ފެންހޮޅިލުމުގެ މަޝްރޫޢާއި، މަގުހެދުމުގެ މަޝްރޫޢާއި، އަދި ރޯ ހައުސްގެ މަޝްރޫޢު ރައީސުލްޖުމުހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފިއެވެ. ބުރާސްފަތި ދުވަހު ކުޅުދުއްފުށީގައި ވަކިވަކިން އޮތް ތިން ރަސްމިއްޔާތުގައި މިތިން މަޝްރޫޢުވެސް އިފްތިތާޙްކޮށްދެއްވީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދެވެ. ބުރާސްފަތިދުވަހު މިތިން މަޝްރޫޢު އިފްތިތާޙް ކޮށްދެއްވުމަށްފަހު ބޭއްވި ޚާއްސަ ޖަލްސާގައި ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން ދައުލަތު އިސްމަޤާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނާއި މަތިއުތުރު ޕުރޮވިންސްގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މުނާސަބަތާ ގުޅިގެން ޖަލާލުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅުއްވައި ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިރާދަކުރެއްވިއްޔާ ކޮންމެ ބަޔަކު ރާއްޖޭގެ ވެރިކަމުގައި ދެން ތިބިނަމަވެސް، މިރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅޭނެ ކަމަށާއި، މިސަރުކާރުން ވަނީ އެކަމަށް މަގުފަހި ކުރުވާފައި ކަމުގައި ވިދާޅުވިއެވެ.
ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، ތަރައްޤީގެ މަގުގައި ކުރިއަށްގޮސް މިރާއްޖެ ބަދަލުކުރުމަށް ކުރާން ހުރި މަސައްކަތަކީ ކޮބައިކަން ސަރުކާރަށް އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. “އަޅުގަނޑުމެން އެ މަސައްކަތްތައް ކުރާނީ އަދި ކުރަމުން ގެންދާނީވެސް ދެމެހެއްޓެނިވި ގޮތުގައި ތިޔަބޭފުޅުންނަށް ތަރައްޤީ ލިބޭ ގޮތަށް” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޚަރަދު މިކުރަނީ ރައްޔިތުންގެ ފައިސާއިން ކަމަށްވުމުން، އެ ފައިސާ ރަނގަޅަށް ބޭނުންކުރުމަށާއި ސާފުކޮށް ދެފުށްފެންނަ ގޮތަށް ކަން ކުރުމަށްޓަކައި ހުރިހާ މަޝްރޫއެއްވެސް ރަނގަޅަށް މިނެންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިފްތިތާޙް ކުރެވުނު ފެންހޮޅިލުމުގެ މަޝްރޫޢާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، އެމް.ޑަބްލިޔު.އެސް.ސީ.ގެ ޗެއަރޕާސަން ނީޒާ ޢިމާދު ވިދާޅުވީ، ކުޅުދުއްފުށީގައިވެސް ފެނުގެ ޚިދުމަތް ދޭނީ ލޮނުފެން ޑީސެލިނޭޓްކޮށްގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގައި ބަހައްޓަން ރޭވިފައިވަނީ 250ޓަނުގެ ޕްލާންޓެއް ކަމަށެވެ. އަދި، އަލްޓްރާވައިލެޓް ޔޫ.ވީ. ސިސްޓަމަކުން ފަރުމާ ކުރެވިގެން ފޯރުވައިދެވޭނީ، ރައްކާތެރި ސާފު ބޯފެން ކަމުގައިވެސް ނީޒާ ވިދާޅުވިއެވެ.
ރޯހައުސް މަޝްރޫޢާ ބެހޭގޮތުން މޯލްޑިވްސް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި ފެށޭ އޯގަސްޓްމަހުގެ ކުރީކޮޅު ރޯ ހައުސްތަކުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް އުންމީދު ކުރެއްވޭ ކަމަށާއި، މި ރޯ ހައުސްތައް ފަރުމާ ކުރެވެނީ ދެބުރިއަށް ކަމުގައެވެ. އަދި ތިރީބުރި ފަރުމާ ކުރެވިފައިވަނީ ސިޓިންގ ރޫމަކާއި، ބަދިގެއާއި، ކާ ގެ އަދި ގުދަނަކާއި، ފާޚާނާއެއް ހިމެނޭގޮތަށް ކަމަށާއި، މަތީ ބުރީގައި ތިން ކޮޓަރިއާއި ތިން ފާޚާނާ ހިމެނޭ ގޮތަށް ކަމުގައިވެސް ވިދާޅުވިއެވެ.
މަގުހެދުމުގެ މަޝްރޫޢާބެހޭގޮތުން ވާހަކަފުޅު ދެއްކެވީ، މާލޭ މުނިސިޕަލްޓީގެ ރައީސް އާދަމް މަނިކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހެދުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގެ އެންމެ ބޮޑު މަގު ކަމުގައިވާ އަމީނީމަގު ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ. އަދި މަސައްކަތް ފެށޭތާ ހައެއްކަ، އަށެއްކަ މަސް ދުވަސް ތެރޭގައި މަސައްކަތް ނިމޭވަރުވާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގެ ހުރިހާ މަގުތަކެއްވެސް ހެދޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ކުޅުދުއްފުށީން ފައިބާނީ ކުޅުދުއްފުށީގެ ހުރިހާ މަގުތަކެއް ނިންމުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށްޓަށް ވަޑައިގަތީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުއެވެ. ކުޅުދުއްފުށިން އެމަނިކުފާނަށް ދެންނެވީ ވަރަށް ހޫނު މަރުޙަބާއެކެވެ. ރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމަށް ބަނދަރު މައްޗަށް ނުކުތެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަލާން ކުރެއްވިއެވެ. އެއަށްފަހު، ކުޅުދުއްފުށީގައި ނަރުދަމާގެ ޚިދްމަތް ދެމުން ގެންދާ ގޮތް ބައްލަވައިލެއްވުމަށް، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ސްވަރޭޖް ސްޓޭޝަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވިއެވެ.
- ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއު ރައީސް ނަޝީދު ފައްޓަވައިދެއްވަނީ
- ކުޅުދުއްފުށީގައި ރޯހައުސް އެޅުމުގެ މަޝްރޫއުގެ ބިންގާ ރައީސް ނަޝީދު އަޅުއްވައިދެއްވަނީ
- ޖަލާލުއްދީން ސްކޫލުގައި ބޭއްވުނު ޖަލްސާގައި ރައީސް ނަޝީދު ރައްޔިތުންނާ މުހާތަބް ކުރަށްވަނީ
- ރައީސް ނަޝީދު ކުޅުދުއްފުށީގައި ވާރޭގެ ސަބަބުން ފެންބޮޑުވެފައިވާ ސަރަހައްދަކުން ވަޑައިގަންނަވަނީ
- ރައީސް ނަޝީދަށް މަރުހަބާކިޔަން އެއްވެތިބި ކުޅުދުއްފުށީގެ ރައްޔިތުންނާ ރައީސް ސަލާމް ކުރައްވަނީ






ނަސީރު ވިދާޅުވީ
ތާރީޚް:01/08/2010
ކުޅުދުއްފުށީގައި މިފެއްޓި މަޝްރޫއުތަކަކީ ވަރަށް ރަނގަޅު އަދި އަހަރެމެން އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރި މަޝްރޫއުތަކެއް. ހަމައެކަނި މައްސަލައަކީ އެހާ ބޮޑު ސަރަހައްދެއްގައި އެހާ ބައިވަރު ފައިސާ ހަރަދުކޮށްގެން އެންމެ 25 ގެ އަޅާތީ. ހަމަ އެބިން ބޭނުން ކޮށްގެން ހަމަ އެފައިސާގައި އެތަނުގައި ފްލެޓް އެޅިނަމަ މާ ގިނަ ރައްޔިތުންނަށް ފައިދާ ވާނެ. ފެންހޮޅު ލުމާ މަގުހެދުމަށް މަ ހަމަ ތާއީދު.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:01/08/2010
އެއީ މރަށުގެ ރައްޔިތުން އެދުނުގޮތް. ފުލެޓްއަޅާން ތާއީދެއްނެތް. ރޯހައުސް ހުސްވީމަ ފުލެޓް އަޅާނީ. ރައްޔިތުންގެ ހިޔާލް ހޯދަން މިދިޔަ އަހަރު ގެވަޅު ބޭނުންވާ ފަރާތް ތަކުގެ ހިޔާލް ހޯދުމުގެ ފޯމެއްވަނީ ފުރާފަ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:01/08/2010
މިދިޔަ ހުކުރު ދުވަހު އަޅުގަނޑަށް ދިމާވިކަމެއް މިތާ ލިޔެލާން:
އަޅުގަނޑު ގޭގަ އުޅެނިކޮށް ބޭރުން ސަލާން ގޮވާލީމަ ނިކުމެ ބަލާލި އިރު އެ ބަތިބި އަންހެނަކާ ފިރިހެނަކު ލިޔުންތަކެއް އަތުގަ ހުރި، އަހައިފިން ކީއްކުރާ ބަޔެއްހޭ.
ފިރިހެން މީހަ: މީ mdp ސާވޭ އެއްކުރާ ބަޔެއް؟
މަ: ކޮބާ ތޯ ސުވާލަކީ؟
ފިރިހެން މީހަ: މި އަންނަ ކައުންސިލް އިންތިހާބުގަ mdp އަށް ވޯޓް ލާނަންތޯ؟
މަ: ތި ސުވާލުގެ ޖަވާބު އަޅުގަނޑު ދޭކަށް ނުޖެހޭނެ
ފިރިހެން މީހަ: ރައީސް ނަސީދު އަށް ދެން އަންނަ އިންތިހާބެއްގަ ވޯޓް ލާންނަންތޯ؟
މަ: ތި ސުވާލުގެ ޖަވާބު އަޅުގަނޑު ދޭކަށް ނުޖެހޭނެ
މީ mdp މީހުންގެ ފެންވަރު……….
ނަސްރު ވިދާޅުވީ
ތާރީޚް:01/08/2010
ޕިސްޕިސް ތިބުނީ ތެދަށް،ފަހުންއަދި ދެރަވާނެ.ވަރަށް ފައިދާހުރި މަސައްކަށްތަކެއް ފެށިގެން މިދިޔައީ،މިހާރު އެނގިގެން ހިގައްޖެ މިރުގެ ކުރިމަގަށްވެސް ބަޔަކު ވިސްނާކަން.ސުކުރިއްޔާ ރައީސް ނަސީދު.
ގުރަހަމް ވިދާޅުވީ
ތާރީޚް:01/08/2010
ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު ޒިންދާ ބާދު އަޅުގަޑުމެން މިތިބީ ތި ރައީސް އާއި އެކު
ނަސީރު ވިދާޅުވީ
ތާރީޚް:01/08/2010
ރައްޔިތުން އެގޮތަށް ބޭނުން ވީމަ މި ރޯހައުސް އެޅީ. އެކަމަކު ތި ވިދާޅުވާ ރއްޔިތުންނަކީ ކޮބާ؟ ތިބުނާ ސާރވޭގެ ނަތީޖާ އަކީ ކޮބާ؟ ރަށް ފުރިގެން ބަންޑުން ވީމަ އެއް ނޫން ފްލެޓް އަޅަންވީ. އަދިވެސް މިރަށު މީހުން ބޭނުން ވަނީ ބޮޑު މެދުގޯއްޗަކާ، ގިފިއްޔަކާ ތަންތަން އަޅަން. ރައްޔިތުން ހޭލުންތެރިކުރުވައިގެން ރައީސް ނަޝީދުގެ ތަސައްވަރު ކަމުގައިވާ ފްލެޓް އަޅަން ފެށުމަށް ވަރަށް އިޚްލާސްތެރިކަމާއެކު ރައީސަށް ގޮވާލަން. ރަށުގެ ބިން ނުފުރެނީސް އެކަށީގެންވާ ޖާގައިގައި ފްލެޓް އެޅުން މުހިއްމު. އަދި މިސައިޓުން ފްލެޓް އެޅުމުގެ މުހިއްމު ކަމުގެ މައްޗަށް ކުރިން ލިޔެފައިވާ ލިޔުންތައް ވަރަށް ކަމުދާ ވާހަކަވެސް ބުނެލަން.
ޕޯޕް ވިދާޅުވީ
ތާރީޚް:02/08/2010
ގުރަހަމް އަށް ތާއީދު ކުރަން އެައީ ދެވަނައެއް ނެއް ފަދަ ރައީސެއް
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:02/08/2010
މީހަމަ މެޑަލް ޖެހުމަށް އައި ސައްބީހެއްތަ؟ ތިގެތައް އަޅައިގެން ބިންތައް ފުރާނުލާ. ފްލެޓް އަޅާ. މުސްތަގްބަލަށް ވިސްނަންވާންނުން.
އަންނި ކުރާ ކަންތައްތައް އާ އެންމެ ކަމުދާނީ ޕޯޕް އާ، ގްރަހަމްއާ، ޑޭވިޑް ހާޑިންގަމް އާ، ހާމުދުރުންނަށް.
ސާމާނުބެ ވިދާޅުވީ
ތާރީޚް:02/08/2010
2010 ޖުލައި 26 ވަނަ ދުވަހު މިސަރުކާރުން ކުރިހާ ވެސް ކަމަކީ ކުރީގެ ސަރުކާރުން ނިންމާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ރެބަންފަށް ކަނޑާލުން ކަމުގައި އިދިކޮޅު ފަރާތްތަކުން މިހާރު ގެންދަނީ އަޑުއަރުވަމުންނެވެ. 5 އަހަރު ވަންދެން ކުލަލިޔަސް 30 އަހަރުގެ ރަސްކަމުގައި ރާއްޖޭގެ އެކިކަންކޮޅުގައި ބިނާކޮށްފައި ހުރި ގަނޑުވަރުތައް ފަދަ އިމާރާތްތަކުގައި ކުލަލާން އުޅުނަސް ނުލެވޭނެހާ އިމާރާތްކޮށްފައި ހުންނާނޭ ކަމުގައި ބުނެއުޅެތެވެ. ބޭނުމަކީ ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލުމެވެ. އެހެން ނަމަވެސް މިއުޅެނީ އެވާހަކަ ދައްކާކަށް ނޫނެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބޭނުމުގައި ރާއްޖޭގެ ހިކިފަސްތަނެއްގައި ވިއްޔާ ކޮންމެވެސް ތަނެއްގެ ބިންގާ އަޅައި ފިނޮޅެއް އޮތަސް ކުރީން ޖަހައި ފީވެފައިހުރި ކަޑަތައް އުފުރައިގެން ވަނީ ބަނދަރުހެދުމަށް ކަޑަޖަހާފައެވެ. މިއަކީ މައުމޫނު އެފަހަރުއެކަނި ކުރި ކަމެއްނޫންކަން ދިވެހިރައްޔިތުންނަށް އިނގޭނެއެވެ. މިހާރުވެސް ވިހި ފަންސަވީސް އަހަރު ވެފައިހުރި ބިންގާތަކާއެއްޗެތި ރާއްޖޭގައި ފެންނާން އެހެރީއެވެ. މޮޅުއިރުވަރު ބަލައިގެން މާތިއްތިވެ އަބުއިކަމާއެކު އެފަދަ މަޑުއަތްޕުޅުން އެޅުއްވި ބިންގާތަކާ ބަނދަރުތަކުގެ މަޝްރޫޢުތައް މިސަރުކާރުން އެވަނީ ނިންމާފައެވެ. ކޮންޓްރަކްޓަރުންނަށް ދޭންޖެހޭ ފައިސާއާއި މަސައްކަތުގެ ބޮޑުބައި ނިންމާފައިވަނީ މިސަރުކާރުންނެވެ. ވޯޓު ލިބުނީ ކޮން ރަށަކުންތޯ، އަދި އެންމެ ސަމައްތަރުހެޔޮ ޅަބާޅަ ސާހިބަކު ހުރީ ކޮންރަށެއްގެ ކަތީބަކަށްތޯ ބެލުމެއް ނެތިއެވެ.
ޑީއާރުޕީގެ ނައިބު ލީޑަރެއްގެ ގޮތުގައި ހުންނަ މީހަކު އަރައި މީޑިއާ ތަކުގައި މިވާހަކަތައް އޮޅުވާލައިގެން ދައްކާއިރު ހިނި އަންނަހާވެސް ވެއެވެ. އެހެންޏާ އެއިމާރާތަކީ ޗައިނާ ސަރުކާރުން، އެހެލި ކަތީބަށް ވެދުމަށް އަރުވާފައިހުރި އިމާރާތެއް ކަމުގައި ހީވާގޮތަށް ވާހަކަދައްކާއިރު އެއީ ތެދަކަށް ވެސް ވެދާނެޔޭ މީހަކު ހީކުރާހާވެއެވެ. އެއޮއް ބޮޑު ޗައިނާގައި އެހެލި ކަތީބުހާ އަތްޕުޅު މަޑު ސޮރަކު ނޫޅޭވިއްޔާއެވެ.
މިއަދު މިސަރުކާރުން ރައްޔިތުންގެ ޙައްޤުގައި މިކުރާ މިންނެތް މަސައްކަތްތަކުގެ މައްޗަށް ފަސްއެޅުމުގެ ގޮތުން، މިސަރުކާރުން މިކުރާ ހުރިހާ ކަމަކީވެސް ކުރީގެ ސަރުކާރުން ނިންމާފައިވާ ކަންކަމޭ ބުނާއިރު އެސަރުކާރު ނިމުނު އިރު ޜާއްޖޭގައި ބަލިވެ އިނދެ، ނުވިހާ ތިބި ހުރިހާ ކުދީންގެ ފޫޅުކަނޑަންވެސް ޖެހޭނީ އެސަރުކާރުގެ ވެރިންނޭ ބުނެފިއްޔާ މިއީ އަރަތެއްތާދޯއެވެ. އެހެން ނަމަވެސް މިއުޅެނީ އެވާހަކަ ދައްކާކަށް ނޫނެވެ.
ޓީވީ މޯލްޑިވްސްގެ ކިޑިކީއަކުންނެރެ އަންބޮޑިއަށްލީ ކެމެރާއެއްގެ ވާހަކަވެސް އިވެއެވެ. އެހެންނަމަވެސް ދަންނަވަން މިއުޅެނީކީ އެވާހަކައެއް ނޫނެވެ. ދަންނަވަން މިއުޅެނީ މިއަދު މިގައުމުގެ ކުރިއެރުމަށް، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވެމުންދާ، އަދިކޮށް ނިންމާ، އަދި އިތުރަށް ކުރާންފަށާފައިވާ މަސައްކަތްތަކުގެ ހުރިހާ ކުރެޑިޓެއް ނަންގަވަން އެހެލި ސަރުކާރުގެ އުސްތާޛުން އުޅުއްވިޔަކަސް އެކަމެއް ނުވާނެއެވެ. ތިމާމެންނަށްވެސް ކުރެވުނުވަރެއް އެއޮތީކޮށްފައެވެ. އަހަރެމެންނަކު އެކަމެއް ފޮރުވާކަށް ނޫޅެމެވެ. ދެއަހަރުން އެއް އަހަރު އަލުންހަދަންޖެހޭ ބަނދަރުތައް ވެސް އެހެރީތާއެވެ. ރަށްރަށުގެ ވަލުތެރޭގައި މިހާރު ގެއްލިފައިވާ އެތައް ބިންގަލެއް ވެސް އެހެރީތާއެވެ. ނަމަވެސް މިއުޅެނީކީ އެވާހަކަ ދަންނަވާކަށް ނޫނެވެ.
ފުލުފުލުގައި އެތަކެއް މަޝްރޫޢުތަކެއް ފެށި، އަދި ވޭތުވެދިޔަ ސަރުކާރުން މިސަރުކާރަށް ވާރުތަކުރި އެތަކެއް މަޝްރޫޢުތަކެއް ހީނުކުރާހާ އަވަހަށް އެވަނީ ނިންމާފައެވެ. މިކަމުން މިސަރުކާރުގެ ދުރުވިސްނުމާ ހަރުދަނާ ސިޔާސަތު ރައްޔިތުންނަށް ވިސްނޭން ފެށުމުން އެތިބަ ގޮވާ ގޮވެލިތައް އަޑުއިވުމުން ސަހަރޯ ހީވެއެވެ. އެހެން ނަމަވެސް މިއުޅެނީ އެވާހަކަ ދައްކާކަށް ނޫނެވެ.
މިދޭތެރެއަކުން މިޑް ޓާރމް އިލެކްޝަނެއްގެ ވާހަކަ މާ އަޑުހަރުކޮށް ދެއްކިއެވެ. އަދި މިސަރުކާރުގެ ހަމައެކަނި ފައިދާއަކީ އެއީ ކަމުގައި ކުރީގައި އެމްޑީޕީ އިން ބޭނުންކޮށް ބާވުމުން ނީލަމުން ވިކިފައިވާ ބާ ޑިންގީ އެއް ބުނާއަޑުވެސް އިވުނެވެ. މިއަދު އެބުނާ މިޑް ޓާރމް އިލެކްޝަނެއް ބާއްވާ ވާހަކަ ރައީސް ނަޝީދު ހަމަ ވިދާޅުވާއިރަށް ރާގު ބަދަލުވެއްޖެއެވެ. ރައްޔިތުންގެ އަނގައާއި އަތާއި ދިމާނުވާއިރު އެތައް މިލިޔަން ރުފިޔާ ޚަރަދު ކުރަން އުޅެނީއޭ ބުނެ އެއްކަލަ ސޮރު ވެސް އަޑުލައްވަން ފަށައިފިއެވެ. ދެފުށްކެހެރީންނަކީ ކޮބައިބާވައެވެ؟ އެހެންނަމަވެސް ދަންނަވަން މިއުޅެނީ އެވާހަކައެއް ނޫނެވެ. ދަންނަވަން މިއުޅެނީ ނައިބު ލީޑަރެއް ކަމަކު ނިކަން ތަސައްރަފް ފުދިގެން ސިޔާސީ މައިދާނަށް ނިކުމެ ބަލާށެވެ. ދަންނަވަން މިއުޅެނީ އެއްކަލަ ކެމެރާވީ ކޮންތާކުކަން ވިދާޅުވެދެއްވަފާނަންތޯއެވެ. ބޮލާފޮށާނޭޅި ސަލާމަތްވާނީ އޭރުންތާއެވެ. ދަންނަވަން އެއުޅެނީ އެވާހަކަ ނޫނިއްޔާ އަޅެދެން ކޮން ވާހަކައެއް ހެއްޔެވެ.؟ ކިޔޭނުކިޔޭ އެއްޗެއް ނޭގެންޏާ ރަނބަނުހަލުވާ ތިބެބަލާށެވެ.
މޫޓަކަލޭފާނު ވިދާޅުވީ
ތާރީޚް:02/08/2010
ސާމާނުބޭ ތިހާ ދިގުކޮށް ސާމާނުތައް އުކާލިޔަކަސް ކަމަކުނުދާނެ. މިއީ ހިތައް އައިހާ އެއްޗެއް ގޮވަން ހުރި ހޮޅުއަށްޓެއް ނޫންކަން އެންމެ ބޭފުޅުންނަށް މިމަގުން ބުނަން. ވައްސަލާމް
ސާމާނުބެ ވިދާޅުވީ
ތާރީޚް:02/08/2010
ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔަކީ ރައީސް ނަޝީދު ނޫން ކާކު ހެއްޔެވެ؟ ކިތަންމެ ރުޅި އަޔަސް މިއަދު ރައީސުލްޖުމްހޫރިއްޔާ އަކީ ކެނެރީގޭ މުހައްމަދު ނަޝީދެވެ. ސަރުކާރަ ޖެއްސުންކުރުމަށް ޤާސިމާ ޔާމީނާ ހަސަން ސައީދާ ތަސްމީނު ނިކުތުމުން ހައިރާން ވާކަށް ނުޖެހެއެވެ. މިކީ އެންމެންނަކީ ކުރީ ސަރުކާރުގެ ވަޒީރުންނެވެ. ނައިބު ޒައީމުންނެވެ. ބަލަގަ މިހާރު އައު ކޯލިޝަނެކޭ ކިޔައިގެން ބިރުދައްކަން މިއުޅެނީ ކާކަށް ތޯއެވެ؟ ތިޔަ ބައިގަޑަކީ އަބަދުވެސް އެއް ކޯލިޝަނެކެވެ. މައުމޫނުގެ ވެރިކަމުގެ ވަޒީރުންނެވެ. ދިވެހި ދައުލަތުގެ ފޮނި މީރު ލައްޒަތު ބޭނުން ވެގެން ލޮލޮފިޔަ ނުޖެހޭ ވެރިކަމަށް ދަހިވެތިވެގެން އުޅޭ ބައިގަޑެކެވެ. މިކަން ނޭގޭ ކުޑަ ކުއްޖަކުވެސް ނުހުންނާނެއެވެ.
ޤާސިމް ޖުމްހޫރީޕާޓީ ހަދައިގެން ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަނެގެން ގެންދިޔަ ގޮތަށް މިހާރަކު މަޖިލީހެއް ނުގަނެވޭނެޔޭ. ތިއުޅެނީ އޮޅިވަޑައިގަނެގެންނޭ؟ މޮޔަފުޅުގެންތޯ ތިއުޅުއްވަނީ؟ އަވަސްކުރައްވާ ! އަވަސް ކުރައްވާ ! މަޖިލިސް ގަނެލައްވާ! ބަލަގަ މީ ސަމުސުއްދީނުގެ ޒަމާނެއްނޫނޭ. ތިއުޅެނީ މޮޔަފުޅުވެގެންނޭ!
ރައީސް ނަޝީދެވެ. މަނިކުފާނު އަދި ކުޑަ ކުޑަ ހިއްވަރެއްކޮށްލައްވާ އިރަށް މިއާލަތްގަޑު މައިތިރި ވެދާނެއެވެ. ކުޑަ ދުލެއްވެސް ނުދެއްވަވާ ޔާމީނާއި ޤާސިމް އުފުރާލާށެވެ. ދޫކޮށް ނުލާ ގެންގުޅެލާށެވެ. ރައްޔިތުން މިތިބީ މަނިކުފާނާއެކުގައެވެ. މަނިކުފާނުގެ ސަރުކާރަށް ދަތިކުރުމަށް ރޯމާދުވާލު އެމީހުން ކުރަމުންގެންދާ މަސައްކަތް ރައްޔިތުން މިތިބީ ބަލާށެވެ. ޑިމޮކްރަސީއޭ ކިޔައިގެން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްގެން ތިކުރާ ހުރިހަ ކަމަކަށް އަޅުގަޑުމެން މިތިބީ ހެކިވެ ބަލާށެވެ. ދިފާއީ ބާރުތަކާއި ފުލުހުން ދިވެހި ދައުލަތް ހިމާޔަތްކުރުމަށް ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ތިބުމަށް އަޅުގަޑުމެން ރައްޔިތުން އެދި ގޮވާލަމެވެ.
އަންނި ވިދާޅުވީ
ތާރީޚް:02/08/2010
ސާމާނުބެ އަށް މާބޮޑަށް އެނގެނީ. ތީ ހަމަ އެމްޑީޕީގެ ހަރުގެ ތެރެއިން ތަމްރީނު ކޮށްފައި ހުރި ކުއްޖެއް. ހަމަ ޔަގީން ތިހުރީ ރީނދޫ ހުން ޖެހިފައި.
Dog ވިދާޅުވީ
ތާރީޚް:02/08/2010
އަޅުގަނޑު ހިތަށް އަރަނީ މިރަށުގައި މިސަރުކާރުން އިސްނަގައިގެން އަދި މިފެށީ ކަމެއް ކުރަން ކިހާ ވަރަކުން ދާނެބާވައޭ. ވޭތުވެދިޔަ މަހެއްހާ ދުވަހު މިގައުމުގެ އެކި ތަންތަނަށް ޖެންސުންކޮށް ގާނޫނާ ޚިލާފް ޖަރީމާތަކެއް ހިންގާ އެކަމަށް ފަސް އެޅުމަށް ކުރި ކަމެއް ނޫން ބާވައޭވެސް ހިތަށް އަރައެވެ. ނޫނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ވޯޓް ގަތުމަށް ކުރި ކަމެއް ނޫން ބާވައޭވެސް ހިތަށް އަރައެވެ. މިފެށި ކަންތައް ނިމޭނީ ދެން އަންނަ ރައީސެއްގެ މަސައްކަތުން ނޫން ބާވައޭވެސް ހިތަށް އަރައެވެ. މިއެޅި ބިންގާތަކަށް އިތުރު ގަލެއް ޖަހާ އިތުރަށް މިމައްސަކަތް ކުރިއަށް ދާނެ ބާވައޭވެސް ހިތަށް އަރައެވެ. މިހެން ހިތަށް އަރަން ޖެހޭ ސަބަބުތަކެއް ވެސް އެވަހުއްޓެވެ. މިރަށުގައި މިފެށުނީ މިރަށު ރައްޔިތުން ނުހަނު އެދެމުންދާ ކަންތައްތަކުގެ ތެރެއިން ދެކަމެކެވެ. މިރަށުގެ މަގުތައް ހެދުމާއި ފެނުގެ ޚިދުމަތަށް މިރަށުގެ ރައްޔިތުން ނުހަނު އެދޭކަން ސިޔާސީ މީހުންނަށް އެނގޭނެއެވެ. އެކަމަކު މިކަން ކުރުމަށް ނުވަތަ މިރަށުގައި މިއަހަރު އެއްވެސް ކަމެއް ކުރުމަށް އަހަރީ ބަޖެޓްގައި ހިމެނިފައި ނެތުމުން މިކަންކަމަށް ފައިސާ ޚަރަދުކުރާނެ ގޮތެއް ބުނެދީބަލާށެވެ. ފައިސާ ނެތްނަމަ މިކަން ކުރާނެ ގޮތެއް ބުނެދީބަލާށެވެ. ބަޖެޓަކީ އެއަހަރެއްގައި ސަރުކާރުން ފައިސާ ހޭދަކޮށް ތަރައްގީ އަށާއި އެހެނިހެން ކަންކުރާނެ ގޮތް ބުނެދޭ އެއްޗެކެވެ. މިއީ އަނެއްކާ ލިސްޓްގައި ނެތް މާއްޔަކީ ތޯއެވެ. ކުރީގެ ސަރުކާރުން ބުންޏަސް ދޮގެއް ނޫނެވެ. ކުރިން އަލާފައި ހުރި އިމާރާތްތަކުގައި ކުލަލާން އުޅުނަސް އެކަންވެސް މިދަނީ ނުކުރެވިގެންނެވެ. މިސާލަކަށް މިރަށު ޕޮލިސް ސްޓޭޝަން ބަލާލަބަލާށެވެ.
ޕޯޕް ވިދާޅުވީ
ތާރީޚް:03/08/2010
ޕަޕީ ޑޯގް ތަކަކަށް ނުވިސްނޭނެ ފައިސާ ހަރަދު ކުރާ ގޮތް ތަކަކާ ހޯދޭނެ ގޮތެއް ވެސް
Dog ވިދާޅުވީ
ތާރީޚް:03/08/2010
ރަގަޅު ވާހަކައެއް ސަރުކާރުން ބޭނުން ނަމަ ފައިސާ ޗާޕްވެސް ކުރެވިދާނެ، ތަންތަން ވިއްކިވެސް ދާނެ، މީހުންވެސް ވިއްކި ދާނެ، އެކަމަކު އެއީ ތިމާ އަކީ ނުފޫޒާ ބާރުގެ ބޭނުންކުރާ ވެރިއެއް އެތަނެއް ގައި ހުރެ ފަހުން ވާނެ ގޮތަކަށް ވިސްނުމެއް ނެތި ހަމަ އެކަނި ތިމާގެ މަސްލަހަތާއި ފައިދާ ކުރިއަށް ނެތެރެގެން، ސަރުކާރުން ކޮންމެ ކަމެއް ކުރިއަސް އެކަން ކުރާ ގޮތަކާއި ފައިސާ ހޯދާ ގޮތަކާއި ޚަރަދު ކުރާ ގޮތެއް ރައްޔިތުންނަށް އެނގެން ޖެހޭނެ، އެއީ ރައީސަކަށް ހުރި ނަމަވެސް ޚަރަދު ކުރަނީ ތިމާގެ އަމިއްލަ މިލުކުގައި ހުރި އެއްޗަކަށް ނުވާތީ، ދިވެހި ދައުލަތުގެ އެންމެ ހާތަކެއްޗަކީ ރައްޔިތުންގެ އެއްޗެއް އެހެން ކަމުން އެތަކެތި ބޭނުން ހިފަން ޖެހޭނީ އެކަން ކުރާ ގޮތެއް ރައްޔިތުންނަށް އެނގިގެން. ހަމަ ތިމާ ހިތަށް އަރާހާ ގޮތަކަށް ކަންކުރާކަށް ނޫން ރައްޔިތުން ރައީސެއްގެ ގޮތުގައި ވެރިއަކު އިސްކުރަނީކީ. ޕޯޕް އަށް ނޭނގުނަކަށް މިއީ ތެދެއްކަން ތަންދޮރު ދަންނަ ހަމަ ބުއްދީގައި ތިބި ކޮންމެ މީހަކަށްވެސް އެނގޭނެ.
Dog ވިދާޅުވީ
ތާރީޚް:03/08/2010
ތަނެއްގައި ބިންގާ އެޅުމަކީ އެކަމެއްގެ އަމަލީ މަސައްކަތް ފަރައިގަތުމެވެ. ބިންގާ އަޅާއިރު އެތަނެއް ހެދުމަށް ހަދަން ޖެހޭ އެންމެހާ ޕްލޭނު ތަކާއިނ ފައިސާ ހުންނަން ޖެހޭނީ ލިބިފައެވެ. ވީއިރު ތިބުނާ ތަންތަނުގެ ބިންގާ އެޅުން ފިޔާވާ އިތުރުކަމެއް ވޭތވެ ދިޔަ ހްފަތާ ތެރޭގައި ފެނިގެން ނުދިއުމަކީ ތިންކަންތައް ކުރެވޭނެ ކަމާއި މެދު ސުވާލު އުފެދޭކަމެކެވެ.
ސާމާނުބެ ވިދާޅުވީ
ތާރީޚް:03/08/2010
މައިުމޫނު ޒަމާނުގައި އެކިރައްރަށުގެ ވަލުތެރޭގައި އަޅާފަ ހުރިބިންގާތަކުގަ ތިރީސްއަހަރު ކުލަލިޔަސް ކުލަލާހުސްނުވާނެ.
ސާމާނުބެ ވިދާޅުވީ
ތާރީޚް:03/08/2010
ވަގަކަށް ތިރީސްއަހަރު ވެރިއަކަށް އެއްދުވަސް.
ޗޯޓާބީމް ވިދާޅުވީ
ތާރީޚް:03/08/2010
ޕަޕީ ޑޯގް މާގަދަ. ރައިސް ނަސީދު ވަރަށް ގަދަ!
ކަޅުތެޔޮ އަމީތާބު ވިދާޅުވީ
ތާރީޚް:03/08/2010
ބަލަގަ ރަން30ތިރިސް އަހަރުގެ ތެރޭގައި ތަރައްގީގެ ހުރިހާކަމެއްވެސް އޮންނާނީ ކޮއްނިންމާފައި!ހުރިހާ ރަށެއްގެ ބަނދަރު ތައް ހުންނާނީ ހަދާނިންމާފައި /ހުރިހާ ރަށެއްގެ ނަރުދަމާ ތައް ހުންނާނީ އަޅާނިންމާފައި/ހުރިހާ ރަށެއްގެ ހޮސްޕިޓަލް ތައް ހުންނާނީ އަޅާނިންމާފައި/ހުރިހާ ރަށެއްގެ އިންޖީނުގެ ތައް ހުންނާނީ އަޅާނިންމާފައި/ޒުވާނުންގެ މަރުކަޒު ތައް ހުންނާނީ އަޅާނިންމާފައި/ހުރިހާ ރަށެއްގެ ބޯހިޔާވަހިކަން ހުންނާނީ ހައްލުކޮށް ނިންމާފައި/ހުރިހާ ރަށެއްގައިވެސް ބޭންކުގެ ގޮފިތައް އަދި އިމާރާތް ހުންނާނީ އަޅާނިންމާފައި/މަސް މާރުކޭޓް ތައް ހުންނާނީ އަޅާނިންމާފައި /އަދި މީގެއިތުރުން 60އަހަރު މަތީގެ މީހުނައް 2000ރުފިޔާ/އެކަނިވެރި މައިންނައް ފައިސާގެ އިނާއަތް/ނުކުޅެދޭމީހުންނައް ފައިސާގެ އިނާއަތް/ބޭސް ފަރުވާއިގެ އެހީއާއި ދަތުރު ފަތުރުގެ ނިޒާމުން މުޅިރާއްޖެ ގުޅުވާލުންފަދަ އެތައް އެތައް ކަމެއް އޮންނާނީ ރަންތިރީސް އަހަރުގެތެރޭގައި ކޮށްނިންމާފައި !ބަލަގަ މިހިރަފެންނަނީ އައު އުސްމިނައްރާއްޖެ ރަން30އަހަރު ގެންގޮސްނިންމާފައި !މިސަރުކާރު މިއިންއެއްވެސްކަމެއް ކުރާކައްނުޖެހޭނެ
Dog ވިދާޅުވީ
ތާރީޚް:03/08/2010
ރުހުމުގެ ލޮލަކަށް ދުވަހަކުވެސް އައިބެއް ނުފެންނާނެ، މިއީ ހަރު ބަހެއް މިއީ ތެދެއްކަން މިއަދު މިދަނީ ފެންނަމުން. މައުމޫނު ތަރައްޤީއަށް ކުރި މަސައްކަތް ދުވަހަކުވެސް އިންސާފަށް ލޯބިކުރުމެއް ނެތި ވަކި މީހެއްގެ ލޮލުން ބަލާ ވަކި މީހެއްގެ ސިކުނޑިން ވިސްނާ މީހުންނަކަށް ނުފެންނާނެ. އެއްވެސް މީހަކަށް އެންމެން ރުއްސުމަކީ ވާނެކަމެއް ނޫނޭ ބުނާ ފަދައިން މައުމޫނު ކިތަމެ ބޭނުން ނަމަވެސް ރައްޔިތުން ކިތަމެ އެދުނު ނަމަވެސް ހުރިހާ ކަމެއް ނުކުރެވޭނެ، އެއްވެސް މީހަކަށް ކޮށެއް ނުވެސް ދެވޭނެ. ކުރި ކަމެއް ނުފެންނަންޏާ ނުކުރެވި ހުރި ތިބުނާ ކަންތައްތައް ހެޔޮ ހޮތުން ކަލަގޮވުމެއް ނެތި ރައްޔިތުންނަށް ކޮއްދިނުމަށްފަހު ދައްކައި ނުދެވެންޏާ ބުނެވޭނީ ތިއީ ވައްވަށް ޖައްސާ ކުއްތ އެކޭ، އޭތިވެސް އޮވެގެން ވަށްވަށް ޖައްސާނީ ދަތެއް ނާޅާނެ. ދެން ބުނެބަލަ މިރާއްޖޭގެ ރަށްރަށަށް އަންނި އާއި އޭނާގެ ބައިވެރިން އަރާ ފައިބަނީ ކިހިނެއް، މިސަރުކާރުން އެއްވެސް ރަށެއްގައި މިހާތަނަށް ފަޅެއް ކޮނެ ދެވިއްޖެތޯއެވެ. މިރަށުގައި މިސަރުކާރުން ތަރައްގީގެ އެއްވެސް މަސްރޫޢެ ނިންމައި ދެވިއްޖެތޯއެވެ. މިހެން ބުނާ އިރަށް ބުނެދާނެ ނަރުދަމާއޭ ބަލަގާ އެއީ މިދިޔަ ރިޔާސީ ކެމްޕޭނު ނިމުނު އިރު ހޮޅިތައް މިރަށަށް އަރުވާ މުޅިން ހެން ނިމިފައިވާކަމެއްކަން މިރަށުގެ ކޮންމެ ރައްޔިތަކަށްވެސް އެނގޭނެކަމެއް. އެއްވެސް ރަށެއްގެ ތަރައްޤީއަށް އެފަދަ ބޮޑު މަސްރޫއެއް އެއްމަސް ދުވަހުގެ ތެރޭގައި ސަރުކާރަކަށް ނުކުރެވޭނެ އެހެން މިބުނީ އެކަން ފައްޓައިދިނުމަށް ރައީސް ނަސީދު އަންނި މިރަށަށް އައީ ވެރިކަން ލިބުނުތާ 02 މަސްދުވަސް ތެރޭގައި. ފެއްޓުމެއް ނޫން މުހިއްމީ ކޮށްދިނުން. ރައީސް ނަސީދު އަންނި ގާނޫނާއި ޚިލާފަށް ހިންގާ ޖަރީމާތައް ނުފެންނަކީ ރުހުމުގެ ލޮލަށް އައިބު ނުފެނުން. TVM ބަލާ އެއްވެސް މީހަކަށް މިސަރުކާރުގެ ގޯސް ސިފައެއް މިހާރަކު ނުފެންނާނެ. VTV ބަލާ އެއްވެސް މީހަކަށް މިސަރުކާރުގެ ރަގަޅު ސިފައެއް ނުފެންނާނެ. މިސަރުކާރަކީ ގޯސްކަންތައް ނުހަނު ގިނަ ކޮންމެވެސް ވަރަކަށް ރަގަޅު ކަންތައް މަތި އޮށްބަން ކުރާ ބައެއް ތިބި ސަރުކާރެއް.
Dog ވިދާޅުވީ
ތާރީޚް:03/08/2010
ވަރަށް އިތުބާރު ހިފޭ ގޮތަކަށް ލިބުނު ހަބަރެއް ބުނެލާނަން. މިރަށުގައި ތިހަދަން އުޅޭ ރޯހައުސް ތަކުގެ 75 ޕަސެންޓް ދިނުމަށް ހަމަ ޖެހިފައިވަނީ އެހެން ރަށްރަށުން މިރަށުގައި އާބާދުވާ މީހުންނަށެވެ. މިއިން އެނގެނީ ގަޕޯ އެބުނި ގޮތަށް ސަރުކާރުގެ ވިސްނުން ހުރީ މިރަށަކީ ސިޓީ އެއްކަމަށް ހެދުމުގެ ވިސްނުން ރައްޔިތުންނަށް ވިސްނައިދީގެން މިރަށަށް އެހެން ރަށްރަށުގެ މީހުން ގެނެސް އާބާދުކުރުމެވެ. މިކަން މިގޮތަށް ކުރުމުން ސަރުކާރަށް ލިބޭ ފައިދާ އަކީ ކުނބުރުދޫ ފަދަ ކުދި އާބާދީ އާއި ލަފާފުރުން ދަތި ރަށްރަށުގެ މީހުން އެރަށުން ބޭލުމަށްފަހު އެރަށަށް ކުރަންޖެހޭ ޚަރަދެއް ނެތުމާއި އެކު އެރަށް ވިއްކާލުމަށްފަހު ސަރުކާރަށް ލާރިލިބުމެވެ. އެރަށްރަށުގެ ރައްޔިތުންގެ އެދުމަކީ ވަސީލަތްތައް ހުރި ކުޅުދުއްފުށި ކަހަލަ ރަށަކަށް އެމީހުން ބަދަލުކޮށްދިނުމެވެ. އެހެން ރަށްރަށަށް ދިއުމަށް އެމީހުން ދެކޮޅު ހަދައެވެ. މިއިން މިރަށުގެ އިޖުތިމާއި ބަލިމަޑުކަމެއް މާލެ ފަދައިން ފެތުރުމުގެ އިތުރުން މިރަށުގެ ދަރިންނަށް މިރަށުގެ ފަސްގަނޑުން ބިންކޮޅެއް ނުލިބޭނެއެވެ. ވިސްނާލާށެވެ. މިއީ މިރަށުގެ ދަރިން މިއަދު ވިސްނާ ފިކުރުކުރުން މުހިއްމު ކަމެކެވެ. ވަގުތު ފާއިތުވުމުގެ ކުރިންނެވެ.
ކަޅުތެޔޮ އަމީތާބު ވިދާޅުވީ
ތާރީޚް:03/08/2010
ހަމަ އައިބުގެ ލޮލަކަށް ރުހުމެއްވެސް ނުފެންނާނެ.
ސާމާނުބެ ވިދާޅުވީ
ތާރީޚް:05/08/2010
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ށ) ކިޔާލުމަށް ޑޯގް އަށް ނަސޭހަތްތެރިވަން..
ސާމާނުބެ ވިދާޅުވީ
ތާރީޚް:05/08/2010
އަސާސީ ޙައްޤެއް ނިގުޅައެއްނުގަނެވޭނެ ދެއްތޯ؟
Dog ވިދާޅުވީ
ތާރީޚް:05/08/2010
41 މާއްދާގެ (ށ) ދިވެހިރާއްޖޭ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ޙައްޤު ކޮންމެ ދިވެހިރައްޔިތަކަށް ލިބިގެންވެއެވެ. އަޅުގަނޑަށް މިކަން އެނގޭ އަދި އަޅުގަނޑަކަށް އެކަމަށް ހުރަހެއް ނުވެސް އެޅޭނެ. އެކަމަކު އަޅުގަނޑުމެންގެ ރަށުގައި އިޖުތިމާއީ ބަލިމަޑުކަމެއް ފެތުރި އޭގެ ނޭދެވޭ އަސަރު ފޯރުމުގެ އިތުރުން އަޅުގަނޑުމެން އުފަންވި ފަސްގަނޑުން އަޅުގަނޑުމެންނަށް ބިން ކޮޅެއް ނުލިބި އެހެން ބަޔަކަށް ލިބިގެން ނުވާނެއެވެ. މިބިމުގައި ށ މާއްދާގައި ބުނާ މީހުންނަށް ދިރިއުޅުމުގެ ހައްޤު ލިބޭނީ އަޅުގަނޑުމެންގެ ހައްޤު ނިގުޅައިގަނެގެން ކަމަށް ވާނަމަ އެއީ ކޮން އިންސާފެއްތޯއެވެ. ތިކަހަލަ އަރަތް ނުދައްކާށެވެ. ތިގާނޫނު އަސާސީ ކަމުނުގޮސްގެން ކަލޯ ބަފައިބެ އަންނި އެޔޮށް ހަޅޭލަވަނީ އެވެ. އެސޮރު މިއަސާސީގެ ދަށުން ލިޔެފައިވާ ކިތައް ހައްޤަށް އަރައިގަނެފިކަން ދެނަހުރިންތޯއެވެ. ތި ގާނޫނީ މާއްދާތަށް ފުރަތަމަ އެސޮރަށް ދައްކާށެވެ.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:08/08/2010
ޑޯގުއާސުވާލެއް ކޮށްލަންތަ. ” ރަށުގައި އިޖުތިމާއީ ބަލިމަޑުކަމެއް ފެތުރި އޭގެ ނޭދެވޭ އަސަރު ފޯރުމުގެ އިތުރުން އަޅުގަނޑުމެން އުފަންވި ފަސްގަނޑުން އަޅުގަނޑުމެންނަށް ބިން ކޮޅެއް ނުލިބި އެހެން ބަޔަކަށް ލިބިގެން ނުވާނެއެވެ” އަޅުގަނޑަކަށް މިބުނާ އެއްޗެއްނުވިސްނުނެވެ. ވީމާ ކުޑަކޮށް ތަފްސީލެއްދެވިދާނެތަ؟