ޖޫން މަހު އޮންނަ އޭޝިޔަން ޗެމްޕިއަންޝިޕް އަށް ތައްޔާރުވުމަށް ނެގި ރާއްޖޭގެ ގައުމީ ސްކޮޑުގައި ކުޅުދުއްފުށީގެ 3 ނެޓްބޯޅަ ކުޅުންތެރިން ހިމެނިއްޖެއެވެ. މި 3 ކުޅުންތެރިންނަކީ މިދިޔަ ނޮވެމްބަރު މަހު މާލޭގައި އޮތް ގައުމީ ނެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރި ކުޅުދުއްފުށީ ޓީމުގެ ތިން ކުޅުންތެރިއެކެވެ. އެއީ ރާޝިދާ މޫސާ، ނަދީމާ މުޙައްމަދު، އަދި ހަދީޖާ އަބޫބަކުރެވެ.
ގައުމީ ނެޓްބޯޅަ ޓީމު އެކުލަވާލުމަށް ނުގި 22 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ ކުޅުދުއްފުށީގެ 3 ކުޅުންތެރިން، ހުޅުމާލޭ ސްޕޯޓްސްގެ 6 ކުޅުންތެރިން، ވިޔަންސާގެ 6 ކުޅުންތެރިން، ވެލޯޒިޔާގެ 4 ކުޅުންތެރިން، އަދި ޒެފްރޯލުގެ ކުޅުންތެރިޔެއްގެ އިތުރުން ކުރިން ގައުމީ ޓީމަށް ކުޅުނު ދެކުޅުންތެރިޔެކެވެ. މިކުޅުންތެރިން ފެބްރުއަރީ 8 ގައި ފަރިތަކުރުންތައް ފަށާނެއެވެ. އަދި މުބާރާތަށް ފުރުމުގެ ކުރިން 12 ކުޅުންތެރިންނަށް ސްކޮޑް މަދުކުރާނެއެވެ. މުބާރާތް ފެށުމުގެ ކުރިން ގައުމީ ޓީމު ސިންގަޕޫރުގައި ފަރިތަކުރުންތަށް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޓީމުގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރީގެ ނެޓްބޯޅަ ތަރި އައިމިނަތު ހަލީމް (ދިލް) އެވެ.
އަހްމަދު ޢަލީ (ކޮކީ) ވިދާޅުވީ
ތާރީޚް:28/01/2009
ކުޅުދުއްފުށީ ފިރިހެނުން ކުޅެންވީ، ބާސްކެޓް. އަންހެނުން ކުޅެންވީ، ނެޓްބޯޅަ. އޭރުން ރަނގަޅުވާނެ ކަމަށް ފެނޭ
ރޯމިއޯ ވިދާޅުވީ
ތާރީޚް:28/01/2009
ކޮކީ ފާޅުކޮށްފަ އޮތް ހިޔާލަށް މަ ތާއީދު.
ސަރަ ވިދާޅުވީ
ތާރީޚް:29/01/2009
ހަމަ ތާއިދު،
އަންނާރު ވިދާޅުވީ
ތާރީޚް:29/01/2009
ހަމަ އެކަނި ނެޓްބޯޅައެއް ބާސްކެޓެއްނޫން، ހުރިހާ ކުޅިވަރެއްވެސް ހުއްދައޮންނަ މިންވަރަކަން ކުޅެއްވީ! އެއީ ތިރަށުގައި އާބާދި އެބައޮތް، ހުރިހާ ކުދިންވެސް ކޮންމެވެސ ކަމެއްގާ މަސްޢޫލުކުރަންވީ! އެކަމަށ ސައުގުވެރިކަން އެފަންދަންވީ އޭރުން ރަށުގައި ބޭނުންތެރި ޒުވާނުން ތަކެއްަުފެދިދާނެ.
ސޮބީހާ ވިދާޅުވީ
ތާރީޚް:29/01/2009
އެކަމަކު މިކަންތައްތަ ކުޅުދުފުށީ ގަ ކުރެވެން އޮތީ ސްޓޭޑިއަމް ގަ ތިބި މީހުން މީހުން ބަދަލް ކޮއްގެން. މުބާރާތު ގައި ލިބޭ ފައިސާ ވަންނަ ތަނެ ވަނީ . ދެފަހަރު ވެސް ބާސްކެޓް ޓީމަށް ވަތް ރަނެއް ނޭގިފަ ، އަސްލު ޗެންޕިއަން އަށްލި ބޭ ފައިސާ އެއީ ކުޅުންތެރިންގެ ހައްގެ . މިވެސް ދެކެވޭ ވާހަކަ އެއް ؛ މިކަންތަ ތައް ރަގަޅުމ ކުރަން އެބަޖެހެ؛
ލަލީތާ ވިދާޅުވީ
ތާރީޚް:29/01/2009
މަރުހަބާ ރާޓޭ، ހައްޖަ، ނަދީ ގަދަ ކުރާތި،
މަގޭ ވިދާޅުވީ
ތާރީޚް:29/01/2009
އަސް ނުޖެހޭ ޓީމަށް ލިބެ އެއްޗެއް ކުޅުންތެރިން ނަކަން ބަހާކަން . އެއި އެޓިމަކީ ރަށް ތަމްސީލު ކުރާޓީމަކަށ ވާތީވެ. ޓީމްގައި އުޅޭނީވެސ ހުސް ރަށުކުދިން ދެން. ހުރިހާ ކުޅޫން ތެރިން ނަކީވެސް ރަށް ދެކެ ލޮބިވާ ކުދިން.
ސިއްރުސިއްރުން ވިދާޅުވީ
ތާރީޚް:29/01/2009
ކުޅުދުއްފުށީގައި ކުޅޭ އެހެން ކުޅިވަރުތަކަށްބަލާއިރު ފުޓުބޯޅަގައި ހުސްކުޅުދުއްފުށީޓީމެއް ނެރޭއިރު ކާމިޔާބު ހޯދައެވެ. ނެޓު އަދި ބާސްކެޓްގައިވެސް ވަނީ އެހެންނެވެ. ފުޓްބޯޅައިގައި ބާސްކެޓްގައި އޮންނަހެން ރަށުންބޭރުންވެސް ލިމިޓެޑް އަދަދަކަށް ކުޅުންތެރިން ލެވޭނަމަ ހަމަ މޮޅުވާނެއެވެ. ތަފާތުކުޅިވަރުތަކުގައި ތަފާތުގަވާއިދު ހުންނަކަން ވިސްނާލާތި. ދެން ނެޓުބޯޅަގައުމީ ސުކޮޑަށް މީހުންނަގާގޮތާމެދު ސުވާލުއުފެދޭ. ކުޅުދުއްފުށީ ޓީމުގައި 2 މެޗުވެސް ހަމަނުކުރާއިރު ނަދީމާއަށް ގައުމީ ސުކޮޑުން ޖާގަލިބެންވީ ގޮތެއް ނުވިސްނޭ. އެހެން ގޮތަކުން ކަންނޭގެ ދޯ. ރަގަޅުދެން ކުޅުދުއްފުށިން ވިއްޔާދޯ..
Anyway congra for all
ލަލީ ވިދާޅުވީ
ތާރީޚް:29/01/2009
ސޮބީ ތިބުނީ ހަމަ ރަނގަޅަށް . ހަމަ އެކަނި ޓީމްގަ އުޅެނީ ރަށުކުޅުންތެރިންނެއް ނޫން. ރަށުކުޅުންތެރިން އުޅުން ކަމުގައިވިޔަސް އެލާރި ވަންނަ ތަނެއް ކުޅުން ތެރިންނަށް އެނގެންޖެހޭނެ. ރަށް ދެކެ ލޯބިވާތީ އެކަހަލަ ކަންތައް ކުރަނީވެސް. އެކަމަ ސްޓޭޑިއަމްގަ އުޅޭ މީހުން ލިބާސް ބަދަލުކުރާހެން ދެދުވަހުން އެއްދުވަހު އަގު ބޮޑުހެން ހީވާ ސައިކަލާ ކާރާއި ފިހާރަ އާއި އެއްޗެހި ލިބޭ. މިހާރުވެސް ނެޓް ކުޅެންދާ ކުދިންގެ ކޯޓް އެއތީ އޮތްގޮތަކީ ދެރަވެގެން އޭގަ ނެތް ނެޓް ގަނޑުވެސް އަޅުވާލާފަ ނެތް. ދެން ކީއްކުރާ ބައެއް. ޕޮއް.
ހަސަން ތުއްތު ވިދާޅުވީ
ތާރީޚް:29/01/2009
ތިޔާބުނާ ނެޓަކީ ކިހިނެށް ކުޅޭގޮލައެއްތަ؟
ވަޒޭ ވިދާޅުވީ
ތާރީޚް:30/01/2009
ލަލީގެ ވާހަކައާއި މަ ދެބަސް.. އެއީ އެންމެފަހުން ކުޅުނު ފުޓްބޯޅަ އަތޮޅު މުބާރާތުގައިވެސް ކުޅުދުއްފުއްޓައް ކާމިޔާބުވީ ހަމައެކަނި ރަށު ކުޅުންތެރިން ލައިގެން ކުޅުނީމަ..އެހެން ހެދީމައޭ ރަށުގައި ކުޅިވަރު އާލާވާނީ.. ޒުވާން ކުޅޫންތެރިން.. ދެން އަދި ގައުމީ ނެޓު ޓީމު އޭކުލަވާލުމަށ ނެގި 3 ކުޅުންތެރިންނަށް މަރުހަބާ.. ޓީމަށް ހޮވިއްޖެއްޔާ ވަރަށް މޮޅޭ ބުނާނަން..
ހިޔާލީ މީހާ ވިދާޅުވީ
ތާރީޚް:10/03/2009
މިރަށުގައި ކުޅެންވީ ނެޓްބޯލަ އާއި ބާސްކެޓް ބަޔަކު ދެކޮޅު ހެދިއަސް އެއިން ނޫނީ މިހާތަމަށް ޤައުމީފެންވަރުގެ ތައްޓެއް ލިބިފައިނެތްކަން އެމީހުންނަށްވެސް އެނގޭނެ. މިރަށުގައި ފުޓްބޯޅަ ތަރިންތަކެއް އުފެދުނު 92،93 ހިސާބުގައި ޖިބުރީލް، ހުތްބެ، 04 އަދުރޭ، ރާ ދޮނޭ، ސޭކޭ، ސައުދު، ގައްޔޫމް، ބޮޑު 16، ބެރު އާދަން މެފަދަ ތަރިން އޭރު އަޅުގަނޑު އުއްމީދުކުރިން ޤައުމީ ތައްޓެއް މިރަށަށް ލިބޭނެކަމަށް، އެމީހުންނަށް ވީވަރު ވީ ބައެއްވެސް ދެންނުއުފެދޭ، ނުވެސް އުފެދޭނެ.