ރޯދަ މަހުގެ ހަވީރުގެ ރޯދަ ވީއްލުމަށް ފޮނިއެއްޗެއް ހަދާލުމަކީ އަޅުގަނޑުގެ ބޮޑު އާއިލާގައި އަޅުގަނޑަށް ލިބިފައިވާ ވަޒީފާއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އަޅުގަނޑުގެ ކަމަކީ ތަންތަނުން ފޮނިއެއްޗެހީގެ ރެސިޕީ ހޯދައިގެން ރޯދަވީއްލާ ހުރިހާ އެންމެންގެ ރުހުން ހޯދުމެވެ. އެގޮތުން އަޅުގަނޑަށް މިރޯދަމަހު ތައްޔާރު ކުރެވުނު ފާހަގަކޮށްލެވޭ ޑެޒަޓެއްގެ ރެސިޕީ ހިއްސާކޮށްލާނަމެވެ،
ބޭނުންވާ ތަކެތި
- 1 ޕެކެޓް ޗޮކްލެޓް ޗިޕްސް (0.5 ކިލޯ)
- 1 ދަޅު ގެރިކިރު
- 2 ސަމުސާ ބަޓަރ / މާޖިރިންގ
- 4 ތަށި ޕޮޕްކޯން
- 1 ތަށި އަލްމަންޑްސް
- 1 ސަމުސާ ވެނީލާ އެކްސްޓްރެކްޓްސް
ހައްދަވާނެގޮތް
1- ޓްރޭއެއް ގައި ފޮއިލް އަޅާ ރެޑީގައި ބަހައްޓަވާށެވެ.
2- ބޮޑު ތަވާއެއް މަޑު ގިނީގައި ބަހައްޓަވައިގެން، ޗޮކްލެޓް ޗިޕްސް ކޮޅު ދިޔާކުރަށްވާށެވެ. އަދި އޭގެތެރެޔަށް ގެރިކިރާ ބަޓަރު ކޮޅު އަޅުއްވާ ދިޔާވަންދެން ގިރުއްވާށެވެ. އެއަށްފަހު ތަވާ އުނދުން މަތިން ނަންގަވާ ޕޮޕްކޯނާއި އަލްމަންޑްސް ކޮޅު އަދި ވެނީލާ ކޮޅު މިކްސް ކޮށްލައްވާށެވެ.
3- ތައްޔާރުކޮށްފައިހުރި ޓްރޭއަށް އަޅުއްވާލަށްވާށެވެ. އަދި 2 ގަޑި އިރު ވަންދެން ފިނި ކުރަށްވާށެވެ. އެއަށްފަހު ނަންގަވާ ހަތަރެސްކަނަށް ވާނެހެން ކުދިކޮށް ކޮށާލާށެވެ.

އަކޭ ވިދާޅުވީ
ތާރީޚް:27/08/2010
މަ ޓެސްޓް ކުރިން. ވަރަށް މީރު.
މުނިޔާ ވިދާޅުވީ
ތާރީޚް:22/12/2010
ސަޢީދާ ބުނެދީބަލަ! ޗޮކްލެޓް ޗިޕްސްއާ ވެނީލާ ެކްސްޓްރެކްޓްސް ހުރިތަނެއް. މަށަށްވެސް ހީވޭ ވަރަށް މީރުވާނެހެން. މަވެސް ހަދަން ކަމަށް.