Kulhudhuffushi.com » ސިޔާސީ

މިއަދުގެ ހަޤީޤަތްތައް
މުހައްމަދު އިސްމާއިލް

ރާއްޖޭގެ ދިގު ތާރީޚުގައި އެކި ޒަމާން ތަކުގައި ސިޔާސީ ދެކޮޅުވެރިކަމާހެދި ގައުމުގެ އަމަން އަމާންކަމަށް ބުރޫއެރިއެވެ. މަސްލަޙަތު ގެއްލި ފިތުނަ އުފެދިގެން ދިޔައެވެ. މަޝްހޫރު އުތުރު ގަޑުބަޑާ ދެކުނުގެ ބަޣާވާތަކީވެސް ތާރީޚުން ފެންނަން ހުރި ހަޤީޤަތްތަކެވެ. މާލޭގެ ޝާހީ ޢާއިލާތަކުގެ މެދުގައި ވެރިކަމާހެދި ތަޅާފޮޅި ދުވަސްވަރެއްވެސް ދިޔައެވެ.

2008 ވަނަ އަހަރު ފާސްކުރެވުނު އާ ޤާނޫނު އަސާސީ އާއިއެކު ގައުމުގެ މަންޒަރު ބަދަލުވާން ފެށިއެވެ. ދިވެހިން އެތައް ދުވަހެން ވަންދެން އިންތިޒާރުކުރި ޑިމޮކްރަސީ އާއި ރައްޔިތުންގެ ހައްގުތައް އެ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށް ގަބޫލު ކުރެވުނެވެ. މަލްޓިޕާޓީ އިލެކްޝަނެއް ބާއްވާ ގައުމުގެ ވެރިކަމުގެ ތަސްވީރު ބަދަލުވިއެވެ. އެތައް ޒަމާނެއް ވަންދެން ވެރިކަން ކުރަމުން ދިޔަ ބަޔަކު ވެރިކަމުގެ ނާރެހުން ބޭރުކޮށް އާ ބަޔަކު އެ ނާރެހަށް ވެއްދިއެވެ. މިއީ ދިވެހިން އަމިއްލައަށް ބޭނުންވެގެން އެބައިމީހުން ކުޅަ ކަމެކެވެ.

އެއްފަރާތުގައި ތިބީ އެތައް ދުވަހެއް ވަންދެން ވެރިކަން ކުރި ބައެކެވެ. އަނެއް ފަރާތުގައި ގިނައީ ސިޔާސީ ގޮތުން “ތުއްތު” ކުދިންނެވެ. ރިޔާސީ އިންތިހާބެއް ބާއްވާ “ތުއްތު” ކުދިންނަށް ވެރިކަން ލިބުނެވެ. “ހިތްތިރިކޮށްގެން” ކުރިއަށް ދާނެ ކަމަށް ބުނެ މަޖިލީހުގެ އިންތިހާބާ ކުރިމަތިލިއެވެ. އަނެއް ފަރާތުން އެބައިމީހުންނަށް ލިބުނު ޝޮކެއްގެ ސަބަބުން މަޑުމައިތިރިވެ “ހިތްވަރު” ކޮށްގެން ތިބިއެވެ. މަންޒަރު މަޑުމަޑުން ބަދަލުވާން ފެށީ އެހިސާބުންނެވެ.

“އަނެއް ދިވެހިރާއްޖެ”އަށް ގެންގޮސްދިނުމަށް ދަތުރު ފެށި މީހުންނަށް “ހިތާދޫ މީހަކަށް ހުދުފޮށައެއް ލިބުނީމާ ވާހެން”  ކޮށްފަ ނުކުރާނެކަމެއް ނޭގުނެއެވެ. އިދިކޮޅުގައިވެސް ބަޔަކު ތިބިކަން ހަނދާން ނައްތާލާ ގައުމުގެ ކަންކަން އެގޮތް މިގޮތަށް ބަދަލުކުރަން ފެށިއެވެ. “ތުއްތު” ކުދިންނަށް ސަރުކާރު އިސް މަގާމުތައް ދީ އެއްވެސް ޤާނޫނެއް ނެތި އަތޮޅުތައް ބައިބަޔަށް ބައިކޮށް ގާނޫނީ ގޮތުން ފަހުން ސުވާލުކުރެވިދާނެ ކަންކަން އެއްވެސް ފިކުރެއް ނެތި ކުރަން ފެށިއެވެ. އެހިސާބަށް ދިއުމުން ދިގު ތިރީސް އަހަރު ވެރިކަމުގެ ކޮއިލުގައި ތިބި މީހުން ނުކުތެވެ. ބައެއް ކަންކަމުގައި މަޖުބޫރުވެގެންނެވެ. އަނެއްބައި ކަންކަމުގައި ވެރިކަމުން ވެއްޓުނީތީ އެކަމުގެ ބަދަލު ހިފުމުގެ ރޫޙުގައެވެ.

ކަންދިމާކުރި ގޮތުން ވެރިކަމަށް އައި ފަރާތުން މަޝްވާރާގެ އުޞޫލާ ކަންކަން ކުރުމުގައި ދޮށީ ބޭފުޅުންގެ ޚިޔާލު ނުހޯދުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މަޖިލީހުގެ އައުލަބިއްޔަތު ގެއްލުމެވެ. ވެރިކަމަށް އެރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވެރިކަމުގައި ތިބި ބަޔަކު އަޑީގައި ތިބެގެން އެމީހުންގެ ކޯލީޝަން ރޫޅާލުމެވެ.

މަޝްވަރާގެ އުޞޫލާ ގައުމުގެ މުހިއްމުކަންކަން ނިންމުމުގައި ތަޖުރިބާކާރުންގެ ބަސްނުހޯދުމާ އިދިކޮޅު ފަރާތްތަކާ ވާހަކަ ނުދެއްކުމުގެ ނަތީޖާ އަކަށްވީ ސަރުކާރުން ކުރަމުން އައި ކަންތައްތަކަށް ގާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން ހުރަސްއެޅުމެވެ. ގާނޫނަކަށް ނުބަލައި އިދިކޮޅު ފަރާތްތަކުގެ ބަސް ނުހޯދައި ކުރަންފެށި ކަންކަން ހުއްޓާލަން ޖެހުމެވެ. “އާ ކުކުޅަށް ގާބިހެއް އެޅިގެން އުޅޭހެން އުޅުމުން އެކަމުގެ ހިތިރަހަ ކަރުބުޑުގައި ލާންފެށިއެވެ.

އެހިސާބުން ސަރުކާރަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން މަޖުބޫރު ވިއެވެ. އަލަށް ރުކަށް އެރިމީހަކުހެން ކާއްޓާ ގަބުޅިއާ ގޮބޮޅިވެސް އަޅަންފެށުނެވެ. ސަރުކާރު ވެރިކަމަށް އެރިފަހުން މިނިވަން މުއައްސަސާތަކާއި މަޖިލީހާ ފަނޑިޔާރުގެއަށް ކުރިމަތި ކުރުވި ތުރާތަށް އިތުރުކުރިއެވެ. އިދިކޮޅު ފަރާތްތަށް ކޮންމެ ގޮތެއް ހަދައިގެންވެސް ހައްޔަރު ކުރަން ބޭނުންވިއެވެ. ސަރުކާރު ތަޖްރިބާ ނެތަތީވެ މިދުވަސް އަންނާނެކަން އޭރަކު ނުވިސްނެއެވެ.

ދެން ފެންނަން ފެށީ މުޅިންވެސް ޅަ އެއްޗެތި އަޅާތަނެއެވެ. ވަޒީރުން އިސްތިއުފާދީ، ސަބްސިޑީ ނުދެވިގެން ދައުލަތުގެ މީޑިޔާ ރަހީނުކުރިތަނެވެ. ސިޔާސީ ޕޯޑިއަމް ތަކުގައި ދައްކާ ވާހަކައަށް ކޯޓުން ހުކުމް ނުކުރާ މައްސަލައެވެ. ބަންދުގެ މުއްދަތު އިތުރުކުރަން ފަނޑިޔާރުގެއަށް ހުށަހަޅަނީ ހަރުގެ ތެރޭގައި ތިބޭ މީހުންދައްކާކަހަލަ ވާހަކަތަކެވެ. ކަންކަން އަނެއްކާވެސް ޕްލޭން ނުކޮށް “ތެޅިގަތީމާ” އަމިއްލަ ގަޔަށް ކަށިހެރެން ފެށިއެވެ. ވަޒީރުން އަލުން ގާނޫނަކަށް ބެލުމެއް ނެތި ހުވާ ކުރިއެވެ. ސަރުކާރުން އަމިއްލަ އަށް ގާނޫނު އަސާސީގައި ކަނޑައެޅިގެން އެގެން އޮންނަކަންކަމުގައި ވެސް ދެކޮޅު ހަދަން ފެށިއެވެ. އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް އިދިކޮޅު މީހުން ކުޑަކަކޫ ޖައްސަން ބޭނުންވިއެވެ. ހައްޔަރު ނުކުރެވުނީމާ ހިމާޔަތް ދޭންކަމަށްބުނެ ހައްޔަރު ކުރަން ފެށިއެވެ. ސަބްސިޑީ ނުދެވިގެން އިސްތިއުފާ ދިން ވަޒީރުން މީޑިޔާގައި ރޯމަހެއް މަރަށް ތެޅޭހެން ތެޅެން ފެށިއެވެ. އެކުވެރި ގައުމުތަކުގެ ރައީސުންނާއި ސަފީރުން ގެނެސްގެންވެސް އެމީހުން މައިތިރި ކުރެވޭތޯ ބެލިއެވެ. ރަށްރަށުން މީހުން މާލެ ގެނެސް ފާޅުގައި ފަނޑިޔާރުންނަށް ބިރުދައްކަން ފެށިއެވެ. ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ސިޔާސީގޮތުން އިދިކޮޅު ފަރާތްތަށް ކަތިލުމުގެ މަސައްކަތް ފެށިއެވެ. ފުލުހުންނާ ސިފައިންގެ އަގު ވައްޓާލައި އެބައިމީހުންނަށް ގާނޫނާ ހިލާފަށް އަމަލު ކުރުމަށް މަޖުބޫރު ކުރުވަން ފެށިއެވެ. މިއީ މިއަދުގެ ހަގީގަތްތަކެވެ. މިނިވަން ސިކުނޑިއަކުން ވިސްނައިފި ނަމަ ފެންނަން ހުރި ހަގީގަތްތަކެވެ.

ދެ އޮފިޝަލަކަށް ރިޝްވަތުދޭން އުޅެފި! މައްސަލަ ކޯޓުގައި!
ދަންނަވަންތޯއެވެ؟ ރިޝްވަތަކީ ވަރަށް ގިނަ ގޮތްގޮތަށްދެވޭ، އެއްޗެކެވެ. ‘ރިޝްވަތުދިނުން’ މިއީ ރިޝްވަތުދިނުމަށް ކިޔާ އެންމެ ހުތުރު ނަމެވެ. އެއަށް ކިޔާ ރީތި ނަންތަކުގެ ތެރޭގައި، ސައެއްދިނުން، ހަދިޔާއެއްދިނުން، ގަތުން، ފަދަ ނަންތައް ހިމެނެއެވެ. ދިވެހިރާއްޖޭގައިވެސް މިހާރު މިއުޅެނީ ރިޝްވަތެއްދީގެންނެވެ. ނޫނީ އެކަމަށް ޝައްކުވެގެންނެވެ. ދިންކަމަށް ޝައްކުވި ރިޝްވަތުގެ ބޮޑުކަމުން، ވަޒީރުންވެސް އިސްތިޢުފާދެއްވާފައި އޮފީހުން ނިކުމެވަޑައިގެން، އާދައިގެ ރައްޔިތުމީހާ، ފަދައިން މަގުމައްޗަށް ނުކުމެވަޑައިގަންނަވައިފިއެވެ.

ތެދެއް ދަންނަވަންތޯއެވެ؟ ކިޔުއްވާށެވެ.

މިލިޔުން ލިޔަމުން ދާއިރު، ރަޝިޔާގައި އެ ތަނުގެ ދެ އޮފިޝަލެއް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރަނީއެވެ. މިލިޔުން ލިޔަމުން ދާއިރު، ރިޝްވަތުދިންކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރެއް ހައިކޯޓަށް ހާޒިރުއެބަ ކުރެއޭ ދެންމެއަކު، ރައްޔިތުމީހަކު ފޯނުކޮށްފައި ބުނެފިއެވެ.

ނަމަވެސް، ދަންނަވަން މިއުޅޭ ތެދަކީ، ރަޝިޔާގެ ދެ އޮފިޝަލުންގެ ވާހަކައެވެ. ކިޔުއްވާށެވެ.

ކަންތައްވީ ގޮތަކީ މިއެވެ. ރަޝިޔާގެ ފެޑަރަލް ސިކިއުރިޓީ ސާރވިސްގެ އެޖެންޓުން، ކާރޫބާރޫ ބޮޑު ހައިވޭއެއްގައި، ޝައްކު ކުރެވޭ ކާރެއް ފަހައި ދުއްވީއެވެ. ކާރުގައި ތިބީ، ރަޝިޔާގެ މަސްވެރިކަމާއިބެހޭ އޭޖެންސީގެ ދެ އޮފިޝަލުންނެވެ. ސިކިއުރިޓީ އެޖެންޓުން ކާރު ފަހާދުއްވަން ފެށުމުން ކާރުގައި ތިބި ދެ އޮފިޝަލުން، ރިޝްވަތުދިނުމަށް ކަންތައްކުރި ގޮތަކީ،  ކަރުދާހުފޮށިގަނޑެއް ފުރެންދެން ފައިސާ އަޅާފައި، ކާރުގެ ކުޑަދޮރުން، ސިކިއުރިޓީ އެޖެންޓުންނާއި ދިމާލަށް ހޫރާލީއެވެ. އެނގިލައްވާނޭފަދައިން ރަޝިޔާގެ ފުލުންނާއި، ސިކިއުރިޓީ އޭޖެންޓުންނަކީ ރިޝްވަތަށް ގަނެލެވޭކަމަށް މުޅިދުނިޔެއަށް މަޝްހޫރު ބައެކެވެ.

ކޮންމެޔަކަސް ކާރުގެ ކުޑަދޮރުން ހޫރާލި ފޮށިގަނޑުގައި އެމެރިކާ ޑޮލަރުން އަގުކުރާނަމަ، ތިންލައްކަ ބާވީސްހާސް ޑޮލަރު ހުއްޓެވެ. ހަމަ ނަގުދު ޑޮލަރެވެ.

މި ދެންނެވި ރިޝްވަތުދިނުމާއި، ކާރުފަހާދުއްވުމުގެ ހާދިސާގައި، ހަތްމިލިއަން ރަޝިޔާރުފިޔާގެ އަގުހުރި ކާރުވަނީ ފުނޑިގެންގޮސްފައެވެ.

މަސްވެރިކަމާއިބެހޭ އޭޖެންސީގެ ދެ އޮފިޝަލުން ކަމަށްވާ ބޮރިސް ސިމަނޯވާއި ރޯމަން ޕޮސްޓްނިކޯވަށް މިހާ އަގުބޮޑު ކާރާއި، ފައިސާ ލިބުނީ މަސްވެރިކަންކުރުމުގެ ހުއްދަދޭ ކޮންޓްރެކްޓެއްގެ ތާރީޚް، ބޮޑު މަހުޖަނަކަށް އޭނާ ބޭނުންވިގޮތަށް ބަދަލުކޮށްދީގެން ކަމަށްވެއެވެ.

ކިޔުއްވަމުން ގެންދަވާށެވެ. ދަންނަވަން މިއުޅެނީ އެހެން ވާހަކައެކެވެ.

ރާއްޖޭގައި އަބަދުވެސް އެކަކު އަނެކަކަށް ރިޝްވަތުދީއުޅެއެވެ. މިފަހަރު ރިޝްވަތުގެ ކަންތައްތައް މިހިލުނީ އެއާޕޯޓެއް ކުއްޔަށްދޭ ކޮންޓްރެކްޓަކާއި މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހެއް، ފަސްމަންޒަރަށްވެގެންނެވެ.

އަދިވެސް ކިޔުއްވާށެވެ. ރިޝްވަތަކީ ވަރަށް ގިނަ ގޮތްގޮތުން ދެވޭ އޭގެ ދާއިރާ ފުޅާ އެއްޗެކެވެ.

ބ. އަތޮޅު ތުޅާދޫގެ ބިން ހިއްކީމާ އެ ދާއިރާގެ މެންބަރު، ބިން ހިއްކައިދިން ސަރުކާރު ކޮޅަށް ލެނބޭނެ ކަމަށް ބުނެފައި، ނުލެނބި، އެޑިޔުކޭޝަން މިނިސްޓަރުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއިކުރުމުން، ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރު ކޯފާވި މަންޒަރު އަޅުގަނޑު ޓީވީއިން ދުށީމެވެ. ކޯފާވެފައި، ބިންހިއްކައިދިނީމާވެސް ހެދިގޮތަކީ ތިއީއޭ، ވިދާޅުވި ކަހަލައެވެ.

ފަގީރުކަން ނައްތާލުމަށް ފުރަތަމަ ޕާޓީ ހެދި މީހެއް، އޭނާގެ މައްސަލަ ރިޔާސީކޮމިޝަނުން ބަލައި، ކޯޓުގައި ވަނިކޮށް، ޕާޓީ ބަދަލުކުރިއެވެ. މިހާރު މައްސަލައިގެ އަޑެއް ބަޑެއް ނީވެއެވެ.

އޮޅުވައި ނުލައްވާށެވެ. އޭނާ އެކުރީ އަދި އެހެން ކަމެކެވެ. މި ބުނި މީހާ އެކުރި ކަމަކީ ފްލޯ ކުރޮސް ކުރުމެވެ.

ކުރީގެ ބަންޑާރަ ނައިބުގެ ފިރިކަލުންގެ މައްސަލައަކަށް އިޝާރާތްކޮށް، ރައީސް އޮފީސް “ބަދުނާމުކޮށް”،  އިދްހާމް މުޢިއްޒު ރިޔާސީ ކޮމިޝަނުން އިސްތިޢުފާދިނެވެ. ދެ ދުވަސް ފަހުން ރައީސް އޮފީހުގައި ތިއްބެވި ބޭފުޅުންގެ ޕާޓީއާއި ކުރީގެ ބަންޑާރަ ނައިބުގެ ފިރިކަލުން ގުޅިލެއްވިއެވެ. ރިޔާސީ ކޮމިޝަންގައި އޮތްކަމަށް ބުނާ މައްސަލައިގެ އަޑެއްބަޑެއް ނީވެއެވެ.

އަޅުގަނޑު މިވަގުތު މިކުރާކަމެއްގެ ވާހަކަ ވަކިވުމުގެ ކުރިން ދަންނަވާލާނަމެވެ.

އަޅުގަނޑު ވިސްނަނީއެވެ. އަޅުގަނޑު މި ވިސްނަނީ ބްލެކްމެއިލް އަށް ކިޔާނެ ރީތިނަމަކާއި މެދުގައެވެ. އާދެ، ބޭނުންވަނީ ރިޝްވަތަށް ކިޔާކަހަލަ ރީތި ނަންނަމެވެ.  ކޮޕީރައިޓަށް ކިޔާނެ ދިވެހި ނަމެއް ނެތިގެން މަޖިލީހުގެ މެންބަރަކު ދިވެހިބަހާމެދު ނުރުހުނުވާހަކައެއް ނޫހެއްގައި އޮއްވާ ދުށީމެވެ.

އަނެއް ދިވެހިރާއްޖެ، އަނެއް ފިކުރު އަދި އަނެއްވައްތަރު ފަނި
އަނެއް ދިވެހިރާއްޖެ

‘އަނެއް ދިވެހިރާއްޖެ’ މިއީ ރާއްޖެ އޮންނާނެގޮތް، ފުންކޮށް ނުވިސްނާ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އޮޅުވާލެވޭގޮތަށް ބޭނުންކުރާ ‘ސްލޯގަން’ އެކެވެ. މިއީ އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގެ ރަސްމީ ސްލޯގަނެވެ. ފުރަތަމަ، މި އިޝާރާތްކުރާ ‘އަނެއް ދިވެހިރާއްޖެ’ އެއީ ކޮންތާކުއޮތް ތަނެއްކަމެއް އެކަކަށްވެސް  ނޭނގެއެވެ. މިހާރު ޔަގީންވާގޮތުން އެއީ، ބިންވެރިންނާއި މުއްސަނދީންވެގެން ފަގީރުން ފަގީރުކޮށް، މާދަރީ ބަހުގެ މައްޗަށް ބިދޭސީ ބަހެއް އިސްކޮށްފައި އޮންނަ، ވަކި ދީނެއް ނޯންނަ، ބޭނުން ކޮންމެ ގައުމަކުން އައިސް ރައްޔިތަކަށްވެވޭ، ގޮތަށް ރާއްޖެ ބަދަލުވުމުން ކިޔާނެ ނަމެކެވެ.

އަނެއް ފިކުރު

‘އަނެއް ފިކުރު’ މިއީ އަނެއް ދިވެހިރާއްޖެ އަތުލުމަށް ނޫނީ، މިހާރު އޮތް ދިވެހި ރާއްޖެ ބަދަލުކުރުމަށް ބޭނުންވާފިކުރެވެ. މި ފިކުރުގައި، މިހާރު ރަނގަޅު ކަންކަން ކަމަށް ބަލާ ސިފަތައް ގޯސްކުރެއެވެ. މިސާލަކަށް ދަންނަވާނަމަ، ދިވެހިބަހާއި، ދީނާއި ސަގާފަތަކީ އަނެއް ފިކުރާއި ދިމާ އިދިކޮޅު އެއްޗެއްސެވެ. އަނެއް ފިކުރުގައި، ދީނުގެ ޙުކުމްތަކަށްވެސް ފާޑުކިޔާ މުޒާހިރާކުރެވޭނެއެވެ. އަނެއް ފިކުރުގައި،  ރާބޯން ބޭނުންނަމަ ރާ ލިބެން ހުންނަންޖެހޭނެއެވެ. ލަވަކިޔާ ނަށަން ބޭނުންނަމަ، ކޮންމެ ތާކު އެކަން ކުރެވެން ޖެހޭނެއެވެ. ދީނަށް ލޯބިކުރާމީހުން އަނެއްފިކުރު ވަރަށް ފަސޭހަކަމާއެކު މާނަކުރެއެވެ. އެމީހުންގެ ނަޒަރުގައި އަނެއް ފިކުރަކީ ލާދީނީ ކޮންމެ ފިކުރެކެވެ.

އަނެއްވައްތަރު ފަނި

‘އަނެއް ވައްތަރު ފަނި’ މިއީ އިނގިރޭސިވިލާތުގައި ކިޔަވަން އުޅުނު، ދިވެހިންގެ ގުރޫޕެއް އުފެއްދި މިޔުޒިކް ބޭންޑަކަށް ކީ ނަމަކެވެ. މޯލްޑީވްސް ސްޓޫޑެންޓްސް އެސޯސިއޭޝަން ޔޫކޭ، ގެ ފަރާތުން ނުވަދިހައިގެ ކުރީކޮޅު ޓީވީ ކޮށީގައި ބޭއްވި ‘ތާނަ ޝޯ’ ގައި ނަގާކިޔަން އުޅުނީ އަނެއްވައްތަރު ފަނި ބޭންޑެވެ. ބޭންޑްގެ ލީޑް ވޯކަލިސްޓަކީ، ސަރުކާރުގެ ސައެންސް އެންވޯއީ އަހުމަދު ޝަފީގު މޫސާ (ޑީއޯ ސައްޕެ) އެވެ. އޭނާ އޭރު ހުންނާނީ، އަނެއްވައްތަރު ފަނީގެ ސްޓައިލުގައެވެ. ފަހަތަށް އިސްތަށިގަނޑު ދިގުކޮށް ބައެއްގައި ކުލަޖައްސައި، ވައަތު ކަންފަތުގައި ބޮޅެއް ލައިފައެވެ. އާދެ، އަނެއްވައްތަރުވެލާފައި، ބަލާބެލުމަށް އަނެއް ފިކުރުގެ އަނެއް ދިވެހިރާއްޖޭގެ ނަމޫނާ ދިވެއްސެއްގެ ގޮތުގައެވެ.

ހަގީގަތުގައި އަނެއް ދިވެހިރާއްޖެ އާއި އަނެއް ފިކުރާއި، އަނެއްވައްތަރު ފަނި މިއީ ގުޅި ލާމެހިފައިވާ ތިން ބަހެވެ. އަނެއްވައްތަރު ފަނި، އެއީ އަނެއް ދިވެހިރާއްޖޭގެ މީހުންނެވެ. އަނެއް ފިކުރު އެއީ އެމީހުންގެ ވިސްނުމާއި އަގީދާއެވެ. އަނެއް ދިވެހިރާއްޖެ އެއީ އެމީހުންގެ ވަޒަނެވެ.

ސިޔާސީ ބައްޓަމާއި ވައްޓަފާޅި (1) : ދޮރޯށި ތަޅުވާ، ދޮރޯއްޓަށް އެރުމުގެ ޑިމޮކްރަސީ
ހާޝިމް

މި ގައުމުގައި ހިތްފަހި ކުރިމަގެއް މުޑުވައްކުރުމަށްޓަކާ، ޗާލުކަން ހުރި ބައްޓަމަކަށް ގެންނަމުން، ބަލާލަން ރިވެތި އަތްކަންއަޅަމުން، ލިޔެ ލާފެންކުރަމުން މި ގެންދާ ޒަމާނީ ޑިމޮކްރަސީ ގެ ސިފަ ހުތުރުކުރާ ނުކިއްސަރު ހަމަ އެންމެ ކަމެއް ވެސް ކުރެވޭ މަންޒަރު ދުށުމަކީ، ގައުމުގެ އަފުރާދުން ރުހޭނެ ކަމެއް ނޫންކަން ވަންހަނާއެއް ނެތި ގައިމު ކުރެވެއެވެ. އެއީ، މި ޑިމޮކްރަސީއަކީ، ގައުމުގެ އުތުރާއި ދެކުނުން ހަމަ ހުރިހާ އެންމެން ވެސް ނުހަނު ދާ އޮހުރުވައިގެން، ކަށިން ހިތްވަރު ނެރެގެން، ވަޒަން ނުކުރެވޭ ވަރުގެ ބޮޑު އަގެއް ދައްކައި، މުޅިން އަވަދިވެގެން ހާސިލުކުރި އެއްޗަކަށް ވާތީއެވެ.

އާދޭހެވެ! ރެއެއް ދުވާލެއް ނެތި ކުރެވުނު ބުރަ މަސައްކަތުން މިއަދު ގައުމުގައި ހެދި ފޯދޭ ޑިމޮކްރަސީއަށް، ގައުމުގައި އަންޒަމާނުއްސުރެ ވަތަށްގޮނޑިލަމުން އައިސްފައިވާ ޚުދުމުޚުތާރުކަމުން، ޒަލްޒަލާއެއް އަތުވެދާނެކަމަށް މިފަހަކަށް އައިސް މީހެއްގެ ހިތަށް ވެސް ނާރާ ވަނިކޮށް، މިދިޔަ ދޮޅަހަކަށް ހަފްތާގެ ތެރޭގައި ގައުމުގައި ހިނގާދިޔަ ކަންތައްތަކުން، މިތިބެވެނީ އަދި އަވާމެންދުރެއްގައި ބަގުޑިބައްދައިގެންކަން އެނގި ހަލާސްވެއްޖެއެވެ. އެއީ، ނަންގަންނަން ކިތަންމެ ހުތުރަސް، ޑިމޮކްރަސީއާއި މިނިވަންކަމުގެ ނަމުގައި، ގައުމުގެ އެންމެ ހައިބަވަންތަ ޢިމާރާތްތަކުގެ ދޮރޯށިތައް ތަޅުވަމުން، ހަލުވަމުން، ގުޑުވަމުން ގޮސް، އެންމެ ފަހުން އެއަށް އަރާ، ބަޔަކު ސަވާރުވި ލަދު މަންޒަރު ފެނުމުންނެވެ. އެ ހިސާބަށް ބައެއްގެ ނޭއްދާރުކަން ދިޔަ ޚަބަރު އަޑުއިވުމުންނެވެ. އެހެންނަމަވެސް، ކަން އެއޮތީ ހިނގާ ނިމިފައެވެ. ދެން ކުރެވޭ ސުވާލަކީ، މިއީ މޮޅު ކަމެއް ބާވައެވެ؟

ދެންނެވުމުގެ ބޭނުމެއް ވެސް ނޯންނާނެއެވެ. މިއީ ގައުމު ދެކެ ހިތުގެ ފުނުން ލޯބިވާ އެއްވެސް ފަރުދަކު ވެދުމާއި ސަލާން ފޮނުވާނެކަމެއް ނޫނެވެ. މަރުޙަބާކިޔާ ތަރުޙީބު ދޭން ހެޔޮވާވަރުގެ ކަމެއް ވެސް ނޫނެވެ. އެހެން ނޫންނަމަ، މަގު ހިނގާ އެންމެން ގޮސް އަރާ ތިބޭނީ އެ ތަންތަނުގެ ދޮރޯށިތަކުގެ މަތީގައެވެ. ދެ މީހަކު ހިތްގައިމު ނުވާ ކޮންމެ ފަހަރަކު ކަން ނިމޭނީ އެ ދޮރޯށިތަކަށް ސަވާރުވެގެންނެވެ. އެކަންކަން އެހެން ނުހިނގަނީ، އަދި ތާރީޚުގައި ވެސް ހިނގާފައި ނެތްކަމަށް ލިޔެވިފައިވަނީ، އެއީ ދަމާލެވޭ އަޚުލާޤީ ރޮނގުން ބޭރު ކަމަކަށްވާތީއެވެ. ތަހުޒީބީ، ތަޢުލީމީ އަދި ސުލޫކީ ހުރިހާ އިމެއްގެ ބޭރުން ކުރެވޭ ކަމަކަށްވާތީއެވެ.

މިކަމުގެ މުގުލުގައި ހުރީ، ތިމަންމެން މިއީ ރިފޯމް އެޖެންޑާ އާއި ރޯޑް މެޕް ގެނެސްގެން، ޑިމޮކްރަސީ އާލާކުރުމަށް އެންމެ ފުރަތަމަ ދުވަހުއްސުރެ މަސައްކަތްކުރި މީހުންނޭ ބުނާ، ރާއްޖޭގެ ތާރީޚުގައި އިންތިޚާބަކުން ފޭލިވި ހަމައެކަނި ސިޔާސީ ޕާޓީގެ ނައިބު ލީޑަރެވެ. އޭނާ ބުނިކަމަށް ޚަބަރުތަކުގައި ކިޔާފައިވަނީ “ގޭޓުގައި އަތްލައިގެންނޭ އެ ރޭ ހުރީ. ތެޅުވޭ ވަރަށް ވުރެ މާ ވަރުގަދައޭ. އެކަމަކު ދެން ފަހަރަކުން ހުންނާނީ ގޭޓަށް އަރައޭ” މިހެންނެވެ. އަދި އޭގެ ފަހުން، “އެއްވި މީހުން މުލީއާގެ ގޭޓް ތަޅުވައި ހެދި އިރު ޢުމަރު ވަނީ ގޭޓު މައްޗަށް އަރާފައެވެ” މިހެން ވެސް ޚަބަރުތަކުގައި ލިޔެފައިވެއެވެ. މި ދަށް ފެންވަރުގެ ޢަމަލަށް، ސަރުކާރު ހިންގާ ޕާޓީން ޖަވާބު ދިނެވެ. އެ ޕާޓީން ނެރުނު ބަޔާނުގައި ވަނީ، “މިމުޒާހާރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް ޑީއާރުޕީގެ ބައެއް އިސްވެރިން އިސްވެ ތިއްބަވައިގެން އެއްވެ އެ ގެކޮޅުގެ ގޭޓަށް އަރައި ހިންގަމުންދާ ޣައިރު ޤާނޫނީ އަމަލުތައް މިޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.” މިހެންނެވެ.

މި ޚަބަރުތަކުން، ގައުމުގެ ޑިމޮކުރަސީ ކިލަނބުކުރަން އަންބާ ކިޔާ ބަޔަކު ނުކުމެ އުޅޭކަން ސާބިތުވެއެވެ. އެކަން ދުށުމަށް ގައުމުގެ ރައްޔިތުން ހިތް ނޭދުނަސް، އެކަން ހިނގައިފިކަން ކަށަވަރުވެއްޖެއެވެ. އަދި، އަދިވެސް 21 ވަނަ ޤަރުނަށް ލޯ ނުހުޅުވޭ، ސޮހޮލުމަންޑެލިން މި ފަސްގަނޑުގައި އެބަތިބިކަން ގައިމުވެއްޖެއެވެ. ދެން އޮތީ، ދޮރޯށި ތެޅުވުމާއި، ދޮރޯއްޓަށް އެރުމުގެ ސިޔާސީ ވައްޓަފާޅި ކުރިއަށް ދިޔަ ނުދިނުމަށް އަޅުގަނޑުމެން މަރުފަލިޖަހަން ނުކުތުމެވެ. މި ޑިމޮކްރަސީ ދަފަރާކޮށް، ދަރިންނާއި، ދަރިންގެ ދަރިންގެ ކުރިމަގު އުޖާލާކުރުމަށް ފޫގަޅާލުމެވެ. ބަޔަކު ތަޅުވާ ދޮރޯއްޓަކުން، ހެއްލާ ޅޮސްއުނދޯއްޔަކުން، ޑިމޮކްރަސީގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް އެޅިޔަ ނުދިނުމެވެ. އެ އުންމީދާއި ޙަޤީޤަތް ބަހާއި ޢަމަލުން ދައްކައިދިނުމެވެ.

މަޢުލޫމާތު

21 ފެބްރުއަރީ 2010 ގެ ހަވީރު ނޫސް

26 މާރޗް 2010 ގެ ހަވީރު ނޫސް

އެމްޑީޕީގެ ނޫސް ބަޔާން، 28 މާރޗް 2010

ސިޔާސީ މަގާމުތަކަށް ނިމުމެއްނެތް!
ރަސްގެފާނު

ދާދި ފަހުން ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވެފައިވަނީ ސިޔާސީ މަގާމުތައް މަދު ކުރުމަށް ސަރުކާރަށް ލަފާ އަރުވާފައިވާނެ ކަމަށެވެ. މާލީ ވަޒީރުގެ ޖަވާބުން އެނގުނު ގޮތުގައި ކުރީ ގެ ސަރުކާރަށްވުރެ މިސަރުކާރުގެ ސިޔާސީ މަގާމުތައް ގިނައެވެ. މިސަރުކާރުން ސިޔާސީ މަގާމުތައް ދެމުން ގެންދާ ގޮތާއި މެދު ގައުމީ ޕާޓީންނާއި އެންމެ ބޮޑު އިދިކޮޅު ޕާޓީން ދަނީ ފާޑުކިޔުންތައް ސަރުކާރަށް އަމާޒު ވަމުންނެވެ.

ކުރީދުވަހު އަނެއްކާވެސް ސިޔާސީ ދެމަގާމެއް ވެދުމަށް އެރުވި ހަބަރު ހަވީރުން ލިބިއްޖެއެވެ.  އެއްބޭފުޅަކަށް އިސްލާމީ މަރުކަޒެވެ. އަނެއް ބޭފުޅަކަށް ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބުކަމެވެ.

އިސްލާމިކް މިނިސްޓްރީގައި މިނިސްޓަރުގެ އިތުރުން ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ. އިސްލާމިކް މިނިސްޓްރީގެ ވަޒީރުކަން އަދާލަތު ޕާޓީ އަށް ލިބިފަވާއިރު، އަދާލަތު ޕާޓީގެ ދެ ވަޒީރުންނަށް އަމާޒުވާ ގޮތަށް އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ދަނީ ތަފާތު ވާހަކަތައް ދައްކަވަމުންނެވެ. އަދި އަދާލަތު ޕާޓީގެ ވާހަކަ ތަކުން މިއަދު ގެ ސަރުކާރުގެ ތެރެއިން އަދާލަތު ނެރެ އެއްލާލަން އުޅޭކަމުގެ ފެހި ސިގްނަލް ވެސް ފެންނަން ފަށައިފި ކަމަށް ބައެއް މީޑިޔާ ތަކުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި ދަނޑިވަޅުގައި އެމްޑީޕީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އަދި އެމްޑީޕީގެ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވަމުންދާ ހާފިޒް ޒަކީ އަށް އިސްލާމިކް މިނިސްޓްރީގެ މުރުޝިދު އާންމު ގެ މަގާމު ދެއްވައިފިއެވެ. އަނެއްކާވެސް ބޮޑު މުސާރައެކެވެ. އަނެއްކާވެސް ސިޔާސީ މަގާމެކެވެ. ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި އިސްލާމީ މަރުކަޒާ ގުޅޭ ހުރިހާ ކަމެއްވެސް ބަލަހައްޓަވާނީ މީގެ ފަހުން ޒަކީ އެވެ. ޒަކީ މިނިސްޓްރީގައި ކުރައްވާނީ އިސްލާމީ މަރުކަޒާ ގުޅޭ ކަންކަމެވެ. މިކަމަށް ބޮޑު މުސާރަ ދީފައި ސިޔާސީ މީހެއް ބޭނުންވާނެހެއްޔެވެ. މިހާރުވެސް މިނިސްޓަރާއި ދެ ސްޓޭޓް މިނިސްޓަރުން ނާއި ޑިރެކްޓަރ ޖެނެރަލުންނާއި އަދިވެސް ތަފާތު އެތައް މަގާމެއްގައި ބޭފުޅުން ތިއްބެވިއިރު އިސްލާމީ މަރުކަޒު ބަލަހައްޓަވާށޭ ބުނެ މަގާމެއް އިތުރު ކޮށްލުމަކީ މިދަނޑިވަޅުގައި ކުރުން އެންމެ ރަނގަޅު ކަމެއްބާވައެވެ.

ޓްރާންސްޕޯރޓް މިނިސްޓްރީގެ ނައިބުކަމަށް ފަރުހަތު ހަމަޖެއްސެވި ކަމަށް ނޫސްތަކުން ހަބަރު ލިބުމާއެކު ކުއްލި ޝޮކެއް ލިބުނެވެ. ވާނީ ވެސް އެހެންތާއެވެ. އަނެއްކާވެސް ސިޔާސީ މަގާމެއް ވިއްޔާއެވެ. އަދި ހަމަ އެހެންމެ ދާދި ފަހުން މެދު ދެކުނު ޕުރޮވިންސްގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވައި އޮފީހަށް ނުކުމެވަޑައިނުގަންވާތީ އެހެން ބޭފުޅެއް އެމަގާމަށް ހަމަޖައްސައިދިނުމަށް ހޯމް މިނިސްޓްރީން އެދިލައްވާފައި ވަނިކޮށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލު ކުރެއްވީތާއެވެ. ވަޒީފާ ދިންފަހުން ތިން މަހާ ގާތްކުރިއިރުވެސް އޮފީހަށް ނުވަތަ ވަޒީފާ އަށް ނުނިކުމެ ގޭގަ މަޑުކުރީމާ ހަދިޔާއެއްގެ ގޮތުން ޓްރާންސްޕޯރޓް މިނިސްޓްރީގެ ނައިބު ކަމެވެ. ޓްރާންސްޕޯޓް މިނިސްޓްރީގައި ނައިބުންނާއި ސްޓޭޓް މިނިސްޓަރުން “ބޯ” ކޮށް އޮތްއިރު އަދި މި ނާޒުކު ދަނޑިވަޅުގައި އަނެއްކާވެސް ސިޔާސީ މަގާމެކެވެ.

މާޒީގައި ހިފައިގެން މާޒީން ނެއްޓެން ނޭގިގެން އުޅުމަކުން ކުރިމަގު އުޖާލާއެއް ނުވާނެއެވެ. މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކެނެރީގޭ މުހައްމަދު ނަޝީދަށް ވޯޓު ދިނީ އެދިގު ތިރީސް އަހަރު އިތުރަށް ތަކުރާރު ވެ ދިޔަ ނުދިނުމަށެވެ.

ސިޔާސީ މައުޟޫއަށް ދިޔުމުގެ ކުރިން…!
މުހައްމަދު އިސްމާއިލް

މައުމޫނުގެ ވެރިކަން ނިމިއްޖެވެ. ނޫ ގާނުނު އަސާސީވެސް އުވިއްޖެއެވެ. އާވެރިކަމެއް އާ ރައީސެއް އަތުވެއްޖެއެވެ. އާ ގާނޫނު އަސާސީ އަކާއި އާމަންޒަރުތަކެއް ފެންނަން ފަށައިފިއެވެ. ކަންކަން ބަދަލު ވަމުންދާއިރު ތާރިޚު އިޔާދަ ވުމަކީ އާ ކަމެއް ނޫނެވެ. މާކުރީ ޒަމާނެއްގައި މީހުން ނަށް ނުރަނގަޅުވި ކަންކަން މިއަދު ހަމަ އެމީހުންނަށް ރަނގަޅު ވާން ފަށައިފިއެވެ. އެމީހުންނަށް އެކަންތައްތައް ކަމު ގޮސްފިއެވެ.

ސިޔާސީ މައުޟޫއަކަށް ލިޔަން ފެށުމުގެ ކުރިން ސިޔާސީ މައުޟޫތަކަށް ލިޔުމުގައި ހުރި ނުރައްކާ އެނގިލައްވާތޯއެވެ. މައުމޫނުގެ ދައުރުގައި ހާއްސަކޮށް މައުމޫނުގެ ފަހު ހަތަރު ވަރަކަށް އަހަރު ތެރޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ލިބުނެވެ. ގަލަން ގެންގުޅުއްވާ ބޭފުޅުންނާއި ސިޔާސީ ވިސްނުމުގެ އަހުލުވެރިން ތޮށިގަނޑު ފަޅާލާފައި ނުކުތެވެ. ލިބުނު މިނިވަންކަމުގެ ބޭނުން ހިފުނު ގޮތަކަށް ހިފާށެވެ.

އެދުވަސްވަރު މައުމޫނުގެ ސަރުކާރުގެ ސިޔާސަތަކަށް ފާޑު ކިޔައިފިނަމަ އެމީހަކު ލޭބަލް ކުރަނީ އެމްޑީޕީ މީހެއްގެ ގޮތަގައެވެ. ގައުމަށް ހިޔާނަތްތެރިވި މީހެއްގެ ގޮތުގައެވެ. ރީނދޫ ބަލި ޖެހިފައިވާ މީހެއްގެ ގޮތުގައެވެ. މައުމޫނުގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރާ މީހެއްގެ ގޮތުގައެވެ. އެދުވަސްވަރު އެމްޑީޕީގެ ސިޔާސަތު ތަކަށް ތާއީދު ނުކުރިޔަސް އަދި އެމްޑީޕީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެ ހުރިކަމުގައި ވިޔަސް މައުމޫނުގެ ސަރުކާރުގެ ކަމަކާ ބެހެފިނަމަ ނުވަތަ އެސިޔާސަތު ރަނގަޅުކުރަން ބުނި މީހަކުވިޔަސް އެމީހަކު ވެގެންދަނީ އެމްޑީޕީ މީހެއްގެ ގޮތުގައެވެ. ރީނދޫ ބަލި ޖެހި ސަރުކާރު ވައްޓާލަން އުޅޭ ބާޣީއަކަށެވެ. އެދުވަހު އަޅުގަނޑުވެސް ވީ އެމްޑީޕީ މީހަކަށެވެ. އަންނި އަށް ތާއީދު ކުރާ މީހަކަށެވެ. ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދާ މީހަކަށެވެ.

މިއަދު މިއޮތީ ގައުމު ޑިމޮކްރަޓިކް އިންތިހާބަކަށް ފަހު ވެރިކަން ޕާޓީ ނިޒާމުން ހިންގާ ވެރިކަމަކަށް ބަދަލުވެފައެވެ. އާ ގާނޫނު އަސާސީ އެއްވެސް ލިބިފައެވެ.  މިއަދުވެސް ހިތާމަކުރަންޖެހެނީ ހަމަ އެއް ކަމަކާމެދުގައެވެ. ސިޔާސީ މައުޟޫއަކަށް ލިޔެފިނަމަ ލޭބަލް ކުރާ ކުރުމާ މެދުގައެވެ. މިއަދުގެ ސަރުކާރުގެ ސިޔާސަތަކާބެހި އިސްލާހު ކުރުމުގެ ވާހަކަ ދައްކާ ކޮންމެ މީހަކުމެ ވަނީ ޑީއާރުޕީގެ މީހަކަށެވެ. މިސަރުކާރުން ކުރާ ގޯސް ކަމެއް ނުވަތަ މިސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ކޮންމެ މީހަކު ވެގެންދަނީ ބޯދާ ވިސްނުމުގެ މީހަކަށެވެ. ޑިމޮކްރަސީ ނޭގޭ މީހަކަށެވެ. ހުދުމުޚުތާރު ވެރިކަމުގެ ސަގާފަތުގައި ޖެހިފައިވާ މީހަކަށެވެ. އެވަރުން އަދި ނިމުނީކީ ނޫނެވެ. މިވެރިކަން ވައްޓާލާ ގައުމުގައި ހަމަނުޖެހުން ހިންގައި ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަން ނަގާލާ މީހަކަށް ވެގެންދެއެވެ. ލިބުނު މިނިވަންކަން ކޮބައި ހެއްޔެވެ؟

އެމްޑީޕީ ވެރިކަމަށް ގެނައީ އެޕާޓީ އަށް ވެރިކަން ހޯދައިދިނުމުގެ މަގުޞަދުގައެއް ނޫނެވެ. އެޕާޓީން ހުށަހެޅި ކަންކަން ރައްޔިތުންނަށް ކަމުގޮސް އާ ބަދަލަކަށް ރައްޔިތުން ބޭނުންވެފައި ތިބީމައެވެ. އެއްވެސް ހާލެއްގައި ވަކި މީހަކު ނަގާ ބޮޑު ގޮނޑީގައި ބައިންދާކަށް ނޫނެވެ. ކަންމިހެން އޮތްއިރު މިވެރިކަމުގައި ވެސް ހުރި ގޯސްކަންކަން މިއަދުގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކަށް ވެސް ފެންނަންޖެހެއެވެ. ތާއީދު ކުރާ ސަރުކާރަށް ފާޑުކިޔާ ކޮންމެ މީހަކީ ވަކި ކުލައެއްގެ މީހެއްގެ ގޮތުގައި ލޭބަލް ކުރުމަކީ ޑިމޮކްރަޓިކް މުޖުމައަކުން ފެންނަން ޖެހޭ ސިފައެއް ނޫނެވެ. ލޯބިވާންވީ ޕާޓީ ދެކެއެއް ނޫނެވެ. ގައުމާ ރައްޔިތުން ދެކެއެވެ. ހެޔޮ އެދެންވާނީ މުޅި ގައުމަށެވެ. ތިމާ ނިސްބަތްވާ ޕާޓީއަކަށް ނޫނެވެ. ފެންނަންޖެހޭނީ އިދިކޮޅު ޕާޓީގެ ޒައީމު ކަމެއް ކުރީމައެއް ނޫނެވެ. އަދުގެ ސަރުކާރުގެ ވެރިން ވެސް ފެންނަން ޖެހެއެވެ.

މިއީ މިއަދު ސިޔާސީ މައުޟޫއަށް ގަލަން ހިންގާލުމުގެ ކުރިން ވިސްނުމަށް އައި ދެތިން ހިޔާލެކެވެ. އަބަދުވެސް ސިޔާސީ މައުޟޫތަކަށް އިންސާފު ކުރުމަކީ ވަރަށް ކެރިގެން ނޫނީ ނުކުރެވޭނެ މަސައްކަތެކެވެ. އަދުގެ ސަރުކާރަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެވި ބަޔަކު ހިމެނޭ ސަރުކާރެކެވެ. އެކަން އެ ޕާޓީގެ އެންމެ މެމްބަރުންވެސް ގަބޫލު ކުރެއްވުމަކީ މުހިއްމުކަމެއް ކަމަށް ދެކެމެވެ.

މަޖިލީހުގެ އުސްއަލިތައް
މުހައްމަދު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ 01 މާރޗް 2010 ގައެވެ. ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމާއެކު ފެށިގެން ދިޔަ މިދައުރުގައި ފުރަތަމަ ކަމަކަށް ފާހަގަ ކޮށްލެވިގެން ދިޔައީ މަޖިލީހުގެ ގަވާއިދު ފާސްކުރުމެވެ. ކުރީ ގާނޫނު އަސާސީގެ ދަށުން އަދި އެގާނޫނުއަސާސީ އާ އެއްގޮތްވާގޮތަށް ހަދާފައިވާ ކުރީގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ފަހު ބޮޑެތި ބަދަލުތަކަކާއެކު މަޖިލީހުގެ ތަޅުމުގައި ހުށައެޅި 09 އިސްލާހަކާއެކު ފާސްވެގެން ދިޔަ އާ ގަވާއިދުގެ ދަށުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާކުރެވިފައިވާކަން ފާހަގަކުރެވެއެވެ. މި ގަވާއިދުގައި ސިޔާސީ ޕާޓީ ތަކުގެ ދައުރާ ބެހޭގޮތުން ވަކި ޗެޕްޓަރެއް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ހަފްތާގެ މަސައްކަތް ތަކަށް ބަލާއިރު، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގަވާއިދު އިގްތިޞާދީ ކަންކަމާބެހޭ ކޮމިޓީ އަށް ފޮނުވުން ފާހަގަ ކޮށްލެއެވެ. އެގޮތަށް ނިމިގެންދިޔައީ ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ އިއްތިފާގުންނެވެ. މި ބިލް މަޖިލީހަށް ބަލައިގަތުމަށް މަޖިލީހުގެ ހުރިހާ މެމްބަރުންވެސް ތާއީދު ކުރެއްވިއެވެ. އެގޮތުން ބައެއް މެމްބަރުންގެ ވާހަކައިގައި ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހިފަހަށްޓަމުންދާ ކަން ފާހަގަ ކުރައްވާ ވީހާވެސް އަވަހަކަށް މިބިލް ގާނޫނަކަށް ހެދުމަށް ގޮވާލެއްވިއެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު މިބިލަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، މިބިލް ބައްޓަންކުރަންވާނީ ހަމައެކަނި ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ދޭންޖެހޭ ގޮތަކަށް ނޫންކަމަށާއި އަމިއްލަ ކުންފުނި ތަކުންނާއި ޕްރައިވެޓް އޮފީސްފަދަ ތަންތަނުންވެސް ރައްޔިތުންނާ ގުޅުންހުރި މައުލޫމާތުތަށް ލިބިދެވޭ ފަދަ ގޮތަކަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ގަވާއިދުގެ ދަށުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް ބޭފުޅުން ހަމަޖެއްސެވީވެސް ނިމުނު ހަފްތާގެ ތެރޭގައެވެ. މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސް ނެތިއްޖެ ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ހަވާލު ކުރާނެ ފަސް މެމްބަރުން ކަނޑައެޅުއްވީ ގަވާއިދުގެ 82 މާއްދާގެ ދަށުންނެވެ. އެފަސް މެމްބަރުންނަކީ، ށ ކަނޑިތީމު ދާއިރާގެ މެމްބަރު މުޙައްމަދު ހުސައިން އާއި، ށ މިލަދޫ ދާއިރާގެ މެމްބަރު ޢަލީ މުޙައްމަދު އާއި މ މުލަކު ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން އާއި ޅ ހިންނަވަރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ޞޯލިހު އަދި ބ ކެންދޫ ދާއިރާގެ މެމްބަރު އަޙްމަދު ތަސްމީން ޢަލީ އެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގައި މަޖިލީހުގައި ނިންމި ބައެއް ނިންމުން ތަކުގެ ތެރޭގައި ހުކުމް ތަންފީޒް ކުރަމުންދާ މީހުންނަށް އަދަބު ލުއި ކޮށްދިނުމާއި މައާފް ދިނުމުގައި ރައީސަށް ލަފާއަރުވާ ކްލިމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހުލޫފް ހަމަޖެއްސެވުމަށް ފާސްކުރެވުނެއެވެ. ކެންދޫ ދާއިރާގެ މެމްބަރު އަޙްމަދު ތަސްމީން އަލީ ހުށައަޅުއްވާ ހުޅުހެންވޭރު ދާއިރާގެ މެމެބަރު މޫސާ މަނިކު ތާއީދު ކުރެއްވި މިހުށައެޅުން ފާސްވެގެންދިޔައީ ވޯޓުގައި ބައިވެރިވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮންވެންޝަން އޮން ދި ރައިޓްސް އޮފް ޕާޝަންސް ވިތް ޑިސްއެބިލިޓީޒް ރާއްޖޭން ތަސްދީގު ކުރުމަށް މަޖިލީހުން ފާސްކުރެއްވީވެސް ނިމުނު ހަފްތާގެ ތެރޭގައެވެ. މިނިންމުމަށް މަޖިލީހުގައި ހިމެނުނު 69 މެމްބަރުންގެ ތެރެއިން 66 މެމްބަރުން ތާއީދު ކުރެއްވިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާބެހޭ އދ ގެ މުއާހަދާގައި ރާއްޖެ ސޮއިކޮށްފައިވަނީ 01 އޮކްޓޯބަރ 2007 ގައެވެ.

ޑީއާރުޕީގެ ކޮންގްރެސް ކައިރިވަމުން އަންނައިރު
ދިވެހިރާއްޖޭގައި ދެވަނައަށް އުފެދުނު އަދި އެންމެ މެމްބަރުން ގިނަ ޕާޓީގެ ކޮންގްރެސް ކައިރިވަމުން އަންނަ މިދުވަސްވަރު ޑީއާރުޕީގެ ކުރިމަގު އޮންނާނެ ގޮތަކާއި މެދު ފިކުރު ހިންގާލުމަކީ ނެތްކަމެއް ނޫނެވެ. ޑީއާރުޕީގެ ކޮންގްރެސް އަންނަ ހަފްތާ ތެރޭ ބޭއްވުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް އެޕާޓީން ވަމުންދާއިރު ޕާޓީތެރޭގެ ހޫނުމިން ހުރި މިންވަރާމެދު ވިސްނާލުމަކީވެސް ނެތްކަމެއް ނޫނެވެ.

ޑީއާރުޕީގެ ކޮންގްރެސްގައި އެޕާޓީގެ މަގާމުތަކުގެ އިންތިހާބު ބާއްވާއިރު އަސާސީ ގަވާއިދަށް އިސްލާހު ހުށައެޅުމުގެ ފުރުޞަތު ޕާޓީގެ އެންމެހައި މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ. މިފަހަރުގެ ކޮންގްރެސް ބޭއްވުމުގެ ކުރިން ޑީއާރުޕީގެ ފަސް މަގާމެއް މިހާރުވަނީ ކަށަވަރު ވެފައެވެ. އޭގެތެރޭގައި އެޕާޓީގެ ޒައީމު ކަމުގެ މަގާމާއި ޒުވާނުންގެ ގޮފީގެ ރައީސާއި ނައިބު ރައީސްކަމުގެ މަގާމާއި އަންހެނުންގެ ގޮފީގެ ރައީސްކަމުގެ މަގާމާއި އެގޮފީގެ ނައިބުރައީސް ކަމުގެ މަގާމު ހިމެނެއެވެ. ޑީއާރުޕީގެ ޒައީމު ކަމުގެ މަގާމަށް އެންމެ މެމްބަރަކު ކުރިމަތި ލާފައިވާތީ އޮޓަމެޓިކުން ޒައީމުކަމަށް އަހްމަދު ތަސްމީން އަލީ ހޮވިފައި ވުމުން ޑީއާރުޕީގެ ޒައީމު ކަމުގެ މަގާމަށް ވާދަވެރި ކަމެއް މިފަހަރު ނެތްކަން އެނގެއެވެ.

ޑީއާރުޕީގެ މަގާމު ތަކުގެ ތެރެއިން ނައިބު ޒައީމުންގެ މަގާމަކީ ވާދަވެރި މަގާމެކެވެ. ހަތަރު ނައިބު ޒައީމުން ހޮވާއިރު މިފަހަރު ނައިބު ޒައީމުކަމަށް ކުރިމަތި ލާފައިވަނީ ޒުވާން، ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތް ތެރިވާ ފަރާތްތަކެކެވެ. މިފަހަރު އެންމެ ހޫނުވާނެކަމަށް ފެންނަނީ ވެސް ނައިބު ޒައީމު ކަމުގެ މަގާމަށް އިންތިހާބު ކުރާއިރުއެވެ. ތޮއްޑޫ އަލީ ވަހީދާއި އައިޑީޕީގެ ކުރީގެ ރައީސް އުމަރު ނަސީރާއި އިލްހާމުގެ އިތުރުން ޝަރީފް (މަވޯޓާ) އަކީ މިމަގާމަށް ކުރިމަތި ލާފައިތިބި ނަން މަޝްހޫރު ފަރާތްތަކެވެ. އޭގެ އިތުރުން ޑރ އަބްދުﷲ މައުސޫމާއި ހޯރަފުށީ ސަލީމަކީވެސް އިންތިހާބުގައި ގިނަ ވޯޓު ތަކެއް ހޯދާނެ ކަމަށް ބެލެވޭ ދެބޭފުޅުންނެވެ.

ޒައީމް މައުމޫން ސިޔާސީ ހަރަކާތްތަކުން ދުރަށް ޖެހިވަޑައިގަތް މިދަނޑިވަޅާ ދިމާކޮށް ޑީއާރުޕީގެ ކޮންގްރެސް ބާއްވާތީ، ޑީއާރުޕީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ވާނެކަމަށް ގިނަ ބަޔަކު އުއްމީދު ކުރަމުންދެއެވެ. ސިޔާސީ ޕާޓީތައް ރަނގަޅު ހެޔޮގޮތުގައި ހިނގަމުން ދިޔުމަކީ އެކަމުން ގައުމަށް އަދި ގައުމުގެ ސިޔާސީ ހަމަޖެހުމަށް ވަރަށް މުހިއްމު ކަމެކެވެ. ޑީއާރުޕީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ޑީއާރުޕީގެ ބައެއް މެމްބަރުން އަތުކުރި އޮޅާލާފައިވާއިރު ބައެއް މެމްބަރުން ދަނީ އަޑިއަޑިން ޑިމޮކްރަސީއާ ހިލާފް ކުޅިވަރުތަކެއް ކުޅެމުންނެވެ.

އަސާސީ ގަވާއިދަށް ހުށައަޅާ އެންމެ ހަމަނުޖެހުން ބޮޑުވާނެ އިސްލާހަކީ ޕްރައިމަރީސް އަކުން ރިޔާސީ ކެނޑިޑޭޓަކު ހޮވުމުގެ މައްސަލައެވެ. ޑީއާރުޕީގެ އިސް ބައެއް ފަރާތްތަކުން މިކަމުގައި ދެކޮޅަށް ވާހަކަ ދައްކަމުންދާއިރު ޑީއާރުޕީ ތެރޭގައި މިހިޔާލަށް ތާއީދު ކުރާ މީހުންނާއި އެނޫންމީހުންގެ މެދުގައި ހޫނުގަދަ ޒުވާބުތަކެއް މިހާރު ދަނީ ކުރެވެމުންނެވެ. މިހާރުގެ ގަވާއިދުގެ ދަށުން ޑީއާރުޕީގެ ޒައީމުގެ މަގާމުގައި ހުންނަމީހަކު ޕުރައިމަރީސް އަކާނުލާ ރިޔާސީ ކެނޑިޑޭޓަކަށް ވާނެއެވެ. މިގޮތަށް އޮތުމަކީ ޑިމޮކްރަސީގެ އުސޫލާ ހިލާފު ގޮތެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އަނެއްބަޔަކު މިކަން ދެކެނީ ޒާތީ ކަމެއްގެ ގޮތުގައެވެ.

ކޮންމެ ގޮތަކަށް ކޮންގްރެސް ނިމިދިޔަ ކަމުގައި ވިޔަސް ކޮންގެރެސްގައި ނިމިގެންދާ ކޮންމެ ކަމަކުންވެސް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އައު ޞަފްޙާ އެއް ހުޅުވިގެންދާނެ ކަމާމެދު ޝައްކެތްނެތެވެ. ޑީއާރުޕީ ބައިބައި ވުމަކީ ސަރުކާރަށާއި ޑީއާރުޕީގެ ވާދަވެރިން ވަރަށް ބޭނުން ވާނެ ގޮތެކެވެ. ޑީއާރުޕީ އެކީ އެކުގައި އެއް ގުޅުމަކުން ގުޅިގެން ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ނުކުމެފިނަމަ ސަރުކާރަށާއި އެމްޑީޕީއަށް އެކަން ވެގެންދާނީ ބޮޑު ޗެލެންޖަކަށެވެ.

ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ފައިދާއެއް ލިބޭކަމަށް ގަބޫލުކުރެވޭތޯއެވެ؟
އެމް.އެމް.އޭ

މިސުރުޙީގެ ދަށުން އެއްޗެއް ލިޔެލަން ގަސްތުކުރީ، އަޅުގަނޑުގެ ބައެއް ރައްޓެހިން އެކަމާއި މެދު ތަފާތު ސުވާލު ކުރަމުންގެންދާތީ، މިސައިޓްގެ ކިޔުންތެރިން ދެކޭ ގޮތެއް ބަލާލުމަށެވެ. އަދި މިސުރުޙީގެ ދަށުން އަޅުގަނޑު ފާހަގަކޮށްފައިމިވަނީ އަޅުގަނޑަށް މިކަމާއި މެދު ވިސްނޭ ގޮތާއި އަޅުގަނޑުގެ ރައްޓެހިން ދެކެމުންދާގޮތެވެ.

ރައްޔިތުންގެ މަޖިލީހަކީ ރިޔާސީ ވެރިކަމެއްގައި ނުވަތަ ޖުމްހޫރިއްޔާއެއްގައި އޮންނަ ތިން ބާރު ތެރެއިން ރައްޔިތުންގެ ބާރުކަމުގައި ބުނެވޭ ތަނަށް ކިޔާނަމެކެވެ. އެތަނުގައި ތަމްސީލްކުރަމުންގެންދަނީ ރައްޔިތުން ހޮވާފައިތިބޭ ބައެކެވެ. ރީތިކޮށްލަން އެބައިމީހުންނަށް ‘މެމްބަރުން” މިހެން ކިޔަނީއެވެ. މިމަޖިލީހުގެ ބޭނުމަކީ އެޤައުމެއްގައި ކަންތައްތައް ކުރަންވީ ގޮތުގެ ޤާނޫނުތައް ހެދުމާއި ސަރުކާރު ހިންގާ ފަރާތްކުރާ ކަންތައްތަކާއި މެދު ފާރަލުމާއި އެކު ހަމަމަގުން ރައްޔިތުންނަށް ވެރިކަންކުރުމަށް އެފަރާތަށް އަންގައިދީ ގިނަގުނަ ފައިދާތަކެއް ރައްޔިތުންނަށް ލިބޭނޭގޮތަށް ވެރިކަންކުރުމަށް މަގުފަހިކޮށްދިނުން ކަމުގައި އަޅުގަނޑު ދެކެމުއެވެ.

ރާއްޖޭގައި މިމަޖިލިސް ތަމްސީލް ކުރަމުންގެންދާ ގިނަ މީހުންނަކީ ވިޔަފާރީގެ ގޮތުން އިސް ސަފުގައި ތިބި މީހުންނާއި ކިޔަވައިގެން އެބައިމީހުންގެ އިލްމީ ހަޒާނާ މުއްސަނދިކޮށްގެން ތިބި މީހުންނާއި ސިޔާސީ ގޮތުން ހަރަކާތްތަކެއްގައި ބައިވެރިވެ ތަޖްރިބާ ލިބިފައި ތިބި މީހުންކަން ފާހަގަކުރެވެއެވެ. މިއީ ރަގަޅު މަޖިލިސް އެއްކަމުގައި މިގޮތުން ބަލާއިރު އަޅުގަނޑަށް ވިސްނެއެވެ. މިހުރިހާ ސިފައެއް އެއްކޮށްގެން ޤައުމަށް ރަގަޅުގޮތެއް ހޯދުމަށް މި މެމްބަރުންތައް އެކުގައި މަސައްކަތްކޮށްފިނަމަ ނުހަނު އަވަސް ކަމާއިއެކު މިބަދަލު ރައްޔިތުންނަށް ފެނިގެންދާނެއެވެ. އެހެންކަމުން މިމެމްބަރުންނަށް މިކަންތައްތައް މިގޮތަށް ކުރުމަށްޓަކައި ނުހަނު ބޮޑު މުސާރަ އާއިއެކު އިނާޔަތްތައްވެސް ރައްޔިތުންވަނީ ދީފައެވެ.

ނަމަވެސް މިއަދުގެ ރައްޔިތުންގެ މަޖިލިސްގައި ތިބި މެމްބަރުން މިސިފައިގާ މަސައްކަތްކުރާތަން ފެންނަނީ ވަރަށް މަދުފަހަރެއްގައެވެ. ގިނަފަހަރަށް އޮންނަނީ ބޭކާރުކަންތައްތަކާއި މެދު މަޖިލީހުގެ ވަގުތު ދުއްވާލުންކަމުގައި ބުނުމަކީ ގޯހަކަށް ނުވާނެއެވެ. އެއީ ވަކި ޕާރޓީއަކުން ކުރާކަމެއް ކަމުގައި އަޅުގަނޑު ބުނާކަށް ބޭނުމެއް ނޫނެއެވެ. އެހެނީ މަޖިލިސްގެ އަގުލަބިއްޔަތު އޮތީ ޑީ.އާރ.ޕީ އަށް ކަމުގައި ވީނަމަވެސް އެޕާރޓީގެ މެމްބަރުންނަށްވެސް އަގުލަބިއްޔަތުން ކުރެވޭ ކަމެއް ނުފެންނާތީއެވެ. މިފަދަ ކަމަކާއި ދެބަސް ވާންވެއްޖެނަމަ ހުރިހާ މެމްބަރުންވެސް ނުހަނު ފޯރީގައި ހިތުހުރި އެއްޗެއް ގޮވަމުންދާތަން މިއަދު އަޅުގަނޑުމެންނަށް ދަނީ ފެންނަމުންނެވެ.

އެގޮތުން ބަލާލާކަންތައްތަކުގެ ތެރޭގައި ސަރުކާރުން ވަކިކަމެއް ކުރުމުން މިސާލަކަށް އަތޮޅު އޮފީސް ބަދަލުކުރުމުން ކުއްލި މައްސަލައެއް ނަގައިގެން ދުވަހެއްގެ ހަތަރުދަން ދުއްވާލުމުގައި މެމްބަރުން އަވަދިނެތި އުޅޭ އިރު އެފަދަ ވާހަކަ ދެއްކި ކަމުގައި ވިޔަސް އެކަމުން ރައްޔިތުންނަށް ލިބޭ އެއްވެސް ފައިދާއެއް އޮވޭބާއޭ އަޅުގަނޑު ހިތަށް އަރައެވެ. އެފަދަ ވާހަކަދެއްކިދާނެއެވެ. ނަމަވެސް އެކަން އެގޮތަށް ކުރުން މަޖިލީހުން މަނާކުރެވޭނެ ގޮތެއް އޮތީ ބިލެއް ހުށަހަޅައި އެބިލް ފާސްވެ ގާނޫނަކަށް ވެގެންނެވެ. އެހެން ވީއިރު އެކަން ނުކޮށް ބޭކާރު ވާހަކަ ދެއްކުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ ދެން އޮތީ މުވައްޒަފުން މަދުކުރުމާއި މުސާރަ އުނިކުރުމެވެ. މިކަންތައްތަކާއި މެދު ވެސް މަޖިލީހުގައި ވަނީ ވާހަކަތަކެއް ދައްކާފައެވެ. ނަމަވެސް އެކަންތައްތައް ދަނީ ހަމަކުރިއަށެވެ. ނަމަވެސް މަޖިލީހުގެ މެމްބަރުން އަތުން އެންމެ ލާރިއެއްވެސް އުނިކޮށްފައެއް ނުވެއެވެ. ވީއިރު މިގޮތަށް އެއްބައެއްގެ އަތުން މުސާރަ މަދުކޮށްގެން ގައުމަށްޓަކައި ވަކިބަޔަކު ގުރުބާން ވެގެންދިއުމަކީ ހަމަ އެންމެ ރަގަޅުގޮތްތޯއެވެ؟

ސަރުކާރަށް ފާރަވެރިވާނެކަމަށާއި ހެޔޮމަގުގައި ސަރުކާރު ހިންގަމުންގެންދިއުމަށް މެމްބަރުން މަސައްކަތްކުރާނެކަމުގައި މިމަޖިލީހަށް ހޮވިފައިތިބި ކޮންމެ މެމްބަރަކުވެސް ކެމްޕޭނު ތެރޭގައި ބުނަމުންގޮސްފައިވެއެވެ. މިސަރުކާރު މިދަނީ ހެޔޮމަގުންތޯއެވެ؟ މަޖިލީހުގެ ތެރޭގައި ދެކެވޭ ވާހަކަތަކުންނާއި ގާނޫނު އަސާސީން އެނގެން އޮތް ގޮތުގައި ރަށުކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންނަކީ ރައްޔިތުން ހޮވަންޖެހޭ އިންތިހާބުކުރެވޭ ބަޔަކަށް ވާންޖެހެއެވެ. ނަމަވެސް މިފަދަ އިންތިހާބެއް ބޭއްވިތަނެއް ނުފެނުނު ނަމަވެސް ކޮންމެ ރަށެއްގައި ހެން ރަށުއޮފީސް ހިންގަވަމުންގެންދަނީ ކައުންސިލަރުންގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވާ މީހެކެވެ. ވީއިރު މިއީ ގާނޫނު އަސާސީ ހުއްދަކުރާކަމެއް ނޫންކަމުގައިވަނީ ނަމަ އެކަން މަޖިލީހުން ހުއްޓުވެންޖެހޭނެ ނޫންތޯއެވެ. އަދި އެފަދަ ކައުންސިލަރުން ހޮވުމަށްޓަކައި ޤާނޫނެއް ހެދިފައި ނެތްއިރު އެކަންކުރަން އަވަސް ވެގަންނަން ނުޖެހޭތޯއެވެ.

މިއީ ރައްޔިތުންގެ ވެރިކަމެއްކަމުގައި ބުނެ ރައްޔިތުންގެ ބާރަކީ މިމަޖިލިސް ކަމުގައި ވާނަމަ ރައްޔިތުން ހޮވަންޖެހޭ ބަޔަކަށް ކައުންސިލަރުން ވާންޖެހޭ ހިނދު މިގޮތަށް ބަޔަކު އައްޔަންކޮށް ގަދަބާރުން ރައްޔިތުންގެ މައްޗަށް އަމުރު ހިންގުމަކީ ޖުމްހޫރީ ވެރިކަމެއްގެ ސިފައެއްތޯއެވެ. މިފަދައިން ކަންތައްތައް ވަމުންދަނީ ނަމަ މިމަޖިލިސް އޮތުމަށްވުރެ ނެތަސް ރަގަޅެވެ. އެއީ އޭރުން މަޖިލިސް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ރައްޔިތުން އެކުގައި ނިކުތުމަށް ފަސޭހަވެގެންދިއުމާއި އެތަކެއް ފައިސާ ދައުލަތުން ސަލާމަތްވެގެންދާނެއެވެ.

މި ހާމަކޮށްލީ މީގެ ބައެއް ކަންތައްތަކެވެ. އަދިވެސް މިފަދަ ކިތަންމެ ކަމެއް ހިނގަމުންދާނެކަމަށް ފެނެއެވެ. އަދި ވޭތުވެދިޔަ ތަނުގައި ފެނިފައިވެސް އެބަހުއްޓެވެ. އެއީ ނިމިދިޔަ މަޖިލީހުގައިވެސް ދޭތެރެ ދޭތެރެ އިން ކުއްލި މައްސަލައެއް ނަގާނެއެވެ. އެއީ ކޮންމެވެސް މީހަކު މަރާލައިގެން ނޫނީ މާރާމާރީ ހިންގައިގެން އެކަމުގެ ކަންބޮޑުވުން ފާހަގަކުރުމަށްޓަކާކަމަށް ބުނެއެވެ. މިމަޖިލިސް ތެރޭގައި އެކަން ނުނެގިނަމަވެސް މީޑިއާއިން ރައްޔިތުންނަށް އެހަބަރު ފަތުރާފައިވާކަން މަޖިލިސް މެމްބަރުންނަށް ނޭނގެނީ ބާވައޭވެސް ހިތަށް އަރައެވެ. ސަބަބަކީ މިމެބްބަރުންގެވެސް ކަމަކީ އެކަމާއި ބެހޭ ގޮތުން ކޮންމެވެސް ވާހަކަތަކެއް ދައްކާ އެކަން ސިޔާސީކޮށް ބަޔެއްގެ ބޮލުގައި އެކަން އެޅުވުމެވެ.

ނަމަވެސް މިކަން މިހެންކުރާ އިރު މިފަދަކަންތައް ވަމުންދަނީ މިމެމްބަރުންގެ ޒިންމާގެ ދަށުން ކުރަންޖެހޭ ކަންތައް ނުކުރުމުން ކަމެއް މިމީހުންނަކަށް ނުވިސްނެއެވެ. އެފަދަ ކުށްތައްކުރާ މީހުންގެ މައްސަލަ ޝަރީއަތަށް ފޮވުމުން މިވެނި އެވެނި ގާނޫނެއް ނެތޭ ބުނެ އެމީހުން ދޫކޮށްލަމުން އެދަނީ މިފަދަ ޤާނޫނު ތަކާއި އެފަދަ ކަންތައްތަކަށް މަގުފަހިވާ އެތަކެއް ދޮރު ބަންދުކުރެވެން މަޖިލިސް މެމްބަރުންނަށް އޮތް އިރު އެކަންނުކުރުމުން ކަން ނުވިސްނެނީތޯއެވެ؟ ވާހަކައެއް ދެއްކުމަކުން ކޮންމެ ކަމެއްގެ ހައްލެއް ނުފެންނާނެއެވެ. ވާހަކަޔާއި އެކު އަމަލުވެސް އިތުރުކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ރައްޔިތުން މަޖިލިސްގައި ތިބި މެމްބަރުންނަކީ އެ މީހުން، އިންތިހާބްގައި ވެފައިވާ ވަޢުދުތަކުގެ މަތިން ހަނދުމަކޮށް މާތްﷲ އަށް ބިރުވެތިވާ ބައެއްކަމުގައި ވުމަށް އެދި ދުޢާކުރަމެވެ. އާމީން.

ހެޔޮސަރުކާރު ނުވަތަ އޯގާތެރި ސަރުކާރަށް 01 އަހަރު ފުރުން
އެމް.އެމް.އޭ

ހެޔޮސަރުކާރަށް ނުވަތަ އޯގާތެރި ސަރުކާރަށް 01 އަހަރު ފުރުން، ރާއްޖޭގެ ކަންކޮޅުތަކުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މިދަނީ ފާހަގަކުރަމުންނެވެ. ބައެއް މީހުން 41 ވަނަ ޖުމްހޫރީ ދުވަހުގެ ގޮތުގައި ނުވަތަ ސުރުޚީގައި ދެންނެވިފައިވާ ގޮތުގައެވެ. ކޮންމެ ގޮތެއްގައި ކޮންމެ ނަމެއްގައި ފާހަގަކުރި ނަމަވެސް އެންމެ ރަގަޅެވެ. ކޮންމެ ބަޔަކަށްވެސް އުފާވެރި ދުވަހެއް އައިސްފިނަމަ އެކަން ފާހަގަކުރުން އެއީ ހަމަ އެންމެ ރަގަޅުކަމެކެވެ. އެގޮތުން އަޅުގަނޑުމެން އުފަންދުވަސްވެސް ފާހަގަކުރަމުން ގެންދާކަމީ އެންމެން ދަންނަ ކަމެކެވެ.

ދެން އަޅުގަނޑު ބަލާލަން ބޭނުންވަނީ މިސަރުކާރަށް 01 އަހަރު ދުވަސް ފުރުން ފާހަގަކުރާ އިރު ސަރުކާރުން ރައްޔިތުންނަށް އެންމެ އެދެވޭ ޚިދުމަތްތަކެއް ފޯރުކޮށްދެވިއްޖެތޯއެވެ؟ ނުވަތަ އެފަދަ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ އަލާމާތް ފެންނަން ފަށައިފިތޯއެވެ؟ ފުރަތަމަ އަޅުގަނޑު މިގޮތުން ބަލާލަން ބޭނުންވަނީ މިސަރުކާރުން މިރަށަށް ކޮއްދީފައިވާ ނުވަތަ ކޮށްދޭނެކަމުގެ ސިގްނަލް ދީފައިވާ ކަންތައްތަކަކީ ކޮބައިތޯއެވެ. އެގޮތުން ބަލާއިރު މިސަރުކާރުން އިސްނަގައިގެން ބަޖެޓްގައި ހިމެނިގެން ނިމިގެން މިދާ 2009 ވަނައަހަރު އެއްވެސް ކަމެއް ކޮށްދީފައެއް ނުވާކަން ހިތާމައާއި އެކު ފާހަގަކޮށްލަމެވެ. ނަމަވެސް މިރަށު އިންޖީނުގެ ޕްރަވެޓައިޒް ކޮށްފައިވާކަން ހަނދާންނެތުނީއެއް ނޫނެވެ. އެއީ ތަރައްޤީގެ ގޮތުން އިތުރު ބަޖެޓަކުން ކޮށްފައިވާކަމަކަށް ނުވާތީ ފާހަގަ ނުކޮށްދޫކޮށްލީއެވެ. އަދި އެކަމުން މިވީހާތަނަށް އެތަނުގެ މުވައްޒަފުންނަށް އުނދަގޫވެ މާލީގޮތުން ދަނީ ދަތިވަމުންކަމުގައިވާތީ އެއީ ކުރިއެރުމެއްކަމަށް ބެލުމަށްވުރެ ރައްޔިތުންނަށް ހުރި ބިރެއްގެ ގޮތުގައި ބެލެވެނީއެވެ. މީގެ ދެދުވަހެއް ކުރިން އެތަނުގެ މުވައްޒަފުންގެ އިތުރުގަޑީ އެލަވަންސް ވަނީ ކަނޑާލާފައެވެ. އެއީ މަހެއްގެ މައްޗަށް މީހަކަށް -/5000ރ އެވެ. ކަންމިހެން ހުރި އިރު މިއީ މިއަދުގެ ހާލަތެވެ. ފަހުން ވާނެ ގޮތެއް އަދި ނޭނގެއެވެ.

ދެން މިރަށަށް ކޮށްދޭން އިޝާރާތްކޮށްފައިވާ ކަންތައްތަކަށް ބަލާލަމާތޯއެވެ؟ އެގޮތުން އަފީފުއްދީން ސްކޫލް ޕްރައިވެޓައިޒް ކުރުމާއި ރީޖަނަލް ހޮސްޕިޓަލް ޕްރައިވެޓައިޒްކުރުމާއި އަތޮޅު އޮފީސް ހދ.ހަނިމާދޫ އަށް ބަދަލުކުރުން ހިމެނެއެވެ. މީގެ ތެރެއިން އަފީފުއްދީން ޕްރައިވެޓައިޒް ކުރުން ފިޔަވާ ދެން މިއީ މުޅިންވެސް އިއުލާންނުކުރަނިސް ފެތުރިފައިވާ އަޑުތަކެއްކަމުން، މިކަމުގެ އަސްލު ހަޤީޤަތް އަދިވަނީ ނޭނގިއެވެ. ނަމަވެސް އަޑެއް ކިޔައިފީމުން ރެނދެއް ލާނޭ މުސްކުޅިން ބުނެ އުޅޭތީ، މިކަމުގައިވެސް ހަޤީޤަތެއް ވުން ވަރަށް ކައިރިއެވެ. ކަން މިހެން ހުރި އިރު މިކަންތައްތަކުން ރަށަށް ލިބޭނީ ފައިދާތޯ ނުވަތަ ގެއްލުންތޯ އިސާފްކުރުން ކިޔުންތެރިންގެ އަތްމައްޗަށް ދޫކޮށްލަމެވެ.

ދެން އޮތީ ޤައުމެވެ. އެގޮތުން ޤައުމުގެ ހުރިހާ ދިމާލަކަށް ބަލާލުމުގެ ބަދަލުގައި ފުރަތަމަ މާލެ އަށް ބަލާލަމާތޯއެވެ؟ އެގޮތުން މާލޭގެ ކަރަންޓް ފީ މިވަނީ ބޮޑުކޮށްފައެވެ. މިކަމާއި ގުޅިގެން ތަކެތީގެ އަގާއި ތަންތަނުގެ ކުލި މިވަނީ ބޮޑުވެފައެވެ. ޤިޔާޒުއްދީން ސްކޫލް ޕްރައިވެޓައިޒް ކުރުން ވެގެން ދިޔައީ އެތަކެއް ބަޔަކު ދެކޮޅު ހެދިކަމަކަށެވެ. ނަމަވެސް އެކަންވެސް ސަރުކާރުން ބޭނުންވާގޮތަށް ސާބިތުކަމާއި އެކު ކޮށްދީފިއެވެ. މިކަމުން ރައްޔިތުންނަށް ލިބޭނީ ފައިދާތޯ ގެއްލުންތޯ އަދި ބުނަން ނޭނގުނަސް ގިނަބަޔަކު ބުނަމުންދަނީ ލިބޭނީ ގެއްލުންކަމުގައެވެ.

ރާއްޖޭގެ ކަންކޮޅުތަކަށް ބަލާލިއިރު މާބޮޑުކަންތައްތަކެއް ކޮއްދީފައި ނެތްނަމަވެސް ދެއަތޮޅެއްގެ އަތޮޅުވެރިންކަން އެހެން ރަށަކަށް ބަދަލުކުރުމާއި، މިސަރުކާރުގެ ފަސް ވަޢުދުތަރެއިން އެއް ވަޢުދުކަމުގައިވާ ދަތުރު ފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ބޮޑުބައެއް މިވަނީ ނިމިފައެވެ. ނަމަވެސް އެއާރ ޕޯރޓްތަކުގައި ދުއްވާ ފްލައިޓްތައް އަދިވެސް އޮތީ ގުޅާނުލާކަން ފާހަގަކޮށްލަމެވެ. އެހެން މިބުނީ ރާއްޖޭގެ ފަސްރަށެއްގައި އެއާރޕޯރޓް ހެދިފައިވީނަމަވެސް ކޮންމެ ފުލައިޓެއްވެސް ދަތުރުގެ މަންޒިކަށްވެފައިވަނީ ހުޅުލެ އެވެ. އުތުރުން ދެކުނަށް ދެކުނުން އުތުރަށް ދަތުރުކުރެވޭނެ މަގެއް އަދި ނުފެނެއެވެ.

ސަރުކާރަށް 01 އަހަރު ފުރުނު އިރު މިއީ ފާހަގަކޮށްލެވޭ ކަންތައްތައްކަމުގައި ވީހިނދު، މިސަރުކާރުން މުވައްޒަފުން މަދުކުރުމާއި މުސާރާގެ ގޮތުގައި ލިބޭ މިންވަރު އިތުރުކުރުމަށްފަހު، މިހާރު މިވަނީ މަދުކޮށްފައެވެ. މަދުކުރަން ޖެހުމުން އެކަންކުރުން އެއީ މައްސަލައެއް ނޫނެވެ. ގައުމުގެ ހާލަތު އެނގޭނީ ގައުމު ހިންގަންތިބި މީހުންނަށެވެ. ހަޅޭލަވާ މީހުން ހަޅޭލެވިއަސް ކުރަންޖެހޭ ކަންތައްތައް ކޮށްގެންވެސް މިގައުމު ހިންގުމަކީ ހިންގަންތިބި މީހުންގެ މަސްޢޫލިއްޔަތެކެވެ. ކަންމިހެން ހުރި އިރު އަޑިނޭނގޭ ކުޅިތަކެއް ކުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ދެފުއްފެންނަގޮތަށް ސަރުކާރުން ޖަވާބުނުދޭކަމީ ދެކެވޭ ވާހަކައިގާ އަސްލެއް ހުރުންކަމުގައި ބެލެވެއެވެ. އެގޮތުން ބޮޑުމުސާރަ ދީ އެކުވެރިންނަށް ވަޒީފާ ދެމުންގެންދާކަމީ އެންމެންނަށް އެނގޭ ހަޤީޤަތަކަށް މިއަދު މިވަނީ ވެފައެވެ. ކަން މިހެން ހުރުމުން ގައުމުގެ ހާލަތު ދަށަށް ގޮސްފައިވާކަމަށް ބުނެ މުސާރަ އުނިކުރުމަކީ އިންސާފުންކުރެވޭކަމެއްކަމަށް ނުބެލެވެއެވެ. މިހެން ބުނަންޖެހޭ ސަބަބުތަކަކީ:-

01.	މުސާރަ އުނިކޮށްފައިވަނީ އިގްތިސާދު ދަށަށް ގޮސްފައިވާތީ ކަމުގައިވަނީނަމަ ބޭކާރުގޮތުގައި ކޮންމެހެން ކުރަން ނުޖެހޭ ކަންތައްތައް ކުރުމަށް ސަރުކާރުން ފައިސާ ހޭދަކުރަމުންގެންދަނީ ކީއްވެތޯއެވެ. އޭގެ ތެރޭގައި، އަތޮޅު އޮފީސްތައް ބަދަލުކުރުމާއި ކުލަގަދަކޮށް އެކިކަހަލަ ކަންތައްތައް ފާހަގަކުރުމަށް ރަސްމިއްޔާތު ބޭއްވުމާއި ސަރުކާރުގެ އިސްބޭފުޅުން ތަފާތު ބައްދަލުވުންތަކަށް ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ވަޑައިގަންނަވާއިރު ގިނައަދަދެއްގެ އިއްޒަތްތެރިން ގެންދިއުމާއި ކަނޑުއަޑީގައި ކެބިނެޓް ބޭއްވުން ފާހަގަކޮށްލަމެވެ.

02.	އިގްތިޞާދު ދަށަށް ގޮސްފައިވާކަމަށާއި މުވައްޒަފުން ގިނަކަމަށް ބުނެ ބައެއް މުވައްޒަފުން ވަކިކުރާނަމަ، އެއްބަޔަކު ވަޒީފާއިން ވަކިކޮށް އަނެއް ބަޔަކަށް ކޮންމެވެސް ނަމެއް ކިޔާ ވަޒީފާ ދެމުންގެންދަނީ ކީއްވެތޯއެވެ.

03.	ދައުލަތުގައި ފައިސާނެތް ނަމަ މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަހާއި އެހެނިހެން ދުވަސްތައް ވަކިރަށްރަށެއްގައި ފާހަގަކުރަމުންގެންދަނީ ދެންތިބި ރައްޔިތުންނީ އެއްވެސް ބަޔެއްކަމުގައި ނުބަލާތީ ނޫންތޯއެވެ.

މިއީ މުޅިދިވެހިންގެ ރާއްޖެ މިރާއްޖޭގެ ވެރިމީހަކީ އެންމެންނަށް ހަމަހަމަ މީހަކަށް ނުވާނަމަ ވެރިކަންކުރަން ވަރަށް ދަތިވާނެވެ. ވެރިއެއްދެކެ ރުޅިއަންނަ މީހުންނާއި ލޯބިވާ މީހުންތިބޭނެކަން ވެރިކަމަށް އައުމުގެ ކުރިން ދަންނަން ޖެހޭނެއެވެ. ކަންމިހެން ހުރިނަމަވެސް ހުރިހާ މީހުންނަށް އެއްގޮތަކަށް ކަންތައްތައް ނުކުރެވޭނަމަ މަހުޞަރު ދުވަހުން އެކަމުގައި ޖަވާބުދާރީ ވާންޖެހޭނެއެވެ.