NayaBay:ShopOnline

ކުޅުދުއްފުށީގެ ރަނގަޅު ފިރިހެންކުދިންތައް ކޮބާ؟

ކުޅުދުއްފުށީގެ ރަނގަޅު ފިރިހެންކުދިންތައް ކޮބާ؟
ޢާއިޝަތު ޝަރްޚީޒާ ޢަބްދުލް ޙަސީބް

މިރަށުގައި އުޅުނު ރަނގަޅު،ރީތި ޢަބުރުވެރި ފިރިހެން ކުދީންތައް ކޮބައިބާއެވެ؟ އެވައްތަރު ހުސްވީ ބާއެވެ؟ ހާދަހާ ދެރައެވެ. އެހެން ކަމަށް ވެއްޖެނަމަ، ރަނގަޅު ބޭބެމެން ހުސްވީއެވެ. ފިރިން ހުސްވީއެވެ. ފިރިހެން ކޮއްކޮމެން ހުސްވީއެވެ. ބިޓުން ހުސްވީއެވެ. ރަނގަޅު މަތިވަރު ދިޔައީއެވެ. އަނެއްކާ މިވަނީ ހަމަ އެހެން ބާވައެވެ؟  އަހަރެންގެ އުމުރުން ވެސް މިހާރު ފަންސަވީހުން މައްޗަށް ހިނގައްޖެއެވެ. ރައްޓެހި ހުރިހާ މަންޖެމެން ރަށްރަށުން ނެގި ބިޓުންނާއި އިނދެފިއެވެ.  ރައްޓެހި ބައެއް މަންޖެމެން އިނީ، ވަލީގެ އުނދަގުލާވެސް ކުރިމަތި ލައިގެންނެވެ. ބައެއް މަންޖެމެންގެ ބައްޕަމެން ވަލީއަށް އެއްބަސް ކުރުވީ، ރަށުން ރަނގަޅު ފިރިހެނަކު ދައްކާށޭ ބުނެ، ބައްޕަޔަށް ގޮންޖަހައިގެންނެވެ. ބައްޕަޔަށް އިންނާނެ ރަނގަޅު ސޮރެއް މިރަށުން ދެއްކުންވާނީ މާވަހަރެއް ހޯދުން ކަހަލަ ކަމަކަށް ކަން އެ މަންޖެމެނަށް އެނގޭތީއެވެ.

ވަޒީފާއަކަށް އިއުލާނު ކުރިޔަސް، ކުރިމަތިލަނީ އަންހެން ކުދިންނެވެ. ޝަރުޠުހަމަވާ ފިރިހެން ކުއްޖަކު ނުހުރެއެވެ. ނޫނީ ކަމެއް ކުރަން ނުކެރެނީ ކަމަށް ވެދާނެއެވެ. ސައުވީސް ގަޑިއިރު ހަމަހޭގައި ތިބެން ބޭނުންނުވާތީ، ފައިދާހުރި ކަމެއް ކުރަން ބޭނުން ނުވަނީ ކަން ނޭނގެއެވެ. މޯކަމުން ހައްދުން ނައްޓާފައެވެ.

އޮފީސްތަކުގައި ވެސް، ފިހާރައިގެ ވަތްގަނޑުތަކުގެ ދޮށުގައި ވެސް އަންހެން ކުދިންނެވެ. ކިޔެވުމުގައިވެސް  ކުރީގައި ހަމަ ލަޠީފް ޖިންސެވެ. އޯލެވެލް ނަތީޖާގައި ވެސް، އަދި ސްކޫލް ކަންކަމުގައިވެސް އަންހެންކުދިން، އުޅެނީ މާކުރީގައޭ ދުވަސްވީ ޓީޗަރަކު ބުނެތްޕެވެ. ޓީޗަރު މިހެން ބުނުމުން ލިބުނީ ކުޑަ އުފަލެކެވެ. ދެންވީ ވަރަށް ބޮޑަށް ދެރައެވެ. ކޮލެޖްގެ ކޯސްތަކުގައިވެސް ގިނައީ ހަމަ ލަޠީފް ޖިންސެވެ.

ނޭގެނީ، މުރާލި، ފިރިހެންވަންތަ، ފިރިހެންކުދިންގެ އެ އޮއް ސަޅި މަތިވަރު ހުސްވީކަމަށް ވާނަމަ، ހުސްވި ގޮތެކެވެ. މައިންނަށް އެޅުނު ޅައެއްޗަކުން ވީ ގޮތެއް ބާވައެވެ؟ އެމީހުންނަށް ތަރުބިއްޔަތުގައި ކުށެއްޖެހި މާބޮޑަށް ދޫކޮށްލެވުނީ ބާވައެވެ؟ މައިންގެ ވާހަކަ މި ބުނީ، ގޯހުން ކަމެއް ވެއްޖެ ނަމަ ގޭތެރޭގައި،  އަބަދުވެސް ނަންވެފައި އޮންނަނީ އަންހެން މީހާކަމަށް ވާތީއެވެ.

މިރަށުގެ އަންހެން ކުދިންގެ ޑިމާންޑް މައްޗަށް އެރުވީ އެކުދިން އަމިއްލައަށެވެ. އެކުދިން ފަތްނުބޮއި، ކިޔެވީއެވެ. އޯލެވެލްއިން ފާސްވެ، މާލެ ގެންދިޔުމުން ކޯސްތައް ހަދައި ވަޒީފާ ކަށަވަރުކުރީއެވެ. މިހުރިހާ ކަމެއް ހިނގަމުން ދިޔައިރު ފިރިހެން ކުދިން ތިބީ ބިއްޖެހިފައެވެ. ކަންނެތް ވެފައެވެ. އިސްކޫލްގައި ތިބި ސޮރެއްވިއްޔާ ޖެހީ ސަކަރާތެވެ. ވީމާ، އަހަރެމެން އަންހެންކުދިންނަށް ކަމުދާ ފިރިހެން ކުއްޖެއް މިހާރު  މިތާކުން ލިބޭކަށް ނެތެވެ.

އަދިވެސް މައްސަލަޔަކަށް ވަނީ، އަހަރެމެން ބީރެއްޓެހި ބިޓުންނަގާތީއެވެ. އެމީހުން ފިރިންނަށް ހަދާތީއެވެ. އެ ގޮތައް ކަންތައްވުމުން ޑަބިޔާޖެހިޔަސް، ފާރުތަކުގައި ލިއުނަސް، އަހަރެމެންގެ ހިތް އަލުން ކެނައަކަށް އަތުލެވޭނެ ހެއްޔެވެ؟ ރަނގަޅު މީހަކާ އިނުމުގެ ޙައްޤު އެއީ އަހަރެމެން އަންހެން ކުދިންނަށް ވެސް އޮތް ޙައްޤެކެވެ. ރުޅި ނާންނާށެވެ.

ރަށު ފިރިހެން ކުދިން އަދިވެސް ކަމުދެއެވެ.”ރީތި” ނަމަ ހަމަ ރީއްޗެވެ.  ނަމަވެސް ވަޒީފާއެއް ނެތްނަމަ، ފަތްބޯނަމަ، އަޚްލާގެއް ނެތް ނަމަ، ރަށު ސޮރަކަސް ހިތާވެވޭނެ ހެއްޔެވެ؟ އަހަރެމެން ބޭނުންވަނީ ވަޒީފާއޮތް، ކިޔަވައިގެން ތިބި، ފަސްބައި ސާފު ބިޓުން، ފިރިންގެ ގޮތުގައެވެ.  އެގޮތް ވާން އޮތީ ރީތިކޮށް އުޅެގެންނެވެ. ސްޓައިލްވެގެންނެވެ. ކަލޯމެން ސްޓައިލްވާށެވެ.

ކުރެވެނީ، ހަމަ އެ ސުވާލެވެ. ބައްޕަމެނާއި ހިސާބުން މިއޮތީ މަތިވަރު ހުސްވެފައި ހެއްޔެވެ؟ ފެންނަނީ މުޅީންވެސް ހުއްސެވެ.

‮ ‬61‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ސަރަ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    އައިސާ އެވެ. ތިވިސްނެނީ މުޅިންގޯސޗކޮންނެވެ. ރަށުގައި 8000 މީހުން އުޅޭއިރު 4000 އެއީ ފިރިހެނުންނެވެ. އޭގެ ތެރެއިން 20 ކޭލައިންގެ ވާހަކަ ދެއްކުމުން އެމަތިވަރު ހުސްވީކީ ނޫނެވެ. 4000 ގެ 20 މީހުންގެ އިންސަންތަ ބިއްތެޅުނަސް ބާކީ އެއީ ކޮށް ބައެއްހެއްޔެވެ. ކަލޭމެން ރަށުންބޭރުމީހުނާ އިދެގެން ވަރިވެގެން އައި އަދަދު އަދި ކޮބައި ހެއްޔެވެ؟ އެމީހުން ވަރިވީ އަނެއްކާ އެމަތިވަރުވެސް ހުސްވީ ހެއްޔެވެ. މަށަކީވެސް ކުޅުދުއްފުށި އަންހެނެއްގެ ފިރިއެކެވެ. އެކަމަކު މަށަން މަގޭ ކޮއްކޮމެނަން ކުޅުދުއްފުށިން ދެއްކި ކުދިންނަކީ ގޯސްބައެކޭ އެމީހުންނެތް ނުބުނެއެވެ. އަދި އެމީހުންގެ ބިޓުންވެސް ތާއްޔަކާ ނުޖެހެއެވެ. އައިސާ އެވެ. އަދި ތިވިސްނަނީ މުޅިން ގޯސްކޮށެވެ. 2003 2002 2004 ވަނައަހަރު އޯލެވެލް ނިމުނު ފިރިހެންކުދިންނަކީ ރަގަޅު ކުދިންނެވެ. ނަތީޖާވެސް އަހުލާގުވެސް އަދި ހުލްގުވެސް ރަގަޅު ބެޗުތަކެކެވެ. މަށަކީވެސް އެމީހުންނާއެކު ކިޔެވި މީހެއްކަމުން އެސޮރުމެންގެ ގޮތް އެގެއެވެ.

  2. ޝަރޫ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    އަޅުގަނޑަކީ ކާކުކަން އެނގެން ބޭނުންނަމަ، ނަން އެއޮތީ އާޓިކަލްގައި ޖަހާފައި. ތިއީވެސް ތާނަކިޔަން ނޭނގޭ ބަގަތޯ؟ ތަންކޮޅެއް ތާހިރު ދިރިއުޅުމެއް އުޅެދެއްވާ! އެޔޮތީ ގައުމީ ނެޓްބޯޅަ ސްކޮޑަށް ވެސް 3 އަންހެންކުދިން އަރާފައި. މިއީ ޖިންސްގެ ޒުވާބު ކުރަންވީތަނެއް ނޫން.

    އަޅުގަނޑު އެދެނީ، އާޓިކަލާއި މެދު ކޮމެންޓްކުރެއްވުން.ރީތި ބަސްމަގުން ޚިޔާލުފާޅުކުރެއްވީމާ، މަތިވަރު ހުސްނުވާކަން ޤަބޫލްކޮށްފާނަން.

  3. ސަރަ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ޟަރޫ އެވެ. ލިޔުމުގައި ގެނެސްދީފައިވާ ހެކިތަކަން ރައްދުދޭކަން ބޭނުމެއްނޫނެވެ. ސަބަބަކީ ތިއީ މިހާރުގެ ހާލަތުކަމަންވާތީއެވެ. 2002 ން 2004 ށް ކިޔެވުމަން ރަގަޅީ ފިރިހެން ކުދިންނެވެ. އަދި ސީއެހްއެސްއީ އަދި އެމްސީއެހްއީ ގައިވެސް ގިނައީ ކުޅުދުއްފުށި ފިރިހެން ކުދިންނެވެ. އަޅުގަނޑު މިބުނަނީ މިބެޗުތައް ރަގަޅު ވާހަކައެވެ. ދެން ބުނެލަން އޮތީ އަޅުގަނޑަކީ ކުޅުދުއްފުށި އަންހެއްކުއްޖަކާ އިދެގެން އުޅޭ ރަށުން ބޭރުމީހަކީމެވެ.

  4. ދަޅަމަތި‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ގުދޯ ގުދޯ ގޮވަން އަންހެން ކުދިން ވެސް ހަމަ އެއްފާޑު.

  5. ސަރަ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    އާޓިކަލް ލިޔުނު މީހާ މުހިއްމެން ނޫނެވެ. މުހިއްމީ އާޓިކަލް ގައި ވާ އެއްޗެކެވެ. ބޭނުންކޮށްފައި އެވަނީ އާޓިކަލް ގައި އިންނަމެވެ. ރުޅިއައުމީ ކަމުގެ ހަގީގަތުން އެއްކިބާވުމެވެ.

  6. ސޫޖަލް‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ތިއީ ހަމަ ތެދެއް. މިހާރުދެން ތިޔަ ކުޅުދުއްފުށީގެވެސް ދުވަސް ދިޔައީ. ދެންވެސް ބަލާނެ މިއުޅޭ ސިޔާސީ ޕާޓޭން ތިފަދަ ކަންތައްތައްވެސް މައުމޫނު ބޮލަށް އެކަނި ކަނޑާލެވޭތޯ. މީގައި ޒިންމާވާނެ މުޅި މުޖްތަމަޢު. ޚާއްޞަކޮށް މައިންބަފައިން. އެއްވެސް ސަރުކާރަކުން އެކަނި މިފަދަކަންތައްތަކެއް ނުހުއްޓުވޭނެ.

  7. ހަދީ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ޝަރްޚީޒާ ތިޔާ ބުނަނީ ހަމަ ރަނގަޅު ވާހަކައެއް! މަ ވަސް މި އުޅެނީ ރަށަކު ކުއްޖަކާ އިންނަން! މަތީގަ އެހެރި ފޮޓޯގަ އެތިބި ކުދިންކޮޅު އެކަމަކު ވަރަށް ރަނގަޅުހެން ހީވޭ އެބަދޯ؟

  8. ނިއުޝާދު‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ޝަރޫ އަދި މިރަށު ސޮރަކާ އިނދެގެން އުޅުނަކަސް ނޭނގޭނެއެވެ. އެ ބަގަ ހަމަ އެބަ އުޅެއެވެ. މީހުނާ އިނދެގެން ދަރިންވެސް އެބައުޅެއެވެ. އޭގެ ފަހު ބަގަ ތަންތަނުގައި ވަޒީފާގައިވެސް އެބައުޅެއެވެ. ކިޔަވަން މާލޭގައާ ރާއްޖޭން ބޭރުގައި އެބަ އުޅެއެވެ. ބީރައްޓެހި ސޮރުމެނާ ކޮންމެހެން އިންނަނީ މިރަށުން މަތިވަރު ހުސްވެގެންނެއް ނޫނެވެ. އެސޮރުމެން މާ ރީއްޗެއް ވެގެނެއްވަސް ނޫނެވެ. އެސޮރުމެން ޖައްސާ މަޅިއަކުންނެވެ. އެކީގަ އުޅެން ކެރިގެނެއްވަސް ނޫނެވެ. މިހެން ބުންޏަސް އިސްކޫލުގަ މިހާރު އެއުޅޭ ސޮރުމެން ސަކަރާތް ނުގަންނަ ވާހަކައެއް ނޫނެވެ. ކިޔެވުމަށް އެހާ އިސްކަން ނުދެވެނީ ޒަމާނުއްސުރެ އެކަމުގެ މުހިންމު ކަން ވިސްނައިދެވިފައި ނެތީމައެވެ.ވިސްނޭ ސޮރަކު ވިއްޔާ މަތީ ތައުލީމާ ދިމާއަށް ވީވަރަކުން އެބަ ދެއެވެ. ދެން އެހެން މިހެންދެމޭ ހައެއްކަ ކެނައިންގެ ވާހަކަ ނަގާ، މަތިވަރު ހުސްވެގެން އުޅޭ ވަރެއް އަދި ނުވެއެވެ.

  9. ކާފަ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ކާފަމެންގެ ޒުވާންދުވަސްވަރު ލާހިކު ކުޅަދާނައެއްނޫން ކަނބުލޮމެންނަށް ތިޔަހެން ފިރިހެންކުދިންނާއި ދިމާކުރާކަށް. އެކަމަކު މިއަދުމީ ކާފަމެންގެ ދުވަހެއްނޫން. އެހެން ތިޔަވީވެސް ކާފަމެންހެން މުރާލި ކެރޭ ފިރިހެނުންނަށް ނުވެވުނީމަ. މިއަދު ފިރިހެނުން ރަނގަޅުވާނީ ގޭގައި ކުދިންބަލަން ގޭތެރޭގައި ތިބުން. އެހާވެސް ފިރިހެނުންގެ އަގު ދަށްވެއްޖެ. ހުރިހާވެސް މައްސަލަޔަކީ ޑްރަގު. މިހާރު ކޮންމެވެސް ވަރަކަށް އަންހެންކުދިންވެސް މިމަޅީގައި ޖެހޭތީ އެބަފެނޭ. މިވަރުން ދަންޏާ ސަރުކާރުގެ ވެރިންނަށްވެސް ތިބޭނީ ހަމަ ޕާޓޭން. ފުލުހުންނާއި ސިފައިންނާ ފަނޑިޔާރުންނާއި ޑޮކްޓަރުންނަށްވެސް ތިބޭނީ ފަތްވިއްކާމީހުން ނުވަތަ ބޯމީހުން. މިސްކިތްތައްވެސް މިހިރަވެގެންދަނީ ޕާޓޭންގެ ޖަގަހަތަކަށް. މާތްﷲ މިޤައުމު މިވަބާއިން ސަލާމާތްކުރައްވާށި! އާމީން

  10. ހޭޅި‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ބަލަ ޝަރޫ އަދި ރުޅިނާދެ ބަލަ. ނިކަން ބަލާނދެ ފޮޓޯގަ އެތިބަ ކުދިންވެސް. އެތިބީ އަމިއްލަޔަށް ކުކުޅު ހަދާލަން ވިއްޔާ. ކިހާ މުރާލި. ގައިމު އެތަނުން ސޮރަކާ އިދެފިއްޔާ މަންޖެމެންނަށް ބަދިގެޔަށް ވައިވެސް އެޅެން ނުޖެހޭނެ.

  11. އަކޭ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ކޮންތާކު؟ ގައިމުވެސް ތައުލީމީ ދާއިރާގައި މިރަށު އަންހެން ކުދީންނަކަށް ފިރިހެން ކުދީނެއް ބައްޔެއް ނުކޮށްލެވޭ! އޯލެވެލް ގަދަ ދިހައެއްގެ ތާރީޚަށް ބަލާލިއަސް މިކަން ރަނގަޅަށް އެނގިގެން ހިނގައިދާނެ. އެންމެފަހުން އިއުލާން ކުރެވުނު ލިސްޓްގައި 5 ފިރިހެން ކުދީން ތިބިއިރު، ތިބީ އެންމެ ދެ އަންހެން ކުދީން! އޭލެވެލްގައިވެސް ކުލަ ގަދަ ކާމިޔާބީ ހޯދަނީ ހަމަ ފިރިހެން ކުދީން! ނިމިގެން ދިޔަ ދެ އަހަރުވެސް ގައިމު ފިރިހެންކުއްޖަކު އެންމެ މޮޅު ނަތީޖާ ނެރެފަ އޮތީ! ދެން މިރަށުގައި ގޯސް، ނުކިޔަވާ ފިރިހެން ކުދީން ނޫޅެޔެކޭ ނޫން މި ބުނަނީ… މަންޖެ ރަނގަޅަށް ހޯދައި ބެލި ނަމަ މިރަށުން ވެސް ރަނގަޅު ކުދީން ފެނުނީސް. ދެން ރަށަކު ކެނައަކާއި ލޯބިވެގެން އިނުމަކީ މައްސަލައެއް ނޫން. ކޮންމެހެން އަހަރެމެންނަށް އެކަމަކުގެ ރޯޅި ނުބާލާ..

  12. އައްޑަގުޑާރު‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    މިހީވަނީ އަހަރުމެން ރުޅިއަރުވަން ލިޔެފަ އޮތް އެއްޗެއް ހެން. މިރަށުން ރަނގަޅު ފިރިހެން ކުއްޖަކު ހޯދުން، މާވަހަރެއް ހޯދުމާ އެއްވަރު ކުރީމަ ހީވަނީ ހައެއްކަ މީހުން ނޫނީ ދެންތިބީ ޑްރަގްނަގާ މީހުންހެން. ވަޒީފާތަކަށް މިހާރުވެސް އޭލެވެލުން ރަނގަޅު ނަތީޖާ ލިބިފައިވާ ކުދީން އެދޭ. އަންހެން ކުދީން ގިނަވަނީ އޯލެވެލް ހެދުމަށްފަހު ހުސްކޮށްތިބޭ އަންހެން ކުދީން ނިސްބަތުން ގިނަވީމަ. އޮފީސްތަކުގައިވެސް ހަމަ ފިރިހެން ކުދީން މަދެކޭ ބުނެވޭނެ ޖާގައެއް އޮތް ހެނެއް ހިޔެއް ނުވޭ. އެހެނެއްނޫން، ޓީޗަރުންގެ ގޮތުގަޔާ ނަރުހުންގެ ގޮތުގައި އަންހެން ކުދީން ގިނަވެދާނެ. އަންހެން ކުދީންހެން ރަށުގެ ހުރިހާ ފިރިހެނުންނަކީ ކޮންމެހެން ރަށުގައި ވަޒީފާ އަދާ ކުރާ ބައެއް ނޫން ކަންނޭނގެ. މާލޭގައި އަދި ރަށުން ބޭރުގައި ވަޒީފާގައި އުޅޭ މިރަށު ކުދީންނެއްވެސް މަދެއް ނޫން. އެހެނެއް ނޫން މިފަހަކަށް އައިސް ސްކޫލު ނިންމާކުދީންގެ ތެރޭން ތައުލީމީ ގޮތުން ރަނގަޅު ކުދީންގެ ނިސްބަތް ދަށް ކަމަށް މަވެސް އެއްބަސް، އެކަމަކު، މާލޭގަޔާއި، ރާއްޖޭން ބޭރުގައި ތަޢުލީމު ޙާސިލު ކުރާ ކުދީންވެސް މިހާރު އެދަނީ ގިނަވަމުން. ދެން، ރަށުން ބޭރު މީހުނާ މެރީ ކުރުން، އެއީ ދެން ކޮންމެހެން ތިބުނާ ބަގައެއް މަތިވަރެއް ހުސްވެގެންނެއް ވާކަމެއް ނޫން ކަންނޭނގެ.

  13. ޝަރޫ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ސަރަ، ނިއުޝާދު ވަރަށް ބޮޑަށް ޝުކުރިއްޔާ.
    ނިއުޝާދުއަށް ބުނެލަން އޮތީ “މަޅީގައި” ޖެހެނީ، ހަމަ ރަނގަޅު، ސަޅިކަމެއް ހުރެގެންނޭ. މީހުނާ އިނދެގެން އުޅޭ މީހުންގެ ވާހަކަ ދެން ނުދައްކާ. ވަޒީފާގައި ވެސް ނިސްބަތުން ގިނައީ ހަމަ އަންހެން ކުދިން. ފިރިހެން ކުދިންނަށްވީމަ، ކިޔެވުމަށް އިސްކަން ނުދެވުން ޒަމާނުގެ ބޮލުގައި ނާޅުވާ.

    ހޭޅި އަށް ބުނެލަން އޮތީ އ ކުކުޅު ރޯފިލުވާނީ އަންހެން ކުއްޖެކޭ. އޭނަޔަށް ބަދިގެއަށް ނުވަދެވުނިއްޔާ ފިރިހެން ކުއްޖާ ހުންނާނީ ބަނޑަށޭ.

  14. ފާތުން‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ޝަރޫގެ ވާހަކަތަކަށް މަށަށް ބޮޑަށް ތާއީދު ކުރެވެނީ. އަހަންނަކަށް ހިތް ކިޔާ ކަހަލަ ކުއްޖެއް މިރަށުން އަދިވެސް މިއުޅެނީ ނުފެނިގެން. ހިތުއަޅައިގެން އުޅުނު ކުއްޖަގެ ބިޓެއް ހުންނަކަން އެނގުނީ އިހަށްދުވަހު. އެދޭތެރެއަށް ވަންނާކަށް މަށެއްވެސް ބޭނުމެއް ނޫން. މިހާރު ހަމަ މިބަލަނީ އެހެން ކުއްޖެއް ފެނޭތޯ. ދެން ކަލޯމެން ބުނެބަލަ. މިރަށުން މީހަކު ނުހޯދާ ރަށުން ބޭރު ކެނައިންނާ އެވަރަށް މިރަށުކުދިން އެއިންނަނީ ކީއްވެތަ؟ ތިމީހުންނަށްވެސް ފެންނާނެ. މަދެއް ކޮށެއްނޫން ތިބުނާ ކެނައިންނާ އިނދެގެން އެދަނީކީ. ގައިމު ސަބަބެއް ނެތިއެއް އެހެނެއް ނުވާންނުން.

  15. ނިއުޝާދު‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ތިބުނާ ސަޅި ކަމަކީ ބޭރު ފުށުގެ ސިފަޔާ ދައްކާ ދަޅަ. ޔޫސެޓް ހިފައިގެން ނިކުންނަ އަންހެން ކުދިން، ފިރިހެން ކުދިންނަށްވުރެ މިހާރުވެސް މާގިނަ. އެމިހުން ދެންމިޖެހެނީ ބީރައްޓެހި ސޮރަކާވިޔަސް އިންނަން. އެސޮރު ކުކުޅެއް ގަނެގެން އެކޮށާ ތެއްޔަށް އަޅާ އުނދުން ރޯކޮށްދިނީމަ އެ ރޯފިލުވައިގެން ނެރޭ އިރު އަނގަޔަށް ލާން ނުކެރޭ. މި މިވާވަރަކީ

  16. ރޯމިއޯ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    މަވަރަށް ޖޭވޭ ޝަރޫ ތިހެން ކީމަ. އަޅެ ޝަރޫ ޕްލީޒް ބުނެދީބަލަ ދެން އަހަރެމެން ހަދަންވީގޮތެއް. ކިހިނެއްތަ މަތިވަރު ރަނގަޅުކުރަންހަދަންވީ؟ ޝަރޫމެންދެން ކިޔަވާގެންތިބި ރަނގަޅު ކުދިން އަހަރެމެން ހޭލުންތެރިކުރަން ތަންކޮޅެއް ގިނައިން ލިޔޭ އިނގޭ.

  17. ރޯމިއޯ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    އޭ ލިމޭ މިތާ އަވަގުރާނު ނިކިޔާ އެކަކުވެސް. މަޖަލެއް ވެސް ނޫން އެހެން ހެދީމަކާ. އަނެއްކާ އެޑްމިނުން ކޮމެންޓު ކުރާ މީހުންނަށް ދީފަ މި އޮތް މިނިވަންކަން ނަގާފާނެ ތިހެން ހަދަނިކޮން. މިހާރު ހަމަ ވަރަށް ފްރީކޮށް އަހަރެމެން ބޭނުން ހުރިހާ އެއްޗއް ލިޔުނީމަ ވަގުތުން ފެންނަގޮތަށް ހަދައިދީފަ އެހެރީ. ތިކަހަލަ ކަންތައް ކުރަންޏާ އެންމެންނަށް ވެސް ގެއްލުންވާނީ

  18. ކުޅުދުއްފުށި އަންހެންކުއްޖެއް‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ހޫނ ހޫން. ނިކަން ބަލާބަލަ ހދ އޭއީސީ އަށް.. އޮފީހުގަވެސް އެއުޅެނީ އެންމެ ސެކެޓެރީ ސޮރެއް! އާކޭމެން ހޭޅިމެން ނިކަން ކެރިގެން އޮފީސްތަކުގައި ހަރަކާތް ތެރިވެބަލަ…. ސްޕޯރޓްސް ސްޕަވައިޒަރަކީވެސް އަންހެނެއް.. ލަދެއްނުގަނޭދޯ ކަލެމެން…

  19. މުޙައްމަދު އިސްމާއިލް‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    މި ލިޔުމުގެ މަފްހޫމް ރަނގަޅު. އެހެންނަމަވެސް ދަންނަވާލަން ބޭނުންވަނީ، ކުޅުދުއްފުށިން އަދި ރަނގަޅު ފިރިހެން ކުދިން ހުސްވާން ކައިރި ވެސް ނުވާ ވާހަކަ. އެހެނަސް، ރަށުގެ ފިރިހެން ކުދިން ތެދު މަގުން ކަސިޔާރު ވަމުންދާކަމީ އަޅުގަނޑުމެން އެންމެން ގަބޫލުކުރަންޖެހޭ ހަޤީޤަތެއް. ކޮމެންޓް ކުރުމުގައި ހުތުރު ބަސް ބޭނުން ނުކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. މިހާރު ވަރަށް އުފެއްދުންތެރި ހިޔާލުތައް ވެސް ފެންނަމުން އެބަދޭ.

  20. ކަށީގެ ޑޮކްޓަރު‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    ރަށަކު ސޮރަކު އައިނެއް އަޅާލާފައި ފަހުގެ ޓީޝާޓެއް ލާގެން ރިސޯޓެއްގެ ފާހާނަ ސާފްކުރަން އުޅިފައި ކުޅުދުއްފުއްޓަށް އައިސް ކުއްޖަކާ ސްޓޯރީ ޖައްސާލީމަ، މި ކުދިންނަށް ހީވަނީ އެއީ ދިރިއުޅުމާމެދު ސީރިއަސް ހަގީގީ ލޯބިވާ ސޮރެކޭ. ވީއިރު އެސޮރަކީ ރަށުގައި ކިހިނެއް އުޅޭ ސޮރެއް ކަމެއްވެސް ނޭގޭނެ. އެކަމަކު އެނގުނަސް ކިޔެއް ކުރާނީ. އޭރު ހުންނާނީ ވަކިނުވެވޭ ވަރަށް ލޯބިވެފައި. ހަދާން ބަހައްޓާތި، ކުޅުދުއްފުށި މަންޖެއަކާ ރަށަކު އެކަހަލަ ސޮރަކު ދެން ވައި އެޅިލިޔަސް، ފްލެކްސިބަލް ކޮއްލާނަން.

  21. ސޮބީހާ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    އަސްލު ކުޅުދުއްފުށި ގަ ވެސް ހަމަ ރަނގަޅު ކުދިން އެބަ ތިބި .

  22. މީމު ޢައިނު‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    މަ ބުނަން. ލިޔުންތެރިން ލިޔާއިރު ބައެއްފަހަރަށް ކަން އޮންނަ ވަރަށް ވުރެ ބޮޑުކޮށްލަނީ މީހުންގެ ހިތް ދަމައިގަންނަން. ކޮންމެޔަކަސް ކަމުދާ ލިޔުމެއް. ތަންކޮޅެއް ބޮޑުކޮށްލެވިފަ އޮތީ. ލިޔުންތެރިޔާ މަސައްކަތް ކޮށްފަ އެ އޮތީ ، މަށައް ހީވަނީ، މި ޑްރަގްގެ ވަބާގެ ވާހަކަ ތަންކޮޅެއް ލުއިކޮށް ގެނެސްދޭންހެން. އަދި ކުޅުދުއްފުށީ މީހުންނަށް އިންނާނެމީހުން ހުސްވެގެން އުޅޭކަށް ނުޖެހޭ ހެން ހީވަނީ. އެކަމަކު މިވަރުން ދަންޏާ އެދުވަސްވަސް ދުރެއް ނުވާނެ.

  23. ހިނިތޮރުފާ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    އަސްލުވާގޮތް ބުނެދެންތަ ރަށުންބޭރު ފިރިހެން ކުދިންނާއިންނަނީ އެސޮރުމެންފަރާތުން އެޑްވާންޓޭޖުނަގަން މިހެންމިބުނީ ހަގީގަތުގައިވެސް ރަށުންބޭރު ފިހެކުދިން މިއަހެންކުދިންބުނިހާގޮތެއްހެދިގެން (އަބިދަށުވެގެން)ތިބޭނެކަން އެގޭތީ މިއީއަހުރެން ލޮލުންދެކެ އަތުންހިފާފައިވާކަމެއް އަދިބުނަންތަ ރަށުންބޭރު މައިދާތަ ވަރައްހެޔޮވާނެ އެދާއިތަގެ ޅިދުގެކަށިތައް ބިދޭއްދެން، ކޮންމެވަގުތަކު ކައްކާފަކާންދޭނެ އަދި ދެކެއުންދޭތެރޭ ނޫޑުލިސް ސޫޕުދޭނެ އަދި އެރަށެގައި ހުރިނަމަހުރިހާ މޭވާއެއް ވަގައްވިއަސްގެނެސްދޭނެ އަދި މިވަރުންފުދުނީކީއެއްނޫނޭ ކިތައްމެރިރަކުނިދިޔަސް ޗުއްޕުވެސްނުބުނާނެ، އެކަންއެގޭނެ ރަށައްއަންނައިރު ގިނަފަހަރު މައްޗައްބަހައްޓާނެކޮޅޭއް ވަކިނުވާނެ. ހަމައެއާއެކު އަހެންކުދިންނަށް ބުނެލަންބޭނުންވަނީ މީހަކާއި ނީނަސް ޕާޓޭއަކާއި ނީންނާތި އަމްދުން ރައްޓެހިވެސްނުވާތި، ދެއަންބައްއިނަސް. އޯކޭ

  24. ދޮންކަލޯ‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    މަ މިވަދެލީ މިރަށުން ރަނގަޅު ފިރިހެން ކުއްޖަކު އެބަ ހޯދައޭ ކިޔާ އަޑަށް،
    މަވެސް މިހިރި އަދި ހުސްކޮށް. އުމުރު ފަންސަވީހުން މަތި،
    ހަމަ ރަނގަޅަށް ކިޔަވައިގެން ސަރުކާރު އޮފީހެއްގަ ފުދޭވަރެއްގެ ދުވަސްކޮޅެއް ވެއްޖެ،
    ހިތުލައިގެން އުޅުނު ކުއްޖާ އިހަކަށް ދުވަހަކު ބީރައްޓެއްސަކާ މެރީ ކޮށްފި،
    މިރަށުން ހަމަ ރަނގަޅު އަންހެން ކުއްޖަކު ބޭނުންވެފަ،
    ބައެއް ކޮމެންޓް ކިޔާލައިފިން، ލިޔުމުގަ އޮތް އެއްޗެއް އަދި ކިޔައެއް ނުލަން،
    ވަގުތެއް ވީ އިރަކުން ކިޔާލާފަ މަށަށް ފެންނަ އެއްޗެއްވެސް ބުނެލާނަން،
    ޝުކުރިއްޔާ!

  25. ނޯ ހާޑް ފީލިންގްސް‮ ‬ވިދާޅުވީ


    ތާރީޚް:28/01/2009

    2000ވަނަ އަހަރު ޓޮޕްޓެންގައި ހިމެނުނީ ފިރިހެން ކުއްޖެއް، 2001ވަނަ އަހަރު އަންހެން ކުއްޖެއް، އަދި 2002ވަނަ އަހަރުވެސް އަންހެން ކުއްޖެއް، 2003ގެ ގޮތެއް އަޅުގަނޑަކަށް ނޭނގޭ، ނަމަވެސް 2004ވަނަ އަހަރު 2 އަންހެން ކުދިން، 2005ގައި 3 ފިރިހެން ކުދިން، 2006ގައި 3 ފިރިހެން ކުދިންނާ 1 އަންހެން ކުއްޖެއް، 2007ގައި 5ފިރިހެން ކުދިންނާއި 2 އަންހެން ކުދިން އަދި 2008 ވަނަ އަހަރު ލަފާ ކުރެވޭ ގޮތުގައި 1 ފިރިހެން ކުއްޖަކާއި 5 އަންހެން ކުދިން……

    އެހެންކަމުން ޖަލާލުއްދީން ސްކޫލުން ޓޮޕްޓެންގައި ހިމެނުނު ފިރިހެން ކުދިންގެ އަދަދު 13 އަދި އަންހެން ކުދިންގެ އަދަދު 12….އެހެންކަމުން ބުނެވޭކަށް ނެތް އޯލެވެލް ނަތީޖާ އޯވަރު އޯލްކޮށް ރަނގަޅީ އަންހެން ކުދިންނެކޭ…ލީޑްގަ އޮތީ ބޯއީޒް އަދިވެސް…ބަލަން ތިބޭތި، މި 2009 ވަނަ އަހަރު އޯލެވެލް ހަދާ ބެޗުން އިރާދަކުރެއްވިއްޔާ އެ ލީޑް ފުޅާ ކުރާނެ….

    ދެން އޮތީ އޭލެވެލް ރެޒަލްޓް…މަޝަށް ހަމަ ޔަގީނުންވެސް ބުނަން ކެރިދާނެ އޭގަވެސް ޓޮޕްޓެން އަށް އެރި ފިރިހެން ކުދިންގެ އަދަދު މާ ގިނަވާނެކަން…

    ނޯ ހާޑް ފީލިންގްސް ޕުލީޒް

  26. ބެއްޔަ ހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    މި އާރޓިކަލަކަށް މުޅިން އެއްބަހެއް ނުވެވޭނެ، މިސާލަކަށް އޮފީސްތަކުގަ ފިރިހެންކުދިން މަދުވަނީ ކުރިމަތި ނުލާތީއެއްނުން.. ރަނގަޅު ފިރިހެން ކުދިން ތިއްބަ ނަގަނީ އަންހެން ކުދިން… ސަބަބަކީ މުވައްޒަފުންނަށް ލިބެންޖެހޭ ހައްގެ ހޯދުމަށްވެސް ވެރިންނަށް ޕުރެސަރު ކުރަން ކެރޭބަޔަކީ ފިރިހެނުން، އަންހެނަކަށް އެވަރުގެ ގަޓެއް ލިބިފަ ނުހުންނާނެކަން އެނގޭތީ ވެރިން ގަސްތުގަ ކުރާކަމެއް އެއީ… މިސާލަކަށް މިދިޔަ އަހަރު ފަހު ކޮޅު އަފީފުއްދީނުން އިއުލާން ކޮށްގެން ނެގި ވޮޗަރާއި މެސެންޖަރަކީ އިންޓަވިއު އިން މާ މަތީ ޕޮއިންޓް ހޯދާފަ ތިއްބާ ނެގިދެމިހުންކަން ސަތޭކަ ޕަސެންޓް ޔަގީން ކުރަން… މިހެން ވާހާ ދުވަހަކު މިރަށަކުން ރަނގަޅު މީހަކު ނުފެންނާނެ، އެކަމަކު މާލޭގަ ފޮރިން މިނިސްޓްރީ ފަދަ ތަންތަނުގަ މިރަށު ފިރިހެން ކުދިން އެބައުޅޭ… ކުޅުއްދުފުށި ފިހާރަ އެއްގަ މަސައްކަތް ކޮށްގެން ލިބޭ 1000 ރުފިޔާ އކަށް ބޯ ހުރި ފިރިހެނަކު ނުދާނެ.. އެއަށްވުރެއް ރަނގަޅު ސިކަންދަރު ހުސްކުރަން ދިޔަސް ނޫނީ އެޅިގާ އެޅިޔަސް، މިހާރު ވެސް ކަމުދާ ފިރިހެނަކަށް ވުރެއްމަދުވާނީ ވެސް ހަމަ އަންހެނުން،، ސަބަބަކީ ބުރުގާ އަޅަނީ ވެސް ބައެއްމީހުން ދެއްކެން.. އެހާމެ ކާފަރު، ބަޑިކަމުން އިންތިހާ، ނަރަކާގަ ވެސް ގިނަވާނީ އަންހެނުންކަން މިއާޓިކަލް ލިޔުން މީހާ ދެނެއެއް ނުލައްވަމުތޯ… ރަށުން ނުފެނުނަސް މިރަށު ފިރިހެނުން މުޅި ރާއްޖޭގަ އެބަތިބި ހަރުދަނާކޮށް، ބޭރުގަ ކިޔަވަންވެސް އެބަތިބި، މި ސައިޓްގެ މޭސްތިރިންވެސް އެއީ ފިރިހެނުން…. މީ މާކާ ބޮޑު ދިރާސާއެއްނުކޮށް ލިޔެފަ އޮތް އެއްވެސް ބުރަދަނެއްނެތް އާޓިކައްލެއް.. ކަނބުލޯ މަވެސް މީ މާލޭގަ މަސައްކަތްކުރާ ކުޅުދުއްފުށީ މީހެއް..

  27. ބެއްޔަ ހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    މަތީގައިވާ ކޮމެންޓްގެ ކުށެއްގެ އިސްލާހު….މިސާލަކަށް މިދިޔަ އަހަރު ފަހު ކޮޅު އަފީފުއްދީނުން އިއުލާން ކޮށްގެން ނެގި ވޮޗަރާއި މެސެންޖަރަކީ އިންޓަވިއު އިން މާ މަތީ ޕޮއިންޓް ހޯދާފަ(އެހެން ދެމީހަކު) ތިއްބާ ނެގިދެމިހުންކަން ސަތޭކަ ޕަސެންޓް ޔަގީން ކުރަން

  28. ޝަރޫ‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ނޯ ހާޑް ފީލިންގްސްއަށް:
    2008ވަނަ އަހަރު ލަފާ ކުރެވޭ ގޮތުގައި 1 ފިރިހެން ކުއްޖަކާއި 5 އަންހެން ކުދިން… ނުރަސްމީކޮށް ލިބިފައިވާ،އެކަމަކު ވަރަށް ޔަގީން މަޢުލޫމާތުގެ އަލީގައި މި ދަންނަވަނީ 2008 ގައި ޓޮޕްޓެންގެ ފަސްޓް ޕްލޭސްގައިވެސް އޮތީ، ދެ އަންހެން ކުދިން. “ނޯ ހާޑް ފީލިންގްސް” އަށް ވެސް ޖިންސްގެ ތަފާތަށް ބަދަލެއް އެބަ އަންނަކަން އެނގިއްޖެކަން ޔަގީން.
    ހަދިޔަދައިތައަށް:
    ދައިތާ ހާސްނުވޭ. އަންހެންކުދިން ޔަގީނުންވެސް ކިޔަވާނެ.
    ހިނިތޮރުފާ:
    “ރަށުންބޭރު ފިހެކުދިން މިއަހެންކުދިންބުނިހާގޮތެއްހެދިގެން.” ތިޔަ ބުނުއްވަނީ ރަނގަޅަށް، ރަށު ފިރިހެންކުދިންނަށް ހީވަނީ، އަނބިމީހާ ބުނިގޮތަކަށް ކަމެއް ކޮށްފިއްޔާ، އަނބިދަށުވިއްޔޭ!
    ކަށީގެ ޑޮކްތަރު:
    “… ސޮރަކު ދެން އެޅިލިޔަސް، ފްލެކްސިބަލް ކޮއްލާނަން.” މިއީ، ވިސްނުން މިހުންނަ ފެންވަރަކީ ދެއްތޯ؟ ބުއްދިއަށްވުރެ، އަތް އިސްކުރުން އެއީ، ފިރިހެނުންގެ ފަހުގެ ސްޓައިލެއް ނޫން.

  29. އަޙްމަދު ޢަލީ (ކޮކީ)‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    އަޅުގަނޑު ބުނެލަން އޮތީ، ޒުވާބުނުކޮށް ވިސްނާލަ ބަލާށޭ. އޯލެވެލް އިން ފާސްވިޔަސް މި ބުނީ، އެންމެ ދަށްވެގެން 3 ސީފާސް ގަނޑު ލިބުނަސް އެބަ އޮވޭ ކިޔެވުމުގެ ޗާންސް. އެކަމަކުވެސް އޭގެ ބޭނުމެއް ނުހިފާ. ކިޔެއްވާނީ ބަފޯގާތު ރޮއެގެން މާލެގޮސް އޭ.ބީ.އީ ހެދިއްޔާ! އޭލެވެލް ނިންމާފަ ދެން ސްކޮލަޝިޕެއް ހޯދާކަށް އެޕްލައި ނުކުރާތާ،ކޮލެޖަށް ވަންނަން ފޯމުގަނޑެއް ފުރަނިއްޔެއް ނޫން.

    ޕްރޮފެޝަނަލް ތަމްރީނެއް ހޯދައިގެން ވަޒީފާޔަށް އައިމަ، ގައިމު ލިބޭއެއްޗެއް ރަގަޅުވާނެ.އަންހެން /ފިރިހެން ދެ ވައްތަރުގެ ވެސް ހާލުހުރީ ދާދި އެއް ފާޑަކަށް

  30. ހުސްވީ މަތިވަރު‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    މަތިވަރު އަދި ހުހެއް ނުވޭ. ދޫންޏާ! މަ މީ އައްޑޫ ބޮޑުކާއްޓެއް. ފެން ފޮދު މާމުޔަށްވުރެ ފޮނިވާނެ. އުމުރުން ސާޅީސް. އިންނާނެ ކުއްޖަކު ބޭނުން! ޝަރޫ، ތިޔަބުނާހާ ރަނގަޅުކުދިން އުޅޭއިރުވެސް މިޖެހެނީ އިޝްތިހާރުވާން!

    މަތިވަރު ހުސްވެ ރުކުގައި ހުހިޖަހަން ފެށީމަ، ރުއް ސާފުކޮށްލާ، އަކިރި އަޅާލީމަ އިހާ ގަންނަން ފަށާފާނެ. ޝަރޫ. އިހައް ރޭ އެ ސާފުކޮށްލީ، ހުހިތައް.

  31. ދޫނި‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ޝަރޫ އަށް މާޒީގަ މިރަށު ފިރިހެން ކުއްޖެއްގެ ފަރާތުން ބޮނޑި އެއް ލިބިގެން ހިތުގަ އޮތް ހަސަދަ ބޭރު ކޮއްލާފަ މިއޮތީ… މިރަށު ކުދިން ގޯހެއްނޫން..

  32. ދިވެހި ސޯ‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ކުދިންނޭ ބުނަންތަ ވާހަކައެއް؟ ބައެއްކުދިންނަށް މި އާޓިކަލް ކިޔާފަ މި ހީވަނީ މިއީ އަންހެންކުދިންނާ ފިރިހެންކުދިން އަޅާބަލަން ލިޔެފަ އޮތް އެއްޗެކޭ. އެހެނެއް ނޫން ކުދީނޭ. މި ހަމަ މިހާރުގެ ޒުވާން ފިރިހެންކުދިން ހޭލައްވާލަން ވެގެން އަންހެންކުއްޖަކު ކޮށްލާފަ އޮތް ރަނގަޅު މަސައްކަތެއް. މި ލިޔުން ޒާތީކޮން ނުނަގާ މިއިން އިބުރަތެއް ލިބިގަނެވޭތޯ ބަލާ ކުދިންނޭ. ދިހަ މާރކްސް

  33. ނޯ ހާޑް ފީލިންގްސް‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ޝަރޫއަށް އަޅުގަނޑު ބުނެލާނީ އަދި އެންމެ އަހަރަކު އަންހެން ކުދިންނަށް ކުރި ލިބުނަކަސް އެއީ އަދި ކަން އޮތްގޮތް ބަދަލުވީ އެއް ނޫން…ކިޔެވުމަށް މޮޅީވެސް ފިރިހެން ކުދިން…މިހާތަނަށް އޯލެވެލްގައި އިންގްލިޝް އިން އޭ ސްޓާރ ގެނެސްފައި އޮތީވެސް 2 ފިރިހެން ކުދިން…އެ ރިކޯޑް އަދި ވައްޓައެއް ނުލެވޭ އަންހެން ކުއްޖަކަށް…ވައްޓާނުލެވޭނެ އެކޭ ނޫން…އެކަންވެސް ކުރެވޭނެ ހިތްވަރު ހުރިއްޔާ

    ދެން މި އަހަރު މޮޅުވަނީ ކޮން ބައެއްތޯ ބަލައިފަ ކޮމެންޓެއް ދިނިއްޔާ އަންހެން ކުދިން އެބަ ކުރިއަރާކަން މަވެސް ގަބޫލް ކުރާނަން….ތެންކްސް

  34. ބެއްޔަ ހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ނޯ ހާޑް ފީލިންގްސް އަށް މަ ސަޕޯޓް ކުރަން… ރަށުން މިހާރު ވެސް މައްޗަށް ކިޔަވާފަ ތިބީވެސް އަދި ކިޔަވަނީވެސް ފިރިހެން ކުދިން، މިސާލަކަށް މުހައްމަދު އުމަރު(ކޮލެޖުގަ އެޗްޑީ އުމަރު)، އިބްރާހިމް ހަސަން ޑަކްޓަރަކަށް ވަނީ އެޔޮށް، ބަދުރޭމެން ހަބޭހަށް ކިޔަވާ އެބަ… ޑިގްރީ ހޯލްޑަރުންވެސް ގިނައީ ރަށުގަ ފިރިހެން… މި ލިޔުމަށް ކޮންމެޓް ނުކުރިޔަސް މާރަގަޅުވާނެ.. މީގަ މާކަ އޮށްޓަރެއްނެތް، ސަބަބަކީ ރަނގަޅުދިރާސާ އެއްނުކޮށް މި އާޓިކަލް ލިޔުނީމަ، އެއްވެސް ބުރަދަނެއް ނެތް ވާހަކަ އެއް މިއީ….

  35. ދޫނި‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    އަންހެން ކުދިން ކިޔަވަން ބޭނުންވިޔަސް ކިޔަވަން ފުރުސަތު ނުދޭކަންވެސް މިތާ ފާހަގަ ކޮއްލުން ރަގަޅުވާނެ…

  36. ހިނިތޮރުފާ‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ބުނަންތަރަގަޅުވާހަކައެއް ރަށުންބޭކުދިންނަކަށްނޭގޭނެ ނުވަތަވަރައްކުޑަކޮށްއެގޭނީ މިއަންހެންކުދިންގެ އުޅުމެއްނެއްކަން، އެހެންވީމައިންނަނީ އަދި ރަށުންބޭރު ފިރިހެންކުދިން ކުޅުދުއްފުށީގައި ދިރިއުޅުމުގެ ބޭނުވެސްއިންތިހާއައްއޮވޭ.

  37. ހަސަން ތުއްތު‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    އަސްތާ ކަނބުލޯ އާޝާ ތިހެން ނުބުނޭ ބޭބެމެން މިތިބީ، ހަމަޔަގީނުންވަސް ހުއްސެއް ނުވާނެ މިހާރުވެސް ހަމަ ގަދަޔަށް ދިޔަހެލޭ.ކަނބުލޮޔަށް ކެރިދާނެތަ ބޭބެޔާ އިންނަން، ހަމަޝަހާދެއްފަދަ ތެދެއް ހުއްސެށް ނުވާނެ.

  38. މަޖުބޫރު‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ޝަރޫ މިއޮތީ ރަގަޅު ޒުވާބެއް ފަށާފަ… އާޓިލް ލިޔެފަ ލިބޭ ފީޑްބެކް ބަލަން އިރުކޮޅަކު މަޑު ނުކޮއްލިކަން ވަރަށްދެރަ… މިހެންވަންޏާ މިކަން ޒާތީ ޒުވާބަކަށް ވެދާނެކަމަށް ފެނޭ…. މި އާޓިކަލް އަށް ލިބޭ ހިޔާލްތަކަށް ބަލާފަ ރައްދުދިނުމަށް އެހެން އާޓިކަލް އެއްލިޔަން ހިޔާކުރިނަމަ… އެއީ ވިސްނޭމީހުންނަކީ މިގޮތައް މީހުން ހިޔާލް ފާޅުކުރީމަ އޭގެ ރައްދު މިގޮތައްދޭ ބައެއްނޫން… އެއާހިލާފަށް އެމީހުންގެ ހިޔާލަށް އިހްތިރާމްކުރަންވާނެ…މިހާރު މިއޮތީ މިއާޓިކަލް ޝަރޫ ލިޔަންޖެހުނު މަގުސަދުވެސް ހާސިލް ނުވާ ކަހަލަ ފާޑަކަށް… އަސްލު މިލިޔުން ލިޔުމުގެ ކުރިން ރިސާރޗް ކޮއްލިނަމަ ސުރުހީއަކަށް އޮތީހީ “ކުޅުދުއްފުށިގެ ރަގަޅު ކުދިންތައް ކޮބައިތަ؟” މިހެން ކަންނޭގެ… އެއީ އަންހެން ކުދިންނާ އެއްވަރަށް ފިރިހެން ކުދިންވެސް މިހާރު މުޖުތަމައުގަ ހަރަކާތް ތެރިވޭ…. މި ދެޖިންސް ގައިވެސް ކަމުނުދާ ކުދިން އެބަތިބި ހަމަ… އެހެންކަމުން މިއީ ރަގަޅު ފިރިހެން ކުދިންނަށް ލިބުނު ބޭއިންސާފެއްގެ ގޮތުގައި ދެކެން… އަޅުގަނޑަކީވެސް އަންހެން ކުއްޖެއް.. ރައްޓެހިވެގެންވެސް އުޅެނީ މިރަށުކުއްޖަކާ… މިކުއްޖާ އާ ރައްޓެހިވުމުގެ ކުރިންވެސް ފަހުންވެސް ހަމަ ރަގަޅު ފިރިހެން ކުދިންވޭ… އެއްފަހަރުވެސް ބަލާބަލަ އަންހެން ކުދިންނަށް ރަގަޅު ފިރިހެން ކުދިން ނުވެގެން އުޅެނީ ކީއްވެގެންތޯ… ؟ އޭގެ ފަހަތުގައިވެސ ސަބަބު ތަކެއްވާނެކަން ހަމަ ޔަގީން… އެއްޗެކޭ ކިޔުމުގެ ކުރިން ކަމުގެ ދެކޮޅަށް އިންސާފުވެރި ކަމާއެކު ވިސްނުން ބުއްދިވެރި… ޝުކުރިއްޔާ!!!

  39. ކުމުންދޫ‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ކުޑަގޮތަކައް ކުޅުދުއްފުށީ ކޯޓުގެ ސްޓެޓިކްސައް ބަލާލިމަ ފާހަގަވަނީ ނިސްބަތުން ރަށުންބޭރުން ކައިވެނިތައް ރޫޅޭނިސްބަތް ގިނަކަންފާހަގަކުރެވޭ. މީގައި ހިނިތޮރުފާ ގެހިޔާލައް ތާއީދުކުރެވޭ، އަދި ވިސްނާލައްޖެހޭ ބައެއްނުގުތާތައް އެބަހުރި ރަށުންބޭރު ޅިޔަންނުން ދުވަހަކުވެސް ކުޅުދުއްފުށީ މީހެއްގެގޮތުގައި ބަލައިގެންފައި ނެއްކަށް، އަދި މިއީ އަޅުގަނޑު ރަށުންބޭރުފިރިއެއްގެ ހައިސިއްޔަތުން ބުނާއެއްޗެ. އަހުރެމެންގެ އެޑްވާންޓޭޖުހަމަނަގާ އެކަންގަބޫލުކުރައް. އަހުރެއްނާއި މިއިދެގެންއުލޭ ކުއްޖާހަމަކަންތަކުރަނީމިގޮތައް، ނަމަވެސް މިހާރުމިވަނީ ކުއްޖަކުލިބި މިއަނިޔާގަވެސްޖެހެވި ސަލާއްމަތް ވުމަށް ދަތިވާހިސާބައްގޮސްފައި. ރަށުންބޭރަސް މިހެންހަދާކައްނުވާނެއްނުން.

  40. ޝަރޫ‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ހަސަން ތުއްތުއަށް:
    ދިޔަހެލެންޏާ ރަނގަޅުވާނެ. ބުނެ އުޅޭ ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެޔޭ ދެއްތޯ؟ ތުއްތު އެކަން، ޢަމަލުން ދައްކަވާ! މިހުރިހާ ދުވަހު ކައިވެނި ނުކުރައްވާ ހުންނެވީ ކީއްވެތޯ؟ ކޮންމެ ފަހަރަކު ތުއްތަށް ނޫނެކޭ ބުނަނީ ކީއްވެތޯ؟

    މަޖުބޫރަށް:
    މަޖުބޫރުވެލައްވައިގެން މިއީ ޒުވާބެއްކަމަށް ނިންމެވިޔަސް ހަގީގަތުގައި އަޅުގަނޑު ނުދެކެން މީ ޒުވާބެއް ކަމަށް. ރަނގަޅު. ބަސްފޮތުގައި، “ޒުވާބު” މިބަހުގެ އެއް މާނައަކީ ޖަވާބު. މި ބަލަނީ ޖަވާބު ދެވޭތޯ. ހުރިހާ ކިއުންތެރިންގެ ޚިޔާލަށް އިޙްތިރާމްކުރަން. ޚިޔާލު ތަފާތުވުމުން މިގޮތަށް އަޅުގަނޑު މިދޭ ޖަވާބުގެ މާނައަކީ، “ގެރި ޒުވާބު” ކުރުމެއްނޫން. ދެން ދަންނަވަން އޮތީ މިކަހަލަ އިންޓަރެކްޓިވް، ސައިޓްތަކުގައި ލިޔުންތެރިޔާ ހަމަ ވަގުތުން ކުރާ ސުވާލަށް ޖަވާބުދެޔޭ. މަޖުބޫރު، ބްލޮގް ކިޔުއްވަމުތޯ؟ ކަރުދާހު ނޫސް، މަޖައްލާފަދަ ޕްރިންޓް މީޑިއާ ގައި މިކަން ތަފާތު ވާނެ. މިގޮތަށް ވާހަކަ ދައްކާއިރު ވާހަކަދެއްކޭނީ ޖުމްލަކޮށް، އެހެން ނޫންތޯ؟

    ކުމުންދޫއަށް:
    ކުޑަގޮތަކަށް ސްޓެޓިސްޓިކްސް ބެއްލެވީތީ ހިތާމަކުރަން. މިރަށުގެ ފިރރިހެނުންގެ ފަރާތުން އަންހެނުންނަށް ލިބޭ އަނިޔާ އާއި އޭގެ ބާވަތް އެނގިއްޖެ ނަމަ، ތިމަންނާއީ އިންސާނެއް ބާވައޭ ހިތަށް އަރާނެ. ނިކަން ރިޕޯޓްތަކާއި ތަފާސްހިސާބު ބޮޑުގޮތަކަށް ބައްލަވާ ލައްވާ!

    ކޮމެންޓްކުރެއްވި ހުރިހާ ފަރާތްތަކަށް:
    ޝުކުރިއްޔާ. ގަބޫލްކުރަންވީ ކަމެއް އޮތްގޮތް އެބަ ބަދަލުވާކަން. ބައެއް ކަންކަން ރަނގަޅަށް ބަދަލުކުރަން ޖެހޭކަން.

  41. އިބްރާހީމް ޝަރީފް‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    އަންހެންކުދިން ކުރިއަރަންޏާ އެކަން އެދަނީ ރަނގަޅަށް. ފިރިހެންކުދިން ފީކަޅާވަންޏާ އެދަނީ ގޯސްކޮށް. މިއީ އެއް ފުއްގަނޑަކުން މޮޑެފައި އޮތް ދެ ހެދިކާއޭ. ޖޯޑު ފުރިހަމަވާނީ ވަތުތަށި ތެރޭ ބޭންދީމާ. އެކަމަކު ވަތުތައްޓާނުލައި ޖޯޑުގައި ސައި ބޮވޭނެ. ހަމަ އެގޮތަށް ޖޯޑާއި ނުލައި ވަތުތަށީގެ ބޭނުންވެސް ހިފޭނެ. އެކަމަކު ފުރިހަމަވާނީ…..

    ތިޔަ ބުނީ ރަނގަޅަށް!!

  42. ސިކަންދަރުން މުދާބާލާ ކުދިން‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    އަހަރެމެންގެ ވާހަކަވެސް މިތާ މިހާރު ދައްކަން ފެށީދޯ. ވަރަށް އުފާވޭ އަސްލު ތި މީހުން އަހަރެމެންގެ ވާހަކަވެސް ދައްކާތީ. އެނެއްކާ ކީކޭތަ ތިކިޔަނީ އަހަރެމެންނޭ ކިޔައިގެން.
    ޝަރޫގެ ވާހަކަތަކަށް މުޅިން އަހަރެމެންނަށް އެއްބަސް ވެވޭކަށް ނެތް. ރަނގަޅު އިތްފަތްތެރި އަންހެން ކުދިން ކޮބާހޭ ކިޔާފަވެސް އާޓިކަލް ލިޔަންވީނު. އޭގެ އިތްފަތްތެރި އަންހެންކުއްޖެއް ހޯދުންވެސް ވާނެ މާވަހަރެއް ހޯދުން ވަރުގެ ކަމަކަށް. މިބުނަނީކީ އަނެއްކާ މިރަށުގެ އިތްފަތްތެރި އަންހެންވެރިންނަށް ބަދު ބަހެއް އިހާނެތި ބަހެއްނޫން.
    މިރަށުގަ ރަނގަޅު ކުއްޖެއް ނެތިގެން ކިތައް ފިރިހެނުން ތޯ ރަށުން ބޭރުން އިދެގެން ބިޓުން އެގެންނަނީ. މީގެ ސަބަބެއް ހޯދުންވެސް މުހިއްމު. ދެން އަދި އެއްވާހަކަ ބުނެލަން އެބައޮތް.
    ޝަރޫގެ ކިބައިގައި ލިޔުންތެރިކަމުގެ ހުނަރު އަދި މޮޅު ބަސްމޮށުންތެރިކަން އެބަހުރި. ކުރިން ޝަރޫގެ ލިޔުންތައް ނުފެންނަނީ ކީއްވެ؟ ދެން ކުރިޔަށް އޮތްތާ ގިނަ ގިނައިން ޝަރޫގެ ލިޔުން ފެންނާނެކަމަށް އުންމީދު ކުރަން. އަހަރެމެން އަދި މިހެން އަނގަތެޅިޔަކަސް ޝަރޫގެ ލިޔުންތައް މިތިބީ ކިޔާހިތުން. ދެން އަޅެ ބުނެބަލަ. ތިޔާ ކޮން ގޯއްޗެއްގެ ކުއްޖެއްތަ؟

  43. މަގޭ‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    މިހާރު ދެން ވަކިމީަކަސ ދޫކުރާމިހަކުނެތް. މުޅިންވެސް ހިހޫތަނުން ކާން އުޅޭމީހުން، އަންހެނވެސް ފިރިހެނވެސ ހަމ އެއްފަދަ. އެކުދިން ޖެހެނި މިހާރު ގެ ބައްޓަމަސް ކޮށާމަށާ ފަރުމާކުރަނ އެދޮނި ތަކުގެ ހުންގާނު ފަސޭހަ ވާނެ ގޮތަކަން ހިފަން ފަރިތަކުރަން. ތިބުނާ ހުރިހާ ފިރިހެނ ކުދިންވެސ އެބައުޅޭ އެކުދިން ހޮދަން އުދަގުވާނީ. ޒުވާނުން ތައް ކުރާނެކަމެއްނޭގިފާ މަގުތަކުގއްޔާއި އަށިތަކުގައި ބިއްޖެހިފައި ތިބޭތިވެ، އެގޮތަށްއއެކުދިންތައް ތިބެނީ ހޭނިފައި! ދިރިއުޅުން ނެގެނީ ވަރަށް އީޒީ ކަމެއްގެ ގޮތުގަ. ހަމަ މި ސަިޓް ގައި ތިރަށު ފިރިހެން ކުދިންނާއި ބެހޭ ގޮތުން ލިޔެފައިވާ މަޒްމޫނެއް މަގޭ ކީން އަދި އެވާހަކަ ދެތިން ކުއްޖެ ކަިރީ އެހިން ބުނީ އާނ! ހަމަ ތެދެކޯލަ، ރަގަޅު ކުދިންނެތިންޔޯލަ، އެމީހުން ނަށް މެރީ ކޮންލެވުނީމަ ނިމުނީ. އެކަމް އެއީ ބައެއްފިރިހެނ ކުދިންގެ ހިޔާލު ކަމަން އަހަރެނ ބުނީމެވެ.
    ޒުވާނުންތައް ކޮންމެވެސ ކަމަކަން ސައުގު ވރި ކުރުވަންވީއެވެ، ގިނަ ޒުވާނުން ތަކެއް މަސްތުވުމަށް އެޑިކްޓް ވަނީ އެވެ، ވަރުގަދަ ދަރުސް ތަކެއް ޒުވާނުން ނަން ހާއްސަ ކޮންގެންދެން ވަރަށްފެނޭ!
    މިހާރު މިފޯއްދޭން ރެޑީވާރުއްތަކުގެ މަތިވަރި ރަގަޅުވާނީވެސް މިއްދު އިންދާ އޮއްތަކުގެ މުޑުވަން ރަގަޅުވެގެން.
    މަގޭ އަށްވެސް ތިރަށުން ދައުވަތު އައެވެ، ހަމަ ބުނަނީ ސަރު ތިބުނާހެންނެވެ. ރަގަޅު ފިރިހެނުން ރަށުގާނެތްވާހަކައެވެ. އަހަރެނ ވަރަށްވެސ ވިސްނައިދިނިމެވެ، މަސައްކަތްކުރުމަށް ރަހުމަތްތެރިޔާއަށް ނަސޭހަްތެރިވީމެވެ. ތިމާ ރަގަޅު މީހަކު ބޭނުން ކަމުގ ވަނީނަމަ އިހަން ތިމާވެސް ރަގަޅުވާށެވެ. ައދަބުވެރިވާން ބޭނުން ނަމަ ކިޔަމަން ވާންދަސްކުރާށެވެ. އޭނާ އަށް އަޅާލާ އޯގާތެރި ވާށެވެ. މަގޭ ރަހްމަތްތެރިއާއަކީ ގޯސް ކުއްޖެއް ނޫނއވއ އެހެނަސް މަގޭ އޭނާއަށް ނަސޭހަތެއްދިނީއެވެ. އޭނާ އަކީވެސް ރީތި ހެޔޮ އަހްލާގެއްގެ ތައުލީމީ ކުއްޖެކެވެ. އޭނާގެ މަސައްކަތުން ފިރިހެނ ކުއްޖަކު ހިޔާރު ކޮށްފިއެވެ، އޭނާ އާއި އަޅާ ބަލާ އިރު އެ ބޯއީ އަޚީވެސް ރަގަޅު ކުއްޖެއްނޫނެވެ، އެ ކަމު އޭނާގެ މައިން ބަފައިންވެސް ގަބޫލުނުކުރާހާ ރަގަޅު ކުއްޖަކަށް މަގޭ ރަހްމަތްތެރިޔާ އޭނާބަދަލު ކޮށްލަިފިއެވެ. އޭނާ އަށް ދިން އަޅާލުމާ އޯގާތެރިކަމުގެ ސަބަބުންނެވެ. މިއަދު އެދެކުދިން އުޅެމުން އެދަނީ ނުލާހިކު އުފާވެރި ދިރިއުޅުމެކެވެ. ފިރިހެނުންވެސް ގޯސްވަނީ އަންހެނ ކުދިންވެސް ގޯސްވެގެންނެވެ. ލަގަން ވިއްކާނުލާކުރިންއަށްދިއުމުން އޯކޭވާނެއެވެ. މަގޭ އަށް ތިރަށުން އަންހެންބިޓުން ނުވީކީ ނޫނެވެ. އަދި އަހަރެން ބޭނުންވަނީ މީދާކޭ އުނބެއް ނަމަވެސް ރަށު އެއްޗެކެވެ. ނޫން ނަމަ ޖެހެނީ އަބަދު ވެސ ކަނޑު މަތި އުޅޭ ހާ އެވެ.

  44. ސިއްރުސިއްރުން‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    އާޓިކަލްއަށް ރައްދެއްދެނީއެއް ނޫނެވެ. އަޅުގަނޑަށް ދިމާވެފައިވާ ދެތިންކަމެއް ދަންނަވާލާނަމެވެ. އަޅުގަނޑަކީ ކުޅުދުއްފުއްޓަށް އުފަން ވަޒީފާއަދާކުރާ މީހަކާއިނދެފައިވާ ފިރިހެން ކުއްޖަކީމެވެ. ކުޅުދުއްފުށީގައި ކަމުދާ ފިރިހެންކުއްޖެއްނެތްކަމަށްބުނެ ރަށުން ބޭރުމީހަކާ ކައިވެނިކޮށް ދަރިއަކު ލިބި އެދަރި ބޮލުއަޅައިގެން ހަމަ މި ކުޅުދުއްފުށީގައިވެސް ދަންނަ ބައިވަރު އަންހެން ކުދިން (ނަންނުދެންނެވިޔަސް) އެބައުޅެއެވެ. އަވައްޓެރިންނެވެ. ތިމާގެމީހުންނެވެ. ދެރަވެސް ވެއެވެ. ގިނަ އަންހެން ކުދިންނަށް ރަށުންބޭރުން ރުކުމަޑިއެއް އެރިއަށް ހީވަނީ ކޮކާލެއް ހެންނެވެ. ކައިވެނީގެ ކުރިން އެއީ ވަރަށް މޮޅު ސިފައިންގެ މީހަކަށް ވެއެވެ. ޑައިވަރަކަށް ވެއެވެ. މިއުޒީޝަނަކަށްވެއެވެ. ކައިވެނީގެ ފަހުން އެއީ ކާކުކަންއެގޭއިރު ވައުތު ފާއިތުވަނީއެވެ.

  45. ހަސަން ތުއްތު‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    އަސްތާ ކަނބުލޯ ޝަރޫ، ތިޔަހެން ނުބުނޭ، ބޭބެ މީހަކާ ނީންނަ ހަނދާން ބޭބެވެސް ނުހުރޭ، އަބަދުވެސް މަދުވެގެން ތިން އޮޑި ދުއްވަން، ކަނބުލޮއަށް މަތިވްރު ރަނގަޅު ގޮލައެއް ނުފެނިގެން އުޅޭހެން ހީވާތި ބޭބެ ލަގޮޑިއަށް ކެތްނުވީ، ކަނބުލޮވެސް ދައްކަނީ މުޅިއަކުން ގޯސް ވާހަކައެއްނޫން

  46. އިބްރާހީމް ޝަރީފް‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    މަށަށް ވެސް މިހާރު،އެބަ ޝަރުޚީޒާއާއި އެއްބަސް ވެވޭ. ހަސަން ތުއްތު އެބުނަނީ، ” އަބަދުވެސް މަދުވެގެން ތިން އޮޑި ދުއްވާ” ކަމަށް. ތިޔަބޭފުޅުން މި ޖުމްލަޔަށް ނިކަން ފުންކޮށް ވިސްނަވާލެއްވުން އެދެން. މި ޖުމްލައިގައި އަންހެންކުއްޖާ އެއްފަދަ ކޮށްފައި އެވަނީ އަމިއްލަ މުދާގަނޑަކާ. ދިރުމެއް، އިހްސާސެއްނެތް އެއްޗަކާ.ބޭނުން ގޮތަކަށް ގެންގުޅެވޭ އެއްޗެއްގެ ގޮތުގައި އެޔޮތީ ސިފަ ކޮށްފައި. އަނެއްކާ އިތުރު “އޮޑިއެއް” ބޭނުންވީމާ ހިތް ނުފުރޭކަން އެބަ އެނގޭ

    މިއީ ފިރިހެނުންގެ ވިސްނުންކަމަށްވާނަމަ، އަހަރެން ޝަރޫއަށް ތާއީދުކޮށް 100 ދޭނަން. ޝަރޫ، ދޫންޏާ ކުރިޔަށް ގެންދޭ!

  47. ހިނިތޮރުފާ‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    އޭ ޝަރޫ އެޗެކޭބުނެލަންތަ ރަށުންބޭރު ކުދިންނާއި އިދެގެންދިޔަކކުދިން ދަރިއަކާވެ ވަރިކުރީމަ އައިސް ރަށުންއިނާނެ މީހަކުނުވެފައި އެތިބި ކިތައްކުދިންތޯބަލާލީމުތަ، އަދި އަންހެކުދިންގެ މައިންބަފައިން ރަށުންބޭރު ކުދިންނާއި އިނުމައް ދެކޮޅުހަދާ ސަބަބެއްވެސްއޮށްނާނެކަންގަބޫލު ކުރެވޭތޯ؟ “ޝަރޫ” ދެންރަގަޅު ހިޔާލެދެންތަ! ތިހެންވިއްޔާހިގާ ރަށުގައިތިބި ރަގަޅޫކުދިންނާ ދެއަންބައް އިނައްފަށައްވީނު؟ އަހުރެންމިހިރީ ތައްޔާރައް ކުޅުދުއްފުށީ އަހެންކުދިންނަ އެހީވާން. ހަމަގުޅާލަންޖެހޭނީ؟

  48. ހަސަން ތުއްތު‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    އިބްރާހިމް ޝަރީފޫ،އަޅެފަހެ ކޮއްކޮ އަށް ބޭބެމެން އޮޑިގެންގުޅޭގޮތް ނޭގެނީތަ، ބޭބެމެންގެ އޮޑިފަހަރުހާ ލޯބިން ގެންގުޅޭ އެއްޗެއް ނޯންނާނެ، ޝަރީފްމެން ކަހަލަ ޅަނދޮޅު ކުދިން ގެންގުޅޭ އެންމެ އަންބަކަށް ވުރެ ބޭބެ އެއްފަހަރާ ގެންގުޅޭ ހަތަރުއަނބިންވެސް އުޅޭނީ މާ އުފަލުގަ.

  49. ފަހަރިދައިތަ‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    މަށަށް ހީވަނީ ޝިރޫ އެ ދައްކާ ވާހަކައިގެ މައިގަނޑު ޕޮއިންޓަކީ، ކުޅުދުއްފުށީ ފިރިހެނުންނަކީ ޒަމާނުންސުރެ މުރާލިކަމަށް މަޝްހޫރު، ކަންކަމާ ކުރިމަތިލާން ކެރޭ ބައެކޭ. އެކަމަކު މިހާރުގެ ޒުވާންކުދިންގެ ކިބައިން މި ރީތި ސިފަތައް ނެތެމުން އެބަދެޔޭ. އެއީ ހަގީގަތުގަ ވެސް ވިސްނާލަން ރަނގަޅު ޕޮއިންޓެއްނޫންތަ؟ ދެން ޝިރޫ އަކީ އަންހެންކުއްޖަކަށްވާތީ އޭނާ ބޭނުންވާ ކަހަލަ ފިރިހެނެއްގަ ހުންނަންވާ ސިފަތައް ނެތެމުންދާކަމަށް ފާހަގަކުރެވިގެން އެކަމުގެ ކަންބޮޑުވުން އެ ފާޅުކުރީ. ކުރިން އުޅުނު ކަހަލަ މުރާލި އަންހެނުން ވެސް މަދުވާހެން އެބަ ހީވޭ. ކޮބާތަ ކުރިން އެތިބޭކަހަލަ މަތިހަށި ނަގާފަ ތެދަށް ތިބޭ ސިއްހަތުރަނގަޅު މުރާލި އަންހެނުންވެސް މިޒަމާނުގަ. އަންހެންކުދިން ވެސް މިހާރަކަށް އައިސް ތިބެނީ ފާޑެއްގެ ގޮންޏެއްލާފަ ބަލިވެފަ ގުނބުޓައިގަނެފަ، އަބަދު ނާސިގޮރެން ކަވައިގެންފަ. އެހެންވީމަ ދެ ޖިންސުން ވެސް ހަގީގީ ކުޅުދުއްފުށީވަންތަކަން ގެއްލިއްޖެ. ދެން އަނެއްކަ މިހެން ބުންޏަކަސް އެންމެނެއް ނޫން.

  50. ދޮން ކަލޯ‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    އަސްލު ހަގީގަތުގަ ރަގަޅު ފިރިހެން ކުދިން ވަރަށް ހިތުގަ ޖެހޭނެ މި އާޓިކަލް ކިޔާފަ!!! ރަށުގް އެބަ އުޅޭ ޕާޓޭ ސޮރުމެންވެސް!!!! ރަގަޅު ސޮރުމެންވެސް!!! މަތިވަރު އަދިހުހެއް ނުވޭ!!!! ބުނަން އުޅުން އެތި ހަނދާން ނެތިއްޖެ…….
    ދެން ބުނަން އޮތީ ފާތުން އަށް::
    އަހަރެން ވެސް ހިތް ކިޔާ ކުއްޖެއް ހުރޭ!! ހިތަށް އަރާ ތީ އެކުއްޖަބާއޭ!!! އެކުއްޖައަށް ވެސް ކިޔަނީ ފާތުން އެއް!!!

  51. ހިނިތޮރުފާ‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    އެބުނާހެން މިއާޓިކަލް ޕާޓޭންގަޑު ނުވެސްކިޔާނެ، އަމްދުން އެވެރިންނަކަށް ނެޓްގިނަފަހަނުވެސްލިބޭނެ. އަދި ކިޔަސް އެވެރިންގެ ސިކުޑިއަކަށް ނުވެސް ވަށްނާނެ އެއީ ހީވާގޮތުން ސިކުޑީގައި މިހާރު މިކަހަލަ އެޗެއްވަށްނާނެ ޖާގައެއްވެސް ނޯއްނާނެ.

  52. ބާނި‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ކުޅުދުއްފުށީގައި ކިޔެވުމަށާއި މަސައްކަތަށް ކުޅަދާނަ ފިރިހެނުންނެތިގެނެއްނޫޅެޔޭ އަދި އަބިންނަށްވަފާތެރި ފިރިންނެއް ނެތިގެންނެއްވެސްނޫޅެޔޭމަހިތުން މަގުމަތީގައި ބާރުބާރައް ސައިކަލުދުއްވަން ނުކެރޭކުދިންނެއްވެސްނޫޅޭނެ ދެން ދެން ކޮންކަހަލަފިރިހެނުއްނެއްތަބޭނުމީ ފަތްވިއްކާ ފަތްބޮއެހަދަންކެރޭ ފިރިހެނުންވެސް އެބައުޅެޔޭނުން މިވަރުރަނގަލޭނުން!!!!!

  53. ވައްޖަހުތު‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    އެކަމަކު އަހަންނާ ދިމާވި އަންހެން ކުދިންނެކޭ އެއްގޮތަށް ވަރަށް މޮޅު ވަރަށް އަޚްލާޤު ރަނގަޅު ފިރިހެން ކުދިންވެސް، އަޅެ އަދި އެއްފަހަރު ހޯދާލަ ބަލަ، އަދި ތިޔަ ހީކުރާ ދަރަޖައަކަށް ހިއެއް ނުވޭ ދިޔަހެނެއް.

  54. ޒުލްފިގާރު‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    އަމުދަކުން ތިހެން ބުނާއިރު، ތިހާ މޮޅެތި ފާސްތަކެއް ނަގައިގެން ތިބި އަންހެން ކުދިންނެތް ވެސް ކުޅުދުފުށްޓަކު ނެތް.

    ދެން، އަހަރެން ބުނާނެ ވަކިއެއްޗެއް ނެތް، ރަނގަޅަށް ދެލޯ ހުޅުވާލަފަ ބަލާލައިފިއްޔާ އެނގޭ އެއްޗަކީ ކުޅުދުފުށްޓަކީ ތައުލީމީ ގޮތުން ހަމަ ދަށް ރަށެކޭ، މީގައި އަންހެން ފިރިހެން ކިޔާނެ ކަމެއްނެތް.

    ރަންގަޅަށް މަޒުމޫނު ކިޔާލީމަ ހީވަނީ ވެސް މިއީ ފިރިހެން ކުޖެއް ލިޔެފަ އޮއި މަޒުމޫނެއް ހެން.

  55. ކައިލް‮ ‬ވިދާޅުވީ


    ތާރީޚް:01/02/2009

    ސަރޫގެ އާޓިކަލް ވަރަށް މޮޅު.
    ހާސިލް ކުރަން ބޭނުންވި ކަންތައް ހާސިލްކުރެވިއްޖެ ކަންނޭގެދޯ؟
    އެކަމަކު ބުނަން ވާހަކައެއް. ރަށުން ބޭރު ފިރިހެނުންނާ ރަށުގެ އަންހެންކުދިން އިންނަނީ މިރަށުން ރަނގަޅު ފިރިހެން ކުދިން ނުވާތީކީނޫން. ފަހަރުގައި ކޮންމެ ފިރިހެނަކީ ކިޔަވައިގެން ހުރި މީހަކަށް ނުވެހިނގައިދާނެ. އަސްލު އަންހެން ކުދިންނަށް ތިވާގޮތަކީ އުޅެވިފަ ހުރިގޮތަކީ މާރަނގަޅުގޮތެއްނޫންވީމާ އެކަން ނޭނގޭ ރަށުންބޭރު ސޮރަކާ އަވަހަށް އިންނަނީ.
    ދެންއޮތީ ކިޔަވައިގެން އުޅޭ ފިރިހެންކުދިންގެ ވާހަކަ؟ މިހާރުވެސް ޖަލާލުއްދީން ސްކޫލްގެ އޭލެވެލްގައި ކިޔަވާފައިވާ ކުދިންގެ ރިކޯޑްތަކަށް ބަލާލަބަލަ. ގިނަވާނީ ފިރިހެން ކުދިން.
    ވަޒީފާގައި އުޅޭކުދިންގެ ވާހަކަ:
    ހޮސްޕިޓަލްގައި - ގިނައީ އަންހެނުން
    އަތޮޅުއޮފީސް- ގިނައީ ފިރިހެނުން
    ރަށުއޮފީސް- ގިނައީ ފިރިހެނުން
    ޕްރޮވިންސް - ގިނައީ ފިރިހެނުން
    ބަނދަރު - 100 ޕަސެންޓް ފިރިހެނޭ ބުންޏަސް ދޮގަކަށް ނުވާނެ
    ސްކޫލްތައް - ގިނައީ އަންހެނުން
    ބޭންކް - ދާދި ހަމަހަމަ
    ދިރާގް- ގިނައީ ފިރިހެނުން
    ކޯޓް - ގިނައީ އަންހެނުން……..
    ދެންއޮތީ ރަށުންބޭރުގައި މަތީތަޢުލީމް ހާސިލްކުރަމުންދާ ކުދިންގެ ވާހަކަ: މިބައިގާ ހަމަގައިމުވެސް ގިނައީ ފިރިހެންކުދިން

    ދެން ބުނެލަން ބޭނުންވަނީ ރަށު ފިރިހެން ކުދިންގެތެރެއިން ރަށުންބޭރު އަންހެންކުދިންނާ އިނދެގެންއުޅޭ ހުރިހާ ފިރިހެން ކުދިންކަހަލަގޮތަކަށް ރަށުގައި އުޅޭއިރު ރަށުން ބޭރުން ފިރިހެނުންނާ އިނދެގެން އަންހެން ކުދިން ކީއްވެބާއޭ އެރަށްރަށަށް ނުދަނީ…..

    ދެންބުނެލަން އޮތީ މަދު އާއިލާއެއްގައި ނޫނިއްޔާ އެއާއިލާއެއްގެ ހުރިހާ ހަރަދަކާ ޒިންމާއެއް އުފުލަނީ ފިރިހެންކުދިންނޭ. އެހެންކަމުން އެކުދިންނަށް ނޯވޭ ވަޒީފާ އަދާނުކޮށް ވާކަށް. ގިނަފިރިހެންކުދިން ވަޒީފާގައި އުޅެނީވެސް ރަށުން ބޭރުގައި. އެހެންވީމަ ރަށު ވަޒީފާތަކަށް ތިބޭނީ އަންހެންކުދިން ނެއްނުދޯ. އެވަރުންވެސް ޝުކުރުއަދާކުރެމުގެ ބަދަލުގައި ތިކިޔަނީ ފާޑު

  56. ކުލުދުއްފުށީ ސޮރަކު ވިދާލުވި‮ ‬ވިދާޅުވީ


    ތާރީޚް:01/02/2009

    ބުނަންތަ ރަގަޅުވާހަކައެއް ކުޅުދުއްފުށީގައި ވެސް ރަގަޅުކުދިން އެބައުޅޭ ހަމަކެކަނި އަންހެންހެން ކުދިންނެއް ނޫންރަގަޅީކީ ތިއުޅެނީ އޮލިގެން މިހާރު ޖިސީހަދައިގެން މިނިކުންނަ އަންހެން ކުގިންގެ ނުހުރޭ ލަދު ގެ ކަންފުޅެއްވެސް ބޭނުންގޮތަކައް އުޅެނީ އަދި ތައުލީމީ ފެންވަރުވެސް ވަރައްދަށް

  57. އަހައްމައިދީ‮ ‬ވިދާޅުވީ


    ތާރީޚް:01/02/2009

    ކުޅުދުއްފުށީގައި ރަނގަޅު ފިރިހެނުން ނެތިގެން ރަށުންބޭރުން މީހުންނާއި އިންނަ މަންޖެމެން އިނދެގެން އުޅޭ ސޮރުމެންގެ ތެރެއިން %60 ޕަރސެންޓް އަކީ ތިޔާކިޔާ ބިއްޖެހިފައި ތިބޭ ވައްތަރުގެ މީހުންނެވެ. ރީތިކޮށް ބުނަގަ އުޅެވުނުގޮތް ބަޑިކަމުން ރަށުން އިންނާނެ މީހަކު ނުވީއޭ.

  58. ަަަަައާރު އަށެއް‮ ‬ވިދާޅުވީ


    ތާރީޚް:01/02/2009

    ައަސްލުމިރަށު ފިރިހެން ކުދިން ރަގަޅު މިރަށުގަ ގިނަ ވަޒީފާގައި އުޅޭ ރަގަޅު ކުދިން ޝަރޫ އަށް ތިއުޅެނީ ރަގަޅު ކުައްޖަކާ ދިމާނުވެގެން އަދި ބުނަން މަވެސްމީ ކުޅުދުއްފުށީގަ އުޅޭ ރަށުން ބޭރު އަންހެންކުައްޖެއް މިރަށުގަ ޕާރޓޭންވެސް އުޅޭ ނުކިޔަވާ ވިޔާނުދާކުދިން ވެސްއުޅޭ މިސާލަކަށް ބަލާބަލަ ގައުމީ ވާޖިބް ކޮޑުގަ އަޅައިގެން ސިފައިންގެ ޕޮލިސް ގަތިބި މިރަށުގެ ނަމޫނާ ފިރިހެންދަރިން އަހަރެން އެމީހުނާމެދު ފަޙްރުވެރިވަން އަދި ބުނަން ވިޔާނުދާ މަދު ދަރިންތަކެއްގެ ސަބަބުން ރަގަޅުކުދިންނަށް ދެމުން އަައި ގަދަރު ކުޑަ ނުކުރޭ ތެދެއް ޝަރޫ ބުންޏަސް ނަންވާނީ އެންމެން އެކަމު އަޅުގަނޑު މިރަށުށެ ބައެއް އަންހެން ކުދިންނަށް ގޮވާލަން އެމީހުންގެ އުޅުން އިސްލާޙްކޮށް ރަގަޅު ކުދިންނަށްވާން

  59. ޑޯޑޯ‮ ‬ވިދާޅުވީ


    ތާރީޚް:01/02/2009

    މިރަށުގަ ހަމަ ރަނގަޅު ފިރިހެން ކުދިން އެބައުޅޭ. ތިއުޅެނީ ފިރިހެނުންގެ އަގު ވަށްޓާލަން ވެގެން. މިރަށުގަ ފިރިންނަށް އަދި ރަށްޓެހިވެގެން އުޅޭ ކުއްޖާއަށް ލަންޑުދީފަ ދަނީ ކިތައް އަންހެން ކުދިން ތޯ ބަލާބަލަ. ބަޑިވެގެން އުޅެނީ ކިތައް މަންޖެތޯ ބަލާބަލަ. ވަކި ފިރިހެން ކުދިންނާ މަންޖެމެން ނަކަށް ނެތޭ ތެޅެ ވޭކަށް.

  60. ހދ. އޭއީސީގައި އުޅޭ ކުޑަކުޑަ މުނިޔާ‮ ‬ވިދާޅުވީ


    ތާރީޚް:02/02/2009

    ތިހެން ނުބުނޭ ދޮންކަނބުލޯ . އަފީފުއްދީން ސްކޫލްގައާއި ޖަލާލުއްދީން ސްކޫލްގައިވެސް ސްޕޯޓްސް ސްޕަވައިޒަރުންނަށް އުޅެނީ ފިރިހެން ބޭފުޅުން. އެތާ އެނަމުގަ ހަމަ އަންހެން ކުއްޖަކު ހުންނަ ކަން ވާކަމެއް ހަރާން. އޭނަ ކުރަންޖެހޭ ކުރިހާކަމެއްވެސް ކުރަނީ ޢަލީ ޝަރީފް. މުބާރާތެއްގެ ޖަޖުން ފުރާ ޝީޓެއް ހަދަންޖެހުންނަސް އަންނަންޖެހެނީ ޖެހިގެން ހުރި ސްކޫލަށް. ތިބުނަނީ ދެން އަންހެންކުދިން ނޫން ބަޔަކު ނެތީ އޭ ދެން. ލަލަލަލާ

  61. ރަންގު ކައްޓަލަ‮ ‬ވިދާޅުވީ


    ތާރީޚް:02/02/2009

    ކީއްވެތަ ލިޔާ ކޮމެންޓުތައް ފުހެނީ؟؟؟ އެހެންވް ދެން މިސައިޓު ކޮޓީ …. އެތަން ކޮޅު ރަނގަޅު ކޮށްލާއިރަށް ހަމަ ބަރާބަރު ވާނެ ތޯއްޗެ!!!!