Share

ޖަލާލުއްދީން ސްކޫލުގައި އަލަށް ހޮވި ޕްރިފެކްޓުން ހުވާކޮށްފި

ޖަލާލުއްދީން ސްކޫލުގައި އަލަށް ހޮވި ޕްރިފެކްޓުން ހުވާކޮށްފި

އައު ދިރާސީ އަހަރަށް ޖަލާލުއްދީން ސްކޫލްގެ ޕްރިފެކް ބޯޑަށް އަލަށް ހޮވި ދަރިވަރުންނަށް ބެޖްހަވާލުކުރުމާއި ހުވާލައި ދިމުމުގެ ރަސްމިއްޔާތު 25 ޖެނުއަރީ ވީ އާދީއްތަ ދުވަހު ހެނދުނު އެ ސްކޫލްގެ އެސެމްބްލީގައި ބާއްވައިފިއެވެ. ޖަލާލުއްދީން ސްކޫލްގެ ޕްރިފެކްޓް ބޯޑަށް އަލަށް ހޮވުނު އެކާވީސް ދަރިވަރުންނަށް ހުވާ ލައިދެއްވާ، ބެޖް ޙަވާލުކޮށްދެއްވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް ސަޢީދު އަޙްމަދެވެ.

ޕްރިފެކްޓުންނަށް ބެޖް ޙަވާލުކުރުމުގެ އިތުރުން މިރަސްމިއްޔާތުގައި ސްކޫލްގެ އިސްމަގާމުތަކަށް އަލަށް ހަމަޖެހުނު ދަރިވަރުންގެ ނަންތައް ޢިއުލާނުކުރުމާއި މަޤާމް ޙަވާލު ކުރުންވެސް އޮތެވެ.

މިގޮތުން އެމަރަލްޑް ހައުސްގެ ކެޕްޓަނަކަށް ހަމަޖެހުނީ ސަމާ ހުސައިން 11 ބީ އެވެ. ޑިޕިއުޓީ ކެޕްޓަނަކީ ޢަފީފާ އާދަމް 10 ޖީ އެވެ. ރޫބީ ހައުސްގެ ކެޕްޓަނަކަން  ގުރޭޑް 10 އީގެ ދަރިވަރު، ޔަޒީދު އަހުމަދަށް ލިބުނުއިރު މި ހައުސްގެ ޑިޕިއުޓީ ކެޕްޓަނަކަށް ހަމަޖެހުނީ، 10 އީގެ ދަރިވަރު ނިއުމާ އަބްދުއްރަޙްމާނެވެ. ޓޮޕާޒް ހައުސްގެ ކެޕްޓަނަކަން ހަމަޖެހުނީ، މުހަންމަދު ޒަކަރިއްޔާ 10 އީއެވެ ޓޮޕާޒް ހައުސްގެ ޑިޕިއުޓީ ކެޕްޓަނެއްގެ މަގާމަށް ހަމަޖެހުނީ އަރޫޝާ ޢަބްދުއްރަޝީދު 10 އެފް އެވެ. އައު ދިރާސީ އަހަރު ސަފާޔާ ހައުސްގެ ކެޕްޓަނެއްގެ ގޮތުން ހަރަކާތްތެރިވާނީ، 10 ބީގެ ދަރިވަރު މުހަންމަދު އިޝާންއެވެ. ޑިޕިއުޓީ ކެޕްޓަނެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އުމްމުޙާނީ އާދަމް 10 ބީއެވެ.

މި އަހަރު ސްކޫލްގެ ސްޕޯޓްސް ކެޕްޓަނަކީ 11 ބީގެ ދަރިވަރު އާމިނަތު އަޙްމަދެވެ. ޖަލާލުއްދީންގެ އައު ސްކޫލްކެޕްޓަނަކަށް ހޮވާފައިވަނީ ޢާއިޝަތު ޞަފާ މޫސާ 11 ބީ އެވެ. ސްކޫލްގެ އައު ޑިޕއުޓީ ކެޕްޓަނުންނަކީ 11 ބީގެ ދަރިވަރުން ކަމަށްވާ، ޝަފީޢު ޔޫސުފާއި ފާޠިމަތު އަޙްމަދެވެ.

އަލަށް ހަމަޖެހުނު ސްކޫލްގެ ކެޕްޓަނާއި ޑެޕިއުޓީ ކެޕްޓަނުން ރަސްމީކޮށް ޒިންމާތަކާއި ޙަވާލުވާނީ، މި އަހަރުގެ މެދުތެރޭގައި މިހާރުގެ ކެޕްޓަނާއި ޑިޕިއުޓީ ކެޕްޓަނުންގެ ހަޔާ ސެކަންޑަރީ ގުރެޖްއޭޝަނަށް ފަހުގައެވެ.

ޖަލާލުއްދީން ސްކޫލަކީ 1998 ވަނަ އަހަރު ހުޅުވުނު ސަރުކާރުގެ ސެކަންޑަރީ ސްކޫލެކެވެ.  ގުރޭޑް އަށަކުން ފެށިގެން ގުރޭޑް ބާރައަށް ކިޔަވައިދެމުން ގެންދާ  މި ސްކޫލްގައި މި ހިނގާ ދިރާސީ އަހަރު އަށް ސަތޭކައަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާސިލްކުރަމުން ގެންދެއެވެ.

,

‮ ‬2‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އާދަނު‮ ‬ވިދާޅުވީ


    ތާރީޚް:27/01/2009

    ތިޔަ ހުރިހާ ކުދިންނަށް ވަރަށް ތަހުނިޔާއާއި މުބާރަކްބާދު ފޮނުވަން. ޖަލާލުއްދީން ސްކޫލަކީ ކުޅުދުއްފުއްޓާއި އުތުރު ސަރަޙައްދުގެ ވަރަށް ފޮނި އުއްމީދެއް. މި ފުރުސަތުގައި ކުދިންނަށާއި ޓީޗަރުންނަށާއި ހިންގުންތެރިންނަށް ވެސް ވަރަށް ތަހުނިޔާ.

  2. ޚައްސާނު‮ ‬ވިދާޅުވީ


    ތާރީޚް:27/01/2009

    ޕްރިފެކްޓުންގެ ފޮޓޯއެއް ނެތްތަ އެއްވެސް ކުއްޖެއްގެ އަތުގަ. މަ ވަރަށް ބަލާލަން ބޭނުން. ޕްރިފެކްޓުންނަށް ހޮވުނު ކުދިންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަނަ.