ދިވެހިރާއްޖޭގެ ޤައުމީ ޓީވީއަށް އައި އެންމެ ހެޔޮ އެއް ބަދަލަކީ އަތޮޅުތަކުގެ ބިއުރޯތައް އުފެދި ކޮންމެ ރެޔަކު ވެސް އަތޮޅުތަކުން ޚަބަރުތަކާއި ރިޕޯޓުތައް ފެންނަން ފެށުމެވެ.
އާއެކެވެ. އަހަރެން ވެސް އެއްބަހެވެ. ޓީވީއެމުން ފޮނުވާ އަތޮޅު ރިޕޯޓުތަކުގައި ފެންނަ ވީޑިއޯތަކަކީ އެހާ ސާފު “ހައި ޑެފިނިޝަން” މަންޒަރުތަކެއް ނޫނެވެ. އެޔަށް ވުރެ މާ ސާފުކޮށް އަހަރެމެން މި ގެންގުޅޭ މޯބައިލް ފޯނުން ވެސް ވީޑިޔޯކުރެވެއެވެ. އެހެންނަމަވެސް، ފަހަރަކު ކަމެއްތާއެވެ. އަތޮޅު ޚަބަރުތައް ގެނެސްދޭކަން އެއީ ވެސް ޝުކުރު ޙައްޤުވާ ފަދަ ކުރިއެރުމެކެވެ.
ޓީވީއެމް ގެ ސިޔާސަތެއް އަހަރެމެންނަކަށް ނޭނގެއެވެ. އަދި އަތޮޅު ބިއުރޯތަކަށް އަންގާފައި އޮންނަނީ ކީކޭކަމެއް ވެސް ނޭނގެއެވެ. އެކަމަކު ފާހަގަވާ ކަމަކީ، ޓީވީގެ ބައެއް މުރާސިލުން ހަފްތާއަކު ހައެއްކަ ރިޕޯޓު ތައްޔާރުކޮށް އެފުލުފުލުގައި ފޮނުވާލާއިރު، އަނެއްބައި މުރާސިލުން ތިބެނީ މާނިދި މަތުރާފައިކަމެވެ.
އަހަންނަށް މުޅި ޓީވީއެމުން ވެސް ފާހަގަވާ ނަމެއް އޮވެއެވެ. އެއީ ޢަލީ ސުލައިމާނެވެ. އޭނާއަކީ އޭނާ ހުންނަ ކޮންމެ ތަނަކުން ވެސް ވަރަށް ތަފާތު ރިޕޯޓުތައް ތައްޔާރުކޮށްފައި އަހަރެމެންނާ ހަމަޔަށް ގެނެސްދޭ ކުޅަދާނަ މުރާސިލެކެވެ. އަހަރެން ހިތުން، ގަސް ނެތް ފިނޮޅަކަށް އޭނާ ދޫކޮށްލިޔަސް، އަނެއްދުވަހު ވަރަށް ޝައުޤުވެރި ރިޕޯޓެއް، ބެލުންތެރިންނާ ހަމަޔަށް ހުށަހަޅާލަދޭނެއެވެ. އެހެން ވާންޖެހޭނެއެވެ.
ހަމަ ގައިމު ވެސް ތިލަދުންމައްޗަކީ ފިނޮޅެއް ނޫނެވެ. މިއީ ޚަބަރާއި ރިޕޯޓު، ބިސްއަޅައިގެން ވިހަން އެންމެ އެކަށީގެންވާ ހާއްޔެވެ. މީހުންގިނަ، ބޮޑު ސިންގާ އަތޮޅެކެވެ. އެހާމެ ހަރަކާތްތައް ގިނައެވެ.
ދުނިޔޭގައި ނެތްވަރުގެ ޒާތްކޮޅުބޮޑު ކުޅުދުއްފުއްޓެއް މިއޮތީ ތިލަދުންމަތީގައެވެ. އިންސާނީ މަދަނިއްޔަތެއްގައި ބަޔަކު ކުރާނެ ހުރިހާ ކަމެއް ކުރާ މީހުން މިރަށުގައި އެބަ އުޅެއެވެ. ރާއްޖޭގެ އެންމެ ބޮޑު ބިލެތް އިންޑަސްޓްރީ އޮތީ މިއަތޮޅު ނޮޅިވަރަމުގައެވެ. ކަރާއުފެއްދުމުގެ ދިވެހި ލެޖެންޑަރީ ތޮއްޑުއަށް މިދިޔަ ރޯދަމަހު ކަރާ ވިއްކީ މިއަތޮޅު ވައިކަރަދޫ ދަނޑުވެރިންނެވެ. ހަނިމާދޫއަކީ އެއްފަސްކުރާ ރަށެކެވެ. ބޮޑެތި ޞިނާޢީ މަޝްރޫޢުތައް ހިންގާތަނެކެވެ. ގިނިރާޖާ ކިޔާ ބާވަތެއްގެ ކުކުޅެއް އެރަށުގައި ގެންގުޅެއެވެ. އަދި މިނޫނަސް ދަނޑުވެރިކަމާއި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ޙަރަކާތްތައް މި އަތޮޅުގައި ކުރިޔަށް އެބަ ދެއެވެ.
މި ހުރިހާ ކަންކަމަކާ ގުޅިގެން މީޑިޔާގެ ސަމާލުކަން ބޭނުންވާނެ ވަރަށް ބައިވަރު ކަންތައްތައް ހިމެނޭނެއެވެ. މީހުންނަށް ދިމާވާ ތަފާތު ދަތިތަކާއި މައްސަލަތަކެވެ. ތިމާވެށީގެ މައްސަލަތަކެވެ. އެއްފަސްވާން ހިޖުރަކުރަން ބޭނުންވެފައި ތިބި ރަށްރަށް ވެސް މިއަތޮޅުގައި އެބަހައްޓެވެ.
ދާދި މިދާކަށްދުވަހު ތިލަދުންމަތީ ރަށެއްގެ ވެބްސައިޓެއް ބަލައިލީމެވެ. އެއީ މިހާރުގައި ނަމަ މަތިއުތުރު ރަށެކެވެ. ވީމާ އެރަށަށް ދިމާވާ ކޮންމެ މައްސަލައަކާ އަޑުއުފުލުމުގެ ޙައްޤު މަތިއުތުރު ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ. އެ ސައިޓުގައި އޮތީ ރަށު އިސްކޫލުގައި ސައިންސް ކިޔަވާކުދިން ލެބޯޓަރީ ގަޑި ނަގަން، ދުއްވާފައި ކުޅުދުއްފުއްޓަށް އަންނަންޖެހޭ ވާހަކައެވެ.
މިކަހަލަ ކަންކަމަކީ ރަށުގެ ޒުވާނުން ހަދާލާ ވެބްސައިޓަކުން ސަރުކާރުގެ ސަމާލުކަން ލިބޭވަރަށް ވުރެ ބޮޑެތި މައްސަލަތަކެވެ. މިއީ ޤައުމީ ޓީވީން ރިޕޯޓުހަދަންޖެހޭ މައްސަލަތަކެވެ.
ޢަލީ ސުލައިމާނަކީ އެންމެ ފުރާނައެކެވެ. އޭނާއަކަށް ހުރިހާ އަތޮޅެއް ކަވަރެއް ނުކުރެވޭނެއެވެ. މަތިއުތުރު ބިއުރޯ ހޭލާނީ ކޮންއިރަކުން ބާއެވެ؟
ނޯޓު: އަހަރެން ފާހަގަކޮށްފައި މިހިރަ ބައެއް ކަންކަމަކީ ފަހަރެއްގައި ޓީވީއެމް ރިޕޯޓުތަކުގައި ގެނެސް ދީފައި ހުރި ކަންކަން ނޫންކަމެއް ވެސް ނޭނގެއެވެ. އެކަމަކު މަގޭ ޕޮއިންޓަކީ، ތިލަދުންމަތީން ރިޕޯޓުތައް ފެންނަލެއް މާ ބޮޑަށް ވެސް މަދުވުމެވެ. އަދި ޢަލީ ސުލައިމާން ފަދަ މުރާސިލަކަށް މިތަން ލިބިއްޖެނަމަ ފުރަތަމަ ދުއްވައިގަންނަންވީ ކޮޅެއް ނޭނގޭހާ ވެސް ގިނަ ހަރަކާތްތައް މިތާ އެބަ އޮތޭ ބުނުމެވެ.

ކަފައިލޮޅި ވިދާޅުވީ
ތާރީޚް:20/02/2009
މިލިޔުމަށް އަހަރެން ވަރައް ސަފޯޓް ކުރަމެވެ. ތީހަމަ ތެދެކެވެ. ދިވެހިރާއްޖޭގެ އެއްވެސް ޗެނަލަކުން ކުޅުދުއްފުށީގެ ހަބަރެއް ނާދެއެވެ.. މިއީ ވަރައްވެސް ދެރަކޮށް ވާކަމެކެވެ. ވީޓީވީ އާ ދި ޓީވީވެސް ތަންކޮޅެއް ހަރުދަނާވެ އަތޮޅުތެރެއަށް ނަޒަރުހިންގުން މުހިންމު ކަމަށްފެނެއެވެ. މީއީވެސް ދިވެހި ރައްޔިތުންނެވެ.
މޫސާ މުހައްމަދު ވިދާޅުވީ
ތާރީޚް:20/02/2009
ވަރަށް ފަހުން ހިނގާދިޔަ ކަމެއްގެ ވާހަކަ ދަންނަވާލާނަމެވެ. އެގްރިކަލްޗާރ މިނިސްޓަރު ޑރ.ދީދީ އާއި އެމިނިސްޓްރީގެ އިސްވެރިން ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ، ދަނޑުވެރިކަމުގެ މައުލޫމާތުދިނުމަށް ބާއްވާ މައުރަޒެއް ޖަލާލުއްދީން ސްކޫލުގައި އޮންނާތީ އެ މައުރަޒު ހުޅުއްވައި ދެއްވުމަށެވެ. އެގްރިކަލްޗާރ މިނިސްޓްރީއިން ބޭއްވި މި މައުރަޒު ހުޅުވުމަށް ހަމަޖެހިފައި އޮތީ ހެދުނު 10 ޖަހާ އިރުއެވެ.
ނަމެވެސް ހދ. އަތޮޅު ބިއުރޯގެ ނިއުސް ކާސްޓަރު ރަސްމިއްޔާތު ކަވަރު ކުރަން އައުން ލަސްވުމުގެ ސަބަބުން މިނިސްޓަރަށް ބައި ގަޑި އިރަށްވުރެ ގިނައިރު މަޑުކުރައްވަން ޖެހިވަޑައި ގަތެވެ. ފަރުވާ ކުޑަޔަސް މީ ފުކެއް ބޮޑުވަރެކެވެ!
މިއަތޮޅަށް ބޭނުމީ ޢަލީ ސުލައިމާން ފަދަ ހީވާގި ނިއުސްކާސްޓަރެކެވެ.
ހަންޑިގަނޑާރަ ވިދާޅުވީ
ތާރީޚް:20/02/2009
މިރަށުގައި ފަހެ، ޓީވީއެމް ނިއުސްކާސްޓަރެއް ހުރޭތަ؟
ސުލައިމާނުގެ ސަޕޯތަރެއް ވިދާޅުވީ
ތާރީޚް:20/02/2009
އަހަރެން އެންމެ އަޑުއަހާލާ ހިތްވަނީ އޭނަގެ ތިޕޯޓޮ ނިންމާލާފައި އެބުނާ ތަންކޮޅު. “ޓީވީއެމް އަލީ ސުލައިމާން” ހާދަވާ ރީތިކޮށް އޮމާންކޮށް އެސޮރު ބުނެޔޭ އެހެން. ސުލަިމާނަށް ބާއްޖަވެރި ކުރިމަގަކަށް އެދެން.
ކުރިސްޓީނާ އަމަންޕޫރް ވިދާޅުވީ
ތާރީޚް:20/02/2009
އައި އިންވައިޓް މިސްޓަރ ސުލައިމަން ޓު ޖޮއިން ސީ.އެން. އެން (ކޮންޓިނިއަސްލީ-ނަތިންގ-ނިއު) އެއީ އަހުރެންގޭ،ނިއުސް ނެޓްވާކު ނަންތިބޭ…އިގޭ! މައި ޑިވެހި އޯކޭ ތިބޭ؟ ސްލައިމަންގެ ރިޕޯޓްސް ވަރަށް ރަގަޅެ ތިބޭ!
ސަލީމް ވިދާޅުވީ
ތާރީޚް:20/02/2009
އާއެކެވެ. އަހަރެން ވެސް އެއްބަހެވެ. ޓީވީއެމުން ފޮނުވާ އަތޮޅު ރިޕޯޓުތަކުގައި ފެންނަ ވީޑިއޯތަކަކީ އެހާ ސާފު “ހައި ޑެފިނިޝަން” މަންޒަރުތަކެއް ނޫނެވެ. އެޔަށް ވުރެ މާ ސާފުކޮށް އަހަރެމެން މި ގެންގުޅޭ މޯބައިލް ފޯނުން ވެސް ވީޑިޔޯކުރެވެއެވެ.
މަގޭ ވެބްކެމް ވެސް އެޔަށް ވުރެން ޑަބަލް ސާފު
އާދަމުގެދަރި ވިދާޅުވީ
ތާރީޚް:20/02/2009
ކަމަނަ އަންހެން ނަމެއްގަ އެހެންމީހުން ރަނޑުކޮށްފަ ތިޔަ ކޮމެންޓުކުރަނީ، ރާއްޖޭގަ އެބަ އުޅޭތަ ރަނޑު ނޫން މީހެއް؟ ފިރިހެން ފާޑުޖަހާ ފިލްމިސްޓާރެއް ދައްކަބަލަ، އަލީ ސުލައިމާން ކަހަލަ ހާރޑްވޯރކިންގ މީހަކާ ދިމާލަށް ތިކަހަލަ އެއްޗެއް ބުނީތީ އަހަރެން ވަރަށް ހިތާމަކުރަން. މަށަށް އޭނަ ރަނޑެއް ނޫން. ތިކަހަލަ ކޮމެންޓުކުރާ މީހުންނާ، ޓީވީއެމްގަ ނިދާފަ އެތިބޭ މީހުން މާ ރަނޑު
ޗޮހޯ ވިދާޅުވީ
ތާރީޚް:20/02/2009
އާދަމުގެދަރިޔަށް 100 ތިބުނާ ރަނޑުނޫން މީހެއް އެބައުޅޭތަ. މަށަށް މާރަނޑު ފިރިހެނުން ބޯދިގުކޮށް އަތްފައި ފުރޭދެން އެއްޗެހި އަޅާފަ އަތުންފައިން މަސައްކަތެއް ނުކޮށް ތިބީމަ. ޢަލީ ސުލޭމާނު ވަރެއް ހަމަނެތް. އެ ބެސްޓޭނުން.
ގުދުބެ ވިދާޅުވީ
ތާރީޚް:20/02/2009
ބަލަގަ ކުދިންނޭ ކީއްވެތަ ތި ގުދޯ ގުދޯ ގޮވަނީ ….. ހުސްރަނޑުން އުޅޭ ރާއްޖެއެއްގެ އެންމެ މީހަކާދިމާއަށް ތިހެންބުނީމަ ހަމަހީވަނީ ބޭބެއަށް ގުދޯ ގުދޯ ގޮވާހެން……
ރުޅިއަންނަ ވިދާޅުވީ
ތާރީޚް:21/02/2009
ހދ. ބިއުރޯ އަށް ގިނައިން އަންނަ ނީ އަންހެނުން އެމީހުން ނަކަށް ނުކެރޭ މީހުގިނަ ތަން ތަނަކަށް ކެމެރާ ހިފައި ގެން ނުކުނާ ކަށެއް.އެވަރު މީހުން މިކަމަށް ލާފަތިބެނީ
އިބުރާ ވިދާޅުވީ
ތާރީޚް:21/02/2009
އަލީ ސުލައިމާން ވަރެއް ހަމަނެތް
އަލީ ސުލައިމާން ފޭން ކްލަބުގެ ރައީސް ވިދާޅުވީ
ތާރީޚް:21/02/2009
މިކަހަލަ މީހުންގެ އަގު ވަޒަންކުރަންޖެހޭނީ ހަމައެކަނި ސަރުކާރެއް ނޫން. މީކަހަލަ މީހުންގެ ޚިދްމަތްތައް މި ލިބެނީ ސީދާ އަހަރެމެންނަށް. މީހަކު ބުނެފާނެ އެމީހުންނަށް މުސާރަ ލިބެޔޭ ނޫންހޭ. މުސާރަ ލިބޭތާ ތިޔަ އެންމެންނަށް. އެކަމަކު އަހަރެމެންނަށް ވަނީ ކޮން ފައިދާއެއް. މަ ބުނާނީ ހަމަ އޭނަވަރެއް ނެތޭ.
ސަންފީސްޓް ވިދާޅުވީ
ތާރީޚް:22/02/2009
އަލީ ސުލައިމާން އިޒް ބެސްޓް، މަމީ އޯރް އެވަރެސްޓް…..
މަށިކުޅި ވިދާޅުވީ
ތާރީޚް:22/02/2009
އެބުނާހެން ކޮބާތަބިއުރޯ ހޭލާކަށްނުވޭތަ
ކާކުމީ ވިދާޅުވީ
ތާރީޚް:23/02/2009
ޓިވީ ބިއުރޯއަށް ކުރިމަތިލުމަށް ހުޅުވާލީމާ މިރަށުން އެއްވެސް މީހަކަށް މިކަމަށް ކުރިމަތި ލާން ނުކެރުނީމަ ތިހެން ތިވަނީ. މިރަށުގެ ގިނަމީހުންނަކަށް ނުވެސް ކެރޭ ކެމެރާކުރިމައްޗަށް އަރާފަ އަނގައިންވެސް ބުނާކަށް. އެހެންނަމަ އެއަށްވުރެ މާރަނގަޅު ސުލޭމާނުމެން މިހާރު މިރަށުގަ ތިބޭނެ. ތިހެން ފިލައި ތިބެގެން އަނގަތަޅަން ކެރޭނީ … ދެންކޮން ވާހަކައެއް ތިދައްކަނީ.
ބޭބީ ވިދާޅުވީ
ތާރީޚް:24/02/2009
ކިހިނެއްވާނީ ސްކޫލުކުދިން ޖަމިއްޔާއިން ހިންގާ ހަރަކާތެއްގޮތަށް މީޑިޔާގެ އެކި ކަހަލަ ކަންތައްތައް ކުރުން.. ހަބަރު ކިޔާފަ ވެބް ސައިޓެއްގަ ވީޑިއޯ އަޕްލޯޑްކޮށްފަ ބަހައްޓާނީ.. އިންޓަވިއުތަކާ ރިޕޯޓާ އެއްޗެހި ހަދާފަ. ފަހިވާނެ ދޯ؟ ސްކޫލު ނިންމާފަ ނިއުސްކާސްޓަރަކަށް ވާން ބޭނުންކުދިން އެއިރުން ތިބޭނީ އެކަމަށް ހޭނިފައޭނުން.. ނޭނގެދެން މީ ހަމައެކަނި ފަލްސަފާއެއް އިނގޭ. އަނެއްހެން ބުނިއެއްޗެއްނޫން.