Share

އަޕަރ ނޯތް ޔުޓިލިޓީސް އާއި އެމެރިކާގެ މާޝިއަލް އިންޓަނޭޝަނަލް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އަޕަރ ނޯތް ޔުޓިލިޓީސް އާއި އެމެރިކާގެ މާޝިއަލް އިންޓަނޭޝަނަލް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އަޕަރ ނޯތް ޔުޓިލިޓީސް އާއި އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ މާޝިއަލް އިންޓަނޭޝަނަލް އާއި ދެމެދު އެގްރީމެންޓެއްގައި ސޮއިކޮށްފިއެވެ. މަތި އުތުރު ޕްރޮވިންސްގެ ރަށްތަކުގައި ނަރުދަމާ ނިޒާމު ގާއިމުކުރުމަށާއި މީރު ބޯފެން އަދި ކަރަންޓާއި ގޭހުގެ ހިދުމަތް ދިނުމަށްޓަކައި އެމެރިކާގެ މި ކުންފުންޏާއެކު އަޕަރ ނޯތް ޔުޓިލިޓީސް އާއި އެކު ސޮއިކޮށްފައިވަނީ އެކަމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައިއެވެ.

ސޮއި ކުރުމުގެ މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ޑިރެކްޓަރ ޢަލީ ހާޝިމް ވިދާޅުވެފައި ވަނީ މާޝިއަލް އާއި އެކު ސޮއި ކުރެވުނު އެގްރީމެންޓްގެ ސަބަބުން ފަންނީ ގޮތުންނާއި ފައިސާގެ އެހީ އަޕަރ ނޯތް ޔުޓިލިޓީސް ކުންފުންޏަށް ލިބިގެންދާނެކަމަށެވެ. އަދި މި ކުންފުންޏަކީ މީގެ ދޮޅު އަހަރު ކުރިން ރައީސުލް ޖުމުހޫރިއްޔާގެ ގަރާރަކުން އުފެދިގެން އައި ކުންފުންޏެއްކަމަށާއި މިހާރުވެސް މަތިއުތުރު ޕްރޮވިންސްގެ 3 ރަށެއްގެ ފެނުގެ ހިދުމަތް ދިނުމަށާއި 4 ރަށެއްގެ ނަރުދަމާގެ ހިދުމަތް ދިނުމަށް އެކުންފުނިން ހަވާލުވެފައިވާ ކަމަށެވެ.

މާޝިއަލް އިންޓަނޭޝަނަލް އާއި ދެމެދު މިރޭ ސޮއި ކުރެވުނު އެގްރީމެންޓްގެ ދަށުން މަތިއުތުރުގެ ތަރައްގީއަށް 180 މިލިއަން ޑޮލަރު އިންވެސްޓްކުރަން ހަމަޖެހިފައިވާ ވެއެވެ. އަދި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި މި ޕްރޮވިންސްގެ ދެބައިކުޅަ އެއްބައި ރައްޔިތުންނަށް ގޭހުގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށާއި އަދި ހަމަ އެމުއްދަތުގެ ތެރޭގައި އެ އަދަދުގެ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ ގޮތްވެސް ހަމަޖެހިގެން ދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެމެރިކާގެ ކުންފުނީގެ ފަރާތުން އެގްރިމެންޓްގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި ޕްރެޒިޑެންޓް މިސްޓަރ ބްރޭޑްލީ ސްމިގާލް އާއި އެކުންފުނީގެ ޑިރެކްޓަރެކެވެ. އަޕަރ ނޯތް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗެއާމަން އާއި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ވަހީދެވެ. މިރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދާ ސަރުކާރުގެ އިސްވެރިންގެ އިތުރުން މަތިއުތުރުގެ ބައެއް ރަށްރަށުން މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

‮ ‬14‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:25/08/2010

    ތިޔަ ކަހަލަ ކިތައްކިތައް އެގްރީމެންޓް ކިތައްކިތައް ފަރާތާ އެކު ގައި މިސަރުކާރުން ސޮއި ކޮށްފިބާ؟ ރައްޔިތުންނަށް ވީ ފައިދާ އަކީ ކޮބާ؟

  2. ފިއްތި‮ ‬ވިދާޅުވީ


    ތާރީޚް:26/08/2010

    ތަކުރުފާނުމެން ތަލިންކުޅުހިކިފައި، އަގަ ހާވެފައި، ދެލޯ ދެކިބަ ކާށިހެންވެފަ، އަތްފައި ބުލިވެފައި ތިބޭ. ސަރުކާރުން ރައްޔޮތުންނަށް ތާހިރުދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް އެކުރަމުންގެންދާ އަގުހުރި މަސައްކަތައް ފައްފަށުން ސުކުރު!

  3. ނިދީގައި‮ ‬ވިދާޅުވީ


    ތާރީޚް:26/08/2010

    ހުސް ހުވަފެން.. ބަލާބަލަ، ކޮބައިތަ އެޕޯލޯމީހުން.. ފިލީ ދެމިލިޔަން ޑޮލަރު ކައްވާލައިގެން.. ކޮބައިތަ ތައިލެންޑްގެ ޕްރޮކްސާ ކުންފުނި.. ފިލީ ރައްޔިތުންގެ އަތުން އެތައް މިލިޔަން ރުފިޔާއެއް ދިރުވާލައިގެން… ކޮބައިތަ ޖީއެމްއާރު… ފިލީ ރިސްވަތާއި ފިތުނަފަސާދަ އުފައްދާފައި. މިހާރު ސަރުކާރު ވައްޓަލުމަށް ރޭވުމުގައި އެހީވަމުން.. ދެން ހަމަ ލަލަލާ!

  4. ގަނޭޝް‮ ‬ވިދާޅުވީ


    ތާރީޚް:26/08/2010

    މާޝިއަލް އިންޓަރނޭޝަނަލް އާ އެކަންޏެއް ނޫން އެއްބަސްވުންތަކުގަ ސޮއިކުރާނީ، އެހެން ބޭރުގެ ކުންފުނި ތަކާވެސް ހަދާނެ އެ ހަދަން އެގޭ މީހުން.އެކަން ވާނެ އެމީހުން މިތަނަށް ގެނެސް ރިސޯޓްތަކުގަ ނުނިންދެވިޔަސް.

  5. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:26/08/2010

    ފިއްތިޔަށް
    ކުޅުދުއްފުށީގެ މަގުތަކުގަ ގާ އެތުރުން މި މަހު ފަށާނެ ކަމަށް ވަނީ މިސަރުކާރުން ބުނެފަ ހަމަ ޔަގީނުން ވެސް އަދި ނުފަށާ އެއްކަމެއް ވެސް، ދެން ފިއްތި ތިބުނާ ގޮތް ވެފަ މިހިރީ މަށަށްތަ ނޫނީ ކަލެޔަށްތަ/

  6. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:26/08/2010

    މިސަރުކާރައް ހިޔާލް ފާޅުކުރުން ހަޖަމް ނުކުރެވޭކަން އަހަންނަށް ވަރަށް ރަގަޅަށް އެގެޔޭ އޭގެ އެންމެ ފަހުގެ މިސާލެއް ދެއްކީ ސަރަގު އާދަން މަނިކުކަން ނޭގޭ ދިވެސްސަކު ނުހުންނާނެ. އޭނަ އަނިޔާ ވެރިކަމާ އެކު ދިޓީވީގެ ކެމެރާމަނެއްގެ އަތުން ކެމެރާ އަތުލީ ގަދަކަމުން ކެމެރާ މަނުގެ އަތުގެ އިގިލިތަށް އަބުރާލާފަ. ދެން އެމްޑީޕީ މީހުން ވަރަށް ހަޔާތް ކުޑަ ވާނެ.

  7. ފާޚިރު‮ ‬ވިދާޅުވީ


    ތާރީޚް:26/08/2010

    މި ސައިޓް މިއީ މިހާރު ހާދަ ލަހުން އަޕްޑޭޓްކުރާ ސައިޓެކޭ! ސައިޓް ހުއްޓާލީތަ؟ ކައުންސިލް އިންތިޚާބާއި ދިމަކޮށް މިހާލަހުން ސައިޓް އަޕްޑޭޓް ވާނަމަ އެއީ ވަރަށް ދެރަކަމެއް.

  8. އަހްމަދު މުހައްމަދު‮ ‬ވިދާޅުވީ


    ތާރީޚް:26/08/2010

    މި awsw އޭ ކިޔައިގެން މިތަނަށްވަދެ ހަޑިހުތުރު ބަހުން ވާހަކަ ދައްކާނެ ކަމެއްނެތް. ރީތި ގޮތުގައި އެމްޑީޕީ އަށް ކެމްޕޭން ކުރޭ. ނޫނީ އަމިއްލަ އަށް ހަދައިގެން އުޅޭ ޖޫސްޕެޓީގަ ކޮމެންޓް ކުރޭ. އެޑްމިން ފިލި ނުޖަހާ ހުއްޓަސް އެފަދަ މާނަ ދޭހަވާ ކޮމެންޓްތައް ނަގަން އަމުރު ކުރަން.

  9. ފިއްތި‮ ‬ވިދާޅުވީ


    ތާރީޚް:29/08/2010

    ތަކުރުފާނޫ އަޅުގަނޑުމެން މަޢުމޫން އެފަދަކޮށްލާނޭ ކަމަށް ދިގު 30 އަހަރުތިބެފިން ދެން އެއްމެމަސްދުވަހަކު ކުރިންދެންނެވިފަދައިން އިދެލަދީބަލަ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެއީ ވަކިބައެއްގެ ހައްގެންނޫނޭ، ބަލަ އާދަންމަނިކުގެވެސް ތިބުނާ ހައްގު ވަކި ކުޑަވާނެހެންނެ ހިޔެއްނުވޭ. ކެމެރާ ނުކުރާށޭ ބުނުމުން ހުއްޓާލަންނޭގޭނަމަ އެކަން ދަސްކޮށްދިނުމަކީ އާދަމްމަނިކުގެ ހައްގެނޫންތޯ؟

  10. އިކްރާމް‮ ‬ވިދާޅުވީ


    ތާރީޚް:29/08/2010

    ކެމެރާ ނުކުރާށޭ ސަރަނގޭ އަށް ބުނެވޭނީ އޭނާގެ ޒާތީ މުއާމަލާތެއް ނުވަތަ އޭނާގެ ޒާތީ ދިރިއުޅުމުގެ މަސައްކަތެއް ކުރަމުންދާނަމަ. ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ފަދަ މަގާމެއްގައި ހުރި މީހަކު އޭނަ އެ ވަޒީފާ އަދާކުރަމުންދަނިކޮށް ރައްޔިތުންގެ ތެރެއިން ބަޔަކު އޭނަ އާއި ބައްދަލުކުރާ މަންޒަރު ވީޑިޔޯ ކުރެވިދާނެ ހުއްދަ ދީފައި އޮންނަ މީޑިޔާ ތަކަށް. ފިއްތިމެން ކަންކަމުގައި މަތި އަޅައި ފޮރުވަން ތި އުޅޭ ވައްތަރެއް ދޯ. ހުދު ސަރަނގޭ ވެސް މާފަށް އެދެފި އަދި ގަބޫލުކޮށްފި އެކުރެވުނީ ކުށެއްކަން އަދި އެއީ ވަރަށް ނާތަހުޒީބު އަމަލެއްކަން. އެކަމަކުވެސް މި ރީނދޫ ހުންޖެހިފައި ތިބި މީހުންނަށް އެއީވެސް މައްސަލައެއް ނޫން.

  11. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:29/08/2010

    ފިއްތީ މައުމޫނު ތިރީސް އަހަރު ކޮށްދިން ހުރިހާ ކަމެއްގެ ވާހަކ މިހެން ހުރެފަ ކަލެޔަށް ކިޔާލަދެން ވަރަސް އުދަގޫ، ރާއްޖެ މިދެކެމުންދާ ތަރައްގީގެ ބައްޕަ އަކީ މައުމޫނު. ނޫނެކޭ ބުނާ މީހުން ހަދަން ވީ ގޮތަކީ މިހާތަނަށް ރާއްޖޭގަ ހެދިފަ ހުރި ހުރިހާ ސުކޫލަކާ އިންޖީނުގެތަކަކާ ހޮސްޕިޓަލް ތަކަކާ ޖެޓީ ތަކަކާ މާލެޔާ ހުޅުމާލެޔާއި މިޙަތަނަށް ކިޔަވާ މޮޅު ވެފަ ތިބި ހުރިހާ މީހުން ނާ ނަށް ތާލަން ވީ އޭރުން މަ ކަލޭމެންގެ ބަސް ގަބޫލް ކުރާން މައުމޫނު އެއްވެސް ކަމެއް ނުކުރާކަމަށް، އަދި މިދިރާގު ވެސް ވާނެ ފޮނުވާލަން ވަތަނިއްޔާއާއި، ހުޅުލެވެސް ވާނެ ނެތިކޮށް ލަން ހުރިހާ ރިށޯޓް ވެސް ވަނެ ހަލާކު ކުރަން އޭރުން މައުމޫނުގެ ދައުރުގަ ކަމެއްނުވާ ކަމަށް ވާނީ، މިބުނީ ކުޑަ ކުޑަ މިންވަރެއް.

  12. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:29/08/2010

    ދެން ސަރަގޭ ނޫނަކަސް މި ސަރުކާރަކީ ހިޔާލް ފާލުކުރުމާއި ދެކޮޅު ބައެއްކަން އެގޭ، މަޖްލީހުން އެމްބީސީގެ ބޯޑް ހޮވުމުން ވެސް އެކަން ވެސް މިސަރުކާރަސް މިއުޅެނީ ހަޖަމް ނުކުރެވިގެން

  13. ފިއްތި‮ ‬ވިދާޅުވީ


    ތާރީޚް:30/08/2010

    ބުނަންރަގަޅުވާހަކަޔެއް، މަޢުމޫން 30 އަހަރުބެއްޓީ އޭނާ މަސަކަތްކުރަން، އަހަރެމެންގެ ލާރިން މުސާރަދީފައި. 30 އަހަރުވަންދެން އެކަކުނެއްނަމަވެސް މިތަރައްގި އައީސް. ދެންއޮތީ ތަރައްގީ ގެވާހަކަ. 30 އަހަރުވިއިރުވީ ކޮންތަރައްގީއެއްތޯ؟ ދަރިންތިބީ މަގުމަތީ ދެގަޑުފޮށަޔައް ރެވިފައި، އަބިންތިބީ 30 އަހަރުވަންދެން އޮރިއައިމުން، މުސްކުޅިންތިބީ އެހީވާނެ ދަރިއެއް ކާނެއެއްޗެއް ނެތިފައި އަދިވެސް އަދިވެސް ތިބުނާ ތަރައްގީ މިއޮތީ ބަރާބަރަށް ގެނެސްފައި. ދެންތިބުނަނީ ކޮންކުރިޓު ތަރައްގީގެވާހަކަ އެކަންވެސް އެއޮތީ އޭގެ އެއްމެނުބައި ގޮތުގައި އަޅެބުނެބަލަ މަޢުމޫންގެ ދައުރުގައި ހެދި ބަދަރުތަކާއި ސުކޫލްތަކާއި އެހެނިހެން ކޮންކުރީޓްފުނިތަކުގެ ތެރެއިން އޭގެޒާތުގައި ރައްޔިތުންނަށް ބޭނުންހިފޭ ހާލުގައި ހުރީ ކިތައްޕަސެންޓު ތަންތޯ؟

  14. ފިއްތި‮ ‬ވިދާޅުވީ


    ތާރީޚް:30/08/2010

    އިކްރާމަށް: އާން އެބަރަގަޅުވޭ މިސަރުކާރުގައި ތިބި މީހުންނަށް އެގޭ ކުށެއްކުރެވިއްޖެނަމަ މާއްފައެދެއްވެސް. ތިބޭފުޅާ އަޑުއެހިންތޯ މިދިޔަ 30 އަހަރުދުވަހުގެ ތެރޭގައި އެއްވެސް ވެރިޔަކު މާއްފައްއެދުނުތައް؟ ނުފެއްނާނެ ސަބަބަކީ އެއިރު ތިއްބެވީ މަތިންފައިބާފަ ތިބިބަޔެކޯ. މަޢުމޫން އެދުރުވީ ވާރޭފެނާއި ކަނޑުގައި ހުރިމަސްކޮލުވެސް ހިތްޕަވައިގެންނޯ؟

ޚިޔާލު ފާޅުކުރައްވާ