Share

މިނިވަންދުވަސް 26 ޖުލައިގައި ފާހަގަކުރާއިރު ވޭތުވެދިޔަ 25 ދުވަސް އަދި ހަނދާންނުނެތެއެވެ.

މިނިވަންދުވަސް 26 ޖުލައިގައި ފާހަގަކުރާއިރު ވޭތުވެދިޔަ 25 ދުވަސް އަދި ހަނދާންނުނެތެއެވެ.
މުޙައްމަދު ޢަލީ ޙުސައިން

މިއަދަކީ އަޅުގަނޑުމެންގެ އުފާވެރި މިނިވަންދުވަހެވެ. އެއްވެސް ލޭ އޮހުރުވުމެއްނެތި، އެއްވެސް ހަމަނުޖެހުމެއްނެތި، މިނިވަންކަން ލިބުނު ޤައުމެއް މިސަރަޙައްދުގައި މިނޫނީ ނެތެވެ. އިންޑިޔާއާއި އާއި ޕާކިސްތާނު ބައްލަވާށެވެ. ލަންކާގައި ތަމަޅަ ޓައިގަރުންނާއި މަދަނީންނެވެ. ބަންގާޅުން ޕާކިސްތާނާއިއެކުގައި ކުރި ހަނގުރާމައެވެ. އަޅުގަނޑުމެން ވަރަށް ނަސީބު ރަނގަޅެވެ. އެއްވެސް މީހެއްގެ ލޭއޮހުރުވުމެއްނެތި މިނިވަންކަން ލިބިގެންދިޔައީއެވެ. މިއަދަކީ ޖުލައި 26 ވަނަ ދުވަހެވެ. އަޅުގަނޑުމެންގެ މިނިވަންކަމަކީ ވަރަށް ބަލިކަށި ގޮތެއްގައި، އެހެނަސް ޝުކުރުކުރަންޖެހޭ، އެކަމާއި އުފާކުރަންޖެހޭ، ހިތްވަރު ލިބިގަންނަން ޖެހޭ، އަދި އެކަމުގައި ޝުކުރު ޙައްޤު އެތައް ބަޔެއް ހިމެނޭ ކަމެކެވެ.

އަޅުގަނޑު ހިތަށްއަރައެވެ. މިނިވަންކަން ދެމެހެއްޓުމަށް ކުރި މަސައްކަތް މިނިވަންކަމާއި ސީދާ ގުޅުމެއްނެތީތޯއެވެ. 1 ރަބީޢުލް ޢައްވަލް، ރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރެވެނީ، މިހާރު ޤާނޫނު އަސާސީންވެސް ކަން ލާޒިމުވާތީއެވެ. ނަމަވެސް އެއީވެސް މިނިވަންކަމުގެ ދުވަހެކެވެ. 3 ނޮވެމްބަރ 1988 އެއީ ނަޞްރުގެ ދުވަހެވެ. އެދުވަސްފާހަގަކުރެވެނީ މިނިވަންކަމަށް އަރައިގަތުމަށް ބަޔަކު ކުރި މަސައްކަތް ނާކާމިޔާބުކޮށް އެމީހުންގެ މައްޗަށް ކާމިޔާބު ހޯދި ދުވަސްގޮތުގައެވެ. އެތައްދިވެހިންނެއްގެ ލޭ އޮހޮރިގެންދިޔައެވެ. ކުޅުދުއްފުއްޓަށް އުފަން، ޒުވާން، ހިތްވަރުގަދަ، ޖެހިލުންކުޑަ، ދީނާއި ޤައުމަށްޓަކައި ޝަހީދުވި ޝަހީދު ޙުސައިން އާދަމްގެ ލޭ އޮހޮރިގެންދިޔައީ މިޤައުމަށްޓަކައެވެ. އެލެއިން ސިފައިންގެ ފާރު ފޯވެގެންދިޔައިރު، އެދުވަސް އެއީ ޝަހީދުންގެ ދުވަހެވެ. މައްސަލައެއްނެތެވެ. އަޅުގަނޑު ހިތަށް އަރާ އެއްޗެއް ހަމަ ދަންނަވާލީއެވެ. މިނިވަންކަން ފާހަގަކުރާ ދުވަހެއްގައި މިނިވަންކަމަށްޓަކައި ނަފްސު ޤުރުބާންކުރި ފަރާތްތައް ހަނދާން ނައްތައެއްނުލެވޭނެއެވެ. އެއީ ވާނޭ ކަމެއްނޫނެވެ.

ދެން އޮތީ ސުވާލެކެވެ. އަޅުގަނޑުމެން މިނިވަންތޯއެވެ. އަޅުގަނޑު ހިތައްއަރައެވެ. މިނިވަންކަމަކީ ހަމަ އެކަނި އިނގިރޭސިންނާއި އެހެނިހެން އިސްތިއުމާރީ ބާރުތަކުގެ އަތުން ޤައުމެއް ސަލާމަތްވީމަ ކިޔަން އޮންނަ ނަމެއްތޯއެވެ؟

މިނިވަންކަން އޭގެ ޒާތުގައި ޖަމްޢުވަނީ ފަރުދީ މަރުހަލާގެ ފަހުގައެވެ. ފުރަތަމަ ކަމަކީ ފަރުދީ މިނިވަންކަމެވެ. ދެން ފަރުދުންގެ މިނިވަންކަން ފުޅާވެގެންދަނީ މުޖުތަމަޢަށެވެ. ދެން ޤައުމަށެވެ. އެގޮތުގެމަތީން މެނުވީ މިނިވަންކަން ފުޅާވެގެން، މުޖުތަމަޢުގައި ޤަބޫލުކުރެވިގެން ދިޔުމަކީ ވަރަށް މުސްތަޙީލުކަމެކެވެ. އެއްވެސް މުޖުތަމަޢެއްގައި މުޖުތަމަޢުގެ މިނިވަންކަން ފުޅާވެ، މުޖުތަމަޢުގެ އަޞްލުން ފަރުދީ ހާލަތަށް މިނިވަންކަން ނަގުލުވެ އޮންނާނެކަމަށް ބެލުމަކީ އަޅުގަނޑުގެ ބުއްދި ޤަބޫލުކުރާކަމެއްނޫނެވެ. އެހެނަސް މިކަމާއި ވިސްނާ ފިކުރު ކުރުމަކީ ހަމަ އޮތްކަމެވެ.

އަޅުގަނޑުމެން މިއަދު މިތިބަ ޙާލަތު ވަޒަން ކުރެވޭތޯއެވެ. ޤައުމާއިމެދު ވިސްނަނީ ކިތައްމީހުންތޯއެވެ. އަޅުގަނޑުމެންނަށް ތަބީޢަތުގައި ލިބިފައިވާ ބާރުތަކެއްވެއެވެ. އެއީ ދިފާޢުވުމެވެ. އަޅުގަނޑުމެން ނުރުހޭ ކޮންމެކަމެއް ދިފާޢުކުރެވިދާނެއެވެ. އެކަމަކު މިނިވަންކަމާއި، ފުރާނައާއި، މުދަލަކީ އިންސާނާގެ އެންމެ މުހިންމު އެއްބޭނުންތަކެވެ. ކާނާއާއި، އަންނައުނާއި، ނިދާނެތަނެއް، މިއީ އިންސާނެއްގެ އަސާސީ ބޭނުންތައް، އޭގެ އެންމެ ހަނިދާއިރާއަށް ބަލައިރުވެސް ޤަބޫލުކުރަންޖެހޭ ހަމައެކެވެ. އެކަމަކު މިދެވިސްނުމުގެ ތެރެއިން ބާރުވެރީ ކޯއްޗެއްތޯ ބަލަމާ ހިނގާށެވެ. އަންނައުނު ހޯދުމުގައި ކާނާއަށް ބަރޯސާވުމަކީ ވާނޭ ކަމެއްހެއްޔެވެ؟ އަދި ކާނާ ހޯދުމަށް އަންނައުނުގެ މުހިންމުތޯއެވެ.

ތެދެކެވެ. އަންނައުނު ހޯދަންދެވޭނީ ގައިގައި ކަމެއް ހުރެގެންތާއެވެ. އެކަމަކު އެއީ ތަންކޮޅެއް އާދައިގެ ވިސްނުމެކެވެ. އަޅުގަނޑު އެވިސްނުން އެއްފަރާތްކޮށްލާނަމެވެ. އެގޮތަށް ތިލަކުރާނަމަ މިކަހަލަ ކޮންމެކަމަކީ ޅެންބައިތު ޝަރަޙަކުރާ ބީދައިން، ޅެންވެރިޔާގެ ބަނޑަށް ސަވާރުވަން ޖެހޭކަމަށްވެދާނެތީއެވެ.

ވަރަށް ގާތްގާތުގައި މިވިސްނުމުން ތަފާތެއް އުފެއްދިދާނެއެވެ. އަދި ތަފްޞީރުގައި އެއްގޮތްކުރެވިދާނެވެސްމެއެވެ. އެކަމަކު ކުރީގެ ބަޔަށް ބަލަމާ ހިނގާށެވެ. މިނިވަންކަން ނެތި އޭނާގެ ފުރާނަ ދެމެހެއްޓޭނެތޯއެވެ؛ ފުރާނަނެތި މިނިވަންކަން ދެހެއްޓޭނެތޯއެވެ؛ މިނިވަންކަމެއްނެތި މުދާ ސަލާމަތްކުރެވޭނެތޯއެވެ. އަޅުގަނޑު ހިތަށް އަރައެވެ. މިތިނެތި އެކަތި އަނެކެއްޗަށް ފާރަވެރިވަނީ ކީއްވެ ހެއްޔެވެ؟ އެއްވެސް މުޖުތަމަޢަކީ މިތިނެތި ފިލާގޮސްފައިވާ މުޖުތަމަޢެއްކަމަށްވާނަމަ ތަރައްޤީއާއި ތަމައްދުންގެ ފިކުރުތައް ނެތީއެވެ. އިންސާނީ ކުރިއެރުމާއި، އުފާވެރިކަމާއި، ތިޔާގިކަން ޤާއިމުވާނީ އިސްވެ ބުނެވުނު ހަމައިގައި ހިފެހެއްޓިއްޖެނަމައެވެ.

ވޭތުވެދިޔަ 25 ދުވަހެވެ. އަޅުގަނޑުގެ 25 އަހަރުގެ ހަޔާތުން އެތައް ކަމެއް ފެނިގެން ހިނގައްޖެއެވެ. މުޅި ފަންސަވީސް ދުވަސް ހިމެނިގެން ދިޔައީ މިނިވަންކަމުގެ ބިނާއާއި ގުޅިފައިވާކަމަކަށެވެ. ބަލަމާހިނގާށެވެ. އަސާސީ ޙައްޤުތަކާއި މިނިވަންކަމާއިބެހޭ ބާބުގެ ތެރެއިންނެވެ.

1. ތަފާތުކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީ ބުނިހިނދު، މިވީ 25 ދުވަސްތެރޭގައި އެބަޔަކު ނިސްބަތްވާ ސިޔާސީ ކުލައިގެ ސަބަބުން އެތައްތަފާތެއް، ތަންފީޒީ އިދާރާތަކާއި، ވެރިކަން ހިންގާފަރާތުން ކޮށްފައިވެއެވެ.

2. ހަމަހަމަކަން ޤާއިމުކުރަންވާނެކަމަށް ބުނެފައިވާއިރު، އެއްބަޔަކަށް ޤާނޫނީ އިމުން ބޭރުން އަދަބު ލިބިގެން ދިޔައެވެ. އަނެއްބައެއްގެ ގޮވަތިގެދޮރަށް ގެއްލުންލިބުނު އިރު، ގެއްލުން ދިން މީހުންގެ މެދުގައި ތަޙްޤީޤުކުރެވި، ޝަރީޢަތްކުރެވޭތަނެއް ނުފެނެވެ. ހަލަބޮލިތަނަކަށް ވެރިކަން ކުރާރަށް ހެދި މީހުން ބުނާގޮތް ތަންފީޒީ އިދާރާތަކުން ކުރަންފެށުމުން މިކަންވެސް ދިޔައީ ނުބައި އަތަށެވެ.

3. ދިރިހުރުމުގެ ޙައްޤުގެތެރެއިން، އަމިއްލަ މިނިވަންކަން ލިބިދީފައިވާއިރު، އަދި ނަފްސް ރައްކާތެރިކުރުމުގެ ޙައްޤު ލިބިދީފައިވާއިރު، އެކަމަށް އަރައިގަންނަން މަސައްކަތްކުރިމީހުންގެ މެދުގައި ތަޙްޤީޤުރުމުން އެއްކިބާވެ، އަދި ކިއެއްތަ! އަމިއްލަ މިނިވަންކަމެއްކަމުގައި ބެލެވޭ، ބޮލުގެ އިސްތަށި ގަނޑަކީ ސަރުކާރުގެ މިލްކިއްޔާތެއްކަމަށްފުލުހުން ޤަބޫލުކުރިއެވެ. ނަފްސް ރައްކާތެރިކުރުމަށް އެނަފްސް ނޭދެނިސް ރައްކާތެރިކަން ލިބުނެވެ. އޭގެ ނުބައިމާނަ ހޯދައިގެންނެވެ.

4. ޒާތީ ދިރިއުޅުމުގެ މިނިވަންކަމުގައި އަނެކުންނާއި ކުރެވޭ މުއާޞަލާތަކީ ޙުރުމަތްތެރިވެގެންވާ ކަންކަން ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް މިހާރު މިކަންވެސްވަނީ ފަސާދަވެ، އާއްމުވެ، ބޮޑުމުސީބާތަކަށް ވެފައެވެ.

5. ހިޔާލުފާޅުކުރުމުގެ މިނިވަންކަން، ހިފެހެއްޓުމަށް މިވީ 25 ދުވަހުގެ ތެރޭގައި ސަރުކާރުން އެތައްމަސައްކަތްތަކެއްކުރިއެވެ. ޓީވީއެމް މުސްތަޤިއްލުކުރުމަށް ހެދި ޤާނޫނު ތަސްދީޤުކުރުމަށްފަހު، އެތަނުގެ ބޯޑު އައްޔަނުކުރުމުން އެތަން ބޮއްސުންލައިގެންގޮސް ވަކި ސިޔާސީ ފިކުރަކަށް ބަދަލުވެ، ރައްޔިތުންނަށް ޚިޔާލުފާޅުކުރުމަށް ލިބޭ ހަމަހަމަ ފުރުޞަތުތައް ގެއްލިގެން ދިޔައީއެވެ.

6. ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއިން، މިފަހުން އަޖާއިބު އަންތަރީސްވާވަރުގެ ކަމަކަށްފެނުނީ ސަރުކާރުން ވަކި ގޮތަކަށް ހަބަރުތައް ބައްޓަން ކުރުމަށް މަސައްކަތްކުރުމެވެ.

7. ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު، ސިޔާސީ ވާދަވެރީން އެއްބަޔަކު އަނެއްބައެއްގެ އަބުރު ނަގާލަމުން ދިޔަތަން އަޅުގަނޑުމެން ދުށީމެވެ. ޢަބުރު ރައްކާތެރިކުރުމަކީ މިނިވަންކަމުގެ އިންތިހާ ދަރަޖައިން ޤަބޫލުކުރަންޖެހޭކަމެކެވެ. އެކަމަކު އެކަންވެސް މިމުޖުތަމައޫގައި ތަކުރާރުވަމުން އެބަދެއެވެ.

8. ދަތުރު ފަތުރުކުރުމުގެ މިނިވަންކަން އެތައްބައެއްގެ ކިބައިން ފޭރިގަތެވެ. އެމިނިވަންކަމަކީ ހައްޔަރުވުމައި ބަންދުކުރުމާއި އަދި މިނޫންވެސް އާބިޓްރަރީ ޑިޓެންޝަންތަކުގެ އިދިކޮޅެވެ. އެހެނަސް އަޅުގަނޑުމެންނަނަށް ފެނުނީ ޤާނޫނު އެއްފަރާތްކޮށްފައި އަޅުވެތިކޮށް، އަސީރަކަށް ހެދިތަނެވެ. ދިވެހިރާއްޖޭގެ އަންނާން އޮތް ޖީލުތަކަށް ނުބައި ފިލާވަޅެއް ދެއްވާފައެވެ.

9. ޤާނޫނާއި ޚިލާފަށް ހައްޔަރު ނުކުރެވުން، މިއީ މިއަދު ނޫކުލައިގެ ޔުނީފޯމްލީ ފުލުހުން ވިސްނަންވެއްޖެކަމެކެވެ. މާޒީގައި އޮތީ ނޫ ޤާނޫނު އަސާސީއެވެ. ޓީވީތަކާއި ރޭޑިޔޯތަކުގައި ފުލުހުން އަމިއްލައަށްކުރާ ކުށްތައް ބޭޒާރުވަމުންދާއިރު، ފުލުހުންގެ ޒިންމާއެއް އޮތްކަމަށް ޤަބޫލުކުރަންޖެހެއެވެ. އެހެންނޫނީ ޤާނޫނަކީ ކީއްކުރާ އެއްޗެއްތޯއެވެ.

10. ހައްޔަރު ކުރުމާއި ބަންދުކުރުމުގެ ބާރު ލިބިގެންވަނީ ކުށުގެ ތުހުމަތުގައި ވާ މީހުންނަށެވެ. ސަރުކާރުގެ ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް ވަކިމީހަކު، އޭނާގެ އަމިއްލަ ރުހުމެއްނެތި، ގަދަކަމުން އަސީރެއްގެ ދަރަޖައަށް ގެންދިއުމަކީ މި މާއްދާގެ މިނިވަންކަމުން ބޭރުގެ ޢަމަލެކެވެ.

މިއީ ވޭތުވެދިޔަ 25 ދުވަހު އަޅުގަނޑުމެންނަށް ފެނިގެންދިޔަމަންޒަރެވެ. 26 ޖުލައި މިނިވަންދުވަސް ފާހަގަކުރާއިއިރު ވޭތުވެދިޔަ 25 ދުވަހަށް ވިސްނާލައްވާށެވެ.

މިއީ މިނިވަންދުވަހެވެ. ހިމާޔަތުގެ މިނިވަންކަމުގެ ދުވަހެވެ. މިނިވަންދުވަހުގެ ތަޙްނިޔާގައި އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވަނީ ކޯއްޗެއްތޯއެވެ. މަރުހޫމް އިބްރާހީމް ނާޞިރު މިނިވަންކަން ހޯއްދަވައިދެއްވިކަމަށް ވޭތުވެދިޔަ 30 އަހަރު އަޑު އެހިންތޯއެވެ. އެކަމަކު 30 އަހަރު މިނިވަން ދުވަސް ފާހަގަކުރިއިރު އެއިން އެއްވެސް ޖަލްސާއެއްގައި އެވާހަކަ އައިސްފައިނުވަނީ ކީއްވެބާއެވެ. މިނިވަންދުވަސް މިނިވަންކަމާއިއެކު ފާހަގަ ނުކުރެވެއެވެ. ތަޢައްސުބުން އެއްކިބާވެގެން ނޫނީ އެއްވެސް ކަމެއްގައި މޮޅެއް، ކުރިއެރުމެއް އަދި ފާގަތިކަމެއްނެތެވެ.

‮ ‬24‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ފޭސްބުކް ފޭން‮ ‬ވިދާޅުވީ


    ތާރީޚް:26/07/2010

    މިއީ މިނިވަން ކަމެއް ކަމަށް އަހަންނެއް ގަބޫލެއް ނުކުރަން. ސަބަބު ނުބުންޏަސް މިއަދު ގެ ހާލަތަށް ވިސްނާ ފިކުރުކޮށްފި މީހަކަށް ނޭނގިއެއް ނުވާނެ.

  2. Dog‮ ‬ވިދާޅުވީ


    ތާރީޚް:26/07/2010

    ވަރަށް ފުރިހަމަ ލިޔުމެއް، ވަކި އަތަކަށް ނުހެޖެހި ހަޤީޤަތުގެ މައްޗަށް ބުރަވެ ލިޔެފައިވާ ލިޔުމެއް ކަމުން ލިޔުނު ފަރާތަށް ސުކުރުދަންނަވަމުން، އެންމެންނަށް މިނިވަންދުވަހުގެ ތަޙްނިޔާ އަރިސްކުރަމެވެ. މިގައުމު މިނިވަންކަމުގައި ކުރިއަށް އޮތް ތަނުގައިވެސް ލެހެއްޓެވުން އެދި މާތް ﷲ އަށް ދުއާ ކުރަމެވެ. އާމީން. އަދި ދަންނަވަމެވެ. އިންސާނުން ތެރޭގައި ބައިބައިވުން އުފެދުމަކީ ނިކަމެތިވެ އެބަޔެއްގެ ހަލާކުގެ ތެރެއަށް ދިއުމެވެ. އެއީ ސިޔާސީ ގޮތުން ނުވަތަ ދީނީގޮތުން ނުވަތަ ނަސްލީ ގޮތުންވެސް މެއެވެ. މިގައުމު މިއޮތީ އެފަދަ އަނދަވަޅެއްގެ ތުންފަތްމަތީގައެވެ. މިގައުމުގެ ވެރިކަމަށް ދަހިވެތިވެގެން ސިޔާސީ ކުޅިގަނޑު ކުޅެމުންގެންދާ އެންމެން ކިބައިން ގައުމު ބައިބައިވިޔަނުދީ އެމީހުންގެ ލަނޑުދަނޑި ހާޝިލުކުރުމުގެ މަސައްކަތްކުރާ ތަނެއް ނުފެނެއެވެ. ހުދު ވެރިކަމުގައި މިވަގުތު ތިބި މީހުންނަކީ ގައުމު އެއްބައިކޮށް ގައުމުގެ ސުލުހަ މަސްލަހަތު ހިފެހެއްޓުމަށް އެންމެ ބޮޑަށް މަސައްކަތްކުރަން ޖެހޭ މީހުންކަމުގައި ވިޔަސް އެމީހުންގެ ކަންތައް ދެންތިބި މީހުންނަށްވުރެ ބޮޑެވެ. ވީމާ މިބައިމީހުންގެ ނުބައި ނަޞޭހަތާއި ވަސްވާހުން ދިވެހިން އެއްކިބާވެ ތިބުމަކީ މިގައުމު މިނިވަންކަން ދެމެހެއްޓުމަށް ފަރުދީ ގޮތުން ކުރެވޭ ޖިހާދެއްކަމުގައި ނޫނީ ނުވާނެއެވެ. ބޮޑުވަޒީރު ނާސިރަކީ މިގައުމު މިނިވަންކުރުމުގެ ބަތަލެކެވެ. ނަމަވެސް ވޭތުވެދިޔަ 30 އަހަރަކީ އެކަން ފާހަގަކުރި ދުވަސްވަރަކަށް ނުވަނީ ހަސަދަވެރިކަމުގެ ގޮތުންކަމުގައި ވެދާނެއެވެ. އެއީ މިހާރުގެ ވެރިކަމުގައި ވޭތުވެދިޔަ 30 އަހަރު ކުރިކަމެއް ނުފެންނަ ފަދައިންނެވެ. ހަސަދަވެރިކަމަކީ މީހާ ދެދުނިޔޭން ގެއްލިގެންދާ ނުބައި އަމަލެކެވެ.

  3. ނަސީރު‮ ‬ވިދާޅުވީ


    ތާރީޚް:26/07/2010

    ލިޔުންތެރިޔާ ވިދާޅުވިހެން އަޅުގަނޑުމެންނަށް އަދި މިނިވަން ދުވަހެއް މިނިވަން ކަމާއެކު ފާހަގަ ކުރާތަނެއް ނުފެނޭ. ކުރީގަ ނުދައްކާނެ އިބްރާހީމް ނާސިރުގެ ވާހަކައެއް. މިހާރު ނުދައްކާ މައުމޫނުގެ ވާހަކައެއް. މީ މިނިވަން ކަން ހޯދަދިން ބޭފުޅާ އާއި އެމިނިވަންކަން މިހާތަނަށް ފޯރުކޮށްދެއްވި ބޭފުޅާ. މިނިވަންކަން ލިބުމާއެކު އެ މިނިވަންކަން ދެމެހެއްޓުމަކީ ވަރަށް މުހިއްމުކަމެއް. ބައެއް ފަހަރު ހީވޭ އިންޑިޔާ ގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދާން އުޅޭހެން.

  4. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:27/07/2010

    މައުމޫނު މައުމޫނު މިއޮއްދައްކަނީނު.. އެބޭ މަރުވީމަ ހިއަކާފަ ނަމަވެސް ވާނެ ވެރިކަމަށް އަރުވަން.. ހޭބަލި..

  5. Dog‮ ‬ވިދާޅުވީ


    ތާރީޚް:27/07/2010

    ސާމާނުބޭ ތިފެންނަނީ ހަސަދަވެރިކަން، ހަސަދަވެރިކަމަކީ މީހާ ދެދުނިޔޭން ގެއްލިގެންދާފަދަ ނުބައި ސިފައެއް،

  6. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:27/07/2010

    ސާމާނުބެ މައުމޫނު މައުމޫނު މިހެން އެއްހާސް ފަހަރު ކިޔާބަލަ،ކަލޭ ހޭބަލިވިޔަސް ތިދެން ބޮޑުވަރު ހެހެހެހެހެހޭ

  7. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:27/07/2010

    ދިވެހި ޤައުމު އޭގެ ހާލުގެ ދުލުން އެދި ގޮވަނީ، އެކުވެރި ކަމަށެވެ. މިޤައުމަށްޓަކައި، މިވަޡަނަށްޓަކައި، މި ލިބިފައިވާ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، އެއްމެ ފަފަރަކުވެސް، ޤައުމު އިސް ކުރުން ހަމަ ނެތީބާއެވެ. އެހެން ނަމަ، އަދު މިނިވަން ދުވަސް ފާހަގަކުރިޔަސް، މިނޭވާ ލެވެނީ މިނިވަން ޖައްވަކަށް ނޫނެވެ. މިޤައުމީ ލޭހިނގާ މިޤައުމުގެ ދަރީންނޭވެ. ހަމަ، މިގޮތުގައި ވެސް ވަރިހަމަ ތޯއެވެ. ޤައުމީ ރޫޙީ ވައި ނުލިބިގެން އުދާސްކަން އިހުސާސް ނުވޭބާއެވެ؟ އަދަކީ މިނިވަން ދުވަހެވެ. ޖެހެނީ މިނިވަން ވައި ތޯއެވެ؟

  8. Dog‮ ‬ވިދާޅުވީ


    ތާރީޚް:27/07/2010

    ތަކުރުފާނާ ބުނާކަށް ވާގޮތަކީ މިއަދުގެ މިޖީލަކީ އަޅުވެތިކަން ދެކުނު ބައެއް ނޫން، ވީއިރު އަޅުވެތިކަމުގެ ވޭން އެނގޭނީ ކިހިނެއްތޯ، އަޅުވެތިކަން ތަހައްމަލުކުރުމަށްފަހު ދެން ދުވަހަކުވެސް އެފަދަ ދުވަހެއް ނުދެއްކެވުން އެދި މާތްﷲ އަށް ދުއާ ކުރާނެ. މިއަދުގެ ޖީލަކަށް ނޭނގޭ އަޅުވެތިކަމެއްވެސް މިނިވަންކަމެއްވެސް މިގައުމަކީ މިނިވަން ގައުމެކޭ ބުނެވޭކަށް ނެތް ހިދު އަޅުވެތިކޮށްގެން އުޅޭ ގައުމެކޭވެސް ބުނެވޭކަށް ނެތް.

  9. ރީދޫހުން‮ ‬ވިދާޅުވީ


    ތާރީޚް:27/07/2010

    މި ލިޔުމަކީ ވަރަށް ތާކުންތާކު ނުޖެހޭ އެއްވެސް އެއްޗެއް ނޭގޭ ގަމާރަކު ހާވާފައި އޮތް ބޮޑު ހަޑިއެކެވެ. އޭގެ މިސާލަކީ މިލިޔުމުގައިވާގޮތުން ވޭތުވެދިޔަ 30 އަހަރުތެރޭގައި މިގައުމަށް މިނިވަންކަން ގެނެސްދިނީ ނާސިރުކަން ނުކިޔާކަމަށް ލިޔެފައިވާ އިރު އަޅުގަނޑަށް މިގައުމަށް މިނިވަން ކަން ގެނެސް ދިނީ ނާސިރުކަން އެގުނީ މިއަދަކު އިއްޔެއަކު ނޫނެވެ. ނަމަވެސް އަޅުގަނޑުގެ އުމުރުން އަދި ހަމަ 30 އަހަރު ފުރުނީ އެވެ. އެވާހަކަ ކުރިން ނުކިޔާނަމަ އަޅުގަނޑަކަށް ނޭގުނީހެވެ. އަދި އަނެއްކަމަކީ ވޭތިވެ ދިޔަ 25 ދުވަސްތެރޭ މާލޭގައި ހިގި ހަމަނުޖެހުމުގައި ފުލުހުން ގާނޫނާއި ހިލާފަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއްނުވެއެވެ. ޔާމީން ގާނޫނާއި ގަވާއިދާއި ހިލާފަށް ރަހީނުކޮށްގެން ގާތްގަޑަކަށް 2 ހަފްތާ ވަންދެން ގެންގުޅުނީ ދިވެހި ސިފައިންނެވެ. އެއީވެސް އަންނިގެ އޯޑަރަށެވެ.

  10. ދޮން ބެއްޔާ‮ ‬ވިދާޅުވީ


    ތާރީޚް:27/07/2010

    ވަރަށް، ވަރަށް، ހަމަ ވަރަށް ސަޅި ފެންވަރު ރަނގަޅު ލިޔުމެއް މިއީ! އަދިވެސް އިތުރު ލިޔުންތައް ލިޔާނެ ކަމަށް އެބަ ހުރިން !

  11. Dog‮ ‬ވިދާޅުވީ


    ތާރީޚް:28/07/2010

    ވޭތުވެ ދިޔަ 30 އަހަރު މިނިވަންދުވަސް ފާހަގަކުރުމަށް ބޭއްވުނު އެއްވެސް ރަސްމިއްޔާތެއްގައި މިނިވަންދުވަހާއި ނާސިރު އާއި ގުޅުމެއް ހުރިކަމުގައި އޭރުގެ އެއްވެސް ވެރިއަކު ބުނެފައިނެތްކަމަށް މިލިޔުމުގައި ބުނި ބުނުމަކީ ތެދެއް އެކަމަކު އޭގެ މާނައަކީ ތާރީޙީ ފޮތްތަކާއި ލިޔުންތަކާއި ސުކޫލުގައި ކިޔަވާ ފޮތްތަކުގައި ނާސިރު އާއި ބެހޭ އެއްޗެއް ލިޔެފައި ނެތެކޭނޫން، ނޫނީ ކުރީގެ ސަރުކާރުން ތާރީހު އޮޅާލަން އުޅުނެކޭނޫން އަދި ނާސިރުގެ ވަސްމިގައުމުން ފުހެލަން އުޅުނެކޭނޫން، މިލިޔުމުން ބުނެދޭން އުޅެފައިވާ އެއްޗެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ކުރީގެ ވެރިން ލަދުގަނެއޭ ނާސިރު ކުރި ރަނގަޅު ކަންތައް ރަސްމީކޮށް ހާމަކުރަން، ހަމަ އެހެންމެ މިހާރުގެ ވެރިންވެސް ލަދު ގަނެއޭ ހިތްހަމަ އެއް ނުޖެހެއޭ ކުރީގެ ސަރުކާރުން ކުރި ރަގަޅުކަންތައް ރަސްމީކޮށް ބުނެ ހާމަކުރަން، ކުރީގެ ސަރުކާރާއި ތަފާތުކޮށް އާކޮޅުވީމާވެސް ކަން ނޭނގެ މިހާޜުގެ ސަރުކާރަށް ފެންނަނީ ކުރިން ކުރި ގޯސްކަންތަކާއި ގޯސްކަންތައް ނުކުރިނަމަވެސް އޭގެ މާނަ އޮޅުވާލާ މީހުން ވަލުވައްދައިގެން ފިތުނަ އުފަދައްދާ މަސްލަހަތު ނަގާލުން އެއީ މިސަރުކާރު ވެރިކަމުގައި ހަމަ އެކަނި އޮވެވޭނެ ގޮތެއްކަމަށް.

  12. Dog‮ ‬ވިދާޅުވީ


    ތާރީޚް:28/07/2010

    ދެން ބުނަންތޯ ވޭތުވެދިޔަ 25 ދުވަސްތެރޭ ކިތައް މީހުން ކުށެއް ނެތި ފުލުހުން ހައްޔަރުކޮށްފިތޯއެވެ. ރަގަޅު ފުލުހުން ހައްޔަރުކުރަނީ ކުށުގެ ތުޙުމަތުގައި މައްސަލައެއް ނެތް ފުލުހުންގެ ގާނޫނުން އެގޮތަށް މީހަކަށް ޖިނާއީ ކުށެއްގެ ތުހުމަތުކޮށް ހައްޔަރުކުރުމުގެ ބާލު ލިބިދޭ ނަމަވެސް އެއީ 24 ގަޑިއިރަށް، ދެން ގާސިމް އާއި ޔާމީން ކޮރަޕްސަނާއި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް 24 ގަޑިއިރު ވީ ހިނދު ކޯޓަށް ގެންގޮސް އިތުރު މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ހުއްދަ ނެގުމަކާއި ނުލާ ބަންދުކޮށްފައި ހުރީ ކޮން ޤާނޫނެއްގެ ދަށުންތޯއެވެ. ފުލުހުން އެބަބުނޭ ކުށުގެ ތުޙުމަތުގައި ހައްޔަރުކުރި ބަޔެއްގެ ބޯކޮށިވާހަކަ އެއީ ކޮން ގާނޫނަކުން ހުއްދަ ލިބިގެންތޯއެވެ؟ ދެން މީހެއްގެ ނުރުހުމުގައި ހިމާޔަތަށްކަމަށް ނުވަތަ އެނޫން ގޮތަކަށްވެސް ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއްނެތި އެކަހެރި ކުރުމުގެ ބާރު ފުލުހުންނަށް އަދި ސިފައިންނަށް ލިބިފައިވަނީ ކޮން ޤާނޫނަކުންތޯއެވެ. ރައީސް ނަސީދުގެ ދުލުން ބުނާ ބަހަކީ ކުރާ އަމުރަކީ އެއީ ގާނޫނެއްކަމަށް ލިޔެފައިވަނީ ކޮން ޤަނޫނެއްގައިތޯއެވެ؟ ކިތަމެ އިސް މަގާމެއްގައި ހުރި މީހެއް ނަމަވެސް ބަޔަކަށް އަމުރެއް ކުރަންވާނީ ގާނޫނީ އިމުގެ ތެރޭންނެވެ. އެއީ އަޅުންކަމުގައި ނުވާނަމައެވެ. އަދި އެއީ އަޅުންކަމުގައި ނުވާނަމަ މިގާނޫނު އަސާސީގެ ދަށުން ގާނޫނާ ޚިލާފް އަމުރަށް ކިޔަމަން ނުވެ ހުރުމުގެ ހައްޤު ކޮންމެ މީހަކަށް ލިބިގެންވެއެވެ. ކަން މިހެން އޮތް އިރު ދޮން ބެއްޔާ އާއި ރީދޫ ހުން ތިދެއްކީ އެއްވެސް އެއްޗެއް ނޭނގި ތިބެ ބަޔަކަށް ބަރޯސާވެ ހިތުހުރި އެއްޗެއް ބުނެލީ ދެއްތޯއެވެ/

  13. ތޮސްބެ‮ ‬ވިދާޅުވީ


    ތާރީޚް:28/07/2010

    ބަލަ އިބްރާއާއި އައްނިޔާއި ރީކޯމޫސަޔާއި ފަރީދާއި އަދިވެސް ދީނީ ސިޔާސީ އިސް މީހުން މިދިޔަ ސަރުކާރުން ހައްޔަރުކޮށް އަހަރުތަކެއްވަންދެން އަނިޔާކޮށް ފުޅިތޮށިކާންދީ ހެދިކަންހަދުމަނެތީތޯ؟ އެއިރުވެސް ގާނޫންގައި ނޯވޭ އެމީހެއްގެ ހިޔާލާއި ސުއޫރު ފާޅުކުރާމީހަކު އަވަދިއަރުވާކަށް. ބަލަ އޭރު އެމީހުންގެ ދަރީންނާއި އަބީން ތިބީ ހީލަހީލަތަ ބަލަ އެމީހުންނައް ނަފްސާނީ ބަލިކަން ދަސްވެފައި ނެތީތޯ. އަޅުގަނޑުގެވާހަކަޔަކީ އެއިރުވެސް އަދި މިހާރުވެސް ކުށްކުރާ މީހުންނަ އަދަބުދީ ހޭއަރުވާލާ.

  14. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:28/07/2010

    ގަންޖާގެ ވަކިތަކުން އަޅަމެން މިނިވަން ކުރަށްވާށި. އާމީން.

  15. ރީދޫހުން‮ ‬ވިދާޅުވީ


    ތާރީޚް:28/07/2010

    ފުލުހުން ގާސިމާއި ޔާމީނު ހައްޔަރުކޮށް 24 ގަޑި އިރަށްވުރެ ގިނަ ދުވަހު (03 ދުވަހު) ގެނގުޅެފައިވަނީ ޖިނާއީކޯޓުން ހުއްދަ ދެއްވުމުން.އަދި ހަމަ އެއަށްވުރެ މަތީކޯޓަކުން އެދެބޭފުޅުން ދޫކޮށްލަން އެންގުމުން ވަނީ ދޫކޮށްލާފައި،

  16. Dog‮ ‬ވިދާޅުވީ


    ތާރީޚް:28/07/2010

    ރީދޫ ހުމާ ބުނާކަށް ޖިނާއީ ކޯޓުން ފުލުހުންނަށް 03 ދުވަހަށް ގޭ ބަންދުކުރުމަށް ހުކުމް ކުރީ، އެދެމީހުން ހައްޔަރުކުރުމާއި ގުޅިގެން 01 ގަޑިއރު ތެރޭގައި ކޯޓަށް ހާޟިރުކުރުމަށް ފުލުހުންނަށް ކުރި އަމުރަށް ފުލުހުން އިޖާބަދީފައެއް ނުވޭ، އަނެއްކާ އެމީހުން ކޯޓަށް ހާޟިރުކުރީ 24 ގަޑިއރު ފާއިތުވިފަހުން 38 ގަޑިއރު ތެރޭގައި،

  17. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:28/07/2010

    މިނިވަންކަމަކީ ހަމައެކަނި ސިޔާސީ ހަރުގަނޑުގެ މަތީ ހަރުފަތުގައި ތިބި ބައެއް ކަމަށް ދައްކަން މަސައްކަތްކުރުމަކީ ދުނިޔެއިން ދީވާނާވެފައިވާ މީހުންގެ ކަމެކޭ ނުބުނެ ދެން ދަންނަވާނެ އެއްޗެއް ނެތް. ދިދައެއްގެ ހަތަރު ކަނުން ދެ ކަން އައްސާފައިވާ ފަދައިން، މިނިވަންކަމަކީ، ބޭނުން ވަރަކަށް ދަމަން އޮންނަ ރަބަރުގަނޑެއް ނޫން ކަން ނުދަންނަނީ މަރުކޮސް މޮޔައިން. ދަންނަވަން ޖެހޭ ޙަޤީޤަތަކީ، ބޯބޭލި މީހުންނާއި، ހައްޔަރުކުރި މީހުންނާއި، ގެދޮރަށް ގެއްލުން ދެވުނު މީހުންގެ އެކަނި އެއްޗަކަށް ހީވާ ޒާތަށް މި ފަދަ ހާސަރު ރިހާކުރުގަނޑެއް ކެއްކުމުގެ ކުރިން ބަލާލަން ޖެހޭނޭ އެހެން މީހުންނަށް ވެސް. ކޮބާތޯ (މިސާލަކަށް) ކުޅުދުއްފުށީ ފާތުމަދައިތަގެ ގޯތިން ވާރުތަވާ ބައެއް ނުލިބިގެން އެ ދައިތަގެ ދަރި މުޙައްމަދު ކޯޓަށް ލީ މައްސަލަ 3 އަހަރުވާއިރު ވެސް ނުނިމި އޭނާގެ ޙައްޤު ނުލިބުމުން، އޭނާގެ މިނިވަންކަން ނުގެއްލިފައި. ކޮބާތޯއޭ ޖަލާލުއްދީން ސްކޫލު ލައިބްރަރީގައި ފޮތް ކިޔަން އިންނަ ކުއްޖާއަށް، އެތަނުގައިވާ ފަންކާ ހަލާކުވެފައިވުމުން ވާ ހޫނުގައި އިންނަން މަޖުބޫރުވުމުން އެކުއްޖާގެ މިނިވަންކަން. ކޮބާތޯއޭ މުސްކުޅި ބެއަކު ކުޑަކުއްޖަކާ ބެހުމުން، އެކުއްޖާގެ ތާއަބަދަށް ގެއްލުނު އަބުރާއި ޝަރަފުގެ މިނިވަންކަން. މިއީ ވެސް އަޅުގަނޑުގެ ނަޒަރު ފޯރަން ޖެހޭ ކަންކަން. އަޅުގަނޑު ދަންނަވާނީ، ކޮންމެހެން މި ކަހަލަ ރަހައަކުން ރަހައެއް ނުލާ ރިހާކުރުގަނޑެއް އަޅުގަނޑަކަށް ލޮނުކަމަކަށް ބޭނުންކޮށްގެން ކާކަށް ނުކެރޭނެއޭ. ހީފުޅު ނުކުރައްވައްޗޭ، ޔާމީނާއި، ނާޒިމާއި، ޤާސިމްގެ އެކަންޏޭ މިނިވަންކަން އޮންނަނީ. މި ނާޅިން މިނިވަންކަން މިނަން ވެއްޖެއްޔާ، ޖަލުގައި ތިބި އެންމެނާއި، ދެން ވެސް ތިބިއްޔާ ތިބިހައި ކުށްވެރިން ވެސް ޖެހޭނީ ދޫކުރަން. ޚުލާޞާކޮށް ދަންނަވަންޏާ ދެންނެވޭނީ، މި ވަރުގެ ތަޢައްޞަބުން ފުރިފައިވާ ލިޔުމެއް އަދި އަޅުގަނޑެއް ނުދެކެމޭ. މިއީ، ރަނގަޅު ގަލަމަކުން ނުކުތް، ގޯސް ލިޔުމެކޭ. އަދި މިއިން ދެވިފައިވަނީ ވަރަށް ނުރައްކާތެރި، ނުބައި މެސެޖެކޭ އަޅުގަނޑުގެ ނަޒަރުގައި

  18. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    ޑޯގު ތިޔަ ވިދާޅުވާ ދެ ކަނޑުކޮހުން 1 ގަޑިއިރުގެ ތެރޭގައި ކޯޓަށް ގެނައުމަށް ކޯޓުން އެންގުމަކީ މައްސަލައެކެވެ. އެއީ، މިހާތަނަށް ވެސް ކޯޓުން އެއްވެސް މީހަކާ މެދު ކުރައްވާފައިވާ އަމުރަކަށް ނުވާތީއެވެ. އަނެއް ކޮޅުން، އެއަށް ވުރެ މާ ފާޅުކަން ބޮޑު ގޮތެއްގައި ނާއިންސާފުން މީގެ ކުރީގެ ސަރުކާރުން ހައްޔަރުކޮށްފައިވާ މީހުންނަށް، ކޯޓުން ވެސް ދުވަހަކު ވެސް 1 ގަޑިއިރުގެ ތެރޭގައި ގެންނަން ދުވަހަކު ވެސް އަންގާފައެއް ނުވެއެވެ. އެހެންވީމާ، ވަކި މި ދެ ކަނޑުކޮހުން ކޯޓަށް 1 ގަޑިއިރުގެ ތެރޭގައި ގެންނަން އެންގުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ. އެއިން އަޅުގަނޑަށް ހަމަ ދުވަނީ ކޮރަޕްޝަންގެ މުޅަ ވަހެވެ. އަނެއްކާ ދަންނަން ޖެހޭ ކަމަކީ، އެ ދެ ކަނޑުކޮހުންނަކީ އަޅެފަހެ މަލާއިކަތުން ނޫން ކަމެވެ. އަދި ކޯޓުތަކުގައި ތިބެނީ ކުށުން ބަރީޢަވެ، ސުވަރުގެ ވަދެވޭނެކަމުގެ ޚަބަރު ލިބިފައިވާ ކުށެއް ނުކުރެވޭ މަޢުޞޫމު މީހުންނެއް ވެސް ނޫނެވެ. އެހެންވީމާ، ސިފައިން އެ ހެއްދެވީ ހަމަ ރަނގަޅަށެވެ. ޢަދުލު އިންސާފަކީ، ކުޅޭ ކުޅިވަރަކަށް ހައްދަވައިގެން ކޯޓުން މި މުޑުދާރު ކުޅި ކުޅޭކަށް މި ޤައުމުގައި ފުރުސަތެއް ނުލިބޭނެއެވެ. އެ ފުރުސަތު ރައްޔިތުން ނުވެސް ދޭނެއެވެ. ކޯޓުތަކުގެ ފަނޑިޔާރުންނަކީ އުޑުން ފައިބާ، އަދި ޕީއޭ ޕާޓީގެ މީހުންނަކީ ސިދުރަތުލް މުންތަހާއިން އައިސްފައިވާ ބަޔަކަށް ވީ ނަމަ ދެން ބުނާނެ އެއްޗެއް ނެތެވެ. އެހެން ނުވާހާ އިރަކު، ކޯޓުތަކުން އެންމެންނާ މެދުގައި ވެސް ޢަމަލުކުރަންވާނީ އެއް އުސޫލަކުން ހަމަހަމަކޮށެވެ. ކޯޓުގެ ފަނޑިޔާރުންނަށް ނުވަތަ މަޖިލީހުގެ މެމްބަރުންނަށް ވީމާ، އަމީރެއް، ޤަރީބެއް ތަފާތު ކުރާ ފަދައިން އާދައިގެ މީހުންނާ ތަފާތުކުރެވިގެންނެއް ނުވާނެއެވެ. މި ފަހަރު ސިފައިން އެ ދިނީ އެ މެސެޖެވެ. ނިކަން ކޯޓުތަކުން މޮޅިއްޔާ، ސިފައިންނާ ޢަމަލުކުރި ގޮތާ މެދު ކަމެއް ކޮށްބަލާށެވެ. ކޯޓުން ކަމެއް ނުކޮށްފިނަމަ، އަޅުގަނޑު ދެކޭނީ ސިފައިން އެ ހެއްދެވީ ހަމަ އެއް މިލިޔަން ޕަސެންޓް ރަނގަޅަށް ކަމުގައެވެ.

  19. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    ތިހެން ވީމަ މަމިބުނަނީ ހާޝިމް ތިޔަކީ ފިތުނަ އުފައްދަން އުޅޭ މުނާފިގެކޭ، ކަލެޔަކަށް ނޭންގޭނެ ކޯޓަކާސް ކަންތައްތައް ކުރާކަށް އެ ހައިސިޔަތެއް ނެއްކަލޭގެ، ދެން ވެރިކަން ކުރަން ހުރި މީހަޔަކީ ސިދުރަތުލް މުންތަހާއިން އައިސް ހުރިމީހެއްތަ؟ އެންޑީޕީ މީހުންނަކީ މަޢުޞޫމު މީހުންތަ ހާޝިމޫ؟

  20. އަންނި‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    ކުރީގެ ޤާނޫނު އަސާސީ އާއި މިހާރުގެ ޤާނޫނޫ އަސާސީ އާ ވަރަށް ތަފާތު. ކުރިން މީހަކު ހައްޔަރު ކުރުމަށްފަހު 24 ގަޑި އިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންނާކަށް ނުޖެހޭ. އަދި ހައްޔަރު ކުރެވެނީކީވެސް ފަނޑިޔާރެއްގެ ހުއްދަ ލިބިގެން ނެއް ނޫން. ކުރީގެ ނޫ ގާނޫނު އަސާސީ ނުބައިވެގެން މި ގާނޫނުއަސާސީ ހެދީ. ހަދާފަ އަންނި ބުނަނީ މީ ވަރަށް ވަރަށް ފުރިހަމަ ގާނޫނު އަސާސީ އެކޭ. އޭ. މިއަދު ގަންޏާ އަރާނެ ކުޅުދުއްފުއްޓަށް.

  21. ތޮސްބެ‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    އެމަނިކްފާން ވަޑައިގަންނަވާކަން އިއުލާން ކޮށްދިންކަމަށްޓަކާ ސުކުރިއްޔާ!

  22. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    ތަކުރުފާނަށް.
    ނޫނޭ ރައީސް ނަޝީދަކީ ސިދުރަތުލް މުންތަހާއިން އައިސްފައިވާ ބޭފުޅެއް ނޫން ކަން މަރުގައިމުހެން ގައިމެވެ. އަދި ކޯޓަކުން ކުރާ ކަންކަމަކީ މެންދުރުގެ އިރު ފަދައިން އެނގޭ ބޭއިންސާފު ކަމެއް ކަމަށް ވަންޏާ، އެ ވާހަކަ ދެއްކުމުގެ ޙައްޤު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ހަމަ ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވެއެވެ. އަދި ދެން ތަކުރުފާނަށް ބުނެ އަންގަމެވެ. އެންޑީޕީ ކިޔާ ބަޔަކު އަޅުގަނޑެއް ނުދަންނަމެވެ. ތިޔަ ވިދާޅުވަނީ އެމްޑީޕީ މީހުންގެ ވާހަކަ ކަމަށް ވާނަމަ، ދަންނަވަމެވެ. އެމީހުންނަކީ، ކުށެއް ނެތް މައުޞޫމް މީހުންނެކޭ އަޅުގަނޑެއް ނުދަންނަވަމެވެ. އެހެންނަމަވެސް، އެއީ ދުނިޔެއިން މަދުން ނޫނީ ނުފެންނަ ވަރުގެ ހިތްވަރުގަދަ، އަދި އަޑިއަށް ގޮނޑިލައި، މަތިން އިހާ ޖަހާފައިވާ ހަޑި މުޑުދާރު ނަޖިސް ޚުދުމުޚުތާރު ވެރިކަމެއް، ލޭ އޮހޮރުވުމެއް ނެތި ނަގާ ހޫރާލާ، ދިވެހި ރައްޔިތުންނަށް ދުނިޔެ ހެކިކޮމަށް، މިނިވަންކަމާއި، އިންސާނީ ޙައްޤުތަކާއި، ހަމަހަމަކަން ގެނެސްދިން މި ގައުމުގެ ތާރީޚުގައި ވެސް އެންމެ ހިތްވަރުގަދަ ޖަމާޢަތް ކަމުގައި ދެންނެވުމަކީ، ޙަޤީޤަތެވެ. އެހެންވީމާ، ދުނިޔެ ވެސް އެމީހުންނަށް ކުރާ އިޙްތިރާމް ވަރަށް ބޮޑެވެ.

    ދެން “އަންނި” އަށް ބުނެ އަންގަމެވެ.
    ކުރީގެ ޤާނޫނުއަސާސީއޭ މިހާރުގެ ޤާނޫނުއަސާސީއޭ ވިދާޅުވެ އެއްޗެހިތަކެއް ނޮޅާ ވީދާނެކަމެއް ނެތެވެ. މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިފަހުން ވެސް ޝަރުޢީ ދާއިރާއިން، ކޯޓަކުން 1 ގަޑިއިރުގެ ތެރޭގައި މީހަކު ގެނައުމަށް މެންދަމުން އަލިވާފަހުން ކޯޓު ހުޅުވައިގެން ހުކުމް ކޮށްފައެއް ނުވެއެވެ. އެހެންވީމާ، ތިމާއަށް އެނގިވަޑައިނުގަންނަވާ ކަންކަން ޤަބޫލުކުރައްވައިގެން އެއްޗެއް އެ މައުޟޫގައި ލިޔުއްވަން ނޫޅުއްވާށެވެ. އަދި ދަންނަވަމެވެ. ކުޅުދުއްފުށްޓަށް މިއަދު ރައީސް ވަޑައިގަންނަވާނެއެވެ. މިހާރު ކުޅުދުއްފުށީގައި ޖަލާލުއްދީން ސްކޫލު ކައިރީގައި ގިޑިގެތަކާ އެއްޗެހި އަޅާ ނިމިއްޖެއެވެ. މި އަދު 2:15 އަށް ރައްޔިތުން، ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމަށް ބަނދަރަށް ދާނެއެވެ. މިއީ ތިޔަ ކަހަލަ، ޑީއާރުޕީ ގޮފަޅައިންގެ ލަގޮނޑި ފަޅައިގެން ދާ ކަހަލަ މަންޒަރުތަކުން އެއް މަންޒަރުކަމީ ދެން ހަމަ ބަހުސެއް ވެސް އޮތް ކަމެއް ނޫނެވެ.

  23. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    ހާޝިމަށް ނޭގޭތި ބުނެ އަންގަމޭ،
    ރަށުގަ ގިޑިގެ ތަކެއް ނާޅާ އެޅި އެންމެ ގިޑިގެޔެއް އެވެސް އެޅީ ބަންގާޅީން، ދެން އޭނަ ބާލަން ބަދަރަށް ދިޔައީ 100 ވަރަކަށް މީހުން އޭގެން ވެސް އޭނަޔަށް ސަޕޯރޓް ނެއްކަން އެގޭހާ ވޭ، ޖަލާލުއްދީނު ހޯލްވެސް ނުފުރުނު ދެނޯ

  24. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    އެމްޑީޕީ މީހުންގެ ހިތްވަރުގަދަކަން ދޭހަވާ މިސާލްތައް:
    1. ﷲ ދެއްވި ރިޒްގު ކަމަށްވާ ކަނޑުމަސް ރަށު (ހއ ދިއްދޫ)އޮފީހެއްގެ ތެރެޔަށް އެޅުން
    2. ފުލުހުންނަށް އަނިޔާ ދިނުން
    3. ރާއްޖޭގެ ޓުއަރިޒަމް ބޮއިކަޓުކުރަން އުޅުން
    4. ރާއްޖޭގެ ޒަމާނުން ސުރެ ހުރި އަހްލާގީ އިންތައް އުވާލުން
    5. އެކަކު އަނެކަކަށް އިހްތިރާމް ކުރުން ނައްތާލުން
    6. ކުރީ ސަރުކާރުގެ މުއައްސަސާތަކުގެ ބާރު ކަޑުވާލުން
    7. ދިވެހި ރައްޔިތުންގެ އަބުރާބެހުން
    8. ސަރުކާރުން ވައުދު ނުފުދުން
    9. އެކްޓިވިސްޓުން ލައްވާ މާލޭގަ ދިވެހި ރައްޔިތުންގެ ލޭ އޮހުރަން މަސައްކަތް ކުރުން

ޚިޔާލު ފާޅުކުރައްވާ