Share

“އަމާން ބަނދަރަކަށް”

“އަމާން ބަނދަރަކަށް”
ސަރިދާވޭސް

އަނެއް ދިވެހިރާއްޖޭގައި އޮންނަ، ސާފުތާހިރު ދިރިއުޅުން ލިބޭ އަމާން ބަނދަރަށް، ދިވެހި ޤައުމީ އޮޑިޔައިގެން ދަތުރު ކުރުމަށްޓަކައި، ފުރަތަމަ ނެގި ފަޅުވެރީންނަށް، ފަސިންޖަރުން ރުހޭފަދަ ޚިދުމަތެއް ދެވޭގޮތެއް ނުވިއެވެ. އެހެން އެވީ، ކޮއްތުދަރު ބޯފެން ލިބޭން އޮތްހާ މަގުތައް ބަންދުވެގެނެވެ. އެމަގުތައް ބަންދުކުޅައީ، އަޅާފައިވާ ކަނޑުމައްޗެވެ.

ފަހެ، އޮޑީގެ ކުރިމަތިން ކަނޑުމަތި އަޅައިފިނަމަ، އޮޑީގެ ދުވެލި ހުއްޓިދާނެއެވެ. އޮޑީގެ ފަހަތުކޮޅުން ކަނޑުމަތި އަޅައިފިނަމަ، އޮޑީގެ ދުވެލި ބާރުވެ، ނުއެނގި ތިއްބާ ފަރަކަށް އަރުވައިފާ ހުއްޓެވެ. އޮޑީގެ ފަށަންދޮށުން ކަނޑުމަތި އަޅައިފިނަމަ، އޮޑީގެ ކުނބުކޮޅުގައި ވޮށް ދިއްލާނެތެވެ.

އިހުރުވެރިން ބުނާގޮތުންވިއްޔާ، ދަތުރުގައި ބޮޑަށް މައްސަލަޖެހޭނީ، އޮޑިދޮށުން ކަނޑުމަތި އެޅީމައެވެ. އެގޮތަށް ކަނޑުމަތި އެޅީމާ، ކުނބުކުރީގައި ވޮއްދިއްލާއިރު، އޮޑިދަށުން ބޮޑުމަލާފަތް ވަރުގެ ރެދަން ގުޅަގުޅަ ނުކުންނާނެއެވެ. ރެދަންގަނޑު އޮޑިޔަށް ފުމެއަރާނެއެވެ. އެހިނދުގައި، ފަޅުވެރިންނާއި ނެވި ނިޔަމީންނަށް ހަދާނެގޮތް ހުސްވާނެއެވެ. ކޮއްތުދަރު ބޯފެން ހުސްވާއިރުވެސް ވާއެއް ނުވާއެއް ނޭނގޭނެއެވެ. އަމާން ބަނދަރަށް ދަތުރުކުރުމުގައި، ފަސިންޖަރުން ރުހޭފަދަ ޚިދުމަތެއް (ފަރަންޖީބަހުން ބުނާނަމަ “ސަބްސިޑީ”) ނުދެވުނީ، މިގޮތަށް ފަށަންދަށުން ކަނޑުމަތި އެޅީމައެވެ.

ފަށަންދަށުން ކަނޑުމަތި އަޅައި، ކުނބުކުރީ ވޮއްދިއްލީމާ، އޭރު އެޒަމާނުގައި ކުރާންޖެހޭކަމަކީ، ޒިކުރު ބޮޑުލަވަ ކިޔާއިރު ކިޔާ ޅެމެއް ކަމަށްވާ “ޔާޢަޡީމުއްޘާނީ ޅެންބައި” ކިޔުމެވެ. މިޅެންބައި ތިންފަހަރު ކިޔާއިރަށް ކަނޑުމަތި ފިލައި ސާފުވާކަމަށް ގަދަ ބަހުގައި ބުނެތެވެ. އަމާން ބަނދަރަށް ކުރި ދަތުރުގައި، ކަނޑުމަތި އެޅުމުން ޓީވީ މޯލްޑިވްސްއިން ގަޑިގަނެގެން ކޮންމެ ރެޔަކާއި ކޮންމެދުވަހަކު “ޔާއަޡީމުއްޘާނީ ޅެންބައި” ކިޔާފައިވެއެވެ. އެކަމަކު (ކިޔުނުލެއް ނުބައީ ތޯއްޗެކޭ) ކަނޑުމައްޗެއް ނުފިލިއެވެ. ކޮއްތުދަރު ބޯފެން ހުސްވާތަން އަތުވެއްޖެއެވެ. އެހެންވުމުން، އޮޑި ފަރަކާ ގާތްކޮއްފައި ފަޅުވެރީންކޮޅު ތޮށިމައްޗަށް އެއްފަހަރާ ބޭރުކޮއްލައިފިއެވެ. ދެންތިބީ، ސަރަނގާ މާލިމީޔާ ދެމީހުންނެވެ. ސަރަނގު ވައްޓާލަން ބުރަކަށީ އަތްއެޅީމާ ބުންޏޯލައޭ “އިރާދަކުރެއްވިއްޔާ މަށެއް ނުފުންމާނަމެވެ.”

ދެން “ޔާޢަޡީމުއްޘާނީ ޅެންބައި” ކިޔަނިކޮށް، އިރުމަތިފަރާތުން “ގިނިކާ މާދޫންޏެއް” އުދުހިފައި އަތުވެއްޖެއެވެ. އެސޮރު ދިންލަފަޔާ އެއްގޮތަށް އަނެއްކާވެސް، ކަކޫތާފެންވަރުގައި އެއްކަލަ ތޮށިމަތީގައިތިބި ފަޅުވެރި ކުދިންކޮޅު އޮޑިޔަށް އަރުވައިފިއެވެ. އެޔާއެކު އަމާން ބަނދަރަށް ދަތުރު ފަށައިފިއެވެ. މިފަހަރުގައިއޮތީ “ގިނިކާ މާދޫނި” ކިޔައިދިންގޮތަށް، އަޅާ ކޮންމެ ކަނޑުމައްޗެއް، ހިފައި ހައްޔަރުކޮށް، ކުޑަގޮޅިއަށް ވައްދައި، ރޭގަނޑު ހަތަރުދަމު ކާފިޔުހިންގާފައި ބާއްވާ ޑިމޮކްރަސީއެވެ. އެއީ، އެންޓިކޮރަޕްޝަން ޑިމޮކްރަސީއެވެ. ނުވަތަ އަހްލީ ހަނގުރާމަފަށާ ޑިމޮކްރަސީއެވެ.

ހާމަ އިން

‮ ‬15‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:21/07/2010

    ފަރަންޖީބަހުން ޚިދުމަތައް ކިޔަނީ ސާރވިސް، ސަބްސިޑީސް އެއްނޫން ، އެކަމަކު ސަރިދާވޭސް މިލިޔުމުގައި ބުނެފައިވަނީ ސަބްސިޑީސް އެއީ ޚިދުމަތް ކަމަށް

  2. Dog‮ ‬ވިދާޅުވީ


    ތާރީޚް:21/07/2010

    ވަރަށް ފުރިހަމަ ލިޔުމެއް، ސާބަހާ އައްސަރި ބަސް ލިޔުނު ފަރާތަށް،

  3. Dog‮ ‬ވިދާޅުވީ


    ތާރީޚް:21/07/2010

    ދޯނި ދުއްވުމަށް އެރީ މުރަގަ ގަހު މާލިމީ އަށް ވާނެގޮތް މިއޮތީ ވެފަ، އެއްވެސް އުރައްޕަތެއް ނެތް މާލިމީ އަކަށް ބޮއްކުރައެއްގައިވެސް ދަތުރުކުރަން އުނދަގޫވާނެ، މިވަރުގެ މާލިމީ އަކަށް ހުރިހާ ވަސީލަތަކާއި އެކު ދާތި ފަހުން 2008 ވަނަ އަހަރު ކަނޑަށް ބޭލު ނާގަނޑުވެސް މިވަނީ ދިޔަވެ ފަރަށް އަރާފައި، ފުންކުރެވޭނެ ގޮތްތައް ނައުގައި ތިބި މީހުން ކިޔައި ދިނަސް މާލިމީ ކިޔެވީ އިނގިރޭސި ވިލާތުން ކަމުން ފަރަންޖީންގެ ބަހަށް ނޫނީ އެކަންކުރާކަށް ބޭނުމެއް ނުވި، ނައު ދުއްވީވެސް އެމީހުންގެ ބަހަށް ދިވެހިން ބުނާ ބަހެއް ނާހާ، އެކުގައި ތިބި ކުރޫންނާއި އިންޖިނޭރުވެސް މާލިމީ އަށް ދެނީ ލަނޑު، އެކަމުވެސް ބަޔަކު މީހުން ފަންޑިތަ ހަދަނީކަމަށް އެމީހުން މާލިމީ އަށް ލަފާދިނުމުން ފަންޑިތަ ހަދާމީހާ އަތުއަޅުވާލެވޭތޯ އުޅެ އެކަން ނުވެގެން އެމީހާ ޖެހުނީ ވަތަށްލައި މަތިން މަޑުއަޅަން އެވަރުންވެސް މާލިމީއަށް ދަތުރުކުރާނެ މަގެއް ނުފެނުން، އެހެންވެ އެކަން މާލިމީ ކިޔެވި ޔުނިވަރސިޓީގެ އެދުރުންނަށް އެނގިގެން ޓެސްޓްގައި މާލިމީ ކޮޕީކުރިކަމަށް ބުނެ އެމީހުން އެދަނީ އެއްޗެތިގޮވަމުން އެންމެ ފަހުން އެތަނުން އެދުރެއް އައުމަށްވެސް އެމީހުން އެދެފި، އެކަމަކު މާލިމީ ލަދުން އެކަމާއި އެއްބަސް ނުވެވުނު ތަނުގައި ކުރިން މާލިމީކަން ކުރި މީހާ އާއި މަސްވަރާކުރާކަށް އަދި އެހެން މީހަކާއި މަސްވަރާކުރާކަށް މީނާ ތައްޔާރެއްނޫން، މިއީ ހެޔޮކަމުގެ ލާމަސީލު މިސާލެއް، ކޮންމެ ގޮތަކުންވެސް މީނާ ބޭނުންވަނީ މާލިމީ ކަން ބަޔެއްގެ ވެރިކަން، އެއީ ތިމާ އެކަމަށް ކިތަމެ ނުކުޅެދުނަސްމެ.

  4. Dog‮ ‬ވިދާޅުވީ


    ތާރީޚް:21/07/2010

    އަނެއްކާ މިހާރު މިއޮށްގޮވާ މޮޔައެއް؟ ސަމުގާ، ޖީ.ޕީ.އެސް ކަމަކު ނުދިޔަ، ދަތުރުކުރުމަށް މީނާ ބޭނުންވަނީ މުރަނގަ ގަހެއް، މިއީ ހަމަ މުރަނގަ ގަހު މާލިމީދޯ، އަނެއްކާ އަންހެނުން ބަދަލުކުރުމަށް ނުބެނެ މިމީހާ ނިމިދާނެ ބާވައެވެ.

  5. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:22/07/2010

    ހާމަ ނޫހުން ލިޔުންތައް ނަގައި، މި ސައިޓްގައި ހިއްޕުމަކީ، ނުވަތަ ތަންތަނުން އެއްޗެހި ނަގައިގެން މި ސައިޓަށް އަޕްލޯޑުކުރުމަކީ، މީގެ ކުރިން މި ސައިޓުން އަޅުގަނޑު ދުށް ކަމެއް ނޫނެވެ. އަޅުގަނޑުގެ ނަޒަރުގައި، އެއީ އެހާ ރަނގަޅު ކަމެއް ވެސް ނޫނެވެ.

  6. އިއްބެ‮ ‬ވިދާޅުވީ


    ތާރީޚް:22/07/2010

    މާޅޮހު ނަސީރުގެ ލިޔުން ހާމަނޫހުން ނަގައިގެން މީގައި ތަތްކުރީމާ މަ މީނީ ވަރަށް ލަދުގަނެ ދެރަވެގެން. އެޑްމިނުން އެ ލިޔުން ނެގުން އެދެން

  7. ނަސީރު‮ ‬ވިދާޅުވީ


    ތާރީޚް:22/07/2010

    ވެދާނެ އެއްނު މާޅޮހު ނަސީރު ބުނެގެން މީގަ ޖެހި އެއްޗެއްކަމަށް. މަދެކުނިން މާޅޮހޭ އާ އެކީ އެމީހުން ކޮފީ އެއްގަ ތިއްބައި. ދެން ކޮންމެ ތަނަކުން ލިޔުން ހިއްޕިއަސް ކަލޭމެންނަށް ހަޖަމު ނުކުރެވުނީދޯ…. އިއްޔެ ވެސް އެއޮތް ކުޅުނު ކުޅިވަރެއް ރައީސް އޮފީހު ތެރޭގައި.

  8. Dog‮ ‬ވިދާޅުވީ


    ތާރީޚް:22/07/2010

    ހާމަ ނޫހުގައި ހުންނަ ލިޔުން އެހެންތަނަކުން ފެނުން އެއީ ގޯހެއްތަ؟ ތިއީ ހަމަ ރީދޫ ހުންޖެހުނީމާ ވާގޮތް މިސަރުކާރުން ބޭނުމެއް ނޫން ރީދޫ ކުލަ މީހުން ނޫނީ މިގައުމުގައި އުޅޭކަށްވެސް އެކަހަލަ ގޮތެއް ހާސިމަށާއި އިއްބެއަށް މިވަނީ، ކޮންމެ އެއްޗެއްގައި އޮތް ލިޔުމެއް ނަމަވެސް މިއީ ވަރަށް ރގަޅު ކަން ހިގާ ގޮތަށް ލިޔެފައިވާ ލިޔުމެއް

  9. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:22/07/2010

    ރީނދޫ ހުމޭ ކިޔައިގެން އަޅުގަނޑާ ބެހުމަކީ ޑޯގަށް ދެން މާ ބޮޑު އުފަލެއް ލިބޭ ކަމަކަށް ވަންޏާ ހަމަ ކުރިއަށް ގެންދަންވީ. އެކަމަކު، މި ލިޔުމާ މެދު އަޅުގަނޑު ދެންނެވިހާ ވެސް ވާހަކައަކީ، ތަންތަނުން މިގޮތަށް ކޮޕީކޮށްގެން މި ސައިޓްގައި ޖެހި ފުރަތަމަ ލިޔުމަކީ މިއީއޭ. މިއީ އަޅުގަނޑަށް އެހާ ކަމުދާ ކަމެއް ނޫނޭ. މި ސައިޓުގައި އެއްވެސް ލިޔުންތެރިއެއްގެ ލިޔުމެއް ނުލިބި، ހަފްތާ ދެ ހަފްތާ ވާއިރު ވެސް، މި ގޮތަށް މީގެ ކުރިން ތަންތަނުން ކަނޑާނަގައިފައި ލިޔުމެއް ޖަހާފައި ނުވާތީ މިހެން މިދެންނެވީ. ދެން އަޅުގަނޑު ނެތިން މި ލިޔުމުގައިވާ ހަމަ އެއްވެސް ވާހަކައަކަށް ކޮމެންޓް ކުރާކަށް. އަޅުގަނޑު ކޮމެންޓް ކުރަން ބޭނުންވާ ނަމަ ކުރާނީ ހާމަ ނޫހުގައި.

  10. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/07/2010

    ހާސިމް ކޮމެންޓްކުރުން އެހާ މުހިއްމެއް ނޫން، ހާޝިމު ކުރާ ކޮންމެ ކޮމެންޓަކީ ރީދޫ ހުމުން ފުރިގެންވާ ކޮމެންޓެއް، ކޮމެންޓް ކުރާ ނަމަ ކުރާނީ އެކަމާއި މެދު ތިމާ ދެކޭގޮތް ލިޔެފަ، އެކަމަކު އެކަމެއް ހާޟިމަކަށް ނުވޭ ހާޝިމް ހިތުގައި އުފެދޭ ސިކުނޑިއަށް ވިސްނޭ އެއްޗެއް ލިޔާނެ ހިތްވަރެއް ހާޟިމްގެ ނެތް، ހާޝިމަކީވެސް ހަމަ ބުއްދި ފިލާ ގޮސް، ޗާޓުން ބޭރުވެފައިވާ ގަންޖާ ބޮލެއް.

  11. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/07/2010

    ހާމަ ނޫސް ނުކިޔާ ކިތަމެ ބަޔަކު މިސައިޓަށް ވަދޭ ހުދު އަޅުގަނޑުވެސް އެނޫސް ކިޔާ ނޫޅެން އެހެން ކަމުން މިސައިޓަށް މިފަދަ ތިލަ ކަންކަމުގެ ހަޤީޤަތް އެނގޭ ފަދަ ލިޔުން ކޮޕީކޮށްގެން ގެނެސް ދިނުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމުގައި އަޅުގަނޑު ދެކެން.

  12. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:23/07/2010

    ހަމަ ބުއްދި ފިލާފައި ހުރުން: މި ލަފްޒުތަކުގެ މާނަ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން އޮޅުވާލަމުން އެބަ ގެންދަވާ. އޭގެ މާނައަކީ ފުރިހަމަ ބުއްދި ލިބިފައި ހުރުން. އޮޅުން ފިލުން، ތަންދޮރު ފިލުން، އަކުރު ފިލުން، ބުއްދި ފިލުން. މިހިރީ ހައްތާ ވެސް ރަނގަޅު މާނަތައް.

  13. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/07/2010

    ކިތަމެ ވަރަކަށް ދިވެހިބަސް އޮޅުވާލަން މަސައްކަތްކުރިއަސް އަދި އެކަން ކަލެއަކަށް އަދި އަންނި އަކަށް ޕްރެސްސެކެޓްރީ އަކަށް ނުކުރެވޭނެ، ހަމަ ބުއްދި ފިލުމަކީ ތިމާ ހުރީ ހަމަހޭގައި ކަމުގައި ނުވުން، ތިމާ އަކީ މޮޔައެއްކަމުގައި ބުނުން، ނިކަން ބުނެބަލަ މީހުން ބުނާނެ އަހަރެންނަކީ ހަމަ ބުއްދީގައި ހުރި މީހެކޭ ދެން އެބުނަނީ އޭނާ އަކީ އަކުރު ފިލާފައިނުވާ ފުރިހަމަ ބުއްދި ލިބިފައިނެތް އޮޅުން ނުފިލާ މީހެކޭތޯއެވެ؟ ހާޝިމް ބުނާ ގޮތުން ނަމަ އެބުނަނީ އެހެންނެވެ. އެކަމަކު ކޮންމެ ދިވެއްސަކަށްވެސް އެނގޭނެ ހަމަ ބުއްދީގައި ތިބުމަކީ ތިމާ ބުއްދި ސަލާމަތުން ހުރުންކަން، ކަލޯމެން ކިތަމެ މަސައްކަތެއް ކުރިއަސް ދިވެހިބަސް އޮޅުވާލުމަކީ އަދި އެހާ ފައްސޭހަ ކަމެއް ނޫން، ކުރިއަށް އޮތް ތަނުގައި ތިބަސްތައް ޑރ.މުސްތަފާ ލައްވާ ޅަދަރިންނަށް ދަސްކޮށްދިނުމުން ފަހަރުގައި އެކަން ކާމިޔާބު ވެދާނެ، ހާޟިމު ބުނާނެ ޗާޓުން ބޭރުވުމަކީ މަދިރިގެއިން ނިކުތުމޭދޯ،

  14. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:23/07/2010

    އަހަރެން ހަތަރެސް ފައިން ޑޯގަށް ތާއީދު

  15. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/07/2010

    ދެން މިކަންކަން މަތިއެޅުމަށް ޖުލައި 26 ވަނަ ދުވަހު ބޯހިޔާ ވަހިކަން ފޯރުކޮށްދޭން ފަށަނީކަމަށް އަޑު އިވެމުން އެބަދޭ، މިރަށަށްވެސް 26 ރޯ ހައުސް އަޅުން އެބައޮތޯ، މިރަށުގައި ރޯ ހައުސް ނެތިގެން އުޅެނީ އެންމެ 26 މީހުން ތޯއެވެ؟ މިހައުސްތަކަށް ވަދެގެން އަބަދު ރޯނީދޯ. އަދި މައުމޫނު ނާސިރުގެ ގެ ފޭރިގަތްކަމަށް ބުނަމުން ގޮސް އެންމެ ފަހުން އެތަނުގައި މައުމޫނު އެޅި ބިލްޑިންގ ވެސް ހުޅުވަން ލިބުމާއި އެކު އެއީ އަންނި އެޅިތަނަކަށް ވެއްޖޯލައެވެ. އަދި އަންނި ރައީސްކަމަށް ނާދެވިގެން އުޅުނު އިރު އެބަޔެއް ދެކެ ރުޅިއައިސް އަނިޔާކުރި މީހުން ކަމުގައިވާ ސިފައިންނަށް މައުމޫނު ސަރުކާރުން އަޅައިދޭން ފެށި ބިލްޑިންގ ހުޅުވުމުގެ ސަރަފް އަންނި އަށް ލިބުމުން އެއީވެސް އޭނާ އެޅިތަނަކަށް މިހާރު މިވަނީ ވެފަޔޯލަ، ހަޔާތްކުޑަޔަސް މިއީ ބޮޑުވަރުދޯ.

ޚިޔާލު ފާޅުކުރައްވާ