މިއަހަރުގެ މެއި މަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޕްރައިވަޓައިޒް ކުރުމަށް އިއުލާނު ކުރާނެކަމުގެ އިޝާރާތެއް ސަރުކާރުން ދީފައިވެއެވެ. އެކި ފަހަރުމަތިން ތަފާތު ގޮތްގޮތަށް އަޑުއިވެމުންދިޔަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ވާހަކައިގައި ސަރުކާރުން މިއަހަރުގެ މެއި މަހުގެ ތެރޭގައި ބުނެފައިވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕް (ޕީޕީޕީ) ގެ އުސޫލުން ތަރައްގީ ކުރުމަށް ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް “ޑީބީއެފްއެމްއޯ” ނުވަތަ “ޑެވަލޮޕް، ބިލްޑް، ފައިނޭންސް، މެއިންޓެއިން އަދި އޮޕަރޭޓް” ކުރާގޮތަށް ބަޔަކާއި ހަވާލުކުރާނީ 15 އަހަރަށްކަމަށް އެދުވަސްވަރު ސަރުކާރުން ވަނީ އާއްމުކޮށް އިއުލާނުކޮށްފައެވެ. މިއުސޫލުން ހޮސްޕިޓަލް ހިންގުމާއި ހަވާލުވާ ފަރާތުން ހޮސްޕިޓަލް ޑިޒައިންކޮށް އިމާރާތްކުރުމާއި ހިދުމަތްތައް ފުޅާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެންމެ ފަހުގެ ޚިދުމަތްތައް ތަޢާރަފްކުރުމާއި، ގަންނަންޖެހޭ މެޝިނަރީ ގަނެ އިންސްޓޯލްކުރަންޖެހޭނެ ކަމަށާއި އަދި ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގައި ކެޕިޓަލް އެކްސްޕެންޑިޗާއަށް ޚަރަދުކުރަން ޖެހޭ ފައިނޭންސް ހޯދުމަކީވެސް އެހަވާލުވާ ފަރާތެއްގެ ކަމެއްކަމަށް އެއިއުލާނުގައިވެއެވެ.
ދިވެހިރާއްޖޭގައި ހެދޭ ފުރަތަމަ “ކެންސަރު ޑައިގްނޯސިސް ޔުނިޓް” ހެދުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަމަށާއި އެހިދުމަތް ފެއްޓެވުމަށްޓަކައި ކޮންޓްރެކްޓް ކުރެވޭ ފަރާތަށް އެކަންތައްތައް ހުށަހަޅާނެ ކަމަށްވެސް ސަރުކާރުން ބުނަމުންގެންދިޔައެވެ.
މިފަދަ ގޮތަކަށް ވާހަކަތައް ތަރުތީބު ވަމުން އައިސް އެންމެފަހުން ހުސްވި ހަފްތާގެ ތެރޭގައި އިންވެސްޓް މޯލްޑިވްސް އިން ހާމަ ކޮށްފައިވަނީ ދެ ފަހަރެއްގެ މަތިންވެސް އިއުލާނު ކޮށްގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާއި ހަވާލުވާނެ އަމިއްލަ ފަރާތެއް ނުލިބުނު ކަމަށެވެ. އެހޮސްޕިޓަލް ހިންގުމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާކަމަށެވެ. މިއަހަރުގެ ޖުލައި 23 ވަނަ ދުވަހު އިއުލާނު ކުރި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގެ އިތުރުން ލ ގަމު ރީޖަނަލް ހޮސްޕިޓަލެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލ އަތޮޅު ރީޖަނަލް ހޮސްޕިޓަލް ހިންގުމަށްޓަކައި އިންޑިޔާގެ ކުންފުންޏަކާއި ސަރުކާރު 100 އިންސައްތަ ހިއްސާވާ ކުންފުންޏަކާއި ދެމެދު މިހާރު ކުރެވެމުންދަނީ އެތަނާއި ހަވާލުވުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ސ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް އިންޑިޔާގެ ތިން ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އިންޑިޔާގެ ސީއައިއައި އާ ވިޔަފާރި ކުންފުނިތަކާއެކު މިދިޔަ އަހަރު ސޮއި ކުރެވުނު އެމްއޯޔޫތަކުގައި ހޮސްޕިޓަލްތައް ހިންގުމާ ބެހޭ އެއްބަސްވުންތައް ހިމެނޭކަމަށް ވިދާޅުވެފައިވެއެވެ.
އިންޑިޔާގެ އެޕޯލޯއިން އައިޖީއެމްއެޗް އެންމެ ފަހު ވަގުތު ދޫކޮށްލާއިފައި ދިޔަ ފަހުން ސަރުކާރުން އަދި އެކަމަކާ އެއްވެސް ބަހެއް މީޑިޔާއަށް ދީފައެއް ނުވެއެވެ. ގިނަ މަޝްވަރާތަކަކަށްފަހު އެންމެ ފަހު ސްޓޭޖްގައި ވަނިކޮށް އައިޖީއެމްއެޗް ދޫކޮށް ރާއްޖެއިން ފުރައިގެންދިޔައިރު އައިޖީއެމް ހޮސްޕިޓަލަށް ޖެހުނު “ބަލި” ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ނުޖެހި އަދި އެހޮސްޕިޓަލް އެނދުމަތި ކުރަން ނުޖެހި ރައްޔިތުންނަށް ފުރިހަމަ އަދި އަގުހެޔޮ ހިދުމަތް ތަކެއް ލިބިގެންދިޔުމަކީ އެންމެ އުތުރުގެ ރައްޔިތުން ބޭނުންވާނެ ގޮތެވެ. ރަސްމީފަރާތްތަކުން ބުނެފައިވަނީ އަނެއްކާވެސް ޕީޕީޕީގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހަވާލުވާނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ ކަމަށެވެ.

އަރްޝަދު މުހައްމަދު ވިދާޅުވީ
ތާރީޚް:30/08/2010
މިއޮތީ މަބުނިތަން އައިސްފަ. ކުރިންވެސް މިތަނުގައި މާ ހޫނުކޮށް ކުލުދުއްފުށީ ހޮސްޕިޓަލް ޕުރާވަޓައިޒް ކުރާ ވާހަކަ ޖެހީމަ މަ ބުނިން ތީ ހަމަ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެކޭ. ލ އަތޮޅު ސްޓޭޓް މިނިސްޓަރުގެ ބުރަ މަސައްކަތުން އެ އަތޮޅު ހޮސްޕިޓަލް ނަގައިފި އިންޑިޔާގެ ބޮޑު މަހުޖަނަކު. އެކަމަކު މިރަށުގަ ނެތް ބޭރު ބަޔަކާ ވާހަކަދައްކާލައިގެން ބަޔަކު ގެނެވޭ ވަރުގެ ބައެއް. އެއްދުވަހު ބާދުސާހުން މުދާ ބާލާފަ އަނެއް ދުވަހު ގޮސް ޕްރޮވިނސް މިނިސްޓަރުކަން ކުރިޔަކަސް ކަމަކު ނުދާނެ.
ޔަގީން ދެމް މިހޮސްޕިޓަލު ވެސް ދެން ވާނީ ހަމަ އައިޖި އެމް އެޗަށް ވީ ގޮތަށް.
މުވައްޒަފެއް ވިދާޅުވީ
ތާރީޚް:30/08/2010
ތިކަންތައް ވެގެން ތިޔަ ދިޔައީ ވަރަށް ދެރަކޮށް. ސަރުކާރުން މި ހޮސްޕިޓަލް ބޭރު ބަޔަކު ނަގާނެ ކަމަށް ހީކޮށް މިހާރު ސަރުކާރުން މި ތަނާ މެދު އަމަލު ކުރަމުންދަނީ ވަރަށް ފަރުވާ ކުޑަކޮށް. މިއީ ހަމަ ހަގީގަތް. އަޅުގަނޑަކީ މިހާރު މިހޮސްޕިޓަލުގައި ވަޒީފާ އަދާ ކުރާތާ ބަރާބަރު 14 އަހަރުވެފައި ހުރި މީހެއް. ގައުމަށް އައި ބޮޑެތި ކާރިސާ ތަކާއި ގުޅިގެންވެސް މިހާ ދަށަކަށް ނުދޭ. ލެބޯޓަރީން ވެސް އެއްޗެހި ހުސްވެފަ. ކުރީގެ ޕަބްލިކް ހެލްތް މިހާރު އަނބުރަމުން އަނބުރަމުން ގެންގޮސް ބައިންދާފަ އިންތަނެއްވެސް ނޭގޭ. މީ ދެން ވަރަށް ދެރަ ކަމެއް. ބޭރު ބަޔަކަށް ނުދިނަސް މިތަން ހިންގިދާނެ. ބޭރު ބަޔަކަށް ދިނަސް ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ލިބޭނަމަ ބޭބެ މެން މިތިބީ ހަމަ އުފަލުން އެބަޔަކާ މިތަން ހަވާލުކުރަން ތައްޔާރަށް.
awsw ވިދާޅުވީ
ތާރީޚް:31/08/2010
ހަގީގަތުގައި ކުޅުދުއްފުށީ ހޮސްޕިޓާ ހަލާކުކޮށްލީ އަހަރެމެން ހޮސްޕިޓަލުގެ މުއައްޒަފުންނެވެ.އަހަރެންނަކީވެސް ހޮސްޕިޓަލްގައި މަސައްކަތްކުރާ މީހަކަށްވާތީ މިކަމާ ހިތާމަކުތަމެވެ. ހަގީގަތުގައި މިވާގޮތަކީ މިތަނުގައި ގިނައީ މިހާރުގެ ސަރުކާރާ އިދިކޮޅު މީހުންނެވެ. މި ސަރުކާރަށް އެއްބާރުލުން ދޭންބޭނުންނުވާ މީހުންނެވެ. އަހަރެންނަކީވެސް ސަރުކާރު ހިންގާ ޕާޓީގެ މީހެއްނޫނެވެ. ސަރުކާރުން މިތަނަށް ސަމާލުކަން ނުދެނީކީ ނޫނެވެ. އަހަރެމެންގެ ޕާޓީގެ ސަރުކާރަކަށް ނުވާތީ، ޕާޓީގެ ވިސްނުމުގައި ޕާޓީގެ އެޖެންޑާއެއް ފެތުރެނީއެވެ. އިންޑިއާގެ ކެރެލާ ސްޓޭޓްގެ އެންމެ ބޮޑު ލޮލުގެ ހޮސްޕިޓަލް ހިންގާ އަހައިލާ ފައުންޑޭޝަންގެ ސީ.އީ.އޯ ޑރ.އެމް.އާރު ރަވީ އެމް.ބީ.ބީ.އެސް މީގެ 3 މަސްވަރުކުރިން ދިވެހި ސަރުކާރުގެ ވަފްދަކާއެކު ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިއާރަތްކުރިއެވެ. ސަރުކާރުގެ ޕްރައިވެޓައިޒް ސިޔާސަތުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމުގެ ޝައުގުވެރިކަން ފާޅުކުރިއެވެ. އަދި އެވަގުތުން އެވަގުތައްވެސް އެތަކެއް އެހީއެއްދޭން ބޭނުންވިއެވެ.އެކަމަކު އޭނާއަށްވެސް މިތަނުގެ މުއައްޒަފުންގެ އަމަލުތައް ހުރިގޮތުގެ މަޢުލޫމާޓު ލިބުމުން ފޫހިވީއެވެ.އެއީ ދިވެހި ސަރުކާރުން ޝަރުތުކުރާގޮތުގައި މިހާރު ތިބި މުއައްޒަފުން ހަމަ އެމުސާރާގައި ނުވަތަ އެއްވުރެ ބޮޑު މުސާރާގައި ވިޔަސް ބައިތިއްބަން ޖެހެއެވެ. އެހެންކަމަށް ވާއިރު އެމުއައްޒަފުންގެ އެއްބާރުލުން ނުލިބެންޏާ އެކަންކުރާނީ ކިހިނެއްހެއްޔެވެ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:31/08/2010
ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ތަށް ފަހިކޮށްދޭން ވާނީ ހޮސްޕިޓަލްގަ އުޅެނީ އެމީހުންނަށް ތާއީދު ކުރާބައެއްތޯ ނޫނީ ނޫންތޯ ބަލާފަޔެއްނޫން ދޯ. ސިއްހީ ހިދުމަތަކީ އިންސާނީ ހިދުމަތެއް، އެކަމަކު މިސަރުކާރުން އެކަން ވެސް މިހަދަނީ ޕޮލިޓިކަލް ކަމަކަށް، ބަހަނާޔަކަށް މުއައްޒިފުން ނޭ ކިޔަކަސް މިހާރު ރަގަޅު ހިދުމަތެއް ނުދޭ ކަމަށް މަސްހޫރު ކުޅުދުއްފުށީ ހޮސްޕިޓާ އިތުރަށް ބަދުނާމް ވުންނޫން ކަމެއް ނުވާނެ. އަހަރެން ނުބުނަން މުވައްޒަފުން ރަގަޅެކޭ، އެމީހުންގެ ޒިންމާ އެމީހުން ރަގަޅަކަށް ނުނަގާ ހަގީގަތުގަ.
ރީދޫހުން ވިދާޅުވީ
ތާރީޚް:31/08/2010
އަޅުގަނޑަކީ ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލަކުން ހިދުމަތް ހޯދާފައި ހުރި މީހެއް، އެގޮތުން މީގެ ދެ އަހަރުވަރު ކުރިން ތި ހޮސްޕިޓަލަކީ އެންމެ ރަގަޅު ހިދުމަތެއް ދޭ ރީޖަނަލް ހޮސޕިޓަލ. މިހާރު ތިތަނަށް ޖެހިގެންތިއުޅޭ ބައްޔަކީ ތިތަނުން ބޭރުކޮށްފައި ހުރިމީހަކު ބާރު ލިބުމުން ކުރާ ޖެއްސުމެއް. އެކަން މި ފަސް އަހަރު ތެރެއަކު އަދި ކައިރި މުސްތަގު ބަލަކުވެސް ރަގަޅުވާނެ ކަމަކަށް ނުފެނޭ.
އަހްމަދު މުހައްމަދު ވިދާޅުވީ
ތާރީޚް:31/08/2010
މުވައްޒަފުން ރަނގަޅު ވާހަކައެއް ނޫން. ނުވަތަ އެ މުވައްޒަފުންނަކީ ރީނދޫ ނުވަތަ ނޫ ކުލައިގެ ބަޔެކޭވެސް ނޫން. މުވައްޒަފުންގެ މައްސަލައުޅޭތީތަ ސަރުކާރުން މި ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ނުގަނެދެނީ. ލެބޯޓަރީން ކެމިކަލް ތައް ހުސްވީއިރު އެއެއްޗެހި ނުގަނެދިނީވެސް މުވައްޒަފުން ސަރުކާރާ އިދިކޮޅުވީމަތަ. މުވައްޒަފުންނަށް މަސް ނިމޭއިރުވެސް މުސާރަ ނުދެނީ އެމްޑީޕީ އަށް ސޮއި ނުކުރާތީތަ؟
ފާޚިރު ވިދާޅުވީ
ތާރީޚް:31/08/2010
awsw މިއީ، ބޮޑެތި ރޯބުހުތޢނު ދޮގު މިތއނުގައި ލިޔެ، އަދި އެހާމެ އަނގަވެސް ހަޑިމީހެއް. ތިރީގައި މިވާ އޭނާގެކޮމެންޓްގައިވާ ޖުމްލަތަކުން އެކަނިވެސް އޭނާގެ ގަމާރުކަމާއި ދޮގުހެދުން އެބަ ބޭޒާރުވޭ:
” ދިވެހި ސަރުކާރުން ޝަރުތުކުރާގޮތުގައި މިހާރު ތިބި މުއައްޒަފުން ހަމަ އެމުސާރާގައި ނުވަތަ އެއްވުރެ ބޮޑު މުސާރާގައި ވިޔަސް ބައިތިއްބަން ޖެހެއެވެ. އެހެންކަމަށް ވާއިރު އެމުއައްޒަފުންގެ އެއްބާރުލުން ނުލިބެންޏާ އެކަންކުރާނީ ކިހިނެއްހެއްޔެވެ.”
ސުވާލަކީ މުއައްޒަފުން ހަމަ އެމުސާރާގައި ނުވަތަ އެއްވުރެ ބޮޑު މުސާރާގައި ވިޔަސް ބައިތިއްބަން ސަރުކާރުން އުޅޭނަމަ، އެކަމާއި މީހަކު ދެކޮޅު ހަދާނެހޭ؟ ހަގީގަތުގައި އެއްވެސް މުވައްޒަފަކު އެއްވެސް ކަމަކާއި ދެކޮޅެއް ނުހަދާ! ސަރުކާރުން ފަރުވާކުޑައީ ރައްޔިތުންނާއި މެދުގައި!
ޖަމްޝީދު ވިދާޅުވީ
ތާރީޚް:31/08/2010
awsw އަކީ އެމްޑީޕީގެ ހަރުގެއިން މިސައިޓަށް ކަނޑައަޅާފައިވާ ސަފީރު. އޭނަ އުޅޭނީ އެހެން. ދެން އެކަމާ ކަލެމެން އެހާ ކަންބޮޑުނުވޭ
ޕިސްޕިސް ވިދާޅުވީ
ތާރީޚް:01/09/2010
ކޮންމެ އެއްޗެއްވެސް ސިޔާސީވެފައި، ތާކުންތާކު ނުޖެހޭ ކޫސަނި އަނގަ ތެޅުން ނޫން ކަމެއްނޭގެނީތަ.
މުވައްޒަފެއް ވިދާޅުވީ
ތާރީޚް:01/09/2010
އެމްޑީޕީ މީހުންނަކަށް މިކަހަލަ ރިޕޯޓް ތަކެއް ރަނގަޅެއް ނުވާނެ. އެމްޑީޕީ އަށް ކެމްޕޭން ކުރަން ހަދައިގެން އުޅޭ ފާޑުފާޑުގެ ދިރުން ތަކަށްވެސް މިކަހަލަ ރިޕޯޓް ތަކެއް ރަނގަޅެއް ނުވާނެ. މިސަރުކާރަށް ސަނާ ކިޔާފަ ލިޔެބަލަ މިހާރުވެސް އެއްޗެއް. އެވަރެއް ނޯންނާނެ.
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:01/09/2010
މިރަށު ހޮސްޕިޓަލާ ބަޔަކު ހަވާލު ނުވުމަކާ އެތަނުގެ މުވައްޒަފުންނަކާ އެއްވެސް ގުޅުމެއް ނެތް. ކަލޭމެން ކޮސްނުގޮވަތިބޭ. ރައްޔިތުން ނޫކުލަ ވީމަ ލިބުން ލަނޑެއްވެސް ނޫންމީ. އިންވެސްޓަރުންނަށް ކީއްތަ ރައްޔިތުން އެއީ ކޮންމެ ޕާޓީއެއްގެ ބަޔެއްވިޔަސް އެމީހުން ބޭނުންވާ ކަންތައް ވަންޔާ. މިކަން މިހެން ވީ މިރަށުގަ މިހިރަ ޕްރޮވިންސް އޮފީހުގަ ތިބި މިނިސްޓަރުންގެ ތެތްކަމެއް ނެތީމަ.
ލ. ގަމު ހޮސްޕިޓަލްއާ ބަޔަކު ހަވާލުވީ މެދު ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ މުޖުތަބާގެ ބުރަ މަސައްކަތުގެ ސަބަބުން. ހަމަ އިންޑިއާގެ އެ ކޮމްޕެނީ (ފަހުގެ ތާރީހެއްގައި ކުންފުނީގެ ނަންވެސް ބުނާނަން) ގެ މީހުން އައްޑުއަށްވެސް ދިޔަ. އަދި ކުޅުދުއްފުއްޓަށްވެސް އައި. ކުޅުދުއްފުއްޓަށް އައިސް ހޮސްޕިޓަލްބަލާ، ޖަލާލުއްދީން ސްކޫލު ބަލާހެދި. އަދި މާލެ އައިސް އެމީހުން ބުނެފައިވަނީ ކުޅުދުއްފުށިވެސް ބަރާބަރު ކަމަށް. އަދި ޖަލާލުއްދީން ސްކޫލް ޕްރައިވަޓައިޒް ކުރަންވެސް އެމީހުން ތިބީ ތައްޔާރަށް. ނަމަވެސް މިރަށު ޕްރޮވިންސް އޮފީހުގެ މިނިސްޓަރުން މިކަމުގެ ފޮލޯއަޕެއް އެއްވެސް ވަރަކަށް ނުހަދާ. އޭގެ ބަދަލުގައި އެކަމާ އުޅެން ފެށީ ލ. ގަމުން މުޖުތަބާ. މުޖުތަބާ އިންޑިއާގެ މީހުންނަށް ގުޅާ، އަދި އިންޑިއާގެ މީހުންނާ ރާއްޖެ އިން ގުޅިފައި ތިބި ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏަށްވެސް ގުޅާ ގުޅުން ބަދަހި ކުރި. އަދި ދެވަނަ ފަހަރަށް އެމީހުން ގަމަށް ގެންގޮސް އެތަންތަން ދައްކާ ގަމުން އިތުރު ބިން ދޭންވެސް ހުށަހެޅި. އެއީ އެހޮސްޕިޓަލް ފުޅާކޮށް ޓްރެއިންގ ހޮސްޕިޓަލަކަށް ހެދުމަށާއި މަތީ ތައުލީމުގެ ސެންޓަރެއް ހެދުމަށް. މުޖުތަބާގެ އެދުމުގެ މަތިން ސަރުކާރުގެ މިބުނާ ކުންފުނިން ވަނީ މިއިންޑިއާ މީހުންނާ ގުޅުން ބަދަހިކޮށްފައި. ނަތީޖާ އަކަށްވީ އެމީހުން ލ. ގަމަށް ޝައުގު އުފެދުން. އަދި ހޮސްޕިޓަލް ކީއްކުރަން، ތަރައްގީގެ އެތައް ކަމެއް ހިންގަން އެމީހުން މިހާރު އެދަނީ ތައްޔާރުވާން.
ދެން ބުނެބަލަ މިއީ ރައްޔިތުން ކުލަ ޖެހިފަ ތިބީމަ ލިބުން ލަނޑެކޭ. މިއީ ހަމަ ޕްރޮވިންސް މިނިސްޓަރުގެ ނާގާބިލުކަން. މިކަން ކާމިޔާބު ކުރެވުން ނަމަ މިރަށުގަ ހުންނާނީ އިންޓަނޭޝަނަލް ހޮސްޕިޓަލެއް އެކަންޏެއް ނޫން. މުސްތަގްބަލުގަ ޔުނިވާސިޓީއެއްވެސް ހުރީސް. ހުނައިފް ގެ ބަދަލުގަ މުޖުތަބާމެން ފަދަ ހިންގުންތެރިއެއް މި ޕްރޮވިންސް އޮފީހަށްވެސް ގެނޭ. މިއީ ހަމަ ސަރުކާރުގެ ނުހިންގޭ ކަން.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:01/09/2010
ކަންނެއްސޮރު އެބުނި އެއްޗަކަސް މަވެސް ތާއީދު ކުރަން މި ޕުރޮވިންސް ހިންގަން ތިބި ސްޓޭތް މިނސްތަރުގެ ނާގާ ބިލްކަން މި އެހެންކަ މެއްނޫން، ރައްޔިތުންނަސް ހަގީގަތް ހާމަ ކޮސް ދިނީތި ޝުކުރިއްޔާ ކަންނެއްސޮރު
ޕިސްޕިސް ވިދާޅުވީ
ތާރީޚް:03/09/2010
ޑީއާރުޕީ މީހުންގެ ފެންވަރު މިއޮތީ ފެންނަން މިތަނުގައި ކިތަންމެ ވަރަކަށް ފެލުނަސް ތިޔައާލާތުން ނަށް ވާނެ އެއްކަމެއްވެސް ނޯންނާނެ، މީހަކު އިސްތިއުފާއެއްވެސް ނުދޭނެ. ކަލޯމެން ޖެހޭނީ އަސަރުކޮއްލަ ކޮއްލަ ތިބެން. ދެންލަލަލަ، މިސައިޓުހިންގަނީ ޑީއާރުޕީ ގުންޑާއިން ކަމަށް ނުވަންޏާ އެކަހަ އެއްޗެހި ނުފުހެއެއްނުހުންނާނެ.
ޖަމްޝީދު ވިދާޅުވީ
ތާރީޚް:04/09/2010
އެމްޑީޕީގަ ނުތިބޭނެ ގުންޑާއިންނެއް. މާލޭގެ ކަންކަން މަތީގަ ތިބެނީ އަންނިގެ ފްރެންޑުން. އަންނި އެމީހުން ބުނިހާ ގޮތެއް ހަދައިދޭ. ގޭންގް ކުށްތައް ހުއްޓުވާ ގާނޫނު ނުނިންމީ ޑީއާރުޕީން ކަމަށް ބުނެ ޑީއާރުޕީގެ ބޮލަށް މާރާމާރީގެ މައްސަލަ ޖަހައި އެންމެފަހުން ޑީއާރުޕީން އެގާނޫނު ނިންމީމަ އަންނިގެ އަންބޮޑިއަށް ލައިގެން މިހާރު އެ ތަސްދީގު ނުކޮށް ކީއް އެކުރަނީ؟ އެކުރާކަމެއް އަމިއްލަ އަށް ބުނެފި މިއަދުގެ ރޭޑިޔޯ ހިތާބުގައި. އަމިއްލަ އަށް އެ ބުނަނީ ޑީލް ތައް ހަދާ ވާހަކަ. ކުޅުދުއްފުށީގަ ތިއުޅޭ އެމްޑީޕީއަށް ސަޕޯޓް ކުރާ ޒުވާނުންނަށް އަދި ވަރަށް އާ ވާނެ މިފަދަ ކަންތައްތައް. ވާނީވެސް އެހެން. އަދި އިހަށްދުވަހު ސިޔާސީ އަކީ ކޮންއެއްޗެއްކަންވެސް އެނގުނީ ބައެއް ކުދިންނަށް. ކުރީގެ މެމްބަރު އާދިލް ބަޔަކަށް ލާރިދީގެން އަދި އާއިލީ ގުޅުންވެސް ހުރީމަ ނެއްޓެން ނޭގިގެން ޕިސްޕިސް ނަމުގައި ތިޔަ ކޮމެންޓް ކުރަނީ. ކިތައްމެ ވަރަކަށް މިސަރުކާރު ދިފާއު ކުރަން އުޅުނަސް އެކަމެއް ނުވާނެ. އަމިއްލައަށް އަންނި އަފީފް ރީކޯ މޫސަ ސަރަނގޭމެން މި ސަރުކާރު ބޭޒާރުކުރަނީ. ދެން އާދިލް ލާރިދިނަސް އަދި ތިއީ ތަންކޮޅެއް ބޮޑުވަރު. ހުނައިފަށް ކަމެއް ނުވަންޏާ އިސްތިއުފާއަށް ގޮވުމަކީ މައްސަލައެއް ނޫން. މައުމޫނުގެ އިސްތިއުފާއަށްވެސް އަހަރެމެން ގޮވީ އެބެއަށް އެކަންތައް ނުވާން ފެށީމަ. މުސްކުޅިވެ ހަންޓޯޓޯވީމަ ގޮނޑިން ވައްޓާލީ. ކޮންމެހެން ގަންޏާ ބޯ މީސްމީހުންނަށް މިގައުމު ހަވާލުކުރާކަށް ނޫން.
ރީދޫހުން ވިދާޅުވީ
ތާރީޚް:05/09/2010
އެންމެ މީހެއްގެ އިސްތިއުފާ އަށް ގޮވާލީމާ ހާދަވަރެއް ތިޔަވީ، އެއީ އަޅުގަނޑުގެ ހިޔާލު އަޅުގަނޑު އެބޭނުން ކޮށްފައި އެވަނީ އެ ހައްގު އަޅުގަނޑަށް ލިބިފައިވާތީ، ޕިސްޕިސް މެން މި ސަރުކާރުން ކަންތައް ކުރާ އުސޫލުން އަޅުގަނޑަށް މި ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި ތިއްބެވި އެކަމަށް ނާގާބިލް ބޭފުޅުންގެ އިސްތިއުފާ އަށް ނުގޮވޭ ގޮތަށް ހަދާ، އެހެންނޫނި އަދިވެސް ގޮވާނަން، ސްޓޭޓް މިނިސްޓަރާއި އޭބޭފުޅާގެ ދްށުން މަސައްކަތް ކުރަންތިބި ހުރިހާ ސިޔާސީ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލަން، އަދި މިކަން ޕިސްޕިސް އަށް ހަޖަމް ނުކުރެވޭ ކަމަށްވާނަމަ މިކަހަލަ ސައިޓް ތަކަށް ނުވަދެ އެހެންގޮތަކަށް އުޅުން އެދެން.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:06/09/2010
ޖަމްޝީދު ކަލޭ ތިޔަ އުޅެނީ ރީތިބޮޑިބޯން މާތުން. ކަލެއަށް ނޭގޭ މަ ކުރިމަތީގަ އިދެގެން ކޮމެންޓުކުރިޔަސް.އަދި ޖަމްޝީދު ނަމުގަ ކޮމެންޓު ކުރަން ކަލޯ ލަދުގަންނަން ވާނެ. އަދި ބުނަން އެހެން މީހަކުނޫން ގަންޖާބޮނީ ކަލޯ. އެހެންވެ ބޮއެގެން އިދެގެން ލިޔވޭ އެއްޗެއްވެސް ކަލޯ އަށް ނޭގެނީ. ދެން ވެސް އަނގަނާރުވާތި މިތާ ބޮޑިއެއްބޯން ނޫނިއްޔާ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:06/09/2010
ޕިސްޕިސް ނަމުގަ މި ކޮމެންތް ކުރާ މީހާ ނިކަން ހިއްވަރު ގަދަކަމަށް ވަންޔާ އަމިއްލަނަން ޖަހައިގެން ކޮމެންތް ލިޔެބަލަ، ހަމަ ޔަގީން ޕިސްޕިސް އަކަސް ނުކެރޭނެކަން
ފަރީދު ޝައުޤީ ވިދާޅުވީ
ތާރީޚް:06/09/2010
މިޔޮއް ކަމެއްދޯ؟ ތިތަނުން ވަކި ބަޔަކަށް ތާއީދުކޮށްގެން ކޮންކަމެއްތަ ކަލޭމެނަށް ވަނީ؟ ތިހެން ނާރު ނަގާފަ ތާއީދުކުރުމުގަ ހައްދު ފަހަނައެޅީމަ އޭގެ ނާޖާއިޒު ފައިދާ ނަގާނީ ގައުމުގަ އުޅޭ ވަގުން. ބަނިޔާދަން މީހުން ތިބޭނީ އެއްކައިރީގަ. އެހެންނުން ވާނީ؟ މިސާލަކަށް މަށަކީ އެންމެން ދަންނަ ވަގަކަށް ވިޔަސް، މަ ވަކި ޕާޓީއަކަށް ސޮއިކޮށްލައިފިއްޔާ މަށަށް ބަޔަކު ހޭބަލިވާ ވަރަށް ތާއީދުކޮށް، މަ ލާރިގަނޑު ކެޔަސް އެކަމަށް އުޒުރު ދައްކައިދޭން އެބަ ތިބި ކަލެމެން ކަހަލަ އަޑުގަދަ މީހުން. މަ ހިތަށް ވެސް ނާރާހާ މޮޅަށް މަށަށް އުޒުރުދައްކައިދޭން ކަލޭމެން ތިބިއްޔާ މަ ހަމަ ކާންވީ،، ކަލޭމެން ތިބޭނީ މަށަށް ތާއީދުކުރަން ސޭކުވެފަ.. ބަލަގަ ތިހެން ނޫޅި އަމިއްލަ ގައުމާ ރަށާ އަމިއްލަ މުޖްތަމަޢުގެ ފައިދާޔަށް ތާއީދުކޮށްބަލަ.. ދެން އެހެން ނޫނަސް ބޮލަށް އުނދަގުވޭ ތިގޮތަށް ތާކުން ތާކު ނުޖެހޭ ކޮސް ޒުވާބުކުރީމަ