Kulhudhuffushi.com » ހޫނު ސުރުހީ

ޝޯން ގާނިއޭގެ ސްޓްރީޓް ސްޓައިލްގެ ހުނަރު ކުޅުދުއްފުށީގައި ދައްކާލައިފި
ރެޑް ބުލް ސްޓްރީޓް ސްޓައިލް ފުރަތަމަ މުބާރާތުގައި ވޯލްޑް ޗެމްޕިއަންކަން ހޯދި ޝޯން ގާނިއޭ އޭނާގެ ސްޓްރީޓް ސްޓައިލްގެ ހުނަރު މިއަދު ކުޅުދުއްފުށީގައި ދައްކާލައިފި އެވެ.

ރެޑް ބުލް ރާއްޖޭގައި މާކެޓްކުރާ ޔޫރޯ މާކެޓިންގެ ފަރާތުން އިންތިޒާމުކޮށްގެން މިއަދު ހަވީރު ކުޅުދުއްފުށީގައި ކުރިއަށްދިޔަ ޝޯގައި ޝޯން ގާނިއޭގެ އިތުރުން ފްރާންސްގެ މަޝްހޫރު އަންހެން ފްރީ ސްޓައިލް ފުޓްބޯލާއެއް ކަމަށްވާ ސޭންޑީ ލަވީޓާސް (ބޭމްބީބޯލް) ގެ ހުނަރުތައް ވެސް ދައްކާލުން ކުރިއަށް ދިޔައެވެ.

ރެޑް ބުލް ސްޓްރީޓް ސްޓައިލް ޝޯ ކުރިއަށް ގެންދިއުމަށްޓަކައި ޝޯން އާއި ބޭމްބީބޯލް މިއަދު ކުޅުދުއްފުއްޓަށް އައީ މެންދުރު ފަހުގެ ވަގުތެއްގައި އެވެ. އެ ދެމީހުންނަށް ކުޅުދުއްފުށިން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު މިއަދު ހަވީރު ބޭއްވި ޝޯ ބަލާލުމަށްޓަކައި ކުޅުދުއްފުށީގެ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ބަޔަކު ހިއްކި ސަރަހައްދަށް ދިޔައެވެ.

ސްޓްރީޓް ސްޓައިލް ޝޯ ކުރިއަށް ދިޔަ ވަގުތު އެތަނަށް ދިޔަ ބައެއް ކުދިން ވެސް އެމީހުންނާއެކު ހުނަރުތައް ދައްކާލިއެވެ. އަދި، ޝޯ ކުރިއަށް ދިޔަ ވަގުތު ރެޑް ބުލް އެނާޖީ ޑްރިންކް ބަހާފައިވާއިރު ޝޯ އަށް ކުޅުދުއްފުށިން ވަރަށް ބޮޑު ސަޕޯޓެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ރެޑް ބުލް ރާއްޖޭގައި މާކެޓް ކުރާ ޔޫރޯ މާކެޓިން އިން ބުނީ މިއަހަރުގެ ތެރޭ މިފަދަ އެހެން ޝޯއެއް ކުޅުދުއްފުށީގައި ބޭއްވުމަށް ގަސްދުކުރައްވާ ކަމަށެވެ.

ޚަބަރާގުޅޭ ފޮޓޯ ބެއްލެވުމަށް ކުޅުދުއްފުށި އޮންލައިން ފޭސްބުކް ޕޭޖް އަށް ދިއުމަށް ކްލިކް ކުރަށްވާ

ކުޑަ ދަރިފުޅަށް ކާންދޭން އުނދަގޫ ހެއްޔެވެ؟
ހުސްނާ އަބްދުﷲ

ކުޑަދަރިފުޅު ނުކާތީ ކަންބޮޑުވޭ ހެއްޔެވެ؟ ކަންބޮޑުވާނަމަ ދަރިފުޅު ނުކަނީ ކީއްވެތޯ ވިސްނާލިން ހެއްްޔެވެ؟ ރަނގަޅަށް ނުކާނަމަ ދަރިފުޅު ހެދިބޮޑުވުމަށް ހުރަސް އެޅެއެވެ. ބަރުދަން ލުއިވެއެވެެ. އެހެންކަމުން ދަރިފުޅު ނުކަނީ ކީއްވެތޯ ދެނެގަތުން ވަރަށް މުހިއްމެވެ.

ކާހިތްނުވުމަކީ ދަރިފުޅަށް ކާންދިނުމަށް އުނދަގުވާ އެއް ސަބަބެވެ. ދަރިފުޅަށް އާންމުކޮށް ދެވޭ ކާނާ ތަކަކީ ދަރިފުޅަށް މާ ގާޔާވާ އެއްޗަކަށް ނުވެދާނެއެވެ. މިސަބަބާ ހުރެ ކުދިން ކެއުން މަތިން ފޫހިވެއެވެ. ބައެއް ފަހަރު އަނގަޔަށް ގެއްލުމެއް ވެފައި ހުރެއްޖެނަމަ ދަރިފުޅު ކެއުމާ ދުރައްދެއެވެ. ކުޅެން އުޅުމުގެ ތެރޭގައި އަނގަޔަށް ލާ އެއްޗަކުން ނުވަތަ އެހެންވެސް ގޮތަކުން އަނގައިގެ ހިރުގަނޑު ފަދަ ތަނަކަށް ގެއްލުމެއް ލިބިފައި ވާނަމަ ކުއްޖާ އަށް ކާން އުނދަވުން ގާތެވެ. މިފަދަ ކަމަކަށް ޝައްކުވާނަމަ ޑޮކްޓަރަށް ދައްކާލުން މުހިންމެވެ.

ކުޑަކުދިން ކެއުމާ ދުރުވަނީ ހަމައެކަނި މިފަދަ ސަބަބުތަކާ ހުރެއެއް ނޫނެވެ. ދަރިފުޅު ކާންދިނުމުގައިވެސް ރަނގަޅު އުކުޅުތައް ބޭނުން ކުރެވިދާނެއެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަން ހިމަނާލާނަމެވެ.

ކާންދިނުމުގައި ތަފާތު ބާވަތްތައް ހިމަނާށެވެ.

ދަރިފުޅަށް އެންމެ ފައިދާ ހުރި ބާވަތްތައް ކާންދިނުމުގެ ގޮތުން ކޮންމެ ފަހަރަކު އެކެއްޗެއް ދެވޭތަން ވަރަށް ގިނަ ފަހަރު އާދެއެވެ. ނަތީޖާއަކަށް ވަނީ އަބަދު އެކައްޗެއް ކައިކައި ކުދިން ކެއުން މަތިން ފޫހިވުމެވެ. މީގެ ބަދަލުގައި ތަފާތު ވައްތަރުތައް ދޭން އާދަކުރާށެވެ. މުހިއްމު މާއްދާތައް މަދުވެދާނެ ކަމުގެ ބިރު ހީވާނަމަ ‘ޓައިމް ޓޭބަލް’ އެއް ހަދާށެވެ. އެ ޓޭބަލް ތެރޭގައި އެކަށީގެންވާ ވަރަށް ދަރިފުޅަށް މުހިންމު ކާނާތައް ހިމަނާލާށެވެ.

ހަމަޖެހިގެން ކާންދެށެވެ.

ބުރަކޮށް ވަޒީފާގައި އުޅެމުން ދަރިފުޅު ބަލާ މައިން ހުސްވަގުތުކޮޅުގެ ގޮތުގައި އޮފީހުން ލިބޭ އެއްގަޑިއިރު ދަރިފުޅަށް ކާންދިނުމަށްޓަކައި ހުސްކުރެއެވެ. އެވަގުތުގައި ދަރިފުޅު ނުކާން ބޮޑާ ހާކާ ނަމަވެސް އުފާވެރި މޫނަކާއެކު ހަމަޖެހިގެން ކުއްޖާއަށް ކާންދޭން މަސައްކަތް ކުރުން މުހިންމެވެ. އަވަސް އަރުވާލައިގެން ކާންދޭން އުޅެފިނަމަ މާގޯސްވެދާނެއެވެ. އެހެންކަމުން ރުޅި އިސްކުރުމުގެ ބަދަލުގައި ދަރިފުޅު ހިތްހަމަ ޖައްސައިދީގެން ކާންދޭށެވެ.

ކުދިންގެ ސަމާލުކަން ދަމައިގަންނަ ގޮތަކަށް ކާއެއްޗެހި ހަދާށެވެ.

ދަރިފުޅަށް ތައްޔާރު ކުރާ ކާނާއަކީ ބަލާލަންވެސް ރީތި އެއްޗެއްސަށް ވާން ޖެހެއެވެ. ކުއްޖާގެ ސަމާލުކަން އެންމެ ފުރަތަމަ ލިބޭނީ ތައްޓަށް ކާއެއްޗެހި އަޅާފައި ހުންނަ ގޮތަށެވެ. ތަރުކާރީ އާއި މޭވާ ދޭ އިރު އެތަކެތި ތަށީގައި ރީތި ގޮތަކަށް އަތުރާލައިފިނަމަ އޭގައި ލާ ރަހަ މާ ކަމުނުދިޔަސް ކުދިން ގަޔަވާނެއެވެ. ކެރެޓް ފަދަ އެއްޗެހި އެކި ގޮތް ގޮތަށް ކަފައިގެން ކުޑަކުދިިންނަށް ރީތިވާ ގޮތަކަށް ‘ގާނިޝް’ ކުރުމަކީވެސް ބައެއް މީހުން ބޭނުންކުރާ އުކުޅެކެވެ.

ކާގަޑި ކައިރި ކޮށްފައި ‘ކޫސަނި’ ކަހަލަ އެއްޗެހި ނުދޭށެވެ.

ގިނަ މައިން ބަފައިން ކުދިން ރުއްސުމުގެ ގޮތުން އެކުދިން ކާހިތްވާ އެކި ކަހަލަ ލުއި ކާނާ އާއި ބުއިންތައް ގަނެދެއެވެ. އެހެން ނަމަވެސް ކާންދޭ ގަޑި ކައިރި ކޮށްފައި ދަރިފުޅަށް މިފަދަ އެއްޗެހި ދިނުން ރަނގަޅެއް ނޫނެވެ. ދޭނަމަ ކާގަޑީގައި ކުއްޖާގެ ބަނޑުގައި ޖާގައެއް ނޯންނާނެވެ.

ކާއެއްޗެހި ހެދުމުގައި ދަރިފުޅު ބައިވެރި ކުރާށެވެ.

ކެއްކުމަށް ބޭނުންވާ އެއްޗެހި ގަންނަންފިހާރައަށް ދާއިރު ދަރިފުޅު ގެންދާށެވެ. ހަރުގަނޑުން މޭވާ އާއި ތަރުކާރީ ފަދަ އެއްޗެހި ނަގާށެވެ. ހަމަ އެގޮތަށް ކައްކާ ގަޑީގައި ވެސް ކުއްޖާގެ އުމުރާ ގުޅޭ ބައެއް މަސައްކަތް ޖައްސާށެވެ. އެގަޑީގައި ވާހަކަ ދައްކައި ކުއްޖާގެ ހިޔާލުވެސް ހޯދާށެވެ. އޭރުން ކާގަޑިއަކީވެސް ދަރިފުޅަށް އުފާވެރި ވަގުތުކޮޅަކަށް ވާނެއެވެ.

ކުއްލި ޚަބަރު: ކުޅުދުއްފުށީގައި 51 އަހަރުގެ ފިރިހެނެއް ގެއްލިގެން ހޯދަން ފަށައިފި
އިބްރާހިމް ހަމީދު

23:00

ކައުންސިލްގެ ރައީސް ޖަމްޝީދު މައުލޫމާތު ދެއްވާގޮތުގައި ކުޅުދުއްފުށީގެ މީހަކު ގެއްލިގެން އުޅޭ ހަބަރު މިހާރު ކައިރި ރަށްރަށަށް ވެސް އަންގަމުން ދާކަމަށެވެ. ހަސަން ހޯދުމުގެ މަސައްކަތުގައި ޕޮލިސް ސަރވިސްއާއި އެމްއެންޑީއެފްގެ އިތުރުން ރައްޔިތުންގެ ތެރެއިން ގިނަބަޔަކުވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި ގިނަބަޔަކު ކައުންސިލްގެ އިދާރާކައިގައިވެސް ހަރަކާތްތެރި ވަމުން އެބަދެއެވެ.

22:00

ހަސަން އިބްރާހިމް އެންމެ ފަހުން ފެނިފައިވަނީ ޖަލާލުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒު ދެމެދުގައި އޮންނަ ގޯޅި ތެރެއިން ކަމަށް އޭނާ ފެނުން މީހަކާއި ހަވާލާދީ ކައުންސިލްއިން މައުލޫމާތު ދެއެވެ.

17:00

ކުޅުދުއްފުށީގައި މީހަކު ގެއްލިގެން ހޯދަންފަށާއިފިއެވެ.

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދާ މީހަކީ ކުޅުދުއްފުށީ އަރޮޅިމާގެ އުމުރުން 51 އަހަރުގެ ހަސަން އިބްރާހިމް ( ލާލު ހަސަން) އެވެ. ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެމުން ހަސަން އިބްރާހީމްގެ އާއިލާއިން ބުނީ، މިއަދު ހެނދުނު 6:30 ގައި ގެއިން ނިކުމެގެން ދިޔަގޮތަށް އަދި ހަބަރެއް ނުވާ ކަމަށާއި ހަސަން އިބްރާހިމަކީ މިހާރު ކުޑަކޮށް ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމް ވިދާޅުވީ ކުޅުދުއްފުށީން 51 އަހަރުގެ ފިރިހެނެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާކަމަށާއި އަދި އިތުރަށް އެކަންތައްތައް ބަލަމުން ގެންދަވާ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން ވިދާޅުވީ ކުޅުދުއްފުށީ އަރޮޅިމާގެ ހަސަން އިބްރާހިމް ގެއްލިގެން އެއާއިލާއިން ރަށު ކައުންސިލް އިދާރާއަށް އަންގާފައިވާ ކަމަށާއި މިހާރު ހަސަން އިބްރާހިމް ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށެވެ.

ކުއްލި ހަބަރު – ކުޅުދުއްފުށީ ފާޅުބޯޓު މިއަދު ހަވީރުގެ ވަގުތެއް ގައި މާލޭން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން ދަނިކޮށް އެ ބޯޓުގެ އިންޖީނު ހުއްޓިއްޖެ
18:45

އިންޖީނަށް ދިމާވި މައްސަލަ ހައްލު ވެއްޖެކަމަށް މައުލޫމާތު ލިބިއްޖެ.

18:05

ކުޅުދުއްފުށީ ފާޅުބޯޓު މިއަދު ހަވީރުގެ ވަގުތެއް ގައި މާލޭން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން ދަނިކޮށް އެ ބޯޓުގެ އިންޖީނު ހުއްޓިގެން އުޅޭ ހަބަރު ލިބިއްޖެ އެވެ.

މައުލޫމާތު ލިބޭގޮތުގައި އިންޖީނު ހުއްޓެން ދިމާވި ސަބަބަކީ ރޭޑިއޭޓަރަށް ގުޅާފައި އިން ހޮޅިއެއް ފަޅައިގެން ދިއުމުން ނެވެ.

މިބޯޓުގައި ކުޑަކުދިން ނާއި އަންހެނުން ދަތުރުކުރަމުން ދާކަމަށް ހަބަރު ލިބެ އެވެ.

(ތަފްޞީލް އަންނަނީ)

ލޯކަލް ކައުންސިލް އިންތިހާބު 2011 – ކުޅުދުއްފުށީގެ ވަގުތީ ނަތީޖާ
ކުޅުދުއްފުށި ރަށުކައުންސިލް (އަށްނަންބަރުވޯޓު ފޮށި)

ކެނޑިޑޭޓް ނަންބަރ 01. އައިޝަތު ޝަހްމާ (ޤައުމީ އިއްތިޙާދު)     23 ވޯޓު

ކެނޑިޑޭޓް ނަންބަރ 02. ޢަލީ އާދަމް (އެމްޑީޕީ)             219 ވޯޓު

ކެނޑިޑޭޓް ނަންބަރ 03. މުޢުމިނާ އިޤްބާލް   (ޑީއާރުޕީ)       167 ވޯޓު

ކެނޑިޑޭޓް ނަންބަރ 04. މުޙައްމަދު ޢަލީ    (ޑީއާރުޕީ)        174 ވޯޓު

ކެނޑިޑޭޓް ނަންބަރ 05. އަޙްމަދު ޢަލީ    (އެމްޑީޕީ)         212 ވޯޓު

ކެނޑިޑޭޓް ނަންބަރ 06. ޢަލީ ޙަސަން   (އެމްޑީޕީ)          204 ވޯޓު

ކެނޑިޑޭޓް ނަންބަރ 07. ޢަލީ އާދަމް      (އަމިއްލަ)         19 ވޯޓު

ކެނޑިޑޭޓް ނަންބަރ 08. އަޙްމަދު ނަޢީމް   (ޑީއާރުޕީ)         164 ވޯޓު

ކެނޑިޑޭޓް ނަންބަރ 09. އިމްރާން އަޙްމަދު  (ޑީއާރުޕީ)         162 ވޯޓު

ކެނޑިޑޭޓް ނަންބަރ 10. ޖަމްޝީދު މުޙައްމަދު   (އެމްޑީޕީ)      231 ވޯޓު

ކެނޑިޑޭޓް ނަންބަރ 11. ފާރޫޤް މުޙައްމަދު     (އެމްޑީޕީ)       188 ވޯޓު

ކެނޑިޑޭޓް ނަންބަރ 12. ސަޢީދު އިސްމާޢީލް   (އަމިއްލަ)       20 ވޯޓު

ކެނޑިޑޭޓް ނަންބަރ 13. އަޙްމަދު އިސްމާޢީލް   (ޑީއާރުޕީ)        170 ވޯޓު

ކެނޑިޑޭޓް ނަންބަރ 14. ޖައުފަރު ޢަލީ      (ޑީއާރުޕީ)        170 ވޯޓު

ކެނޑިޑޭޓް ނަންބަރ 15. ޢަބްދުއް ޝުކޫރު އަޙްމަދު   (އެމްޑީޕީ)    193 ވޯޓު

ކެނޑިޑޭޓް ނަންބަރ 16. ހާރޫން މޫސާ     (ޑީއާރުޕީ)          161 ވޯޓު

ކެނޑިޑޭޓް ނަންބަރ 17. މޫސާޢަލީ   (ޢަދާލަތު ޕާޓީ)            24 ވޯޓު

ކެނޑިޑޭޓް ނަންބަރ 18. ހަމްޒާ ޙަސަން   (އަމިއްލަ)         28 ވޯޓު

ކެނޑިޑޭޓް ނަންބަރ 19. އިބްރާޙީމް ރަމީޒް     (އެމްޑީޕީ)    201 ވޯޓ

ކުޅުދުއްފުށި ރަށުކައުންސިލް (ފަސް ނަންބަރުވޯޓު ފޮށި)

ކެނޑިޑޭޓް ނަންބަރ 01. އައިޝަތު ޝަހްމާ (ޤައުމީ އިއްތިޙާދު)     24 ވޯޓު

ކެނޑިޑޭޓް ނަންބަރ 02. ޢަލީ އާދަމް (އެމްޑީޕީ)             159 ވޯޓު

ކެނޑިޑޭޓް ނަންބަރ 03. މުޢުމިނާ އިޤްބާލް   (ޑީއާރުޕީ)       140 ވޯޓު

ކެނޑިޑޭޓް ނަންބަރ 04. މުޙައްމަދު ޢަލީ    (ޑީއާރުޕީ)        140 ވޯޓު

ކެނޑިޑޭޓް ނަންބަރ 05. އަޙްމަދު ޢަލީ    (އެމްޑީޕީ)         161 ވޯޓު

ކެނޑިޑޭޓް ނަންބަރ 06. ޢަލީ ޙަސަން   (އެމްޑީޕީ)          166 ވޯޓު

ކެނޑިޑޭޓް ނަންބަރ 07. ޢަލީ އާދަމް      (އަމިއްލަ)         16 ވޯޓު

ކެނޑިޑޭޓް ނަންބަރ 08. އަޙްމަދު ނަޢީމް   (ޑީއާރުޕީ)         144 ވޯޓު

ކެނޑިޑޭޓް ނަންބަރ 09. އިމްރާން އަޙްމަދު  (ޑީއާރުޕީ)         126 ވޯޓު

ކެނޑިޑޭޓް ނަންބަރ 10. ޖަމްޝީދު މުޙައްމަދު   (އެމްޑީޕީ)      174 ވޯޓު

ކެނޑިޑޭޓް ނަންބަރ 11. ފާރޫޤް މުޙައްމަދު     (އެމްޑީޕީ)       153 ވޯޓު

ކެނޑިޑޭޓް ނަންބަރ 12. ސަޢީދު އިސްމާޢީލް   (އަމިއްލަ)       21 ވޯޓު

ކެނޑިޑޭޓް ނަންބަރ 13. އަޙްމަދު އިސްމާޢީލް   (ޑީއާރުޕީ)        119 ވޯޓު

ކެނޑިޑޭޓް ނަންބަރ 14. ޖައުފަރު ޢަލީ      (ޑީއާރުޕީ)        131 ވޯޓު

ކެނޑިޑޭޓް ނަންބަރ 15. ޢަބްދުއް ޝުކޫރު އަޙްމަދު   (އެމްޑީޕީ)    149 ވޯޓު

ކެނޑިޑޭޓް ނަންބަރ 16. ހާރޫން މޫސާ     (ޑީއާރުޕީ)          120 ވޯޓު

ކެނޑިޑޭޓް ނަންބަރ 17. މޫސާޢަލީ   (ޢަދާލަތު ޕާޓީ)            22 ވޯޓު

ކެނޑިޑޭޓް ނަންބަރ 18. ހަމްޒާ ޙަސަން   (އަމިއްލަ)         23 ވޯޓު

ކެނޑިޑޭޓް ނަންބަރ 19. އިބްރާޙީމް ރަމީޒް     (އެމްޑީޕީ)    140 ވޯޓު

ކުޅުދުއްފުށި ރަށުކައުންސިލް (ހަތަރު ނަންބަރުވޯޓު ފޮށި)

ކެނޑިޑޭޓް ނަންބަރ 01. އައިޝަތު ޝަހްމާ (ޤައުމީ އިއްތިޙާދު)     42 ވޯޓު

ކެނޑިޑޭޓް ނަންބަރ 02. ޢަލީ އާދަމް (އެމްޑީޕީ)             195 ވޯޓު

ކެނޑިޑޭޓް ނަންބަރ 03. މުޢުމިނާ އިޤްބާލް   (ޑީއާރުޕީ)       151 ވޯޓު

ކެނޑިޑޭޓް ނަންބަރ 04. މުޙައްމަދު ޢަލީ    (ޑީއާރުޕީ)        156 ވޯޓު

ކެނޑިޑޭޓް ނަންބަރ 05. އަޙްމަދު ޢަލީ    (އެމްޑީޕީ)         211 ވޯޓު

ކެނޑިޑޭޓް ނަންބަރ 06. ޢަލީ ޙަސަން   (އެމްޑީޕީ)          199 ވޯޓު

ކެނޑިޑޭޓް ނަންބަރ 07. ޢަލީ އާދަމް      (އަމިއްލަ)         25 ވޯޓު

ކެނޑިޑޭޓް ނަންބަރ 08. އަޙްމަދު ނަޢީމް   (ޑީއާރުޕީ)         156 ވޯޓު

ކެނޑިޑޭޓް ނަންބަރ 09. އިމްރާން އަޙްމަދު  (ޑީއާރުޕީ)         149 ވޯޓު

ކެނޑިޑޭޓް ނަންބަރ 10. ޖަމްޝީދު މުޙައްމަދު   (އެމްޑީޕީ)      219 ވޯޓު

ކެނޑިޑޭޓް ނަންބަރ 11. ފާރޫޤް މުޙައްމަދު     (އެމްޑީޕީ)       189 ވޯޓު

ކެނޑިޑޭޓް ނަންބަރ 12. ސަޢީދު އިސްމާޢީލް   (އަމިއްލަ)       21 ވޯޓު

ކެނޑިޑޭޓް ނަންބަރ 13. އަޙްމަދު އިސްމާޢީލް   (ޑީއާރުޕީ)        145 ވޯޓު

ކެނޑިޑޭޓް ނަންބަރ 14. ޖައުފަރު ޢަލީ      (ޑީއާރުޕީ)        168 ވޯޓު

ކެނޑިޑޭޓް ނަންބަރ 15. ޢަބްދުއް ޝުކޫރު އަޙްމަދު   (އެމްޑީޕީ)    180 ވޯޓު

ކެނޑިޑޭޓް ނަންބަރ 16. ހާރޫން މޫސާ     (ޑީއާރުޕީ)          140 ވޯޓު

ކެނޑިޑޭޓް ނަންބަރ 17. މޫސާޢަލީ   (ޢަދާލަތު ޕާޓީ)            24 ވޯޓު

ކެނޑިޑޭޓް ނަންބަރ 18. ހަމްޒާ ޙަސަން   (އަމިއްލަ)         43 ވޯޓު

ކެނޑިޑޭޓް ނަންބަރ 19. އިބްރާޙީމް ރަމީޒް     (އެމްޑީޕީ)    184 ވޯޓު

ކުޅުދުއްފުށި ރަށުކައުންސިލް (ދެނަންބަރު ވޯޓު ފޮށި)

ކެނޑިޑޭޓް ނަންބަރ 01. އައިޝަތު ޝަހްމާ (ޤައުމީ އިއްތިޙާދު)     22 ވޯޓު

ކެނޑިޑޭޓް ނަންބަރ 02. ޢަލީ އާދަމް (އެމްޑީޕީ)             131 ވޯޓު

ކެނޑިޑޭޓް ނަންބަރ 03. މުޢުމިނާ އިޤްބާލް   (ޑީއާރުޕީ)       139 ވޯޓު

ކެނޑިޑޭޓް ނަންބަރ 04. މުޙައްމަދު ޢަލީ    (ޑީއާރުޕީ)        149 ވޯޓު

ކެނޑިޑޭޓް ނަންބަރ 05. އަޙްމަދު ޢަލީ    (އެމްޑީޕީ)         155 ވޯޓު

ކެނޑިޑޭޓް ނަންބަރ 06. ޢަލީ ޙަސަން   (އެމްޑީޕީ)          151 ވޯޓު

ކެނޑިޑޭޓް ނަންބަރ 07. ޢަލީ އާދަމް      (އަމިއްލަ)         12 ވޯޓު

ކެނޑިޑޭޓް ނަންބަރ 08. އަޙްމަދު ނަޢީމް   (ޑީއާރުޕީ)         155 ވޯޓު

ކެނޑިޑޭޓް ނަންބަރ 09. އިމްރާން އަޙްމަދު  (ޑީއާރުޕީ)         138 ވޯޓު

ކެނޑިޑޭޓް ނަންބަރ 10. ޖަމްޝީދު މުޙައްމަދު   (އެމްޑީޕީ)      147 ވޯޓު

ކެނޑިޑޭޓް ނަންބަރ 11. ފާރޫޤް މުޙައްމަދު     (އެމްޑީޕީ)       141 ވޯޓު

ކެނޑިޑޭޓް ނަންބަރ 12. ސަޢީދު އިސްމާޢީލް   (އަމިއްލަ)       18 ވޯޓު

ކެނޑިޑޭޓް ނަންބަރ 13. އަޙްމަދު އިސްމާޢީލް   (ޑީއާރުޕީ)        137 ވޯޓު

ކެނޑިޑޭޓް ނަންބަރ 14. ޖައުފަރު ޢަލީ      (ޑީއާރުޕީ)        144 ވޯޓު

ކެނޑިޑޭޓް ނަންބަރ 15. ޢަބްދުއް ޝުކޫރު އަޙްމަދު   (އެމްޑީޕީ)    134 ވޯޓު

ކެނޑިޑޭޓް ނަންބަރ 16. ހާރޫން މޫސާ     (ޑީއާރުޕީ)          136 ވޯޓު

ކެނޑިޑޭޓް ނަންބަރ 17. މޫސާޢަލީ   (ޢަދާލަތު ޕާޓީ)            19 ވޯޓު

ކެނޑިޑޭޓް ނަންބަރ 18. ހަމްޒާ ޙަސަން   (އަމިއްލަ)         39 ވޯޓު

ކެނޑިޑޭޓް ނަންބަރ 19. އިބްރާޙީމް ރަމީޒް     (އެމްޑީޕީ)    133 ވޯޓު

ހދ.އަތޮޅު ކައުންސިލް (ކުޅުއްދުއްފުށީ އުތުރު ދާއިރާ، ދެނަންބަރު ވޯޓު ފޮށި)

ކެނޑިޑޭޓް ނަންބަރު 01. މުޙައްމަދު ޝުކޫރު (އެމްޑީޕީ) 147 ވޯޓު.

ކެނޑިޑޭޓް ނަންބަރު  02. ޢަލީ ނިފާޒު މުޙައްމަދު (އެމްޑީޕީ) 139 ވޯޓު.

ކެނޑިޑޭޓް ނަންބަރު 03. ޢާދަމް މަސްޢޫދު މޫސާ (ޑީއާރުޕީ) 173 ވޯޓު.

ކެނޑިޑޭޓް ނަންބަރު 04. އާދަމް މުޙައްމަދު (ޑީއާރުޕީ) 169 ވޯޓު.

ކުޅުދުއްފުށި ރަށުކައުންސިލް (ތިންނަންބަރު ވޯޓު ފޮށި)

ކެނޑިޑޭޓް ނަންބަރ 01. އައިޝަތު ޝަހްމާ (ޤައުމީ އިއްތިޙާދު)     37 ވޯޓު

ކެނޑިޑޭޓް ނަންބަރ 02. ޢަލީ އާދަމް (އެމްޑީޕީ)             156 ވޯޓު

ކެނޑިޑޭޓް ނަންބަރ 03. މުޢުމިނާ އިޤްބާލް   (ޑީއާރުޕީ)       135 ވޯޓު

ކެނޑިޑޭޓް ނަންބަރ 04. މުޙައްމަދު ޢަލީ    (ޑީއާރުޕީ)        151 ވޯޓު

ކެނޑިޑޭޓް ނަންބަރ 05. އަޙްމަދު ޢަލީ    (އެމްޑީޕީ)         168 ވޯޓު

ކެނޑިޑޭޓް ނަންބަރ 06. ޢަލީ ޙަސަން   (އެމްޑީޕީ)          162 ވޯޓު

ކެނޑިޑޭޓް ނަންބަރ 07. ޢަލީ އާދަމް      (އަމިއްލަ)         15 ވޯޓު

ކެނޑިޑޭޓް ނަންބަރ 08. އަޙްމަދު ނަޢީމް   (ޑީއާރުޕީ)         152 ވޯޓު

ކެނޑިޑޭޓް ނަންބަރ 09. އިމްރާން އަޙްމަދު  (ޑީއާރުޕީ)         155 ވޯޓު

ކެނޑިޑޭޓް ނަންބަރ 10. ޖަމްޝީދު މުޙައްމަދު   (އެމްޑީޕީ)      170 ވޯޓު

ކެނޑިޑޭޓް ނަންބަރ 11. ފާރޫޤް މުޙައްމަދު     (އެމްޑީޕީ)       151 ވޯޓު

ކެނޑިޑޭޓް ނަންބަރ 12. ސަޢީދު އިސްމާޢީލް   (އަމިއްލަ)       17 ވޯޓު

ކެނޑިޑޭޓް ނަންބަރ 13. އަޙްމަދު އިސްމާޢީލް   (ޑީއާރުޕީ)        146 ވޯޓު

ކެނޑިޑޭޓް ނަންބަރ 14. ޖައުފަރު ޢަލީ      (ޑީއާރުޕީ)        151 ވޯޓު

ކެނޑިޑޭޓް ނަންބަރ 15. ޢަބްދުއް ޝުކޫރު އަޙްމަދު   (އެމްޑީޕީ)    146 ވޯޓު

ކެނޑިޑޭޓް ނަންބަރ 16. ހާރޫން މޫސާ     (ޑީއާރުޕީ)          143 ވޯޓު

ކެނޑިޑޭޓް ނަންބަރ 17. މޫސާޢަލީ   (ޢަދާލަތު ޕާޓީ)            24 ވޯޓު

ކެނޑިޑޭޓް ނަންބަރ 18. ހަމްޒާ ޙަސަން   (އަމިއްލަ)         22 ވޯޓު

ކެނޑިޑޭޓް ނަންބަރ 19. އިބްރާޙީމް ރަމީޒް     (އެމްޑީޕީ)    146 ވޯޓު

ޞައްޙަ ވޯޓުގެ އަދަދު 2247

ބާޠިލު ވޯޓު 203

ޖުމްލަ ވޯޓް 2450

ހދ.އަތޮޅު ކައުންސިލް (ކުޅުއްދުއްފުށީ އުތުރު ދާއިރާ)

ކެނޑިޑޭޓް ނަންބަރު 01. މުޙައްމަދު ޝުކޫރު (އެމްޑީޕީ) 166 ވޯޓު.

ކެނޑިޑޭޓް ނަންބަރު  02. ޢަލީ ނިފާޒު މުޙައްމަދު (އެމްޑީޕީ) 170 ވޯޓު.

ކެނޑިޑޭޓް ނަންބަރު 03. ޢާދަމް މަސްޢޫދު މޫސާ (ޑީއާރުޕީ) 170 ވޯޓު.

ކެނޑިޑޭޓް ނަންބަރު 04. އާދަމް މުޙައްމަދު (ޑީއާރުޕީ) 166 ވޯޓު.

ޞައްޙަ ވޯޓުގެ ޢަދަދު 672

ބާޠިލު ވޯޓު 28 ވޯޓު

ޖުމްލަ ވޯޓު 700 ވޯޓު

ކުޅުދުއްފުށި ހިމެނޭ ސަރަހައްދު ސިޓީއެއްގެ ފެންވަރަށް ތަރައްޤީ ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގައި ސިޓީއަކަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަ ކުރައްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު ހދ ނޭކުރަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނޭކުރެންދޫ، ވައިކަރަދޫ، ކުމުންދޫ، ކުޅުދުއްފުށި، ނޮޅިވަރަން، ނޮޅިވަރަންފަރުން ހަނިމާދުއަށް، އަދި ބާރަށުން ކެލައާ ހަމައަށް، ތިލަދުންމަތީގެ މި ދުނީގައި މި އޮތް ރަށްތަކަކީ، އެމް.ޑީ.ޕީ.ގެ ތަޞައްވަރުގައި އެއް ސަރަޙައްދުގެ ގޮތުގައި ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ސަރަޙައްދެއް ކަމުގައި ވިދާޅުވިއެވެ. އަދި މިސަރުކާރުގެ މިއޮތް ތިންއަހަރުގެ ތެރޭގައި މި ސަރަޙައްދުގައި ސިޓީއަކަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަ ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހާރު އަތޮޅު ތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނޭކުރަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ނޭކުރެންދޫގައި ޖަލެއް ޢިމާރާތް ކުރެއްވުމަށް ސަރުކާރުން ނިންމަވައި، އެކަމުގެ މަސައްކަތް ހިންގަވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ނޭކުރެންދޫއާއި، އެ ސަރަޙައްދުގެ އެހެން ރަށްރަށުގެ މީހުނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކުޅުދުއްފުށްޓާއި އަވަށްޓެރި ބައެއް ރަށްރަށް އެއްކޮށްލައިގެން ކުޅުދުއްފުށްޓަށް ސިޓީ އެއްގެ ދަރަޖަ ދިނުމަށް ނުފެންނަކަމަށް މިދިޔަ އަހަރު ނެގު ހިޔާލު ހޯދުމުގެ ވޯޓުން ވަނީ ދައްކާފައެވެ.

ކުޅުދުއްފުށީގައި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުނުކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް  ބޭއްވުނުކަމަށްޓަކައި އުފާފާޅު ކުރައްވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ  ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވި ވަޒީރުންގެ  މަޖިލީހުގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މީޑިއާއަށް ދެއްވި ހާއްސަ  ބަސްދީ ގަތުމެއްގައެވެ.

އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ މިއަދު  ވަޒީރުންގެ ބައްދަލު ވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެއްވީ  އުތުރުގެ ތަރައްގީގެ މަޝްރޫއު ތަކާއި ގުޅޭގޮތުންނާއި އެކަންކަން މިހާރު  ގޮސްފައިވާ ހިސާބާއި ކުރިއަށް އެމަޝްރޫއުތައް ގެންދަންވީ ގޮތްތަކާއި  ގުޅޭގޮތުން ފުރިހަމަ ގޮތްތަކެއް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.   ހާއްސަގޮތެއްގައި މިރަށްރަށުގައި ތިބެގެން މަޝްވަރާކުރެވި އެކަން ކަމާއި  ގުޅޭ ގޮތުން ހިޔާލު ބަދަލު ކުރެވުނީތީ އެއީ ލިބުނު ކާމިޔާބީއެއް ކަމަށް  އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވީހާވެސް ރައްޔިތުންނާއި ގާތުން ކަންކަން  ނިމިގެން ދިއުމުން ރައްޔިތުން އެކަންކަމާއި ދެކޭގޮތް އެނގިގެން  ހިގައްޖެކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެން  ތަންތަނުގައި މިބާވާތުގެ ބައްދަލުވުންތައް ކުރިއަށް ގެންދެވޭނެ ކަމަށް  އެމަނިކުފާނު ވިދާޅުވިއެވެ.

އަންހެން ކުއްޖެއްގެ ފޯނު ނަންބަރު ހޯދާނީ ކިހިނެއް؟
އިބްރާހީމް ޔޫސުފް (ޔޫސުފް):

އެންމެ ފުރަތަމަ ޚިޔާލަށް އަންހެން ކުއްޖެއް ގެންނާށެވެ.  މިހާރު ޚިޔާލީ އަންހެން ކުއްޖާ އާއި  ތިޔަ ވާހަކަ ދައްކަނީ ކަމަށް ހިތަށް އަރުވާށެވެ. އަންހެން ކުއްޖާ ރުޅިނާރުވާ، ފޯނު ނަންބަރު ހޯދުމަށް ވާހަކަ އަޅުވާލާނެ ގޮތެއް ވިސްނުންތެރިކަމާއެކު ހިތުގައި ރާވާށެވެ. އެއަށްފަހު ފޯނު ހިފައިގެން ބޭރަށް ނުކުންނާށެވެ. ތިޔަހެން ކޮޓަރީގައި އޮވެގެން ތިޔަކަމެއް ނުވާނެއެވެ.

ތިޔަހުރީ މިހާރު ބޭރުގައެވެ. ފޯނު ނަންބަރު ހޯދަންވެގެން ތިޔައުޅޭ އަންހެންކުއްޖާ، ފެންނަ ހިސާބުގައި އެބަހުރި ހެއްޔެވެ؟ އޭނާ ހުރިތަނަށް ފުންކޮށް ވިސްނާލާށެވެ. ހުރީ ކޮންތަނެއްގައި ހެއްޔެވެ؟  އަންހެންކުއްޖާގެ އަތުގައި އޮތީ ކޯޗެއްހެއްޔެވެ؟ އޭނާ ކުރަނީ ކޮންކަމެއްހެއްޔެވެ؟

އަންހެންކުއްޖާ ކުރާކަމަކާއި، ހުރިތަނަކާމެދު ފިކުރު ހިންގާލުމުން އޭނާއާއި ވާހަކަ އަޅުވާލަން ފަސޭހަ ވާނެއެވެ. މިސާލަކަށް،  ފޯނު ނަންބަރު ބޭނުންވެގެން ތިޔަ އުޅޭ އަންހެން ކުއްޖާ ހުރީ، ސީޑީ ވިއްކާ ފިހާރައެއްގައި ސީޑީތަކަކާއި ކުޅެން ކަމަށްވާނަމަ، އޭނާ ފިލްމު ބެލުމަށް ނޫނީ، މިޔުޒިކަށް ފޯރިހުންނަނީ ކަމަށް ވެދާނެއެވެ. ހިތްވަރު ކޮށްފައި ކައިރިއަށް ޖެހިލާފައި، ސީޑިއަށް އިޝާރާކޮށްފައި ފިލްމު ނުވަތަ، މިޔުޒިކާބެހޭ ގޮތުން ކުރު ޖުމްލައެއް ބުނެލާށެވެ. ހުސް ” ހެލޯ ” އެއް ޖަހާލުމަށްވުރެ މިގޮތް ކާމިޔާބުވާނެއެވެ.

އާންމުކޮށް އަންހެންކުދީންނާއި ވާހަކަ ފެށުމަށް ބޭނުންކުރާ ކޫސަނި ޖުމްލަތައް ބޭނުން ނުކުރާށެވެ. މިސާލަކަށް، ” ވާހަކަ ދައްކާލާ ހިތުންނޭ މިހުރީ” ، ” އެއްކަލަ ދުވަހަށް ފަހު ވަރަށް ހަނދާންވެޔޭ” މިހުރީ ހައްތަހާވެސް މުސްކުޅިވެފައިވާ، ކޫސަނި ޖުމްލަތަކެވެ. މިޒާތުގެ ޖުމްލަތައް އަނގައިން ބޭރުވުމާއެކު ކަލޭ އޮންނާނީ އަންހެންކުއްޖާގެ ކުނިވަށިގަނޑުގައެވެ.

އަންހެންކުއްޖާގެ ފޯނުނަންބަރު ހޯދައިގެން އޭނާގެ އުނގުގައި އޮންނަންބޭނުންނަމަ، އޭނާގެ ޝައުޤާއި ގުޅޭ މަޢުޟޫޢުއަކުން ފަށާށެވެ. މިސާލަކަށް ސީޑީ ވިއްކާ ފިހާރައިގައި ހުރި އަންހެން ކުއްޖާގެ ފޯނުނަންބަރު ހޯދަންބޭނުންނަމަ، ” މިއީ ، ހެވީ މެޓަލްމިޔުޒިކު ސީޑީތަކެއްދޯ… މި އޮތީ ސްލިޕްނޮޓްގެ ސީޑީ…މަށަށް ވަރަށް ސަޅި މިމީހުން..” މިފަދަ ގޮތަކަށް ވާހަކަ ފަށާށެވެ. އަދި އަންހެން ކުއްޖާދޭ ޖަވާބަށް ކަނުލައި އަޑުއަހަން ހުރެފައި، ސުވާލުކޮށް ވާހަކަ ކުރިއަށް ގެންދާށެވެ. އަންހެންކުއްޖާ ދައްކާވާހަކަޔަށް ޝައުގުވެރިވާކަން މޫނުމަތިން ދައްކާށެވެ. ރަނގަޅަށް ވާހަކަ އަޅުވާލެވުމުން، ” އަހަންނަށް ކިޔަނީ… ” އޭ ކިޔާފައި ނަން ބުނާށެވެ. އަޑުގައި ފަސްޖެހޭގޮތެއް ހުންނަ ރާގެއް ލާފައި މަޑުމަޑުން ސާދާކޮށް ނަންބުނެލާށެވެ. ރަނގަޅަށް ވާހަކަ ދެކެވުނު ނަމަ، މިހާ ހިސާބުން އަންހެންކުއްޖާ އޭނާގެ ނަން ވެސް ކަލޭގާތު ބުނާނެއެވެ!

މަޖާކޮށް ދެމީހުންނަށް ވާހަކަ ދެކެވުނުނަމަ، އޭނާގެ ވާހަކައަށް ތައުރީފުގެ ކުޑަ ބަހެއް ބުނެލުމަށްފަހު، ފޯނު ނަންބަރަށް އެދޭށެވެ. އަދި ފަހުން ގުޅާލިޔަސް ހެޔޮތޯ އަހާށެވެ. ފޯނު ނަންބަރު ދިނުމާއެކު ނަންބަރު، ކަލޭ ފޯނުގައި ސޭވްކޮށް މިސްކޯލެއް އަންހެންކުއްޖާއަށް ވަގުތުން ދޭށެވެ.

ދެން ކުރިއަށް ގެންދާށެވެ. ނަމަވެސް މައިން ބަފައިންނަށް ފޯނުބިލު ދައްކަން ނުޖައްސާށެވެ.

އިސްލާމް އާއި ދިވެހި މާއްދާ އިޚްތިޔާރީ ދެ މާއްދާއަށް ބަދަލުކުރުން
މުހައްމަދު އިސްމާއިލް

ދިވެހި އިސްލާމް މި ދެމާއްދާއަކީ އިޙްތިޔާރީ ދެމާއްދާގެ ގޮތުގައި ސަރުކާރުން ވަނީ ނިންމާފައެވެ. މަތީ ޘާނަވީ ކްލާސް ތަކުގައި ދިވެހި އަދި އިސްލާމް މި ދެމާއްދާ އިޙްތިޔާރީ ދެމާއްދާގެ ގޮތުގައި ހަމަޖެހިގެން ދިޔުމުން މި ދެމާއްދާ ކިޔެވުން އޮންނާނީ އެކިޔަވާ ކުއްޖެއްގެ އިޙްތިޔާރުގެ ދަށުގައެވެ. ކުރިން ހަޔަރ އެޑިޔުކޭޝަނަށް ކިޔަވާ ކޮންމެ ކުއްޖަކުމެ އިސްލާމް ދިވެހި މިދެމާއްދާ ކިޔަވަން މަޖުބޫރުވެއެވެ.

މަތީ ޘާނަވީ ގްރޭޑް ނުވަތަ 11 12 އަށް ކިޔަވާ ކުއްޖަކު އިޚްތިޔާރު ކުރުން އެންމެ ރަނގަޅީ އެކުއްޖަކު ހާއްސަވާ ދާއިރާއަކުން ކުރިއަށް ދިއުމަށްޓަކައި ކޮންމެހެން ބޭނުންވާ މާއްދާތަކެވެ. މިގޮތުން ޘާނަވީ ގްރޭޑް ތަކުގައި އެކުއްޖަކު ކުރިއަށް ދާން ބޭނުން ނުވާ ދާއިރާއަކާ ގުޅޭ މާއްދާއެއް ކިޔެވުން ވާނީ އެކުއްޖަކަށް “ބޮޑު” ކަމަކަށެވެ. ނަތީޖާ އަކަށް ވެގެންދާނީ ކިޔަވާހިތްވާ މާއްދާތަކުން ފާސްވާއިރު ކިޔަވަން ބޭނުންނުވާ މާއްދާތަކުން ފެއިލް ވުމެވެ.

ކަންމިހެން އޮތްނަމަވެސް އިސްލާމް އަދި ދިވެހި މި ދެމާއްދާއަކީ ތަފާތު ނަޒަރަކުން ވިސްނާލުން މުހިއްމު ދެ މާއްދާއެވެ. ފުރަތަމަ ކަމަކީ އަޅުގަނޑުމެން ތަބާވެގެން މިތިބަ ދީނަކީ އިސްލާމް ދީނަށް ވުމެވެ. ދެވަނަ ކަމަކީ އަޅުގަނޑުމެންނަކީ ދިވެހިން ކަމަށް ވުމެވެ. މި ދެކަމަކީ ހަމައެކަނި “ނަމަކުން” ވެވޭނެ ދެކަމެއް ނޫނެވެ. ފުރިހަމަ ދިވެއްސަކަށް ވުމަށްޓަކައި ދިވެހި ބަސް ބޭނުންވާހެން ފުރިހަމަ މުސްލިމަކަށް ވުމަށްޓަކައި ދީނީ ތަޢުލީމު މުހިއްމެވެ.

މަތީ ޘާނަވީ ގްރޭޑް ތަކުގައި އިސްލާމް މާއްދާ އިޚްތިޔާރީ މާއްދާއަކަށް ބަދަލުވުމުން އިސްލާމް މާއްދާ ކިޔެވުން އެކުދިންނަކަށް މަޖުބޫރެއް ނުވެއެވެ. ނަތީޖާ އަކަށް ވެގެންދާނީ އިސްލާމް މާއްދާ ކިޔަވާ ކުދިން މަދުވެ ހަމައެކަނި އެކުދިން ހާއްސަވާން ބޭނުންވާ ދާއިރާއަކާ ގުޅޭ މާއްދާތަށް ކިޔެވުމެވެ. މިހެންވުމުން ދީނީ ތައުލީމުގެ މުހިއްމު ބައެއް ސްކޫލް ދައުރުގައި ގެއްލިގެން ދެއެވެ. އަދި ހަމައެހެންމެ ދިވެހި ބަސް ކިޔެވުމުގަޔާއި ބޭނުންކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ދިވެހި ބަސް ކިޔެވުން އިޚްތިޔާރީ ކަމަކަށް ބަދަލު ކުރުމަކީ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ފަދަ ކަމެކެވެ.

މި ދެމާއްދާ އިޚްތިޔާރީ ދެމާއްދާއަކަށް ބަދަލު ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެން ފެށި ހިސާބުން އިދިކޮޅު ބައެއް ފަރާތްތަކުން ދިޔައީ މިކަމާ އިހްތިޖާޖް ކުރަމުންނެވެ. މިކަމާގުޅިގެން އަދާލަތު ޕާޓީއިންވަނީ މިކަން ކުއްވެރިކޮށް ނޫސްބަޔާނެއް ނެރެފައެވެ. މިނޫސްބަޔާނުގައި މިބަދަލަކީ ތަޢުލީމީގޮތުން މާބޮޑު ފައިދާއެއް ނެތްއިރު، ޤައުމަށް ކުރިމަތިވާނޭ ވަރަށް ބޮޑު ނުރައްކަލެއްކަމަށާއި އަދި ރާއްޖޭގެ މުސްތަޤްބަލަށް ލިބިގެންދާނެ ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށް ހާމަކޮށްފައިވެއެވެ. އަދި ދިވެހި ބަހަށާއި އިސްލާމް ދީނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްކަމަށް އަދާލަތުން ބުނެއެވެ. ދިވެހި އިސްލާމީ ޤައުމަކަށް ވީހިނދު، ޤައުމުގެ ޤައުމިއްޔަތާއި ޢަޤީދާއާއި ފިކުރީ އިސްތިޤްލާލު ދެމެހެއްޓޭނެ ހަމައެކަނި އޮތް ވަސީލަތަކީ މިދެމާއްދާގެ ޒަރީޢާއިން ދަރިވަރުންގެ ހިތްތަކުގައި އިސްލާމް ވަންތަކަމާއި ދިވެހިވަންތަކަން ބިންވަޅުނަގައި، ދިވެހި ދަރިން ދިވެހިންނަށް ހެދުން ކަމުގައި ވީހިނދު، މިދެމާއްދާ މިނިވަންކުރުމުން، އެކުދިން ބޭރުގެ ޤައުމުތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމަށްފަހު ރާއްޖެއަށް އަނބުރާ އަންނައިރު، އެކުދިން ދެންތިބޭނީ އަޚްލާޤީ ގޮތުންނާއި ޢަޤީދާގެ ގޮތުންނާއި ނަސްލީގޮތުން ކޮން ބުރުސޫރައެއް ޖެހިފައިކަމެއް އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭތޯ ކަމަށްބުނެ އަދާލަތު ޕާޓިގެ ނުސްބަޔާނުގައި ސުވާލު ކުރައްވާފައިވެއެވެ.

ގައުމީ މަންހަޖަށް މިއައި ބޮޑު ބަދަލުގެ ނަތީޖާ ފެންނަން ދުވަސްކޮޅެއް ނަގާނެއެވެ. ގިނަ ބަޔަކު ބުނަމުންދަނީ މި ބަދަލަކީ ވަރަށް ނުބައި ކަމެއްގެ ފެށުންކަމުގައެވެ. އަދި ދިވެހި ތަޢުލީމަށް ލިބިގެންދިޔަ ނިކަމެތި ކަމެއްކަމަށެވެ.

އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕް: ޒިގްޒެގް އިން ދެވަނަ ފަހަރަށް ހަވަރު ބަލިކޮށްފި
ހަތަރު ވަނަ އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށީ ޒިގްޒެގް ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުރޭ ކާމިޔާބު ކޮށްފިއެވެ. ފުރަތަމަ ބުރުގައިވެސް ޒިގްޒެގް އަތުން ބޮޑުތަފާތަކުން ބަލިވެފައިވާ ތިނަދޫ ހަވަރު ސްޕޯޓްސްގެ މައްޗަށް ޒިގްޒެގް އިން ރޭ ކުރިހޯދީ 84 ޕޮއިންޓް 49 ޕޮއިންޓުންނެވެ.

ފުރަތަމަ ބުރުގައި ކުޅުނު މެޗު ފަދައިން ރޭވެސް މެޗު ފެށުނީންސުރެން ކޮންޓްރޯލް މެޗު ކޮންޓްރޯލް ކުރަމުން ދިޔައީ ޒިގްޒެގެވެ. ފުރަތަމަ ކުއާޓަރގައި ޒިގްޒެގް އިން 25 ޕޮއިންޓް ހޯދިއިރު ހަވަރު ސްޕޯޓްސްއަށް ލިބުނީ 12 ޕޮއިންޓެވެ. ނަމަވެސް ދެވަނަ ކުއާޓަރގައި ހަވަރު ސްޕޯޓްސް އިން ކުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުކޮށް، މިކުއާޓަރގައި ޒިގްޒެގްގެ ލީޑް ހަނިކުރިއެވެ. މިކުއާޓަރގައި ޒިގްޒެގް އަށް 11 ޕޮއިންޓް ހޯދުނުއިރު، ހަވަރު އިން ވަނީ 14 ޕޮއިންޓް ހޯދާފައެވެ. ދެކުއާޓަރ ނިމިގެން ދިޔައިރު ސްކޯރ އަކީ 36 ޕޮއިންޓް 26 ޕޮއިންޓެވެ.

ތިންވަނަ ކުއާޓަރގައި ކުޅެންނުކުމެ ޒިގްޒެގް އިން 26 ޕޮއިންޓް ހޯދާ ޖުމްލަ 62 ޕޮއިންޓަށް އެރުވިއެވެ. މިކުއާޓަރގައި ހަވަރު ސްޕޯޓްސް އަށް ހޯދުނު 11 ޕޮއިންޓާއެކު އެޓީމަށް ލިބުނީ 37 ޕޮއިންޓެވެ. ހަތަރު ވަނަ ކުއާޓަރއަށް ޒިގްޒެގް އިން ނުކުތީ ރަށުން ބޭރުގެ އެއްވެސް ކުޅުންތެރިއެއް ނުހިމަނާ، ހަމައެކަނި ރަށު ކުޅުންތެރިންނާއި އެކުއެވެ. މިކުއާޓަރގައި ޒިގްޒެގް 22 ޕޮއިންޓް ހޯދިއިރު ހަވަރު ސްޕޯޓްސްއަށް ހޯދުނީ 12 ޕޮއިންޓެވެ.

މެޗު ނިމިގެންދިޔައީ 35 ޕޮއިންޓްގެ ލީޑެއްގައި އޮވެގެން ޒިގްޒެގް މޮޅުވެގެންނެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ކުޅުދުއްފުށީ ޒިގްޒެގަށް 13 ޕޮއިންޓް ހޯދައިދިން އައުޝަންއެވެ.