Kulhudhuffushi.com » ޚަބަރު

ކުޅުދުއްފުށިން މަދިރި މަދުކުރުމުގެ ޕްރޮގްރާމެއް ހިންގައިފި
ކުޅުދުއްފުށީ ކައުންސިލް އިދާރާގެ އެދިލެއްވުމަކަށް އެމްއެންޑީއެފް ނޮދަން އޭރިޔާ ކުޅުދުއްފުށީ ޕޯސްޓުން، ކުޅުދުއްފުށީގައި މަދިރި މަދުކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕުރޮގްރާމުގައި ކޮންމެ ދުވަހަކުވެސް ދުވާލު ދެއިރު ވަނީ މުޅި ރަށު ތެރެއަށް މަދިރި ބޭސް ޖަހައިފައެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު ވިދާޅުވީ، މިއީ ވިއްސާރަ މޫސުން އައުމުގެ ކުރިން މަރިދި މަދުކުރުމަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް ކަމަށެވެ.

“ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމް އައިމަ މަދިރި ގިނަވޭ. އެހެންވެ މަދިރި އާލާވުމުގެ ކުރިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް” ރަމީޒް ވިދާޅުވި އެވެ.

ޖީއެސްޓީ ނުދެއްކި އެވަނީ އިދާރީގޮތުން އެރި އޮޅުމެއްގެ ސަބަބުން: އަޕަރ ނޯތް އުޓިލިޓީ
މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި މީރާ އަށް ދައްކަންޖެހޭ ޓެކްސް ނުދެއްކި ވަނީ އިދާރީގޮތުން އެރި އޮޅުމެއްގެ ސަބަބުން ކަމަށް އަޕަރ ނޯތް އުޓިލިޓީސް ކުންފުނިން ބުނެފި އެވެ.

މިއަހަރުގެ ފުރަތަމަ ކުއަރޓަރ ގައި ދައްކަންޖެހޭ ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓް މީރާއިން އާންމުކުރި އިރު ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގެ އުޓިލިޓީސް ކުންފުނިވެސް ލިސްޓް ކޮށްފައި ވެއެވެ.

ކުޅުދުއްފުށި އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެކުންފުނީގެ ސީނިއަރ ފައިނޭންޝަލް އެސިސްޓެންޓް އިބްރާހީމް އިޒްހާން ވިދާޅުވީ، ޖީއެސްޓީ ނުދެއްކި ވަނީ މުވައްޒަފުންނަށް އެރި އޮޅުމަކުން ކަމަށާއި 3 މަހުން އެއްމަހު ދައްކަންޖެހޭ ޓެކްސް ދެއްކުމަށްޓަކައި ފުރަންޖެހޭ ފޯމް ފުރުމަށްފަހު ނުފޮނުވި އޮތީ ކަމަށެވެ. އެހެންނަމަވެސް މާދަމާ ޖީއެސްޓީ ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ ފުރަތަމަ ކުއަރޓަރގެ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކުރިއިރު ސަރުކާރު ހިއްސާވާކުންފުންޏަކަށް ހިމެނިފައިވަނީ އަޕަރ ނޯތް އުޓިލިޓީސް ކުންފުނި އެކަންޏެވެ.

ދިރާގުގެ ހޯމް އަންލިމިޓެޑް އިންޓަނެޓް ޕެކޭޖްތަކަށް ބަދަލު ގެނެސްފި
ވޯލްޑް ޓެލެކޮމްސް އެންޑް އިފޮމޭޝަން ސޮސައިޓީ ދުވަހާއި ގުޅުވައިގެން ދިރާގުގެ އިންޓަނެޓް ޕެކޭޖްތަކަށް ބަދަލު ގެނެސްފިއެވެ.

އިންޓަނެޓްގެ ޚިދުމަތް އެންމެ ފުޅާކޮށް ރާއްޖޭގައި ދެމުންއަންނަ ކުންފުނިން ބަދަލު ގެނެސްފައި ވަނީ ހޯމް 50 ޖީބީ ޕެކޭޖަށާއި ހޯމް 75 ޖީބީ ޕެކޭޖަށެވެ. މިއިން ކޮންމެ ޕެކޭޖަކަށް ވެސް މިހާރު ދައްކަމުން ދާ މަހުފީ ދިރާގުން ވަނީ ދާއިމީ ބަދަލެއްގެ ގޮތުން ދަށްކޮށްފައެވެ.

ހޯމް 50 ޖީބީ ޕެކޭޖްގެ ނަންވަނީ ޕްރޯ އަންލިމިޓެޑް 1 އެމް ގެ ނަމަށް ބަދަލުކޮށް މަހުފީ 790 ރުފިޔާ އަށް ކުޑަކޮށްފައެވެ. އަދި ހޯމް 75 ޖީބީ ޕެކޭޖްގެ ނަން ވަނީ ޕްރޯ އަންލިމިޓެޑް 2 އެމް ގެ ނަމަށް ބަދަލުކޮށް، މަހުފީ 990 ރުފިޔާ އަށް ކުޑަކޮށްފައެވެ.

މިބަދަލުގެ ސަބަބުން މިހާރު ހޯމް 50 ޖީބީ ބޭނުން ކުރައްވަމުން ގެންދިޔަ ކަސްޓަމަރުންނަށް ކޯޓާގެ ގޮތުގައި އިތުރު 25 ޖީބީ ލިބިގެން ދިއުމާއެކު ޕްރޯ އަންލިމިޓެޑް 2 އެމް ޕެކޭޖް އަށް ބަދަލު ވެގެންދާނެއެވެ. އަދި މިހާރު ހޯމް 75 ޖީބީ ބޭނުން ކުރަމުން ދިޔަ ކަސްޓަމަރުންގެ މަހު ފީން 500 ރުފިޔާ އުނިވެގެން ދާނެއެވެ.

ހޯމް 75 ޖީބީގެ ޕެކޭޖަށް ދިރާގުން ކުރިން ނަގަމުން ދިޔައީ 1490 ރުފިޔާގެ މަހުފީއެކެވެ. އަދި ހޯމް 50 ޖީބީ ގެ މަހުފީއަކީ 990 ރުފިޔާއެވެ.

ވިޔަފާރިތައް އޮޑިޓްކޮށް ޓެކްސް އާ ބެހޭ މައުލޫމާތު ދިނުމަށް މީރާގެ ޓީމެއް ކުޅުދުއްފުއްޓަށް އަންނަނީ
ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް އޮޑިޓްކުރުމަށާއި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) ގެ ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކަށް އެކަމާބެހޭ މައުލޫމާތު ދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) ގެ ޓީމެއް ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ފުރަތަމަ ބުރުގައި ކުޅުދުއްފުށީގެ އިތުރުން ހިމެނެނީ ހދ. ހަނިމާދޫ، ބ. އަތޮޅުން އޭދަފުށި، ތުޅާދޫ، ކެންދޫ، ޏ. ފުވައްމުލައް، ޅ. ހިންނަވަރު، ޅ. ނައިފަރު، ގދ. ތިނަދޫ، ގދ. މަޑަވެލި، ގދ. ހޯޑެއްދޫ އެވެ.

މީރާއިން ބުނީ އެދަތުރުގައި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ)ގެ ޓެކްސް ބާޔާން ހުށަހަޅަންޖެހޭ ފަރާތްތަކަށް ބަޔާން ފުރާނެގޮތުގެ މަޢުލޫމާތު ދެވޭނެކަމަށެވެ. އަދި މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ)އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ލިޔެކިއުންތައް ހުރީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލާ ޗެކް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީ ނުކުރާ ފަރާތްތައް ޖީއެސް.ޓީއަށް ރަޖިސްޓަރީކުރުވުމަށާއި، އަދި ވިޔަފާރިތައް އޮޑިޓްކުރުމަށް ވެސް މިދަތުރުގައި ވަނީ ހަމަޖެހިފައެވެ.

މީރާއިން އަތޮޅުތަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ތެރެއިން ފުރަތަމަ ބުރުގެ ދަތުރުތައް ރޭވިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 27 ގެ ނިޔަލަށެވެ. މީރާއިން ފުރަތަމަ ބުރުގައި ދާނެ ރަށްތައް ކަނޑައެޅީ ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށާއި ކުންފުނިތަކަށާއި، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުގެ އިތުރުން މިހާތަނަށް ޖީ.އެސް.ޓީގެ ގޮތުގައި އެރަށްރަށުން ދައްކާފައިވާ ފައިސާގެ ނިސްބަތަށް ބަލާފައި ކަމަށް އެއޮތޯރިޓީން ބުނެއެވެ.

ކުޅުދުއްފުށީ ކެމްޕަސް ގައި ޑިގްރީ ފެންވަރުގެ އިތުރު ކޯސްތަކެއް ފަށަނީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަސް ގައި، އަންނަ، ޖޫންމަހު ފަށާ ސެމިސްޓަރ ގައި އިތުރު ދެ ޑިގުރީ ކޯހެއް ފެށުމަށް ހަމަޖެހިއްޖެ އެވެ.

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ފަރާތުން ކުޅުދުއްފުށީ ގައި ފެށުމަށް އިއުލާން ކޮށްފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަށް ހިންގާ، ބެޗްލަރ އޮފް ސައެންސް އިން ހޮޓެލްސް އެންޑް ރިޒޯޓް މެނޭޖްމެންޓް ކޯހަކާއި، ބެޗްލަރ އޮފް ބިޒްނަސް އިން ޓޫރިޒަމް މެނޭޖްމެންޓް ކޯހެކެވެ. މި ދެކޯހާއިއެކު ކުޅުދުއްފުށީ ކެމްޕަސްގައި  ޑިގްރީ ފެންވަރަށް ކިޔަވައިދޭ ކޯހުގެ އަދަދު ތިނަކަށް އަރާނެއެވެ. މި އަހަރު ފުރަތަމަ ސެމެސްޓަރ ގައި ކުޅުދުއްފުށީ ކެމްޕަސް ގައި ވަނީ ބެޗްލަރ އޮފް އެޑިޔުކޭޝަން-ޕްރައިމަރީ ކޯހެއް ފަށާފައެވެ. އަދި މިދިޔަ އަހަރުގެ ފަހު ސެމެސްޓަރ ގައި ވަނީ  ޕޯސްޓް ގުރެޖްއޭޓް ފެންވަރުގެ ކޯހެއްވެސް ފަށާފައެވެ.

އަންނަ ސެމެސްޓާރ ގައި ކުޅުދުއްފުށީ ކެމްޕަސް ގައި ޓޫރިޒަމް ދާއިރާއިން ސެޓްފިކެޓް ތުރީ ލެވެލްގެ އިތުރު ތިންކޯހެއް ފަށާއިރު، ޔުނިވާރސިޓީގެ ހުރިހާ ފެކަލްޓީއެއްގެ ކޯސްތައް މިހާރު ކެމްޕަސްގައި ހިންގައެވެ.

ކޯހަށް ވަނުމަށް އެދުމުގެ ސުންގަޑި އިތުރުކޮށްދީފައިވާ ކޯސްތަކުގެ ތެރޭގައި ޑިގްރީ ފެންވަރުގެ ދެ ކޯހަކާއި، އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ ކޯހަކާއި، ސެޓްފިކެޓް ތުރީ ފެންވަރުގެ ތިން ކޯހަކާއި، އެޑްވާންސް ސެޓްފިކެޓް ފެންވަރުގެ ދެކޯހަކާއި ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ގެ ކޯހެއް ހިމެނެއެވެ.

ޖާގަހުރުމާއެކު މުއްދަތު އިތުރު ކޮށް، ލޭޓް އެޕްލިކޭޝަންގެ ގޮތުގައި ކޯސްތަކަށް ވަނުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2012 މޭ 24 ވަނަ ދުވަހެވެ. ލޭޓް އެޕްލިކޭޝަންގެ ގޮތުގައި ކުދިން  ހޮވާނީ ކޯހަށް އެދޭ ތަރުތީބުން ކަމަށްވެއެވެ.

ގެޒެޓް ވެގެން ގޮސްފައިވަނީ ގިނަބަޔަކަށް ނުފެންނަ ގޮތަށް ޖަހާ އިޝްތިހާރުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހި ކޮށްދިން އެއްޗަކަށް: އެމްޖޭއޭ
ސަރުކާރުން ނެރެމުން އަންނަ ގެޒެޓް ވެގެން ގޮސްފައިވަނީ ގިނަ ބަޔަކަށް ވާސިލުނުވާ ގޮތަށް ޖަހާ އިޝްތިހާރުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިކޮށްދިން އެއްޗެކަށް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

އެމްޖޭއޭ އިން މިހެން ބުނެފައި ވަނީ ދައުލަތުގެ އިއުލާންތައް ނޫސްތަކަށް ދިނުމަށް ގޮވާލާ ސަރުކާރަށް ފޮނުވި ސިޓީ އެއްގައި އެވެ. ރައީސް ޑރ ވަހީދަށް އެޑްރެސް ކުރައްވާ އެމްޖޭއޭ އިން ފޮނުވި ސިޓީގައި ވަނީ، ސަރުކާރުން ހަފުތާއަކު ދެފަހަރު ނެރޭ ގެޒެޓެއްގައި ބީލަންތައް ފަދަ އިއުލާންތައް ޖެހުމުން ކޮރަޕްޝަނަށް މަގުފަހިވެގެންދާނެ ކަމަށް ގެޒެޓް ނެރެން ފެށިއިރުވެސް އެޖަމިއްޔާއިން ބުނަމުން ދިޔަ ކަމަށެވެ. އަދި އެކަން މަގު ފަހިކޮށްދޭނީ ނޫސް މަޖައްލާތައް ނައްތާލުމަށް ކޮށޭ މަގަކަށް ކަމަށް އެޖަމިއްޔާއިން ކުރިންވެސް ބުނަމުން އައި ކަމަށެވެ. އެގޮތުން ބައެއް ދުވަހު ނޫސްތައް އުވިގެން ގޮސްފައިވަނީ ސަރުކާރުން ފޮނުވާ އިއުލާން ފަދަ ތަކެތި ނޫސްތަކަށް ދިނުން ހުއްޓާލުމުން ކަމަށް އެސިޓީގައި އެމްޖޭއޭ އިން ބުނެފައި ވެއެވެ.

“ދުވަހު ނޫސް އާފަތިހާއި ޖަޒީރާ ނޫސް އުވިގެން ދިޔައީ، އަދި މިއަދު ނޫސް ކަމީނާ ވެގެން ގޮސް ގިނަ މުވައްޒަފުންތަކެއް ވަކިކުރަން ޖެހުނީ ވެސް ސަރުކާރުން އެ ފަރާތްތަކަށް ދެމުން އައި އިއުލާން އިޝްތިހާރުތައް ހުއްޓާލުމުންނެވެ.” އެމްޖޭއޭ ގެ ސިޓީގައި ބުނެފައި ވެއެވެ. “ އަދި ގެޒެޓު ވެގެން ގޮސްފައި ވަނީ، ގިނަ ބަޔަކަށް ވާސިލު ނުވާ ގޮތަށް ޖަހާ އިޝްތިހާރުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިކޮށްދިން އެއްޗެކަށެވެ.”

އެމްޖޭއޭ އިން ރައީސް ވަހީދަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ ނެރެން ފެށި ގެޒެޓް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބޮޑުވެ ގެޒެޓުގައި ޝާއިއުކުރާ ލިޔުންތައް ގިނަވެ އޭގެ ބޯމިނުގައި އަތް ނުފޯރުމުގެ އިތުރަށް ހަރަދުތައް ވެސް އަތް ނުފޯރާ އެއްޗަކަށް ކަމަށެވެ. އަދި ގެޒެޓް ވާންޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަން ޖެހޭ މުހިއްމު ގަވާއިދުތައް ޝާއިއު ކުރާ އެއްޗަކަށް ކަމަށްވެސް އެމްޖޭއޭގެ ސިޓީގައި ބުނެފައި ވެއެވެ.

ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހުގެ ތާރީޚުގައި ލިޔެފައިވާ އެސިޓީ އިތުރަށް ބުނެފައިވަނީ އެޖަމިއްޔާގެ ފަރާތުން ރާއްޖޭގެ ނުކުންނަ ނޫސްތަކާއި ޓީވީ އަދި ރޭޑިޔޯ ސްޓޭޝަންތަކުގެ އެޑިޓަރުންނާއެކު ބޭއްވި ބައްދަލުވުމުގައި އެފަރާތްތަކުން ވެސް ބުނެފައިވަނީ ގެޒެޓްގައި، ގެޒެޓް ކުރުމުގެ މަގުސަދާ ހިލާފަށް ޖަހާ އިޝްތިހާރުތައް ގެޒެޓުން ވަކިކޮށް، އެ އިއުލާންތައް މީޑިއާގެ ވަސީލަތްތަކަށް ދޫކުރެއްވުމަކީ އެކަމުގައި އެންމެ މަސްލަހަތު ހުރި ގޮތް ކަމަށެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ދިވެހި ސަރުކާރަށް ފިނުވި ސިޓީ ނިންމާލަމުން ބުނެފައިވަނީ އެސްޓިމޭޓް ބޭނުންވެގެން ޖަހާ، ވަކިވަރަކަށް ވުރެ ބޮޑެތި ބީލަންތައް ފިޔަވައި، އިއުލާނާއި މުވައްޒަފުން ބޭނުންވެގެން ޖަހާ އިޝްތިހާރުތައް ގެޒުޓުން ވަކިކޮށް އެ ތަކެތި އަމިއްލަ މީޑިއާތަކަށް ދޫކޮށްލުމަށް ގޮވާލާކަމަށެވެ. އަދި ސަރުކާރުން ކަނޑައަޅާ ބަޖެޓްގެ ތެރެއިން އަދި އެއިއުލާނުގެ މަގުޞަދު ހާސިލުވާ ގޮތެއްގެ މަތިން ޓީވީތަކަށާއި ރޭޑިޔޯތަށް ވެސް ހިމެނޭ ގޮތަށް އަމިއްލަ މީޑިޔާތަކަށް ދޫކުރުމަށް އެޖަމިއްޔާއިން ގޮވާލާފައި ވެއެވެ.

ކުޅުދުއްފުށިގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްތަކުގައި ވަނީ ކުޑަކުދިންގެ ހަވީރުތައް ބާއްވާފައެވެ. ކުޅުދުއްފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރު ބާއްވާފައި ވަނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އެވެ. ކުޅުދުއްފުށީގެ ހުރިހާ ސްކޫލަކާއި ޖަމިއްޔާތަކާއި ސަރުކާރުގެ ބައެއް މުވައްސަސާތައް ގުޅިގެން ބޭއްވި މި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވުމަށް ވަރަށް ގިނައަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިން ހާޒިރުވެފައި ވެއެވެ.

ކުޑަކުދިންގެ ހަވީރުގައި އެކިސްކޫލުތަކުގެ ދަރިވަރުން ވަނީ ތަފާތު ސްޓޭޖް ހަރަކާތްތައް ހުށަހަޅައި ދީފައެވެ. އަދި ކުޑަކުދިންނަށް ކުޅެވޭނެ ތަފާތު ކުޅިވަރުތަކުގެ އިތުރުން ފޭސްޕެއިންޓިންގ ހެދުންވެސް އިއްޔެގެ ހަވީރުގައި އޮތެވެ. ސްކޫލުތަކުން ހުށަހަޅައިދިން ކަންތައްތަކުގެ އިތުރުން ކުޅުދުއްފުށީ ޕޮލިސް ސާވިސް އާއި އެމްއެންޑީއެފްގެ ސްޓޯލްތަކުން ވަނީ ކުޑަކުދިންނަށް ތަފާތު މައުލޫމާތުދީ ޝައުގުވެރިވާނެ ކަންކަން އިންތިޒާމު ކޮށްފައެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުގައި ބުރާސްފަތި ދުވަހުވަނީ ހާއްސަ އެސެމްބްލީއެއް ބާއްވާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އަމީރު އަމީން ސްކޫލުގައި ހާއްސަ ކުޅޭ ބިމެއް ހުޅުވައިފި
ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އަމީރު އަމީން ސްކޫލުގައި ހާއްސަ ކުޅޭ ބިމެއް އިއްޔެ ހުޅުވައިފި އެވެ.

އަމީރު އަމީން ސްކޫލުގައި އިއްޔެ ހުޅުވި ކުޅޭ ބިމަށް ދީފައިވާ ނަމަކީ “މަސްދަނޑި މާލަން” އެވެ. މި މާލަން ހުޅުވައިދިނީ މިއަދު ހެނދުނު އެސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ދުވަހުގެ ހާއްސަ މެހެމާނު ކުޅުދުއްފުށީ ކަރާމާގެ މޫސާ އުމަރެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އޮތް ހާއްސަ އެސެމްބްލީއަށްފަހު އެސްކޫލުގައި ހަދާފައިވާ މަސް ފެންގަނޑެއް ވެސް ހުޅުވުން އޮތެވެ. ސްކޫލު ތެރޭގައި ހަދާފައިވާ މި މަސް ފެންގަނޑު ހުޅުވައިދިނީ ޝަރަފުވެރި މެހެމާނު ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި އޮތް ކޭކެއް ފެޅުން އޮތެވެ.

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ކުޅުދުއްފުށީގެ ތިން ވިޔަފާރިވެރިއެއްގެ ނަން ހިމެނޭ
މިދިޔަ އަހަރުގެ ފަހު ކުއާޓަރގެ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރުމުގެ ގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އިން ނެރެފައިވާ ލިސްޓުގައި ކުޅުދުއްފުށީގެ ތިން ވިޔަފާރި ވެރިއެއްގެ ހަތަރު ވިޔަފާރިއެއް ހިމެނިއްޖެ އެވެ.

މީރާއިން އާއްމުކޮށްފައިވާ ލިސްޓު މިމަހުގެ 7 ވަނަ ދުވަހު އަޕްޑޭޓް ކޮށްފައިވާއިރު، އެލިސްޓުގައި ވާގޮތުން ކުޅުދުއްފުށީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން ޖީއެސްޓީ ނުދައްކާ ވިޔަފާރިތަކަކީ، ކުޅުދުއްފުށީ ރަންހަދާގެ އަބްދުއްރަޝީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފެޝަން ވޭ، ކުޅުދުއްފުށީ މިޔަރެން މަރްޔަމް ޢަލީގެ ނަމުގައި ހިންގާ ރިއަލް ޕޮއިންޓް އަދި ކުޅުދުއްފުށީ ސިތާރާވިލާ މުހައްމަދު އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކެފޭ ފުރޭރޭ އަދި ޝޮޕް ފުރޭރޭ އެވެ.

މީރާއިން ކުރިން ބުނެފައިވަނީ، ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ކުރިން އެފަރާތްތަކަށް އެތަކެއް ފަހަރަކު ފޯނުން ގުޅާ، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުތައް ކިޔައި ދެވިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އީމެއިލް، އެސް.އެމް.އެސް އަދި އަތޮޅު ކައުންސިލްތައް މެދުވެރިކޮށްވެސް އެފަރާތްތަކަށް އެންގުމުގެ މަސައްކަތްކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އަތޮޅުތަކުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރިއިރު އެއްގޮތަކަށްވެސް ނުގުޅޭ 04 ފަރާތެއް ހިމެނޭކަމަށް މީރާ އިން ބުނެއެވެ.

އަތޮޅުތަކުން ޖީއެސްޓީ ނުދައްކާ 37 ފަރާތެއް އެލިސްޓުގައި ހިމަނާފައި ވެއެވެ.

ފެބްރުއަރީ ހަތްވަނަ ދުވަހުގެ ހާދިސާ ނުހިނގިނަމަ ދިވެހިރާއްޖޭގެ ޖުޑިޝަރީ ނެތުނީސް: ޑރ ވަހީދު
ފެބްރުއަރީ 7 ވަނަ ދުވަހުގެ ހާދިސާ އެގޮތަށް ނުހިނގިނަމަ ދިވެހިރާއްޖޭގެ ޖުޑިޝަރީ ނެތުނީސް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. ވަހީދު މިހެން ވިދާޅުވީ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ. ރައީސް ވިދާޅުވީ ފެބްރުއަރީ 7 ގައި އޭރުގެ ސަރުކާރުން ރާވާފައި އޮތީ ޖުޑިޝަރީ ހަލާކުކޮށްލަން ކަމަށާއި އޭރު އޮތީ ދަށު ކޯޓުތަކުން 60 މީހަކު ހައްޔަރުކުރުމަށް ލިސްޓެއް ތައްޔާރުކޮށް ފުލުހުންނަށް ފޮނުވާފައި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހަޅާފައި އޮތްކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސް ޑރ. ވަހީދު ކުޅުދުއްފުއްޓަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ކުޅުދުއްފުށީ ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުށީގައި ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިި އެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ކުޅުދުއްފުށީގެ މަގުތައް ހެދޭނެކަމަށް ވިދާޅުވި އެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

“… މިއަހަރު ނިމުމުގެ ކުރިން، ތި މަގުވެސް (އަމީނީމަގުގެ މަސައްކަތް) ހަދާ ނިމޭނެ. އަދި ދެންމެ ތިޔަ އެދިވަޑައިގެންނެވި ފަދައިން، މިރަށުގައި ހުރި ރީޖަނަލް ހޮސްޕިޓަލްވެސް، މިހާރަށްވުރެ ރަނގަޅުކުރެވި، އެތާނގައި ބްލަޑް ބޭންކެއް ޤާއިމްކޮށް، އެތާނގެ އައި.ސީ.ޔޫ ރަނގަޅުކޮށް، އެތަނަށް ގެންނަންޖެހޭ އިޞްލާޙުތައް އަޅުގަނޑުމެން ގެންނާނަން.” ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.

“ތިޔަ ހުރިހާ ބޭފުޅުންވެސް ތިއްބަވާނީ ސަރުކާރުގެ ފަރާތުން ފަށްޓާފައި ހުރި މަޝްރޫޢުތައް ބާރުމިނެއްގައި ކުރިއަށް ދިޔުމަށް ބޭނުންވެލައްވާފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވަން، އަޅުގަނޑުމެންނަށް ހަމަ ވެވެންހުރި އެންމެ އަވަހަކަށް އެކަންކަން ކުރިއަށް ގެންދާނަން. އެގޮތުން އަޅުގަނޑު ވާނީ ރޯޑް ކޮންސްޓްރަކްޝަން ކުންފުނީގެ ބޯޑް އެކުލަވާލާފައި. އެހެންވީމާ، އެބޯޑުގެ ބެއްލެވުމުގެ ދަށުން ތިޔަބޭފުޅުން ތިބޭނުންފުޅުވާ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ދެން އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް ހަމަ ފެށިގެން ކުރިއަށް ވަރަށް ބާރަށް ދާނެއޭ. ދެން އެހެންވެސް މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅަށް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އަރުވަން.” ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސް ޑރ. ވަހީދު ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ހަދާފައި ހުންނަ ތަންތަން ވަކިބަޔަކަށް ނާޖާއިޒް ގޮތެއްގައި ބަހާލިޔަކަ ނުދެއްވާނެ ކަމަށެވެ. ރައީސް މިހެން ވިދާޅުވީ ކުޅުދުއްފުށީގައި އަލަށް ހިއްކި ސަރަހައްދު ކުރީ ސަރުކާރުން ވަކި ކުންފުންޏެއް ހަދާ އެކުންފުންޏާ އެބިން ހަވާލުކުރި ކުރުމަށް ވާހަކަފުޅު ދައްކަވަމުން ނެވެ. ރައީސް ވިދާޅުވީ، ރައްޔިތުންނާ އެއްވެސް މަޝްވަރާކުރުމެއްނެތި ބިން ހިއްކުމަށްފަހު ދެންވެސް އުޅުނީ އެތަން އޭރުގެ ވެރިންގެ ގާތް ރަހުމަތްތެރިންނަށާއި ރަށްޓެހިންނަށް ބަހާލުމަށްކަމަށެވެ.

“… ތަންތަނުން ލޯނު ނަގައިގެން އައިސް، މިރަށުގެ ފަޅުތެރެއަށް ވެލި އަޅާލައިފި. ހަމަ އެކެއް ކައިރީގައިވެސް އަހާނުލާ. ކުއްލިއަކަށް މިފެނުނީ، ހޮސްޕިޓަލް މާދުރުގައި ހުރިތަން. ނޫނީވިއްޔާ ދޯނި އަޅާނެ ތަނެއް ނެތްތަން. އެކަމަކު ރައްޔިތުން ކައިރީގައި ކީއްތޯވާނީ އަހާލިއްޔާ. ޑިމޮކްރެޓިކް ވެރިކަމެއް މިއައީ، ރައްޔިތުންނާ މަޝްވަރާކޮށްގެން، ކަންކަން ނިންމާނަމޭ ކިޔާފައޭ. އެކަމަކު ކާކާތޯ މަޝްވަރާކުރީ. މަޝްވަރާއެއް ނުކުރެއޭ. ދެންވެސް އެތަން ބަހަންވެގެން މިއުޅެނީ، އެމީހުންގެ ރަޙްމަތްތެރިންނަށާއި، ރައްޓެހިންނަށާ އެތަން ލިބޭގޮތަށް ކުންފުނި ހަދައިގެން. ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ހަދާފައި ހުންނަ ތަންތަން، ވަކިބަޔަކަށް ނާޖާއިޒު ގޮތުގައި ފައިދާ ނެގޭގޮތަކަށް ބަހާލިޔަކަ އަޅުގަނޑުމެން ނުދޭނަން. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ އަރިހުގައި މަޝްވަރާކޮށްގެން، ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ނޫނިއްޔަކާ، އެ ފަސްގަނޑަކަށް ކަމެއް ނުކުރާނަމޭ.” ރައީސް ވިދާޅުވި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ބޭއްވި މިޖަލްސާއަށް މިސަރުކާރަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވި އެވެ. އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހދ އަތޮޅު ކައުންސިލުގެ ކުރީގެ ރައީސް އަދި ކުޅުދުއްފުށީގެ ކައުންސިލަރަކަށް ރައީސް ނަޝީދު އައްޔަންކުރެއްވި އާދަމް ވަހީދު ބައިވެރިވެވަޑައިގަތެވެ. މިޖަލްސާގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.