ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ވެސް ތަފާތު ހަރަކާތްތަކެއް ހިންގައިފިއެވެ. މާލެއެކޭ އެއްފަދައިން ކުޅުދުއްފުށީގައިވެސް މިނިވަން ދުވަހުގެ ހަރަކާތްތައް ފެށުނީ ގައުމީ ދިދަ ނެގުމުންނެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތު ކުޅުދުއްފުށީގައި ބާއްވާފައިވަނީ މަތި އުތުރު ޕްރޮވިންސް އޮފީހުގައެވެ. ހެނދުނު 6 ޖެހި އިރު ދިދަ ނަންގަވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރ ކަމަށް އައްޔަންކުރަށްވާފައިވާ ޑރ. މުސްތަފާ ލުތުފީއެވެ. ޑރ. މުސްތަފާ ލުތުފީ ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ހެނދުނު 10 ޖެހިއިރު ޖަލާލުއްދީން ސްކޫލުގައި ބޭއްވުނު ޖަލްސާވެސް ޝަރަފްވެރިކޮށްދެއްވާފައެވެ. މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ހުނައިފްވެސް ރައްޔިތުންނާއި މުހާތަބް ކުރެއްވި މިޖަލްސާގައި ވަނީ މަތި އުތުރު ޕްރޮވިންސްގެ އޮފީހުގައި ގާއިމު ކުރެވުނު މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމަންޓްގެ ވިޔަފާރި ކުރިއެރުވުމަށް އެހީވެދޭ އޮފީހުގެ ވެބްސައިޓް ލޯންޗްކޮށްފައެވެ.
މިނިވަން ދުވަހުގެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބެލެނިވެރިންގެ ހާއްސަ ނެޓްބޯޅަ މެޗެއް ވަނީ ކުޅެފައެވެ. ޖަލާލުއްދީން ސްކޫލުގެ ކެޑޭޓުން ރަށުގެ ބޮޑެތި މަގުތަކުގައި ބޭއްވުމަށް ރޭވި ޕެރޭޑް މަގުތަކުގައި ފެންބޮޑުވެފައި ވުމުގެ ސަބަބުން ވަނީ ބޭއްވޭގޮތް ނުވެފައެވެ.
މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދުވެސް ތަފާތު ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޑަކުދިންގެ ހަވީރަކާއި ޖަލާލުއްދީން ސްކޫލުގެ ގާލްގައިޑް ކުދިންނާއި ކުޅުދުއްފުށީ ޔަންގް ޖެނެރޭޝަންގެ އަންހެންކުދިންގެ ފުޓުބޯޅަމެޗެއް އޮންނާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދޮން ބެއްޔާ ވިދާޅުވީ
ތާރީޚް:27/07/2010
ސްޓޭޓް މިނިސްޓަރު މުހަންމަދު ހުނައިފް ޖަލްސާއެއްގައި ވާހަކަފުޅު ދެއްކެވިއްޔޭ! އެހެންތަ؟ ތިޔައީ ވަރަށް އާދަޔާއި ޚިލާފް ކަމެއް!
ތަކުރުފާނު ވިދާޅުވީ
ތާރީޚް:27/07/2010
ޑރ. މުސްތަފާ ލުތުފީ އެއީ އަދި ރައްޔިތުން ރުހުން ދީފާވާ މީހެއްނޫން، ވީމާ ރާއްޖޭގެ އެހެން މީހުނެކޭ އޭނަޔެކޭ ވަޒީރުކަމަށް ވާނީ އެއްވަރު، އޭނަ އެވަޒީރެއްވިއްޔާ ދިވެހި ހުރިހާ ރއްޔިތުންނަކީ ވެސްވަޒީރުން
ތަކުރުފާނު ވިދާޅުވީ
ތާރީޚް:27/07/2010
ޓީޗަރު: އަޅުގަނޑުމެން ފޯމުލަކަށް ދިޔައިމާ މަނިކުފާނު އަޅުގަނޑުމެން ފެންނަ ކަމަސް ވެސް ނުހެދީމެއް ނޫންތޯ؟
މުސްތަފާ ލުތުފީ: އެހެނޭނުން ވާނީ ރަށަކަށް ގޮސް ސިޔާ ރައްޔިތުން ތިބެނީ އިސްތިއުފާ ޔަށް ގޮވަންތައްޔާރަށް ވިއްޔާ….
މީނަޔަކަށް ނޭގޭ ތަ ރައްޔިތުން އިސްތިއުފާ ދޭށޭ ގޮވީމަ އިސްތިއުފާދޭކަށް ވެސް ދޯ މީ އިހްލާސް ތެރިކަން ހުރި މިންވަރު،،،،،
Dog ވިދާޅުވީ
ތާރީޚް:28/07/2010
މިލިޔުމުގައި AEC ގައި އޮތް ޓްރޭޑް ފެއަރ ނުހިމެނީ އެއީ މިނިވަންދުވަހާއި ގުޅުންހުރި ކަމަކަށް ނުވާތިތޯއެވެ؟ ދެން ބުނެލަން އޮތީ މިނިވަން ދުވަސް ވިޔަސް އެހެން ދުވަހެއްވިޔަސް އަންހެނުންގެ ވަނާތައް ފާޅުވާގޮތަށް ކުޅިވަރާއި އެހެނިހެން ހަރާކާތްތައް ބޭއްވުމަކީ އިސްލާމްދީނާއި ފުށޫއަރާކަމެއް ކަމަށް މިއަދުގެ ދަންނަ ބޭކަލުން ފަތުވާދޭތީ މިކަމާއި މެދު ވިސްނާލުން އެދެމެވެ. އަޅުގަނޑުގެ ނަޒަރުގައި މިއަދު މިރަށަށްވެސް ބޭނުންވަނީ ސިޔާސީ ހިޔާލުތަފާތު ވުމާއި ގުޅިގެން ބައިބައިވަމުންދާ މިރަށުގެ ކަމުއޮށިވެގެންވާ މީހުން އެއްބައިކުރުމުގެ މަސައްކަތްކުރުމެވެ. މިރަށަށް ތަރައްޤީ ލިބޭނީ އޭރުންނެވެ.
ހާޝިމް ވިދާޅުވީ
ތާރީޚް:29/07/2010
“އެޑިއުކޭޝަން މިނިސްޓަރ ކަމަށް އައްޔަންކުރަށްވާފައިވާ ޑރ. މުސްތަފާ ލުތުފީ” މިއީ މުޅި ދުނިޔެއިން ވެސް އަޅުގަނޑަށް ފެނުނު އެންމެ ނާތަހުޒީބީ، އަގަލު ނެތް އެއް ޖުމްލައެވެ. އޭގެ ސަބަބު ވެސް ދަންނަވާނަމެވެ.
މި ޖުމްލައިގައި ބަސްތަކުގެ މާނަ ބޭނުންކުރެވިފައިވާ ކޮންޓެކްސްޓުން އެނގިގެންދަނީ، ގޮތްކުޑަކަމެވެ. އެއީ، އެޑިއުކޭޝަން މިނިސްޓަރު ކަމުގެ ހުވާކުރައްވާފައިވާ، ހަމަ ސީދާ އެއްވެސް ޤާނޫނީ މަރުޙަލާއެއްގައި އެނޫން ގޮތަކަށް ސާބިތުވެފައި ނެތް ބޭފުޅެއްގެ ނަމަށް ހުތުރު އެރުވުމުގެ މަޤުޞަދުގައި “އައްޔަންކުރައްވާފައިވާ” މިހެން ބޭނުން ކުރެއްވީމައެވެ. މިއީ ލިޔުންތެރިޔާގެ ބަނޑުފެޅުމުން އަޅުގަނޑަށް ފެނުނު މުޑުދާރު ނިޔަތެވެ. އަނެއް ކޮޅުން “ކުރަށްވާ” މިއީ ވެސް ސްޕެލިންގެ މިސްޓޭކެކެވެ. ރަނގަޅު ގޮތަކީ “ކުރައްވާ” މިއެވެ. ހަމަ އެހެންމެ، ބޯބުރާންތިތަކަކަށް މުސްތަފާ ލުތުފީއަކީ، ފުރިހަމަ މިނިސްޓަރެއްކަން އެނގިފައި ނުވާނަމަ އަޑުއައްސަވާށެވެ. އެއީ ހަމަ އެކަނި އައްޔަންކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. އަދި ކިއެއްތަ، އެއީ މިނިސްޓަރެވެ. މިނިސްޓަރުކަމުގެ ޤާނޫނީ ހުވާކުރައްވާފައިވާ މިނިސްޓަރެވެ. އެނޫން ގޮތަކަށް އެކަން ބަލައިގަންނަ މީހަކު ނަމަ އެމީހަކު އެހެރީ ދެ ދުނިޔެއިން މޮޔަވެފައެވެ. ސަބަބަކީ، މިހާތަނަށް ވެސް އެއީ ޤާނޫނީ މިނިސްޓަރެއް ނޫންކަން ސާބިތުކުރި ކޯޓެއް، ފަނޑިޔާރުގެއެއް މި ރާއްޖޭގައި ނެތަތީއެވެ. އަދި ހަމައެހެންމެ، އެ ކަމާ ޝައްކުކޮށް އަޑުގޮއްވާ މީހަކު ވެސް އެކަން އެނޫން ގޮތަކަށް ސާބިތުކުރުމަށް ކޯޓަކަށް ހުށަހަޅާފައި ވެސް ނުވާތީއެވެ. މިހެން ދަންނަވާއިރު، ޑރ ޖަމީލޭ ކިޔުނު ކުރީގެ ޖަސްޓިސް މިނިސްޓަރެއް އެކަން ކޮންމެވެސް ތަނަކަށް ލިޔޯ، ލައިފިޔޯ ކިޔާ އަޑު އިވެއެވެ. އެކަމަކު އެ ދުށް މީހަކު ނެތެވެ. އެ މައްސަލައިގައި، އޭނާ ނެންގެވި ނުކުތާތައް އެނގޭ މީހަކު މިއުޑު ދަށުގައި ވެސް ހުރި ހެންނެއް ހިއެއް ނުވެއެވެ. އަނެއްކާ، ސިޔާސީ ތަޢައްޞަބުގެ ސަބަބުން، އެއީ މިނިވަން ސިކުނޑިއެއް ހުރި މީހެއް ނޫންކަން ޤަބޫލު ނުކުރާނެ މީހަކު ވެސް މި ރާއްޖޭގައި ނުހުންނާނެ ކަމީ ދެން ބަޙުސެއް އޮތް ކަމެއް ވެސް ނޫނެވެ. ވީމާ، ދަންނާށެވެ. ޑރ މުސްތަފާ ލުތުފީއަކީ، ބަޔަކު ޤަބޫލުކުރިއަސް އަދި ނުކުރިއަސް، މި ދައުލަތުގެ އެޑިއުކޭޝަން މިނިސްޓަރެވެ. އޭނާ ނޫން މީހަކު މިއަދު އެ މަޤާމު ފުރަމުންދާ ކަމެއް އެނގިފައެއް ނެތެވެ. އަނެއް ކޮޅުން، އޭނާ އެ މަޤާމުގެ ހުވާ ކުރީ، ލަޓޯފަޓޯ ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވަގަށް ކަންތައްތައް ކުރާހެނެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި، ރޯމާ ދުވާލު، އެންމެންގެ ކުރިމަތީގައި، ޓީވީ މެދުވެރިކޮށް ވަގުތުން ދައްކަމުން ދިޔަ ތަނެއްގައެވެ. ވީމާ، އެއީ ތަކުރާރުކޮށް ދެންނެވޭނީ ހަމަ މިނިސްޓަރު ކަމަށެވެ. އެ ނޫން ގޮތަކަށް ޤަބޫލު ކުރާ މީހަކު ނަމަ ކޯޓަށް ގޮސް އެކަން ސާބިތުކޮށްގެން އަންނާށެވެ. އެހެން ނުވާހާ ހިނދަކު، ރުހުނަސް ނުރުހުނަސް އެއީ ހަމަ މިނިސްޓަރެވެ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:29/07/2010
އޭނަޔަށް ރައްޔިތުންގެ ކިބައިން ރުހުންދޭނީ ހާޝިމްތަ؟ އެއވެސް ރައްޔިތަކު އޭނަޔެއް ބޭނުމެއްނޫން
ތަކުރުފާނު ވިދާޅުވީ
ތާރީޚް:29/07/2010
މުސްތަފާ ލުތުފީ އެއީ މިނިސްޓަރެއްނޫން
ހާޝިމް ވިދާޅުވީ
ތާރީޚް:29/07/2010
އަދި އެއް ވާހަކަ. މިހާރު އޮތް ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފާ. އެ ރުހުން އަނބުރާ ގެންދިޔަ ތާރީޚެއް އެނގޭކަށް ނެތް. އަނެއްކާ އެ ރުހުން އަތުލައި ވަޒީރުންގެ މަޖިލިހުން އެއްވެސް މެމްބަރަކު ދުރުކުރެއްވި ކަމެއް ވެސް އެނގޭކަށް ނެތް. ވީ ގޮތަކީ ވަޒީރުންގެ މަޖިލިސް އަމިއްލަ ފުޅަށް އިސްތިޢުފާ ދެއްވީ. ދެން އަނެއްކާ ރައީސް އެ ބޭފުޅުންނާ ހަމަ ކުރީގެ މަޤާމުތައް ޙަވާލުކުރީ. އާ ބޭފުޅަކު ވަޒީރުންގެ މަޖިލިހަށް ލައްވާފައެއް ނެތް. އެހެންވީމާ، ރުހުން ލިބިފައި، އެ ރުހުން އަނބުރާ ގެންގޮސް ފައި ނުވާއިރު، ދެން އަލުން ކޮން ރުހުމެއްބާ ހޯދަންވީ. މި ތަންކޮޅު އަޅުގަނޑަށް ސާފުކޮށްދެވޭނެ އިންސާނަކާ އަދި މި އުޑުދަށަކުން އަޅުގަނޑަކާ ބައްދަލެއް ނުވޭ. ހީވަނީ އެއްވެސް ބޭފުޅަކު އަތްޕުޅުގައި އޭގެ ޖަވާބު ނެތީ ހެންނެވެ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:29/07/2010
އެމީހަކު ބޭނުން ވީމަ އިސްތިޢުފާދީފަ، އެމީހަކު ބޭނުން ވީމަ އައްޔަން ކުރެވެންޏާމުން ދެން ދައުލަތުގެ ތިންބާރު ވަކިވެފަ އޮތުމުގެ ބޭނުމަކީ ކޮބާ؟ މިކަހަލަ ގާނޫނަށް ބޯނުލަބާ ވެރިކަމެއް މިނޫނީ މި އުޑުދަށުގަ ވޭބާ؟
ތަކުރުފާނު ވިދާޅުވީ
ތާރީޚް:29/07/2010
މިސަރުކާރުން ގާނޫނާ ހިލާފަށް ކުރި ބައެއް ކައްތައް
1. ސިވިލް ސާރވަންޓުންގެ މުސާރަ ބޮޑުކުރަން ކޯޓުން ނިންމުމުން އެކަމަށް އަމަލީ ސިފަނުގެނައުން
2. ރައްޔިތުންނަށް އެކިސިފަ ސިފާގަ ނުލަފާކަންދެއްކުން
3. އެއްވެސް ކުށަކާނުލާ ރައްޔިތުން ރަހީނުކޮށްގެން އާރަށުގަ ބަންދުގަ ބެހެއްޓުން
4. ދިވެހި ރައްޔިތުންގެ އަބުރަށާއި ޖާނާ މާލަށް އެކި ސިފަސިފައިގަ އެރުން
5. ގާނޫނާ ހިލާފަށް ކައުންސެލަރުން އައްޔަން ކުރުން
6. ނޮވެންބަރ 3 ނެއްގެ ބާޣީ އަކަށް ސިފައިން ސެލިއުޓުކުރަން ޖެއްސުން
7. ރީކޯ މޫސަގެ ކާރުން ފެނުނު ރާތަކުގެ މައްސަލަ ހިންދާލުން
8. މާލެތެރޭގަ ފާލުގަ މާރާމާރީ ހިންގުން
ތަކުރުފާނު ވިދާޅުވީ
ތާރީޚް:29/07/2010
ޤައުމުގެ ހަޤީޤީ ހާލަތަކީ ކޮބައިތޯއެވެ؟ ޢިއްފަތްތެރިކަން ނެތިވެ، އަމަލުގައި ތިބޭ މީހުން ގިނަވެ، އިސްލާމްދީނުގެ ތަޢުލީމު ހިފެހެއްޓި، މާރާމާރީ އާއި ފޭރުމާ އަދި ވައްކަން ޢާންމުވެއްޖެ ހިނދެވެ. މިނިވަންކަމަކީ މިއީ ތޯއެވެ. ސަރުކާރަކަށް ކުޅަދާނަ ވެގެން ނުވާ ކަމެއްކަމުގައި ރައްޔިތުންގެ އަޑު އެހުން ވެއްޖެއެވެ. އެބައި މީހުންނަށް އޭރުވެސް އިވުނީ ބޭރުގެ ދައުލަތްތަކާއި އެބައި މީހުންގެ އަޑެވެ. އަމަލުތައްވެސް ކުޅައީ ހަމަ އެބައި މީހުން އެދުނު ފަދައިންނެވެ. ހާލަކީ މިއަދުވެސް ހަމަ މިއީ ކަމުގައި ވެއެޖެއެވެ. މިއަދުވެސް އަޑުހަނީ ހުޅަނގުން ބުނާ ގޮތެވެ. ހަދަނީވެސް އެބައިގަނޑު ބުނާ ގޮތެވެ. މިއީ މިނިވަންވުންތޯ؟ ނޫނީ އަޅުވެތިވުންތޯ؟ – “ރަލާ ބަނގުރަލާ އެއުރެންގެ އަރުތެރެ ފުރަން ނޭދޭނެހޭ… މިތިބަހާ ކާފަރުންތައް އެދޭ ގޮތްތައް ހަދަން ޖެހުމުން އެކަންވެސް ކޮށްފާނެތޭ”
ބޮޑުތަރުތީބު ވިދާޅުވީ
ތާރީޚް:29/07/2010
އަދުގެ އުސްއަލިތައް
- ރައީސް އަންނި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާތީ، ރަށު އޮފީހުން މަރުހަބާ ދެންނެވުމަށް ރައްޔިތުންނަށް އާދޭސްކުރުން.
- ޖަލާލުއްދީން ސްކޫލްގެ މެންދުރުފަހު ދަންފަޅީގެ ކިޔެވުން ބަންދުކުރުން. (ރައީސްގެ އިހްތިފާލްތަކަށްޓަކައި)
- ސަރުކާރު އޮފީސްތައް ކައިރީގައި ވަކިޕާޓީއެއްގެ ދިދަޖެހުން.
- ރައީސްގެ ފަސްހަގުރާމަ ބެލުމަށްޓަކއި އިއްޔެއާއި މިއަދު އިންޑިޔާ ސްރުކާރުން ވެދުންކުރި ހެލިކޮޕްޓަރު ކުޅުދުއްފުއްޓަށް ދަތުރުކުރުން.
- އަތޮޅުގޭގެ ކޮޓަރިތައް ސާފުކޮށް ކޮއްތު ތައްޔާރުކުރުމަށް އަތޮޅުއޮފީހުގެ ހުރިހާ ގިންތިއެއްގެ ސިވިލްސާވިސް މުވައްޒަފުން އަތޮޅުގެއަށް ގެންދިއުން. މިކަން އެނގުނީ މިއަދު އަތޮޅުއޮފީހަށް ކަމަކު ދިޔައިރު އެތަނުގައި އިނީ ފޯނުނަގާނެ އެއްމެ މުވައްޒަފެއް ވީމައި، ކޮބާތޯ އެހެންކުދިން އެހުމުން.
- ރަށުގައި ހުރި ހުރިހާ ކުލީކޮޓަރިތަކެއް ސަރުކާރުން ކުއްޔަށް ހިފުން.
މިކަންކަމުން އަޅުގަނޑަށް ޚުދުމުޚްތާރުކަމަށް ބުނާ 30 އަހަރަށްވުރެވެސް މިހާރުގެ ޚުދުމުޚްތާރުކަން ބޮޑު.