Share

ކުއަންޓަމް 3 އޮން 3 ގެ ނަމުގައި ބާސްކެޓްބޯޅަ މުބާރާތެއް ފަށައިފި

ކުއަންޓަމް 3 އޮން 3 ގެ ނަމުގައި ބާސްކެޓްބޯޅަ މުބާރާތެއް ފަށައިފި

ކުޅުދުއްފުށީގައި ކުއަންޓަމް 3 އޮން 3 ގެ ނަމުގައި ބާސްކެޓްބޯޅަ މުބާރާތެއް ފަށައިފިއެވެ. ކުޅުދުއްފުށީ ކައުންސިލަރ ޖަމްޝީދު މުޙައްމަދު ޝަރަފްވެރި ކޮށްދެއްވާ މިމުބާރާތް ބާއްވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ބާސްކެޓްބޯލް ކޯޓުގައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ފެންޓަސީ އާއި ސައިކޯ ބައްދަލުކުރިމެޗް، ފެންޓަސީ އިން ކާމިޔާބު ކުރީ 78 ޕޮއިންޓް 82 ޕޮއިންޓުންނެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ސައިކޯ ޓީމަށް 44 ޕޮއިންޓް ހޯދައިދިން އިސްމާއިލް އަހްސަނެވެ.

ކުޅުދުއްފުށީ ކުއެންޓަމް ފިހާރައިން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތުގައި 5 ޓީމެއް ބައިވެރިވެފައި ވެއެވެ. އެއީ ސައިކޯ އާއި ފެންޓަސީގެ އިތުރުން ފްލައިންސޮކޯޕިއަން، ކޭވައިޖީ ޓީމް، އަދި ގަލިއާނޯއެވެ.

‮ ‬6‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ސޫރު‮ ‬ވިދާޅުވީ


    ތާރީޚް:01/09/2010

    ކުޅުދުއްފުށީގެ ގައުމީ ކުޅިވަރު

  2. ޖަމްޝީދު‮ ‬ވިދާޅުވީ


    ތާރީޚް:01/09/2010

    ރަނގަޅު ވާހަކައެއް. މިރަށުގައި ކުޅެންވީ ބާސްކެޓް. އެއީ މިރަށަށް ރީތި ނަން ހޯދައިދޭ ހަމައެކަނި ކުޅިވަރަކީ ގައުމީ ފެންވަރުގައި. ދެން އެކަމަކު މިހާރު އެތްލެޓިކްސް ވެސް ކުރީގަ އުޅެނީ. ބާސްކެޓްގެ ގައުމީ މުބާރާތުން އެއްވަނަ ކުޅުދުއްފުއްޓަށް ލިބޭނެ ދުވަހެއް އެއީ ރަށު ކައުންސިލަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އެންމެ އުފާވާނެ ދުވަސް.

  3. ގުރަހަމް‮ ‬ވިދާޅުވީ


    ތާރީޚް:01/09/2010

    ބާސްކެޓް ޓީމު ފަހަތުގަ ތިރަށުގެ ވަރައް ރަނގަޅު ބަޔަކު އުޅޭކަން ފާހަގަ ކުރަން

  4. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:02/09/2010

    ބާސްކެޓްބޯޅަ ޓީމުގެ ކާމިޔާބީތައް މަވެސް ފާހަގަކޮށް ތަރުހީބު ދެން. އަދި ޓީމުގެ ފަހަތުގައި ތިބޭ ހިންގުންތެރިންގެ މަސައްކަތްތައްވެސް ފާހަގަ ކުރަން. ނަމަވެސް އަދި އަހަރެން ފާހަގަ ކޮށްލަން ބޭނުންވާ ބައެއް ކަންތައްތައް އެބަހުރި.

    އެންމެ ފަހުން ކުޅުދުއްފުށީ ޓީމު ވާދަކުރި މުބާރާތުގައި ރަށަށް ނިސްބަތްވާ ކުޅުންތެރިންގެ ކުޅުން ކޯޓުމަތިން ފެނިފައިވަނީ މަދުން. ބައެއް މީހުން ބުނަމުން ދަނީ ކުޅުދުއްފުށީ ޓީމުގައި ކުޅެން ތިބެނީ ގިނައިން މާލޭ ކުޅުންތެރިންނޭ. މިކަމަށް ހައްލެއް ހޯދުން ކިހިނެތް ވާނެތޯ. މިހެން ބުނީމަ ތިބުނާ ވާހަކަ ވެސް ރަނގަޅު. ބިދޭސީ ކުޅުންތެރިންގެ ބޭނުން ތަށި ދިފާއު ކުރާއިރު ވަރަށް މުހިއްމު. މިހެން މިކަންއޮތަސް އަހަރެމެން ބޭނުންވަނީ ހަމަ މުޅިން ގޭދޮށު ކުދިން ފުލްޓީމުގައި އުޅޭތަން ބަލަން.

  5. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:02/09/2010

    މިއީ ކުޅުދުއްފުއްޓަށް ކާމިޔާބު ހޯދޭ ކުޅިވަރެއް. އެހެން ކަމުން މަގޭ ހިޔާލަކީ މިހާރުން މިހާރަށްވެސް ރަނގަޅު ވައިޑީޕީ ޕްރޮގްރާމެއް ފަށަން. ދޭތެރެ ދޭތެރެއިން ވައިޑީޕީ ޖައްސާކަންވެސް އެނގޭ. އެކަމަކު ހަމަ ދާއިމީކޮށް މިކަން ފަށައިގެން ކުރިޔަށް ގެންދަންވީ. އަހުސަން ކަހަލަ ކިތަންމެ ބައިވަރު އަހުސަން އެއް އޭރުން ކުޅުދުއްފުށިން ފެންނަން ފަށާނެ.

  6. ކިޔުންތެރިޔެއް‮ ‬ވިދާޅުވީ


    ތާރީޚް:03/09/2010

    އެންމެ ފުރަތަމަ އަހަރު ބާސްކެޓުޓީމް މާލޭގައި ވާދަކުރި ފަހަރު މުޅިންވެސް ރަށުކުދިން ކުޅެފަ އޮންނާނީ. ކަންނެތްސޮރުގެ ހިޔާލާށް ތާއީދު

ޚިޔާލު ފާޅުކުރައްވާ