Share

ޖަލާލުއްދީން ސްކޫލުގެ ބިދޭސީ ޓީޗަރުންނަށް މުސާރަ ނުދެވިފައި

ޖަލާލުއްދީން ސްކޫލުގެ ބިދޭސީ ޓީޗަރުންނަށް މުސާރަ ނުދެވިފައި

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުންނަށް ޑިސެމްބަރު މަހުގެ މުސާރަ އަދިވެސް ދެވިފައި ނުވާކަމަށް ހަބަރުލިބިއްޖެއެވެ. ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު އާއި ހަވާލާދެއްވާ ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރައްވާ ގޮތުގައި އެ ސްކޫލުގެ ވަޒީފާގައި ތިބި 36 ބިދޭސީ ޓީޗަރުނަށް މުސާރައިގެ ގޮތުގައި 318000 ރުފިޔާ ދޭންޖެހެއެވެ. އަދި މިފައިސާ ނުދެވިފައިވަނީ ފިނޭންސް މިނިސްޓްރީ އިން ފައިސާ ނުލިބިގެން ކަމަށް އެފަރާތުން ހާމަކުރެއެވެ.

ހަބަރު ލިބިފައިވާ ގޮތުގައި ކޮންމެ އަހަރަކުވެސް ޑިސެމްބަރުގެ މުސާރަ ޓީޗަރުންނަށް ދެނީ އެޓީޗަރުން ޗުއްޓީ ނިންމާފާ އައުމުންނެވެ. ހުރިހާ މައުލޫމާތެއް ފިނޭންސަށް ފޮނުވާފައި ވިކަމުގައި ވިޔަސް އަދިވެސް އެފައިސާ ސްކޫލަށް ވަނީ ނުލިބިފައެވެ. ނަމަވެސް ޑިސެމްބަރު މަހު ދިވެހި ޓީޗަރުންނަށް ދޭންޖެހޭ މުސާރަ ބަރާބަރަށް އެސްކޫލަށް ލިބިފައިވާ ކަމަށް ސްކޫލުން ހާމަކުރެއެވެ.

ނަންހާމަކުރައްވަން ބޭނުންނުވާ ފަރާތަކުން ހާމަކުރެއްވި ގޮތުގައި ޖަލާލުއްދީން ސްކޫލަށް މިއަހަރަށް ދީފައިވާ ބަޖެޓަކީވެސް އެހެން އަހަރުތަކަށްވުރެ އެތައްތަނެއް ކުޑަ ބަޖެޓެކެވެ. މިކަމުގެ ސަބަބުން އޯވަޓައިމްގެ ފައިސާ ލިބުމަށް މިއަހަރު ދަތިތަކެއް ވާނެކަމަށް އެފަރާތުން މަޢުލޫމާތު ދިނެވެ. އަދި ސަރުކާރުން ޚަރަދުތައް ކުޑަކުރުމާއި ދީފައިވާ ކުޑަ ބަޖެޓަށް ޚަރަދުތައް ފައްތަން މަސައްކަތް ކުރުމުގެ ގޮތުން ޓީޗަރުން ކުދިންނަށް އެހީއެއްގެ ގޮތުން ބަހާ އެކިކަހަލަ ވޯކްޝީޓްތަކާއި ހޭންޑްއައުޓްސްތައް މަދުކުރަން ޖެހިފައިވާ ކަމަށް ޖަލާލުއްދީން ސްކޫލުގެ ބައެއް ޓީޗަރުން ހާމަކުރެއެވެ.

,

‮ ‬19‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހަސަނު‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    މިހެންވެސް ބައެއް ފަހަރު ވާނެ!

  2. އިބްރާޙީމް ޝަރީފް‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    މުސާރަ ފައިސާ އެކަންޏެއް ނޫން . ޓީޗަރުން ބުނުއްވީ ހޭންޑް އައުޓާއި ވޯކްޝީޓް ޗާޕްކުރާނެ ފައިސާއެއް ވެސް ސަރުކާރުން ދެއްވާފައި ނުވާކަމަށް. ވީމާ މިހާރު ވޯކްޝީޓްވެސް ނުދެއްވާ.

  3. ދަރިވަރު‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    އެއްފަހަރުވެސް މިހެން ވެގެން ނުވާނެ. މިހާރު ސްކޫލްގައި ޗާޕްކުރުމަށް ޚަރަދުކުރާނެ ފައިސާއެއް ނެތް. ޓީޗަރުންގެ މުސާރައެއް ނެތް. މިއީ ބޮޑުވަރު! އެކަމަކު ރަނގަޅަށް ޓީޗަރުން ކިޔަވައިދެއްވާށޭ މިނިސްޓަރު އެބަ ވިދާޅުވޭ. އަޅުގަނޑުމެންނަށް ވޯކްޝީޓް ގަނޑެއްވެސް މިހާރު ޗާޕްކޮށް ނުދެއްވެވޭ. ޓީޗަރުން ވަރަށް ކެތްތެރި، ދަރިވަރުން ނަމޫނާ ނަގަން އެބަޖެހޭ ޓީޗަރުންގެ ކިބައިން.

    ބެލެނިވެރިން އަވަހަށް މިނިސްޓްރީއަށް ގުޅުއްވާ، ޗާޕްކުރާނެ ފައިސާ އަށާއި، މުސާރައަށް. އޯލެވް ހެދެން އޮތީ އޭރުން. ޕްލީޒް

  4. ގަންޖާބޯ‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    އަންނިގެ އަނެއް ދިވެހި ރާއްޖޭގެ ތާހިރު ދިރިއުޅުމަކީ މިއީބާ؟؟؟ ތައުލީމު އުނގަނައި ދިނުމަށް މިސަރުކާރުގެ އަހުމިއްޔަތު ކުޑަކަން އެ އެނގެނީ<<< އަދިވެސް އަންނި އަށް ވޯޓްލާތި؟؟؟

  5. ކުޑަބެ ދޮން ޔޫސުބު‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    އަހާނ. މަ ހަމަ ކޮސްވެއްޖެ. ތިޔާ ކިޔާ ވޯކްސީޓެއް ޗާޕްނުކޮށް ކިޔަވައި ނުދެވޭނެކަން މަ މިއޮއް ގަމާރު މީހަ އަށް ވެސް ޔަގީން.
    ޗާޕްކުރާނެ ފައިސާ ނެތިއްޔާ ޓެސްޓް ވެސް ނުދެވޭނެޔޭ ކިޔާ. މުސާރަޔާ ނުލައި ހިލޭ ތޯޗެ ކިޔަވައި ދޭން ވަނީ.
    ޓެސްޓް ނުހަދަ ތޯޗެ ފާސްވާން ޖެހެނީ. ފުކެއް ގޮއްވެފަ މިއޮތީ!

  6. ޗެލާ‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    އެއްފަހަރަކު އޯލެވެލް ގަދަ ދިހަޔެއް ފާހަގަކުރުމުގެ ޖަލްސާއެއްގަ އެއިރުގެ އެޑިޔުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރު މޮޅެތި ކުދިންނަށް އިލްތިމާސްކުރެއްވި ޓީޗިން ހަދަން. އެކަމަނާގެ ދާއިރާއަށް މޮޅެތި ކުދިން ބޭނުންވެޔޭ ވިދާޅުވި. އެކަމަކު ސަރުކާރުން މި ދާއިރާއަށް މިހާ އިހާނެތިކޮށް ކަންތައްކުރައްވަމުން މި ކަހަލަ އިލްތިމާސްތައް ކުރެއްވުމަކުން ނަތީޖާއެއް ނުފެންނާނެ ދޯ؟

  7. ހައްވަދައިތަ ގޯތި އާދަނެއް ކިޔާ ސޮރު‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    ޖަލާލުއްދީނެއް ނޫން، އެހެން ބައެއް އޮފީސްތަކުގައިވެސް މިމައްސަލަ އޮތް ކަމަށް މައުލޫމާތު ލިބޭ. ޖެނުއަރީ މަހުގެ މުސާރަ ލިބޭނެ ކަމާ މެދު މިހާރު ޝައްކު. މިއަހަރު ބަޖެޓުގައި ހިމެނި ކުޑަމިންވަރުން އެންމެ ފައިސާ ފޮއްޗެއްވެސް އަދި ފިނޭންސުން ޖަމާ ނުކުރާ ކަމަށް ވަނީ. މީ މީގެ ކުރިން ތަޖުރިބާ ކުރަން ޖެހުނު ކަމެއް ނޫން.. މިދެން ތަންފުކެއް ބޮޑުވަރު ހެން ހީވަނީ.

  8. ހުއްޔަދައިތަ‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    އެޑިޔކޭޝަން މިނިސްޓަރަށާއި ފިނޭންސް މިނިސްޓަރަށް އަދި ފިނޭންސްގެ ސްޓޭޓް މިނިސްޓަރަށް ހުއްޔަދައިތަގެ ސަލާން ރައްދު ކޮށްލަދީ! ހުއްޔަދައިތަ ދަންނަމޭ އެޑިޔުކޭޝަން މިނިސްޓަރު މިރަށު ބޯޑިންގުގަ ހެޑްމާސްޓަރަކަށް އުޅުނު އިރުއްސުރެ.

    އެކަމަކު ދެން މުސާރަ ނުދީ ޗާޕްކުރާނެ ފައިސާ ނުދީ…އަހަން ހަމަ ކޮސްވެއްޖެ!

  9. ކިއުޓް ގޮލާ‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    ފައިނޭންސް މިނިސްޓަރު ތިޔަ ހިންގަވަނީ ސެންޓް ފިހާރައެއްތޯ؟ އަހަރެމެން ހީކޮށްގެން މިތިބީ ދައުލަތުގެ މާލިއްޔާ ކަމަށް. ކޮންމެވެސް އެއްބަޔަކު މިތިބީ ހަމަހެޔަކު ނޫން.

  10. މުސްތަފާޕާކުގައި އުޅުނު ކުޑަކުޑަ މުނިޔާއެއް‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    އަޅުގަނޑުމެން ރަށު އިސްކޫލުގައި ކިޔެވި ދުވަސްވަރު، އެއިރުގެ ހެޑްމާސްޓަރު މުސްޠަފާ ލުޠްފީ، އިސްކޫލުގައި ވަރަށް ފުރިހަމަ ޕާރކެއް ހެއްދެވިއެވެ. މުޅި ދިވެހިރާއްޖޭގައި ވެސް ނުހުންނާނެ ވަރު ފުރިހަމަ، އެހާމެ ވަސީލަތްތައް ގިނަ މި ޕާރކުގެ ނަމަކީ ވެސް މުސްތަފާ ޕާރކެވެ. އެއީ ހަގީގަތުގައި ވެސް ވަރަށް ރަނގަޅު މަސއްކަތެއްކަމަށް އަޅުނގަޑު ގަބޫލުކުރަމެވެ. އެކަމަކު ހިތާމައަކީ މިހާރު އެމަނިކުފާނު އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުވެވަޑައިގެންފައި ކުޅުދުއްފުށީ އިސްކޫލުގެ ޓީޗަރުންނަށް މުސާރަދެއްވަން ވެސް ނުކުޅެދުނުކަމެވެ. މި ހަބަރުގައި މި ވާގޮތުން، މިފަހަރުގެ ބަޖެޓު ވެސް މާ ކުޑައެވެ.

  11. ކާފަ‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    ދެންޖެހޭނީ ކާފަމެން ކިޔެވިހެން ވޮށުފިލާ ލިޔެގެން ކިޔަވަން. ނޫނީ މަށިފިލާގައި ލިޔެގެން ކިޔަވަން. އެހެންވެޔޭ ކާފަ އިއްޔެވެސް ބުނީ މަށިކުޅި ހިމާޔަތްކުރާށޭ. ކަރަންޓް ބިލުވެސް ދައްކާޙާ ފައިސާ ނެތްވާހަކަ ކާފަގެ ރައްޓެއްސަކުބުނި. ދެންޖެހޭނީ ފަންކަލުގެ ބަދަލުގައި ހިތާނުކުރާ ތަންތަނުގައި ކުރިން ބޭނުނަކުރަމުން ދިޔަ ދަމާ ފަންކާ ބަހައްޓައިގެން ބެލެނިވެރިން ޑިޔުޓީގައި ތިބެގެން ފަންކާ ދަމަން. ކޮއްކޮމެނޭ ރައީސް އަންނި ވިދާޅުވިގޮތަށް އަވަހަށް ސީދާހަރަކާތައް ނިކުމޭ. ވިދާޅުވިއަޑެއް ނާހަންތަ މިއީ މުޒާހަރާއާއި ޚަޅުތާލުގެ ގާނޫނު އަސާސީއެކޭ. އެހެން ވީމަ ޑިމޮކްރަސީ ގަބޫލުކުރަންޏާ ޖެހޭނީ މުޒާހަރާވެސް ކުރަން. އެއީ ބައިނަލްއަގްވާމީ ކަމެއްވިއްޔާ. އެކަމަކު ނަމަނަމަ ހަމަނުޖެހުމެއް ނުހިންގާތި. ހުރިހާ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން އަވަހަށް ޕެޓިޝަންތައް މަތިއުތުރު ޕްރޮވިންސް އޮފީހަށާއި އެޑިޔުކޭޝަނަށާއި ރައީސް އޮފީހަށާއި މަޖިލީހަށް ހުށަހަޅާ. މިހާރު ދާދިފަސޭހައިން ގޮނޑީހޯދަން އުޅޭމީހުންލައްވާ އެކަންކުރެވިދާނެ

  12. ގަމަރިއްޔަތު‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    ޓީޗަރުންގެ މުސާރަ ނުދެންޏާ މުޒާހަރާކުރަންވީ އަވަހަށް. މިދެން ކިހާ ބޮޑުކަމެއް. މަތިއުތުރެއް ހަދައިގެން މިހާރު ދެން މަށަކަށް ހިޔެއް ނުވޭ ޒިންމާވާނެ މީހަކު ވަސް އުޅޭނެހެނެއް.

  13. މަންގަލަ‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    ޓީޗަރުން ބުނޭ، ކެމިސްޓްރީ ލެބް އަށް ބޭނުންވާ، ޓެސްޓް ޓިއުބް ތަކާ ބިއުރެޓް ތަކާ ކެމިކަލް ތަކުން އެކްސްޕެރިމެންޓް ހަދަނީ މައުމޫނާ ނަސްރީނާ އޭ. ދެން މިހާރު ކޮން ދެމީހުނެއް ބާ؟

  14. ކަޅުބޭބެ ދޮން އާދަނު‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    ބަލަގާ މިހާރު މިއޮތީ ތިއޮއްކިޔާ ޑީސެންޓަރައިލް ކޮއްފަކަމެއް ކަލެމެންނަށް ހަމަނޭގެނީތަ. އެއެއްޗެއް ކުރަން އުޅުން އިރުވެސް ދޮންޔޫސުބުމެން ކައިރީގައި މަމިހެންކީމަ ކާފަރަކަށްވީމަ، މިހާރުދެން ޔޫސުބުމެން ތިހިޔާލުލިޔަނީ. މައޭރުވެސް ބުނިން އެއެއްޗެއް ކޮއްފިއްޔާދެން ހަތަރެސްކަން ހަމަވާނޭ. ދެންތިބޭ މިހާރު މިތިބީ ބޯންއުޅުން ބޮނޑި ބޮވިފަ.

  15. ހައްސާނު‮ ‬ވިދާޅުވީ


    ތާރީޚް:26/01/2009

    ތިޔައީ ތެދެއްނަމަ ހިތާމަ ކުރަންޖެހޭ ކަމެއް ތިއީ. ދިވެހި ޓީޗަރުންނަސް ޑިސެމްބަރު މަހު މުސާރަ ލިބުނު ހެން ބިދޭސީ ޓީޗަރުންނަށް މުސާރަ ލިބެންޖެހޭނެ. މައުމޫނުގެ ވެރިކަން ނިމުނުއިރު ޤައުމު މިއޮތީ ދަރާ ވިކިފަ. މިހާރުގެ ސަރުކާރުން ބަލަނީ ލޯންގެ ގޮތުގައި ފައިސާ ނުނަގަ ވޭތޯ ބެލުން. ރައްޔިތުންނޭ ހަމަޖެހޭ. އަންނި އަކީ އެހާ ގަމާރު މީހެއް ނޫން، ތިކަމަށް ވަރަށް އަވަހަށް އެދެވޭ ހައްލެއް އަންނާނެ.

  16. ސީކުލާހުގެ ދަރިވަރުން‮ ‬ވިދާޅުވީ


    ތާރީޚް:27/01/2009

    ވޯކްޝީޓާއި ޔުނިޓް ޓެސްޓް އެކަންޏެއް ނޫން ނުލިބެނީ.. އަޅުގަނޑުމެންނަށް، ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވައިދެއްވާނެ ޓީޗަރަކު ވަސް ނުލިބޭ. މިއީ އޯލެވެލް ހަދަން ޖެހޭ އަހަރު.

  17. އައި ތިންކް‮ ‬ވިދާޅުވީ


    ތާރީޚް:27/01/2009

    އަދިވެސް ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ހަދިޔާ ކުރާށޭ އެބަކިޔާ އެނޫން ލަދެއް ނުގަނެގެން. އެމީހުންނަށް %50 ދީފަ ދެން ކޮން ”ރައްޔިތުންގެ” މަޖިލީހެއް.

  18. ރަސްގެފާނު‮ ‬ވިދާޅުވީ


    ތާރީޚް:27/01/2009

    ތިވާ ހަމަ ތެދެއް.

  19. 10 އީ ކުއްޖެއް‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    އާން ތިއީ ބޮޑު ބެއްޖެ ކަމެއް މިހާރު. ވަރަށް ދަތިވޭ ޕްރިންޓިން އަށް ލާރި ނެތީމާ. މީހަކު ބުނި އަޑު އެހިން އިތުރު ހަރަކާތްތަކަށް ފޮނުވާފަ ހުރި ފައިސާއިންނޭ ދެން ޕްރިންޓިން ހަމަ ޖައްސަން ޖެހޭނީ.
    އެކަމަކު ވަރަށް ފަހުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅޫވަމުން ގެންދެވީ ހަމައެކަނި ތައުލީމަކުން ނުވާނޭ… އިތުރު ހަރަކާތްތައްވެސް ހިންގަން ޖެހޭނޭ… ބަލަގަ އެންމެ ފަހަރަކުވެސް ހަމަ ވިސްނިވަޑައިނުގަންނަވަނީތޯ؟ ކޮންތާކުން ތޯ ލާރި ނެރެންވީ މިކަންކަމަށް. މަނިކުފާނު ނިކަން އެއްޗެކޭ ވިދާޅުވެ ބައްލަވާ…
    ދެން މިއަހަރު އިތުރު ހަރަކާތެއްވެސް ނުބޭއްވުނީ މިހޮވުނު އައު ރައީސް ގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން…
    ރަނގަޅަށް ނުކިޔެވުނީމަ ބުނާނީ ނުކިޔެވިޔޭ…
    ހުނ….ވަރަށް ފޫހިވޭ…