ދިހަ އެވޯޑަކަށް ނޮމިނޭޓްވެ، އޭގެ ތެރެއިން 8 އެވޯޑް ހޯދައިގެން މިއަހަރުގެ އޮސްކާ އެވޯޑުގެ ބޮޑު ފިލްމަކަށް ސްލަމްޑޯގް މިނިއަނަރ ވެއްޖެއެވެ. 81 ވަނަ އެނުއަލް އެކަޑެމީ އެވޯޑްސް ނުވަތަ ކޮންމެ އަހަރަކު ފިލްމީ ދުނިޔޭގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑު ކަމުގައިވާ އޮސްކާ އެވޯޑް ގެ މިއަހަރުގެ އެންމެ މޮޅުފިލްމުގެ މަގާމަށްވެސް ހޮވިފައިވަނީ ސްލަމްޑޯގް މިލިއަނާއެވެ.
އާދައިގެ ފަގީރު ފިރިހެން ކުއްޖަކަށް ސުވާލު ގޭމެއް ކުޅިގެން މިލިއަނަރަކަށް ވުމުގެ މައްޗަށް ހެދިފައިވާ މިފިލްމުވަނީ އެންމެ މޮޅު ފިލްމުގެ އިތުރުން ސްކްރީންޕްލޭ، ސިނެމަޓޯގްރަފީ، އެޑިޓިން، މިއުޒިކް އަދި ބެސްޓް ސޯންގް ގެ ކެޓެގަރީއިންވެސް އެވޯޑުތައް ހޯދާފައެވެ. އަދި މިފިލްމު ޑައިރެކްޓްކުރި ޑެނީ ބޮއެލް އަށްވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމުވެސް ލިބިފައެވެ. މިފިލްމާއި އެންމެ ވާދަކުރާނެކަމަށް ބެލެވުނު މަޝްހޫރު ފިލްމީ ތަރި ބްރެޑް ޕިޓް ހަރަކާތްތެރިވާ “ކިއުރިޔަސް ކޭސް އޮފް ބެންޖަމިން ބަޓަން” އަށް ލިބިފައިވަނީ އެންމެ އެވޯޑެކެވެ. އެއީ އެންމެ މޮޅު ވިޒުއަލް އެފެކްޓްސްއެވެ.
އެންމެ މޮޅު އެކްޓަރ ގެ މަގާމް މިފަހަރު ލިބިފައިވަނީ “މިލްކް” ގައި ކުޅެފައިވާ ރޯލަށް ޝޯން ޕެން އަށެވެ. އަދި އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ “ދަ ރީޑާ” ގައި ލީޑްރޯލް އަދާކުރި ކޭޓް ވިންސްލެޓް އަށެވެ.
ބެސްޓް ސަޕޯޓިން އެކްޓަރަކަށް ހޮވުނީ “ބެޓްމޭން: ދަ ޑާކްނައިޓް” ގައި ޖޯކަރގެ ބައިކުޅުނު (މިހާރު ދުނިޔޭގައި ނެތް) ހީތު ލެޖާއަށެވެ. އަދި ބެސްޓް އެކްޓަރެސްއަކަށް ހޮވިފައިވަނީ ޕެނެލޯޕް ކުރޫޒެވެ.

މޫވީ ބަފް ވިދާޅުވީ
ތާރީޚް:23/02/2009
ސިނަމެޓޮގުރަފީ އަށް ފަހު، މަށަށް މި ފިލްމުގައި ދެން އެންމެ ފާހަގަ ކުރެވުނީ އޭ.އާރު ރަހުމާނުގެ މިޔުޒިކާއި ދެ ލަވަ. ދެން މިފިލްމު ބަލަމުން ދިޔައިރު ވަރަށް އެހެން ކަހަލަ އިޙްސާސްތަކެއް ކުރެވުނު. ކުޑަކުދިން ބޮޑެތި މީހުންގެ ޝިކާރަޔަކަށްވެ، އެކުދިންގެ މައުސޫމްކަން ބޮޑެތި މީހުންގެ ފައިދާއަށް ޓަކައި، ހަފުސްކޮށްލާގޮތް، އަދި ކުޑަކުއްޖެއްގެ ޢަޒުމް ވަރަށް ރަނގަޅަށް މި ފިލްމުން ފެނިގެން ދޭ. އޭތް! އިރުފާން ޚާންގެ މި ޑައިލޯގް ކިޔާލަބަލަ: ” ލަވް އެންޑް މަނީ…ޔޫ ހޭވް މިކްސްޑް ދެމް ބޮތް” ސަޅި ދޯ!
ކިޔުންތެރިއެއް ވިދާޅުވީ
ތާރީޚް:23/02/2009
ހަމަ އެކަނި ކުޑަކުދިންނަށް ދެވޭ އަނިޔާއެއް ނޫން މި ފިލްމުގެ މައުލޫ އަކީ ބައިވަރު މައުލޫ އެބަހުރި! ތިޔާ ބުނިހެން މަންޒަރުތައް ނަގާފައި ވަނީ ވަރަށް ސަޅިކޮށް! މިޔުޒިކް ސްކޯ އެއް ވަނަ. އެމް.އައި.އޭ ގެ ލަވަ… އެވަރެއް ނެތް!
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:23/02/2009
ބެންޖަމިން ބަޓަންވެސް ވަކި މިފިލްމަކަށް ދުލެއް ނުކުރޭ. މަހީކުރީ ބެސްޓް އެކްޓަރކަން މި ފިލްމުގަ ބްރެޑްޕިޓް ގެ ރޯލަށް ލިބޭނެ ކަމަށް. މިއީވެސް ވަރަށް ސަޅި އަދި ޓަޗިން ފިލްމެއް.
ސުނޭ ވިދާޅުވީ
ތާރީޚް:23/02/2009
އެކަމަކު ބެންޖަމިން ބަޓަން ތަންކޮޅެއް ދިގީ ދޯ. އޯލްމޮސްޓް 3 ގަޑިއިރުވީމަ އިންގިރޭސި ފިލުމަކަށް ދިގު. މާބޮޑަށް ޑްރެގިން ގޮތެއް ހުރީ. އެކަމަކު އޯކޭ މީތިވެސް.
ދިރާސާ ވިދާޅުވީ
ތާރީޚް:24/02/2009
މަށަށް އެނގެޔޭ އަށެއްކަން، މިރިޕޯޓްގައި ހަތެއް އޮތީމަ
މަޖުބޫރު ވިދާޅުވީ
ތާރީޚް:24/02/2009
ފަހުގެ ތާރީހުގަ ބެލުނު އެންމެ ރީތި ފިލްމު…. އެކަމަކު ބަލަން އިން އިރު ވަރަށް ހިއްދަތިވެ ލޮލުން ފެން ފައިބާ ގޮތްވި…ކިތަންމެ ފަހަރަކަށް ނުބަލަންވެގެން ހުއްޓާވެސް ލިން…ހާދަހާލެއްގައޭ އެކުދިން އެއުޅެނީ… ހިތައް އެރީ ދިވެހި ރާއްޖޭގައިވެސް ޖަމާލް މެން ކުޑައިރު އެއުޅުނު ގޮތައް އުޅޭ ކުދިން އުޅޭނެޔޭ… ދިވެހިންގެ ތެރޭގައި ތިބި އެފަދަ ކުދިންނަށް އެހީތެރިކަން ފޯރު ކޮއްދިނުމަކީ އެންމެންގެ ވާޖިބެއް…
ސިއްރުސިއްރުން ވިދާޅުވީ
ތާރީޚް:24/02/2009
އަސްލުވެސް ވަރަށް މޮޅުފިލްމެއް.. އެއީވެސް އިންޑިޔާގެ ބައެއްގެ ހަގީގީ ދިރިއުޅުން ދޯ.. މުއްސަދިންނާއި ފަގީރުންގެ ތަފާތު ކޮންމެތާކުވެސް އޮވޭ.. އެކަމަކު ޓޫމަޗުދޯ..