Share

ތަޢުލީމީ މަރުކަޒުގެ ޓީޗަރުންނަށްވެސް މުސާރަ ނުލިބިފައި

ތަޢުލީމީ މަރުކަޒުގެ ޓީޗަރުންނަށްވެސް މުސާރަ ނުލިބިފައި

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރުންގެ ޑިސެމްބަރު މަހުގެ މުސާރަ ދީފައި ނުވާކަމަށް ހަބަރު ލިބިއްޖެއެވެ. މުސާރަ ނުލިބިގެން ބިދޭސީ ޓީޗަރުން މިހާރު ޝަކުވާ ކުރަން ފަށާފައި ވާކަމަށް އެސްކޫލުން ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކަށް މަޢުލޫމާތު ދެއެވެ.

އެގޮތުން ސްކޫލުގައި މަސައްކަތްކުރާ 14 ބިދޭސީ ޓީޗަރަކު މިހާރު ވަނީ ޝަކުވާ ކުރަން ފަށާފައެވެ. އަދި ސްކޫލުން ހާމަ ކުރަށްވާ ގޮތުގައި ސަރުކާރުގެ އެކި އިދާރާތަކަށް މި ޝަކުވާތައް ފޮނުވާފައި ވާއިރުވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވެއެވެ. އެޑިއުކޭޝަނުން އަންގަނީ ފިނޭންސްގެ މައްސަލައެއް ކަމަށެވެ. ފިނޭންސުން އަންގަނީ މަނިޓަރީ އޮތޯރިޓީގެ މައްސަލައެއް ކަމަށްވެސް ސްކޫލުގެ ފަރާތުން ވާހަކަދެއްކި މީހަކު މަޢުލޫމާތު ދިނެވެ.

800 އަށްވުރެގިނަ ދަރިވަރުން ތަޢުލީމު ހާސިލް ކުރާ މި ސްކޫލުގެ ދިވެހި ޓީޗަރުންނަށް ދޭންޖެހޭ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިތުރު ގަޑީގެ ފައިސާ ވެސް ދީފައި ނުވާކަމަށް އެސްކޫލުގެ ޓީޗަރުން ހާމަކުރެއެވެ. މިފައިސާވެސް ސްކޫލަށް ނުލިބިގެން މިހާރު އެތައް ފަހަރަކު ސަރުކާރުގައި ވަނީ ދަންނަވާފައެވެ. ޓީޗަރުންގެ މުސާރައިގެ އިތުރުން، ފިނޭންސުން ފައިސާ ނުލިބުމުގެ ސަބަބުން، ކަރަންޓް ބިލަށް 16000 އަރާ އެފައިސާ ދެއްކޭނެ ވަރަށް ސްކޫލުގައި ލާރިއެއް ނެތެވެ. ލާރި ނުދެއްކިފައި އޮތުމުން ސްޓެލްކޯއިން މިހާރުވަނީ އެސްކޫލަށް ރަތް ނޯޓިސް ފޮނުވާފައެވެ. އަދި މިސްކޫލަށް މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ އެހެން އަހަރުތަކާއި ބަލާއިރު އެތައް ގުނައެއް ކުޑަ ބަޖެޓެއް ކަމަށްވެސް ސްކޫލުން ހާމަކުރެއެވެ.

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައިވެސް މިހާރު ވަނީ މިމައްސަލަ ފެންމަތިވެފައެވެ. އެ ސްކޫލުގައި ޑިސެމްބަރ މަހުގެ މުސާރަ ނުދެވި 36 ބިދޭސީ ޓީޗަރުން އެބަތިއްބެވެ. އަދި ބަޖެޓްގައި ފައިސާ ނެތުމުގެ ސަބަބުންކުދިންނަށް ދޭން ޖެހޭ ހޭންޑްއައުޓްތަކާއި ވޯކްޝީޓުތައްވެސް ނުދެވޭ ކަމަށް އެސްކޫލުގެ ޓީޗަރުން ހާމަކުރެއެވެ.

,

‮ ‬10‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. މުހަންމަދު އަބްދުއްރަޙްމާން‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ފައިސާ ނެތުމުގެ ސަބަބުންކުދިންނަށް ދޭން ޖެހޭ ހޭންޑްއައުޓްތަކާއި ވޯކްޝީޓުތައްވެސް ނުދެވޭ ކަމަށް ވާ ނަމަ، ދަރިވަރުންނަށް ކިޔަވައިދެވޭނެ ގޮތެއް ނޯންނާނެއެވެ. ޗާޕްނުކުރެވޭނަމަ، ޔުނިޓް ޓެސްޓްތަކާއި، ޓާމްޓެސްޓް ނެގޭނެ ގޮތެއްވެސް ނެތެވެ. ޖަލާލުއްދީނު ދަރިވަރުން، އަންނަ މެއި/ޖޫން ގައި އޭލެވެލް ހަދައެވެ. އޮކްޓޯބަރު/ނޮވެމްބަރުގައި، އޯލެވެލް
    ހަދައެވެ.
    މުސާރަޔާއި އުޖޫރަ މިހާރު މި ނުދެނީ، އަމިއްލަ ކުންފުންޏަކުން ނޫނެވެ. ސީދާ ސަރުކާރުންނެވެ!!

  2. އައިޝާ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    މި ހުރިހާ މައްސަލައެއް ދިމާ މިވަނީ ކުރީގެ ސަރުކާރުން ކަންތައްކުރި ގޮތުން ނޭ ބުނެ، މި އަދުގެ ސަރުކާރަކަށް ބޯ ދަމައެއް ނުގަނެވޭނެ. މިދައްކަނީ އެއްބަސްވުމެއްގެ ދަށުން ރާއްޖެގެނެސްފައިވާ ބީދޭސީން ތަކަކަށް މުސާރަ ނުދޭވާހަކަ. އަހަރެންނަށް ފެންނަނީ މި މައްސަލަ، ހައިކޮމިޝަންތަކަށް އެ ޓީޗަރުން ހުށައަޅަން.

    އަހަރެން ވެސް އެއްބަސް، މައުމޫނުގެ ފަސާދަ ސަރުކާރުން ރާއްޖެ މިއޮތީ ބަނގުރޫޓް ކޮށްފައިކަން. އެކަމަކު ވެސް ކިޔަވައިދެވޭނެ ގޮތެއް ހޯދަން ޖެހޭނެ

  3. ބީރު‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    މިނިސްޓަރުންނާއި ނާޢިބުންގެ ޢަދަދު 100 އިން ގުނޭއިރު ކުރީގެ ސަރުކާރޭ ކިޔާނެޖާގަ އޮތްކަމަށް ޤަބޫލްކުރުމުގެ ފުރުޞަތު ކުޑަ… އެންމެސް ބޭނުންވެގެން ގެނައިސަރުކާރަކަށްވާތީ ހަދާކޮންމެގޮތެއް، ނިންމާކޮންމެނިންމުމެއްއެއީ ޤަބޫލްވެގެން ތިތިބެނީ ކީއްވެފައިތަ؟ ދެންތިބޭ މިއޮތީ ތިޔާއެދުނު ހެޔޮވެރިކަން ނޫނީ އަނެއްދިވެހިރާއްޖެ !! އެހެންނޫން…

  4. އޭޕީ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    މީގެ ކުޑަ ދުވަސް ކޮޅެއްކުރިން އަބަދުވެސް އިވޭ އަޑެއް އެއީ ” އަހަރެމެން ބޭނުމީ ބަދަލެއް” އިރާދަ ކުރެއްވީތީ މިއޮތީ ބަދަލް އިއިސްފަ،އެހެން ނަމަވެސް މީގެ ކުރިން ނާހަން ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދެވިގެން އުޅޭވާހަކައެއް.ހދ. އޭއީސީ ގައި ހުރި ޕްރިންޓަރ ތަކަށް ލައްވާލާނެ ދެއްޔެއްވެސް ނުލިބިގެން ޕްރިންޓެއް ކުރަނީވެސް ވަރަށް އިގްތިސާދު ކޮށްގެން. ޓީޗަރުންނަށް މުސާރަ ނުދެވޭ ވާހަކަ ދައްކާއިރު ބަލާލަންޖެހޭ އެބަ ސަރުކާރުން ބޮޑުމުސާރަ ދިނުމަށް މިހާރު ރަށްރަށުގެ ކައުންސިލަރު ކަމުގެ މަގާމްތަކަށް ބަޔަކު އިސް ކުރާކަން. ކައުންސިލަރެއްގެ މުސާރަ އަކީ ދިހަހާސްރުފިޔާ މިމީހުނަށް މުސާރަ ދީފަ ދެން ޓިޗަރުންނަށް ނެތީ، ދެން އޮތް ގޮތަކީ ކެތް ކޮށްލުން

  5. ހައްވަތު‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    މައުމޫނު ދިޔަ އިރު ރާއްޖެ މިއޮތީ ދަރާ ވިކިފައޭ. އަނދަވަޅަކަށް ވެއްޓިފައޭ. މިހެން މިކިޔަނީ ދޯ، ކޮންމެ ކަމެއްވެސް މިމަތި ކުރަނީ މައުމޫނާ، މި ފަސް އަހަރު ނިމޭއިރުވަސް އެހެން، 30 އަހަރުގެ ބައި 5 އަހަރުތެރޭ ކަވަރު ކުރުމަށްފަހު އަންނި ދާއިރު އަދި ކިހާ ވަރެއް ވާނެ، އަނދަވަޅަކަށް ނޫން ރާއްޖެ އޮންނާނީ ކަނޑު އަޑީގަހެން ހީވަނީ، އަޅެދޮގެއް؟

  6. ބޮޑު ކައްކާ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    މަޑުންތިބެބަލަ މަމިއުޅެނީ މިހާރުވަސް ތިކަމައިގެންނޭ. ހާދަވަރަކައް ޕާކުގެ ވެރިޔާއައްވަސް ގުޅައިފީމޭ.

  7. ބޮޑު ކައްކާ ފުއްގަނޑު މޮޑެން އޮވެފަ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ސަކުވާއެއް ކުރިޔަސް ކޮންމެގޮލަޔަކު ރުންކުރުވެގެން ފޯނުބަންލާފަ ޖަހަނީ. ކައުންސެލަރަށް ގުޅިޔަސް، ޕާކުގެ ވެރިޔާއަށް ގުޅިޔަސް ހަމަޖެހެނީ އެއްތާކު.

  8. ހަސަން ރަސީދު‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    މިހާރުދެން ފޮރުއްޕާކަށް ނެތް! އެއްކޮޅުން ގަންޖާބޯ މީހުން ރަށަށް ގަދަކުރަނީ. އަނެއްކޮޅުން ރަށު އިސްކޫލުގަ ކިޔަވައިދޭނެ ލާރިނެތޭ މި ކިޔަނީ. ހިނގަގަ އަހަރެމެން ބެލެނިވެރިން ޗަންދާއެއް ދައްކައިގެން ޓީޗަރުންނަށް މުސާރަދެމާ. މިވާ ރައްޔިތުންގެ ވެރިކަމެކޭ ބުނަންޏާ. އާނ އެތާ ދެން އޮތްގޮތަކީ. ގަންޖާ ހުއްޓަން ވަސް އެ ނިކުތީ ރައްޔިތުން ވިއްޔާ.

  9. ޑަރޯގާ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ޕާކު ގެ ވެރިޔާ މި އުޅެނީ ވަށާޖެހިފަ އޮތް ތައުލީމެއް ދޭށޯލަ.

  10. ކުއްލި ހަބަރު‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ހަބަރު ލިބޭ ގޮތުގަ އަފީފުއްދީން ސުކޫލުގެ އިތުރުގަޑި ފައިސާ މިދިޔަ އަހަރު ނޮވެމްބަރު މަހު ލިބުނީ %70 ވާ ބާއި، ބާކީ %30 ނުލިބޭނޯ… އަދި މި ޖެނުއަރީ މަހު މުސާރަދޭނެ ފައިސާ ފިނޭންސުންވެސް ނުލިބޭކަމަށް ވަރަށް މުއުތއބަރު ކޮށް ހަބަރު ލިބޭ