ކުޅުދުއްފުށީގައި ޓްރޭޑް ފެއަރ އެއް ފެށިގެން ކުރިޔަށް އެބަދެއެވެ. ޖުލައި މަހުގެ 23 އިން 26 އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރޭޑް ފެއަރ އިއްޔެ ހުޅުއްވައިދެއްވީ ކުޅުދުއްފުށީ ކައުންސިލަރ ޖަމްޝީދު މުޙައްމަދެވެ.
ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕީޓީއޭ އާއި ކުޅުދުއްފުށީ ވިޔަފާރިވެރިން ގުޅިގެން ބާއްވާ މިޓްރޭޑް ފެއަރގައި 15 ސްޓޯލެއް ވަނީ ހެދިފައެވެ. މިއިން ކޮންމެ ސްޓޯލެއް ވިއްކާފައިވަނީ 800 ރުފިޔާއަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ޓްރޭޑް ފެއަރ އިން ލިބޭފައިސާ ބޭނުންކުރާނީ ޕީޓީއޭއިން އިންތިޒާމްކުރާ ކަންތައްތަކަށް ކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

Dog ވިދާޅުވީ
ތާރީޚް:24/07/2010
އެތަނުގައި ނެތް ކަމުދާ އެކައްޗެއްވެސް ނުވިކިގެން އުކާލަން ހުރި އެއްޗެތި ލައިގެން ……………..
ތަކުރުފާނު ވިދާޅުވީ
ތާރީޚް:24/07/2010
ޑޯގު ތިޔަ ބުނީ ހައްގު ތެދެއް، ކަލޭ ތިޔަ ހަމަ މަ