Share

ކުޅުދުއްފުށީގެ ބިންހިއްކުމުގެ މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

ކުޅުދުއްފުށީގެ ބިންހިއްކުމުގެ މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

ކުޅުދުއްފުށީގެ ބިންހިއްކުމުގެ މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މަތިއުތުރު ޕްރޮވިންސް އޮފީހުގައި ބޭއްވި މިބައްދަލުވުމަކީ ހދ. ކުޅުދުއްފުށީ އޮފީހުން އިސްނަންގަވައިގެން ކުޅުދުއްފުށީގައި އޮޑިދޯނިފަހަރު ގެންގުޅުއްވާ ބޭފުޅުންނަށް އަމާޒުކުރައްވައިގެން ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލު ވުމަކީ ކުޅުދުއްފުށީގެ ބިން ހިއްކުމުގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާތީ އެކަމުގެ މަޢުލޫމާތު އެފަރާތްތަކަށް ޙިއްސާކޮށްލެއްވުމުގެ ބޭނުމުގަޔާއި، އެފަރާތްތަކުގެ މަޝްވަރާ ހޯދުމުގެ ގޮތުން ބޭއްވުނު ބައްދަލު ވުމެއްކަމަށް ހަބަރުލިބެއެވެ.

ކުޅުދުއްފުށީގެ އޮޑިވެރިންގެ އިތުރުން ގިނައަދަދެއްގެ ޒުވާނުންނާއި އާންމުންގެ ބަޔަކުވެސް ބައިވެރި މިބައްދަލުވުމުގައި ކުޅުދުއްފުށީގައި މިހާރު ބޭނުންކުރަމުންދާ ބަނދަރުން އަލަށް ހަދާފައިވާ ބަނދަރަށް އެފަރާތްތަކުގެ އުޅަނދުތައް ގެންގޮސް ދިނުމަށް އެދިވަޑަގެންނިކަމަށާއި އަދި މިވަގުތު އެހެލާފައިވާ އޮޑި ދޯނިފަހަރުވެސް އެއޮޑިދޯނިފަހަރުގެ ވެރިންނާއި ގުޅިގެން ބޭލުމުގެ މަސައްކަތަށް ވެސް ރަށު އޮފީހުންނާއި ކުޅުދުއްފުށީގައި ތިއްބަވާ އެމް.އެން.ޑީ. އެފް ބޭފުޅުންނާއި ކުޅުދުއްފުށީ މަގުހަދާ ޔުނިޓްގެ ވެހިކަލްތައް ބޭނުން ކޮށްގެން އެހީތެރިކަން ފޯރު ކޮށްދެއްވާނެކަމަށް ކުޅުދުއްފުށީ ކައުންސިލަރ ޖަމްޝީދު ވިދާޅުވިއެވެ.

މިއީ ދިވެހި ސަރުކާރުން ހަރަދު ކުރައްވައިގެން ހިންގަވާ ޕްރޮޖެކްޓެއްކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަމެންޓުން ވަރަށް ފަހުން ހާމަކޮށްފައިވެއެވެ. ނަމަވެސް ސަރުކާރުން ކުރިން އިއުލާނު ކޮށްފައިވަނީ ކުޅުދުއްފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި އިއުލާން ކުރެވިފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ހިންގުމަށްކަމަށެވެ. އެއީ މަސައްކަތާއި ހަވާލުވާ ފަރާތުން އަމިއްލައަށް ފަންޑް ހޯދައިގެން ހިންގުމަށެވެ. މި ފިޔަވަހީގައި ހިއްކުމަށް ހަމަޖެހިފައިވަނީ 28.5 ހެކްޓަރު (3.067 މިލިޔަން އަކަފޫޓު) އެވެ. އަދި ހިއްކާ ބިމުގެ ތެރެއިން 5 ހެކްޓަރު (538،195 އަކަފޫޓު) މިމަސައްކަތް ކުރާ ފަރާތަށް 99 އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީ އިން ކުރިން މަޢުލޫމާތު ދެއްވާފައިވެއެވެ. އެއީ ގާތްގަނޑަކަށް ހިއްކާ ބިމުގެ 17 އިންސައްތައެވެ. ނަމަވެސް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މިމަސައްކަތް ކުރުމަށް އެއްވެސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.

‮ ‬15‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:08/09/2010

    މީ އެއްވެސް ހަމައެއްލަމައެއް އޮންނަސައިޓެއްނޫން ބޭނުން އެއްޗެއްލިޔަންވީ، އެކަމަކު މަ އެއްޗެއްލިޔެފިޔާ ފުހެންވާނެ އިނގޭ. އަދި މީގަ ބަހަށްޓަންވާނެ ސަރުކާރާ ދެކޮޅު ކޮމެންޓުތަކާ އިސްތިއުފާ އަށް ގޮވާފަ ހުންނަކޮމެންޓުތައް. އޭރުން އެހެރީ ރަނގަޅަށް . ޑީ އާރުޕީ ކުދިން ހިއްހަމަ ޖެހޭ ގޮތަށޭ މިސައިޓު ހިންގާނީ، ސަރުކާރުން ކިތަންމެ ރަނގާޅު ކަމެއް ކުރިޔަސް އެކަން އަނެއްކޮޅަށް އަބުރައިގެން ލިޔުން ނޫން ގޮތެއް ނެތޭ. ކޮބާ ދެން އަވަހަށް މީސްމީހުންގެ އިސްތިއުފާ އަށް ގޮވަންފަށާ! ކޮންމެސް ކޮންމެސް ނުފުހޭތި އެކޮމެންޓުތައް. ޕަކާސް…

  2. ހައްސާނު‮ ‬ވިދާޅުވީ


    ތާރީޚް:08/09/2010

    ދިވެހި ސަރުކާރުގެ ހަރަދުގައި ހިންގާ މަޝްރޫއެއްކަމަށް ސަރުކާރުން ބުނާއިރު މީގަ އަޑިގަ ފޮރުވިފަ އޮތީ ކޮންކަމެއްކަން އެނގިލައްވާތޯ؟ ނޫސްވެރިކަމުގައި އެ ފޮރުވިފައިވާ ހަގީގަތް ހޯދަން ޖެހޭނެ. ހަގީގަތަކީ ފުރަތަމަ މި މަޝްރޫއަކީ މައުމޫނު ދައުރުގައި ސައޫދީ ފަންޑުން ހިންގި މަޝްރޫއެއްކަން. އޭގެ ފަހުން މިސަރުކާރު އައިސް ދެވަނަ ފޭސްގެ މަސައްކަތް އަމިއްލަ ހަރަދުގައި ކުރާނެ ބަޔަކު ހޯދީ. އަހަރެއްހާ ދުވަސް ވީއިރުވެސް ބަޔަކު ނުވި. ދެން ކުރިމަތީގައި މިއޮތީ ކައުންސިލް އިންތިހާބު. އެއްކަލަ އެބުނާ ޗިޕް ޖަހަން ފަސޭހަ ދުވަސްކޮޅެއް މިއީ. ބޮސްކާލިސް ކުންފުންޏާ ސަރުކާރުގެ ބައެއް އިސްވެރިންނާ ދެމެދު ވެފައިވާ ސިއްރު ޑީލްގެ ދަށުން ބޮސްކާލިސް އަށް މިހާރުވަނީ ރާއްޖޭގެ 3 ފަޅު ރަށެއް “ހިބައިން” ދީފަ. އަނެއްކާ މިރަށުގެ މި މަޝްރޫއުވެސް ދެން ކުރިއަށް ގެންދާނީ ބޮސްކާލިސް އިން. އެކަމަކު މިއީ ބޮޑު މަސައްކަތަކަށް ވާތީ މިކަމުގައި އަދި އެއްބަސްވުމަކަށް ނާދެވޭ. ހަގީގަތަކީ މިއީ ސަރުކާރުން ހަރަދު ކޮށްގެން ކުރާކަމެއް ނޫންކަން. ދެން ކުޅުދުއްފުށީގެ ބައެއް ޖަމިއްޔާތައް މިހާރު އޮތީ މިސަރުކާރަށް ވިކި ހުސްވެފަ. މިސައިޓުވެސް މިހާރު ހީވެ އެއަތަށް ޖަހާލައިފިހެން. އަދި ދެން ހިންގާ ސައިޓު އަދި އޮތީ މާ ކުރީގަ.. އެހެންވީމަ މިފަދަ ރޭވުން ތަކުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ނުގެނެސްދެނީ. މީ ވަރަށް ދެރަ ކަމެއް. ލޮލުގައި އަނދުން އަޅުވާފަ މިރަށުގެ ނޫނީ މިއަތޮޅުގެ ބޮޑު ބައެއް މިތަން ހިއްކާ ކުންފުންޏަށް އެތައް އަހަރުދުވަހަކަށް ހިލޭ ދޭން ސަރުކާރުންވަނީ ނިންމާފަ. ކައުންސިލް އިންތިހާބު ކައިރި ވަރަކަށް މި ފޯރި އަދި ގަދަވާނެ. މައުމޫނުގެ ސްޓައިލް ހަމަ. ތަފާތަކީ ކުރާ ގޮތް.

  3. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:08/09/2010

    އަދި ބުނަން ހީނުކުރާތި މަލިޔާ ކޮމެންޓުތަށް ފުހުނީމަ ، މަށަށް ވެސް ކަންތައްނުކުރެވޭނޭ! ހެޔޮ ކިތަންމެ ބައިވަރު ރުފިޔާ އެއްހަރަދު ކުރންޖެހުނަސް މިސައިޓު އެއްކޮޅަށް ބުރަވާނަމަ، މިހަލާކު ކޮއްލަން މިހިރީ ތއްޔާރަށް ! އެކަންތައްވާވަރު މީހުންނާ ހަވާލު ކުރާނަން ހަފްތާއެއް ބެލުމަށް ފަހު. އޭގެފަހުން މަސައްކަތް ފެށުނީ .ބޮޑި އެއްބޯން ތިޔައުޅެނީ.

  4. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:08/09/2010

    ހެދެ މައުމޫނު 30 އަހަރު ކުރީ ނާސިރު ނިންމާފައިވާ ކަންތައް. އަންނި ފޭބީމަ ދެން އަރާ މީހަކު ކުރާނީ އަންނި ނިންމާފައިވާ ކަންތައް. މިހީރީ ދީއާރުޕީ ސޮހޮލުން ދައްކާވާހަކަ.

  5. ހައްސާނު‮ ‬ވިދާޅުވީ


    ތާރީޚް:08/09/2010

    ޕިސްޕިސް ތި ވިދާޅުވެފައިވާ ފަދަ އެއްޗެއް މިހަބަރަކުން ނުފެނޭ. މިހަބަރުން ވަކި ކޮޅަކަށް ޖެހިފައި އޮތްތަނެއް ނުފެނޭ. ދެން ސިނގުރުޅި އަޔަސް ތީ ބޮޑުވަރު. މިސަރުކާރު އަދި 30 އަހަރުވަންދެން ވެރިކަމުގައި އޮންނާނެޔޭ، ހިތްހަމަ ޖެހިއްޖެ ދޯ މިހާރު. އައިޕީ ލޮކޭޓް ކުރެވޭކަން އެނގިލައްވާތޯ. މީސްމީހުންގެ މުދަލަށް ނުހަމަ ގޮތުގައި އަރައިގަނެފިނަމަ ގާނޫނީ ގޮޅިއަކަށް ފެތޭނެކަން އެނގިލައްވާތޯ؟

  6. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:08/09/2010

    ހެޔޮ ކޮންމެ ގޮޅިއަކަށް ލިޔަސް މަމިބުނި ގޮތަށް މިފަހަރު ހަދާނަން ،.މިހަބަރުގެ ވާހަކައެއްނޫން މިބުނީ ދެލޯފުޅާ މިސައިޓު ހިންގާ ގޮތުގެ ވާހަކަ. އެކިމީހުނަށް އެކިގޮތްހަދާވާހަކަ ، މިރަށުގެ ނަމުގަ ހިންގާނަމަ ޑީއާރުޕީ ގުންޑާއިން ބުނާހާ ގޮތެއް ހަދަން ނުޖެހޭނެ ވާހަކަ. އަދި އެމްޑީޕީ މީހުން އަދި އެއްވެސް ޕާޓީއެއްގެ ފިކުރާ ހިޔާލަކަށް ނޫން މިރަށުގެ ނަމުގަ ހިންގަންޏާ ހިންގަންޖެހޭނީ. މިކަން ތަކާ ހިލާފުވާނަމަ ، ދުނިޔޭގެ މަސްހޫރު ހެކަރުން ލައްވާ މިކަންތައް ހަފްތާއެއް ތެރޭ ރަނގަޅު ނުކޮއްފިނަމަ ކުރާނަން. އޯކޭ! ދެންލާނެތާކަށް ލައި.

  7. އެކަމަކުވާ‮ ‬ވިދާޅުވީ


    ތާރީޚް:08/09/2010

    ތީދެން ބޮޑުވަރު އިގޭ

  8. އެކަމަކުވާ‮ ‬ވިދާޅުވީ


    ތާރީޚް:08/09/2010

    ޕިސްޕިސް ބުނާ ގޮތެއްވެސް ކޮންމެހެން ހަދާ ކަށް ނުޖެހޭ. މިސައިޓު ހިންގާ ހާ ބަރާބަރަށް ހިންގާ ސައިޓެއް މަސެއްނުދެކެން . ހުރިހާވެސް މައްސަލައަކީ ކޮމެންޓުކުރާމީހުން، މިހަމަ ބަރާބަރު .

  9. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:08/09/2010

    ޑީއާރުޕީ ގޮޅައިންނާ އެމްޑީޕީ ގަންޖާއިން މުޅިންވެސް. ކޮންމެ ކަމެއް ކުރިޔަސް، ކޮންމެ އެއްޗެއް ލިޔުނަސް ހަމަ ބެލެންސް ވާކަމަކަށް ނުވާނެ. އިޝާރާތް ނުކޮށްތިބިއްޔާ ރަނގަޅުވާނީ. ސައިޓު ހިންގާ ހަމަ މިހާރުވެސް ތިހިންގާ ގޮތަށް. ތީގަ ނެތް މައްސަލައެއް.

  10. މީ ހަމަ އެއްވަނަ‮ ‬ވިދާޅުވީ


    ތާރީޚް:08/09/2010

    އަޅުގަނޑަކަށް މިލިޔުމަކުން ހަޤގަތާ ޚިލާފު ވާހަކައެއް ނުފެނޭ. މި ސައިޓުގެ ލިޔުންތަކަށް ބަލާއިރު ބުނަންޖެހޭނީ މިއީ ހަމަ އެއްވަނާގެ ސައިޓެކޭ. މިސައިޓުގެ ހިންގުންތެރިންނަކީ މީހުންދައްކާ ބިރަށް ސިހޭނެ ބައެއް ނޫން، އެއަށްވުރެ ކެރޭ ބައެއް. މީގެ ކުރިން އެޑިޓޯރިއަލުންވެސް ވަނީ އެމީހުންނަށް އެކިފަރާތްތަކުން ދޭ އިންޒާރުތަކުގެ ވާހަކަ މިސައިޓު މެދުވެރިކޮށް ކިޔުންތެރިންނަށް ހާމަކޮށްފައި. މިސައީޓުގެ ހިންގުންތެރިންނާއި ލިޔުންތެރިން ތިގޮތުގައި ކުރިޔަށް ދާނެކަމަށް އުންމީދުކުރަން.

  11. އެކަމަކުވާ‮ ‬ވިދާޅުވީ


    ތާރީޚް:09/09/2010

    އޭއަދި އެގޭ އެއްޗެއް ބުނެ ފާނަން މީގަ މިހާރު ނޫޅޭ ހިންގުން ތެރިން ނެއް. ސަބީލިއްލާހިއަށް ދޫކޮށްލާފަ އޮންނަނީ.

  12. ހަން ޓޯޓޯ‮ ‬ވިދާޅުވީ


    ތާރީޚް:09/09/2010

    ނޫނޭވާ މިސައިޓް ހިނގާތީވެ ހަމަ ނިދިނައިސްގެން އުޅެ ކުއްޖަކުވެސް އެބައުޅޭދޯ އެކިނަންނަމުގަ ލިޔެލިޔެފަ…. ތިކުރަނީ ކޮމެންޓްތަ ދަރިޔާ… ތަޙުޒީބުވެބަލަ ތިއައްވުރެ..

  13. އަހްމަދު މުހައްމަދު‮ ‬ވިދާޅުވީ


    ތާރީޚް:09/09/2010

    ޕޮލހުގެ ސައިބަރ ކްރައިމް ޔުނިޓަށް މިމައްސަލަ ހުށަހަޅައިގެން އެފަދަ އިންޒާރުދޭ މީސްމީހުން މިހާރު ހޯދައިގަނެވޭނެ. މިސަރަހައްދުގައިވެސް ހަމަ ފާހަގަ ކޮށްލެވޭފަދަ ފުލުހުން މިރޮނގުގައި އެބަތިބި، އަދި ވަޞީލަތްތައްވެސް އެބަހުރި. އެހެންވީމަ، މިސައިޓުގެ އެޑްމިން އަށް ގޮވާލަން ފާޅުގައި މިސައިޓު ހެކް ކުރާނެކަމަށް ބުނެ އިންޒާރުދޭ އައިޕީތައް ލޮކޭޓް ކޮށް އެފަދަ ފަރާތްތަކުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހުށަހަޅަން. މިއޮތްފަދަ ޓެކްނޮލޮޖީ ކުރިއަރާފަ އޮތް ޒަމާނުގައި ޕިސްޕިސް އޭ ކިޔައިގެން ކޮމެންޓްކުރިޔަސް އެކޮމެންޓް ކުރި ނެޓްވޯކް އަކާއި އަދި އެކޮމްޕިޔުޓަރުވެސް ދެނެގަނެވިދާނެ.

  14. ޖަމްޝީދު‮ ‬ވިދާޅުވީ


    ތާރީޚް:09/09/2010

    ތިޔަ އެންމެ ތިޔަތިބެނީ ޕިސްޕިސްގެ މަޅީގައި ޖެހިފައި. އޭނަ ގެ ބޭނުމަކީ މިސަރުކާރުގެ ހުރި ގޯސްކަންތައްތަކުގެ ވާހަކަ ދައްކަން ފެށީމަ މައުޟޫ ބަދަލުކޮށްލުން. އެގޮތުން މިސައިޓު ހެކް ކުރާ ވާހަކަ އެދެއްކީ. މިހާރު އެންމެންގެ ފޯކަސް ތި ހުއްޓުނީ އެދިމާލަށް. އަސްލު މައްސަލަ އަކަށް ނޫން. ބަލާބަލަ ނިކަން ޕްރީޕެއިޑް ޝިއުނާގެ ކުންފުންޏަށް ހެލްތް މިނިސްޓްރީން ދިން ލާރިގަނޑު. އެވާހަކަ ދައްކަބަލަ ޕިސްޕިސް. ގޮޅާގެ ވާހަކަ ދައްކާއިރު ހަމަ މިހާރުވެސް އެހާ ގައުމުދެކެ ލޯބިވަންޏާ އެކަހަލަ ވާހަކަ ދައްކަން ޖެހޭނޭ. ގައުމަށް ގެއްލުންވަނީ ހަމައެކަނި ގޮޅާ ކޮރަޕްޓް ވީމައެއް ނޫނޭ. ގަންޏާތަކުރު ކޮރަޕްޓް ވިޔަސް މިގައުމަށް ގެއްލުންވާނެޔޭ.

  15. އެކަމަކުވާ‮ ‬ވިދާޅުވީ


    ތާރީޚް:11/09/2010

    އެބުނާހެން އެ ޕިސްޕިސް އެކިޔާ އެއްޗެހިން މުޅިން މޫޑު ހަރާބު ކޮއްލައޭ. ދެން ނިކަން ކަމެއްކުރަންޏާ ކުރީމަ ވިއްޔޭނުން ހަޅެއެއް ނުލެވިޔަކަސް. މަ މިހާރު ހުންނާނީ މިތާއިން ވަޔަރލެސް މޮޑަމް ގަނދުވެސް ހޫރާލާފަ. ކަލެމެން ކުދިން ވެސް ކޯޑުޖަހާފަ ބައިންދާތި އެކަހަލަ އެއްޗެއް ހުއްޓަސް. އާދޯ އެއިން އެހެން މީހަކު ވަނަސް އިންނާނީ ހަމަ އެއް އައިޕީ އެއްވިއްޔާ.

ޚިޔާލު ފާޅުކުރައްވާ