Share

ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފަށްޓަވައި ދެއްވުމަށް ކުޅުދުއްފުށްޓަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފަށްޓަވައި ދެއްވުމަށް ކުޅުދުއްފުށްޓަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކުޅުދުއްފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް ކުޅުދުއްފުށްޓަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފަށްޓަވައިފިއެވެ.

މި ދަތުރުފުޅުގައި ކުޅުދުއްފުށީ ފެންހޮޅިލުމުގެ މަޝްރޫޢާއި، މަގުހެދުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވާނެއެވެ. އަދި ކުޅުދުއްފުށީގައި ބިނާކުރާ ރޯހައުސްގެ މަޝްރޫޢުގެ ބިންގާވެސް ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވާނެއެވެ. މި މަޝްރޫޢުތައް ފަށްޓަވައިދެއްވުން އޮންނާނީ މިއަދު ހަވީރުއެވެ. އެއަށްފަހު މިކަމާ ގުޅޭ ޖަލްސާ ޖަލާލުއްދީން ސްކޫލުގައި އޮންނާނެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ.

އަދި މީގެ އިތުރުން ފެންހޮޅިލުމުގެ މަޝްރޫޢާ ބެހޭގޮތުން އެމްޑަބްލިޔުއެސްސީގެ ޗެއާރޕާސަން އަލްފާޟިލާ ނީޒާ ޢިމާދު ވާހަކަފުޅު ދައްކަވާނެއެވެ. އަދި ކުޅުދުއްފުށީގެ މަގުހެދުމުގެ މަޝްރޫޢާބެހޭގޮތުން މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވާހަކަފުޅު ދައްކަވާއިރު ހައުސިން ޕުރޮޖެކްޓާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާނީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ސުހައިލް އަޙްމަދު އެވެ.

‮ ‬20‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. hindhu‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    ިކތަންމެހާވެސް ރަގަޅު ރަގަޅުގޮތުގައި ހެޔޮގޮތުގައި ހެޔޮވެރިކަމެއްގައި މިމަޝްރޫއުތައް ނިންމާލެވިއްޖެނަމަ !!!

  2. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    ވަރަށް މަދުމީހުން ކޮޅެއް ރައީސަށް މަރުހަބާ ދެއްނެވުމަށް ދިޔައީ އަޅުގަނޑު ވަރަށް ދެރަވި އެކަމާ، އަސްލުގަ ރައްޔިތުން ދާންޖެހޭނެ އޭނަ ކިތަމެ އަހަރެމެނަށް އަނިޔާ ވެރިކަމުގަ ވިޔަސް

  3. އަހުމަދު‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    ރައީސް ނަޝީދެވެ އަޅުގަނޑުމެން ކުޅުދުއްފޫށީގެ ރައްޔިތުން އިތުރަށް ވާނުވައްދާށެވެ އޮޅުވާނުލައްވާށެވެ. ރައީސް އަށް ކިތައް ދޮގުހެދުނީތޯ ދޮގެއް ހެދުނުކަމުގައި ވާނީ؟ އަޅުގަނޑުމެންގެ މިރަށް އިތުރަށް ފަސާދަ ނުކުރައްވާ އަޅުގަނޑުމެން ތިބިޙާލުގައި ބައިތިއްބާށެވެ. އަޅުގަނޑުމެން ކައިރިއަށް އައިސް ދިޔަދޮގު ތައް ތިހައްދަވަނީ އަޅުގަނޑުމެން މަނިކުފާނަށް ކޮން އަނިޔާއެއް ކުރީމަ ތޯއެވެ.؟ އަޅުގަނޑުމެންނަކީ ފަސް ކުޅަނދު މަދުބައެއް ކަމުގައި މަނިކުފާނަށް ހީކުރެވުނު ކަމުގައިވިޔަސް މާލެމުނިސިޕަލްޓީގެ ބަޖެޓުގައި 1 ބިލިޔަން ރުފިޔާ ނުއޮއްނާނެ ކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެހެންވީމާ ކުޅުދުއްފުއްޓަށް ޚަރަދުކުރުމަށް އެހާގިނަ ފައިސާ ހޯއްދެވިގޮތެއް މަނިކުފާނު ވިދާޅުނުވިކަން އެއީ ތިޔަކަމުގައިވެސް ދޮގުއެކުލެވޭ ކަން ހާމަކޮށްދޭ ހެއްކެކެވެ.

  4. ވޮށްގަނޑު‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    އަދުގެ އުސްއަލިތައް
    - ރައީސް އަންނި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާތީ، ރަށު އޮފީހުން މަރުހަބާ ދެންނެވުމަށް ރައްޔިތުންނަށް އާދޭސްކުރުން.
    - ޖަލާލުއްދީން ސްކޫލްގެ މެންދުރުފަހު ދަންފަޅީގެ ކިޔެވުން ބަންދުކުރުން. (ރައީސްގެ އިހްތިފާލްތަކަށްޓަކައި)
    - ސަރުކާރު އޮފީސްތައް ކައިރީގައި ވަކިޕާޓީއެއްގެ ދިދަޖެހުން.
    - ރައީސްގެ ފަސްހަގުރާމަ ބެލުމަށްޓަކއި އިއްޔެއާއި މިއަދު އިންޑިޔާ ސްރުކާރުން ވެދުންކުރި ހެލިކޮޕްޓަރު ކުޅުދުއްފުއްޓަށް ދަތުރުކުރުން.
    - އަތޮޅުގޭގެ ކޮޓަރިތައް ސާފުކޮށް ކޮއްތު ތައްޔާރުކުރުމަށް އަތޮޅުއޮފީހުގެ ހުރިހާ ގިންތިއެއްގެ ސިވިލްސާވިސް މުވައްޒަފުން އަތޮޅުގެއަށް ގެންދިއުން. މިކަން އެނގުނީ މިއަދު އަތޮޅުއޮފީހަށް ކަމަކު ދިޔައިރު އެތަނުގައި އިނީ ފޯނުނަގާނެ އެއްމެ މުވައްޒަފެއް ވީމައި، ކޮބާތޯ އެހެންކުދިން އެހުމުން.
    - ރަށުގައި ހުރި ހުރިހާ ކުލީކޮޓަރިތަކެއް (އައުވާނުންނަށް) ސަރުކާރުން ކުއްޔަށް ހިފުން.
    - ޑީއާރޕީން ދަމާފައިވާ ބައެއް ފޮތިގަނޑުތައް ކަނޑާލުން.

    މިކަންކަމުން އަޅުގަނޑަށް ޚުދުމުޚްތާރުކަމަށް ބުނާ 30 އަހަރަށްވުރެވެސް މިހާރުގެ ޚުދުމުޚްތާރުކަން ބޮޑު.

  5. ސަރީފު‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    މާލޭ މުނިސިޕަލްޓީގެ ދަށަށް ކުޅުދުއްފުށި ވެސް ދިޔައީބާ؟

  6. ސަރީފު‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    މިއަދު ވަޑައިގަންނަވާކަމަށް ތިޔަ ބުނާ ރައީސް އެއީ ރައީސުލް ޖުމުހޫރިއްޔާ ހެނެއް ހިޔެއްނުވޭ. ހީވަނީ ރައީސުލް އެމްޑީޕީހެން. ރައީސުލް ޖުމުހޫރިއްޔާ ނަމަ، ޖުމުހޫރިއްޔާގެ ސަރުކާރުގެ އެންމެ މަތީ މީހާ ގެ ހައިސިއްޔަތުން ވަޑައިގަންނަވާ ވަޑައިގަތުމެއްގައި އެވަރަކަށް ރީނދޫވެގެން ނުވާނެ. އަހަރެން މިއަދު އެމަނިކުފާނަށް މަރުހަބާކިޔަން ދިޔައީމުސް އެމަނިކުފާނު އެތަން ރީނދޫ ނުކުރެއްވި ނަމަ.

  7. އަންނި‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    ތަކުރުފާނު ލޮލަށް އަސޭމިރުސް އެޅުނީ ކޮންއިރަކުތޯ؟

  8. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:29/07/2010

    ތަކުރުފާނުމެން ޑީއާރުޕީ ކެނައިން ދެން ރަނގަޅަށް ބޯލާ.ދެން ތުންފުހެލާ ފަ ވިސްނާލާ މަދުވެގެން 5000 މީހުން މިއަދު ރައީސަށް މަރުހަބާ ދަންނަވަން ދިޔަ އެވަރު މަދުވީދޯ.ވަރަށް ހިތުގަ ޖެހިއްޖެތާ މިކުދިން. ޕަކާސް ހެހެހެ

  9. Dog‮ ‬ވިދާޅުވީ


    ތާރީޚް:30/07/2010

    ހިސާބު އަކުރު ގުނަން އެގޭތޯއެވެ. އެތަނުގައި ތިބޭނީ ގިނަވެގެން 500 މީހުން ދޮގު ހެދިޔަސް ތިއީ ފުކެއް ބޮޑުވަރު. ދެން ބުނަންތަ drp މީހުންނަށް ވުރެ mdp މީހުންގެ މުރާލިކަމާއި ހީވާގިކަން މިއަދު މިރަށުން ފެނުނު، ހަމަ އެހެންމެ ރައީސްގެ ޖެހިލުން ކުޑަކަމާއި އިދިކޮޅު ޕާޓީގެ ފިނޑިކަން ފެނުނު، އެކަމަކު ދެރައީ MDP މީހުން އަދިވެސް ލަދުނުގަނެފައި ވިޔާނުދާކަން ފެނުނީމައި. ވަރަށް ފުރިހަމަ މަރުހަބާ އެއް ފެނުނީތީ MDP މީހުން ނަށް ތައުރީފްކުރަން. އެކަމަކު ދޮގު ހެދުން ހުއްޓާލުމަށް ޕިސްޕިސް ގެ ކިބައި އެދެމެވެ. ވާހަކަ ދައްކަންވާނީ ހަޤީޤަތާއި އެއްގޮތަށެވެ.

  10. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:30/07/2010

    އާ ﷲ ގަންދީ ހުވާކޮށްފަ މިބުނީ ޖަލްސާގަ ޖަލާލުއްދީނު ހޯލްވެސް ނުފުރުނު ދެން ޕިސްޕިސް ބޯލާ، ކަލެޔަށް އެގޭތަ މަމީ MDP ގެ ކެނަޔެއް, DRP މީހުން ފިޑިކަން އެއީ އަހަރެމެންގެ ނަސީބު

  11. Dog‮ ‬ވިދާޅުވީ


    ތާރީޚް:30/07/2010

    އިއްޔެގެ ޖަލްސާގައި ގަޕޯ ބުނި އެއްޗަކުން އަޅުގަނޑު ވަރަށް ކަންބޮޑުވޭ، އެއީ މިރަށަށް އެހެން ރަށްރަށު މީހުން ގެނެސްގެން އާބާދީ އިތުރުކުރުމަށް އެދުނީތީ؟ މިހާރު މިއުޅެނީ މިރަށުގެ ދަރިންނަށްވެސް ގެދޮރު ނެތިގެން އަދި މިބިންކޮޅު މިއާބާދީއަށް ކުޑަވެގެން މިހެން ކަން އޮތް އިރު މިރަށަށް އިތުރު ބަޔަކު ސަރުކާރުގެ ބާރުގައި ގެނެސް އެޅުމުން މިރަށުގައި އިޖުތިމާއި އެތަނެއް މައްސަލަ އުފެދުމުގެ އުތުރުން މިރަށުގެ ދަރިންނަށް މިބިމުން އިތުރު ބިން ކޮޅެއް ނުލިބޭނެ. މިއީ މިރަށާއި މެދު މިސަރުކާރުން ވާ ބޮޑު ޖަރީމާ އެއް ނޫން ބާވައެވެ.

  12. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:30/07/2010

    އާ ﷲ ގަންދީ ހުވާކޮށްފަ ދޮގުހެދުން ހުއްޓާލާ! ޖަލްސާ އަށް އަތުރާފަހުރި ގޮނޑިތައްފުރިގެން ބޭރުގައިވެސް މީހުންތިބި،.ޓީވީއެމް، ލިވެ ކުރިއިރުވެސް އެކަން ފާހަގަކުރި. ހެހެހެ ދެން އަދި އެއްފަހަރު ބޯލާ.ތިޔައީ ދީއާރުޕީ ކެނައެއް،،، ކެކެކެކެ

  13. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:30/07/2010

    ޕިސްޕިސްއަށް
    ކުޅުދުއްފުއްޓަކު DRP އެއްގަ ނޫޅޭނެ މަ މިލިޔާ ކަހަލަ ހިތްވަރުގަދަ އެއްޗެހި ލިޔަން ކެރޭނެ މީހަކު، އެހެންނަމަ އެމީހުނަށް ރައީސް އައިމަ އެންމެ ކުޑަމިނުން އިސްތުއުފާ އޭވެސް ބުނަން ކެރުނީސް، ދެން ކަލޭ ގަބޫލް ކުރާނަންތަ މަމިއީ MDP ކެނަޔެއް ކަމަށް، މަނުލިޔަން ސަރުކާރާ ދެކޮޅު އެއްވެސް އެއްޗެއް، އަހަރެމެންގެ ސަރުކާރެއް ވެސް ގޯސްކޮށް ދަންޔާ އެވާހަކަ ދެއްކުން އެއީ ހަމަ ރަގަޅު ކަމެއް، ޕިސްޕިސް ރުޅި އަޔަކަސް މަބިރެއް ނުގަންނާނެ މަލިޔާނެ އެއްޗެއް މަލިޔާނަން އޯކޭތަ

  14. ރީދޫހުން‮ ‬ވިދާޅުވީ


    ތާރީޚް:30/07/2010

    އަންނި ބިރު ނުގަންނާތި ދޯ އަންނި ދިޔުމުގެ އެއްދުވަސް ކުރިން ފެށިގެން ހެލްކޮޕްޓަރާއި ކޯސްޓް ގާޑް ބޭނުން ކޮށްގެން ރަށް ހިސާރު ކުރީ، MDP ހުރިހާ އާލާތުން ބޯލާ ،

  15. ބޮޑުތަރުތީބު‮ ‬ވިދާޅުވީ


    ތާރީޚް:30/07/2010

    މިރަށުން ރޯހައުސް އެޅުމަށް ބީލަން ކާމިޔާބުކުރި 3 ފަރާތުގެ މިފަދަ މަސައްކަތެއްކުރުމުގެ ތަޖުރިބާ އެބަހުރިބާ؟؟؟؟؟؟ ޗަކަބިމަކަށް ކުއްލިޔަކަށް ވެލިތަކެއް އަޅާލާފައި ގެދޮރު އެޅީމައި ދެންވާނެގޮތަކާއިމެދު ވިސްނާލިބާ. އަހަރެންނަށްވެސް ކުޅިކައިރިން ގޯއްޗެއް ލިބުނު، ވެލިވެސް އެޅިން އެކަމަކު 5 އަހަރެއްހާ ދުވަހުގެ ތެރޭގައި އަނެއްކާ ބިންގަޑު ޗަކަވީ، ވާގޮތަކީ ކިސަޑުގަނޑުގެ ތެރެއަށް އަޅާ ފަސްކޮޅު ވަދެގެންދަނީ. ތިޔަ ރޯހައުސްގައި އުޅެވޭނީ މުއްސަދިންނަށް. މިހެން މިބުނީ އެއްޗެއް ދޮވެލަންވެސް ތިޔަތަނުގެ ފެންބޭނުންނުކުރެވޭނެތިން، ޖެހޭސީ ސަޕްލައިފެން ބޭނުންކުރަން.

  16. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:30/07/2010

    ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް 8000 މީހުންގެ ބޮޑު އާބާދީއެއް ގެ މި ކުޅުދުއްފުށީގަ ނެއް އަންނި މިރަށުގަ ހުސްފައިގަ އުޅުން އިރުވެސް އިދިކޮޅަށް ފޮޑިޔެއް ޖަހާލަން ކެރުނު މީހަކުވެސް، ދެން އެއީ ރަށުގެ މަސްލަހަތަށް ބަލާ އިރު ރަގަޅު ގޮތް މެ، MDP މީހުނަކަށް މިހާރަކު ނޯންނާނެ މިރަށް ތަރައްގީ ނުކުރެވުނީ DRP މީހުނާ ހެދިޔެކޭ ބުނެވޭކަށްދޯ

  17. Dog‮ ‬ވިދާޅުވީ


    ތާރީޚް:31/07/2010

    ތަކުރުފާނުގެ ފަހުގެ ކޮމެންޓަށް ވަރަށް ތާއީދު، އަދި ބުނެލަން އޮތީ MDP ސަޕޮރޓަރުން DRP މީހުންގެ ބެނާތައް ކަނޑާ ހަދައިގެން އެމީހުން ރުޅި އެރުވައިގެން ރަށުތެރެ ހަލަބޮލިކޮށް އެމީހުން ހައްޔަރުކުރުމަށް ވަރަށް މަސައްކަތްކުރި އިރުވެސް އެމީހުންނަށް ނުކެރިގެން ނުވަތަ ވިސްނިގެން ނަމަވެސް އެމީހުން އިދިކޮޅު ހަރަކާތަކަށް ނުނިކުމެ ހުރުން އެއީ ރަށަށް ލިބުނު ރީތިނަމަކާއި ކުރިއެރުމަކާއި އެމީހުންގެ އަހުލާޤު ދައްކުވައިދިން ވަރަށް ރީތި ނަމޫނާ މިސާލެކެވެ. ދެން ބުނެލަން އޮތީ އެމިސަލު MDP ސަޕޯރޓަރުންވެސް ބަލައިގަނެ މިހާރަށް ވުރެ ހޭލުންތެރިވެ އެބައެއްގެ ހިޔާލާއި ފިކުރާއި ސިޔާސީ ބަހުސް ހުދޫދެއްގައި ބަހައްޓައިގެން މިގައުމާއި މިރަށް ތަރައްގީ ކުރުމަށް މަސައްކަތްކުރާށެވެ. ތިޔައީ ހަމަ މިރަށުގެ ދަރިންނަށް ވީހިނދު މިރަށަށް ކޮންމެ ބަޔަކު ކުރިޔަސް ރަގަޅު ކަމެއް ކުރި އެރުމަށް ކަމެއް ކޮށްފިނަމަ އެކަން ބަލައިގަންނަން ޖެހޭނެއެވެ. ސިޔާސީ ގޮތުން ހޭލުންތެރިވެފައިވާ ގައުމު ތަކުގެ މީހުން އެބައެއްގެ ޕާޓީ އަށް ނިސްބަތް ނުވާ ވެރިޔަކު ތަނަކަށް ދިޔަކަސް ހަޅޭ ލަވާ އެމީހެއް ބޮލަން އަރާ ހަމަ ނުޖެހުން އުފަންދަން މަސައްކަތް ނުކުރާކަން ދުނިޔޭގެ ކަންކޮޅު ތަކުން އަޅުގަނޑުމެންނަށް ފެންނަ ހިނދު އަޅުގަނޑުމެން އެނަމޫނާ ބަލައިގަންނަން ޖެހޭނެއެވެ. ހާއްސަކޮށް ގައިރުދީންތަކުގެ އަހުލުވެރިން ގިނަ ހުޅަގުގެ ގައުމު ތަކުން އެނަމޫނާ ދައްކާ އިރު އަޅުގަނޑުމެން އިސްލާމުން އެނަމޫނާ އަށް ބީރައްޓެހި ވެގެން ނުވާނެއެވެ. އިސްލާމުންނަކީ އެއްބައިވަންތަ އެކުވެރި ބަޔަކަށް ވުމަށް ދީން ނުހަނު ބާރު އަޅައެވެ. ހަޅޭލަވާ މުޒާހަރާ ކުރާނީ ގޯސްކޮން ކަންތައްތަކެއް ހިނގާ ވަގުތު އެކަން އިސްލާހުކުރުމުގެ ނިޔަތުގައެވެ. ބަޔަކަށް އުނދަގޫކޮށް ޖެއްސުން ކުރާކަން ނޫނެވެ. ތިޔައިން އެއްވެސް މީހަކު ގަޕޯގެ އެބަސް ފުޅަށް ކޮމެންޓެއް ނުކުރީތީ އެއީ ތިޔަ އެންމެން ރުހޭކަމެއް ކަމުގައި ބުނަނީތޯ އަހާލާހިތްވެއެވެ.

  18. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:31/07/2010

    ޑޯގުގެ ހިޔާލަށް މަތާއީދުރަމުން ބުނެލަން އޮތީ ގަޕޯގެ ހިޔާލަށް އަހަރެމެން ތާއީދެއް ނުކުރަމޭ، އެއީ ކުޅުދުއްފުށީގަ ބިމުން އަހަރެމެނަށް ގޯތި ލިބޭވަރުނުވާއިރު ކިހިނެއް ކިހިނެއް އެހެން ރަށެއް ގެ ބަޔަކަށް އެދޭނީ

  19. Dog‮ ‬ވިދާޅުވީ


    ތާރީޚް:01/08/2010

    ބަޔަކު މިހުން މީހުންނަށް މިވަނީ މާރާމާރީ ހިންގާ ރަށުތެރެ ހަލަބޮލިކުރުމުން ކަމަށް ދެކޭނަމަ އެއީ އަޅުގަނޑު ދެކޭ ގޮތުގައި ގައުމަށާއި ރަށަށް ހެޔޮ އެދޭ ބައެއް ނޫން. އަދި އެފަދަ ގޮތަކަށް ވިސްނާ މީހުންނަކީ މާތް ވެގެންވާ އިސްލާމް ދީނުގެ އަގީދާތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވިސްނާ ބަޔެއް ނޫން.

  20. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:02/08/2010

    ދެން މިހާރު އެނގިއްޖެ ޑީއާރުޕީ މީހުންމީ އެއްވެސް ބައެއްނޫންކަން.އެހެންމިބުނީ މާލޭގަ ޑީއާރުޕީން ބޭއްވި ޖަލްސާއެއްގަ ، މިއުޅޭސިއްތި ހުސޭނު ގޮވާއަޑުއިވޭ އައްނީ ކުޅުދުއްފުއްޓަށް އަރައިފިއްޔާ ދެކށިމަތި ބިންދާލާނަމޭ، ވެލިޖަހާނަމޭ، ދެން މިކަހަލަ ވާހަކަ ތަކެއްގޮވަމުން އަދިބުނި މުޅި ތިލަދުންމަތިވެސް އޮތީ ތިމަންނަގެ ފަހަތުގައޭ، ބަލަ އައްނި ރަށަށް އަރާ މުޅި ރަށުގަ ހިގާފަ ދިޔައިރުވެސް މި ފައިބިންދަން ބުނި މީހުންނަށް ނުކެރުން ކޫސް ވެސް ލައްވާލަން. އަދި ސއްތިހުސޭނު ހޮޅު އަށީގަ އޮއްވަ ރައީސް ގޮސް ކަލޯކޮންހާލެއްހޭ އަހާލީމަވެސް ނިދާ ކަމަށް ހަދައިގެން އަގައިންވެސް ނުބުނެ ފޮށާގަނޑަށް ގުއި ގޮއްސަ އޮތީ މިވަރު މީހުން މި ތަންތާ ހަޅޭލަވަނީ، އެހެންވީމަ ދެންވެސް އަނގަ ނާރުވާ.

ޚިޔާލު ފާޅުކުރައްވާ