ސަރުކާރުގެ މަގު ހެދުމުގެ ޕްރޮގްރާމް ޖުލައި 26 ވަނަ ދުވަހު ފެށޭނެ ކަމަށާއި، އެންމެ ފުރަތަމަ އެޕްރޮގްރާމް ފެށެނީ ކުޅުދުއްފުށީގައި ކަމަށް ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ރައީސް މުޙައްމަދު ނަޝީދު މިއަދު ދެއްވި ހަފްތާ ރޭޑިޔޯ ޚިޠާބުގައިއެވެ. އަދި ދާދި އަވަހަށް ގދ. ތިނަދޫގަޔާއި، އައްޑުއަތޮޅު ހިތަދޫގަޔާއި، އައްޑުއަތޮޅުގެ އެހެން ރަށްރަށުގަޔާއި، ފުވައްމުލަކުގަޔާއި، ލ. އަތޮޅު ގަމުގައިވެސް މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޖުލައި 26 ވަނަ ދުވަހު ކިތަންމެ ބަނދަރެއްގެ ޢަމަލީ މަސައްކަތް ފެށޭނެކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުން ހިންގަވަން ނިންމަވާފައިވާ ވަރަށްގިނަ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް، އަންނަ މިނިވަންދުވަހު ފެށޭކަން ހާމަކުރައްވައި، އެމަޝްރޫޢުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އެގޮތުން ސަރުކާރުން ފޯރުކޮށްދެއްވަން ވަޢުދުވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް، ގދ. ތިނަދޫގަޔާއި، ގއ. ކޮލަމާފުށީގައި އެދުވަހު ފެށޭނެކަން ހާމަކުރެއްވިއެވެ. އަދި އެއަށްފަހު، ދާދި އަވަހަށް އެމަސައްކަތް ކުޅުދުއްފުށީގަޔާއި، މަނަދޫގަޔާއި، ނައިފަރުގަޔާއި، އައްޑުއަތޮޅު ފޭދޫގައިވެސް ފެށިގެންދާނެ ކަމަށާއި، ރާއްޖޭގެ އެހެން ކިތަންމެ ރަށެއްގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުޅުދުއްފުށީގެ މަގުތަކަކީ ދުއްވާ އެއްޗެހި ގިނަ ވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާ މަގުތަކެކެވެ. އަދި ވިއްސާރަ ދުވަސްވަރެއްނަމަ ފެން ބޮޑުވެ މަގު ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ މަގުތަކެކެވެ.

ބޮޑުތަރުތީބު ވިދާޅުވީ
ތާރީޚް:23/07/2010
މަޖިލީހުގެ އިންތިޚާބު ދުވަސްވަރު ކުޅުދުއްފުށީގައި ރައީސް ބޭއްވި ބައްދަލުވުމުގައި، މަގުހެދުމާއިބެހޭގޮތުން ހުށަހެޅި ޕްރެސެންޓޭޝަނުގައި ވިދާޅުވީ ކުޅުދުއްފުށީގެ މަގުތައް ހަދާނީ ތާރުއަޅައިގެންކަމަށް. ނަމަވެސް އޭގެ އަހަރެއްހާދުވަސް ފަހުން މިކަންފެށޭއިރު މިއުޅެނީ ބޮލޮކް (ގައު) އަޅައިގެން މަގުހަދަން (މިކަންއެނގިހުރެ މިހެންމިބުނީ މަށަށްވެސް އެތެރެކޮއިލުގެ ޚަބަރުވެޔޭ). އަދި އެމްޑީޕީގެ ޖަލްސާތަކުގައިވެސް މަގުގައި ގައު އަތުރާފައިވާތީ އެކަމަށް ފާޑުކިޔާތަންނިކަން ފެނޭ. 30 އަހަރޭ، ކިޔަކިޔާފައި. މިހެން މިބުނެލީ ރިކޯޑަށްޓަކައި. މަށަށްހެޔޮ ކޮންމެ އެއްޗެއް އަޅައިގެން މިކަންކުރިޔަސް އެކަމަކު މަރާމާތުކޮށް ބެލެހެއްޓެނިކޮށްއެނިމުނީ. އެނގިދާނެތާ ތިބެބަލަބަލަން. މިހިރަމިހިރަ ކަންކަމަކީ ކޮންމެސަރުކާރަކުން ނަމަވެސް ކޮށްދޭންޖެހޭނެކަންތައްތައް. ނަމަނަމަ ދިއްކޮށްލާ މެޓައަކަށް ވޯޓު ދޫކޮށްނުލާތީ. ވޯޓުދޭންވާނީ ފިސާރިވިސްނާފައި.
Dog ވިދާޅުވީ
ތާރީޚް:24/07/2010
މިއީ ހަމަ ކުޅިގަނޑެއް، ނިކަން ބަލަން ހުރޭ މުޅިގައުމުގެ އެތަން މިތަން ވިއްކާފައި މުއެޅެނީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވޭތޯ، ދެން އަނެއް ކަމަކީ ޤަނޫނާއި ޤާނޫނު އަސާސީ އާއި ޚިލާފަށް އެތަށްކަމެއް ކޮށްފަ އެކަމަކީ ނުކުރާކަމެއް ކަމުގައި މަތިއެޅުމަށްވެސް މިކަންކުރުމުގެ ނިޔަތުގެ ތެރޭގައި ހިމެނިދާނެ، ފަހަރުގައި މިއީ ހަމަ އެހެން ފަހަރު ތަކެކޭ އެއްފަދައިން ފަތަށް ގިނަކުރުމަށް ހެދި ދޮގުތަކަކަށްވެސް ވެދާނެ، ކޮންމެ ގޮތަކަށް ވިޔަސްމެ ހެޔޮ މިރަށުގައި މަގުތަށް ހެދުމަށް އެދި ކުރީ ސަރުކާރަށްވެސް އެތަކެއް އާދޭސް ކުރެވުނު، މިކަން ކޮށްދީފިނަމަ މިއީ އަންނި މިރަށުގެ ތަރައްގީ އަށް ކޮށްދޭ އެންމެ ފުރަތަމަ ކަންކަމުގައިވާނެ، ކޮންމެ ސަރުކާރެއް އޮތަސް މިކަންކަން ކޮށްދިނުމަކީ އެބައެއްގެ މައްޗަށް ވާގިބު ކަމެއް، އަމާ ބުނީތީ ފަރަށްދާ އުސޫލުން މިކަން ނުވާނެކަމުގައި ހީކުރަން، އެކަމަކު ތިހެން ކޮށްލާ އެންމެ ކަމަކުން ވޯޓް ދެވެން ނެތްކަމުގައިވެސް ބުނެލަން ބޭނުން. ކުރި މަގުގައި ސަރުކާރުން ކުރާ ރަގަޅު ކަންތަކަށްބަލާ އަންނަ އިންތިހާބުގައި ވޯޓް ދިނުން އެއީ ވިސްނާކަމެއް ކަމުން އެގޮތަށް ސަރުކާރުގެ އަމަލުތައް ބެހެއްޓުން އެދެން، އަޅުގަނޑުމެން ބޭނުމީ އަންނި އެއް މައުމޫނެއް ތަސް މީނެއް ނޫން އަޅުގަނޑުމެންގެ ގައުމަށް ޚިދުމަތްކޮށްދޭ ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް،
Dog ވިދާޅުވީ
ތާރީޚް:24/07/2010
މާލޭގެ ބިންތައް ތިވިއްކާލަނީ މިކަންތައްކުރުމަށް ދެއްތޯ، އެކަމަކު އެއްޗެއް ވިއްކާލާއިރު ވިސްނާލުން މުހިންމު ތިހުންނަނީ ކީ ދެން އަލުން ލިބޭނެ އެއްޗެއް ނޫން. އެނޫން ގޮތްގޮތްވެސް ހުއްޓާ މާލޭ ބިންކޮޅެއް ވިއްކާލުމުން މުޅި ގައުމަށް ލިބޭނެ ހިތްދަތިކަން ވިސްނާލަ ބަލަ، ތިބާގެ ގެ އިނގިރޭސި ވިލާތުގައި ހުއްޓެއްކަމަކު އަޅުގަނޑުމެންނަށް މިގައުމު ނޫން އެހެން ގައުމެއް ނެތް.
ނަސީރު ވިދާޅުވީ
ތާރީޚް:24/07/2010
ކުޅުދުއްފުށީ މީހުންގެ ގަމާރުކަން މިފަހަރު ފެނިގެންދާނެ. މިސަރުކާރު ވެރިކަމަށް ގެނައީ މިފަދަ މަސައްކަތްތައް ރަށުގައި ކުރުމަށް. ފޭސްބުކްގަ އުޅޭ ޅަ ސޮރޮމެންނަށް ގަޕޯ ލާރިދީގެން އެމްޑީޕީ އަށް ކެމްޕޭން ކޮށްދެނީ. އެމީހުން ބުނަނީ ސަރުކާރު ކިހާ ހެޔޮފުޅުހޭ. ދަންނަވާލަން ބޭނުންވަނީ ސަރުކާރު ހެޔޮ ވާން ޖެހޭނެޔޭ. 30 އަހަރުވެސް ކަންތައްތައް ކޮށްދެއްވި. ސަރުކާރު ހުރިހާ އިމާރާތަކާއި ސްކޫލް ތަކާއި ހޮސްޕިޓަލަކީވެސް ކުރީ ސަރުކާރުގެ ތަންތަން. މިސަރުކާރު އައިރު ނެތް އެފަދަ ކަމެއް ކުރަން ޖެހިފައެއް. މިއަދު މިސަރުކާރަށް ޖެހޭނީ އެތަންތަނުން ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން. މިސަރުކާރު މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް ވޯޓު ހޯދަން ދުވިއިރު ހާދަ ވައުދެއް ވިޔޭ. ހަމައެކަނި ކުޅުދުއްފުށީގަ ކޮށްދޭނެ ކަންތައްތަށްވެސް ވަރަށް ގިނަ.
Dog ވިދާޅުވީ
ތާރީޚް:24/07/2010
ނަސީރު ތިބުނީ ތެދެއް، އެކަމަކު މިސަރުކާރުން އަދި މިއުޅެނީ އެއްކަމެއްވެސް ކޮށް ނުދެވިގެން ގަޕޯމެންނަށް އެކަން ނޭނގޭއެއްވެސް ނޫން އެކަމަކު ތިމާ ފަޅުރަށަކުން ފިނޭ މުޙައްމަދު އޮޑިއެއް ބަނުމަށް ހުއްދަނެތި ގަސްތައް ކެނޑި މައްސަލަ ބަލާފާނެތީ ދޮގުތައް ހަދައިގެން ކެމްޕޭނު ކުރަނީ އެކަން އަޅުގަނޑުމެން ދެނަހުރިން، މިހާރުވެސް ހޮސްޕިޓާތަކުން ދެވޭ ޚިދުމަތް ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުން، ނުވިތާކަށް ފީދައްކަންވެސް މިހާރު ޖެހޭ، މިއީ ތިބުނާ ހެޔޮވެރިކަމުގެ ހަޤީޤަތް.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:25/07/2010
އާނ ކަލޭނޭ، މައުމޫނު އާދޭ މިރަށުގަ ގާއަތުރަން. އެހެންމީހަކު އެކަންކޮށްދީގެން މިމީހުނަކަށް ކަމަކުނުދާނެ. އަވަހަށް މުސްކުޅިބޭ އާދޭ.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:25/07/2010
ދެންޑީއާރުޕީ ކުދިންކޮޅު ތިބޭ ހިންދިރުވާލަ ދިރުވާލަ.ގާއެޅީމަ ފަސޭހަވާނޭ ކަލެމެނަށް ވަސް.އައްދެ ނޭނގެދޯ އެގާތައް މައްޗައް އަރާނެ ކަމެއްވެސް މިކުދިން.
ނަސީރު ވިދާޅުވީ
ތާރީޚް:25/07/2010
ޕިސްޕިސްގެ ތި ވިސްނުން އަދި ރަނގަޅެއް ނޫން. ކޮންމެ ސަރުކާރެއް އޮތަސް ކަންތައްތައް ކޮށްދޭން ޖެހޭނެ. މައުމޫނު ވެރިކަން ކުރި ޒަމާނުގަ އަޅާފަ ހުރި ހޮސްޕިޓަލެއް އެހުރީ. ދެން ބުނަން ވީނު އެތަނަށް މައުމޫނާ އިދިކޮޅު މީހުން ނުވަންނާށޭ. ހަމަ އެގޮތަށް ސްކޫލް ތައް ވެސް. ރަށު އޮފީހާ ޕުރޮވިންސް އޮފީސްވެސް. ބަނދަރުވެސް، ގާއެތުރިއަސް ނަރުދަމާ އެޅިޔަސް އެއީކީ މައްސަލައެއް ނޫން. އެކަމަށް އަހަރެމެން ލޮލުން ބޮލުން ތާއީދު ކުރަން.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:25/07/2010
ދެން އެހެން ވިއްޔާ މީހަކު އަނގައޭ ކުރިން ތިޔަ ވީދުނީ.، ކަލެމެންގެ ވާހަކައިން ހިވަނީ މައުމޫނޭ ހުރިހާކަމެއްކުރަންވާނީ،އެހެންމީހަކު ކުރާކަމެއް ކަމަކުނުދާނޭ.އެހެން މީހަކު ކުރާކަމެއްވެސް ކުރާނީ ނުބައި ރޭވުމެއްގަ ނުބައި މަގުސަދެއް އޮވެގެނޭ ތިޔަ ގޮވަނީ.އަމިއްލަޔަށް ތިޔަ ކިޔޭ އެއްޗެއް ވިސްނަބަލަ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:25/07/2010
ޕިސްޕިސް ހަމަ ޖެހޭ އަދި ތިވަރަށް ތެޅޭކަށް ނުވެޔޭނުން، މިސަރުކާރަކަށް އަދި މިރަށަކަށް ކަމެއް ކޮށެއް ނުދެވެޔޭނުންދޯ، ދެން ތިކަން ވަސް ވީކަމަށް ބެލެވޭނީ ތިކަމެއްނިމި އަހަރެމެނަށް އޭގެން ފަސޭހަތަކެއްވާން ފެށީމަ،އިހަށް މިތާ ވާދަނުކިޔަ މަޑުން ބަލަން ތިބެމާ ބަހީ
Dog ވިދާޅުވީ
ތާރީޚް:25/07/2010
ބަލަގާ ނުބައި ރޭވުމެއް ނެތޭ ބުނެވޭކަށް ނެތެންނުންތޯ؟ ކަމެއް އަދި މުއުޅެނީ ނުވެސް ފެށިގެން އަޑު ތިހުރީ އިންތިހާގައި، މިއިންވެސް އެނގޭ ކަމަކީ ސަރުކާރުން ވިސްނަނީ ބަޔަކު ހައްދައިގެން ވެރިކަމާއި ބާރާ ނުފޫޒު ފޯރުވުން، އަނެއްކާ ތިކަން ތިހެން އޮތް އިރު އެކަމުގެ ވާހަކަ ނުދައްކާ އިހަށް ކުރިކަމަކީ ގާނޫނު އަސާސީ އަތަށް އޮޅާލެއްވީ، ދެން މިއީ ނުބައި ނިޔަތެއް ނެތްކަމެކޭ ބުނެވޭނެތޯއެވެ؟ އަނެއް ކަމަކީ މައުމޫނުވެސް ވޯޓް ދުވަސް ވަރާ ދިމާކޮށް ކޮށްދިންކަންތައް މިރަށުން ގިނައި ފެންނަ ހުރީ އެންމެ ފަހުން ކުރި ކަންތަކަކީ ނަރުދަމާ އޭގެ ކުރިން ބަނދަރު، ވީއިރު މީނާވެސް މިހިނގަނީ އެމަގުން އެއަށްވުރެ ބަނޑިއިތުރަށް ލައްވަމުން، ދެން ތިބުނަނީ ގާ އެތުރީމަ އެތަނުގައި ނުހިނގާށޭތަ ބަލަގާ ގާ އަތުރަނީ ކީ MDP މީހުންގެ ޖީބުން ލާރި ހޭދަކޮށްގެންނެތް ނޫން، ދިވެހިސަރުކާރުގެ މާލިއްޔަތުން ކަމަށްވަންޏާ އެއީ ހަމަ އަޅުގަނޑުމެންގެ އެއްޗެއް، ދެން ކުރީ ސަރުކާރުން އެޅި ހޮސްޕިޓަލާއި ސުކޫލަށް ވާތި ތޯ މިހާރު އެތަނަށް އަޅައިނުލާ ވާނެ ގޮތެއް ވާން ދޫކޮށްލާފައި މިވަނީ، އެހެން ވިއްޔާ އަވަހަށް އަޅުގަނޑުމެންނަށް ޚިދުމަތްދިނުމަށް އެފަދަ ދެވަނަ ތަނެއް ހަދައިދޭން ވީނުންތޯ، ވެރިކަމަކީ ބާރާއި ނުފޫޒު ފޯރުވުމަށް ބަޔަކު ނިކަމެތި ކުރުމަށް ލިބޭ އެއްޗެއް ނޫން، ރައްޔިތުންނަށް ޚިދުމަތްކުރުމަށް، އެކަން ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ކުރަން ޖެހޭނެ، އަދިވާ މީނާ އަށް ކުރެވުނު ކަމެއް ނުވެސް ނެތޭނުންދޯ.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:27/07/2010
މިގައުމަށް އެއްވެސް ރަނގަޅުކަމެއްނުކުރެވޭނެ، ޑޯގު މެން ކަހަލަ ހަޑި މުޑުދާރު ހާއިނުން މިގައުމު ހަލާކު ކުރަންޏަކާ! ގައިމުވެސް މަށައް އެނގޭ ކަމަކީ އެއްވެސް ވެރިޔެއްބޭނުމެއް ނުވާނެ ކަން ގައުމަށް ދެރައެއްދޭކަށް ވެދާނެ ޑޯގުމެންނަށް ތިޔަހެން ތިޔަހީވަނީ މައުމޫނު ވެރިކަންކުރި ހުދުމުހުތާރު މިދުނިޔެ ނުދެކޭވަރުގެ އަނިޔާވެރި މައުމޫނުގެ 30 އަހަރު ވެރިކަންކުރި ގޮތް ކަމުދާތީކަމަށް. ދެން، ޑޯގުގެ އަދި ޑީއާރުޕީގެ ކުއްޖަކުގެ ކޮމެންޓަކަށް އިންތިޒާރު ކުރަމުން ވަކިވެލަން.
ހާޝިމް ވިދާޅުވީ
ތާރީޚް:29/07/2010
ދަންނަވަންތޯ ވާހަކައެއް. ކޮންމެ ސަރުކާރަކުން ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމުގައި ބަލަނީ ރައްޔިތުންގެ ރުހުމާއި ތާއީދު ހޯދުމަށް. އެއީ ހުތުރު ކަމެއް ވެސް ނޫން ފާފަ އެއް ވެސް ނޫން އަދި ޑިމޮކްރަސީއާ ޚިލާފު ކަމެއް ވެސް ނޫން. ތެދެއް. މަޖިލިސް އިންތިޚާބާ ގުޅިގެން ވެސް މި ސަރުކާރުން ކަންކަން ކޮށްދެއްވި. ޖުލައި 26 އާ ދިމާކޮށް އެތައް ކަމެއް ފަށައި، އެތައް ކަމެއްގެ ނިމުން ފާހަގަކުރި. އަދި މަޑުކުރައްވާ. ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން ވެސް އެތައް ކަމެއް އިޢުލާންކުރެވި ފެށިގެންދާނެ. މިއީ ނޫންތޯ ސިޔާސީ މީހުން ކުރާ ކަމަކީ. މިވަރު ނޭނގޭ ބުރާންތި މަރުމޯލުން ދެން މި ކަހަލަ ތަންތަނުގައި، ކޮމްޕިއުޓަރުން ތާނަ ލިޔަން ދަސްވިއެއް ކަމަކު، ހެޔޮ ނުވާނެއެއް ނޫންތޯ ޚިޔާލުފާޅުކުރާކަށް. ހަމަ ދެން މިނިވަންކަން އޮތީތީއޭ ކިޔާފައި، ކޮހެއް ނުގޮވޭނެ ޚިޔާލުފާޅުކުރުމުގެ ނަމުގައި. މިސާލެއް ދަންނަވާނަން. ނުވިހިގެން ހާލުދެރަވެގެން އޮތް އަންހެނަކު ސިޒޭރިއަން ހެދުމަށް ޑޮކްޓަރުން ނިންމުމުން، ދެން އެތަނުގައި ހުންނަ ޔޫސުބަކާއި ތަކުރުފާނަކާއި މުދިންބެ ފާޅުކުރަން އޮންނާނީ ކޮން އިތުރު ޚިޔާލެއްތޯ. އެ މީހުން ފާޅުކުރާ ޚިޔާލަށް ޢަމަލުކުރަން ޖެހޭތޯ. މިއީ، ޚިޔާލުފާޅު ކުރުމުގެ ޙައްޤު ނޯންނަ ފަދަ ޙާލަތެއްގެ މިސާލެއް. މި ތަނުގައި، ސިޔާސީ ބޭފުޅުންގެ ޢަމަލުފުޅުތަކާއި، ބައްޓަމާއި ސިޔާސަތުގެ ވައްޓަފާޅި ދެން ހަމަ ދެނެވަޑައިނުގެން ފާޑުފާޑުގެ ޚިޔާލުފާޅު ކުރެއްވީމާ ވާ ގޮތަކީ، އެއްކަލަ ޔޫސުބަށާއި ތަކުރުފާނަށާއި މުދިންބެ އަށޭ މި ވެ ވަޑައިގެންނެވެނީ، ހެޔޮ ވާނެތޯ. ކަންކަން ސަރުކާރުން ކޮށް ދެއްވުމަށް ނިންމެވީމާ، ދެން އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއްގެ ފުކެއްގެ ބުޑެއް ވެސް އެނގުމެއް ނެތް މުރައްކަބު ޖާހިލުން ދައްކާ ވާހަކަ އަށް ހެއްލުމަށް ވުރެ ބޮޑު ގެއްލުމެއް ސަރުކާރަކަށް ނޯންނާނެ. އަމުދުން މި ސަރުކާރުން އެ ފަދަ މަރުމޯލު ޚިޔާލުތަކަށް ދީލާލައެއް ނުލާނެ. ކަންކަން ދާނީ ކުރިއަށް. ކަންކަން ދާނީ ރަނގަޅަށް އިރާދަކުރެއްވިއްޔާ. ކުރީ ސަރުކާރުގެ 30 އަހަރު ނުވާ ކަންކަން މިހިރަ ދަނީ 3 އަހަރު ދުވަހުގެ ތެރޭގައި ފެށެމުން، ކުރެވެމުން. މި މަންޒަރު ފެނުނީމާ، ކުރީ ސަރުކާރުގެ ތައްޕާހުގައި ބަނޑުފުރާނަ މުއްތި ކުރި މީހުންނަށް އަނބުރާ އަލުން ސަރުކާރު ނުލިބޭނޭ މަރުގައިމުވާހެން ގައިމުވީމާ ދެން މި ގޮވަނީ މަރުކޮސް. އެ ފަދަ ދެ ތިން ކެނައަކު ނުރުހުނަކަސް، ސަރުކާރުން ކަންކަން ގެންދަވާނެ ކުރިއަށް. ދަންނަން ޖެހޭ ޙަޤީޤަތަކީ، ސަރުކާރަކަށް ވުރެ ފާޓުފުޅާ، ސަރުކާރަކަށް ވުރެ ބޮޑު ހަމަ އެކަކު ވެސް ނުހުންނާނޭ. އެހެންވީމާ އެ މީހެއްގެ ބައްޓަމުގައި އެމީހަކު ހުރީމާ ހުންނާނީ ރަނގަޅަށޭ. ފުއްކޮށްޔަކަށް ނުހެދޭށޭ. ތިޔަހެން އުޅެނިކޮށް ދާނީ ފަޅައިގެންނޭ.