އޭރުން މާރީއްޗެއް ނުވާނެ
Ayya ވިދާޅުވީ
ތާރީޚް:16/07/2010
މުޙައްމަދު މެން ކިތައްމެ ވަރަކަށް މިސަރުކާރަށް ތާއީދު ނެތް ކަން ހާމަކޮށްދޭން މަސައްކަތް ކުރިޔަސް ކުރިން ދުވަހު އެމްޑީޕީން ބޭއްވި ރެލީ އިން ވެސް މިސަރުކާރަށް ހީނުކުރާ ވަރުގެ ތާއީދު އޮތް ކަން ހާމަވެގެން ދިޔަ. އެކަމަކު އެ މަންޒަރު ފެންނާނީ ރީތި ކޮށް މަތިން އެމަންޒަރު ބަލާލި މީހަކަށް، މުޙައްމަދު މެން ގޮތަށް މަގުގެ އެއްފަރާތުގެ ހުރެ ބަލާ މީހުންނަކަށް ރީތި ކޮން މުޅި މަންޒަރެއް ފެނިގެން ނުގޮސްދާނެ. މުޙައްމަދު ތި ފާޅު ކުރީ މުހައްމަދުގެ ޚިޔާލު. އަޅުގަނޑު މި ފާޅު ކުރީ އަޅުގަނޑުގެ ހިޔާލު. ޝުކުރިއްޔާ.
Dog ވިދާޅުވީ
ތާރީޚް:16/07/2010
މިލިޔުން ވަރަށް ފުރިހަމަ، އަސްލު މިވެރިކަން ނިމުމަކަށްގެންނަން މިހާރު މާ ލަސްވެއްޖެ، ސިފައިންނަށް މިސަރުކާރުން ރޭންކު ތަކެއް ދީފައިވާތީ އެކަމުގެ ދަހިވެތިކަމުގައި އިސްކޮށްތިބި މީހުން ގާނޫނަކަށް ބެލުމެއް ނެތް ކަންކުރަނީ އަންނި ބުނާ ގޮތަކަށް، އަންނި އަކީ ގާނޫނަށް ބޯލަނބަން އެނގޭ މީހެއް ނޫން، ތަނަކަށް ހޮވުމުން އެތަނަކަށް އޮންނަ ދައުރު ހަމަނުވަނީ މީގެ ކުރިންވެސް އެތަނަކުން ވަކިކުރަން ޖެހެނީ ގާނޫނަށް ބޯނުލަނބާތީ، ދެން ރީކޯ މޫސަ އަކީ ބޯހުރި މީހެއްކަމުން އޭނާގެ ސިކުނޑީގެ ބޭނުންކޮށް އަންނި ވައްޓާލަން ކުރާކަންތައް އަންނިއަށް ރޭ ކާވެސް ނުލާކަހަލަ، އެހެންޏާފަހެ މޫސަ އަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ޓީކެޓް ލިބުމުން މަކަރުން އަންނި އެދަމައިގަނެގެން ވެރިކަމުގައި ހުރުމަކީ މޫސަގެ ހިތަށް ކެތްކުރެވޭނެކަމެއް ނޫން.
Dog ވިދާޅުވީ
ތާރީޚް:16/07/2010
އެކަމަކު މިމީހުންގެ މިސަކަރާތާއި ހެދި ގައުމު މިދަނީ އިދަޖެހެމުން، ގައުމުގައި ނާމާންކަން މިދަނީ އިތުރުވަމުން، މިއީތޯ އަނެއް ރާއްޖެއަކީ، އަޅުގަނޑު ގވާލަނީ އިދިކޮޅު ފަރާތްތައްވެސް މީހުން އެއްކޮށް ދޭތިން އެކައްޗަށް ހިފާ ކޮންމެވެސް ތަނެއްގައި އަވަހަށް ޖެއްސުމަށް.
vaahi ވިދާޅުވީ
ތާރީޚް:16/07/2010
މުޙައްމަދު އިސްމާއިލް އަކީ ވަކި ފަރާތަކަށް ނުޖެހި ސިޔާސީ ވާހަކަ ލިޔާ ކުއްޖެއް. މައުމޫނު ސަރުކާރު ވެއްޓެމުން އައި ދުވަސްވަރު ވަރަށް ބޮޑަށް އެއިރުގެ އިސްލާހީ ހަރަކާތްތަކަށް ތާއީދުކޮށް ލިޔެފަ ހުރިކަން އަހަރެން ހަނދާން އެބަހުރި. މިހާރު އޭނަޔަށް ފެންނަ ގޮތަށް އަނެއްކާވެސް މިއަދުގެ ހާލަތާ ބެހޭގޮތުން އެ ލިޔަނީ.. މިނިވަންކަމާއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމަށް ހިތްވަރުދެން.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:16/07/2010
“ދުވަހުވެސް މިސްޓޭކެއް ނުހެދޭ މީހަކު އާކަމެއް ތަޖްރިބާ ނުކުރާނެ” އަލްބަރޓް އެއިންސްޓެއިން
މި ނަސޭހަތުން އިބްރަތް ލިބިގަނެ މިހާރު ގައުމަށް މިދިމާ ވެފާވަ ކަންތަކުން އަހަރެމެން ސަލާމަތް ވާން މަސައްކަތް ކުރަމާ ހިގާ
ޕިސްޕިސް ވިދާޅުވީ
ތާރީޚް:16/07/2010
އޭ މުހައްމަދު އިސްމާލުއޭ! ކަލޯހުރޭމަޑުން ތިޔައަދި ކިރުބޯޅަކުއްޖެއް.މިކަހަލަ ކަންތައްތަކުގެ ވާހަކަދެއްކޭވަރެއް އަދިނުވޭ.އަދި ތިޔަ އުޅެނީ މާފަހަތުގަ.އަދިބުނަން ތިޔަކަހަލަ ޑީއާރުޕީ އާއި ޕީއޭގެ ވަގުންގެ ކަރުބުޑުގައި މިފަހަރު ހިތިރަހަ ރަގަނޅަށް ލައްވާލާނެ.ކޮއެފުޅުވެސް ސަލާމަތްބޭނުމިއްޔާ އެމީހުނާ ދުރައްދޭ. މިވެރިކަން އރާދަކުރެއްވިއްޔާ އަދި އެތައްދުވަހަކު ކުރާނެ.ހެޔޮމިލިޓަރީ ވެރިކަމެއްގެނެސް ގެންނަމަވެސް. ޑީޢާރުޕީ ޕީއޭ ވަގުންތައް ތަޅާ ރޯނާ ނުގެންނެވެނީހެއް މިވެރިކަމެއް ނުވެއްޓޭނެ. ކަލޯ ކޮންމެ އެއްޗެކޭ ކިޔަސް.މަށައްވެސް ހަދަ ހަދައިގެން ވާހަކަ ކީދާނެ.
ހާދީ ވިދާޅުވީ
ތާރީޚް:16/07/2010
މިހުރިހާ ހަލަބޮލިކެއް މި ފެށުނީ ކެނެރީގޭ މުހަންމަދު ނަޝީދު ބުނެގެން އޭނަގެ ކެބިނެޓް އިސްތިޢުފާ ދިނުމުން. ނަޝީދަކީ، އެއްވެސް އިރެއްގައި ގަވާޢިދަކަށް، ގާނޫނަކަށް ބޯލެނބި މީހެއް ނޫން. ނަޝީދު އެންމެ ފުރަތަމަ އަހަރެންނަށް ފެންނަންފެށީ 1989 ވަނަ އަހަރު މާލެއިން. އޭރުވެސް އޭނާގެ ކަންތައް ހުންނަގޮތަކީ ވަންވޭއެއްގައި ނަމަ، އިދިކޮޅަށް ބައިސްކަލްދުއްވާނެ ނޫނީ، ބައްތި ނުޖަހަދާނެ، (އޭރު) ސިފައިން ގޮވިޔަސް މަޑެއް ނުކުރާނެ.
ޖަމްޝީދު ވިދާޅުވީ
ތާރީޚް:16/07/2010
ޕިސްޕިސްމެން ތިފަދަ ގޮތަކަށް ވާހަކަ ދެއްކިޔަސް މީހަކު ހައިރާނެއް އަދި ބިރެއްވެސް ނުގަންނާނެ. ތީ ހަމަ އެމްޑީޕީ މީހުންގެ ވައްތަރު. ދިވެހިރައްޔިތުންނަކީވެސް ހަމަ އެކަނި އެމްޑީޕީގެ މީހުން. ގާނޫނުއަސާސީވެސް އެމީހުންގެ މައްޗަކަށް ނުހިނގާނެ. އައްޑު އަތޮޅު ދޫގެސް އާއި އެއާޕޯޓާ އައިޖީއެމްއެޗްގެ ވާހަކަޔާއި ތިލަފުށީގެ ވާހަކަ ކީއްވެ ނުދައްކަނީ. އެތަންތަނުގައި ކޮރަޕްޝަނެއް ނުހިނގާތަ. މިލިޓަރީ ވެރިކަމެއް ދިވެހިރައްޔިތުންނެއް ބޭނުމެއްނޫން. ރީކޯމެން ހަޅޭލަވަލަވަ ތިބެން ޖެހޭނީ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:17/07/2010
‘ދިވެހިންނަށް ބޭރު ރަށްރަށުގައި ލިބިއޮތް އެންމެ ޤަދަރުހުރި ކަންފުޅަކީ، އެތައް ޒަމާނަކުއްސުރެ މި އޮތް ކުޑަ ދެރަ މީސްކޮޅުމަދު ދައުލަތް މި އޮތް ޒަމާނުގައި އަމިއްލަކަންމަތީގައި އިސްލާމްދީން ހިފަހައްޓައިގެން، މުސްތަޤިއްލު ވެރިކަމެއް ކުރާން ތިބޭކަމެވެ. މި ކަމަށް އެންމެން އުފާވެ އެވެ. އަޖާއިބު ވެސް ވޭމެ އެވެ. މި ކަން ނެތެނިކޮށް ދިވެހިންނަކީ އެއްވެސް ބައެއް ނޫންކަމަށް ވެދާނެ އެވެ. މިއީ ކުޑަ ނިޢުމަތެއް ނޫނެވެ.”
ފޝ:ޙުސައިން ޞަލާޙުއްދީން
ތަކުރުފާނު ވިދާޅުވީ
ތާރީޚް:17/07/2010
”ޢަޒުމް ވަރުގަދަ މީހުންނަށް، އާދައިގެ ސިކުނޑިތަކުން އުފައްދާ ވަރުގަދަ ޙަމަލަތަކާ އަބަދުވެސް ކުރިމަތިލާންޖެހެއެވެ.“ އަލް އަހް އަލް އުސްތާޒް މުހައްމަދު ނަޝީދު
ތަކުރުފާނު ވިދާޅުވީ
ތާރީޚް:17/07/2010
”ޙިކްމަތްތެރި މީހައަށް އަޑުއިވޭ އެންމެ ކަމަކުން، ދެ ކަންތައް ދަސްކުރާނެއެވެ.“ އަލް އަހް އަލް އުސްތާޒް މުހައްމަދު ނަޝީދު
ޕިސްޕިސް ވިދާޅުވީ
ތާރީޚް:17/07/2010
އާރަނގަޅު! މިސަރުކާރަށް ހެޔޮނޭދޭ ބަޔަކު އެއީ ދިވެހި ރައްޔިތުންނަކަށް ނުވާނެ.އެއީ ގައުމުގެ ދުސްމިނުން.އެމީހުންނާ ދެކޮޅަށް ހަގުރާމަ ކުރަންޖެހޭނެ،ދިވެހި ކޮންމެ ރައްޔިތަކު.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:17/07/2010
ޕިސްޕިސް ނިކުމޭ ހަގުރާމަޔަށް ކުޅުދުއްފުށީގަ ނިކުތަސް ކަލޭ ބަލިކުރާނަން އަހަރެމެން ދިވެހި ރައްޔިތުން އޭރުން ކަލެޔަށް އެގޭނެ ރައްޔިތުން މިހާރު ތިބީ ކޮން ކޮޅަކައްކަން
ހާޝިމް ވިދާޅުވީ
ތާރީޚް:18/07/2010
މި ލިޔުން އެއްކޮޅުން އަނެއް ކޮޅަށް 3 ފަހަރު ކިޔައިފިން. އެކަމަކު ވެސް އަގުޅިއެއް ހުރި ހަމަ އެއްވެސް (ތަކުރާރުކޮށް: ހަމަ އެއްވެސް) ވާހަކަ އެއް ނުފެނުނު. މި ލިޔުމާއި، މި ލިޔުމަށް ކޮށްފައިވާ ކޮމެންޓްތަކަށް ބަލާއިރު، އަޅުގަނޑަށް އިޙްސާސްކުރެވެނީ، ބަޔަކު މީހުން އަދި ވެސް ދޮގުތަކަކުން އަޅުގަނޑުމެންގެ ލޮލުގައި އަނދުން އަޅުވަން އުޅޭ ހަޑިމުޑުދާރު މަންޒަރު.
ދަންނަވަންތޯ ވާހަކައެއް. މުސްކުޅިން ބުނޭ އަޑެއް ކިޔައިފިއްޔާ ރެނދެއް ލާނޭ. ޢަބްދު ﷲ ޔާމީނަކީ، ނުބައިކަމާއި ނުލަފާކަމާއި، އަދި ޚިޔާނާތާއި ވައްކަމުގެ އެތައް މިލިޔަން ތުހުމަތުތަކެއް ކުރެވޭ ބޭފުޅެއް. މިތަނުގައި ބަޔަކު މީހުންނަށް އޭނާގެ ޙަޤީޤަތް ނޭނގުނަސް، ބައިސްކަލުގަނޑެއްގައި އުޅެމުން އައިސް، ބޮޑެތި ގަނޑުވަރުތަކާއި، އެތައް މިލިޔަން ޑޮލަރަކާއި، ފައިސާއެއް ތިމާގެ އެކައުންޓަށް ވަތް ގޮތް އެއީ ލާޢިޤު ގޮތެއް ކަމަށް ދުވަހެއްގައި ވެސް ބަޔާންކޮށްދެވިފައި ނުވާއިރު، އެއީ އޭގައި ނުކިއްސަރުކަމެއް ނެތް ކަމެއް ކަމަކަށް ނުހެދޭނެ. ކުރެވިފައިވާ އޮޑިޓުތަކުންނާއި، ޑްރަގާއި، މާރާމާރީއާ އެބޭފުޅާއާ ގުޅުން ހުރި ކަމަށް ޒަމާނުގެ އިރު އެރިއްސުރެ ދެކެވެމުން، އެނބުރެމުންދާ ވާހަކަތަކަކީ ހުސް ޙަޤީޤަތް ނެތް ވާހަކަތަކެކޭ ވެސް ދެންނެވުމަކީ ދަތިކަމެއް. ޑީއާރުޕީއާއި ކުރީގެ ސަރުކާރުގެ މުއްފަތުން އުޅެފައިވާ މީހުންގެ ފަސްބައި ތާހިރުވާނެ ކަމަށް ހުވަފެނަކުން ނަމަވެސް ދެކޭ މީހަކީ ބުއްދި ހަމައިން ނެއްޓިފައި ހުރި މޮޔައަކަށް ނޫނީ ނުވާނެ. ގައުމުގެ ޢަދުލު އިންސާފު ޤާއިމުކުރާ މީހުން ބްލެކް މެއިލްކޮށް، ރިޝްވަތުގެ އަވާގައި ޖައްސަމުންދާ ކަމީ ވެސް މީހަކަށް އޮޅިފައިވާ ކަމެއް ނޫން. ކޯޓުތަކުން މޮޅު މީހުންނަށް މޮޅު ގޮތް، ދެރަ މީހުންނަށް ދެރަ ގޮތް ހަދައި، އިންސާފު ނެތިކުރަމުންދާ އިރު ވެސް، އެކަން ނުފެންނަ ލޯތަކަކީ ކަނު ލޯތަކެއް. އެކަން ޤަބޫލު ނުކުރާ މީހުންނީ ހަމަ ސީދާ ރަތްލާޖެހި މުރައްކަބު ޖާހިލުން.
މިވެރިކަމަކީ، ކޮންމެ މީހަކު ނުރުހުނަސް، މާތް ﷲ ގެ ތަޤްދީރުގައިވާ މާސްޓަރ ޕްލޭނާ އެއްގޮތަށް ދެއްވާފައިވާ އެކަލާނގެ ނިޔާފުޅު. އެކަމާ ދެކޮޅެއް ނުހެދޭނެ. ޑީއާރުޕީގެ ވެރިކަމުގެ ހުރި ނަޖިސް، ނުބައި ނޭއްގާނިކަމުން އެ ވެރިކަން މާތް ﷲ ގެންދެވީމާ ވެސް އެކަމާ ދެކޮޅު ހަދައި އެކަލާނގެ ތަޤްދީރަށް އީމާން ނުވެ ތެޅިބާލަމުން، ހޭކުޑައިވެގެން ދުވާ މީހުން އެކަލާނގެ މާ ގިނަ ދުވަހެއް ނުވެ ހަލާކުކުރައްވާނެ. ހިތްތިރިކަމާ އެކު ވެރިކަން ހިންގަން ފެށީމާ ވެސް، ވެރިކަމުގެ އަވާގައި ހޭދެބައިވެގެން، ތިމާއަށް މާތް ﷲ ދެއްވަން އިރާދަފުޅު ނުކުރެއްވި އެއްޗެއް ހޯދަން މަރުދަންޖެހޭ މީހުން އެދަނީ މިދުނިޔެ މަތީގައި ފަޟީޙަތްވެ އަބާއްޖަވެރިވަމުން. ޑީއާރުޕީގެ މީހުންނަކީ ލަދު ޙަޔާތުގެ ޒައްރެއްގެ މިންވަރު ހުރި ބައެއް ނަމަވެސް، މިއަދު ތިބެންޖެހޭނީ، ގޭގޭގެ ފުއްޑުނުތަކުގައި، ގުދަންތަކުގައި ބޮނދައިގެން. އެމީހުން މިގައުމުގެ މުއްސަނދިކަމާއި ތަނަވަސްކަން ކައި ހުސްކޮށް، މި ގައުމު ރޭޕްކޮށްލައިގެން ދިޔައިރު ވެސް، އެވަރު ނޭނގޭ ބުރާންތިން އަދިވެސް ޑީއާރުޕީއަށް ތާއީދުކުރާ ކަމީ، މަޙުޝަރު ދުވަހަށް އީމާން ނުވާ ކަމުގެ އިންތިހާ.
އަދި ދަންނަވަންތޯ. ކިތަންމެ ނުރުހުނަސް، ޑީއާރުޕީ މީހުން ޓީވީތަކުގައި، އިންޓަވިއު ތަކުގައި ހަމަ ބުނަން ޖެހޭނީ ރައީސް ނަޝީދު ވިދާޅުވިއޭ. ރައީސް ނަޝީދު ވަޑައިގަތޭ. އެހެންވީމާ، ނެތެއް ނޫންތޯ ވާ މޮޅެއް. ޅެމެއްގައި ޞަލާޙުއްދީން ވިދާޅުވި. “ނުވާ މޮޅު އެއްކަމެއް ލިބިފައި، އަބުރުވެރިއަކު ކަމަށް ވެވިފާ، ތިމާގެ މަސައްކަތުން ނޫނީ ދިމާއަށް ބާރު ލިބިދާނޭ” އަޅުގަނޑު ދަންނަވާނީ، ޑީއާރުޕީ މީހުން ރައްޔިތުންނަށް ހެޔޮ މަސައްކަތެއް ނުކޮށް، ރައްޔިތުން އެމީހުން ވެރިކަމުން ނަގާ ހޫރާލީމާ، ދެން ނެތޭ ތިޔަ އަބުރުވެރިކަމެއް.
މިއަދު ޔާމީން އާރަށުގައި އޭނާގެ ޙިމާޔަތަށް އެކަހެރިކުރީމާ، ޒަހަރު ދީގެން މަރާލާނޭ ކިޔާ ކޮން ވާހަކައެއްތޯ ދެއްކޭނީ. އަޅުގަނޑުމެންގެ ލޮލުކުރިމަތީގައޭ، ރައީސް ނަޝީދު ޖުމްހޫރީ މައިދާނުގައި އިންދާ، އެމަނިކުފާނުގެ ސަލާމަތަށޭ ކިޔައި ގެން ގޮސް 1 އަހަރަށް ޖަލަށްލީ. އަދި ހިކިފިނިފެންމާގޭ ދޮށަށް މީހުން އެއްކޮށް، އެގޭ ބިއްލޫރިތައް ތަޅާ އެގޭ މީހުން ފަހަތުން ދުވެ، ނާޞިރޭ ކިޔައިގެން ހަޑިހުތުރުހާ ލަވަތައް ކިޔާ މި މުޑުދާރު ޢަމަލުތައް ހިންގީ. ދެން މިވަރު ބަޔަކަށް، މިކަމޭ ކިޔައިގެން އަނގަ ހުޅުވާލަން ކެރޭތީ އަޅުގަނޑު ހިތަށް އަރާ މިބައިމީހުންގެ ލަދާ، ޙަޔާތާ ވީ ކޮން ޕްލެނެޓެއްގައިތޯ. އަޅުގަނޑު ވަރަށް ކެރިހުރެ މިދަންނަވަނީ، ކޮންމެހެން ކަންކަން އޮޅުވާލައްވަން އެއްވެސް ބޭފުޅަކު މަސައްކަތްކުރައްވާނެ ކަމެއް ނެތޭ. މި ދުނިޔޭގައި ޔާމީން މެންނަށް ޙައްޤު އަދަބު ނުލިބުނަސް، ގިޔާމަތްދުވަހު، އެމީހުން ކޭހާ ލާރިއާއި ވީ ހާ ޚިޔާނާތް ބޭޒާރުވީމާ، އެ ދުވަހުން ޑީއާރުޕީ މީހުން ހަޅޭއްލަވަން ދާނީ ކޮންތާކަށް ބާއޭ. މި މީހުންނާ ހުރެ ދެން ނެތޭ ރާއްޖޭގައި ހެޔޮ ވެރިކަމެއް ވެސް ކުރެވޭކަށް. ވެރިކަމުން ނަގާ އެއްލާލީމާ ވެސް، ކުރަފިތަކެއް ހެން އައިސް ވެރިކަމުގެ ކިއްލާގައި އެނބުރޭއިރު ހިތަށް އަރަނީ ކީކޭބާ؟
ޓީ ވިދާޅުވީ
ތާރީޚް:18/07/2010
ހާޝިމޫ ކަލޭ ދައްކާފަ ހުރިވާހަކަތަކުން މަކަރުވެރިކަމާ ކެހިވެރިކަން ނޫން އެހެން އެއްޗެއް މަށަކަށް ނޭގުން ކަލޭ ޖެހޭނީ ތިހެން ދޮގުހަދަހާ ހުންނަން ހަމަ މިސަރުކާރަސް ތާއީދު ރައްޔިތުން ދެނެއް ނުކުރާނެ
ހާޝިމް ވިދާޅުވީ
ތާރީޚް:18/07/2010
ޓީއަށް.
އަޅުގަނޑު ދެއްކި ވާހަކައަށް ރައްދު ދެވޭހާ ތިމާ މީހާގެ ފެންވަރު ނެތިއްޖާ، އަދި އުރަތްޕެއް ހުރި ވާހަކައެއް ދައްކަވަން އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވަންޏާ، މިކަހަލަ ގައުމަށް ނާޒުކު ދަނޑިވަޅުތަކުގައި ތިޔަ ފަދަ ބޭފުޅުން، އިތުރުފުޅު ހެއްދެވުމުގެ ބަދަލުގައި ދެން އަބަދަށް ހަނުހުންނެވުން މާރަނގަޅުވާނެ ކަމަށް ފެނޭ.
ހާޝިމް ވިދާޅުވީ
ތާރީޚް:18/07/2010
އަދި އެއްވާހަކަ. ގައުމީ ބޭންކުން 1.2 ބިލިޔަން ރުފިޔާ (ކުޅުދުއްފުށީގައި އެޅި ނަރުދަމާއާ، މުޅި ރަށް މާލޭ ފެންވަރަށް ގާ އަޅައި، މަދުރަސާތައް 10 ބުރިއަށް ހިއްލާލާ، ރަނގަޅު ބަނދަރަކާއި، އަދި ރަށުގެ ކޮންމެ ރައްޔިތަކަށް 2000 ރުފިޔާގެ މަގުން 5 އަހަރު ވަންދެން ބަހާނެ ފައިސާއާ، 100 ކުދިންނަށް މާލޭގައި ޑިގުރީއަށް ކިޔެވޭހާ ފައިސާ) އެކީގައި ނަންގަވައި، އަދި އެއިން އެންމެ ބައިރުފިޔާއެއް ވެސް ނުދައްކަވާ، ކޯޓުން އެ ދައްކަން ޙުކުމްކުރެއްވީމާ ވެސް އެކަމާ ހިތަށް ކަހެރުވަކެކޭ ވެސް ނާރާ އުޅުއްވާ އަޙުމަދު ތަސްމީނު ދެން ޑީއާރުޕީގެ ލީޑަރަށް ހަދައިގެން، މީހުންގެ މައިބަދަ ބިންދުމުގެ ދުނިޔޭގެ ރެކޯޑު އޮތް ޢުމަރު ނަސީރާއި، އަބަދުމެ ހަމައިން ނެއްޓޭ މަވޯޓާ ޝަރީފާއި، ތިމާއަށް ހުރެވެނީ ކޮންތާކުކަން ވެސް ނޭނގޭ ޙާލުގައި ހުންނަ އިލްހާމާއި، ދެން އެވަރުގެ މޮޅު މީހަކު ނެތް ޢަލީ ވަޙީދާ މި އެންމެން ނައިބު ލީޑަރުންނަށް ލައިގެން، ގައުމުގެ ޚަޒާނާއިން ބިލާދަރު ބޮޑެތި ގަނޑުވަރުތައް އަޅާއިގެން އޭގެ އެންމެ ލޯ ލާރިއެއް ވެސް އަނބުރާ ރައްޔިތުންނަށް ދީފާ ނުވާ ޢުމަރު ޒާހިރާއި، ޢަބްދު ﷲ ޝާހިދުމެން މަތިކޮށްގެން އުޅޭ ޑީއާރުޕީ ރައްޔިތުންނޭ ކިޔައިގެން ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ. އެ ޕާޓީ ޅެން ބަހުން އަޅުގަނޑު ސިފަކުރަނީ: “ރައްޔިތުން ޙައްޤުގައި ބުނެ އިއްވަމުން، ރައްޔިތުންނަށް ކަޅާ ހުދު އޮޅުވަމުން، ރައްޔިތުން ދިވެހި ޕާޓީ ކީ ނަމުން، ރަތް އެ ލާ ޖެހީ ތިބީ ގިނައިން ވަގުން” މިހެންނެވެ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:18/07/2010
ހާޝިމަށް
ވެދުންސަލާމަށް ފަހުދަންނަވަމެވެ.
މަނިކުފާނަކީ ދޮގުހެއްދެވުމާއި އޮޅުވައިލެއްވުމުގެ ރޮގުން ވަރަށް ފުންނާބު އުސްފަރާތެއްކަމަށް ނިކަމެތި އަޅުގަނޑު އެއްބަސް ވަމެވެ. އަދި ރާއްޖެ އަށް މި ނާޒުކު ދަޑިވަޅު ގެނައީ މަނިކުފާނުގެ ރައީސްކަމަށް ވެސް އަޅުގަނޑު ގަބޫލް ކުރަމެވެ. އަދި މާލޭ އިންޓަރނޭޝަނަލް އެ އާޕޯޓް ވިއްކާލުމުގައި މަނިކުފާނުގެ ޕާޓިއަށް މާލީ އެހީތަކެއް ލިބިގެން ދިޔަ ކަންވެސް ދިވެހި ރައްޔިތުން ގަބޫލް ކުރަމެވެ. ހާޝިމް، މަނިކުފާނަކީ މަނިކުފާނުގެ ޕާޓީން ވީމާ އެކުޅަ ކަރަޕްޝަނުގެ އަމަލް ކުއްވެރިކުރުމުގެ ބަދަލުގަ އެއަށް ފަސްލާ ފޮރުވަން މަސައްކަތް ކުރަމުން ދާ ބޭކަލެއްކަން ވެސް ދިވެހި ހުރިހާ ރައްޔިތުން ގަބޫލް ކުރަމެވެ. އަލުގަނޑު މަނިކުފާނުގެ ކިބައިން މިއެދެނީ އެންމެ ކަމަކަށެވެ. މަނިކުފާނުގެ ބުއްދިޔަކީ ހަމަ މަނިކުފާނުގެ ބުއްދިޔެވެ. ކުޅުދުއްފުށްޓަކި އަޅުގަނޑުމެން ގެ ލޯބިވާ މަންމަ އެވެ. އެމަންމައެއްގެ އުގުގަ އަޅުގަނޑުމެން އަމާންކަން މަތީ މިހާތަނަށް ދިރިއުލުނު ތަނެވެ. މިތަނުގަ ފިތުނަ އުފައްދަން މަސައްކަތް ކުރުން ހުއްޓާލުމަށް މިއެދެނީ އިހްތިރާމަ އެކުގައެވެ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:18/07/2010
އޭ ހާޝިމް،
ކަލެޔަށް މިވީހާ ދުވަހު ހެދިފަ ހުރި ރިކޯޑް ތައް ކިޔާލާންތަ! ފުރަތަމަ ކަލެޔަކި ކުޅުދުއްފުށީ ޑޮޓް ކޮމްގަ އެންމެގިނަ ސާބިތް ނުހިފޭ ދޮގު ހެދިމިހާ. ކަލޭތީ ކުޅުދުއްފޫށީގަ މިއޮތް އަމަން އަމާންކަން ނަގާލުމަށް މަސަކަތް ކުރާމީހެއް. ކަލެޔަކީ މަތިން ބައިން މި ސައިޓް ގަ ކޮމެންޓް ކުރާމީހެއް. ކަލޭތީ ރައްޔިތުން ގެ ކުރިމަތީގަ މިސަރުކާރުގެ އަގުވެއްޓިފާވާތީ ބިރުން ފިއްކެޑިފަ ހުރި މީހެއް. ކަލޭތި މިސަރުކާރުގެ ހިޔާނާތާ ރައްޔިތުންނަށް މިކުރާ އަނިޔާގެ ވާހަކަ މީހުން ދައްކާތި އެކަމާ ހިތްދަތިވާމީހެއް. ކަލޭ ތީ ތިމާވަރުގެ ލިޔުން ތެރިކަމަށާ ދިވެހިބަހަށް މޮޅު މީހަކުނެއްކަމަށް ދައުވާ ކުރާ ބޮޑު ދޮގުވެރިޔެއް. ކަލޭ ތިހާވަރިއްޔަ އަޅެނިކަން ކުޅުދުއްފުށީ ބޮޑުމަގުމެދައް ހުއްޓިފަ ގޮވާބަލަ މަމިހިރީ ރައްޔިތުންނާ ދެކޮޅަށް ނިކުމެ މިސަރުކާރު ހިމާޔަތް ކުރަން ނިކުމެޔޭ، ދެން ވާގޮތެއް ބަލާލަން، ދިވެހި ލޭހުރި ދަރިން ތިބިކަން އަނގާލާނަން ކަލެޔަށް، މީ ޝަހީދު ހުސެން އާދަމް ގެ އުފަން ބިން ތަކަހަލަ ބާޣީން ނަށް މީ ބިރުވެރިތަނެއް، މީ މިރަށުކަލެޔަށް ދިން ރީތި އިންޒާރެއް
ހާޝިމް ވިދާޅުވީ
ތާރީޚް:19/07/2010
ތަކުރުފާނަށް.
(ތަކުރުފާނު “މަޖާކުރާ މަންޒަރު އަހަންނަން…. މި އާޓިކަލްގައި އަޅުގަނޑަށް ކޮށްފައިވާ ކޮމެންޓްގެ ޖަވާބު)
ހިސާބަށްވުރެ ބޮޑަށް ކޯފާވެ، ދުނިޔެއިން ވާނުވާ ދަރަޖައަށް ތަކުރުފާނު ގޮސްފައިވާ ކަމަށް މިހާރު ފެންނާތީ، އަދި ޝަހީދު ހުސައިން އާދަމޭ ކިޔައިގެން އެ މަރުޙޫމުގެ ވާހަކަތައް މިތަނުގައި ތިމާގެ އަމިއްލަ އެދުން ޙާޞިލްކުރެވޭނެ ނިވާފަތްގަނޑެއްގެ ގޮތުގައި ދައްކާތީއާއި، ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގައި އެއްވެސް ހައިސިއްޔަތެއް ނެތި ފޮނިކަނޑައި، އިންޒާރުދީ ހަދާތީއާއި، ކުޅުދުއްފުށީ ރައްޔިތުންގެ ކިބައިގައި ހުންނަ ދުރޫސުލްއަޚްލާޤުގެ އެއްވެސް ކަންފުޅެއް، ކުނޑިފުކެއް ވެސް ތަކުރުފާނުގެ ކިބައިން ފެނިފައިނުވާތީ، ޝަހީދު ހުސައިން އާދަމްގެ ފުރާނައަށް ދަންދެން އުނދަގޫކޮށް ތިޔަ އުޅޭ އުޅުން ކުށްވެރިކުރަމުން، ތަކުރުފާނުގެ ތާކުންތާކު ނުޖެހޭ ހޮޅި ވާހަކަތަކަކީ ހަމަ އެއްވެސް އަގެއް ނެތް އެއްޗެއް ކަމަށް ދެކޭ ޙާލު، އަދި ތަކުރުފާނަކީ މިތަނުގައި ކޮމެންޓްކުރުމަށް ކުފޫހަމަވާ ވަރުގެ މީހެއް ނޫންކަމަށް ކަނޑައަޅައި، އެ ގޮތަށް އަޅުގަނޑު ނިންމައިފީމެވެ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:19/07/2010
ހާޝިމްއަށް
ކަލޭގެޔަކީ ގާރޫނާ ފިރުއައުނުފަދައިން ބޮޑާ ވެގެންފާވާ ފަރާތަކަށް ވާތީ ބުނެ އިއްވަމެވެ. މީހަކު މިސައިޓަށް ކޮމެންޓް ކުރުމުން މަނާ ކުރާހާ ފެންވަރު ނެތިސް ކޮމެންޓް ނުކުރާށޭ ކިޔާ ކަލޭ ތިޔަ ރޮއިހޭރެނީ ބަލަގަ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ހިޔާލު ފާޅު ކުރުމުގެ ހައްގު ވަނީ ގާނޫނު އަސާސީން ލިބިދީފާވާކަން ތިޔަ ބުރާންޖަށް ފަހެނޭގެނީހޭ ނޫނީ ގަމާރު ކަމުން ނުވިސްނެނީހެވެ. އަދި ކަލެޔާ ކަލޭގެ ޕާޓީން ގާނޫނު އަސާސީން ލިބިދިފާވަ ހިޔާލުފާޅު ކުރުމުގެ ހައްގުން ދިވެހިރައްޔިތުން މަހްރޫމް ކުރަމުން ދާކަން އެއީ މިއަދު މެންދުރުގެ އިރު ފަދައިން ފާޅުވެ އެގޭކަމެވެ. އޭމިހިރަ މުރަގަ ގަސްދޮށު މާލިމީ އެވެ. ކަލޭ ހިތުން ތިޔަ އުޅެނީ ކުޅުދުއްފުށީ ރައްޔިތުން ޅޮސް އުދޯއްޔަށް އަރުވަންދޯއޭ، ހަމަ ހިލާ ތިޔަކަމެއް ވިޔަކަނުދޭނަމެވެ. ޝަހީދު ހުސައިން އާދަމޭ ބުނާ އިރަށް ކަލޭގެ ބިރުން ގޮތް ހުސްވެ އަތް ފައިފިނިވެ ކިޔޭ ނުކިޔޭ ނޭގި މޭގަނޑު އަގަޔަށް އައީ ދޯއެވެ. އެކަން އެހެން ވާނެކަން މާކުރިން ވެސް މަށަށް އެގެޔެވެ.ޝަހީދު ހުސައިން އާދަމް އެއީ ކަލޭމެން ފުރަތަމަ ރާއްޖެއަށް ދިން އުދުވާނި ހަމަލާ ﷲގެ އިރާދަފުޅުން ނާކާމިޔާބުކޮށްލި ކުޅުދުއްފުށީގެ ބަތަލް އެވެ. އަހަރެން އެދެނީ އެމާތް މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމެވެ.އާމީން، ދެން ކުޅުދުއްފުށި ހުރިހާ ރައްޔިތުންގެ ނަމުގާ ކަލެޔަށް މި އިންޒާރު ދެނި ކަލޭ އަހަރެމެން ރަށުގައި ތިގޮތަށް ފިތުނަ އުފަށް ދާނަމަ އޭގެ ހިތިނަތީޖާ އާ ކުރިމަތިލާން ކަލެޔަށް ޖެހޭނެވެ. އެކަމަކު ކަލެޔަކީ ފިޑި އަގުޅިނެއްކަންނޭލެއް ކަން ވެސް މިހާރު ކަލޭ ތިޔަ ކުރި ކޮމެންޓުން ކުޅުދުއްފުށީ ރައްޔިތުންނަށް ސާބިތުވެއްޖެއެވެ. ކަލެޔަށް މިހިތް ވަރުގަދަ ބަސްތައް އިއްވުމުގެ ތައުފީގު ދެއްވިކަމަށްޓަކާ މާތްﷲ އަސށް ހަމްދާ ޝުކުރު ކުރަމެވެ. އަދި ބުނަމެވެ.މަ މިސައިޓް ގައި ކޮމެންޓް ކުރުން ހުއްޓުވާލަން ކަލޭ ބޭނުން ނަމަ ކަލެޔަށް ލިބިފައިވަ އަސޭ މިރުހާ، ކަރަންޓް މުގުރުގެ ބޭނުން ހިފާށެ، ނޫނީ ކަލޭގެ ބައިގަނޑު ލައްވާ މަގޯތި ދޮރުގެ ބިއްލޫރިތައް ރޭގަޑު ކުޑަކުދިން ނިދާފަތިއްބަ އެއްވެސް ރަހްމެއްނެތި ތަޅާލާށެވެ. ނޫނީ މަގޭ ކަރުގަ ހިފާހާ ބާރު ކަލޭގެ އަތުގަ ވާނަމަ އެކަންކުރާށެވެ. މަމިކަން ހުއްޓާނީ މި އަނިޔާ ވެރިކަމުން ރާއްޖެ ސަލާމަތް ވީމައެވެ.
ސާމާނުބެ ވިދާޅުވީ
ތާރީޚް:19/07/2010
ޕީއޭގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްގެ އޮފީސް ފާސްކުރުމަށް ފަނޑިޔާރަކު ކޯޓު އަމުރު ނެރުނު ފަހުން، ހުރިހާ ފަނޑިޔާރުންގެ އަތުން ޖިނާޢީ ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ތައްގަނޑު ނަންގަވާފައިވާ ކަމަށް ފަނޑިޔާރަކު ބުނެފިއެވެ.
ނަން ހާމަކުރައްވަން ބޭނުންފުޅު ނުވާ އެފަނޑިޔާރު މީޑިއާ މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ނަމީރާގެ އޮފީސް ފާސްކުރުމަށް ހުއްދަ ދިނުމުގެ ކުރިން، ޖިނާޢީ ކޯޓުގެ ތައްގަނޑުތައް ހުރިހާ ފަނޑިޔާރުންގެ އަތުގައި ވެސް ހުރި ކަމަށާއި، އެހެން ނަމަވެސް އޭގެ ފަހުން ހުރިހާ ފަނޑިޔާރުންގެ އަތުން އިސް ޤާޟީ، ޢަބްދުﷲ މުހައްމަދު، އެކޯޓުގެ ތައްޣަނޑު އަތުލައްވާފައިވާ ކަމަށެވެ. އަދި މިހާރު ކޯޓު އަމުރު ނެރެނީ އިސް ޤާޟީ އެކަނި ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.
ޖިނާޢީ ކޯޓުގެ އިސް ޤާޟީ އަކީ ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ ތަޙްޤީޤްތަކަށް ގަސްދުގައި ހުރަސްއަޅުއްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ދަނީ އޭނާ ހައްޔަރުކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. ރާއްޖޭގެ ސްޕްރީމް ކޯތުން ވަނީ ރިޝްވަތުގެ ތުހުމަތުގައި ސަރުކާރުން ހައްޔަރުކުރި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ޕީއޭގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިނިވަންކޮށް، އެމައްސަލައިގައި ވަކާލާތު ކުރި 2 ފުލުހުން ސަސްޕެންޑްކޮށްފައެވެ.
ފުލުހުން ތަކުރާރުކޮށް އަދުލު އިންސާފުގެ ދާއިރާ އިން އެބޭފުޅުންނަށް އެއްބާރުލެއްވުން ނުދެއްވާ ކަމަށް ވިދާޅުވަމުންދާއިރު، އަދުލު އިންސާފުގެ ދާއިރާ ހަނު އޮންނަކަން ފާހަގަކުރެވެއެވެ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:20/07/2010
ހާޝިމަށް
އަނެއްކާ ވެސް ކަލޭގެ ތިޔަ ދޮގުތައް ލިޔެ މި ކޮމެންޓް ގޮޅި އެއްކޮށް ނަޖިސް ކޮށް ފީމްތާދޯ. ކަލޭ ތިޔަ ހަދާ ދޮގުތަކުގެ ސަބަބުން މިރަށުގަ ތަޅާ ފޮޅުން އުއްފަދައި ރަށް ހަލާކު ކުރުން އެއީ ކަލޭގެ މަގްސަދެވެ. ކަލޭގެ ތިޔަ ފިތުނަ ވެރިކަމުން ކުޅުދުއްފުށި ސަލާމަތް ކުރައްވާދޭވެ،އާމީން، އަދި ކަލެޔަށް ބުނެ އަންގަމެވެ ތިޔަ ފާޑަށް އުޅެންޔާ މިސަރުކާރު ވެރިކަމުން ދުރުކުރުމުން ރައްޔިތުންގެ ތެރޭ ފިތުނަ އުފައްދަން މަސައްކަތް ކުރި މީހުން ހިފާ ހައްޔަރު ކުރާ އިރު ކަލޭގެ ވެސް އެބައިގައި ހިމެނިދާނެއެވެ. އަނެއްކާވެސް ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގާ ބުނެ އަނގަމެވެ. ކަލޭ ތިޔަ ދައްޖާލީ ފިތުނަ ވެރިކަން ފެތުރުން ހުއްޓާނުލާނަމަ ކަލެޔަށް އޭގެ ހިތިނަތިޖާ ފެނުން އޮތި ވަރަށް ގާތުގައެވެ. ހާޝިމް އެވެ. ކުޅުދުއްފުށި ރައްޔިތުން ގެ ނަމުގަ ކަލޭ ތީ ދައޖާލް ކަމަށް ނިއްމައިފީމެވެ.
ހާޝިމް ވިދާޅުވީ
ތާރީޚް:20/07/2010
ދެން ހަމަ ތަކުރުފާނު ވިދާޅުވާއިރަށް މީހަކު ދައްޖާލަށްވެ، ނަރަކައަށް ވަންނަންޏާ، ދެން ތިޔަ ދަޢުވާކުރެވެނީ ކަލާނގެކަމަށް ކަމަށް ދެންނެވުން ރަނގަޅުވާނެ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:20/07/2010
ހާޝިމަށް
އަޅުގަނޑު ނުބުނަން ތިބޭފުޅާ ނަރަކަޔަށް ވަންނަވާހަކަޔެއް، ތިބޭފުޅާ ފާޅުކުރައްވާ ހިޔާލުތަކުގަ ސާބިތު ނުހިފޭ ކަހަލަ ވާހަކަތަށް ގިނަވީމަ އެހެން ބުނެވުނީއެވެ.އަޅުގަނޑު ކަލާނގެ ކަމަކަށް ދައުވާއެއް ނުކުރަމެވެ. އަރަބިބަހުން ދައްޖާލަކީ ދޮގުވެރިޔާކަން އަޅުގަނޑު ނުބުންޔަސް ތިބޭފުޅާ އަށް އެގިލައްވާނެއެވެ. ދެން ތިބޭފުޅާ މިތާ ތިޔަ ފާޅުކުރައްވަނި ތިބޭފުޅާގެ ޕާޓިގެ ހިޔާލެވެ. އެޔަށް އަޅުގަނޑު އަހްތިރާމް ކުރަމެވެ. މީގަ އަޅުގަނޑުމެން ދެމީހުން ޒުވާބުކުރުރުމުގެ މާނަޔެއްނެތެވެ. ސަބަބަކީ މީ ހަމައެކަނި އަޅުގަނޑުމެން ދެމީހުންގެ ކަމަކަށް ނުވާތީއެވެ. އެކަމަކު ކޮންމެ ދިވެއްސަކައްވެސް ލިބިފައިވާ މިނިވަންކަން އަޅުގަނޑުމެން ދެމީހުންނަށް ވެސް ލިބިފައިވެއެވެ. ދެންތިބޭފުޅާވެސް ކޮމެންޓް ކުރައްވާ އިރު ތެދު ހެއްދެވުމަށް އަޅުގަނޑު ނަސޭހަތް ތެރިވަމެވެ.