Share

ރަމަޟާން ދީނީ ސުވާލު މުބާރާތުގެ ނަތީޖާ

ރަމަޟާން ދީނީ ސުވާލު މުބާރާތުގެ ނަތީޖާ

އެއްވަނައަށް ހޮވިފައިވަނީ އަޙްމަދު އިބްރާހީމް، ދެވަނަ އަށް އަޙްމަދު ދާއޫދު އަދި ތިންވަނަ ސާދުނާ ޢަލީ އަށް

1430 ވަނަ އަހަރު ކުޅުދުއްފުށީ ޑޮޓްކޮމް އިން ގެނެސްދިން ސުވާލު މުބާރާތުގެ ނަތީޖާ ފާޅުކުރުން ތަފާތު އެތަށް ފަހަރެއްގެ މަތިން ފަސްކުރުމަށްފަހު މިއަދު އެމުބާރާތުގެ ނަތީޖާ އިޢުލާން ކޮށްފިއެވެ. 1429 ވަނަ އަހަރު ކުޅުދުއްފުށީ ޑޮޓްކޮމްގެ ފަރާތުން ގެނެސްދިން ސުވާލު މުބާރާތަށް 500 ރުފިޔާ ހުށަހެޅިފައި ވީނަމަވެސް ފާއިތުވި އަހަރު ކަނޑައެޅިފައިވާ އަދަދަކީ 3000 ރުފިޔާއެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތީން މުބާރާތުގެ ވަނައަކަށް އެއްފަރާތަކަށް ވުރެ ގިނަ ފަރާތްތައް ހޮވިއްޖެނަމަ އެއްވަނަ ކަނޑައަޅައިފައިވަނީ ގުރުއަތުންނެވެ. އެގޮތުން މުބާރާތުގައި ގެނެސްދެވުނު ހުރިހާ ސުވާލެއްގެ ޖަވާބު އެއްވެސް ފަރާތަކަށް ރަނގަޅު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ގެނެސްދެވުނު 30 ސުވާލުގެ ތެރެއިން 29 ސުވާލު ރަނގަޅު ކޮށްގެން އެއްވަނައަށް 6 ފަރާތެއް ވާދަކޮށްފައިވެއެވެ. އެއީ، ހދ. ކުޅުދުއްފުށީ ރޯމާ އަޙްމަދު ދާވޫދު، ހދ. ކުޅުދުއްފުށީ ދިއްތުނޑި އަޙްމަދު އިބްރާހީމް، ހދ. ކުޅުދުއްފުށީ ސަރޯމާގޭ އަބްދުއްރަޝީދު އާދަމް، ހދ ކުޅުދުއްފުށީ ރަސްފުށި އަބްދުﷲ އިބްރާހިމް، ހދ. ކުޅުދުއްފުށީ ޗަމްޕާމާގެ މާޖިދާ ޤާސިމް އަދި ހދ. ކުޅުދުއްފުށީ ހަނީމޫން ސާދުނާ ޢަލީއެވެ. އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާކުރި 6 ފަރާތުގެ މެދުގައި ގުރުއަތު ނެގުމަށްފަހު އެއްވަނަ އަށް ހޮވިފައިވަނީ ހދ ކުޅުދުއްފުށީ ދިއްތުނޑި އަޙްމަދު އިބްރާހީމް އެވެ. ހދ ކުޅުދުއްފުށީ ރޯމާ އަޙްމަދު ދާވޫދު ދެވަނައަށް ހޮވުނުއިރު ގުރުއަތުން ތިންވަނަ ލިބުނީ ހދ ކުޅުދުއްފުށީ ހަނީމޫން ސާދުނާ ޢަލީއަށެވެ.

މުބާރާތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށާއި އަދި ހާއްސަކޮށް ވަނަވަނަ އަށް ހޮވުނު ފަރާތަކަށް ކުޅުދުއްފުށީ ޑޮޓްކޮމް ގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ. އަދި މުބާރާތުގެ ނަތީޖާ ފާޅުކުރުން އަހަރެއްހާ ދުވަހަށް ލަސްވެގެން ދިޔަ ކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެމެވެ. އަދި ޖެހިޖެހިގެން ދެއަހަރު ސުވާލު މުބާރާތް ގެނެސްދިނުމަށްފަހު މިއަހަރުގެ ރަމަޟާންމަހު މިފަދަ މުބާރާތެއް ނުބާއްވަން ނިންމި ސަބަބަކީވެސް ކުރީ އަހަރުގެ މުބާރާތުގެ ނަތީޖާ ފާޅުނުކުރެވި ވާތީއެވެ. މިމުބާރާތުގައި ގުރުއަތު ނެގުމުގައި ބައިވެރިވެ ވަޑައިގަތީ ޤާނޫނީ ދާއިރާގެ ބޭފުޅެއްކަމަށްވާ އަލްއުސްތާޛު އަޙްމަދު ޢަބްދުލް މަތީންއާއި ދިނިއުސް ގެ ނޫސްވެރިއެއް ކަމަށްވާ އަލްފާޟިލް އަމީން ޝަފީޢު އެވެ.

ކުޅުދުއްފުށީގެ ރައްޔިތުން މިސައިޓާމެދު ބަހައްޓަވަމުން ގެންދަވާ ގާތްކަމަށްޓަކައި ކުޅުދުއްފުށީ ޑޮޓްކޮމްގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް ދަންނަވަމެވެ.

ޖަވާބުތައް ޑައުންލޯޑް ކުރަށްވާ

‮ ‬2‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އަހްމަދު މުހައްމަދު‮ ‬ވިދާޅުވީ


    ތާރީޚް:09/09/2010

    މަރުހަބާ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް. މާގިނަދުވަސް ވެގެން ތިދިޔައީ ކީއްވެތަ؟؟ އެކަމަކުވެސް ދެން ނަތީޖާ ފާޅުކުރީމަ ވަރަށް ހިތްހަމަ ޖެހިއްޖެ.

  2. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:11/09/2010

    ވަނަވަނަ އަށް ދިޔަ ކުދިންނަށް މަރުހަބާ.

ޚިޔާލު ފާޅުކުރައްވާ