Qauntum

Share

ކުޅުދުއްފުއްޓަށް އުދަ އަރަމުންއެބަދޭ

ކުޅުދުއްފުއްޓަށް އުދަ އަރަމުންއެބަދޭ

ހުޅަނގު މޫސުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުތައް ގަދަވެ، ބާނިތައް އުސްވުމުގެ ސަބަބުން ކުޅުދުއްފުއްޓަށް އުދައަރައިފިއެވެ. ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް އުދަ އެރުމުގެ މައްސަލަ ދިމާވެފައިވާ މިދުވަސްވަރު، ކުޅުދުއްފުއްޓަށް އުދައިގެ އަސަރު ކުރަން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ކުޅުދުއްފުށީ ރަށު އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި މިއަދު ކަނޑުގެ ލޮނުގަނޑު އެންމެ ބޮޑުވެފައިވަނީ ހެނދުނު 10:30 ހާއިރުއެވެ. ހެނދުނު އެރި އުދައިގައި ރަށުގެ ހުޅަނގު ދެކުނު ފަރާތުން ރަށުތެރެޔަށް 200 ފޫޓަށް ލޮނުގަނޑު އަރާފައިވާކަމަށާއި އެހިސާބުގެ 2 ގެޔަކަށް ލޮނު ވަދެފައިވާކަމަށް ރަށުއޮފީހުން ހާމަކުރެއެވެ.

ކުޅުދުއްފުށީގެ އިތުރުން ހދ. އަތޮޅުން ކުމުންދުއަށާއި ނައިވާދޫއަށްވެސް މިއަދު އުދައިގެ އަސަރު ފޯރާފައިވެއެވެ.

އުދައެރުމާއި ގުޅިގެން މިކަމާއި މެދު އެޅިދާނެ ފިޔަވަޅަކާއި މެދު ރަށު އޮފީހާއި ޕްރޮވިންސް އޮފީސް އަދި އެމްއެންޑީއެފް ގުޅިގެން މަޝްވަރާތައް ކުރަމުން އެބަދެއެވެ.

‮ ‬2‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:22/07/2010

    މާތް ﷲ އަޅަމެން ހިމާޔަތް ކުރައްވާންދޭ! އާމީން

    މިއަދު މިއަރަނީ އުދަ. ސައްބީހުގަ އަރާނެޔޯ ގަންޖާ.

  2. Dog‮ ‬ވިދާޅުވީ


    ތާރީޚް:22/07/2010

    ތިހުންނަނީ ހައްތަހާވެސް މާތްﷲ ގެ ކުޅަދުންވަންތަވެރިކަން، އެކަލާނގެއަށް އަޅުކަން ނުކޮށް ދުނިޔެވީ އެދުންތަކާއިގެން އަޅުގަނޑުމެން އުޅެމުން ގެންދާއިރު މިފަދަ ކަންތައް ކުރިމަތިވުމުންވެސް ހޭ އަރާ އިސްލާޙުވުމަށް ދިވެހި ދަރިންނަށް ގޮވާލަން، ގައުމުގައި ގިނަވަމުންދާ އެންމެހާ ނުބައިކަންތައް ހުއްޓުވުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އަޅުގަނޑު ތިޔަ އެންމެ ކަލުންނާއި ކަނބަލުންނަށް ގޮވާލަން. މިގައުމު ހިންގުމަށް މާތްﷲ ގެ އިރާދަފުޅުން އިސްވެފައިތިބި ވެރިން ގައުމު ފަސާދަކުރުން ހުއްޓުވާ އެއްބައި ވަންތަ ބަޔަކަށް ހެދުމަށް ރޭޑިއޯ އާއި ޓީވީގެ އެހެންވެސް ގޮތްގޮތުން މަސައްކަތްކުރުމަށް އަޅުގަނޑު އެދެން، ވެރިކަން ބޭނުންވެގެން އުޅޭ އެހެން މީހުންވެސް އިސްލާމްދީނުގެ މާތް އަގީދާގައި ތިބެގެން މަސައްކަތް،ކުރުމަށް އަޅުގަނޑު ގޮވާލަން، މިއީ ފަނާވެ ދަނިވި ދުނިޔެއްކަމުގައި އެންމެންނަށްވެސް އެނގޭ ހިނދު މިދުނިޔޭގެ ދަޅަތަކުން ސަލާމަތްވެ އާހިރަތް ބާއްޖަވެރިކުރުމަށް އެންމެން މަސައްކަތްކުރުމަށް އަޅުގަނޑު ގޮވާލަމެވެ.

ޚިޔާލު ފާޅުކުރައްވާ