މުހައްމަދު އިސްމާއިލް
އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން މިއަހަރު ބާއްވަންފަށާ އަތޮޅު ފުޓުބޯޅަ މުބާރާތުގައި ކުޅުދުއްފުށީގެ އެއްވެސް ޓީމެއް ބައިވެރިނުވާކަމަށް އެފްއޭއެމް އިން މައުލޫމާތު ދީފިއެވެ.
ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން ފުޓުބޯޅަ އެސޯޝިއޭޝަން އޮފް މޯލްޑިވްސްގެ އޮފިޝަލެއް ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު 57 ޓީމު ބައިވެރިވި ވެފައިވާއިރު ކުޅުދުއްފުށީގެ އެއްވެސް ޓީމެއް ބައިވެރިވެފައި ނުވާކަމަށެވެ.
މިއަހަރުގެ އަތޮޅު ފުޓުބޯޅަ މުބާރާތުގައި ހދ. އަތޮޅުން ބައިވެރިވެފައި ވަނީ 4 ރަށަކުން 5 ޓީމެވެ. އެއީ ހަނިމާދޫ، ނައިވާދޫ އަދި ކުމުންދޫގެ އިތުރުން ނޮޅިވަރަމްގެ ދެޓީމެވެ. މުޅި ރާއްޖެއިން 12 އަތޮޅަކުން މުބާރާތުގައި ބައިވެރިވި 57 ޓީމުގެ ތެރެއިން ލ. އަތޮޅުގެ އެއްޓީމު މިހާރުވަނީ މުބާރާތުން ވަކިވެފައެވެ.
އެފްއޭއެމްގެ ފަރާތުން ވާހަކަ ދައްކަމުން އެފްއޭއެމްގެ އޮފިޝަލެއް ކަމުގައިވާ ދޮނާ ވިދާޅުވީ އަތޮޅު މުބާރާތުގެ އިތުރުން އެހެން އަހަރުތަކުގައި އޮންނަ ޒޯން މުބާރާތާއި މާލޭ ބުރު މިއަހަރު ނޯންނާނެއެވެ. މީގެކުރިން ދިވެހި ލީގުގައި ބައިވެރިވުމަށް ކުރިން ޒޯން މުބާރާތުގެ އެއްވަނަ ޓީމަށް ފުރުސަތު ލިބުން ކަމުގައިވިޔަސް، ރަށްރަށުން އަންނަ ޓީމުތައް ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ތިބުމަކީ ޚަރަދުގެ ގޮތުން ބަލާއިރު ކުރަން ފަސޭހަ ކަމަކަށް ނުވާތީ މިއަހަރު އެބައި ކެންސަލްކޮށްލާފައި ވާކަމަށާއި ނަމަވެސް މިއަންނަ އަހަރު ޒޯން ތަކުން އަންނަ ޓީމުތަކަށް މާލޭގެ ޓީމުތަކާއި ވާދަކުރެވޭނެ ކުރު މުބާރާތެއް ރާވަމުން ދާކަމަށް ދޮނާ މައުލޫމާތު ދެއްވިއެވެ .

ހާމުދުރު ވިދާޅުވީ
ތާރީޚް:19/05/2011
އެއްހަމަޔަކުން ބަލާއިރު ބައިވެރިނުވުން ތިއީހަމަ އެންމެރަގަޅުގޮތްކަމަށްވެސް ވެދާނެ. އަދި ހަމަ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުޅަކަމަކަށްވެސް ވެދާނެ. ޚަރަދުކުޑަވާނޭނޫން!!!! އަދި ހަމައެގޮތުން މިހާރުރަށުގައި އަލަށް އުފައްދާފައިވާ ޒުވާން ޖަމްއިއްޔާތަކުގެ އެއްވެސް އުރައްޕެއް ނެތީކަމަށްވެސް ވެދާނެ!! ކޮންމެކަމަކާހުރެނަމަވެސް މިފަހަރު މިއޮތީ އެއްވެސް ޓީމެއް ބައިވެރިނުވެ… މިއީ މުޅިރަށް ސިޔާސީވެފައިއޮތުމުން ވީގޮތެއް ކަމަށްވެސް ބައެއްފަރާތްތަކުން ބުނެފާނެ!!! ކޮންމެގޮތަކުން ބެލިކަމުގައިވިއަސް ޒުވާނުންގެ ޖަމްއިއްޔާއާއި މަގުލަސްކްލަބާ ހަމަޔަށް އަންނަން މިހާރު މިތިބަ ޒުވާން ޖަމްއިއްޔާތައް ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭނެ…
ކުރޮޅި ވިދާޅުވީ
ތާރީޚް:19/05/2011
ފުޓްބޯޅަކުޅެން ދޫކޮށްފައިހުރި ދަނޑުތަކުގައި ފުލެޓް އެޅުމަށް ގޮވާލަން!
އަހްމަދު ވިދާޅުވީ
ތާރީޚް:19/05/2011
މަގުލަސް ކްލަބަށާއި ޒުވާނުންގެ ޖަމިއްޔާއަށް ފާޑުކިޔާފަ އުފެއްދި އަވަށު ޖަމިއްޔާ ކޮބާ؟ އެހެން މީހުންނަށް ފާޑުކިޔާފަ ހަދައިގެން އުޅުނު ސައިޓު ގަނޑު ކޮބާ؟ ދުވަސްވީ މީހުންނަށާއި ދުވަސްވީ ފަރާތްތަކަށް ކަމޭނުހިތާ ޒުވާނުން މިގައުމުން ފެންނާތީ މައްސަލައަކީ. އަދި އެ ދުވަސްވީ މީހުންނާ އެއްވަރުކުރަން ވަރަށް މަސައްކަތް ކުރަންޖެހޭނެ.
ކުޅުދުއްފުށީގައި ވެސް ކުޅުންތެރިން އެބަތިބި. ރަނގަޅު ހިންގުންތެރިން ނެތީ. ހަގީގީ ލީޑަރުން އުފެދޭ ވަރު ވަރަށް މަދު
ޒުއްބަ ވިދާޅުވީ
ތާރީޚް:19/05/2011
ލަދުން ބޯ ހަލާކު. ރަށުގަ އުޅެނީ ހުސް މޮޅެތި ފުޓްބޯޅަ ކުޅުންތެރިންނޯ. ދެމީހަކު އެކުވާއިރަށް ކުދިކުދި މުބާރާތްތައް ބާއްވައިގެން އެތަށް ސަކަރާތެއް ޖަހާނެ. އެކަމަކު މިފަހަރު ގައުމީ ފެންވަރުގެ މުބާރާތެއް ވީމަ އެކަކަށްވެސް ނުކެރުން ބައިވެރިވާކަށް. ރީނދޫހުން ޖެހުނީމަ ވާނެ ގޮތަކީ ކުޅިވަރު ކުޅޭ ހިތެއް ނުވާނެ. ޒުވާބު ކުރުމާ ޖަދަލުކުރުމާއި ދެން ނިދުން ކަމަކަށް އޮންނާނީ. ސިއްހަތު ރަނގަޅު ޒުވާނުން ރަށުގަ ވަރަށް މަދު މިހާރު
ރެޑޭ ވިދާޅުވީ
ތާރީޚް:19/05/2011
ބައިވެރިވާނީ ކިހިނެތް؟ އިއުލާން މި ކުރަނީ މުއްދަތު ހަމަވާން 1 ދުވަހަށް ވީމަ!
މުހައްމަދު ވިދާޅުވީ
ތާރީޚް:19/05/2011
މަގްލަސް އެންމެ ބާރަށް ހިންގިކަމަށް ފާހަގަކުރެވެނީ ސަޓޯ މިހާރު އޭނަ ކޮބައިތަ މިކަހަލަ ކަމެއްގަ ނޫޅެނީތަ ؟ ބިޒީކަމަށްވެސް ވެދާނެ. އެއީ ކުޅެމުން ކްލަބް ހިންގި މޮޅުމީހެއް . އެކަހަލަ މީހުން މިރަށުގަ މަދީ ..
އައްޔަ ވިދާޅުވީ
ތާރީޚް:20/05/2011
ސަޓޯ، ބާންސް، ދޮނޭ މިމީސްމީހުންނަކީ މަގުލަސް ކުލަބުގެ ރަންޒަމާނުގައި ކުލަބު ހިންގިމީހުން. މިމީހުންގެ މަސައްކަތް އަހަރެމެން ބަލައިގަންނަން.
އައްޔަ ވިދާޅުވީ
ތާރީޚް:20/05/2011
އެއްދުވަހަށް ވީމަ އިއުލާންކުރީމަވެސް ބައެއްޓީމުތަކުން ބައިވެރިވީއިރު އަހަރެމެންނަށް އެކަންނުވިކަން ވަރަށްދެރަ
އައްޔަ ވިދާޅުވީ
ތާރީޚް:20/05/2011
ކުޅުދުއްފުށިން ޓީމެއް ބައިވެރި ނުވީ ތީޔައިން އެއްކަމެއްވެސް ވެގެނެއްނޫން. އެފްއޭއެމުން އެންގި އެންގުން އޮތީ ފަރަޓާ ކައުންސިލަރު ގޭގައި ބާއްވާފައި. ދެން އެހެން އޮށްވާ މުއްދަތު ހަމަވީ.. ކޫސް އަޅުވާލި ފުރާނައެއް ފަހެ މި ފަސްގަނޑުގައި އެބަ އުޅޭތަ. އެސޮރުމެން ބުނާހެން ރައްޔިތުންނަށް ހަމަ ހަދާނީ ހަދާނެ ގޮތެއް. ކުރިއަށް ގޮތް އިންތިހާބު ތަކުގަވެސް ވޯޓްދީގެން ހޮވާ..
މޯޑް ވިދާޅުވީ
ތާރީޚް:21/05/2011
ކޮންމެދުވަހަކު ހަވީރު ބޫޓައްއަރާފަ ދެކަށިމަތީގަ ފުއްޖަހާފަ ކުޅެންދާނެ، ބޯޅަކުޅޭ ދަނޑުދަނޑު ކައިރިން ދުއްވާލާއިރު ހީވާނެ ކުޅުދުއްފުށީގައި ފުޓުބޯޅަ ކުޅޭ ކުދިން ގިނައޭ ބަޔަކަށް އުޅޭނޭ ވިހި ތިރީސް ބޭކަލުން އެކަމަކު މުބާރާތަކާ ޖެހުނީމާ ވޯކް އައުޓް ވޯކް އައުޓް، ނުވަހާސް މީހުން އުޅޭ ރަށަކުން މުބާރާތުގައި ބާއިވެރިވެލާނެ ޓީމުގަނޑެއް ނުވި ލަދުން ދެފައި ކައިރި ކޮށްލާން ނުކެރޭ
އަލީ ވިދާޅުވީ
ތާރީޚް:21/05/2011
ސަޓޯ، ބާންސް، ދޮނޭ އެއްނޫން މަގުލަސް ހިނގީކީ. ބޮންތި މުހައމަދުފުޅާ އަހުމަދު މޫސާ އިސްކޮށް އުޅުނީ.
ދޮންދޫނި ވިދާޅުވީ
ތާރީޚް:22/05/2011
ބޮންތި މުޙައްމަދުފުޅަކީ މަގުލަސް ކުލަބުގެ އެއްމުއައްސިސް ދެން އަޙްމަދު މޫސާ އަކީ ކާކު. މަގުލަސްކްލަބު އޮޔާލީ އެކްލަބުގެ ރައީސްގެ މަޤާމަށް މިހާރު މަތިއުތުރު ހެލްތުކޯޕްރޭޝަންގެ މެމްބަރު އަދި އަޕަނޯތު ޔުޓިލިޓީ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމުހައިމިން އިބްރާހީމް ރައީސްކަމާ ޙަވާލުވިހިސާބުން ކަމަށްބެލެވެނީ . އެބޭފުޅާގެ ރިޔާސަތުގައި ހިންގާކޮމެޓީގެ ބައްދަލުމުމެއްވެސް ބޭއްވިފައިނުވާކަމަށް މަޢުލޫމާތުލިބިފައިވޭ.
އާމިރު ވިދާޅުވީ
ތާރީޚް:23/05/2011
ކުޅުދުއްފުށީގައި ވަރަށް ރަގަޅު ކުޅުންތެރިން އެބަތިބި. ފުރުސަތު ހޯދައިދޭންތިބި މީހުން މަދީ ތޯއްޗެ. އެކަން ވަކިފަރުދުންގެ ބޮލުގައި އެޅުވުން ބުއްދިވެރިއެއްނޫން. މުހައްމަދުފުޅަކީ އިޖުތިމާއީ ފޭރާން ރަގަޅުކުރަން މަސައްކަތްކުރައްވާ ބޭފުޅެއް. ފުޓުބޯޅަކުޅުއްވާ ބޭފުޅެއްނޫން. ފަހަރުގައި ނޭނގި އޮތުމަކީ ވެދާނެކަމެއް. ސަޓޯއަކީ ފުޓުބޯޅައާއިދުރުގައި ވަޒީފާގަ ވަރަށް ބިޒީ ބޭފުޅެއް. ބާންސްވެސް ހަމައެހެން. ވަރަށް މަސައްކަތް ކުރެއްވި. އަހްމަދު މުސާއަކީވެސް އެފަދަބޭފުޅެއް. ކޮންމެ ބޭފުޅަކުވެސް ޖަމާއަތައްޓަކައި މަސައްކަތްތަކެއް ކޮށްދެއްވި. ތިބުނާ މުހައިމިނަކީ މެނޭޖިން ޑިރެކްޓަރެއްވެސް ނުން. އަދި އެއްވެސް އިރެއްގައި މަގުލަސް ކުލަބުން އިންތިހާބުކުރި ރައީސެއްނޫން. ކޮންމެވެސް ސަބަބަކާހެދި ދުވަސްކޮޅަކު އެ ހައިސިއްޔަތުން ހަރަކާތްތެރިނުވާކަމެއް ނޭގެ. އެކުލަބު ހަލާކުވި ސަބަބަކީ ކުލަބުގަ ހަރަކާތްތެރިވި މެމްބަރުން ފުޓުބޯޅަ އެކަނިކުޅޭ ކުލަބެއް އުފަންކުރަން ބޭނުންވުމާއެކު ސިޔާސީ ހަލަބޮލިކަމުގެތެރޭގައި ހަރަކާތްތެރިވާން ނޭނގުންހެން ހީވަނީ. ފުޅާއި މަޝްވަރާކޮށް ކޮންމެވެސް ބަޔަކު އެކުލަބާއެކު ހަރަކާތްތެރިވުން އެއީ ކުޅުދުއްފުށީގެ ނަން އިތުރަށް ދިރުވޭނެކަމެއްކަމަށްފެނޭ. އެއީ މަގުލަސްކުލަބު، ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާގެ ނަން އިވުމުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގެ މީހުންވެސް އެބަޔަކާމެދު ސުވާލުކުރާބަޔެއް.
މުހަންމަދު ވިދާޅުވީ
ތާރީޚް:23/05/2011
އެހެންވިއްޔާ ދެން މުޅި ރަށުގައި ފުޓްބޯޅަދަނޑު ހަދަންވީ އެއްނު
ރަށު ރައްޔިތެއް ވިދާޅުވީ
ތާރީޚް:31/05/2011
ބަލަ އެއްދުވަހޭ ބުނި އިރު ކޮންމެ ދުވަހަކު ތަޅާ އެއްޗެއްނޫންތަ ތި ފުޓްބޯޅަ. ދެ މީހަކު އެއްވާއިރަށް ފުޓުބޯޅަ ކުޅޭނެ. އަދިވެސް ދަނޑު ގިނަކުރެވޭޓޯ ބަލާ! މިރަށު އެއްޗެތިން ހަމަ ކަންނެތީ! ކުޅެން ފެށޭއިރުވެސް ހުންނީ 5:30 ވެފަ ދެން ކޯޗެއްތަ ކުޅެވޭނީ. ކައިރި ރަށްރަށޫން އައިސް އެދަނީ ބަލިކޮށްފަ! ފުޓުބޯޅަ ދަނޑުތަކުގައި އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަ ހަދަންވީ. މިރަށު ޒުވާނުން ހަމަ ކަންނެތީ. މިޔޮށް ފުޓުބޯޅަކުޅުނީ… ޕަކާސްސސސސސސސސސސސސސސ ސް