Share

ސިޔާސީ ކަތިލުންތަކާއި ދިވެހިންގެ އަގުހުރި ތަރިކަ

ސިޔާސީ ކަތިލުންތަކާއި ދިވެހިންގެ އަގުހުރި ތަރިކަ
ފަންއަރި

ސިޔާސީ ކަތިލުމޭ ކިޔާ އާ ބަހެއް ދިވެހިންގެ ތެރެއަށް ތަޢާރަފުވެގެން މި އައީ ދާދި މިދާކަށް ދުވަހުއެވެ. މައްސަލައެއް ނެތެވެ. އެކަކު އަނެކަކު ކަތިލަހަށެވެ. އަހަރެމެންވާ ޗުއްޕު ވެސް ނުބުނެ ތިބެދާނަމެވެ. އެކަމަކު އަހަރެމެންގެ ކާބަފައިންގެ އަގުހުރި ތަރިކައަށް ތިޔަ ކަތިލުންތަކުގެ ލޭ ނުބުރުވާށެވެ.

އެންމެ ފުރަތަމަ އަހަރެން ލޭކެކި، ގޮތްގޮތްވާން ފެށީ އަހަރެމެންގެ މުސްލިމު ކާބަފައިން، އަހަރެމެންނަށްޓަކައި ދޫކޮށްފައިހުރި އަގުހުރި ތަރިކަ ކަމުގައިވާ އަލްއަޒްހަރު ޔުނިވަރުސިޓީއާ މި މީހުން ފޮށެން ފެށި ހިސާބުންނެވެ. އެތާގެ ވަޤާރުވެރި ދަންނަބޭކަލުންގެ ފަސްބަޔަށް މިބައިމީހުންގެ ނަޖިހުން ސަލާމަތެއް ނުވެވުނެވެ.

އެތަނަކީ މުސްލިމުންގެ ޚިލާފަތުގެ ވެރިރަށެއްކަމުގައިވި ޤާހިރާގައި ފާޠިމީން ހުޅުވި ތަނެކެވެ. އޭގެ ފަހުން މުސްލިމުންގެ މަޝްހޫރު ތާރީޚީ ބަޠަލް، ޞަލާޙުއްދީނުލް އައްޔޫބީ، އެތަން ސުންނީ މަޛްހަބަށް ކިޔަވައިދޭ ގޮތަށް ބަދަލުކުރިފަހުން، އަދި އަދަށް ދާންދެން ވެސް އެއީ، އިސްލާމީ އުއްމަތް ޢިލްމީ ނޫރުން އަލިކުރަމުން އަންނަ އަގުހުރި މަނާރެކެވެ.

ތެދުތެދަށް ދަންނަވާ ނަމަ، މުސްލިމުންގެ ޚިލާފަތްތަކުގެ ރަން ޒަމާނުގެ ތަރިކަތަކުގެ ތެރެއިން، ދާރުލްއާސާރަށް ނުލައި އަދި އަދަށް ދާންދެން ދިރިދިރި އޮތް ހަމައެކަނި ތަރިކަ އަކީ މި ބުނާ ޤަދީމީ ޔުނިވަރުސިޓީއެވެ. ވީމާ ކޮންމެ މުސްލިމަކަށް ވެސް އެތަނާ މެދު ފަޚުރުވެރިވެވޭނެއެވެ.

ޚާއްޞަކޮށް ދިވެހިންގެ ޢިލްމީ ތާރީޚުގައި ވެސް އެންމެ ގިނަ ދިވެހިންނަށް ކިޔަވައިދީފައިވަނީ ދެވަނަ އެހެން ތަނަކުން ނޫނެވެ. ވީމާ ދިވެހިން އެތަނަށް ދަރާފައި އޮތް ދަރަނި އެހެން އެއްބަޔަކަށް ވުރެން ބޮޑެވެ.

ދެން ހަމަ އެދުވަސްވަރުގައިމެ ފެންނަމުންދިޔަ މުޑުދާރު އަނެއް ޢަމަލަކީ މިބައިމީހުންގެ ކޯޅުމުގެ ޝިކާރަޔަކަށް ދިވެހި ބަސް ހަދަމުންދާ މަންޒަރެވެ. ދެފަރާތުގައި ވެސް ތިއްބެވީ ދިވެހިބަހަށް ނުހަނު އަރައި ތިއްބެވި ދެބޭފުޅުންނެވެ. ކޮންމެ ބޭފުޅަކު ވެސް އެބޭފުޅެއްގެ ޚާއްޞަ ބަސްކޮށާރެއް ގެންގުޅުއްވައެވެ. ސާދާ ރީތި ދިވެހި ބަހެވެ. ނަމަވެސް އެއްކަލަ ކަތިލުމުގެ ޖައްލާދުން، މި ބުނާ ރީތި ބަސްތަކަށް މަލާމާތްކޮށް ހަޖޫޖަހައި، އެފަދަ ބަސްބަސް އެހެން މީހުން ބޭނުންކުރަން ލަދުގަންނަވަރުކޮށްލިއެވެ.

ވެރިކަން ބަދަލުވެއްޖެއެވެ. މިހާރު ކަނޑި އޮތީ ކުރީގެ ވެރިކަންކުރި ޕާޓީގެ އަތުގައެވެ. މިބައިމީހުން ވެސް ހަމަ މިކުޅިވަރު ކުރިޔަށް އެބަ ގެންދެއެވެ. ދިވެހިންގެ ތަރިކައަށް ފުރައްސާރަކުރުމުގެ މުޑުދާރު ކުޅިވަރެވެ.

މިހާރު މިބައިމީހުންގެ ޝިކާރަޔަކަށް ވެފައިވަނީ ދިވެހިން ފަޚްރުވެރިވުން ޙައްޤު މުލީއާގެއެވެ. މުލީއާގެއަކީ ދިވެހިންގެ ޢިމާރާތްކުރުމުގެ ފަންނުވެރިކަމާއި ރީތިހުތުރު ދަންނަކަމުގެ ޙިއްސު ތަމްޘީލުކޮށްދޭ ލާމަސީލު މިސާލެކެވެ. އެތާގެ ކުކުޅުވެހިކޮޅުގައި ކުރަހާފައި ހުރި ކުރެހުންތަކާއި ވެޔޮގަނޑުތަކުގައި ޖައްސާފައި ހުރި ރީތި ނޫކުލަ އަކީ، ދިވެހިންގެ ކާބަފައިންނަށް ކުލަޖައްސަން އެނގޭކަމުގެ ނަމޫނާއެކެވެ. ތަނުގެ މަކާނާއި، ބިނާކުރެވުނު ޒަމާނާއި ތަނުގައި އެކި ދުވަސްވަރު ދިރިއުޅުއްވި ބޭފުޅުންނާއި، ތަން ބޭނުންކުރެވުނު އެކި އެކި ބޭނުންތަކަށް ބަލާލިޔަސް އެއީ ތާރީޚީ މަޤާމެއް ލިބިފައިވާ ތަނެކެވެ.

އަހަރެން އެންމެ ބިރުގަތް ކަމަކީ އެރީތި ގަނޑުވަރުގައި ހުރި ނޫކުލަ، ރައީސް ނަޝީދު ގެ ރީނދޫކުލައަށް ބަދަލުކޮށްލަފާނޭ ހީކޮށެވެ. ނަމަވެސް ނަސީބަކުން ރައީސް ނަޝީދަކީ އެހާ ޖާހިލު ބޭފުޅަކަށް ނުވިތާއެވެ. އެކަމަކު ހިތާމައިގެ ކޮޅެއް ނެތެވެ. މިހާރު ޑީއާރުޕީގެ ނޫހުން އެތަން އެހެރަ ސިފަކުރަނީ، އެއީ ޝަމްސުއްދީން ޒަމާނުގައި ފާޙިޝް ޢަމަލުތައް ހިންގި ކޯއްޓޭއެއް ކަމުގައެވެ. ބިރުވެރި ބަދުރޫޙުތައް ދިރިއުޅޭ ހާއްޔެއްކަމުގައެވެ. ހަންޑިއަވަލާފައި ހުރި ގެއެއްކަމުގައެވެ.

މިބައިމީހުންގެ ސިޔާސީ ކަތިލުމަކާ އަހަރެމެން ކާބަފައިންގެ ތަރިކައަކާ ކީކީއްހެއްޔެވެ؟ މި އުޅެނީ ކިޔެއް ވެގެން ހެއްޔެވެ؟ ރުޅި އަންނަ މީހަކު ރުޅިއައިސްގެން ކުނޑިކުނޑި ނުވިއްޔާ ވާ ރަނގަޅެވެ.

‮ ‬16‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. މުޙިއްބުލް ވަޠަން‮ ‬ވިދާޅުވީ


    ތާރީޚް:24/02/2009

    ޑީއާރުޕީގައި ގައުމީ ލޯތްބެއް ނެތް. އެމްޑީޕީގައި ގައުމީ ލޯތްބެއް ނެތް. ގައުމު ދެކެ ލޯބިވާށޭ ތަރިކަ ހިމާޔަތްކުރާށޭ އެ ކިޔަނީ، ހިތުގެ އަޑިން އެކަން ގަބޫލްކުރާތީއެއް ނޫން.

    ގައުމީ ލޯބިހުރި ނަމަ، ޑީއާރުޕީގެ ބާޒާރު މަތީ ފޮޅި ‘ދިވެސް’ ގައި ބޯގަމާރަކު، މުލީއާގެޔޭ ކިޔައިގެން އެލިޔުނު ބަނދިވަރު އެގޮތަށް ނުލިޔާނެކަން މަށަށް ޔަގީން!

  2. މަވެސް‮ ‬ވިދާޅުވީ


    ތާރީޚް:24/02/2009

    ކުރާނެ ހަމަ އެއްކަމެއްވެސް ނެތް. ސިޔާސީ ކުލިޔަކީ ހަޑި މުޑުދާރު ކުޅިގަނޑެއް. ރޫހުވެސް ފެންނާނެ. ޖަންޖާ މަނިކުފާނު ހައްދަވަނީ މުޅިންވެސް ދޮގު. އޮޅުވާލުމާއި ޖަރީމާ ހިންގުމަކީ އެމަނިކުފާނުގެ އުފާ ފުޅެއް. މަނިއްޕުޅު މިހާރު ހީކުރައްވަނީ ދިވެހިންނަކީ މޮޔައިން ކަމަށް. މޮޔަ ހައްދައިފި. ކަތިވަމުން ދަނީ ނިކަމެތި ރައްޔިތުން.

  3. ކިޔުންތެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:24/02/2009

    މަވެސް އަށް

    ތިޔަ ބޭފުޅާ އަކަށް އެނގިނުލައްވާ މި ލިޔުމުގައި މި މިއޮތް ވާހަކަ ތަކެއް! ކިޔުއްވާފައި ދޭހަވެލެއްވީމަ ކޮމެންޓްކުރައްވަން މަޑުކުރެއްވި ނަމަ…

  4. ފަޖުރުތަރި‮ ‬ވިދާޅުވީ


    ތާރީޚް:24/02/2009

    ކީއްތޯ ކުރާނީ މީހުން ކޮމެންޓް ކުރާތީ މަވެސް އެބަޖެހޭ ކޮމެންޓް ކުރަން އެ ހެޔޮ ޚަބަރާ ގުޅުނަސް ނުވަތަ އެއްވެސް ގުޅުމެއް ނެތަސް ލިޔެވެނިކޮށް އެވީ

  5. މުއްލާ‮ ‬ވިދާޅުވީ


    ތާރީޚް:24/02/2009

    ބަލަގާ މިހާރުވަސް އެމަނިކުފާނު އެހުންނަވަނީ ކޮންމެސް އެއްޗަކަށް ފައިންއެރިފަޔޭ ބުނެފިއޭނުން، އެރިއެރިއެރީނުން ފައިބަންވަސް ނޭގިނފަ. ދެން ޕޮއް.

  6. އޭނާ‮ ‬ވިދާޅުވީ


    ތާރީޚް:24/02/2009

    މީހަކުދެކެ ރުޅިއަޔަސް އަދި ހިތްހަމަނުޖެހުނަސް އަނެކާއާ ދިމާއަށްވެސް ބުނަންވާނީ ، އެހެންމީހަކު އެއެއްޗެއް ތިމާއާއި ދިމާއަށް ބުނިނަމަވެސް ތިމާއަށް އޭގެ ސަބަބުން ނުތަނަވަސްކަމެއް އިޙްސާސްކުރަންނުޖެހޭވަރުގެ އެއްޗެކެވެ.ކޮމެންޓް ކުރައްވާ ވިސްނުންތެރި ބޭފުޅުންނޭވެ! ނުރުހިގެންނަމަވެސް އަނެކާއާދިމާއަށް ހިތުހުރި އެއްޗެއް ނުބުނާށެވެ. ބުނާ ކޮންމެ ބަހަކާއިމެދު ތިމާ ޒިންމާވާން ޖެހޭ ދުވަހެއް އޮތްކަން ހަނޑާން ނައްތާ ނުލާށެވެ. މީހަކު ކަމެއްގޯސްކޮށް ކޮށްފައި އޮވެގެން އެމީހަކާއި ދިމާއަށް ހިތުހުރި އެއްޗެއް ތިމާގޮވާއިރު ތިމާޔަކީ ވެސް އެފަދަމީހަކާ އެއްފަދަމީހަކަށް ނުވޭތޯއެވެ.ކޮމެންޓް ކުރުމުގެ މިނިވަން ފުރުޞަތެއް އޮތްކަމުގައިވިޔަސް މިފުރުޞަތުގެ ބޭނުން ހިފަންވާނީ ހެޔޮގޮތުގައެވެ.

  7. މީހަކު‮ ‬ވިދާޅުވީ


    ތާރީޚް:24/02/2009

    ތަނަކަށް ދުވަސްވާ ވަރަކަށް ތަނުގެ މާނަވީ އަގު އިތުރުވާނެ.. ވަރަށް ގިނަ އިނގިރޭސި ފިލްމުތަކުން އަހަރެން ދެކެން، އަންހެން ކުއްޖަކަށް ޕޮރޮޕޯސް ކުރާ ފިރިހެން ކުއްޖާ، އޭނާގެ މާމަގެ އަނގޮޓި އަންހެންކުއްޖާގެ އަތުގައި އަޅުވާފައި ފަޚްރުވެރިކަމާ އެކު ބުނާތަން، “މިއީ ތިމަންނަ މާމަގެ އަނގޮޓިއޭ، މާމަ އިނގިލީގަ މި އަނގޮޓި އަޅުވައިދިނީ ކާފައޭ” ހަގީގަތުގަ ފިރިހެން ކުއްޖާ ބޭނުން ނަމަ އެޔަށް ވުރެ މާ ރީތި އެންމެ މިޒަމާނުގެ ފެޝަން އަނގޮޓިއެއް ވެސް ގަނެވުނީސް، އެކަމަކު މާނަވީ ގޮތުން ބަލާއިރު، އޭނާގެ ޢާއިލީ ތަރިކައެއްގެ ދަރަޖަ ލިބިފައިވާ އެއްޗެއް ލޯބިވެރިޔާގެ އިނގިލީގައި މި އެޅުވީ..

    މުލީއާގެ އަކީ އެގޮތުން ބަލާ އިރު، މާލޭގައި ހުރި އެބާވަތުގެ ގަނޑުވަރުތައް ވިއްކާލާނެ ދުވަހެއް އަޔަސް، ބޮލެއް ހުރި މީހަކު ވިއްޔާ އެންމެ ބޮޑު އަގުގައި ގަންނާނެ ގަނޑުވަރުކަން ޝައްކެއް ވެސް ނެތް.

    އެކަމަކު ހިތާމައަކީ، ދިވެހިން އެކަހަލަ ތަންތަން މަރާމާތުކުރުމުގެ ބަދަލުގައި ތަޅާލުމަށް ފަހު އެންމެ މޮޑަން ސްޓައިލަށް އެހެންތަނެއް ހަދާކަން. އަހަރެމެން ރަށު އުސްގެ، ކުރީގެ ބާމިސްކިތް. މިހިރީ އެ އުސޫލުން ބީވެގެން ދިޔަ ތަރިކަތައް.

  8. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:25/02/2009

    ޝަމްސުއްދީން ރަދުންގެ ޒަމާނުގައި ތިބުނާ އަމަލުތައް ހިންގިކަމަށް ބުނާ ވާހަކަތައް މަވެސް އަޑުއެހިން. އަދި އެޒަމާނުގެ މީހުން އެވާހަކަތައް ކިޔާދީފަވެސް އެބަހުރި. އަހަރެން ކައިރީ އެވާހަކަތައް ކިޔާދިނީ (ވަރަށް ފަހުން އަވަހާރަވި) ދިއްދޫ ކަލޭފާނު ކިޔާދިނީމަ އެބޭފުޅާ އަރިހުގަ އުޅުން ކުއްޖެއް. ގަބޫލު ކުރަން ކިތަންމެ ބޭނުންނިވިޔަސް މުލީއާގޭގެ ތާރީހުގަ އެކަހަލަ ހަޑި ކުލަތަކެއްވެސް ޖެހިފަ އެބަހުރި.

  9. ފަންތޮށި‮ ‬ވިދާޅުވީ


    ތާރީޚް:25/02/2009

    ބަލަ ކޮޔާ ކަންނެތް ސޮރާ!! އެތާ ބަޔަކު ކަމެއް ނުކުރެޔެކޭ ނޫނޭ އެކިޔަނީ.. އެކަމަކު އެއީ ދިވެހިންގެ ތަރިކައެކޭ އެތަނުގައި ދިވެހިންގެ ވަރަށް ގިނަ ތާރީހީ ކަންތައްތަކެއް ހިނގާފަ ހުރިތަނެކޭ، ދިވެހިން ހަދާފަ ހުރި ގިންދުވަސްވީ ތަނެކޭ އެތަނުގެ އަގުވައްޓާލުމަށް އެޒާތަށް ވާހަކަ ނުދައްކާށޭ އެކިޔަނީ. ގެފުޅުގައި އެތައް ސަތޭކަ ބުދެއް ހުރި ވާހަކަ އެއް ނާހަންތަ؟ ދެން މިހެން ބުނީމަ ހީނުކުރާތި އަހަރެން މި އުޅެނީ ގެފުޅާ މުލީއާގެޔާ ހަމަހަމަކުރާށޭ. އެޒަމާނެއްގަ ހުންނަ ވެރިޔަކު ބޭނުމިއްޔާ ނާޗަރަންގީ ކުޅެފާނެ ކުދިންނޭ ރައީސް އޮފީހުގަ ވެސް. އެކަމަކު ދެން އަންނަ ބަޔަކު އެތަން ނާސިގެޔެކޭ ކިޔުމުގެ ބަދަލުގަ، އެތަނަށް ހައްގުވާ މަގާމު ދޭންޖެހޭނީ އެތަން އެކަހަލަ މުޑުދާރު އަމަލުތަކުން ސާފުކޮށްފަ.

  10. ކިޔުންތެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:25/02/2009

    ކަންނެއްސޮރަށް:
    އަނެއްކާވެސް ލިޔެފަ ހުންނަ އެއްޗެތި ދޭހަނުވާ ބޭކަލެއް ކޮމެންޓް ކޮށްފި!
    ފަންތޮށްޓަށް:
    ކަންނެއްސޮރަށް ވިސްނައިދޭން ތިޔަ ލިޔުނު ކޮމެންޓް ހަމަ ވަރަށް ފަހި!

  11. ކިޔާމީހާ‮ ‬ވިދާޅުވީ


    ތާރީޚް:25/02/2009

    ލިޔެފަ އޮތް އެއްޗެއްގަ ބުނާ ވާހަކައެއްދޭހަނުވިއަސްހެޔޮ، ކޮމެންޓް ކުރުމަށް ހިލޭފުރުޞަތެއް އޮތީމައި ކީބޯޑުގައި އަތުންތަޅަނީ ކީއްކުރާނީ. ލިޔުމުގައި ބުނާ އެއްޗެއް ނޭނގުނަސް ކޮންމެހެން ކޮމެންޓް ކުރަންޖެހޭތަ. އެއަށްވުރެ ރަނަގަޅުވާނެ ކޮމެންޓް ނުކުރިއްޔާ…. ޕޮއް.

  12. ކީކޭދެންބުނާނީ‮ ‬ވިދާޅުވީ


    ތާރީޚް:25/02/2009

    ސާބަސް ސާބަސް ! ބަލަ މީ މީހުން ކުރާ ކޮމެންޓަށް ކޮމެންޓް ކުރަން ހުޅުވާލާފަ އޮންނަ ފުރުސަތެއް ނޫނޭ. މީ ލިޔެފަ އޮންނަ ލިޔުމަށް ކޮމެންޓ ކުރަން ހުޅުވާލާފަ އޮންނަ ފުރުސަތެއް.ކީކޭދެންބުނާނީ؟؟؟؟؟؟؟؟؟

  13. ފަންތޮށި‮ ‬ވިދާޅުވީ


    ތާރީޚް:25/02/2009

    ކީކޭދެންބުނާނީ:
    ހަހަހަހަހަހަހަހަ.. ގުދޯ ގުދޯ ތަ ތިޔާ ގޮވަނީ؟ ބަލަ ދޮންމަނިކާ ކަލޭ ތިޔަ ކޮމެންޓު ކުރީ ލިޔެފަ އޮތް ލިޔުމަށްތަ؟ ކީކޭދެން ކިޔާނީ..

  14. John457‮ ‬ވިދާޅުވީ


    ތާރީޚް:29/04/2009

    Very nice site! cheap viagra

  15. John457‮ ‬ވިދާޅުވީ


    ތާރީޚް:29/04/2009

    Very nice site! cheap cialis http://opeyixa.com/rvqaxsx/4.html

  16. John457‮ ‬ވިދާޅުވީ


    ތާރީޚް:29/04/2009

    Very nice site!