Share

މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނާއިބު ފުއާދު ގާސިމް އިސްތިއުފާ ދެއްވައިފި

މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނާއިބު ފުއާދު ގާސިމް އިސްތިއުފާ ދެއްވައިފި

މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނާއިބު ފުއާދު ގާސިމް އިސްތިއުފާ ދެއްވައިފިއެވެ. ސަން އެފްއެމް އަށް މައުލޫމާތު ދެއްވަމުން ފުއާދު މިއަދު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދަށް މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާގެ ސިޓީ ފޮނުއްވީ “ސިޔާސީ މަސްރަހުގައި އެއްބަސްނުވެވޭ ކަންތައްތަކެއް ހުރުމުން” ކަމަށާއި ޒާތީ ދިރިއުޅުމުގެ ކަންތައްތައް މިވަގުތު ހުރި ގޮތުން ކަމަށެވެ. ނަމަވެސް ފުއާދު ވިދާޅުވީ އިސްތިއުފާ ގަބޫލުކުރައްވައި، ރައީސް އޮފީހުން އޭނާ އަށް އަދި އެކަން އަންގަވާފައިނުވާ ކަމަށެވެ.

ފުއާދަށް ސްޓޭޓް މިނިސްޓަރުގެ ނައިބުކަން ދެއްވާފައި ވަނީ 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

‮ ‬20‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. Dog‮ ‬ވިދާޅުވީ


    ތާރީޚް:05/08/2010

    މަރުހަބާ ފުއާދަށް ތިޔައީ ހެޔޮވިސްނޭ މީހުންގެ ގޮތަކީ މިފަސް ގަނޑަށް ދެރަދިނުމަށް އަންނި ރާވާ ކެހިވެރި ދަލުގައި ޖެހިފައި ތިބުމަކީ ތިމާގެ ދީނަށާއި ވަތަނަށް ޚިޔާނަތްތެރިވުން އެކަމުގެ ހިތި އެބައި މީހުންނަށް ދެދުނިޔޭގައި ދެއްކެވުން އެދި މާތް ﷲ އަށް ދުވާކުރަން. އަދި އެނުބައި ރޭވުންތަކުން އެންމެން މިޖުކުރައްވާ މިގައުމަށް އުފާވެރި ކަމާއި ތިޔާޤިކަން ދައްކަވާށި، އާމީން.

  2. Dog‮ ‬ވިދާޅުވީ


    ތާރީޚް:07/08/2010

    އަންނި ކުޑަކަކޫ ޖެހި، ސްޕްރިމް ކޯޓަށް ނޫނީ ކުޑަކަމުނުދާނެކަމަށް ބުނެ، އެތަނުގެ ތަޅުދަނޑި ސިފައިން ލައްވާ ހިފަހައްޓައިފި. އަންނި ބުނާ ގޮތުން މިސަރުކާރުގެ މުވައްސަސާތަކުގެ ތެރެއިން 100 ޕަސަންޓް އިތުބާރާއި ތާއީދު އޮތީވެސް ސިފައިންގޭގައި ކަމަށް ބުނެ އެމީހުން ލައްވާ އެކަންވެސް ކޮށްފި. މިއަޅެ ޤާނޫނުވެސް ނުދަންނަ މީހެއްތަ؟

  3. ލައިލާ‮ ‬ވިދާޅުވީ


    ތާރީޚް:08/08/2010

    މަރުހަބާ ރައީސް ނަޝީދު. މިއީ އަޅުގަނޑު އަހަންބޭނުންވާ ޙަބަރެއް. ސަބަބަކީ ފުއާދުގެ ހަގީގަތް އެގޭމީހެއްގެހައިސިއްޔަތުން މިއީ މިސަރުކާރައް ރަގަޅު ފާލެއް. ބައެއްބޭފުޅުން ދެކޭގޮތުގައި މިއީ މިސަރުކާރަށް ލިބުނު ދެރައެއް ނަމަވެސް ފުއާދުގެ ބައެއް އަމަލުތައް ހުންނަގޮތުން މިސަރުކާރު ބަދުނާމްވުމުގެ ފުރުސަތު ބޮޑު ބޭފުޅެއް.

  4. އަންނި‮ ‬ވިދާޅުވީ


    ތާރީޚް:08/08/2010

    ހެހެ. މިހާރު ފުއާދަށް ވުރެ ނުލަފާ މީހަކުނެތް؟ މިސަރުކާރުގެ ކޮރަޕްޝަނާ ގާނޫނަށް ބޯނުލަބާތީ ފުއާދު އިސްތިއުފާ ދިނީ. އެކަމަކު މިހާރު އަންނި އަށް މަރުހަބާ ކިޔަންވީ. ތީ މައުމޫނު ޒަމާނުގައި މައުމޫނުގެ ސަޕޯޓަރުންވެސް އަމަލުކުރި ގޮތް ހަމަ. މައުމޫނު ކަޑަވެގެން އިސްތިއުފާ ދިނީމަ ބުނާނެ މައުމޫނުގެ ސަޕޯޓަރުން ހަމަ ރަނގަޅަށޭ އެވީ. މައުމޫނަށް އެމީހުން މަރުހަބާ ކިޔާނެ. ވެރިކަންތައް ގޯސްވަނީ ތިފަދަ މީހުންގެ ސަބަބުން.

  5. ތޮސްބެ‮ ‬ވިދާޅުވީ


    ތާރީޚް:08/08/2010

    އަންނި ކަލެޔަ ފުއާދު އެގެނީ ކިހާވަރަކަ؟ އެބޭފުޅާގެ އުދަގޫ ނުޖެހޭ ރީތި އަންހެނަކު މަދުވާނެ. އެކަށީގެންވާގޮތަކީ ސަރުކާރަށް މިއަމަލުތައް ފަޅާއެރީކަމަށް. ސަރުކާރުން އެކަމަ ފިޔަވަޅެއްއެޅުމުގެ ކުރިން ފުއާދު އަމިއްލަޔަ އިސްތިއުފާދިނީކަމަށް

  6. އަންނި‮ ‬ވިދާޅުވީ


    ތާރީޚް:08/08/2010

    ބަންޑާރަ ނައިބުވެސް އެހެންވީމަތާ އިސްތިއުފާ ދިނީ. އެބޭފުޅާގެ އުދަގޫ ނުޖެހޭ ރީތި އަންހެނަކު މަދުވާނެ. އެކަށީގެންވާގޮތަކީ ސަރުކާރަށް މިއަމަލުތައް ފަޅާއެރީކަމަށް. ސަރުކާރުން އެކަމަ ފިޔަވަޅެއްއެޅުމުގެ ކުރިން ސުއޫދު އަމިއްލަޔަ އިސްތިއުފާދިނީކަމަށް

  7. ކަޅުތެޔޮ އަމީތާބު‮ ‬ވިދާޅުވީ


    ތާރީޚް:08/08/2010

    ރައީސް ނަޝީދެވެ. ދިވެހިން ދިވެހިރާއްޖޭގެ ވެރިކަމަށް މަނިކުފާނު ހޮވީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް މަނިކުފާނު އުފުއްލެވުމަށެވެ. އެއީ، ދިވެހިން ދައުލަތް ސަލާމަތް ކުރުމަށެވެ. މިއަދު ރާއްޖެ މިވަނީ ޤާނޫނީ ހުސްކަމާއި ސިޔާސީ އަދަވަޅަކަށްވެއްޓިފައެވެ. މިއަދު މިވަނީ ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން މަނިކުފާނު އުފުއްލަވަން ޖެހޭ އެންމެ ބޮޑު އަދި އެންމެ ބުރަ މަސްއޫލިއްޔަތު އުފުއްލެވުމަށް މަޖުބޫރުވެފައެވެ. އެމަޖުބޫރުކަން މަނިކުފާނަށް ކުރިމަތި ކުރުވީ ސިޔާސީ ވަކިބައެއްގެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރިގެން ދިވެހި ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުންނެވެ.

    މަނިކުފާނު އުފުއްލަވަން ޖެހޭ މަސްއޫލިއްޔަތަކީ ކޮބައިކަން އަޅުގަޑަށް ފެންނަ ގޮތެއް ހާމަ ކޮއްލުމުގެ ކުރިން ރާއްޖެ މިހާރުގެ ހާލަތަށް އައި ސަބަބުތައް ކުޑަކޮށް އަލި އަޅުވާލާނަމެވެ. ސަބަބުތަކަކީ:
    1- އިންތިޤާލީ މަރުހަލާ ނިމުނު އިރު ވެސް ހަދަން ޖެހޭ އެންމެހާ ޤާނޫނުތައް ނުނިމިހުރުން.
    2- އިންތިޤާލީ މަރުހަލާއަށް ފަހު ދައުލަތުން އަމަލުކުރަމުން ގެންދާ ބެލެނެވެރި ޤާނޫނެއް ނެތް ޤަވާއިދުތައް ބާތިލުވުން. ރައްޔިތުންގެ މަޖިލީހުން އެއް އަހަރު ދުވަހަށް އެޤަވާއިދު ބޭނުން ކުރެވޭނެ ކަމަށް ޤާނޫނަށް މުއްދަތު އިތުރު ކުރި ނަމަވެސް ޤާނޫނު އަސާސީ އާއި ތައާރަޒްވާ އެންމެހާ ޤާނޫނުތަކާއި އޭގެ ދަށުން ހަދާ އެންމެ ހާ ޤަވާއިދުތައް އެއީ ބާތިލު އެއްޗެއް ކަމުގައި އޮތް އޮތުމުން އަލަށް އެފާސްކުރި ކުރުން ބާތިލުވުން.
    3- ލޯކަލް ގަވަނަސް ގާއިމް ކުރުމަށް އޮތް މުއްދަތު ފަހަނަ އަޅާ ދިޔުން.
    4- ރާއްޖޭގައި އުފެއްދުމަށް ބުނެފައިވާ ސައްހަ ޖުޑީޝަރީއެއް ނެތުން. ޖުޑީސަލް ސާވިސަސް ކަމިޝަނުން ފަޑިޔާރުންގެ ޤާނޫނާއި ކޯޓުތަށް ކަޑައެޅުމުގެ ޤާނޫނު ނެތިސް މިހާރު ތިބި ހުރިހާ ފަޑިޔާރުންނާއި ޤާޟީން މުޅިއުމުރަށް ދާއިމީކުރުން.
    5- ޤާނޫނު އަސާސީގައި ބުނާ އުއްތަމަ ފަޑިޔާރު އައްޔަނު ކުރެވިފައި ނެތުމާއި ދާއިމީ ސްޕްރީމް ކޯޓެއް ނެތުން.
    6- ޤާނޫނު އަސާސީގައި ބުނާ ދާއިމީ ހިއުމަން ރައިޓްސް ކަމިޝަނެއް ނެތުން.
    7- ޤާނޫނު އަސާސީގައި ބުނާ އަދި ޤާނޫނުގައި ބުނާ ސިވިލް ސާވިސް ކަމިޝަނެއް ނެތުން. އަދި ސިވިލް ސާވިސް ކަމިޝަންގެ ޤާނޫނަށް އިސްލާހުގެނެސް ރައްޔިތުން މަޖިލީހަށް ސިވިލްސާވިސް ކަމިޝަން ހެދުމުގެ ބާރު ލިބުން.
    8- ޤާނޫނު އަސާސީ އާއި އެއްގޮތަށް އުފެއްދުމަށް އުޅުނު އެންޓި ކަރަޕްޝަން ކަމިޝަނަށް މެންބަރަކު ހަމަޖެއްސުމަށް އުޅުނު އިރު އުފެދުނު މައްސަލަ މަޖިލީހުން ވެސް އަދި ވަގުތީ ސުޕްރީމް ކޯޓުން ވެސް ގޮތެއް ނުނި އަދި ވެސް އެކަމިޝަން ފުރިހަމަ ވެފައިނެތުން.
    9- ދައުލަތުގެ ލޯއެން އޯޑަރ ގާއިމުކުރާ މުއައްސަސާތަކަށް މަޖިލީހުން ހުރަސްއެޅުމުގެ ސަބަބުން ގައުމުގައި މީހުން މެރުމާއި ވައްކަމާއި ފޭރުން އާންމުވެ ގުރޫޕް މާރާމާރީ އާއި ގޭންގު ހަދައިގެން އުޅޭ ކުއްވެރިންނަށް ހިމާޔަތް ދިނުމާއި ސިފައިންނާއި ފުލުހުންގެ ބާރު ކެޑުން.
    10- ދައުލަތުގެ މުދަލާއި ފައިސާ އަށް ހިޔާނަތްތެރިވެފައިވާ މީހުން ސިޔާސީ ބާރުތައް ބޭނުން ކޮށްގެން އަދުލު އިންސާފުގެ ކުރިމަށްޗަށް ގެނައުމަށް ހުރަސް އަޅާފައިވުން.
    11- ދައުލަތުގެ ހިންގުމަށް އޮންނަ ބާރު ކަމުގައިވާ ދިވެހި ސަރުކާރު ހިންގުމަށް ދަތިވާނެހާ ގޮތްގޮތް ބަލައިގެން ޤާނޫނުތައް ހެދުން.
    12- ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރިޝްވަތު ހިފާ ރިޝްވަތުދީ ހެދުން.
    13- ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިކޮށް ވަކި ބަޔަކު މަޖިލިސް ހިސޯރުކޮށްގެން އުޅުން.
    14- ރައްޔިތުން މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ކޮންޓްރޯލްކޮށް ވަކި ބައެއްގެ ލާބަޔާއި މަންފާވާ ގޮތައް ބައެއް ޤާނޫނުތައް ނުހަދާ ތިބުމާއި އަނެއްބައި ޤާނޫނުތައް އެމީހުންނަށް ގަޔަށް ހެއޮވާވަރުގެ ހެދުމެއް ކަޑާހެން ޤާނޫނު ހަދާ ފާސްކުރުން.
    15- މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާނުކުރުން.
    16- ދައުލަތް ހިންގުމަށް ދަތިވެ ދައުލަތް ހުއްޓޭ ހިސާބަށް ރާއްޖެ ދިޔުން.
    17- އަލަށް އެކުލަވާލެވި އަމަލުކުރަމުން މިގެންދާ ޤާނޫނު އަސާސީ އަކީ ރިޔާސީ ނިޒާމު ހިންގޭ ފަދަ ޤާނޫނު އަސާސީ އަކަށް ނުވެ ޤާނޫނު އަސާސީ ފެއިލްވުން. އަދި ޤާނޫނު އަސާސީ ބުނި އެއްވެސް ގޮތަކަށް އިންތިޤާލީ މަރުހަލާގެ އެއްވެސް ކަމެއް ކުރެވިފައި ނެތުން.
    އެހެން ކަމުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޤާނޫނު އަސާސީ އޮތްތާކު ޤާނޫނު އަސާސީ ބޭއްވުމަށް ފަހު ގައުމު ވެއްޓިފައިވާ މިފުންވަޅުގަޑުން ނަގާދޭން ވެއްޖެއެވެ. ޤާނޫނު އަސާސީއަށް އަމަލުކުރުން ހުއްޓާލުމަށް ފަހު ރާއްޖޭގެ ރައްޔިތުން މިކަމުން ސަލާމަތްކޮށް ދޭން ރައިސުލްޖުމްހޫރިއްޔާއަށް މަޖުބޫރު ވެއްޖެއެވެ. ދިވެހިންނާއި ދިވެހި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް ދޭން ވެއްޖެއެވެ. ދިވެހި ޤައުމުގެ އިސްތިގުލާލާއި ސަލާމަތްކަން ދަމަހައްޓާ ދޭން ވެއްޖެއެވެ.
    އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއެވެ. މަނިކުފާނަށް މިކަން ކުރުމަށް ވަރަށް ދަތިވާނެކަން ވެސް އެގެއެވެ. ނަމަވެސް އެހެން ގޮތެއް ނެތެއް ނޫންތޯއެވެ. އަޅުގަޑުމެން އާންމު ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މަނިކުފާނަށް ދަންނަވަ ބޭނުން ވާހަކަ އައްސަވާށެވެ.
    މަނިކުފާނު ސިފައިންނާއި ފުލުހުން ބޭނުން ކުރައްވައިގެން މިދައުލަތް ސަލާމަތްކޮށް ދެއްވާށެވެ. ވަރަށް ސާފުކޮށް މިދަންނަވަނީ މިގައުމުގައި މިލިޓަރީ ސަރުކާރެއް ހަދައިގެން ނަމަވެސް މިގައުމު ސަލާމަތްކޮށް ދެއްވާށެވެ. އަޅުގަޑުވެސް ޑިމޮކްރަސީ ކިތަންމެ ވަރަކަށް ވެސް ބެނުމެވެ. ނަމަވެސް ބޭނުންވިއަސް މިތަނަށް މިވަގުތައް މިނޫން ގޮތެއް އޮތްކަމަކަށް ނުފެނެއެވެ. މިއަދު ދައުލަތް ހުއްޓިއްޖެއެވެ. ޤާނޫނީ ހައިސިއްޔަތު އޮތް އެއްވެސް ތަނެއް ނިކަން ދައްކަބަލާށެވެ. މަނިކުފާނުގެ ކެބިނެޓަށް ވެސް ލާންޖެހެނީ ޑީއާރުޕީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރެކެވެ. ދައުލަތުގައި ހުރި ގިނަ ވަގުތީ މުއައްސަސާތަކެއް ދާއިމީ ނުވެ ހުއްޓާ މިއޮށް ގަޑިހަމަވީއެވެ. މިޖިލީހުން މިހާތަނަށް ބަލާފައި ހުރީ ޤާނޫނު ހަދާކަށް ނޫނެވެ. މަނިކުފާނުގެ ކެބިނެޓްގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭތޯއެވެ. އޭގެ ފަހުގައި މިހާރި އެބަލަނީ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭވަރަށް މެންބަރުން ގަނެވޭތޯއެވެ. އެކަން އެމީހުންނަށް ނުވާނެކަން އެގޭތީ މަނިކުފާނު ރައްޔިތުންނަށްކޮށް ދިނުމަށް އުޅޭ ކޮންމެ ކަމަކަށް ޖެއްސުން ކުރަނީއެވެ. މަނިކުފާނެވެ. މިއަދު މިއޮތީ ވަގުތު ޖެހިފައެވެ. ޤައުމު ސަލާމަތް ކުރުމުގެ ވަގުތެވެ. ދިވެހި ދައުލަތުގެ އެންމެ މަތީވެރިޔާ އަކީ މަނިކުފާނެވެ. މަނިކުފަނަށް މިކަން ނިންމޭނެއެވެ. ބައެއް މީހުންގެ ކަރުބުޑުގައި މިކަމުން ހިތިރަހަ ލާނެއެވެ. މާބޮޑަށް އަޅާ ނުލައްވާ ޤައުމައިގެން ކުރިއަށް ހިންގަވާށެވެ.

  8. Dog‮ ‬ވިދާޅުވީ


    ތާރީޚް:08/08/2010

    ވަޒީފާ އާއި ބެހޭ ޤާނޫނާއި އަންނި ޚިލާފްވެއްޖެ. ރަމަޞާން މަހުގެ އިނާޔަތު ފައިސާ ދިނުމަށް އެގާނޫނުގެ 51 ވަނަ މާއްދާގައި ބުނާ ގޮތުން އިނާޔަތު ފައިސާގެ ގޮތުގައި މުސާރައިގެ ތިން ބައިކުޅަ އެއްބައި ދޭންޖެހޭ، އެގޮތުން ދޭ ފައިސާ 2000 ރުފިޔާ ހަމަނުވާނަމަ މަދުވެގެން 2000 ރުފިޔާ ދައުލަތުގެ ކޮންމެ މުވައްޒަފަކަށް ދޭންޖެހޭނެ، އެކަމަކު ބައެއް މީހުންނަށް 1500 ނުވަތަ 1200 ރުފިޔާ އިނާޔަތު ފައިސާގެ ގޮތުގައި ދީފި. މިދެން ކިހާ ބޮޑުވެއްޖެކަމެއް މީނާ އަކަށް ޤާނޫނުގެ ތެރެއިން އެއްކަމެއްވެސް ކުރާކަށް ނޭނގޭ، ދުވާލަކު ޤާނޫނަކާއި ޚިލާފް ވަމުން މިދަނީ، އެވަރުންވެސް އަމިއްލަ އެދުން ދުވަހަކު ހުސްނުވޭ.

  9. Dog‮ ‬ވިދާޅުވީ


    ތާރީޚް:08/08/2010

    މީހަކު އިސްތިއުފާ ދިނުމުން އެމީހަކީ އަންހެނުން ހިތި ނުލަފާ ކޮރަޕްޓް މީހަކަށް މިވަނީ، ވެރިކަން ހިންގާ ޕާޓީގައި ހުރެ ގެސްޓް ހައުސް ތަކުގައި ދީނާއި ޤާނޫނާއި ޚިލާފްކަމެއް ކުރި ނަމަވެސް އެއީ ބަޔަކު ދައްކާ ދޮގު ވާހަކައެއް ކަމުގައި ބުނަނީ. ބަޔަކާއި ހެދި ހޭ ބަލިވިޔަސް ތިއީ ބޮޑުވަރެއް.

  10. ތޮސްބެ‮ ‬ވިދާޅުވީ


    ތާރީޚް:09/08/2010

    އަދިވެސް އެހެންބަޔަކުތަ ބަޔަކާހެދި މިހޭބަލިވަނީ. ދިމާ ހާއްމަޔަށް 30 އަހަރުވަންދެން އަހަރެމެންގެ ލޭ ބޮއި ބޮއި ތިބި ޖާހިލުން ދިފާއުކުރުމުގައި ތިފައިވިއްދާއިރު ހުދު ތިމީހުންނައްވެސް ހިތުގެ އަޑިން އެކަންގަބޫލުކުރޭ. އަޅެބުނެބަލަ އެތިރީސް އަހަރު ތިބީ މަތިން ފައިބާފައިތިބި ބަޔަކުތޯ؟

  11. Dog‮ ‬ވިދާޅުވީ


    ތާރީޚް:09/08/2010

    ތޮސްބެ އަށް ތިބުނާ 30 އަހަރު ތެރެއިން އެންމެ ދުވަހަކުވެސް މިއަދު މިގައުމު މިދެކޭ ގާނޫނާއި ޚިލާފްކަމެއް ކުރަނިކޮށް ފެނުންތަ، ނުކުރެއެކޭނޫން މިބުނީ ހާމަކަން ބޮޑުކޮށް ކުޑަކުއްޖަކަށްވެސް އެނގޭނެހެން ކުރި ހެއްޔޭ، ތިމާ އަމިއްލަ އަށް ރަގަޅޭ ބުނެ ސޮއިކޮށް އޮފީހުގެ ވެބްސައިޓްގައި ސާއިކުރުމަށް ފަހު އެއަށްވެސް އަމަލެއް ނުކުރޭ، 2000ރުފިޔާ ދިނުމަށް ވަޒީފާ އާއި ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގައި ބުނާ އިރު އެވަރުވެސް ދަހިކަމާއި ތިމާއަށް ލިބޭ ވަރު މަދުކަމުން ދޭން ނުކެރުން. ދެން ކީއްކުރަންބާ އެގޮތަށް ސޮއިކޮށް އެސާއިއުކުރީ. ހަމަ އަމިއްލަ އެދުމުގައި އަންނި އަށް އިނާޔަތު ފައިސާގެ ގޮތުގައި 10000 ރުފިޔާ ލިބޭތީ. ދެން އެހެން މީހުންގެ ހައްގަށް އަރައި ގަތަށް މިއީ ފުކެއް ބޮޑުވަރޭ މިބުނަނީ އެހެންވެ.

  12. ތޮސްބެ‮ ‬ވިދާޅުވީ


    ތާރީޚް:09/08/2010

    އޯކޭ. ދެންތިބުނަނަނީ ކަލޭގެ މުދަލުން މީހަކު ވައްކަންކުރުމަކުން އެއީ މައްސަލައެއްނޫނޭ އެކަމަކު ކަލޭގެކުދަލެއް ކަލޭކައިރީބުނެފަ ނެގުމަކީ މައްސަލައެކޭތަ؟ ދެންތިބުނާ 2000 ހަމަނުކޮށްދޭނެކަމެއް ކަލެއަށް އެގުނީކިހިނެއް؟ މުސާރާގެވާހަކަ ދައްކާއިރު ފަނަރަ ކީކުރައް ވިހި ޕަސެންޓު ކެޓީމަވެސް މައުމޫން ދިންވަރަށް ވުރެން ލިބޭ އަދަދު ބޮނޑޭ. ހައްގަށް ގިނައިއަރައި ފުޅިތޮށިކާންދީ ހައްގުންކަމަކާނުލާ ޖަލައްލައި ޗިލީސޯސްލައިގެން ތުބުޅިބާލާ އަންހެނުންނައް ބުރުގާއެޅުން ލާޒިމްނޫން ކަންއެއްގުމަށް މަސަކަތްކޮށް ރާއްޖޭގައި ބުދުފައްޅިއެޅިއަޅާ ހެދީމަ އަހަރެމެންގެ ހައްގުތައްކޮބައިތޯ؟

  13. އަންނި‮ ‬ވިދާޅުވީ


    ތާރީޚް:09/08/2010

    މިސަރުކާރު ވެރިކަމަށް އަރައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރަ ބޮޑުކުރީ. ދެން މިހާރު އެއޮތް ކުރާ ކަމެއް. މައުމޫނަށް ވުރެ ގިނަ މީހުންގެ ހައްގަށް އަންނި އަށް އަރައިގަނެވިއްޖެ. ޖަލު މީހުންނަށް މިހާރު އަސާސީ ހައްގުތައްވެސް ނުލިބޭ. މަގުމަތިން މީހުން ގެންގޮސް ނުރުހުމުގައި ބޯ ބާލަނީ. އެތައް މުވައްޒަފުންގެ މުސާރަ އުނިކޮށްފި. ކުރިން ހުރި ވަރަށް ވުރެ އިތުރު ވިޔަސް ގާނޫނާ ހިލާފަށް އަންނި އަކަށް މުސާރަ އުނިނުކުރެވޭނެ. ރައީސަކަށް ނުލިބޭނެ ވިރާސީ ބާރުތަކެއް. އަބަދުވެސް ވިރާސީ ބާރުތައް ލިބޭނީ ކޯޓުތަކަށް. އިންހެރިޓެންސް ޕަވަރ އަކީ ރައީސަށް ނުވަތަ އެގްޒެކެޓިވް ޕަވަރ އަށް އޮންނަ ބާރެއް ނޫން. ވާ ގޮތަކީ ކޮންމެ މީހަކަށްވެސް މާބޮޑަށް ގާނޫނު އެނގެނީ.

  14. ތޮސްބެ‮ ‬ވިދާޅުވީ


    ތާރީޚް:09/08/2010

    ބަލަ މުއައްޒަފުންގެ މުސާރަ މަޢުމޫން ބޮނޑުކޮއްފައި އޮތީ ލިއްލާހިޔައްޓަކާތަ؟ ކަލޭމެއްނަ މަޢުމޫން އަރައިގަތްވަރެއް އެގޭތަ؟ ޖަލުމީހުންނައް އަސާސީ ހައްގުތައްމިހާރު ނުލިބެޔޭ ތިބުނާއިރު ގައިމުންވެސް މަޢުމޫންދައުރުގައި އެކުރެއްވި އަނިޔާތަކެއްމިހާރު ނުކުރޭނު.އާންމުރަތްޔިތުންގެ އަސާސީ ހައްގުތައް ހަމަނުވަނީސް ޖަލުގައި ތިބިމީހުންގެވާހަކަ ދެއްކުމެއްނެ! ކަލޭމެންދެކޭގޮތުގައި ރައީއްސަކި އެއްވެސް ބާރެއްލިބިފައި ވާ މީހެއްނޫ!

  15. އަންނި‮ ‬ވިދާޅުވީ


    ތާރީޚް:09/08/2010

    ރައީސަށް ބާރު ލިބިދެނީ ގާނޫނު އަސާސީން. ގާނޫނު އަސާސީން ރައީސަށް ދީފައި ނުވާ ބާރެއް އެއީ ރައީސަށް ލިބުނު ބާރެއް ކަމުގައި ނުވާނެ. ވިރާސީ ބާރު ނުވަތަ އިންހެރިޓެންސް ޕަވަރ ލިބޭނީ ކޯޓުތަކަށް. ގާނޫނެއް އެއްޗެއް ނުކިޔަވައި ތިބެ ކޮމެންޓް ކުރާނެ ކަމެއް ނެތް. ހަރުގެއަށް ދެދުވަހަކު ވަދެލާއިރަށް ތި ހުންނަނީ ގާނޫނީ ދާއިރާއިން ޕީއެޗްޑީ ނެގިފަ

  16. ތޮސްބެ‮ ‬ވިދާޅުވީ


    ތާރީޚް:09/08/2010

    ބަލަ. މިދިޔަ ދިގު 30 އަހަރު ވެރިކަންކުރެއްވި ކާފަ ވެރިކަންކުރީ ތިބުނާ ގާ ނުވަތަ ލަކުޑި ނޫނުގެ މަތިންތޯ؟ ކުރީގެ ގާނޫނުގައި ރައްޔިތުންގެ ފައިޔާޔައް ކެއުމާއި، އަނިޔާކުރުމާއި، ބުދުފައްޅި އެޅުމާއި، ބުރުގާ ނޭޅުމާއި، ރަށްޑެހިންނާއި ތިމާގެމީހުންނައް ވަޒީފާދިނުމާއި، ސިޔާސީ ކުށްވެރިންކަމުގައި ހަދައިގެން ޖަލައްލައިގެން އަނިޔާކުރުމާއި އަދިވެސް އަދިވެސް ކަންކަމަކީ ތިބުނާ އެއްޗަކުން ކާފަޔައް އެއްގި ކަންތައްތޯ؟

  17. އަންނި‮ ‬ވިދާޅުވީ


    ތާރީޚް:09/08/2010

    ތޮސްބެ ފާހަގަ ކޮށްފައި ތިހުރީ ތިރީސް އަހަރު ވެރިކަން ކުރި މީހެއްގެ ވަހަކަ. އޭނަ އަށް ސަޕޯޓް ކުރަނީ ކާކުތަ؟ ދެން 30 އަހަރު ކުރި ކަންތައްތަކުގެ ވާހަކަ ދައްކާއިރު އަންނި ދޮޅު އަހަރު ތެރޭ ތި ކީ ހުރިހާ ކަމެއްކޮށްފި. ފުރަތަމަ، ރައްޔިތުންގެ ފައިސާ އަންނި ވެސް ކައިފި. ރައްޔިތުންނަށް އަނިޔާވެސް ކޮށްފި. މައުމޫނުވެސް ހުދު މައުމޫނުގެ އަތުންނެއް ނޫން މީހުންގެ ގައިގައި ޖަހަނީ. ހަމަ އެގޮތަށް ފުލުހުންނާ ސިފައިން މެދުވެރިކޮށް އަދި އެމްޑީޕީގެ އެކްޓިވިސްޓުން ލައްވާ ރައްޔިތުންނަށް އަނިޔާ ކޮށްފި. ބުދު ފައްޅިއެއް މައުމޫނެއް ނާޅާ. ރިސޯޓެއްގައި ބުދެއް ބެހެއްޓީ އެރިސޯޓުގެ މީހުން. އެކަމަކު އަންނި ބުދު ދީނުގެ އަޅުކަމެއް ދަރުބާރުގޭގައި އެންމެންގެ ކުރިމަތީގައި ކޮށްފި. ތައިވޮކް ރެސްޓޯރެންޓުންވެސް ބުދު ތަކެއް ނެރެފި. ތިމާގެ މީހުންނަށް ވަޒީފާވެސް ދީފި. އަންނި އެއްބަނޑުގައި ކިޔަވައިގެން ކަމަށް ގާބިލު މީހުން ނެތުމަކީ އެހެން މައްސަލައެއް. ސިޔާސީ ކުށްވެރިންނަށް ހަދައިގެން ސިޔާސީ ލީޑަރުން ރަހީނުންގެ ގޮތުގައިވެސް ގެންގުޅެފި. މިހާރު ގާނޫނު އަސާސީ ތަނެއް ނުދޭ އެމީހުން ހައްޔަރު ކުރާކަށް. އެއީ އަންނި ހެޔޮފުޅުވެގެން ހައްޔަރު ނުކުރަނީކީ ނޫން. އެހެންވިޔަސް ކުރެވުނު ގޮތަކަށް ހައްޔަރުވެސް ކުރި.

  18. ތޮސްބެ‮ ‬ވިދާޅުވީ


    ތާރީޚް:10/08/2010

    ހުރިހާކަމަކާ ލޮލުން ބޮލުން އެއްބަސްވަން. އެހެންވީމާ މިބުނަނީ މަޢުމޫން 30 އަހަރުން ކުރެއްވި ހުރިހާކަމެއް އެއްމެ ދޮޅުއަހަރުން އެކުރައްވާއިރު ތިމީހުންގެ ލޮލައްތިހުންނަނީ ލޮނުމިރުސްއެޅިފައިތޯ؟ އިދިކޮޅައް ފޮޑިއެއްޖަހާލާނެ މީހަކުވެސް ނެއްއިރު ތިރީސްއަހަރުން ނުކުރެވޭވަރު ދަމާ ފޫގަ އެޅީމަ ލަންޓަންފެންނަވަރަށް 100 ހައި މީހުންތިއްބާ ހުރިހާކަމެއް ނިންމާ ފައިސާ ދައްކާ އަތްދޮވެލަނީނޫންތަ؟ އެހެންވެޔޭ މިބުނަނީ އަންނި އެއީ ހަމަ ބެސްޓޭ!

  19. ހެޔޮއެދިގެން‮ ‬ވިދާޅުވީ


    ތާރީޚް:11/08/2010

    މިލިޔުމަށް ހިޔާލު ލިޔެފައިތިބިމީހުން މިހަބަރު ކީހެނެއް ހިޔެއް ނުވޭ. ކޮންމެމީހަކުވެއް އަމިއްލަ މައުލޫއެއް ގެން ގުޅިފައިވަނީ. ހެހެ.

  20. ކަޅުތެޔޮ އަމީތާބު‮ ‬ވިދާޅުވީ


    ތާރީޚް:13/08/2010

    މިއަދު ރާއްޖޭގައި އެންމެބޮޑަށް ދެކެވެމުން މިދަނީ ޤައުމު ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓުނު ވާހަކައެވެ. އިދިކޮޅު ފަރާތްތަކުން މިއީ ސަރުކާރުން އޮޅުވަލާން ދައްކާ ވާހަކަ ތަކެއްކަމުގައި ބުނަމުންގެންދާއިރު ސަރުކާރުން ބުނަމުން އެގެންދަނީ ޤާނޫނީ ހުސްކަމުގެ ތެރެއަށް މިޤައުމު ހިނގައްޖެކަމުގައެވެ. މިކަމުގެ ޒިންމާ ނުސީދާގޮތުންނަމަވެސް އުފުއްލަވާންޖެހޭ ކަމަށް ވިދާޅުވެ ދައުލަތުގެ އޭޖީ އެވަނީ އިސްތިއުފާ ދެއްވާފައެވެ.
    އިދިކޮޅުފަރާތްތަކުން މިގޮތަށް ބުނަމުންދާއިރު އާޤާނޫނު އަސާސީއަށް ވާސިލްވުމަށް ހަދާންޖެހޭ ޤާނޫނު އަސާސީއިން ލާޒިމްކުރާ ޤާނޫނުތައް ހަދާންޖެހެނީ ޤާނޫނުހަދާ މަޖިލީހުން ކަމުގައި ވާއިރު އެމަޖިލީހުގެ މެޖޯރިޓީ އޮތީ ޑީއާރުޕީއާއި އެޕާޓީގެ ކޯލިޝަންގައެވެ. މިއީ ޙަޤީޤަތް ކަމުގައިވާއިރު ޤާނޫނުއަސާސީއަށް ވާސިލްވުމަށް ހަދަންޖެހޭ ޤާނޫނުތައް ނެހެދުމުން ދެން ބުނާންއޮންނާނީވެސް އެހެންތާއެވެ. އެމީހުން އެބުނަނީ ހަމަ ޤާނޫނީ ހުސްކަމަކަށް ނުދާކަމަށެވެ.
    މައި އިދިކޮޅުޕާޓި ޑީއާރުޕީއިން މިކަމުގައި ދެފަހަރު ދެގޮތަށް ވާހަކަ ދައްކަމުން ތިމާމެންވެސް މިކަމުގެ ޒިންމާ އުފުލާން ޖެހެޔޭ ބުނެފައި އެކަމަކު މިކަން ނުކުރެވިއޮތީ ސަރުކާރުން ބިލްތައް މަޖްލިހަށް ފޮނުވުން ލަސްކޮށްފައި ވާތީ ކަމުގައިބުނާއިރު، އެންމެ ބޮޑަށް މައްސަލަ އުފެދިފައިވާ ފަނޑިޔާރުންނާއި ފަނޑިޔާރުގެތަކާއިބެހޭ ބިލު މަޖިލިހުގެ ތަޅުމަށް ވެއްދިފަހުން އަހަރުވެއްޖެއެވެ. އެބިލު ފާސްނުކޮށް ހިފަހައްޓައިގެން ނުވަތަ ބިލުގެ މައްޗަށް ސަވާރުވެގެން މިހާދުވަހުތިބެ އެފާސްނުކުރުމުން ދެން ތިމާމެން އެކަމުގެ ޒިންމާ އުފުލާކަށް ނުޖެހެޔޭ ބުނުމުން ފަރުޖެހިދާނެ ހެއްޔެވެ؟
    އާޤާނޫނުއަސާސީއަށް ފުރިހަމަޔަށް ވާސިލްވުމަށް ފުރިހަމަ ދެއަހަރުގެ މުއްދަތެއް ޤާނޫނު އަސާސީން ވަނީ ދީފައެވެ. މިއަށްވުރެ އިތުރު މުއްދަތެއް ދީފައި ނުވާއިރު މުއްދަތު އިތުރުކޮށްފައެއް ވެސް ނުވެއެވެ. ދެއަހަރުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ޤާނޫނުތައް ފުރިހަމަކޮށް އުފައްދަންޖެހޭ މުއައްސަސާތައް އުފައްދައި ބައެއް މުހިންމު މަޤާމުތަކަށް މީހުން ކަނޑައަޅާން ޖެހެއެވެ. މިއީ ޤާނޫނު އަސާސީއިން ލާޒިމްކޮށްފައިވާ ކަމެކެވެ. މިކަން ޤަބޫލުނުކުރާ ބަޔަކީ މިޤައުމުގެ ޤާނޫނު އަސާސީއަށް ކިޔަމަންވާ ބައެއްގެ ގޮތުގައި ބަލާނެ ޖާގަ އެބައޮތްބާވައެވެ؟ ޤަނޫނު އަސާސީ އިން ވަކިތާރީޚެއްގައި ވަކިކަމެއް ކުރަން ޝަރުތުކޮށްފައި ވާނަމަ އެކަން އެތާރީޚުގައި ނުކޮށް ފަރުޖެއްސޭނެ ބާވައެވެ؟ މިވެނި ތާރީޚެއްގެ ކުރީން ކުރަން ބުނެފައިވާނަމަ އެތާރީޚެއްގެ މާކުރީން އެކަމެއް ނިންމުމަކީ ޤާނޫނާއި ޚިލާފުވާނެ ކަމެއް ނޫންކަމުގައި ވިޔަސް ވަކިތާރީޚެއްގެ ކުރީން ނިންމަން އޮތްކަމެއް އެތާރީޚުގެ ފަހުން ނިންމުމަކީ ސައްޚަ ނިންމުމެއް ކަމުގައި ބަލާނެ ޖާގައެއް އޮންނާނެ ކަމަކަށް ނުދެކެމެވެ. މިގޮތަށް ބަދަލުގެނެވޭނި ޤާނޫނުއަސާސީ ބަދަލުކޮށް އެގޮތަށް އެކަމެއް ކަނޑައަޅައިގެންނެވެ. ޤާނޫނީ މާހިރުން ވިދާޅުވަނީ މިގޮތަށެވެ.
    މިސާލަކަށް ދަންނަވާނަމަ މީހަކު ކޮޓަރިއެއްގެ ފާރެއްގައި ސިމެންތި ޖަހާން ޙަވާލުކުރީ 10 ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމުން ޝަރުތު ކޮށްގެން ކަމުގައިވާނަމަ އެމަސައްކަތް ދެމަސްދުވަހުން ނިންމުމަކީ ދުނިޔެވީ ހަމަތަކަށްބަލާއިރު ޤަބޫލުކުރެވޭނެ ކަމެއްބާވައެވެ؟ ފަހަރެއްގައި އެކަނޑައެޅި މުއްދަތުގައި ނުނިމޭނެ މަޤުބޫލު ސަބަބު ތަކެއް ދިމާވެއްޖެނަމަ ޖެހޭނީ މުއްދަތު ހަމަވުމުގެ ކުރީން އެކަމާ ބެހޭގޮތުން ދެފަރާތުން ވާހަކަ ދައްކައި ގޮތެއް ކަނޑައަޅާށެވެ. ގޮތެއް ކަނޑަނާޅައި އޮތްނަމަ އެހިސާބުން އެމަސައްކަތް އެހެން ފަރާތަކާ ޙަވާލުކުރާން ޖެހޭނެއެވެ. ވެރިފަރާތަށް ލިބުނު ގެއްލުމުގެ ޒިންމާ ޝަރުޢީ ގޮތުންވެސް މަސައްކަތާ ޙަވާލުވި ފަރާތުން އުފުލަން ނުޖެހިދާނެބާވައެވެ؟
    އެކަމަކު ހައްޖުމަހުގެ ހައްޖުދުވަސް ދިމާވަނީ ދަރިފުޅުގެ އުފަންދުވަހާ ކަމުގައި ވާތީވެ އެކަން ނިންމާލާފައި މުޙައްރަމް މަހު މައްކާ އަށް ގޮސް ޙައްޖުވެވިދާނެ ބާވައެވެ. މިކަން ޤަބޫލުކުރާނީ ކާކުބާވައެވެ. ޙައްޖުމަހުގެ ވަކިދުވަހެއް ކަނޑައަޅުއްވާފައިވާއިރު އެކަމަކީ ދީނުގެ ދަންނަބޭކަލަކަށްވެސް ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ތިމަންނާއަކީ ޤާނޫނީ މާހިރެކޭ ބުނެފަވެސް ޤާނޫނުމާނަ ކުރެވޭނެ ގޮތްތަކަކާއި ނުކުރެވޭނެ ގޮތްތަކެއް އޮންނާނެ ދޮގެއްތޯއެވެ.؟
    މިއަދު އެންމެ ބޮޑަށް ބަހުސް ކުރެވެނީ އެވެނި ކޯޓަކާ މިވެނި މަޤާމެއް ދެމިއޮންނާނެޔޭ ނުވަތަ ނޯންނާނެޔޭބުނެ ކުރާ ބަހުސްތަކެވެ. ޤާނޫނުގެ މާއްދާއެއްގައި ވަކި ކަމެއް ފުރިހަމަވަންދެން އެކަމެއްދެމި އޮންނާނެ ކަމުގައި ބުނާނަމަ ޝައްކެއްވެސް ނެތި އެކަން އެގޮތުގައި ދެމިއޮންނާނެއެވެ. ނަމަވެސް އެކަމެއް ކުރުމަށް ދީފައިވާ މުއްދަތު ހަމަވުމުން އެމުޅިކަން ބަދަލުވެގެންދާނެކަން ޤަބުލުކުރާންޖެހެއެވެ. މިސާލަކަށް ރައީސުލް ޖުމްހޫރިއްޔާގެ ޤާނޫނީ ހުވާ ހަމަކޮންމެ މީހަކު ކުރިޔަސް އެމީހަކަށް ރައީސްކަމުގެ މަޤާމާ އިނާޔަތްތައް ލިބޭން ޖެހޭނެހެއްޔެވެ؟ ރައީސްކަމުގެ ހުވާކުރެވޭނި ކާކަށްކަމާ ކޮންގޮތަކަށްކަން އަދި ކޮންހާލަތެއްގައިކަން ޤާނޫނުގައި ބަޔާންކޮށްފައިވާއިރު އެނޫންގޮތަކަށް އެކަން ކުރުމަކީ ޣައިރު ޤާނޫނީ ކަމަކަށް މެނުވީ ނުވާއިރު އިންތިޤާލީ މަރުޙަލާނިމުމުން އިންތިޤާލީ ކޯޓުތަކާއި ފަނޑިޔާރުންނާއި މަޤާމުތައް ހުންނާނީ މިޤައުމުގެ ކޮންތާކު ހެއްޔެވެ؟ އިންތިޤާލީ މުއްދަތު ނިމުމުން ދެން ހުންނާންޖެހޭނީ މިނޫން ތަންތަނާއި މަޤާމުތަކެވެ. މިއީ ހަމަބުއްދީން ވިސްނާއިރު ފެންނަގޮތެވެ.
    ރައްޔިތުންގެ މަޖިލިސް އިންތިޚާބުކޮށް ނިމުމުން މަޤާމާ ހަވާލުވެވެނީ ﷲ ގަންދީ ހުވަޔެއް ކޮށްގެންނެވެ. އެހުވައިގައި އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތުމަށާއި ދިވެހި ޖުމްހޫރިއްޔާގެޤާނޫނުއަސާސީއާއި ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށް ﷲ ގަންދީ ހުވާކުރުމަށްފަހު މަޖްލިހަށްވަދެ ގޮނޑީގައި އިށީނދެވުމުން ރައްޔިތުންގެ ޙައްޤުން މުސާރައާއި އެހެނިހެން އިނާޔަތްތައް ހޯދައިގެން ތިމާމެންގެ އަމިއްލަ މަސްލަހަތައްޓަކައި ރައްޔިތުންގެ ޙައްޤުތައް ކަތިލައި މަސްމާރުކޭޓަކަށް އެމަޖްލިސްހަދައި ޤާނޫނުއަސާސީއިން ތިމާމެންނަށް ލާޒިމް ކުރާ ކަންކަން އެގޮތައް ނުކުރުމުން ދެން އެފަދަބަޔަކާމެދު ދީނީގޮތުންވެސް ޙުކުމެއް އޮންނާން ޖެހޭނެ ދޮގެއްތޯއެވެ.

    މިޤައުމު މިއަޑިގަނޑުން ސަލާމަތްކުރުމުގައި ރާއްޖޭގެ ވަލީޔުލް އަމްރު ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާއަށް މިނުބައި ޢަމަލު ހިންގި ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުއްވުމަށާ ވެރިކަމުގެ އާރާ ބާރު ބޭނުން ކުރެއްވުމަށް މިފުރުސަތުގައި ގޮވާލަމެވެ. ޤާނޫނު އަސާސީ ޙިމާޔަތްކޮށް ދެމެހެއްޓުމަކީ ދިވެހި ދައުލަތުގެ ވެރިޔާއަށް ޤާނޫނު ލާޒިމްކުރާ ކަމެކެވެ. މިކަމަށް ހުރަސްއެޅޭނެ އެހެން މީހަކު ނުހުންނާނެއެވެ.

ޚިޔާލު ފާޅުކުރައްވާ