Share

ހަށިގަނޑު ބައްޓަންކުރުން

ހަށިގަނޑު ބައްޓަންކުރުން
.
ބަދުރުއްދީން ޙަސަން

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ހަށިގަނޑު ރީއްޗަށް ބެހެއްޓުމަށް ސަމާލުކަން ދޭ މީހެކެވެ. މިހެން ބުނުމުން ކޮންމެ މީހަކުވެސް މިކަމަށް ސަމާލުކަން ދޭހެއްޔޭ ތިބޭފުޅުން ސުވާލުކޮށްފާނެއެވެ. އެހެންވިއްޔާ ބުނަލަން އޮތީ ބަޔެއްމީހުން ސަމާލުކަންދެއެވެ. އަނެއްބައިމީހުން ތިމާގެ ހުރި ކަންނެއްކަމުގެ ސަބަބުން ހަށިގަނޑަށް ވާނެ އެއްޗެއްވާން ދޫކޮށްލައިގެން ނުތިބެޔެކޭ ނުބުނެވޭނެތާއެވެ. އަހަރެމެން ބޮޑެތިވަމުން އައިއިރު “ރާންބޯ” މެން ވެލިބަސްތާ ކޮނޑު ޖަހާލައިގެން ދާއިރު އޭނާ ގަޔަށް އެރާލާފައި ހުންނަ ކަޓުތައް ލިބޭނެބާއޭ ހިތަށް އަރައެވެ. ނުވަތަ އެފަދަ ހަށިގަނޑެއް ބައްޓަން ކުރެވިދާނެބާއޭ ހިތަށް އަރައެވެ.

ރީތި ހަށިގަނޑެއް ހޯދުމަށް ކޮންމެ މީހެއްވެސް ކުރާ ދަތުރުގައި އެކި މީހުން ޚިޔާރު ކުރަނީ އެކި އޮޑިއެވެ. ބަޔެއްމީހުން ފިޓްނަސް ސެންޓަރެއްގައި މެމްބާޝިޕް ހަދައެވެ. އަނެއްބައިމީހުން އައުޓްޑޯ ކޮންމެވެސް ކުޅިވަރެއް ކުޅެން އާދަކުރެއެވެ. ހަށިގަނޑު ރީތިކުރުމަށް މޫދަށް އެރި ފަތާމީހުންވެސް މަދެއްނޫނެވެ.

ފިޓްނަސް  ސެންޓަރަކަށް ދިޔުން

ހަށިގަނޑު ބައްޓަޏްކުރުމަށް ފިޓްނަސް ސެންޓަރަކަށް ދިޔުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟ ނުވަތަ ޖިމް އަކަށް ކޮންމެހެން ދާންޖެހޭހެއްޔެވެ؟ މިކަމުގައި އެކިމީހުންގެ ޚިޔާލު ތަފާތެވެ. ބައެއް މީހުން ބުނާގޮތުން ޖިމް އަކަށް ނުދިޔަކަމުގައި ވިޔަސް ވޯކައުޓަށް ބޭނުންވާ މަދުއެއްޗެއް ގަނެގެން ގޭތެރޭގައި ވެސް ކަސްރަތު ކުރެވިދާނެއެވެ. ކޮންމެހެން މަހަކު ބޮޑު އަދަދެއް ދައްކާފައި ޖިމްއަކަށް ދާކަށް ނުޖެހެއެވެ.

ނަމަވެސް ޖިމްއަށް ދާމީހުންގެ ނަޒަރުން ވިސްނާއިރު ތަފާތެވެ. ކޮންމެ ދުވަހަކުވެސް ވަކިގަޑިއެއްގައި ތަނަކަށް ދާން ޖެހުމުން ތިމާގެ ޝެޑިއުލް އެގޮތަށް ރާވާލާ އެގޮތް އާދައަކަށް ބަދަލުކޮށްލެވެއެވެ. ކޮންމެ މަހަކު ވަކިވަރެއް އެތަނަށް ދައްކާތީ އެކަމަށް ތިމާ ކޮމިޓް ކުރެވޭލެއް ބޮޑުވާނެއެވެ. އަދި ޖިމްއަށް ދިއުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ފެންނަން ފެށުމުން އަނެއްމަހުވެސް ނުގޮސްނުވާނެއެވެ. ނަމަވެސް ގޭގައި ވޯކައުޓް ކުރާނަމަ ގިނަފަހަރު އޮންނާނީ އެވަގުތު ނުދެވިފައި ކަމަށް ޖިމްއަށް ދާމީހުން ދެކެއެވެ.

ޖިމްއަށްވެސް ދާންވީއެވެ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި އެހެރަ ޖިމްގެ މެމްބާޝިޕް ފޯމު ފުރާ ނިކަންދާން ފަށާށެވެ.

އައުޓްޑޯ ކުޅިވަރެއް ގަވައިދުން ކުޅުން

ތިމާ ބޭނުންވަނީ ބޮޑީ އައްލާމެން އަފްރާހުމެން ވަރުގެ ބޮޑީއެއް ނޫންނަމަ އައުޓްޑޯ ކުޅިވަރެއް ކުޅެލައިގެންވެސް ފަރުޖައްސާލެވިދާނެއެވެ. ނަމަވެސް އެކުރާކަމެއް ގަވައިދުން ކުރުން ވަރަށް މުހިއްމެވެ. ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާފައި ހަވީރު ފުޓްބޯޅަ، ބާސްކެޓްބޯލް ނުވަތަ މިފަދަ ކޮންމެވެސް ކުޅިވަރެއް ކުޅުމަށް އާދަކުރާށެވެ. މޫދަށް އެރުމަކީ ހަށގަނޑުގެ ހުރިހާ ގުނަވަނަކަށް ކަސްރަތުލިބޭ ކަމެކޭ ބުނެޔެއްނޫން ހެއްޔެވެ. މޫދު ކުޅިވަރަކީ ހަށިގަނޑު ވަރަށް ރީތިކޮށްދޭ ކަމެކެވެ.

ރާއްޖޭގައި ބާއްވާ މިސްޓަރ މޯލްޑިވްސް މުބާރާތުގައި، ރާޅާ އެޅުމާއި ވިންޑް ސާފް ކޮށްގެން ހަށިގަނޑު ރީތިވެފައި ހުރިމީހަކަށް އެއްވަނަ ލިބުނެވެ. މޫދު ކުޅިވަރުގެ ސަބަބުން އޭނާގެ ބައްޓަންހުރީ ވަރަށް ފުރިހަމަވެފައެވެ. މުބާރާތުގެ ކުރިން ޖިމް ހަދާލަން ޖެހުނީ އެންމެ 2 މަސް ދުވަހޭ އޭނާބުނެފައި ވެއެވެ.

ކޮންމެ މީހަކަށްވެސް އެމީހާ ބޭނުންވާ ހަށިގަނޑު ލިބިދާނެއެވެ. ބޭނުންވަނީ ހިތްވަރެކެވެ. ޖިމްއަށް ދާމީހާވެސް އެއްމަހުގޮސްފައި ފޫހިނުވެ ހުއްޓާނުލައި ކުރިޔަށް ދާށެވެ. އެއް ހަފްތާއަކުން 6 ގޮޅިއެއް ނާރާނެއެވެ. ގޭތެރޭގައި ވޯކައުޓް ކުރާމީހާވެސް ގަވައިދުން ވަގުތު ހުސްކުރާށެވެ. މަސައްކަތްކޮށްފިއްޔާ ތިހިރަ ޓައިރު ތަކަކީ ވިރުވާލެވޭނެ އެއްޗިއްސެވެ. ތިޔަ އުންމީދު ކުރާ ހަށިގަނޑު ލިބޭނެއެވެ.

—–

ގުޅޭ ލިޔުން:

ހަށިގަނޑު ރީތިކޮށްލާނީ ކިހިނެތް؟

ލޯބި ވެވޭވަރަށްވުރެ ފަލަވުމުން

އަހަރެންނަށް ބޭބެއޭ ނުގޮވާށެވެ.

,

‮ ‬5‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ފާޚިރު‮ ‬ވިދާޅުވީ


    ތާރީޚް:17/08/2010

    ވަރަށް ކިޔާލަން ފަސޭހަ ފައްކާ ލިޔުމެއް. މިޖިރަ ޓަޔަރު ތަކަކީ ވިރުވާ އަޅިޔަށް ހަދާލެވޭނެ އެއްޗެއްކަމަށް އެންމެ ފުރަތަމަ އެއް ބަސް ވާނީ އަހަރެން. އަހަރެމެން ޒުވާނުންގެ ކެއުމުގެ އާދަ ހަމައިން ނެއްޓުނީމާ މިހާރު މި ފެންނަނީ ފަލަކޮށް ބަރުހެލިކޮށް މޮޓަކޮށް ތިބޭ ލޮޑުވެފައިވާ ޒުވާނުން.

    ކުރަން މި އެނގޭ ކަމަކީ ފޮޓޯގަނޑަކަށް ރަނޑު ކޮމެންޓެއް ކޮށްލުން

  2. awsw‮ ‬ވިދާޅުވީ


    ތާރީޚް:17/08/2010

    މިދޯ ރޯދަމަހު ކުރަން ފެނުނު އެންމެ ރަނގަޅު ކަމަކީ؟ ގަޓެއްހުރިއްޔާ މި ކޮމެންޓް ޕަބްލިޝްކޮށްބަލަ

  3. އަންނި‮ ‬ވިދާޅުވީ


    ތާރީޚް:17/08/2010

    ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި އަދި ގިނަ ދުވަހު ޒުވާންކަންމަތީ ބެހެއްޓުމަށްޓަކައި، ގަޑިންގަޑިއަށް ކެއުން އަދި ފުރިހަމަ ނިދި ވަރަށް މުހިއްމު ވާނެ. ކެއުމުގައި ހަށިގަނޑަށް ފައިދާ ހުރި ރަނގަޅު ކާނާ ބޭނުން ކުރުންވެސް މުހިއްމު.

  4. ފަރީދު ޝައުޤީ‮ ‬ވިދާޅުވީ


    ތާރީޚް:17/08/2010

    މިޒަމާނުގެ މީހުން މި ކުރަންޖެހޭ މަސައްކަތް ހުންނަ ގޮތުން ގިނަ ބަޔަކު ހަށިގަނޑަށް ބޭނުންވާ ކަސްރަތެއް ނުކޮށެއް ވަރުގަދަ ދިރުންހުރި ހަށިގަނޑެއް ނުލިބޭނެ. މިހާރުވެސް ވަޑާންކުރާ މީހެއްގެ އަތަށް ބަލާލުމުން ފެންނާނެ ވަރުގަދަ ފިރިހެން އަތެއް. ނޫނީ މަސަކަތްކޮށް އުޅޭ އަންހެނެއް ނަމަ އެ އަންހެންމީހާގެ ގައިގައި ވެސް ދިރުންހުރިކަން ފާޅުވާނެ. އެކަމަކު އޮފީހު ގޮނޑިއެއްގަ އިންނަކަހަލަ ވަޒީފާއެއްގަ އުޅެންޏާ ހަފްތާއަކު ތިންފަހަރު ކަސްރަތެއް ކޮށްލައިގެން ރަނގަޅުވާނެ. އަހަރެން އަމިއްލަޔަށް ތަޖްރިބާކޮށްފަ މި ބުނީ. ހުއްޓައިނުލާ އަހަރެއްހާ ދުވަހު ހިފަހައްޓާލެވުނީމަ އަސްލު ނަތީޖާ ފެންނާނީ. އެއްދުވަހުން ހަށިގަނޑުގެ މަސްތައް ތަރުތީބުކޮށްލާ މޫނުމަތި އިސްތިރިކޮށްލާނަމޭ ހިތާ މާ ގަދަޔަށް ޖައްސަން ހަދައިގެން އެކަންތައް ދާނީ ބޮނޑު ނިގުލަށް.

  5. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:20/08/2010

    އަހަރެމެން ތިޔަބުނާ ކަހަލަ ކަސްރަތު ތަކެއް ނުކުރަން! ހަމަ އެކަނި ކުރާކަމަކީ ހޭލައިއުޅޭ ވަގުތުގެ ދެބައިކުޅައެއްބައި ހިގާފައި އުޅުން!!!!!!!!! ކިތަންމެ ދުރުގައި ހުރި ތަނަކަށް ހިގާފަދާންޖެހުނަސް އެހިގާފައުޅޭ ގަޑީގަ ނާރަން ދުއްވާ އެއްޗަކަށް!!!!!! ދުއްވަނީ ބައިސްކަލް!!!!!!!!! އެވެސް ކަސްރަތު!!!!!!!! އެކަމަކު ހަމަ ނަލަ!!!!!!!!!

ޚިޔާލު ފާޅުކުރައްވާ