Kulhudhuffushi.com » ދީނާއި ދުނިޔެ

މޮޅުވާނެ ގޮތް (11)
ތަރުޖަމާ: ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

ހިނިތުންވުން

ޒުވާނާ ސުވާލުއުފެދޭ ގޮތްވިއެވެ. ހިނިތުންވުމެވެ؟؟؟؟ ބުއްދިވެރިޔާ ބުންޏެވެ. އާއެކެވެ. ހިނިތުންވުމެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ބަސްފުޅު ހަދާންވޭހެއްޔެވެ؟ “ކަލޭގެ އެކުވެރިޔާގެ ކުރިމަތީ ހިނިތުންވުމަކީ ވެސް ޞަދަޤާތެކެވެ.”-ރަވާހުއްތިރުމިޛީ- އެނގޭހެއްޔެވެ؟ ކޮއިގެ މޫނުގައި އެކަނިވެސް ފަންސާހަށް ވުރެ ގިނަ ވަކި ވަކި މަސްކޮޅުތައް ވެއެވެ. އެންމެ ހިނިތުންވުމަކާ އެކުވެސް އޭގެ ތެރެއިން ސާދަ މަސްކޮޅު ހަރަކާތްތެރިވެއެވެ. އެ މަސްކޮޅުތައް ވަނީ ސިކުނޑީގެ ސެލްތަކާއި ގުޅިފައެވެ. ސިކުނޑީގެ ސެލްތައް ސިކުނޑިއަށް ހަމަޖެހުން ގެނުވައިދެއެވެ. ތިބާގެ ހިނިތުންވުމާއެކު މޫނަށް ހިތްގައިމުކަން ލިބުމުގެ ސަބަބުން ސިކުނޑިއަށް ހަމަޖެހުން ގެނުވައެވެ. ސިކުނޑިއަށް ހަމަޖެހުން ލިބޭ ހިސާބުން މުޅި ހަށިގަނޑަށް އޭގެ އަސަރުފޯރުވާލައެވެ. ހިތުގެ ހިނގުމާއި ލޭނާރުތަކުގެ ހިނގުން އިންތިޒާމުކޮށްލަދެއެވެ. ހިނިތުންވުމުގެ ނަތީޖާއަކީ ހަމައެކަނި މިއެއް ވެސް ނޫނެވެ. ކީއްހެއްޔެވެ؟ ހިނިތުންވުމަކީ އެކެއްގެ މޫނުން އަނެކެއްގެ މޫނަށް “ވާރުތަވާ” ކަމެކެވެ. އަނެކާއަށް ތިބާގެ ހިނިތުންވެފައިވާ ހިތްގައިމު މޫނު ފެނުމުން އޭނާ ވެސް ހިނިތުންވެއެވެ. ޒުވާނާ ބުންޏެވެ. އަނެކާ ހިނިތުން ނުވެއްޖެނަމަ ވާނީ ކިހިނަކުންހެއްޔެވެ؟

އެހެންވެއްޖެއްޔާ އޭނާއަށް އޯގާތެރިވާށެވެ. އަދި އޭނާގެ މިސްރާބު ސީދާކޮށްލުވާށެވެ. ހިނިތުންވުމާ ދިމާއަށް އޭނާގެ މިސްރާބު އަނބުރާލާށެވެ. ހިނިތުންވުމަކީ “ވާރުތަވާ” ވާ ކަމެކެވެ. ތިބާ އޭނާގެ ކުރިމަތީ ހިނިތުންވުން ތަކުރާރުކުރަނީ ނަމަ އޭނާ ވެސް ހިނިތުން ނުވެއެއް ނުހުންނާނެއެވެ. އޭރުން ފެންނާނީ އޭނާގެ ހަށިގަނޑުގެ އެންމެހާ ހިސާބަކުން ތިބާއަށް މަރުހަބާކިޔަމުންދާ ރީތި މަންޒަރެވެ. ސަބަބަކީ އޭނާގެހަށިގަނޑަށް ހަމަޖެހުން ގެނުވިހިނިތުންވުމުގެ ސަބަބަކީތިބާގެ ހިނިތުންވުމެވެ. އޭރަށް އެކުރެވުނީ އެންމެ ސަދަޤާތެއް ނޫނެވެ. އެއީ އޭނާގެ ކޮންމެ ގުނަނަކަށް ކޮށްދެވުނު ސަދަޤާތެކެވެ.

ޒުވާނާ ބުންޏެވެ. އެހާ ބޮޑެތި ބުރަތައް އުފުލާފައިވެސް މި ތަނަށް އާދެވުނު ކަމަށްޓަކައި އަހަރެން މީނީ އުފަލުންނެވެ.

ބުއްދިވެރިޔާ ބުންޏެވެ. ތިބާ ކަމަކާއިގެން އުޅޭއިރު އަދި ދާންވީ މިސްރާބު ކުރިމަތީ ކުރެހިފައި އޮތްއިރު ދެން މަސައްކަތްކުރުމުގައި ކެތްރިކަން ލިބުމަކީ ﷲ ގެ ޙަޟްރަތުން އަންނަ ނިޢުމަތެއް ކަން ދެނެހުރީމުހެއްޔެވެ؟ އާއެކެވެ. ފަހަރުގައި ތިބާ ފޫހިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނަސް ތިބާއަށް އަޑުއެހުމާއި މޮޅުވުމުގެ މަގު ދެނެގަތުމުގައި ކެތްތެރިކަމާއި ހީވާގިކަން ދެއްވަނީ ﷲ އެވެ.

ޒުވާނާއެވެ.  މޮޅުވުމުގެ މަގު ގުޅިފައިވަނީ މުޅިއަކުން މާއްދާއަކާ ނޫނެވެ. ތިބާ ހިނގަން ބޭނުންވަނީ މޮޅުވުމުގެ މަގުން ނަމަ އެ މަގުވާންވާނީ ދެދުނިޔޭގެ ކާމިޔާބަށް ތިބާ ގެންގޮސްދޭނެ މަގަކަށެވެ. އެޔާ ޚިލާފަށް އެމަގުން މޮޅާއި ކާމިޔާބު އޮތީ ދުނިޔޭގައި އެކަނި ކަމަށް ވަނީ ނަމަ އެއީ އެ ލިބޭ ހިސާބުން ފިލައިގެން ދާނެ ކާމިޔާބެކެވެ. އަދި އެހިސާބުގެ ކާމިޔާބު ތިބާއަށް ލިބޭއިރު، ފުރިހަމަ އުފާވެރިކަމެއް އިހުސާސެއް ނުކުރެވޭނެއެވެ. އާއެކެވެ. ފަހަރުގައި އުފަލާއި ލައްޒަތުންފަޅިވަރެއް ވަރު ލިބިދާނެއެވެ. ސިއްހަތާއި ހަމަޖެހުމާއި ހިމޭންކަމާއި ހަށީގެ އަމާންކަމާއި މިއިން އެއްވެސް ކަމަކީ މުދާވެރިކަމުން ހޯދައިގަނެވޭނެ ކަންކަމެއް ނޫނެވެ. މި ކަންކަން ލިބެނީ މާތްރަސްކަލާނގެއާއި ގުޅުން ދެމެހެއްޓިފައި ހުންނަ ބަދަހިކަމެއްގެ މިންވަރުންނެވެ.

ހަޔާތް ވޭތުކުރަމުންދާއިރު ނުތަނަވަސްކަމާއި ދަތިއުނދަގުލާއި ކުރިމަތިލާންޖެހޭނެއެވެ. އެހެނަސް ޒަމާން ފާއިތުވެ އަހަރުތައް ވޭތުވެދިއުމުން ފަސްއެނބުރި ބަލާއިރު ފެންނާނީ އެކަންކަން އެއީ ތިބާގެ ނަސީބުކަމުގައި ވެފައިވާތެނެވެ. މިސާލަކަށް އެވެނި ދައްޗެއް ނުޖެހުންނަމަ މިވެނި ފަދަ ރަނގަޅު އަންހެނާއާ އަހަރެންނަށް ކައިވެނި ނުކުރެވުނީހެވެ. އެވެނި ތުރާލެއް ނުޖެހުންނަމަ މިފަދަ މަތީ ވަޒީފާގައި މިއަދު ނުހުރެވުނީހެވެ. ނުވަތަ މިފަދައިން ކާމިޔާބު ނުހޯދުނީހެވެ. މި ކަހަލަ އެތައް ނަތީޖާއެއް ފެންނާނެއެވެ.

ޒުވާނާއެވެ. ނަސޭހަތްތައް ފޮތްތަކުގައި ލިޔެވިފައި އެބަހުއްޓެވެ. އަދި ތިބާގެ ވަށައިގެންވެސް ނަސޭހަތްތައްވެއެވެ. އެހެނަސް ހިކުމަތްތެރިކަން ވަނީ ތުއްތު ތުއްތު މަޢުޞޫމު ކުއްޖާގެ ހިނިތުންވުމުގައެވެ. ކޮކާގެ ފިޔާގައި ދޫނީގެ ނާނާގައި، އުޑާއި އޭގެ ޗާލު ކަމަށް ވިސްނަމުން ހިމޭން ޖައްވެއްގައި ނަސީމީ ރޯޅިތައް ކޯތާފަތުގައި ބީހެމުންދާއިރު ކުޅަދުންވަންތަކަމުގެ ފުރިހަމަކަން ދެކޭށެވެ. އުފާވެރިކަމަކީ އެއީއެވެ.

-ނުނިމޭ-

މޮޅުވާނެ ގޮތް (10)
ތަރުޖަމާ ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

ދަރިފުޅާއެވެ. ތިބާގެ ހަށީ ތެރޭގައި މަސްކޮޅެއްވެއެވެ. އެއީ ކޮންމެ ދުވަހަކު ސަތޭކަހާސްފަހަރަށް ވުރެ ގިނައިން ވިންދުޖަހަމުންދާ ހިތެވެ. ކޮއިގެ އެއްވެސް ވިސްނުމަކާ ނުލައެވެ. ތިބާގެ އެންމެހާ ގުނަވަނެއް ވެސް އެފަދައިން ހަރަކާތްވަނީ މަތިވެރި ހިކުމަތާއެކުގައެވެ. ﷲ ވަނީ ކޮޔަށް އެންމެހާ ތަކެއްޗެއް ޚިދުމަތްކުރައްވާފައެވެ. ތިބާއަށް ޖެހެނީ އަތް އުފުލާލުމަށް ނިންމާށެވެ. ނިކަން ލުއި ގޮތަކަށް އަތް ހުންނަނީ އުފުލިފައެވެ. ހަރަކާތެއް ވުމަށް ހަމަ ނިންމުމާއެކު ހަރަކާތްކުރުމުގެ ކުޅަދާނަކަން ކޮޔަށް ލިބެއެވެ. ތިބާގެ ކޮންމެ ގުނަވަނަކަށް ﷲ އަމުރުކުރައްވާފައިވަނީ ތިބާއަށް ކިޔަމަންގަތުމަށެވެ. ކޮއި ބޭނުންވާ ގޮތަކަށް ހަރަކާތްތެރިމަށެވެ.

ދަރިފުޅާއެވެ. މީހާއާއި އޭނާގެ ސުލޫކު ވަކިކުރުމުގައި ސަމާލުވުން ކޮންމެހެން ބޭނުމެވެ. އެހެނީ މީހާއަކީ ﷲ ގެ ޙަޟްރަތުގައި އެންމެ މާތް މަޚްލޫޤެވެ. އޭނާއަށް ފުރާނައެޅުއްވީ އެކަލާނގެ ރޫޙުފުޅުންނެވެ. އަދި އެކަލާނގެ ޚަލީފާއެއްކަމުގައި ބިމުގައި އޭނާ ލެއްވިއެވެ. އެހެންވެގެން މީހާއާއި އޭނާގެ ސުލޫކު ވަކިކުކުރުން ލާޒިމެވެ. މީހަކާ މެދު ސަމާލުކަން ދޭނަމަ ސީދާ އޭނާގެ ނަފުސާއި މެދު ސަމާލުކަން ދޭށެވެ. އެހެނީ އިންސާނާއަކީ ﷲ ގެ ޙަޟްރަތުގައި އެންމެ މާތް މަޚްލޫޤެވެ. ދެން އޭނާ ސުލޫކު ބަދަލުކުރުމަށް މަސައްކަތްކުރާށެވެ.

ޒުވާނާ ބުންޏެވެ. މިސާލަކަށް އަހަންނަށް އިހާނާތްތެރިވި މީހެއްގެ ސުލޫކު ބަދަލުކުރާނީ ކިހިނަކުންހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. އޭނާ އެދިން މެސެޖަށް ވިސްނާށެވެ. އެ އިހާނަތަކީ އޭނާގެ މޫނުމަތީގެ ކުލަވަރުން އެހެންނާ ހަށިގަނޑުން ކުރި ހަރަކާތަކުން ވިޔަސް ތިބާއަށް ފެނުނު ނަތީޖާއެކެވެ. ހަގީގަތުގައި އެހިސާބަށް އޭނާ ދިއުމަށް މެދުވެރިވި ސަބަބަކީ ކޮބާހެއްޔެވެ؟

ޒުވާނާ އިނދެލާފައި ބުންޏެވެ. ހަމަ އަސްލަށް ވެސް އެއް ދުވަހަކު ތިޔަފަދަ ކަމަކާ އަހަރެންނާ ދިމާވިއެވެ. މީހަކު އަހަންނާ ދިމާއަށް ކަލޭ ތީ ސޭކެކޭ ބުންޏެވެ. އަހަރެން ބުނީމޭ ތިޔަހެން ތިޔަބުނީ ކީއްވެގެންހެއްޔެވެ؟ ދެން އޭނާ ބުނީ ކަލޭ އެވެނި މިވެނި އެއްޗެހި ކިޔާ ތިމަންނާއަށް މައްލަވަކުރީ ކަމުގައެވެ. އަހަރެން ބުނީމެވެ. ތިޔަފަދައަކުން އަހަރެން ކަންތަކެއް ނުކުރަމެވެ. އަދި ތިބާއަށް ތިޔަ މާނަ ނެގުނީ އަހަރެން ގަސްދުކުރި ގޮތާއި މުޅީން ޚިލާފަށެވެ. ދެން ކޮންމެހެނެއް ވީ ކަމުގައި ވިޔަސް އަހަރެން ވަރަށް ބޮޑަށް އެކަމާ މާފަށް އެދެމެވެ. ދެން އެމީހާ ބުންޏެވެ. އަހަރެން ވެސް އެފަދައިން އަހެރެންނަށް ބުނެވުނު ބަހާމެދު މާފަށް އެދެމެވެ.

ބުއްދިވެރިޔާ ބުންޏެވެ. އަޚްލާޤަކީ ތިޔައީއެވެ. މީހުންދީ އުޅޭ މެސެޖުތަކާ މެދު ސަމާލުވުމަކީ ތިޔަހަރީއެވެ. އެގޮތަކީ ހަމަ ކޮންމެ މީހަކުމެ ކުރާ ޢަމަލުގެ ފަހަތުގައި މެސެޖެއްވެއެވެ. ކޮންމެ މެސެޖެއްގައި ފައިދާއެއްވެއެވެ. ކޮންމެ ފައިދާއެއްގައި ނިޔަތެއް ވެއެވެ. ނިޔަތަކީ އޭގެ ޒާތުގައި ދެފަރާތަށްމެ އީޖާބީ އެއްޗެކެވެ. އެހެންވީމާ އޭނާގެ މެސެޖަށް ތިބާ ވިސްނުން ހިންގައިފި ނަމަ އޭގެ ފައިދާ އެނގިދާނެއެވެ. ދެން އޭގެ ނިޔަތް ދެނެގަނެވިދާނެއެވެ. އެފަދަ މީހުންނާއި ރަނގަޅަށް މުޢާމަލާ ކުރެވިއްޖެ ނަމަ ކޮއި ހުންނާނީ ގުޅުންތެރިކަމުގެ މަތީ ފަޑީގައެވެ. މިވައްތަރުގެ ގުޅުންތެރިކަން ތިބާ ވަރަށް މުހިންމު ހިސާބަކަށް ގެންގޮސްދޭނެއެވެ. އެއީ އެކުލެވުންތެރިކަމާ ހަމައަށެވެ. އެހާ ހަމައަށް އާދެވުމުން ގިނަގިނައިން މާތްރަސްކަލާނގެ ތިބާއަށް ބަރަކާތްލައްވާނެކަން ޔަގީންކުރާށެވެ. އެހެނީ ކޮއިގެ ކުރިމަތީގައިވާ މީހާ ހުރީ ރުޅިގަދަވެފައި ނަމަ، ތިބާގެ ހިކުމަތްތެރިކަމުން އޭނާގެ ކިބައިން އެކަން ފިލާދިއުމުގައި އެހީތެރިވެވޭނެއެވެ. އެގޮތަށް އެކަންކުރުމުން ހަމަޖެހުންލިބޭނީކީ ހަމައެކަނި އޭނާއަކަށް ނޫނެވެ. ތިބާއަށް ވެސްމެއެވެ.

ހަމަ މިހިނދުގައި އަހަރެން މި ވަސިއްޔަތްކުރަނީއެވެ. ދަރިފުޅާއެވެ. ސުލޫކަށް ނުބަލައި އޭގެ ފަހަތުގައި އޮތް މެސެޖަށް ސަމާލުކަންދޭށެވެ. އޭރުން ގުޅުންތެރިކަން އުފެދޭނެއެވެ. އެކަމަކު ސުލޫކަށް ވިސްނައިފި ނަމަ އުފެދޭނީ އޭގެ ރައްދެވެ. އޭރުން ކޮއިވެސް ކޮއިގެ ދިފާޢުގައި އޭނާ ކުރިކަންތައް ކުރާނީއެވެ. އެޔަކީއެއް ބޭނުންކަމެއް ނޫނެވެ. ބޭނުންވާ ހަމައެކަނި ކަމަކީ އޭނާއާއި ގުޅާލުމާއި މައްސަލައިގައި ތިބާގެ ރައުޔު އޭނާއަށް ކިޔައިދިނުމެވެ. އޭނާއާ މެދު ދެކޭ ގޮތް ހާމަކުރުމެއް ނޫނެވެ. ބޮޑު މައްސަލައެއް ދިމާވެއްޖެ ނަމަ ތިބާއަށް ލާޒިމުވެގެންވަނީ އެ އިންސާނާއަކީ ﷲ ގެ ޙަޟްރަތުގައި އެންމެ މާތް މަޚްލޫޤުކަން ހިތަށް ގެނައުމެވެ. އެހެންވީމާ އަބަދުވެސް އެކުލަވާ އިއްތިފާގުވެވޭނޭ ގޮތުން ފަށާށެވެ. އެއްވެސް މީހަކާ އެކު އިދިކީލިވެ ޚިލާފުވެރިވުމުގެ ނުގުތާއިން ނުފަށާށެވެ. ޚިލާފުވެގަތުމަކުން ހަމަ ފެށުމާއެކު އޭނާ ވެސް އޭނާގެ ނަފުސު ދިފާޢުކޮށް ތިބާއާ އިދިކީލިވެގަންނާނެއެވެ. ދެން އޭނާގެ ހިތުގެ ވޭންވަރު ބޮޑުވެދާނެއެވެ. ނޭވާލުން އަވަސްވެދާނެއެވެ. ހަށިގަނޑުގެ ހޫނުމިން މައްޗަށްގޮސް، ލޭކެކި، މިފަދައިން ވާންފަށާފާނެއެވެ. އެޑްރިނާލިން ގެ ބޮޑެތި ގުޅަވަރުތައް އޭނާގެ ހައްޓާއި ގުނަންތަކާއި ވިސްނުމުގައި ފޮއްސިވެދާނެއެވެ. އޭނާގެ ނަފުސު ދިފާއުކުރަން އުޅެގަތްގަތީނުންނެވެ. އެފަދަ ހަރުކަށިކަމާއެކު މީހަކާއެކީ ފަށައިގަތްނަމަ ތިބާގެ ވަގުތުން އެތައް ތަނެއް ގެއްލިގެންދާނެއެވެ. އެހެންވީމާ އަބަދުވެސް އެކުލެވުންތެރިކަމާއެކު ފަށާށެވެ. އެއީ ގުޅުންތެރިކަމުގެ އެންމެ މަތީ ފަޑިއެވެ. އާދޭހެވެ. މީހުންނާއި އެކުވެ އުޅުމާއި އެކުލެވުމެވެ. ޒުވާނާ ސުވާލުކޮށްލިއެވެ. ވީއިރު މީހަކާއި އަރާރުމެއް ވެވުންނަމަ ކުރަންވީ ކޮން ކަމެއްހެއްޔެވެ؟ ބުއްދިވެރިޔާ ޖަވަބުދިނެވެ. ކުރަންވީ ނިކަން މުހިންމު ކަމެކެވެ. އެއީ އޯގާތެރިވުމެވެ.

އޯގާތެރިކަން

ބުއްދިވެރިޔާ ބުންޏެވެ. އަހަރެންނަށް ކޮއިގެ ވާހަކަ ރަނގަޅަށް އިވެއެވެ. އަދި ކޮއި ރަނގަޅަށް ފެނެއެވެ. ކޮޔާ މެދު އިހުސާސްކުރެވެނީ ވެސް ރަނގަޅަށެވެ. އެއަށްފަހު ކަނޑައެޅިގެން އަހަރެން ސުވާލުކުރަމެވެ. އަހަރެމެން އޯގާތެރިވީމާ ކޮޔާއި އަހަރެންނާއި އެއްތާކު ވީމެވެ. އެ އޯގާތެރިކަން ނެތަމަ އަހަރެމެން ދެމީހުން ދެކޮޅުވެރިވެދާނެއެވެ. މީހާއާއި ގުޅެވެނީ އޯގާތެރިކަމުގެ ސަބަބުންނެވެ. ވިސްނުމާއި ސަމާލުކަން ދިނުމުގެ ސަބަބުން މައްސަލަ ހައްލުކުރެވެއެވެ. މީހާ ދައްކާ ވާހަކައަށް ކަނުލައި އަޑުއަހައިގެން ހުރުމަކީ އަޚްލާޤުގައި ވަރަށް މުހިންމު ކަމަކެވެ. ފަހަރުގައި މާތްރަސްކަލާނގެ އަހަރެމެންނަށް އެންމެ ދުލެއް ދެއްވާފައި ދެ ކަންފަތް ދެއްވީވެސް އެހެންވެ ތޯއްޗެކެވެ. ވާހަކަދައްކާލަކަށް ވުރެ ގިނައިން އަޑުއެހުމަށެވެ. –އަދި އެންމެ ހެޔޮ ބަސްމޮށުމަކީ ކުރުވެފައި މާނަ ދޭހަވާ ބަސްމަގެވެ.- ކަނުލައިގެން ތިބާ އަޑުއަހާ ކޮންމެފަހަރަކުު ވާހަކަދައްކާ މީހާގެ ކިބައިން ކިތަންމެ އެއްޗެއް އިތުރަށް ވިސްނޭނެއެވެ. އަދި ކުރިއަށްވުރެ ބޮޑަށް އޭނާގެ އަގުވަޒަންކުރެވޭނެއެވެ. އެޔާ ޚިލާފަށް ތިބާ ވާހަކަދައްކަނީ ނަމަ ތިބާއަށް ވިސްނޭނީ ތިބާ ކިޔާ އެއްޗެކެވެ. އެއީ ތިބާއަށް ކުރިންވެސް އެނގިހުރި އެއްޗެއްސެވެ. ވީއިރު ފައިދާބޮޑު ގޮތް ކަމުގައި ވިސްނެނީ ކޮން ގޮތެއްހެއްޔެވެ؟

ޒުވާނާ ބުންޏެވެ. ބުއްދިވެރިޔާގެ މުރާދު އެބަވިސްނެއެވެ. ވާހާކަދައްކާލަކަށް ވުރެ ގިނަވާންވީ އަހާ މިންވަރެވެ. އެކަމަކު ކަނުލައިހުރުމަކީ ކޮބާހެއްޔެވެ؟ ބުއްދިވެރޔާ ބުންޏެވެ. އެއީ ކަންފަތުން އެހުމާއެކު ހިތުން ކަނުލައިހުރުމެވެ. އަބަދުވެސް ވާހަކަދައްކާ މީހާއާ ދިމާއަށް ކޮއިގެ މޫނުން އަންގައިދިނުމެވެ. “ކަލޭ ތި ބުނީ ހާދަ މޮޅު ވާހަކައެކެވެ. ތިޔަ ކުރީ ހާދަ މޮޅު ކަމެކެވެ. ތިކަން ކުރީ ކިހިނަކުންހެއްޔެވެ؟ އެކަން ކުރި ގޮތެއް ބަލަން އަހަރެން ވަރަށް ބޮޑަށް ބޭނުންވެއްޖެއެވެ.”

އޭރުން މީހާ އަބަދުވެސް ތިބާއާ ބޮޑަށް ގާތްވަމުން އިތުރަށް ކިޔައިދެމުންދާނެއެވެ. އެއީ އޭނާއަށް ކަނުލައިހުރީމައެވެ. ކަނުލައިހުރުން ސަމާލުކަން ގެނުވައިދެއެވެ. ސަމާލުކަން ލޯބި ގެނެސްދެއެވެ. ގިނަފަހަރަށް ލޯބި އުފަންވުމުގެ ސަބަބެއް ކަމުގައިވަނީ ވެސް ހިތުގެ ކަނުލުމާއި ކަންފަތުގެ އެހުމެވެ.

ޒުވާނާ ބުންޏެވެ. ވަރަށް ވެސް ފުރިހަމައެވެ. އެހުމާއި ކަނުލައިހުރުމުގެ މާނަ އެނގުނު މީ ފުރަތަމަ ފަހަރެވެ. ދެން އޮތީ ކޮން ވާހަކައެއްހެއްޔެވެ؟

ބުއްދިވެރިޔާ ބުންޏެވެ. އަހަރެން މިހާރު ކޮޔާމެދު އުފާވެރިވަމެވެ. ކޮއިގެ ކިބައިގައި ހޯދާބެލުމުގެ ލޯބި ޖެހިއްޖެއެވެ. އަބަދުވެސް އިތުރަށް އުގެނުމަށް ބޭނުންވާން ފަށައިފިއެވެ. ތިޔައީ މޮޅުވުމުގެ މަގުގައި ހިމެނޭ ކަމެކެވެ. އުގެނެން ބޭނުންވުމެވެ. އަދި ކުރިއަށް ހުރި މަރުހަލާތަކުގައި އެބައި ވެސް ހުށައަޅައިދޭނަމެވެ. ޒުވާނާ ބުންޏެވެ. އެހެންވީއިރު ދެން އޮތީ ކޮން ކަމެއްހެއްޔެވެ؟

-ނުނިމޭ-

މޮޅުވާނެ ގޮތް (9)
ތަރުޖަމާ ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

ބުއްދިވެރިޔާ ބުންޏެވެ. ސަބަބަކީ ކިތަންމެ އުނދަގޫ ކޮންމެ ވައްތަރެއްގެ މަސައްކަތެއް ވިޔަސް އެކަން ދަސްކުރުމަކީ ކޮޔަށް ކުރެވިދާނެ ކަމެކެވެ. އެއީ މީގެ ކުރީގައި ވެސް މީހަކު ދަސްކޮށްފައިވާ ކަމެއް ވިއްޔާ ހަމަ ގައިމު އެކަމުގެ މަގު ފެނިފައިވާ ކަމެކެވެ. ފޮތްތަކުގައި ހާމައަށް ފެންނަންހުރި ކަމެކެވެ. ކޮންމެ މީހަކަށް ވެސް އެކަން ދަސްކުރެވިދާނެއެވެ. އެއް ދުވަހަކުން އެހެންނާ މަހަކުން، ކިއެއްތަ އަހަރަކުން ވިޔަސް އެކަން ދަސްކުރެވިދާނެއެވެ.

އެކަމަކު ކާމިޔާބުވެރީންނާއި ނާކާމިޔާބުވެރީން، މޮޅު މީހުންނާއި ދެރަ މީހުން ފެންނަމުންދާ ސަބަބަކީ ކޮބާހެއްޔެވެ؟ ކުރީގައި ވެސް ބުނިފަދައިން އެންމެންނަށް ވެސް ލިބިގެންވަނީ ހަމަ އެންމެންނަށް ވެސް ލިބިފައިވާ ހަތަރު އެއްޗެވެ. ފަސް ހިއްސާއި ރެޔާދުވާލުގެ ސައްވީސްގަޑިއިރެވެ. ވިސްނާ ދެނެގަނެ ދިރާސާކުރާ އުސްލޫބާއި އޭގެ ނަތީޖާއިން ހޯދައިގަންނަ ބާރެވެ. އެހެންވީ އިރު އެކަކާއި އަނެކަކާއި ދެމެދުގައި ހުރި ތަފާތަކީ ކޮބާހެއްޔެވެ؟ މޮޅު މީހާއާއި ދެރަ މީހާއާއި ހުރި ފަރަގަކީ ކޮބާހެއްޔެވެ؟ އޭގެ ސަބަބު ކަމުގައި ފެންނާނީ ހަމަ އިސްވެ އަހަރެމެން ބަޔާންކުރި ކަންތައްތަކެވެ. ހާމަވެ ބަޔާންވާނީ ކާމިޔާބުވެރި މޮޅު މީހާގެ އަޚްލާޤު މަތިވެރިކަމެވެ. އޭނާއާއި އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އަވަސް އަވަހަށް އެކަމާއި މާފުވެރިވެއެވެ. ސަބަބަކީ އެ ގޮތް މި ގޮތަށް އެތަން މިތަނަށް ގެއްލާ ނަގާލާނޭ ވަގުތުތަކެއް އޭނާއަކަށް ނެތެވެ. އެއީ އޭނާގެ ވަގުތު ވަނީ މިން ކަނޑައެޅިގެން ކަން އޭނާއަށް އެނގޭތީއެވެ. ފަހަރުގައި މި ހިނދަކީ ވެސް ޙަޔާތުގެ އެންމެ ފަހު ސިކުންތުކަމުގައި ވެދާނެކަމަށް ގަބޫލުކުރާތީއެވެ. އޭނާ ވިސްނާނީ ހަމަބުއްދީންނެވެ. މޮޅު އިންސާނާ އަބަދުވެސް އޭނާގެ ނަފުސާއި ސުވާލުކުރެއެވެ. މި ވަގުތަކީ އަހަރެންގެ އެންމެ ފަހު ހިނދުކޮޅަށް ވެދާނެ ބާވައެވެ؟ ހަމަ ޔަގީނެވެ. އާއެކެވެ. ތިބާގެ ނަފުސާއި ސުވާލުކުރާށެވެ. މިހާރު މި ވަގުތުގައި ތިޔަ ކުރަމުންދާ ކަންތަކަކީ އެކަށީގެންވާ ކަމެއްހެއްޔެވެ؟  އަޚްލާޤުހުރީ ގޯސް ނަމައީ ކަމެއް ދިމާވާއިރަށްހަށިގަނޑާއި އިހުސާސްތައް ހޫނުވެ، ޢާޠިފީ ޝުޢޫރު ކައްކުވާލާފާނެއެވެ. އެ ހާލަތުގައި އެއްވެސް އެއްޗެއް ހާސިލެއް ނުކުރެވޭނެއެވެ.

އެފަދަ މުސީބާތުގެ ދަނޑިވަޅުތަކަށްޓަކައި ރައްކާކޮށް ޚަޒާނާކުރެވޭ އެންމެ އަގުހުރި އެންމެ މޮޅު އެއްޗަކީ އަޚްލާޤެވެ. އީމާންކަމާއި ފުރިހަމައަށް މާފުވެރިވުމާއި ބެހޭ ގޮތުން އަހަރެމެން ވާހަކަދެއްކީ އެހެންވެގެންނެވެ. ﷲ އަށް އީމާންވެގެން ނޫނީ ފުރިހަމަ ވަފާތެރިކަންމަތީ ﷲ އަށް ކިޔަމަންތެރިވެ އިޚްލާސްތެރިވެ ފުރިހަމައަށް މާފުވެރިވުމަކީ ކުރެވޭނޭ ކަންކަމެއް ނޫނެވެ. މި ހުރިހާ ކަމަކާ މެދު ކޮއި ވިސްނި ވިސްނިހެން ރިވެތި އަޚްލާޤާއި ދިމާއަށް ގެންދާނެއެވެ. އިންސާނާ ގެ އަޚްލާޤު ރަނގަޅުވީވީހެން އޭނާ ދެކެ މީހުން ލޯބިވެ އޭނާޔާއި އެކީ އުޅުމަށް މީސްތަކުން ބޭނުންވާތަން އަހަރެމެންނަށް ފެންނާނެއެވެ. އަދި ވަރަށް ކާމިޔާބު އެހެނަސް އެކަނިވެރިޔަކު ވެސް ފެނިދާނެއެވެ. އެހެނީ އޭނާގެ އަޚްލާޤުގެ ނުބައިކަމާހުރެ މީސްތަކުން އޭނާ ދެކެ ލޯތްބެއް ނުވެއެވެ.

ކޮންމެ ރިވެއްޗަކާއި ދިމާއަށް އަޚްލާޤު ތިބާ ކުރިއަށް ނެރޭނެއެވެ. މާތް ﷲ އަހަރެމެން އެކި ބައިބަޔަށް ގަބީލާތަކަށް ލެއްވީ އަހެރެމެން އެއްބަޔަކު އަނެއް ބަޔަކަށް ފެނިދެނިވެ ތަޢާރަފަވުމަށްޓަކައެވެ. އެކަލާނގެ އަންގަވާފައިވާ ފަދައިންނެވެ. “އޭ އެންމެހާ މީސްތަކުންނޭވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އަންހެނަކާއި ފިރިހެނެއްގެ ކިބައިން ތިޔަބައިމީހުން ހެއްދެވީމެވެ. އަދި އެކި ބައިބަޔަށް ގަބީލާތަކަށް ތިޔަބައިމީހުން ބެއްސެވީމެވެ. އެއީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށްޓަކައެވެ. ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ﷲ ގެ ޙަޟްރަތުގައި އެންމެ ހެޔޮކަން ބޮޑީ ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”-ސޫރަތުލްޙުޖުރާތު 13-

އެޔާއެކު މީސްތަކުން  ވިޔާނުދާ މީހާއާ ދުރަށް ފެޔަށް ޖެހޭތަން އަހަރެމެންނަށް ފެންނާނެއެވެ. އެއީ މާތް ﷲ އަންގަވާފައިވާ ފަދައިންނެވެ. “ކަލޭގެފާނަކީ ވެސް ހިތްހަރު ވިޔަޔާނުދާ މީހަކު ކަމުގައި ވީނަމަ އެބައިމީހުން ކަލޭގެފާނާއި ވަކިވެގެން ހިނގައްޖައީހެވެ.”-ސޫރަތު އާލްޢިމްރާން 159-

އެހެންވީމާ މީސްތަކުން ތިބާއާ މެދު އީޖާބީކޮށް ވިސްނުމަށް މެދުވެރިކުރުވަނީ ތިބާގެ މާތް އަޚްލާޤާއި ﷲ އަށްޓަކައި ވާ ލޯތްބާއި ﷲ ގެ ޒިކުރުކުރެވޭ ފޮނި ދުލާއި ﷲ އަށް އޮންނަ ލޯބިވެރިކަމެވެ.

މިހިސާބުން ޒުވާނާ ބުނެލިއެވެ. ތިޔަ ވާހަކަތަކަށް ބާރުދޭ ފަދަ ބައިތެއް އަޙްމަދު ޝައުޤީގެ ޅެންތަކުން އަހަރެން ކީމެވެ.

ނެތި އުންމަތެއް ދާނީ އޮޔަށް ބެހިގެން ހަޔާތް

ނެތިގެއްލުމުން އަޚްލާޤު އެކުގައި ލަދުހަޔާތް

ބުއްދިވެރިޔާ ބުންޏެވެ. އާއެކެވެ. އެހެންނެވެ. ހަމަ ތި މައުޟޫގައި ޅެންވެރިޔާ ޙާފިޒު އިބްރާހީމް ވެސް ކިޔާފައިވެއެވެ.

ރައްޒާޤުވަންތަ ކަލާނގެ ހޮއްވެވި ނަމަ ތިބާ

ދެއްވާނެ ހެޔޮ ޚުލްޤާ ސުލޫކާ  ރިވެތި މާތް

ޒުވާނާއެވެ. މި ޗާލާކީ ކަމާމެދު ފިކުރުހިންގާ ބަލާށެވެ. އަހަރެންގެ ވާހަކައިގައި ކޮއި ތިޔަ ބައިވެރިވެލީ ހާދަހާ ވާ ރީތި ބަސްކޮޅަކުންނެވެ. ތިޔަ ބަސްކޮޅު ކޮއިގެ ކިބައިން ތިޔަ ނުކުތީ އެހެނީ ތިބާ ﷲ އަށް ލޯބިވެރިވެއްޖައީމެވެ. އެހިނދުން ﷲ ތިބާގެ ބަސްތެރިކަން ފޮނިކުރެއްވީއެވެ. ޢަރަބި ޙިކުމަތެއް މިހިސާބުން ބުނެލާދޭނަމެވެ. “މަތިވެރިކަމާއެކު ހިތްތިރިކުރާށެވެ. ޙިކުމަތްތެރިކަމާއެކު ކެތްތެރިވާށެވެ. ބާރުވެރިކަމާއެކު އިންސާފުވެރިވާށެވެ. ބަދަލުހިފުމުގެ ކުޅަދާނަކަމާ އެކު މާފުކުރާށެވެ.” ޒުވާނާ ބުންޏެވެ. ތިޔައީ ރީތި ވާހަކަތަކެކެވެ. މިހާރު ދެން ވީހާ ގިނަ ބަޔަކާއި ބައްދަލުކޮށް ހެދުމަށް ތައްޔާރުވެވިއްޖެ ކަމުގެ އިހުސާސް އަހަންނަށް އެބަކުރެވެއެވެ. އެހެނީ ﷲ އަށް ލޯބިވެރިވުމާއި އެކަލާނގެއާއި ކުއްތަންވުމުގެ ދަހަނާއިން އަހަރެން ހަތިޔާރުއަޅައިފީމެވެ. އެކަލާނގެއަށް ވެވޭ ކިޔަމަންތެރިކަމާއި އިޚްލާސްތެރި ވަފާތެރިކަމާއި ފުރިހަމަ ނިޔަތާއި މީސްތަކުންނާ މުޢާމަލާކުރާނޭ ރިވެތި އަޚްލާޤުންނާއިއެވެ.

ބުއްދިވެރިޔާ ހިކުމަތްތެރި ހިނިތުންވުމާއެކީ ޒުވާނާއާ ގާތަށް ޖެހިލާ ޒުވާނާގެ ބޮލުގައި ބޮސްދީފައި ބުންޏެވެ. ﷲ ކޮޔަށް ކާމިޔާބުދެއްވާށިއެވެ. ތިބާ ޚިޔާލަށް ވެސް ގެނެސްފައި ނުވާ މިންވަރަށް ﷲ ތިބާއަށް ކާމިޔާބުދެއްވަނީ ކިހިނެއްކަން ކޮއި ދެކޭނޫއެވެ. އެހެނީ މޮޅުވުމުގެ މަގުގައި ޙިކުމަތްތެރިކަން ދެނެގަތުމުގެ ގާބިލުކަން ކޮއިގެ ހުރީތީއެވެ. ހަގީގަތުގައި އެއީ ﷲ ގެ މަގެވެ. ތިބާ ކުރާ ކޮންމެ ކަމެއް ވެސް ކުރާނީ ﷲ އަށްޓަކައި އެކަލާނގެ މަގުގައެވެ. މީސްތަކުންނާ މުޢާމަލާކުރާނީ ވެސް، މީސްތަކުންނަށް މާފުވެރިވާނީ ވެސް، މީސްތަކުން ދެކެ ލޯބިވާނީ ވެސް ﷲ ގެ މަގުގައި ﷲ އަށްޓަކައެވެ. އެކަމަކު އަދި ވަރަށް މުހިންމު ކަމެއް އެބައޮތެވެ. ދަރިފުޅާއެވެ. މީހުންނާ މުޢާމަލާކުރުމުގައި ނަމަ ނަމަ އެމީހުންގެ ސުލޫކާ މުޢާމަލާނުކުރާށެވެ! މިއީ މީހުންނާއި ގުޅުމުގެ ފަންނުން ފުރަތަމަ ފިލާވަޅެވެ. މީހާއާއި އެމީހާގެ ސުލޫކާއި ވަކިކުރަން އަބަދުވެސް ސަމާލުވެހުންނާށެވެ. ޒުވާނާ ބުންޏެވެ. މީހާއާއި އެމީހާގެ ސުލޫކު ވަކިކުރާނީ ކިހިނަކުންހެއްޔެވެ؟ ނުވިސްނެއެވެ. ބުއްދިވެރިޔާ ބުންޏެވެ. އިންސާނާއަކީ ﷲ ގެ ޙަޟްރަތުގައި އެންމެ މާތް މަޚްލޫޤެވެ. “ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީ އެންމެ ފުރިހަމަވެގެންވާ ގޮތުގައެވެ.”-ސޫރަތުއްތީން 4- ﷲ އެކަލާނގެ އަތްޕުޅުން އަހަރެމެން ހެއްދެވިކަން ވެސް އަހަރެމެންނަށް ފަޚުރެއް ކަމުގައި ފުދެއެވެ. އަދި އެކަލާނގެވަނީ އުޑާއިބިމާ ދެމެދުގައިވާހާ ތަކެއްޗެއް އަހަރެމެންގެ ޚިދުމަތުގައި ލައްވާފައެވެ. “ﷲ އީ އުޑުތަކާއި ބިން ހެއްދެވި، އަދި އުޑުން ވާރޭ ވެއްސަވާ ދެން އެފެނުގެ ސަބަބުން ތިޔަބައިމީހުންނަށްޓަކައި ރިޒްޤެއް ކަމުގައި މޭވާތައް ނެރުއްވި، އަދި ކަނޑުގައި ދަތުރުކުރުމަށްޓަކައި އެކަލާނގެ އިރާދަފުޅުން ނާފަހަރު ތިޔަބައިމީހުންނަށް ޚިދުމަތްކުރެއްވި، އަދި ކޯރުތައް ތިޔަބައިމީހުންނަށް ޚިދުމަތްކުރެއްވި ކަލާނގެއެވެ. އަދި އިރާއި ހަނދާ ދައުރުވާނޭ ގޮތުގައި ތިޔަބައިމީހުންނަށް ޚިދުމަތްކުރެއްވިއެވެ. އަދި ރެޔާއި ދުވާލު ތިޔަބައިމީހުންނަށް ޚިދުމަތްކުރެއްވިއެވެ. އަދި ތިޔަބައިމީހުން އެ އެއްޗަކައިގެން ދެންނެވިހާ އެއްޗެއް ތިޔަބައިމީހުންނަށް ދެއްވެވިއެވެ.އަދި ތިޔަބައިމީހުން ﷲ ގެ ނިޢުމަތްތައް ގުނިޔަސް ޢަދަދެއް ނުކުރެވޭނެއެވެ. ހަމަކަށަވަރުން އިންސާނާއަކީ ނުކިޔަމަންތެރި އަނިޔާވެރިއެއް ކަން ކަށަވަރެވެ. -ސޫރަތު އިބްރާހީމް 31،32،33،34-

އެހެން އެއްޗެއްސާއި މެދު ވެސް ބުނެވުނު ފަދައިން އިންސާނާއަށް ވެސް ވާށޭ ވަޙީކުރެއްވުމުން ޚަލްޤުކުރެއްވުމަކީ އެކަން ކުރެއްވިދާނޭ ގޮތެކެވެ. އެކަމަކު ﷲ ތިބާ މަތިވެރިކުރައްވާ ޝަރަފުވެރިކުރައްވާ އެކަލާނގެ މާތް އަތްޕުޅުން ހެއްދެވިއެވެ. އަދި އެހެން ހުރިހާ އެއްޗެއް ކޮޔަށްޓަކައި ހެއްދެވިއެވެ. އަދި ތިބާއަށް ސިކުނޑި ދެއްވިއެވެ. އެއީ ތިބާއަށް ވެސް ލިބިފައިވާ އޭގައި ސަތޭކަފަންސާސް ބިލިޔަން ސެލް ހިމެނިފައިވާ ސިކުނޑިއެވެ. އަދި ދެމިލިޔަން މަޢުލޫމާތު އެއް ސިކުންތުގެ ތެރޭގައި ޖަމާކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ސިކުނޑިއެވެ. އެ ސިކުނޑީގެ ބާރުމިން އަލި ދަތުރުކުރާ ބާރުމިނަށް ވުރެ އެއްސިކުންތަށް ބެލި ނަމަ ސަތޭކަ އަށްޑިހަ ހަހާސް މޭލަށް ވުރެ އަވަހެވެ. ޒުވާނާ އަންތަރީސްވެފައި ބަލާލިއެވެ. ބުއްދިވެރިޔާ ބުންޏެވެ. ޢަޖައިބުވަނީހެއްޔެވެ؟ ﷲ އަންގަވާފައިވެއެވެ. “އަދި ތިޔަބައިމީހުންގެ ނަފުސުތަކަށް ފަހެ ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟”-ސޫރަތުއްޛާރިޔާތު 21-

ނުނިމޭ

މޮޅުވާނެ ގޮތް (8)
ތަރުޖަމާ ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

ﷲ އަށް ވަކީލުކުރުން

ﷲ އަށް ވަކީލުކުރުމަކީ ތިބާ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެކަލާނގެ އަމުރުކުރައްވާފައިވަނީ ހުރިހާ ސަބަބުތަކެއްގައި ހިފުމަށްފަހު އެކަލާނގެއަށް ވަކީލުކުރުމަށެވެ. “ފަހެ ކަލޭގެފާނު ކަމަކަށް ޢަޒުމްކަނޑައަޅުއްވައިފި ނަމަ ﷲ އަށް ވަކީލުކުރައްވާށެވެ. ހަމަކަށަވަރުން ވަކީލުކުރާމީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ.” –އާލު ޢިމްރާން 159-

އެހެންވީމާ އެންމެ ފުރަތަމަކަމަކީ ޢަޒުމްކަނޑައެޅުމެވެ. އެކަމަކު ޢަޒުމްކަނޑައެޅުމަށްޓަކައި ކުރީގައި ގަނެވޭނީ ނިޔަތެވެ. ސަބަބަކީ ކަމަކަށް ހިތްޖެހޭ ހިސާބުން އެކަން ކުރުމުގެ ނިޔަތް އެ އޮންނަނީ ގަނެވިފައެވެ. ޒުވާނާއެވެ. ނަމަވެސް އެ ނިޔަތް ކަނޑައަޅާ ލަނޑުދަނޑިއަށް ވާސިލުވުމަށް ނިންމުމުގެ ކުރީގައި އެ ނިޔަތް ރަނގަޅަށް ދެނެގަތުން ކޮންމެހެން ބޭނުމެވެ. އެހެނީ ނިޔަތަކީ ތިބާގެ އެންމެހާ ފިކުރެއްގެ ނަތީޖާއެވެ. އެ ނިޔަތް ތިބާގެ ނަފުސުގައި ވަކި ކަމަކަށް ޝައުޤުއުފައްދައެވެ. ދެން ނަފުސު އެ ޝައުޤުވެރިކަން އިހުސާސްތަކަށާއި ޢަމަލުތަކަށް ބަދަލުކުރެއެވެ. ދެން އެ ޢަމަލެއް ވުޖޫދަށް އާދެއެވެ. ނިޔަތްތަކަށް ﷲ ބައްލަވާވޮޑިގަންނަވައެވެ. މީސްތަކުންގެ ހިތްތަކުގައިވާ ނިޔަތްތަކަށާއި މީސްތަކުންގެ ނަފުސުތަކަށް އެކަލާނގެ ބައްލަވާޥޮޑިގަންނަވައެވެ. އެހެންވީމާ އެއްވެސް ކަމެއް ކުރުމުގެ ކުރީގައި ކޮއިގެ ހިތާހިތުންކިޔާށެވެ.

ޢާލަމްތަކުގެ ވެރިރަސްކަލާކޮ! ސަބަބުތަކުގައި ހިފުމަށްފަހު އިބަރަސްކަލާނގެއަށް ވަކީލުކުރުމަށާއި ފުރިހަމައަށް އީމާންވުމަށް މިއަޅާ ނިޔަތްގަނެފީމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާކޮ! ބަރާބަރަށް ކިޔަމަންތެރިވެ އިޚްލާސްތެރިވުމަށާއި ފުރިހަމައަށް ވަފާތެރިވުމަށް މިއަޅާ ނިޔަތްގަނެފީމެވެ. ހުރިހާ ސަބުބުތަކެއްގައި ހިފުމަށް މިއަޅާ ނިޔަތްގަނެފީމެވެ. ޢަރުޝީގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ވަކީލުކުރުމަށް މިއަޅާ ނިޔަތްގަނެފީމެވެ.

އެއަށްފަހު މޮޅުވުމުގެ މަގުގައި ކުރިއަށްދާށެވެ. ހުރިހާ ކަމެއްގެ ކުރީގައިވަނީ ނިޔަތެވެ.

ޒުވާނާއެވެ. މިހާރު ނިޔަތްގަނެފީމުހެއްޔެވެ؟ އާއެކެވެ. ނިޔަތްގަނެފީމެވެ. ނިޔަތް ތިޔަ ގަތީ ކޮން ކަމަކަށްހެއްޔެވެ؟ ނިޔަތް މި ގަތީ ﷲ އަށް އީމާންވުމަށާއި ބަރާބަރަށް ކިޔަމަންތެރިވެ އިޚްލާސްތެރިވުމަށާއި ފުރިހަމައަށް ވަފާތެރިވުމަށެވެ. ބުއްދިވެރިޔާ ބުންޏެވެ. ކޮއި ކިތަންމެހާވެސް ރަނގަޅެވެ. އެކަމަކު އަދިވެސް އިތުރު ކަމެއް އެބަ އޮތެވެ. އެއީ އުއްމީދުކުރުމެވެ.

އުއްމީދުކުރުން

އުއްމީދީ އަލީން ފުރިފައިވާ ބުއްދިވެރިޔާގެ ދެ ލޮލުން ޒުވާނާއަށް ބަލާލިއެވެ. ދަރިފުޅާއެވެ. ﷲ ތިމާއާ މެދު ހެޔޮގޮތްތައް މިންވަރުކުރައްވާނެ ކަމަށް އުންމީދު ނުކޮށް އެއްވެސް މުއުމިނަކަށް ޙަޤީޤީ މުއުމިނަކަށް ނުވެވޭނެއެވެ. އެހެނީ މާތްރަސްކަލާނގެ ވަނީ ޢަމަލުތައް ފުރިހަމަކޮށްފި މީހާގެ އަޖުރު ގެއްލެނި ނުކުރައްވާނެކަމުގެ މައްޗަށް ކޮއިގެ ހިތްހަމަޖައްސުވާފައެވެ. ކޮއި ކަމެއް ކުރުމަށްޓަކައި ހުރިހާ ސަބަބުތަކެއްގައި ހިފާފައި ފުރިހަމަ ކިޔަމަންތެރިކަމުގައި ﷲ އަށް ވަކީލުކޮށް، ﷲ އަށްޓަކައި އެކަލާނގެ މަގުގައި ލޯބިވެ، ﷲ އަށް އިޚްލާސްތެރިވެ، ﷲ އަށް ވަފާތެރިވެ، މިހުރިހާ ކަމެއް ފުރިހަމަކުރުމުން، ދެން ކޮއި ބޭނުންވާ ކަންތައް ﷲ ހިންމަވައިނުދެއްވާނެ ކަމަށް ހީވޭހެއްޔެވެ؟ ޒުވާނާ ބުންޏެކެވެ. ނޫނެކެވެ. ހަމަ ޔަގީނުންވެސް ހިންމަވައިދެއްވާނެއެވެ. ތިޔަ ޔަގީން ކަމަކީ އަހަރެމެންގެ މާތް ނަބިއްޔާ އަހަރެމެންނަށް ވަސިއްޔަތްކުރައްވާފައިވާ ޔަގީންކަމެވެ. އެއީ ދުޢާކުރުމުގައި އިޖާބަކުރައްވާނެކަން ޔަގީންކުރުމެވެ. ދަރިފުޅާއެވެ. ދެން އޮތް ފިޔަވަޅަކީ އެއީއެވެ. ދުޢާކުރުމާއި ﷲ ހަނދުމަކުރުމެވެ.

ދުޢާކުރުމާއި ހަނދުމަކުރުން

ދަރިފުޅާއެވެ. ދުނިޔޭގެ މި ހަޔާތުގައި ﷲ އަށް ދުޢާދެންނެވުމީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއީ ﷲ އާއި ކުއްތަންވެވޭ އެންމެ މޮޅު އެއް އަޅުކަމެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ވަނީ އަޅުކަމަކީ ދުޢާކަމުގައި އަންގަވާފައެވެ. ނުޢުމާން ބިން ބަޝީރު ރަޟިޔަ ﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ނަބީ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. “އަޅުކަމަކީ އެއީ ދުޢާއެވެ.”-ރަވާޙު އަބޫދާވުދު ވައްތިރުމިޛީ-

ﷲ ހަނދުމަކުރުން ވެސް ހަމައެފަދައެވެ. އެހެނީ ﷲ ގެ ޙަޟްރަތަށް ކުރާ ދަތުރުގެ ކާނާއަކީ އެއީއެވެ. އެންމެ މޮޅު ޒިކުރަކީ “لا إله إلا الله” މި ފަދައިން ކިޔުމެވެ. ކޮއިގެ ވަގުތުތަކުގައި މި ކަލިމަ ކިޔުންމަތީ ހުންނާށެވެ. ހަމައެފަދައިން ގިނަގިނައިން “الحمد لله” ކިޔޭތޯ ބަލާށެވެ. އެއީ އަބަދާ އަބަދު ކޮޔަށް މަންފާލިބެނިވި ކަމެކެވެ. ކޮޔާ އަމާޒުވެ ނުރައްކަލެއް އަންނަ ހިނދުގައި ވެސް ﷲ އަށް ޙަމްދުކުރި ނަމަ، އެ ނުރައްކާތެރިކަމުން ކޮއި ސަލާމަތްކުރައްވާނެއެވެ. އަދި ކޮއި ތަޤުވާވެރިވީ ނަމަ އަބަދުވެސް މަގުތައް ތަނަވަސްވެ ހީނުކުރައްވާ ފަދައިން ރޯދިބަރަކާތް ދެއްވަވާނެއެވެ. އެހެންވީމާ މި ޙަޔާތުގައި އެ ދެކަލިމައިން ﷲ ހަނދުމަކުރުން ކޮއިގެ މައްޗަށް ވާޖިބެވެ. އަދި އެނޫންވެސް ހުސް ވަގުތެއް ހަމަ ވާއިރަށް ﷲ ގެ ހަނދުމަކުރުމުގައި އެ ވަގުތެއް ފުރާލާށެވެ. އެކަލާނގެއަށް ޝުކުރުވެރިވެ ޙަމްދުކުރުމާއި ދުޢާކޮށް ޘަނާދެންނެވުމުގައެވެ. އޭރުން ތިބާއާ ﷲ އާއި ދެމެދުގައި އޮންނަ ގުޅުން ތާއަބަދަށް ދެމިއޮންނާނެއެވެ.

ޒުވާނާ ބުންޏެވެ. ދެން އެހެންވީމާ މި ނިމުނީހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. ނޫނެކެވެ. މިއީ ﷲ އަހަރެމެންނަށް ދެއްވި ގިނަ ކަންތައްތަކުގެ ތެރެއިން މަދު މިންވަރެކެވެ. އަހަރެމެން މޮޅުވުމުގެ މަގުގައި އަދި ދަސްކުރަންޖެހޭ ކިތަންމެ ކަމެއް އެބަވެއެވެ. ދަރިފުޅާއެވެ. ﷲ އާއި ގުޅުމުގެ ފުރަތަމަ އަސާސަކީ މިއީއެވެ.

ޒުވާނާ ބުންޏެވެ. ދެވަނަ އަސާސަކީ ކޮބާހެއްޔެވެ؟

ބުއްދިވެރިޔާ ބުންޏެވެ. އެއީ އަޚްލާޤެވެ.

އަޚްލާޤަކީ ހަމަ ޔަގީނުންވެސް ﷲ އަށް ކިޔަމަންތެރި ލޯބިވެރި އިޚްލާސްތެރި މުއުމިނުންގެ އެންމެ މުހިންމު އެއް ސިފައެވެ. ކޮންމެވެސް މަސައްކަތެއްގައި އެހެންނާ އެނޫންވެސް ކަމެއްގައި ކޮޔަކީ މޮޅުމީހަކަށް ވެދާނެއެވެ. އެކަމަކު ތިބާގެ އަޚްލާޤު ރިވެތި ނޫން ނަމަ އަމިއްލަ ނަފުސާއި އަދި އެހެން މީހުންނާއި ވެސް މުޢާމަލާތުކުރާނީ ކިހިނަކުންހެއްޔެވެ؟

އަޚްލާޤު ގެ ބާރުގައި ތިބާއަށް މީހުންގެ ހިތްތައް ފަތަހަކުރެވިދާނެއެވެ. ބޭނުން އަތަކަށް އެމީހުން ލަންބުވާލެވިދާނެއެވެ. އަޚްލާޤުގެ އަސަރުން އަމިއްލަ މަސްލަހަތުގެ ކުރީގައި މީސްތަކުންގެ ބޭނުންތަކާއި އެދުންތައް ކޮޔަށް ފެންނާނެއެވެ.

މާތް ﷲ ކީރިތި ނަބިއްޔާއަށް މަދަޙަ ވަޙީކުރައްވާފައިވެއެވެ. ”ހަމަކަށަވަރުން ކަލޭގެފާނުވަނީ މަތިވެރި އަޚްލާޤެއްގެ މަތީގައިކަން ކަށަވަރެވެ.”–ސޫރަތުލްޤަލަމް 4-

އާދައިގެ އަޚްލާޤެއް ނޫނެވެ. މަތިވެރި އަޚްލާޤެކެވެ. އެކަން އިތުރަށް ބަޔާންވެވިފައިވާ މާތް ނަބިއްޔާ ޙަދީޘްކުރެއްވި ބަސްފުޅުގައިވެއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ އަޚްލާޤީ މާތް ސިފަތައް ފުރިހަމަކުރެއްވުމަށްޓަކައެވެ.” ރަވާހުލްބުޚާރީ

ޙިކުމަތުން ފުރިގެންވާ މި ދެބަސްފުޅަށް ވިސްނާއިރު ކޮޔަށް ފެންނާނީ މާތް ﷲ އެކަލާނގެ ރަސޫލާވަނީ މަތިވެރި އަޚްލާޤެއްގެ މަތީގައިކަން ނިކަން ސާފު ޢިބާރާތުން ބަޔާންކުރައްވާ، އެމާތް ނަބިއްޔާ ފޮނުއްވުނީ އަޚްލާޤުގެ މަތިވެރި ސިފަތައް ފުރިހަމަކުރެއްވުމަށްޓަކައި ކަން އެކަލޭގެފާނުގެ ދޫފުޅުން ޔަގީންކޮށްދެއްވާ ދެއްވުމެވެ. ކޮންފަދަ ރީތި ބަޔާންކޮށްދެއްވުމެއްހެއްޔެވެ؟ ޒުވާނާއެވެ. އަބަދުވެސް ތިމާގެ އަޚްލާޤަށް ސަމާލުވެގެން، މީސްތަކުންނާ މުޢާމަލާކުރެވޭ ގޮތުގެ މައްޗަށް ހޭއަރައިގެން ހުންނާށެވެ. ރިވެތި އަޚްލާޤާއި ހަމައަށް ވާސިލުވާނޭ ނިކަން ފަސޭހަ ގޮތެއް ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަހަރެން ބަޔާންކޮށްލަދޭނަމެވެ. އެހެނީ ރިވެތި އަޚްލާޤާއި ނުލައި ދުނިޔެއާއި އެކު ކުރިއަށްދާކަށް ތިބާއަކަށް ނޭނގޭނެއެވެ. ޒުވާނާ އޭގެ ޖަވާބުގައި ބުންޏެވެ. އަހަރެން އެއްފަހަރު ކީ ފޮތެއްގައި އޮތެވެ. ދުނިޔޭގެ ބޮޑު ޔުނިވަސިޓީއަކުން ބުނާ ގޮތުގައި މޮޅުވުމުގައި ހުނަރުތަކުގެ ހިއްސާއަކީ އެންމެ ހަތް އިންސައްތައެވެ. ބާކީ ނުވަދިހަ ތިން އިންސައްތަ ހިއްސާކުރަނީ ތިމާގެ އަޚްލާޤެވެ. ދެން އެކިޔާ އެއްޗެއް އެއް ގޮތަކަށް ނުވިސްނިގެން ފޮތްގަނޑު ބޭއްވީއެވެ. އެއީ ފަށާތަޢުލީމުން މެދުމަދަރުސީން ސާނަވީން މިހެން ގޮސް މަތީ ތަޢުލީމު ހާސިލުކޮށް ޕީއެޗްޑީނަގާ ހެދީމާ އަދި މިހުރިހާ ކަމެއް ކާމިޔާބުގައި ހިއްސާކުރަނީ އެންމެ ހަތް އިންސައްތައޭ ބުނީމާ އެޔަކުން އެއްވެސް އެއްޗެއް މަށަކަށް ނުވިސްނުނެވެ. އެކަމަކު މިހާރު ބުއްދިވެރިޔާގެ ވާހަކައިންވެސް މި އިވެނީ އަޚްލާޤުގެ ވާހަކައެވެ. ހުރިހާ އެއްޗަކީ ވެސް އަޚްލާޤުކަމާއި އެހެން ކޮންމެ އެއްޗަކަށްވުރެ އަޚްލާޤު މުހިންމުކަމެވެ. ﷲ ގެ ޙަޟްރަތުގައި އަޚްލާޤުގެ ދަރަޖަ އެހާމެ މަތިވެރިކަމާއި ރިވެތި އަޚްލާޤަކީ ތިމާ އެކަލާނގެއާއި ކުއްތަންކުރުވާ އަޅުކަމެއްކަމާއި މީހުންނާއި މުޢާމަލާކުރެވޭނީ މީހުންގެ ލޯބި ހޯދޭނީ މީހުން ތިމާއާއި އެކުވެ ގާތްވާނީ އަޚްލާޤުގެ ބާރުން ކަމެވެ. އެކަމަކު މަސައްކަތުގެ ހުނަރުތަކަށް ހަމަ އެންމެ ހަތް އިންސައްތައަށް ވުރެ އިތުރު ހިއްސާއެއް ނެތީ ކީއްވެހެއްޔެވެ؟

-ނުނިމޭ-

މޮޅުވާނެ ގޮތް (7)
ތަރުޖަމާ ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

އިޚްލާސްތެރިކަން

ދެން އޮތް އަނެއް ކަމަކީ އިޚްލާސްތެރިކަމެވެ. ޒުވާނާއެވެ. ކޮއި ރަނގަޅަށް ވިސްނައިފި ނަމަ އީމާންކަން ކިޔަމަންތެރިކަމުގެ ތެރެއަށް ކޮއި ވައްދައިދޭކަން ޔަގީންވާނެއެވެ. ހަމަ އެފަދައިން ކިޔަމަންތެރިކަން އިޚްލާސްތެރިކަމުގެ ތެރެއަށް ކޮއި ވައްދައިދޭ ކަމެވެ. އެއްވެސް މީހަކު ގެ ކިބައިން ކޮއި ބޭނުންވާ ކަމެއް ކުރުމުގެ ގާބިލުކަން އޭނައަށް ލިބިފައިވާކަން ކޮޔަށް ޔަގީންވުމުގެ ކުރީގައި އެއްވެސް މީހަކަށް އިތުބާރުކޮށް އޭނާ ބުނާ ގޮތެއް ހެދުމަކީ ކޮޔަށް ކުރެވޭނޭ ކަމެއް ނޫނެވެ. މިސާލަކަށް ގާނޫނީ ވަކީލަކު ޚިޔާރުކުރާއިރު އޭނާއަށް ކޮއިގެ ދިފާޢުގައި ވާހަކަދެއްކުމުގެ ކުޅަދާނަކަން ހުރިކަން ކޮޔަށް އެނގެއެވެ. އެހެންވެ އޭނާއަށް އިތުބާރުކޮށް އޭނާ ބުނާ ގޮތް ހަދަމުއެވެ. ތިބާ ޑޮކްޓަރަށް ދިއުމުން އޮޕަރޭޝަން ކުރަންވީ ވަގުތު ކަނޑައަޅާ ޑޮކްޓަރު އެކަނޑައެޅި ވަގުތުގައި ކޮއި އޮޕަރޭޝަން ކުރެއެވެ. މިހުރިހާ ކަމެއްގައި ތިބާ ހުންނަނީ ޑޮކްޓަރަށް ކިޔަމަންވެގެންނެވެ. އޭނާ ކޮންމެ ކަމަކަށް އަމުރުކުރިޔަސް އެކަމެއް ތަންފީޒުކުރަމުއެވެ. އޭނާ ބޭސްދީގެން ތިބާ ހޭނައްތުވައެވެ. އޭނާގެ ބަސްތައް ގަބޫލުކުރަމުއެވެ. މިގޮތަށް އޭނާ ކޮއިގެ ހިތް ފަތަހަކުރެއެވެ. ތިބާ އެޔާ ވިއްދައިގެން އެއްޗެއް ނުބުނަމުއެވެ. އެއީ އޭނާގެ ކުޅަދާނަކަމަށް ތިބާ އިތުބާރުކުރާތީއެވެ. އޭނާގެ ހުނަރުވެރިކަމާ މެދު ޔަގީންކުރާތީއެވެ. އެހެންވީމާ ﷲ އަށް އީމާންވުން އެކަލާނގެއަށް ކިޔަމަންތެރިވުމުގެ ތެރެއަށް ތިބާ ވައްދައިދެއެވެ. ކިޔަމަންތެރިކަން އެޔާ ވިދިގެން އޮތް މަގަށް ތިބާ ގެންގޮސްދެއެވެ. އެއީ އިޚްލާސްތެރިކަމެވެ. ތިބާ ﷲ އަށް އީމާންވެ ކިޔަމަންތެރިކަން ﷲ އަށް ޚާލިސް ނުކުރަނީ ނަމަ ކިޔަމަންތެރިކަން ފުރިހަމައެއް ނުކުރެވޭނެއެވެ. އިޚްލާސްތެރިކަން އޮންނަންވާނީ ﷲ އަށެވެ. އެކަލާނގެ ވަޙީކުރައްވާ އަންގަވައެވެ. “ފަހެއެކަލާނގެއަށް ދީން ޚާލިސްކުރާހާލުގައި ފަހެ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. ކާފަރުން ނުރުހުނު ކަމުގައި ވިޔަސްވެހެވެ.” –ސޫރަތުލްޣާފިރު 14- އަދި ވަޙީކުރެއްވިއެވެ. “ފަހެ އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުކުރަންޖެހޭނޭކަން ޔަގީންކުރާ މީހާ ހެޔޮ ޢަމަލުކުރާހުށިކަމެވެ. އަދި އޭނާގެ ވެރިރަސްކަލާނގެއަށް ކުރާ އަޅުކަމުގައި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރާށެވެ.” –ސޫރަތުލްކަހްފު 110- އަދި ވަޙީކުރައްވިއެވެ. “އަދި ޝިރުކުން ސާފުވެގެން އެކަލާނގެއަށް ދީން ޚާލިސްކުރާ ހާލު ﷲ އަށް އަޅުކަންކުރުމަށާއި ނަމާދުޤާއިމުކުރުމަށާއި ޒަކާތްދިނުމަށް މެނުވީ އެބައިމީހުންނަށް އަމުރުވެވިގެން ނުވެއެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ.”-ސޫރަތުލްބައްޔިނާ5-

ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަ ﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވި އަޑު އެއްސެވީމެވެ. “ޢަމަލުތަކުގެ ވައްތަރު ކަނޑައެޅެނީ ނިޔަތްގަތްގޮތެއްގެ ބާވަތުންނެވެ. ހަމަ ކޮންމެ މީހަކަށް ވެސް (އެމީހަކު ކުރި ޢަމަލެއްގެ) ޖަޒާލިބޭނީ އެމީހަކު ނިޔަތް ގަތް ގޮތެއްގެ މަތީންނެވެ. ފަހެ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކުރި މީހާ އެ ހިޖުރަކުރީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައެވެ. (މާނައަކީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކުރި ކަމުގެ ސަވާބު އޭނާއަށް ލިބޭނެއެވެ.) އަދި ދުނިޔޭގެ ކޮންމެވެސް ބޭނުމަކަށް އެހެންނާ އަންހެނަކާ ކައިވެނިކުރުމަށް ހިޖުރަކުރި މީހާގެ ހިޖުރަ ވަނީ އޭނާ އެ ހިޖުރި ކުރިކަމަކަށެވެ.”-މުއްތަފަޤުން ޢަލައިހި-(މާނައަކީ އޭނާގެ އެހިޖުރައިން ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކުރި ކަމުގެ ސަވާބެއް ނުލިބޭނެއެވެ. އަދި ނުބައި ކަމެއްގެ ނިޔަތުގައި ހިޖުރަކުރި ނަމަ ނޫނީ ފާފައެއް ވެސް ނުލިބޭނެއެވެ.) އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންގެ ހަށިތަކާއި ސޫރަތަކަށް ބައްލަވާވޮޑިނުގަންނަވައެވެ. އެހެނެއްކަމަކު އެކަލާނގެ ބައްލަވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ.”-ރަވާހު މުސްލިމް-

އިޚްލާސްތެރިކަމަކީ މިއީއެވެ. ފަހެ ތިބާ ﷲ އަށްޓަކައި އިޚްލާސްތެރިއަކު ކަމުގައި ވީ ނަމަ އިޚްލާސްތެރިކަމުން ތިބާ ސިފަލިބިގަންނާނީ އޭގެ ފުރިހަމަ ސިފައިންނެވެ. އޭރުން ﷲ ތިބާއަށް ކާމިޔާބުދެއްވާނެއެވެ. އިޚްލާސްތެރިކަމެއް ނެތި ކުރާ ކޮންމެ ކަމެއް ނުކުރާ ފަދައެވެ. އެހެނީ ކުރާ ކަމެއްގެ ފޮނިކަން އިހުސާސްކުރެވޭނީ އިޚްލާސްތެރިކަމާއެކު ﷲ އަށް ކުއްތަންވެވިފައިވާކަން ރަނގަޅަށް އިހުސާސްވުމުންނެވެ. ކިޔަމަންތެރިކަމުގެ ފޮނިކަމަކީ ﷲ އާއި ކުއްތަންވެވުމެވެ. ކިޔަމަންތެރިވުމުގައި ﷲ އަށް އިޚްލާސްތެރިވާންވާނެއެވެ. އަދި ކިޔަމަންތެރިކަން އޮންނަންވާނީ ﷲ އަށެވެ.

ވަފާތެރިކަން

ޒުވާނާ ބުންޏެވެ. ދެން އޭގެ ފަހުގައި ކޮން ކަމެއް ހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. ވަފާތެރިކަމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “އަދި ތިޔަބައިމީހުން ޢަހުދަށް ވަފާތެރިވާށެވެ. ހަމަކަށަވަރުން ޢަހުދުތަކާއި ބެހޭ ގޮތުން ސުވާލުވެވޭނެއެވެ.” –ސޫރަތުލްއިސްރާއު 34-

އަދި ވަޙީކުރައްވާފައިވެއެވެ. “އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ޢަޤުދުތަކަށް (އެގްރިމެންޓުތަކަށް) ވަފާތެރިވާށެވެ.” –ސޫރަތުލްމާއިދާ 1 –

ޢަބްދު ﷲ ބިން ޢަމްރޫ ބުނުލްޢާޞް ރަޟިޔަ ﷲ ޢަންހުމާ ރިވާކުރައްވާފައިވެއެވެ. ނަބީ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. އެމީހެއްގެ ކިބައިގައި ހަތަރުކަމެއް ހަމަވެއްޖެ މީހާއީ ހަމަކަނޑައެޅިގެންހުރި މުނާފިޤެކެވެ. އަދި އެ ހަތަރު ކަމުން ކުރެ ކަމެއް އެމީހެއްގެ ކިބައިގައިހުރެއްޖެ މީހާއީ އެކަމެއް ދޫކޮށްފުމަށް ދާންދެން މުނާފިޤެއްގެ ސިފައެއް އެމީހެއްގެ ކިބައިގައި ހުރެއްޖެ މީހެކެވެ. އެއީ އަމާނާތެއް ހަވާލުކުރެވުން ނަމަ ޚިޔާނާތްތެރިވުމާއި ވާހަކަދައްކާ ނަމަ ދޮގުހެދުމާއި ޢަހުދުކަށަވަރެއް ހިފިނަމަ އެޔާ ޚިލާފުވުމާއި ޒުވާބެއްކުރިނަމަ ލަފާ މަގުން އެއްކިބާވުމާއިއެވެ.-މުއްތަފަޤުންޢަލައިހި-

ބުއްދިވެރިޔާޒުވާނާއަށް ބަލާލާފައި ބުންޏެވެ. މީހަކު ތިބާއާއެކު ކަމަކާ ޢަހުދުކަށަވަރެއް ހިފާފައި ދެން އެޔަށް ވަފާތެރިނުވި ނަމަ ކުރެވޭނީ ކޮން ކަހަލަ އިހުސާސެއްހެއްޔެވެ؟ ޒުވާނާ ބުންޏެވެ. އަހަރެން އެމީހަކު ދެކެ ނިހާޔަތަށް ރުޅިއަންނާނެއެވެ. އެހެންވިއްޔާ އެޔަށްފަހުގައި ދެން އެމީހަކަށް އަލުން އިތުބާރުކުރެވިދާނެހެއްޔެވެ؟ ނޫނެކެވެ.އޭނާ ޢަހުދުއުވާ އަހަރެންނަށް ދޮގުހަދާ އޮޅުވާލީމާ ދެން އިތުބާރުކުރާނީ ކިހިނެއްހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. އެންމެ ފުރިހަމަ މިސާލު ވަނީ ﷲ އަށެވެ. ތިބާއަކީ ކިޔަމަންތެރި އިޚްލާސްތެރި މުއުމިނަކަށް ވާއިރު ﷲ ތަޢާލާގެ ރަސްކަންފުޅަށް ކޮށްފައިވާ ޢަހުދަށް ވަފާތެރި ނުވުމީ ފަހަރުގައި ވެދާނޭ ކަމެކެވެ. އެހެން އެކަންވީ ނަމަ މީސްތަކުންނާ އެކު ހިފޭ ޢަހުދުކަށަވަރުތަކަކަށް ވެސް ކޮޔަކަށް ވަފާތެރިއެއް ނުވެވޭނެއެވެ. ޢަހުދަށް ވަފާތެރިނުވާ ނަމައީ އީމާންކަމާއި ކިޔަމަންތެރިކަމާއި އިޚްލާސްތެރިކަމުގެ ސަބަބުން ތިބާއަށް ލިބިފައި ހުރި މޮޅެއް ވިއްޔާ ގެއްލިގެން ހިނގައިދާނެއެވެ.

ﷲ އަށް އީމާންވުމަކީ ކިޔަމަންތެރިކަމުގެ ފޮނިކަން އިހުސާސްކުރުމަށް މަޖުބޫރުކުރުވާ ކަމެކެވެ. ކިޔަމަންތެރިކަމުގެ މީރުކަން ލިބިގަތުމަށްޓަކައި ތިބާގެ ކިބައިގައި ﷲ ގެ ރަސްކަންފުޅަށް ފުރިހަމައަށް އިޚުލާސްތެރިވުން އެކުލެވެންޖެހެއެވެ. އެ ގޮތަށް ﷲ އަށް އިޚުލާސްތެރިވުމަށްޓަކައި ތިބާއީ އެ އިޚްލާސްތެރިކަމުގައި ﷲ އަށް ވަފާތެރިއަކު ކަމުގައި ވާންޖެހެއެވެ. ދެން ކޮއި މާތްރަސްކަލާނގެއަށް ވަފާތެރިއަކު ކަމުގައި ވެގެންހުރި ނަމަ މި މާތް ސިފަތަކުން ހުންނާނީ ސިފަޖެހިގެންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. “އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ކޮށްނުއުޅޭ ކަންތައްތަކުގެ ވާހަކަދައްކާއުޅެނީ ކީއްވެހެއްޔެވެ؟ ތިޔަބައިމީހުން ބުނާބުނުމާއި ކުރާޢަމަލާއި ދިމާނުވުމުގެ ނުބައިކަން ﷲ ގެ ޙަޟްރަތުގައި ބޮޑުވެގެންވެއެވެ.” -ސޫރަތުއްޞައްފު 1،2-

ﷲ ތަޢާލާގެ ރަސްކަންފުޅަށް ވެފައިވާ ޢަހުދަށް ވަފާތެރިވުމީ ކިޔަމަންތެރިކަމުގެ އެންމެ މުހިންމު އެއް އަސްލެވެ. ކިޔަމަންތެރިކަމަކީ މާތްރަސްކަލާނގެއަށް އީމާންވުމުގެ އެންމެ މައިގަނޑު އެއްކަންތަކެވެ. އޭ ޒުވާނާއޭވެ! ކޮޔަށް އެނގެމުން ތިޔަދާ ފަދައިން މި އެންމެހާ ކަމަކީ މޮޅުވުމުގެ އަސާސްތަކެވެ. މީހުން ސަަބަބުތަކުގައި ހިފައެވެ. އަދި ސަބަބުތަކުގެ ވެރި މާތްރަސްކަލާނގެ މަތީން ހަނދާން ނައްތާލައެވެ. ދެން ސަބަބުތަކައިގެން އެމީހުން ގެއްލި ހަލާކުވެދެއެވެ. އޭގެ ޒާތުގައި ކާމިޔާބު ހޯދައިދޭ އެއްޗަކީ ސަބަބުތަކެއް ނޫނެވެ. ތިބާއަށް ވެސް ދިމާވި ފަދައިން ހުރިހާ ސަބަބުތަކެއްގައި ހިފީމާ ވެސް ކާމިޔާބު ނުލިބުމަކީ ވުން ނިކަން ގާތުގައި އޮންނަ ކެމެކެވެ. އެކަމަކު ސަބަބުތަކުގެ ވެރި މާތްރަސްކަލާނގެއަށް ވަކީލުކުރާ ހާލު ސަބަބުތަކުގައި ހިފި ނަމަ ތިބާ ކާމިޔާބުވާނެކަން ގައިމެވެ. ޔަގީނެވެ. އެއީ ކޮއި މިހާރު އިޚްތިޔާރުކޮށްފައި ތިވާ ދާއިރާ ނޫން އެހެން ދާއިރާއެއް ކަމުގައި ވިޔަސްވެހެވެ. ހަމައެކަނި ﷲ އަށް ވަކީލުކުރާ ހިސާބުން ފެށިގެން ވެސް ތިބާ ހީނުކުރާ އެތައް ކަމެއް ހާސިލުވެގެންދާނެއެވެ.

ބުއްދިވެރިޔާ ޒުވާނާއަށް ބަލާލާފައި ބުންޏެވެ. މިހާ ހިސާބަށް އައިއިރު މިހާރުދެން ދަސްވީ ކޮން އެއްޗެއްސެއްހެއްޔެވެ؟ ޒުވާނާ ބުންޏެވެ. ﷲ އާއި ކުއްތަންވުމަކީ ކާމިޔާބުގެ އެންމެ މުހިންމު އަސްލުކަން ދަސްވެއްޖެއެވެ. ﷲ އާއި ކުއްތަންވާނީ ކިހިނަކުންހެއްޔެވެ؟ ފުރިހަމައަށް މާފުކޮށްގެންނެވެ. ކީއްވެހެއްޔެވެ؟ އެއީ ﷲ އާއި ދުރަށް ގެންދާ އެންމެހާ ނުބައި އިހުސާސްތަކުން އެއްކޮށް ސަލާމަތްވެގަނެ އެ ބުރަބޮޑުވެގެންވާ ކުނިގަޑަނޑު އަހަރެންގެ ބުރަކަށި މަތީން ނަގާ އެއްލާލުމަށްޓަކައެވެ. އޭގެ ފަހުގައި ﷲ އަށްޓަކައި އެކަލާނގެ މަގުގައި ލޯބިވުމެވެ. އެއަށްފަހު ޝަރުތެއް ނެތި ދީއުޅުމެވެ. އަހަރެން އެހެން މީހުންނަށް ދީފައި އެހެން މީހުން އަހަރެންނަށް ނުދިންކަމުގައި ވިޔަސް ޝަކުވާނުކުރުމެވެ. އެފަހުގައި ﷲ އަށް އީމާންވުމެވެ. އީމާންވުމަކީ ﷲ އަށާއި އެކަލާނގެ އެންގެވިހާ ކަމަކަށް އީމާންވުމެވެ. އެކަލާނގެއީ އިހާއި ފަހުގެ ވެރި ފާޅާ ސިއްރުގެ ވެރި އެންމެ މަތިވެރި އެންމެ ގަދަފަދަ ވަންތަ މާފުވެރި ރަހުމާންވަންތަ އެންމެ އޯގާވަންތަ މާތް ﷲ އެވެ. އަދި އެކަލާނގެ ޙަޟްރަތުން އައި އެންމެހާ ކަމަކަށް އީމާންވުމެވެ. އަދި އަމުރުކުރެއްވިހާ ކަމަކަށްމެއެވެ. އަދި އެންމެހާ ރަސޫލުންނާއި ނަބިއްޔުނަށް އީމާންވުމާއި ސުވަރުގެއާއި ނަރަކަ ވާކަން ތެދުކޮށް ޔަގީންކުރުމެވެ.

ބުއްދިވެރިޔާ އޭނާގެ ހިކުމަތްތެރި ހިނިތުންވުމުން ހިނިތުންވެލަމުން ޒުވާނާއަށް ބަލާލިއެވެ. އަދި ބުންޏެވެ. ޒުވާނާއެވެ. ކޮއި ލައްކަ ގިނަ އެއްޗެހި ދަސްކޮށްފީމުއެވެ. ޒުވާނާ ބުންޏެވެ. މުޅިން ވެސް ބުއްދިވެރިޔާގެ ގާތުން ދަސްކުރި އެއްޗެއްސެވެ. ބުއްދިވެރިޔާ ބުންޏެވެ. އެހެންނެއް ނޫނެވެ. އަހަރެންނަކީ ކޮއި މޮޅުމީހަކަށް ވުމަށްޓަކައި މާތްރަސްކަލާނގެ މެދުވެރިކުރެއްވި ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.ﷲ ތަޢާލާ ކޮޔަށް އެހީތެރިވުމަށްޓަކައި އަހަރެން ލެއްވިއެވެ. އަދި ކޮއި ވެސް ކޮޔަށް ވީ އެންމެ ގިނަ ބަޔަކަށް މި ކަންކަން އުގަންނައިދޭންޖެހޭނެއެވެ. ޒުވާނާ ބުންޏެވެ. އަހަރެން އެކަމަށް ވަޢުދުވަމެވެ. ކޮއި ވަޢުދުވާ ކަންތައް ކުރުމުގެ ކުޅަދާނަކަންއަދި ނުލިބެނީހުން އެކަން ކުރުމަށް ވަޢުދު ނުވާށެވެ. ވަޢުދުވާންޖެހޭ އަސްލު ވަގުތު އައުމުން ވަޢުދުވާށެވެ. ދެން ޒުވާނާ ބުންޏެވެ. މިހާރު ދެން އެންމެ ފަހު އަސާސް ބުނެވުނީހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. ނޫނެކެވެ. އެކަމަކު ތިބާ، ފުރިހަމައަށް މާފުކުރުމާއި ﷲ އަށްޓަކައި އެކަލާނގެ މަގުގައި ލޯބިވުމާއި ޝަރުތެއް ނެތި ދީއުޅުމާއި ފުރިހަމައަށް ﷲ އަށް އީމާންވުމާއި ފުރިހަމައަށް ކިޔަމަންތެރިވުމާއި އިޚްލާސްތެރިވުމާއި މިކަންކަން ދަސްކޮށްފީމުއެވެ.  އަދި މިކަންކަމުގެ ސަބަބުން ﷲ އާއި ކުއްތަންވެވޭލެއް އިތުރުވެއްޖެ ނޫންހެއްޔެވެ؟ ނަމަވެސް އަދި ބާކީ ބައެއް ކަންކަން އެބަހުއްޓެވެ. ﷲ އަށް ވަކީލުކުރުން ފަދަ ކަންކަމެވެ.

-ނުނިމޭ-

މޮޅުވާނެ ގޮތް (6)
ތަރުޖަމާ ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

ކިޔަމަންތެރިކަން އަދާކުރުން

ޒުވާނާ ވަގުތުން ބުންޏެވެ. އަހަރެން ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމެވެ. ބުއްދިވެރިޔާ ބުންޏެވެ. ކިޔަމަންތެރިކަން އަދާކުރުމަށްޓަކައި ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ނަމާދުކޮށް ރޯދަހިފާ އެނޫންވެސް ﷲ އަމުރުކުރެއްވި ކަންކަން ކުރަނީއެވެ.

އެކަމަކު ކޮއި ބައެއް ފަހަރަށް ދޮގު ހަދަމު ނޫންހެއްޔެވެ؟ ބައެއް ފަހަރަށް މީހުންނާ މެދު ހަސަދަވެރިވެ ޝައްކުކޮށް ނުރުހުންތެރި  ވަމު ނޫންހެއްޔެވެ؟ އޭގެ އިތުރަށް ވެސް އެޒާތުގެ ކަންކަން ކޮށް އުޅެމުނޫންހެއްޔެވެ؟ އެހެންވީމާ ކޮޔަށް ވާޖިބުވެގެންވަނީ ކިޔަމަންތެރިކަން ދެބަޔަކަށް ބެހިގެންވާ ކަން ދަސްކުރުމެވެ.

ފުރަތަމަ ކަމަކީ އަމުރުވެވިގެންވާ ކަންކަން ކުރުމެވެ. އެއީ ނަމާދާއި ރޯދަ، ޒަކާތާއި ޙައްޖު އަދި އެނޫންވެސް ﷲ އަމުރުކުރައްވާފައިވާ އެންމެހާ ކަމެއް ކުރުމެވެ.

ދެވަނަ ކަމަކީ ނަހީކުރެއްވި ކަންކަން ދޫކޮށްލުމެވެ. އެއީ ﷲ ތަޢާލާ ނަހީކުރެއްވިހާ ކަމަކާ ފުރިހަމައަށް ދުރަށް ދިއުމެވެ. ވައްކަމާއި ޒިނޭއާއި ބަނގުރާއާއި ދުރުވެގަތުމަށް އެކަލާނގެ އަންގަވާފައިވެއެވެ. ސިނގިރޭޓޫ ބުއިން ފަދަ ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކުރުވާ ކަންކަމުން ފޭވެގަތުމަށް އަންގަވާފައިވެއެވެ. އޭ ޒުވާނާއެވެ. ސިނގިރޭޓާއި ދުރުވެގަންނާށެވެ. ސިނގިރޭޓަކީ އިންސާނުން އެމީހުން އަމިއްލައަށް އެމީހުންގެ ނަފުސުތައް ހަލާކުރުމަށްޓަކައި އުފެއްދި އެންމެ ވިހަގަދަ އެކައްޗެވެ. ނުރައްކާތެރި އެތަކެއް ބައްޔެއްގެ ސަބަބުމެއެވެ. ސިނގިރޭޓު ބޯ މީހާއީ އޭނާގެ އަމިއްލަ ނަފުސުގެ އިތުރުން ވަށައިގެން ތިބިހާ ބަޔަކަށް އަނިޔާދޭ މީހެކެވެ. ސިނގިރޭޓުބުއިމާއި މުޅިން ވަކިވެގަންނާށެވެ. އެހެންނޫނީ އެކަމުގެ ސަބަބުން ދެދުނިޔޭގެ ޢަޒާބަށް ކޮއި ހުށައެޅިދާނެއެވެ. ކޮއިގެ ޢުމުރާއި ޒުވާންކަމާއި މުދަލާއި މެދު ﷲ ތަޢާލާ ސުވާލުކުރައްވާނެއެވެ. ކީރިތި މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. “އެމީހެއްގެ ޢުމުރު ހޭދަކުރި ގޮތާއި އެމީހަކަށް ލިބުނު ޢިލްމަކުން ބޭނުން ހިފި ގޮތާއި އެމީހަކު އެއްކުރިހާ މުދާ ހޯދި ގޮތަކާއި ހޭދަކުރި ގޮތަކާއި އެމީހެއްގެ ހަށިގަނޑު ބޭނުންކުރި ގޮތާއި މި އެންމެހާ ކަމަކާ މެދު ސުވާލުވެވިއްޖައުމަށް ދާންދެން ޤިޔާމަތް ދުވަހުގައި އެއްވެސް އަޅަކުގެ ދެފައި ހުރިތަނުން ގުޑުވައިވެސް ނުލެވޭނެއެވެ.” -ރަވާހުއްތިރުމިޛީ-

ތިބާ ކައި އުޅުނީ ބަނޑުހައިވާތީއެވެ. ބޮއި އުޅުނީ ކަރުހިއްކާތީއެވެ. ދުންފަތުގެ އިސްތިއުމާލުކޮށްއުޅުނީ ކޮން ސަބަބަކާ ހުރެތޯ ކޮޔާއި ސުވާލުކުރެވުނީމާ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟

ޒުވާނާ ބުންޏެވެ. އެނގޭހެއްޔެވެ؟ ހަމައަސްލަށްވެސް މަށަކީ ދުންފަތުގެ އަޅަކީމެވެ. ބުއްދިވެރިޔާ ބުންޏެވެ. އަހަރެންގެ އަޑު ދަށުން ކިޔާށެވެ. އަހަރެންނަކީ ކުރީގައި ދުންފަތުގެ އިސްތިއުމާލުކުރި މީހަކީ މެވެ. ﷲ އަށް ޙަމްދުކުރަމެވެ. މިހާރުން ފެށިގެން އަހަރެން އެ އާދައާއި ދުރަށް ދިޔައީއެވެ.

ޒުވާނާ އަނެއްކާވެސް ބުންޏެވެ. އަހަރެން ހަމަ މި ވަގުތުން ފެށިގެން ދުންފަތުގެ އެންމެހާ ބާވަތެއް މުޅީން ދޫކޮށްލީއެވެ. ބުއްދިވެރިޔާ ބުންޏެވެ. ދުންފަތުގެ އެންމެހާ ބާވަތެއް ތިބާ ތިޔަ ދޫކޮށްލީ ﷲ ގެ ރުހިވޮޑިގަތުމަށްޓަކައެވެ. ދުންފަތް ތިޔަ ދޫކޮށްލީ ﷲ ގެ ވަޖުހަފުޅަށްޓަކައެވެ. މާތް ﷲ އަށްޓަކައި ކަމެއް ދޫކޮށްފި މީހަކަށް އެޔަށްވުރެ ހެޔޮ ކަމެއް އޭގެ ބަދަލުގައި މާތް ރަސްކަލާނގެ ދެއްވައެވެ.

އޭގެ ބަދަލުގައި މުދަލާއި ފުރިހަމަ ސިއްހަތާއި ސާލިހު އަނތްބަކާއި ހަޔާތުގެ އުފާވެރިކަން މާތްރަސްކަލާނގެ ތިބާއަށް ދެއްވާށިއެވެ. އަދި ތިބާ އެބަޔަކު ދެކެ ލޯބިވާ އެބަޔަކު ތިބާ ދެކެ ލޯބިވާނޭ ރަހުމަތްތެރީން ކޮޔަށް ދެއްވާށިއެވެ. ޚިޔާލަށް ގެނެސްބަލާށެވެ. ތިބާ ﷲ އަށްޓަކައި ދީ އެކަލާނގެއަށްޓަކައި އެކަލާނގެ މަގުގައި ދޫކޮށް އެކަލާނގެއަށްޓަކައި އެކަލާނގެ މަގުގައި ލޯބިވެއްޖައީމުއެވެ. އެކަލާނގެ ތިބާއަށް އެއަށް ވުރެ މާ މޮޅެތި ކަންކަން މިންވަރުކުރައްވާނެއެވެ. ތިބާއަށް ހިތަށް ތިޔަ ގެނެވޭވަރަށް ވުރެ ގިނައިން ދެއްވަވާނެއެވެ. ޒުވާނާ ބުންޏެވެ. ﷲ އަށް ޙަމްދުކުރަމެވެ. އަހަރެން ދުންފަތާއި މުޅިން ވަކިވެ ދުރަށް ޖެހިއްޖައީމެވެ. ބުއްދިވެރިޔާ ބުންޏެވެ. އަދި ތިވަރަކުން ނުފުދޭނެއެވެ. ނުބައިކަން ބޮޑުވެގެންވާ ދުންފަތަށް ދެވިހިފައިވާ މީހުންނަށް އެމީހުން އެނުބައި އާދައިން ދުރުހެލިވުމަށްޓަކައި ތިބާއަށް އެހީތެރިވެވޭނޭ އެންމެ ބޮޑަކަށް އެމީހުންނަށް އެހީތެރިވެދޭންޖެހޭނެއެވެ. އާއެކެވެ. އަހަރެނަށް ކުޅަދާނަވެގެންވީ އެންމެ ބޮޑަކަށް އެ އާދަޔާއި މީހުން ދުރަށްޖެއްސޭތޯ މަސައްކަތްކުރާނަމެވެ. އެމީހުންނަށް އެކަމުގެ ނޭއްގާނީކަން ވިސްނި އެކަމާއި ދުރުހެލިވެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހާސިލުކުރުވުމަށްޓަކައެވެ. އެކަމުގައި އެމީހުންނަށް ނުހަނު ގިނަ ފައިދާތައްވެއެވެ. އެންމެ ބޮޑު އެއް ފައިދާއަކީ ސިއްހަތު ސަލާމަތްވުމެވެ. ސަލާމަތް ސިއްހަތަކާ ނުލައި މަސައްކަތްކުރުމަށް ނުކުޅެދޭނެއެވެ. ގޮތް ކަނޑައެޅުމުގައި ބަލިކަށިވާނެއެވެ.

ނަމާދު

ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ވެސް އަހަރެމެން ވާހަކަދައްކަމުންމިދާ ކިޔަމަންތެރިކަމުގެ ތެރޭގައި ހިމެނޭ ކަމަކެވެ. ނަމާދުގައި މާތްރަސްކަލާނގެއާއި ފުރިހަމައަށް ގުޅިލާމެހިފައި ހުރުމީ ކޮންމެހެން ލާޒިމުކަމެކެވެ. ﷲ އަކްބަރް ކިޔާ ހަށަންބަންނަ އިރު ހަމަ ހަގީގަތުގައި ވެސް އެކަލާނގެ އެހެން ހުރިހާ އެއްޗަކަށްވުރެ މަތިވެރިވެގެންވާ ކަން ދަންނަންޖެހޭނެއެވެ. ނަމާދުކުރަން ފެށުމުގެ ކުރީގައި ކުރަން މިއުޅެނީ ކޮންކަމެއްކަން ތިބާ އަށް އެނގެންޖެހޭނެއެވެ. ނަމާދުކުރާއިރުގައި ސައްހަ ނަމާދެއް ކުރުން ކޮންމެހެން ވާޖިބެވެ. ތިބާގެ ވަގުތުން ބައެއް ކަމަކަށް ހޭދަކުރަނީ ނަމަ ރަނގަޅު ކަމެއްގައި އެވަގުތެއް ހޭދަކުރުން ކޮންމެހެން ލާޒިމެވެ. ޒަކާތްދޭ ނަމައީ ވެސް އެކަން ކުރަންވާނީ އެކަން ކުރާން އޮތް ސައްހަވެގެންވާ މޮޅު ގޮތަށެވެ. ޖާހިލަކު އެހެންނާ މަގުއޮޅިގެން އުޅޭ މީހަކު ފެނުނަސް އެމީހަކަށް އެހީތެރިވެ އަދި އެމީހާގައި ކިބައިން ފައިދާ ލިބިގަންނަން ޖެހޭނެއެވެ. އެފަދަ މީހެއްގެ ކިބައިން ފައިދާ ލިބިގަންނާނީ ކިހިނަކުން ހެއްޔެވެ؟ އެމީހާއަށް އެހީތެރިވާށެވެ. އެއީ ސަދަގާތެކެވެ. އޭނާގެ ކުރިމަތީ ހިނިތުންވާށެވެ. އޭނާއަށް ކާމިޔާބު ދެއްވުމަށްއެދި މާތްރަސްކަލާނގެ ކިބައަށް ދުޢާދަންނަވާށެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ތިބާގެ އެކުވެރިޔާ ކުރިމަތީ ހިނިތުންވުމަކީ ޞަދަޤާތެކެވެ. ތިބާ ހެޔޮކަންކަމަށް އަމުރުކުރާ ކުރުމާއި ނުބައިކަންކަން ނަހީކުރާ ކުރުމަކީ ވެސް ސަދަޤާތެކެވެ. މަގު އޮޅިފައިވާ މީހާކަށް ތިބާ ބުނެދޭ ބުނެދުނުމީ ވެސް ސަދަޤާތެކެވެ. ލޮލުގެ ފެނުން ދަށް މީހާއަށް ތިބާގެ ލޮލުންވެދޭ އެހީތެރިކަމީ ސަދަޤާތެކެވެ. އޮށްގަލާއި ކަށިފަދަތަކެތި މަގުމަތިން ހޮވާ ސާފުކުރާ ކުރުމަކީ ވެސް ސަދަޤާތެކެވެ. ތިބާއަށް ފެންބާލިދީއެއް ލިބިފައިވާހާލު ތިބާގެ އެކުވެރިޔާ ހުސް ބާލިދީއަކާ އެކުގައި އައުމުން އޭނާގެ ބާލިދީއަށް ތިބާގެ ބާލިދީން ފެން ފޮދެއް އަޅައިދިނުމީ ވެސް ސަދަޤާތެކެވެ.”-ރަވާހުއްތިރުމިޛީ- މިއިން ކަމެއް ތިބާ ކޮށްފިނަމައީ އެންމެ ކަމަކުން އެ ލިބެނީ ނިކަން ގިނަގުނަވެގެންވާ ސަވާބެވެ. މަތިވެރިވެގެންވާ ދަރުމައެވެ. ﷲ ގެ މަގުގައި ކުރާ ކޮންމެ ކަމަކީ ވެސް އެކަމުން ތިބާއަށް މަންފާކުރާނޭ ކަންކަމެވެ. އެހެނީ އޭރަށް ﷲ ތަޢާލާއާ ބޮޑަށް ކުއްތަންވެވެއެވެ. ބުއްދިވެރިޔާ ބުންޏެވެ. އަހަރެމެން ބުނި ކަންކަން ތަކުރާރުކޮށްލަމާހެއްޔެވެ؟

ޒުވާނާ ކިޔަންފެށިއެވެ. ފުރިހަމައަށް މާފުކުރުމެވެ. ﷲ އަށްޓަކައި އެކަލާނގެ މަގުގައި ލޯބިވުމެވެ. ޝަރުތެއް ނެތި ދިނުމެވެ. ﷲ އަށް އީމާންވުމެވެ. ބުއްދިވެރިޔާ ބުންޏެވެ. އިހަށް މަޑުޖައްސާލާށެވެ. ﷲ އަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބައިކަން ތިބާއަށް އެނގޭހެއްޔެވެ؟ އާއެކެވެ. އެނގެއެވެ. އެންމެ ރަނގެޅެވެ. އީމާންވުމަކީ ކޮބައިހެއްޔެވެ؟ އެއީ ﷲ ވޮޑިގެންވާކަން ގަބޫލުކުރުމެވެ. ނޫނެކެވެ. ތިވަރަކުން އަދި ނުފުދޭނެއެވެ. ޒުވާނާ ބުންޏެވެ. އެހެންވީއިރު އީމާންވުމަކީ ކޮބައިހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. ފުރިހަމައަށް އީމާންވުމުގެ ތެރޭގައި  ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން އައި ކޮންމެ ކަމެއް ތެދުކުރުމާއި ކޮންމެ އުންމަތަކަށް ވެސް މާތްރަސްކަލާނގެ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވިކަމާއި ފޮތް ބާވާލެއްވިކަން ތެދުކުރަންޖެހޭނެއެވެ. އަހަރެންނާއެކުގައި ކިޔާށެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެ ހެކިކޮށް އަދި އިބަރަސްކަލާނގެ ޢަރުޝިފުޅު އުފުއްލަވާ މަލާއިކަތުންނާއި އެނޫންވެސް މަލާއިކަތުންނާއި އިބަރަސްކަލާނގެ ރަސޫލުންނާއި އިބަރަސްކަލާނގެ ހެއްދެވި އެންމެހާ މަޚްލޫޤެއް ހެކިކޮށް އީމާންވަމެވެ. އިބަރަސްކަލާނގެއީ ބައިވެރިޔަކު ނުވާ އެއްކައުވަންތަ ﷲ އެވެ. ފެށުމެއް ނެތި އިސްވެވޮޑިގެންވާ ނިމުމެއްނެތި ފަސްވެވޮޑިގެންވާ ފާޅާއި ސިއްރާއި އިހާއިފަހުގެ ވެރިރަސްކަލާނގެއެވެ. ދީލަތިވަންތަ މާތް ރަސްކަލާނގެއެވެ. ޖައްބާރުވަންތަ ގަދަފަދަ އަދި އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ.

ކިޔެމުންދިޔަ ތަކެތީގެ ފޮނި އިހުސާސުން ޒުވާނާއަށް ރޮވިއްޖެއެވެ. ބުއްދިވެރިޔާ ފުރިހަމަކުރަމުންދިޔައެވެ. ސުވަރުގެ އާއި ނަރަކަ ވާ ކަމާއި ޤިޔާމަތް ދުވަސް އަންނާނެކަމަށް އަޅުހެކިވަމެވެ. އަދި މަލާއިކަތްބޭކަލުންނަށް އީމާންވަމެވެ. ﷲ ގެ ޙަޟްރަތުން އައި އެންމެހާ ކަމަކަށް ތެދުހިތުން އިޤުރާރުވަމެވެ. ޙަޤީޤީ މުއުމިނަކަށްވާނީ މިކަންކަން ގަބޫލުކުރުމުންނެވެ. ޒުވާނާ ބުންޏެވެ. އަހަރެން ﷲ އަށް އީމާންވެއްޖައީމެވެ. ބުއްދިވެރިޔާ ބުންޏެވެ. މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާއަދި ނަބިއްޔާ ކަމަށް ވެސް އީމާންވާށެވެ.

މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ ކަމަށާއި ސުވަރުގެ އާއި ނަރަކަ ވާ ކަމާއި ޤިޔާމަތް ދުވަސް އަންނާނެކަމަށް  އަހަރެން ހެކިވެއްޖައީމެވެ. އަދި މަލާއިކަތްބޭކަލުންނަށާއި މާތް ރަސްކަލާނގެ ފޮނުއްވިހާ ރަސޫލުންނާއި ނަބިއްޔުންނަށާއި ބާވާލެއްވި ފޮތްތަކަށް އީމާންވެއްޖައީމެވެ. ބުއްދިވެރިޔާ ބުންޏެވެ. ކޮއި މިހާރު ﷲ އަށް އީމާންވެއްޖައީމުއެވެ. ﷲ ގެ ޙަޟްރަތުން ލިބުނު މޮޅު ހަތިޔާރުން ތިބާ ހަތިޔާރު އަޅައިފީމުއެވެ. ތިގޮތުގައި މީސްތަކުންގެ ތެރެއަށް ނުކުންނާށެވެ. ފުރިހަމައަށް މާފުކުރުމެވެ. ﷲ އަށްޓަކައި އެކަލާނގެ މަގުގައި ލޯބިވުމެވެ. ޝަރުތެއް ނެތި ދީއުޅުމެވެ. ﷲ އަށް އީމާންވުމެވެ. އެއަށްފަހު ބުއްދިވެރިޔާ މަޑުޖެހިލިއެވެ. ހިނިތުންވެލިއެވެ. ޒުވާނާ ބުންޏެވެ. ހީވާގޮތުން އަދިވެސް އިތުރަށް ކިތަންމެ ކަމެއް އެބަހުއްޓެވެ. ބުއްދިވެރިޔާ ބުންޏެވެ. އާއެކެވެ. މިކީ ހުރިހާ ކަމެއްވެސް ބޭނުމެވެ. ބޭނުންތެރިއެވެ. އެކަމަކު މިވަރަކުން އަދި ނުފުދޭނެއެވެ. ޒުވާނާ ބުންޏެވެ. ދެން އޮތް ކަމަކީ ކޮބައިހެއްޔެވެ؟

-ނުނިމޭ-

ޝައިޠާނާގެ މަޅިތަކުން ސަލާމަތްވުން
ޝައިޠާނަކީ އަހަރެމެން އިންސާނުން މަގު ފުރެއްދުމުގައި ޤިޔާމަތާ ހަމައަށް މަސައްކަތް ކުރާނެ އެއްޗެއްކަން ޤުރުއާނާ ހަދީޘުން ޘާބިތުވެއެވެ. އަހަރެމެން އިންސާނުންގެ ބައްޕަ ޢާދަމް އަލައިހިއްސަލާމުން ފެށިގެން އެންމެ ފަހު މީހާއާ ޖެހެންދެން ޝައިޠާނާގެ އުނދަގޫ ނުފޯރާނެ މީހަކު ނުވެއެވެ. ޝައިޠާނާގެ ކިބައިން ސަލާމަތް ވުމަށްޓަކައި ވިސްނުންތެރިކަމާއެކު ކުރިމަތި ނުލައިފިނަމަ މަގު ގެއްލިފައިވާ އަބާއްޖަވެރިންގެ ތެރޭގައި އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުމެ ވެދާނެއެވެ.

ޝައިޠާނާގެ ނުބައި ވަސްވާސް ވައްދަނީ ހަމައެކަނި ނުބައި ނުލަފާ މީހުންގެ ހިތު ތެރެއަކަށް ނޫނެވެ. ހަމައެކަނި އިސްލާމްދީން ގަބޫލުކޮށް އެދީނާ އެއްގޮތަށް ނޫޅޭ މީހުންގެ ހިތުތެރެއަކަށް ނުމެ ނޫންމެއެވެ. ޝައިޠާނާގެ ވިހަގަދަ ވަސްވާސްތައް ޞާލިޙު އަޅުވެރިންގެ ހިތްތަކަށްވެސް ފޯރައެވެ. މުއުމިނުންގެ ހިތްތަކާވެސް ކުޅެލައެވެ.

ޒިނޭ ކުރުން ފަދަ ފާހިޝް ޢަމަލުތައް ކުރުމަށް އާދަ ވެފައިތިބޭ މީހުންގެ ހިތްތަކަށް ޝައިޠާނާ ވައްދާނީ އެދުންވެރިކަމުގެ ހިޔާލުތަކެވެ. ޖިންސީ އަރާމު ހޯދުމުގެ ވިސްނުންތަކެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމީހަކު ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި އެފަދަ ފާހިޝް އަމަލުތަކަށް އަރައިގަނެއެވެ.

ޝައިޠާނާ ނުވަތަ އިސްލާމުން މަގު ފުރެއްދުމަށް މަސައްކަތް ކުރާ ފަރާތްތަކުން އެކި ޒަމާން ތަކުގައި ތަފާތު ގޮތްގޮތަށް ދަނީ މަސައްކަތް ކުރަމުންނެވެ. މުސްލިމުން މަގު ފުރެއްދުމަށްޓަކައި މިފަދަ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް އެކި ޒަމާންތަކުގައި ބަދަލު ކުރަމުންދެއެވެ. ނުބައި އަމަލުތައް ކުރުމަށް ވަސްވާސްދީގެން ޞާލިޙް އަޅުވެރިން ހައްލާލަން އުނދަގޫވުމުން މިއަދު އެމީހުންގެ މަސައްކަތްތައް ވަނީ ބަދަލުކޮށްފައެވެ. އާދެ، މިއަދު އިސްލާމީ އުއްމަތަށް ޝައިޠާނާގެ ކިބައިން ޖެހިފައިވާ ބަލިމަޑުކަމަކީ މުސްލިމުންގެ އެއްބައިވަންތަކަށް ނަގާލުމެވެ. ދާދި ކުޑަކުޑަ ކަމަކުންނެވެ. އެއީ ޝުބުހާ ތަކުންނެވެ. ޝައްކުންނާ އޮޅުވާލުމުގެ ތެރެއިންނެވެ.

ދީނުގައި ހިފަހައްޓައިގެން ﷲ އާއި އެއިލާހުގެ ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމްދެކެ އިންތިހާ އަށް ލޯބިވާ އަޅުންގެ ހިތްތަކުގައި ޝައްކާ ވަހުމް އުފެއްދުމަށް ޝައިޠާނާ މަސައްކަތް ކުރެއެވެ. އިސްލާމީ ފިގްހުގައި ހިމެނޭ ބައެއް ކަންކަމުގައި މީހުންގެ މެދުގައި ޝައްކު އުފައްދާ އުއްމަތް ބައިބައި ކޮށްލުމަށް މަސައްކަތް ކުރެއެވެ. ފަރްޟު އަޅުކަންތަކުގައި އެ އަޅުކަން ކުރުމުގައި ޝައިޠާނާ ވަސްވާސް ހިތުގެ ތެރެއަށް ވައްދައެވެ.

އިސްލާމީ އުއްމަތް ބައިބައި ކޮށްލުމަށްޓަކައި މިއަދު ގެންގުޅޭ އެންމެ ތޫނު ހަތިޔާރަކީ އިސްލާމީ ޢިލްމު ނުވަތަ ސުންނަތުގެ އަހުލުވެރިންގެ މެދުގައި ޝުބުހާތައް އުފެއްދުމެވެ. ދީން ދަސްކޮށްދިނުމުގެ ނަމުގައި ދީނުގެ އަދުއްވުން ތަފާތު ގޮތްގޮތަށް މިދީނުގެ ފިލާވަޅުތައް ނަގައިދެއެވެ. ޤުރުއާނާ ހަދީޘް ދަސްކޮށްދެނީ އެއިލްމު ލިބިފައި ނެތްބައެކެވެ. ނަތީޖާ އަކަށްވަނީ މިފަދަ ތަންތަނުން ނުވަތަ އެފަދަ އެދުރުން ކައިރިން އެދުރުވާ ކުދީންގެ ދީނީ އަގީދާގައި ނުސާފު އެތައްކަމެއް ހުރުމެވެ. ވަކިވެގަތުމުގެ ހިޔާލު ހުރުމެވެ. މީހުން ކާފަރު ކުރުމުގެ ވިސްނުން ހުރުމެވެ. ދީނީ އިލްމު ހޯދުމަށްޓަކައި މުޅި އުމުރު ހުސްކުރި އިމާމުންނާއި ބޮޑެތި މާތް ޢިލްމުވެރިންގެ ބަސް އަޑުނާހާކަމެވެ. މިދެންނެވި މަދަރުސާ ތަކުން އެދުރުވާ މީސްމީހުންވެސް މަސައްކަތް ކުރަނީ ދީނުގެ ނަމުގައެވެ. ދީނަށް ނަޞުރު ހޯދުމުގެ ނަމުގައެވެ. އެހެނަސް އެފަދަ މީސްމީހުންނަށް ނޭގި އެހަލާކު ކޮށްލެވެނީ މުސްލިމުންގެ ތެރޭގައި އޮންނަން ޖެހޭ އަމާންކަމާ އުޚުއްވަތްތެރިކަމާ އެކުވެރިކަމެވެ. އެބައިމީހުންނަށް ނޭގި ނަމަވެސް އެމީހުންގެ ހިތްތަކުގައި އެވަނީ ޝައިޠާނީ ވަސްވާސްތަކެވެ. އެޝައިޠާނާ އެމީހުންގެ ސިކުނޑި ތަކަށް ވައްދަނީ ފާހިޝް ކަންކަން ކުރުމުގެ ވަސްވާސްތަކެއް ނޫނެވެ. އެހެނަސް ދީނުގެ ކަންކަމާ މެދު ޝައްކު އުފެއްދުމުގެ ވިސްނުންތަކެވެ.

މޮޅުވާނެ ގޮތް (5)
ތަރުޖަމާ ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

ﷲ ގެ މަގުގައި ލޯބިވުން

ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ލޯބިވުން ކަލޭގެ މައްޗަށްވެއެވެ. ޒުވާނާ ބުންޏެވެ. އެހެންވީމާ އަހަރެން ކުރަންވީ ކީއްހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. ﷲ ގެ މަގުގައި މީސްތަކުން ދެކެ ލޯބިވާންވީއެވެ. މީހެއްގެ ގާތުގައި “އަހަރެން ﷲ ގެ މަގުގައި ކަލޭ ދެކެ ލޯބިވަމޭ” ކޮއި ބުނާއިރު އެބުނެވެނީ ކިހާ ރީތި ޢިބާރާތެއްހެއްޔެވެ؟ ﷲ ތަޢާލާވަނީ އެކަލާނގެ މަގުގައި ލޯބިވެ އުޅޭމީހުންނަށް އެކަލާނގެ ލޯބިވެވޮޑިގަތުން ދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައެވެ.

މުޢާޛު ބިން ޖަބަލް ރަޟިޔަ ﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވި އަޑު އެއްސެވީމެވެ. ﷲ ތަޢާލާ އެންގެވިއެވެ. ތިމަންރަސްކަލާނގެ އަށްޓަކައި ލޯބިވެއުޅޭ މީހުންނަށާއި ތިމަންރަސްކަލާނގެއަށްޓަކައި ޖަލްސާކުރާ މީހުންނަށާއި ތިމަން ރަސްކަލާނގެއަށްޓަކައި އެކަކު އަނެކަކަށް ޒިޔާރަތްކޮށްއުޅޭ މީހުންނަށާއި ތިމަންރަސްކަލާނގެއަށްޓަކައި ހަދިޔާބަދަލުކޮށްއުޅޭ މީހުންނަށް ތިމަންރަސްކަލާނގެ ލޯބިވެވޮޑިގެންނެވުން ވާޖިބުވެއްޖެއެވެ.

މީހަކު އެހެން މީހަކާ ދިމާއަށް ނުވަތަ އަނބިމީހާ ފިރިމީހާއާ ދިމާއަށް ނުވަތަ ފިރިމީހާ އަނބިމީހާއާ ދިމާއަށް އެހެން އެއްވެސް ފަރާތަކަށް ވުރެ ބޮޑަށް ތިމަންނާ ކަލާ ދެކެ ލޯބިވެޔޭ ބުނާއިރުގައި އެހެން އެބުނަނީ މާތް ﷲ ހަނދުމަނެތިކޮށްލާފައެވެ. އޭގެ ނަތީޖާއަކަށްވާނީ ﷲ ތަޢާލާ އެބައިމީހުންގެ ކިބައިން ހުށަހޮޅިވޮޑިގެންނެވުމެވެ. ދެން އެ ދެމެދުގައި މައްސަލަތައް ޖެހޭގޮތްވެ ދެމީހުން ވަކިވާންޖެހިދާނެއެވެ. އެމީހުންގެ ހަޔާތް ދަތިވެ އުނދަގޫވެދާނެއެވެ. އެހެނީ ލޯބި އޮންނަން ޖެހޭނީ ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައެވެ. ފިރިމީހާ ހަމަ ކޮންމެހެންވެސް އަނބިމީހާއާ ދިމާއަށް އަހަރެން ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ކަލާ ދެކެ ލޯބިވަމޭ ބުނަންޖެހޭނެއެވެ. އަނބިމީހާ ވެސް ހަމަ އެފަދައިން ފިރިމީހާއާ މުޚާތަބުކޮށް ބުނަންޖެހޭނެއެވެ. އަހަރެން ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ކަލާ ދެކެ ލޯބިވަމެވެ. އެކަލާނގެ ތިބާ މެދުވެރިކުރައްވާ އަހަރެންނާ މެދު އޯގާތެރިވެވޮޑިގެންނެވިއެވެ. އެކަލާނގެ ދެއްވި މި ބޮޑު ނިޢުމަތަށްޓަކައި އަހަރެން ޝުކުރުވެރިވަމެވެ.

އެއަށްފަހު ބުއްދިވެރިޔާ ޒުވާނާއަށް ބަލާލިއެވެ. އޭ ޒުވާނާއެވެ. ޙަޤީޤީ ލޯތްބަކީ މިއީއެވެ. ޒުވާނާ ބުންޏެވެ. އަދި މަށަށްވެސް މިއިނދެވުނީ ބުއްދިވެރިޔާދެކެ ﷲ ގެ މަގުގައި ލޯބިވަމޭ ނުބުނެވިއެވެ. ބުއްދިވެރިޔާ ހިނިތުންވެލިއެވެ. އަހަރެންވެސް ﷲ ގެ މަގުގައި ކޮއިފުޅުދެކެ ލޯބިވަމެވެ.

މިހިސާބުން ޒުވާނާއަށް ހަމަ އަސްލަށް ވެސް ލޯބީގެ އިހުސާސްކުރެވިއްޖެއެވެ.  ޙަޤީޤީ ލޯބީގެ އިހުސާސެވެ. ﷲއަށްޓަކައި ވެވޭ ރީތި ލޯތްބެވެ. ސާފު ހިތްހަމަޖެހުމެވެ. ދެފުށުގެ ސަލާމަތްތެރިކަމެވެ. އެތެރެޔާއި ބޭރުގެ އަމާންކަމެވެ. ޙަޤީޤީ ލޯތްބެވެ. ﷲއަށްޓަކައި ވެވޭ ލޯތްބެވެ.

ޒުވާނާ ބުއްދިވެރިޔާއަށް ބަލާލިއެވެ. އަހަރެން ކިތަންމެ ވަރަކަށް ޝުކުރުއަދާކުރިޔަސް ތިޔަ ދޭ މަޢުލޫމާތަށް ޙައްޤު ޝުކުރު ބުއްދިވެރިޔާއަށް އަދާކޮށްދޭނެ ގޮތެއް ވެސް ނޭނގެއެވެ.

ބުއްދިވެރިޔާ ބުންޏެވެ. މި ބާރުތައް ކޮއި ބޭނުންކުރަންވާނީ ﷲ އަށްޓަކައެވެ. އެހެނީ ﷲ ތަޢާލާ އަހަރެން ލެއްވީ ކޮއި މޮޅުވުމުގެ މަގަށް ވާސިލުކޮށްދޭނެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައެވެ. ޙަޤީޤަތުގައި އެއީ ﷲ ގެ މަގަށް ވާސިލުކޮށްދޭނޭ ގޮތެވެ. ކޮއި މިހާރު އެ މަގުން ހިނގަން ފަށައިފީމެވެ. ހަނދާންކުރާށެވެ. އެންމެ ފުރަތަމަ ފިޔަވަޅަކީ ﷲ އާއި ގުޅިފައިވުމެވެ. ޒުވާނާ އަވަސްވެ ޖަވާބު ދިނެވެ. އެމަރުހަލާގައި އެންމެ ފުރަތަމަ ކަމަކީ ފުރިހަމައަށް މާފުކުރުން ކަމާއި ދެވަނަ ކަމަކީ ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ލޯބިވުން ކަން ވެސް ދަސްކޮށްފީމެވެ. އޭގެ ފަހުގައި އޮތީ ކޮން ކަމެއްހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. ޝަރުތެއް ނެތި ދީއުޅުމެވެ.

ޝަރުތެއް ނެތި ދިނުން

މި މަރުހަލާގައި ތިންވަނައަށް ކޮއި ދަސްކުރަންވީ ކަމަކީ ޝަރުތެއް ނެތި ދިނުމެވެ. އަހަރެން އޭނާއަށް މިވެނި އެއްޗެއް، މީނާ އަށް އެވެނި އެއްޗެއް ދިނީމެވެ. އެކަމަކު އެމީހުން އަހަރެންނަކަށް އެއްވެސް އެއްޗެއް ނުދެއެވެ. މިހެން ނުބުނާށެވެ. އަހަރެން އަބަދުވެސް އަހަރެންގެ އެކުވެރިންނަށް އަވަށްޓެރީންނަށް އެއްޗެހި ދީ އުޅެމެވެ. އެކަމަކު އެއިން މީހަކު ދުވަހަކު ވެސް އަހަންނަކަށް އެއްޗެއް ނުދެއެވެ. މިހެން ނުބުނާށެވެ. އަބަދުވެސް ހަނދާންކުރާށެވެ. ކޮއި އެހެން މީހުންނަށް ދޭ އުޅޭ ނަމައީ ﷲ ތަޢާލާ ތިބާއާ މެދު ގަބޫލުވެވޮޑިގަންނަވައެވެ. އެކަމަކު އެ ގޮތަށް ކަލަ ގޮވަނީ ނަމަ އެ ގަބޫލުވެވޮޑިގަތުން ނެތިގެންދާނެއެވެ. އަދި އެހެން ގޮތެއް މެދުވެރިކުރައްވާ ﷲ ތަޢާލާ އެމީހުންނަށް ލިބެންޖެހޭ އެއްޗެހި ދެއްވާނެއެވެ. އެހެންވީމާ ތިބާ ޝަކުވާކުރަނީ ނަމަ މީހުންނަށް ދީއުޅުމުގެ މީރުކަން އިހުސާސެއް ނުކުރެވޭނެއެވެ. މިއީ ﷲ ތަޢާލާއާ ގުޅިފައިވުމަށްޓަކައި ކުރަންޖެހޭ ތިންވަނަ ކަންތަކެވެ. އެއީ ﷲ އަށްޓަކައި މީހުންނަށް ދިނުމެވެ. މީސްތަކުންނަށްޓަކައި ދޭ ދިނުން ދޫކޮށްލުމެވެ. އަދި ﷲ ތަޢާލާ ތިބާއީ މީހުންނަށް އެއްޗެހި ލިބުމުގެ ވަސީލަތެއް ކަމުގައި ލެއްވިކަން ދަތުމެވެ.  ﷲ ތަޢާލާ ތިބާއީ ދީލަތި އިހުސާންތެރި މީހަކު ކަމުގައި ލެއްވެވި ކަމެވެ. އެކަލާނގެ ކޮޔަށް ރިވެތި ސިފަތަކުގެ ތެރެއިން ސިފައެއް ދެއްވިއެވެ. އިހުސާންތެރިން ދެކެ އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.

ﷲ އާ ގުޅިފައިވުމަށްޓަކައި ބޭނުންވާ މައިގަނޑު އަސާސީ ތިން ކަންތައް މިހާރު އަހަރެމެންނަށް ދެނެގަނެވުނީއެވެ. އެއީ ފުރިހަމައަށް މާފުކުރުމެވެ. އަދި ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ލޯބިވުމެވެ. އަދި ޝަރުތަކާ ނުލައި ދިނުމެވެ.

ޒުވާނާ ދެލޯ ބޮޑުކޮށްލާ ބުއްދިވެރިޔާގެ ލޮލަށް ނަޒަރެއް އެއްލަމުން ބުނެލިއެވެ. ތި ދައްކަނީ ވަރަށް ރީތި ވާހަކަތަކެކެވެ. ތި ވާހަކަތަކުގެ މީރުކަމާއި ރީތިކަން އަހަރެންނަށް އިހުސާސްކުރެވެއެވެ. އަދި މާތްރަސްކަލާނގެއާ އިތުރަށް ގާތްކޮށްދޭނޭ ބާރެއް އަހަރެންގެ ރޫހުގައި އަށަގެންފިއެވެ. މޮޅުވުމުގެ މަގުން ހިނގަން ފެށިއްޖެކަން ޔަގީންވާން ފަށައިފިއެވެ. ބުއްދިވެރިޔާ ހިނިތުންވަމުން ޒުވާނާގެ ކޮޑުގައި ފިރުމާލަމުން ބުނެލިއެވެ. އެކަމަކު އަދި ނުނިމެއެވެ. ޒުވާނާ ބުންޏެވެ. އެކަމަކު މަ މިހުރީ މިހާރު މޮޅުވެފައެވެ. ބުއްދިވެރިޔާ ވަގުތުން ބުންޏެވެ. ނޫނެކެވެ. ޒުވާނާ ބުންޏެވެ. ފުރިހަމައަށް މާފުކުރުމާއި ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ލޯބިވުމާއި ޝަރުތަކާ ނުލައި ދީއުޅެން ދަސްވުމަށް ފަހުގައި ދެން އިތުރަށް ކޮން ކަމެއްހެއްޔެވެ؟

ބުއްދިވެރިޔާ ޖަވާބުދިނެވެ. އަދި ﷲ އަށް އީމާންވުން ވެސް އެބައޮތެވެ.

ﷲ އަށް އީމާންވުން

ވަގުތުން ޒުވާނާ ބުންޏެވެ. އަހަރެން ﷲ އަށް އީމާންވަމެވެ. ބުއްދިވެރިޔާ ބުންޏެވެ. ތިބާއީ މުއުމިނެއްކަން ހަނދާންކުރާށެވެ. އީމާންކަމުގެ ޢަލާމާތްތަކުގެ ތެރޭގައި އީމާންކަމުގެ މީރުކަން އިހުސާސްވުން ހިމެނިގެންވެއެވެ. އީމާންކަމުގެ މީރުކަން އިހުސާސްވުމުގެ ތެރޭގައި ތިބާގެ ނަފުސަށާއި ސިއްހަތަށް އަދި އެންމެހާ މީސްތަކުންނަށާއި އެބައިމީހުންގެ ޢަބުރާއި މުދަލަށް އަމާންކަން ދިނުން ހިމެނިގެންވެއެވެ. މުއުމިނުން ވައްކަމެއް ނުކުރާނެއެވެ. ދޮގެއް މަކަރެއް ޔަހޫއްޖެއް ނުމެހަދާނެއެވެ. މުއުމިނުންގެ އަޚުލާޤު ރިވެތިވެފައި ސާފުވާނެއެވެ. ﷲ ގެ ޙަޟްރަތާއި ތިބާގެ ނަފުސާއި ފުރިހަމައަށް ގުޅުވާލެވިއްޖެ ކަމުގައިވާ ނަމަ ތިބާއަށް އީމާންވެވެއެވެ. އެއީމާންކަން އަދި އިތުރަށް ﷲ އާއި ތިބާ ގާތްކޮށްދެއެވެ. މުއުމިނުން އެހެން މީހުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވާނެއެވެ. އޭޒުވާނާއެވެ. ބުނެދީބަލާށެވެ. ތިބާއީ މުއުމިނަކީމުހެއްޔެވެ؟ އާއެކެވެ. އަހަންނަކީ މުއުމިނެކެވެ. އެކަމަކު ތިޔަ ބުނާ ގޮތަކަށް ނޫނެވެ. މީހުންގެ މުދަލުން ވައްކަން ކުރާ މުއުމިނެއް ވެސް ހުރުމަކީ ހަމައެކަށީގެންވާ ކަމެކެވެ. އޭނާ ނަމާދުކޮށް ރޯދަހިފާވެސް އުޅެދާނެއެވެ. ބުއްދިވެރިޔާ ތިޔަ ދަސްކޮށްދިނީ ވަރަށް މުހިންމު ކަމެކެވެ. ބޭރުފުށުން މީސްތަކުންނާ މެދު ރަނގަޅަށް މުޢާމަލާތުކޮށް ނަމާދުކޮށް ރޯދަހިފާ އެކަމަކު ވައްކަންކޮށް ޚިޔާނާތްތެރިވާ މީހުންނަކީ އުޅޭ ބައެކެވެ. ޙަގީގަތުގައި އެމީހުންގެ ކިބައިގައި މުނާފިގުންގެ ސިފަތަކުގެ ތެރެއިން ސިފައެއްް ހުންނަނީއެވެ. އަޅުންގެ މެދުގައި ރިޒްޤުތައް ބައްސަވަނީ ﷲއެވެ. ކޮންމެ ފާފައެއް ވެސް އެކަލާނގެ ފުއްސަވައެވެ. އެކަމަކު މީހެއްގެ ހައްގަކަށް އަރައިގަތް ނަމަ އެ ހައްގުގެވެރިޔާގެ ކިބައިން މާފަށް އެދި ހިތްހަލާލު ހޯދަންޖެހެއެވެ. އަދި މޮޅުވާނެ ގޮތް ހާސިލުކުރަން އެދެނީ ނަމަ ﷲ ގެ މަގަށް  ވާސިލުވާން ބޭނުން ނަމަ ޙައްޤަށް ތަބާވާންޖެހެއެވެ. ﷲ ތަޢާލާއީ އެންމެ ދީލަތި އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. އެއްވެސް ބާވަތެއްގެ އަނިޔާއަކަށް އެއްވެސް ހާލެއްގައި އެކަލާނގެ ރުހިވޮޑިނުގަންނަވައެވެ. އިމާމްމުސްލިމް ރިވާކުރައްވާފައިވާ ޙަދީޘްގައި ވާފަދައިންނެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. ﷲ ތަޢާލާ އެންގެވިއެވެ. “ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ! އަނިޔާވެރިވުން ތިމަންރަސްކަލާނގެ އަމިއްލަ ޒާތުފުޅުގެ މައްޗަށް ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ހަރާންކުރައްވައިފީމެވެ. އަދި އެއީ ތިޔަބައިމީހުންގެ މެދުގައި ވެސް ހަރާންކަމެއް ކަމުގައި ކަނޑައަޅުއްވައިފީމެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ނުވާށެވެ.”

ތިބާ މޮޅުވުމުގެ މަގުގައި ހުރިހާ ހިނދެއްގައި މީސްތަކުންގެ ހައްގުތައް އެމީހުންނަށް އަދާކޮށްދޭންޖެހޭނެއެވެ. އެއީ ޝަރުތެއް ނެތި ދިނުމުގެ ތެރޭން ހިމެނިގެންވާ ކަމެކެވެ. އަދި މީސްތަކުންގެ ސިއްރުތަކަށް ރައްކާތެރިވާންޖެހޭނެއެވެ. ޣީބަބުނުމާއި ދެބައޮޑުވުމުން ދުރުވެގަންނަންޖެހޭނެއެވެ. އެކަންކަން ހިމެނިގެންވަނީ ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ލޯބިވުމާއި ޝަރުތެއް ނެތި ދިނުމާއި މި ދެ އަސާސުގެ ތެރޭގައިވެސްމެއެވެ. އެވާހަކަތައް އަދި ތަންކޮޅެއް ތަފުސީލާއި އެކުގައި ފަހުން ދައްކާނަމެވެ.

އަހަރެމެން އަދި ވެސް މި ދައްކަނީ ﷲ އާއި ގުޅިފައިވުމުގެ ވާހަކައެވެ. ފުރިހަމައަށް މާފުކުރުމާއި ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ލޯބިވުމާއި ޝަރުތެއް ނެތި ދިނުމާއި އީމާންވުމުގެ ވާހަކައެވެ. އީމާންވުމުގެ ސަބަބުން ވަރަށް މުހިންމު ހިސާބަކަށް ތިބާގެ ގެންގޮސްދޭނެއެވެ. ޒުވާނާ ބުންޏެވެ. އެއީ ކޮން ހިސާބެއް ބާވައެވެ؟ އަހަރެންނަށް ކުރިން ނުލިބޭ ހަމަޖެހުމެއް އިހުސާސްކުރެވެމުން މިހާރު މިދާ ސަބަބަކީ ފަހެ ކޮބައިބާވައެވެ؟ މިހާރު މިހުރެވެނީ މޮޅުވުމުގެ މަގުގައި ކަން އަހަރެންނަށް ޔަގީންކުރެވެއެވެ.

ބުއްދިވެރިޔާ ބުންޏެވެ. އެހެންވެސް ބައެއް މީހުން ކަންތައް ކުރާ ފަދައިން މީގެ ކުރީގައި ތިބާ ބަރޯސާވެގެންހުރީ ސަބަބުތަކުގެ މައްޗަށެވެ.  ކާމިޔާބާއި ހަމައަށް ވާސިލުކޮށްދޭ އަސްލު އަސާސްތަކާ މެދު ސަމާލުވުމެއް ނެތިއެވެ. އޭގެ ފެށުން އަންނަނީ ﷲ ގެ ޙަޟްރަތުންނެވެ. އަހަރެން އަދި ވެސް އެއްފަހަރު ތިބާގެ ހަނދާނުގައި ހަރުލެއްވުމަށްޓަކައި ތަކުރާރުކޮށްލަންބޭނުމެވެ. އެންމެ ފުރަތަމަ ކަމަކީ ކޮބައިހެއްޔެވެ؟ ފުރިހަމައަށް މާފުކުރުމެވެ. އޭގެ ފަހުގައި ކޮން ކަމެއްހެއްޔެވެ؟ ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ލޯބިވުމެވެ. އޭގެ ފަހުގައި؟ ޝަރުތެއް ނެތި ދީއުޅުމެވެ. މާނައަކީ ތިބާ މީހުނަންނަށް ދިނުމާއެކު އެހެން މީހުން ނުދިނަސް އެކަމާ ޝަކުވާ ނުކުރުމެވެ. އޭގެ ފަހުގައި؟ ﷲ އަށް އީމާންވުމެވެ. އަދި އަހަރެންނާ އެކުގައި ވާ އެންމެހާ މީސްތަކުންނަށް އަމާންކަމާއި ސަލާމަތްތެރިކަންދިނުމެވެ. މީސްތަކުންގެ މައްޗަށް ރައްކާތެރިވުމެވެ. އެމީހުންގެ ސިއްރުތަކާއި މުދަލަށް ހުރުމަތްތެރިކޮށްހިތުމެވެ. އަދި އަހަރެންގެ ވިޔަފާރީގައި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ދަސްކޮށްދެއްވި ފަދައިން މަސައްކަތްކުރުމެވެ. އެކަލޭގެފާނަކީ ތެދުވެރި އަމާނާތްތެރިޔާއެވެ. ﷲ ގެ އިރާދަފުޅާއެކު ތެދުވެރި އަމާނާތްތެރިއަކަށް އަހެރެން ވާނަމެވެ.

ބުއްދިވެރިޔާ ބުންޏެވެ. މިހާރު ތިބާއަށް ކުރިއަށް ތިޔަ ދެވެނީ މޮޅުވުމުގެ މަގުގައެވެ. ﷲ އާއި ގުޅިފައިވުމަށްޓަކައި އެކަލާނގެއަށް އީމާންވާ ހިސާބުން ތިބާއަށް އިހުސާސްވުމެއް ނެތި ނުވަތަ އެއްވެސް ބުރައެއް ތަހައްމަލުކުރުމަކާ ނުލައި ވެސް އެކަލާނގެއަށް ކިޔަމަންގަތުމުގެ މަރުހަލާއަށް އާދެވޭނެއެވެ.

-ނުނިމޭ-

މޮޅުވާނެ ގޮތް (4)
ތަރުޖަމާ: ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

ބުއްދިވެރިޔާ ބުންޏެވެ. އެހެންވެސް ގިނަ މީހުންނަށް ކުރެވޭ ކުށް ކޮޔަށް ވެސް ކުރެވުނީއެވެ. މޮޅުވުމުގެ މަގުގައި ތިބާ ހިނގާފައި ދިޔައީ މޮޅުވުމުގެ މަގަށް ވާސިލުކޮށްދޭނެ އަސްލުތައް ނޭނގިހުރެއެވެ. ކޮއި އަހަރެންގެ ގާތުން އެދުނީ މޮޅުވުމުގެ މަގުދައްކައިދިނުމަށެވެ. އަހަރެން ކޮޔަށް މޮޅުވުމުގެ މަގު ދައްކައިދިނީމެވެ. ތިބާ ބޭނުންވީ މޮޅުމީހަކަށް ވާށެވެ. ކޮއި ބޭނުންވަނީ ކޮން ކަމެއްތޯ އަހަރެން ސުވާލުކުރީމެވެ. ތިމަންނަ ބޭނުންވަނީ އިލެކްޓުރޯނިކް ކުންފުންޏެއް މިލްކުކުރުމަށް ކަމުގައި ތިބާ ބުނީމުއެވެ. އަސްލުގައި އެއީ މޮޅުވުމުގެ މަގެއް ނޫނެވެ. އެއީ އެކަމެއް ނިމުމުން އެންމެ ފަހުގެ ލަނޑުދަނޑިއަށް ވާސިލުވެވޭނޭ މަގެވެ. ތިބާ ހަގީގަތުގައި ވެސް ފެށީމުއެވެ. އަދި ހުރިހާ ލަނޑުދަނޑިއެއް ކަޑައްތުކޮށް އަމާޒަށް ވާސިލުވީމުއެވެ. އެހެންވިއްޔާ ކުންފުނި ބަނގުރޫޓުވީހިނދު ތިބާއަށް ތިބާގެ އަމިއްލަ ނަފުސުގެ މައްޗަށް ޙުކުމްކުރެވުނު ހެއްޔެވެ؟ ޒުވާނާ ބުންޏެވެ. ނޫނެކެވެ. އެހެންވީއިރު ތިބާއަށް އެދަނޑިވަޅުގައި ނަފުސުގެ ހަމަޖެހުން ރަނގަޅަށް ލިބުނުހެއްޔެވެ؟ ނޫނެކެވެ.

ތިބާ އުނގެނުނު ބަސްތަކާ މެދު އަމިއްލަ ނަފުސު ދުށީ ކިހިނަކުންހެއްޔެވެ؟ ގޯސްކޮންނެވެ.

ބުއްދިވެރިޔާ ބުންޏެވެ. އެހެންވީމާ ކޮއި އުނގެނި ދަސްކުރި އެއްޗެހި ތި ބޭނުންކުރީ އަމިއްލަ ނަފުސާއި އިނދިކޮޅަށެވެ. ސަބަބުތަކާ ހުރެ ފިތުނަވެރިވެއްޖެ މީހާ އެސަބަބުތަކާ ހުރެ ހަލާކުވަނީ އެހެންވެއެވެ. އެއަށްފަހު އޭނާ އޭނާގެ މާހައުލަށް ބަލަނީ ރުޅިވެރިކަމާއި އަޅާކިޔުމުގެ ލޮލުންނެވެ. މަލާމާތާއި ޝައްކުގެ ނަޒަރުންނެވެ. ﷲ ގެ ބަސްފުޅު ހަނދާން ނައްތާފައެވެ. “އެއްވެސް ބަޔަކު އެބައިމީހުން އަމިއްލައަށް އެބައިމީހުންގެ ހާލަތު ބަދަލުކޮށްފުމަށް ދާންދެން ހަމަކަށަވަރުން ﷲ އެބައިމީހުން ބަދަލުނުކުރައްވާނެއެވެ.” ސޫރަތުއްރަޢުދު 11. މި އާޔަތް ހަނދާން ނެތުމުން އަހަރެމެން އަމިއްލައަށް އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލާލައެވެ. މީސްތަކުން ކުރެ ގިނަ މީހުން ކުރާ ކުށަކީ ކޮއި ވެސް ތިޔަ ކުރި ކުށެވެ. ސަބަބުތަކުގައި ހިފުމަށްފަހު ސަބަބުތަކުގެ ވެރި މާތްރަސްކަލާނގެ މަތީން ހަނދާން ނައްތާލައެވެ.

ދަރިފުޅާއެވެ! އަލުން ފެށުމަށް އަވަސްވެގަންނާށެވެ. މުޅިއަކުން އަލަކަށް ވެސް ނޫނެވެ. އެހެނީ ތިބާ ވަނީ ސަބަބުތަކުގައި ހިފާފައެވެ. އެ ސަބަބުތައް އަދިވެސް ފިލާނުގޮސް އެބަހުއްޓެވެ. އެކަމަކު ވަރަށް މުހިންމު ކަމެއްގެ މަތީން ކޮޔަށް ހަނދާންނެތުނީއެވެ.

ކާމިޔާބުވުމަށްޓަކައި ހަމަކޮންމެހެންވެސް ނާކާމިޔާބުވާންޖެހެއެވެ. ނާކާމިޔާބަކީ ކާމިޔާބުގެ ފެށުމެވެ. ވަރުބަލިކަމަކީ އަރާމުގެ ފެށުމެވެ. ދުވާލުގެ ފެށުމަކީ ރޭގަނޑުކަމުގައި ވީ ފަދައިންނެވެ. އެހެންވެ ތިބާއަށް އެއްވެސް އެއްޗެއްގެ ފުރިހަމަ ރަހަ އޭގެ އިދިކޮޅު ރަހަ ލިބުމަކާއި ނުލައި އިހުސާސެއް ނުކުރެވޭނެއެވެ.

ޒުވާނާ މިހާ ހިސާބުން ސުވާލުކުރިއެވެ. އެހެންވީމާ އަހަރެން ކުރަންވީކީއްހެއްޔެވެ؟ ފަށަންވީ ކިހިނެއްހެއްޔެވެ؟ ދާންވީ ކޮންތާކަށް ހެއްޔެވެ؟ އަހަންނަށް މިހާރު ސަބަބުތައް އެނގެއެވެ. އެ ސަބަބުތަކުގައި ހިފޭނެ ގޮތްވެސް އެނގެއެވެ. އަދި ރާވާ ތަންފީޒުކުރަންވެސް އެނގެއެވެ. އަމާޒުކަނޑައަޅާނެ ގޮތް ވެސް އެނގެއެވެ. އަދި ސާބިތުވާންވީ ގޮތާއި ނުވާންވީ ގޮތް ވެސް އެނގެއެވެ. އަދި އަމާޒަށް ވާސިލުވުމުގައި ދެމިހުންނަ ގޮތާއި އެނޫންވެސް ސަބަބުތައް އެނގެއެވެ. އެހެންވީމާ ދެން މިހާރު އަހަރެން ކުރަންވީ ކޮން ކަމެއްހެއްޔެވެ؟

ބުއްދިވެރިޔާ ހިނިތުންވެލިއެވެ. އެންމެ ފަހުން މިހާރު ތިޔަ ކުރީ އަސްލުކުރަންވީ ސުވާލެވެ. އެއީ މޮޅުމީހަކަށް ވުމުގެ މަގުގެ އެންމެ ފުރަތަމަ ފިޔަވަޅެވެ. މޮޅުވުމުގެ އަސާސްތަކުގައި ހިފުމެވެ. މޮޅުވުމުގެ ފުރަތަމަ އަސާސަކީ ﷲ އާއި ގުޅިފައިވުމެވެ.

އެ ގުޅުމަކީ އެތަކެއް ޖަވާހިރަކުން ގަތާލެވިފައިވާ އަބާރަނަކޮޅެކެވެ. އެންމެ ފުރަތަމަ ޖަވާހިރަކީ މާފުކުރުމުގެ މާތް ސިފައެވެ.

މާފުކުރުން:

އެންމެހާ މީސްތަކުންނަށް މާފުކުރުމެވެ. އެނޫނީ ތިބާގެ ހިތާއި މޭ ފުރިބާރުވެފައި ހުންނާނީ ރުޅިޔާއި ހަސަދައެވެ. ޝައްކާއި ވަހުމެވެ. އޭރުން ތިބާގެ ނަފުސު އުފުލަމުން އެދަނީ އެއްވެސް ބޭނުމެއް ނެތް ގެއްލުންދެނިވި ބުރައެކެވެ.

ޒުވާނާ ބުންޏެވެ. މާފުކުރާނީ ކިހިނެއްހެއްޔެވެ؟ އެއްވެސް ސަބަބަކާ ނުލައި ބައްޕަ އަހަރެންގެ ގައިގައި ތަޅާފައި އެބަހުއްޓެވެ. މަންމަ އަބަދާ އަބަދު އަހަރެންނާ ދިމާއަށް އެއްޗެހި ގޮވާ އަޑުލައި ހަދާފައިވެއެވެ. ބޭބެމެން ދައްތަމެންނާއި ކޮއްކޮމެން އަހަރެންނަށް އެތަކެއް އުނދަގޫތައް ކޮށްފައިވެއެވެ. އެމީހުންނަށް މާފުކުރާނީ ކިހިނެއްހެއްޔެވެ؟

ބުއްދިވެރިޔާ ބުންޏެވެ. ތިވާހަކަތައް ތިހެން ދައްކާއިރު  ކުރެވެނީ ކޮންކަހަލަ އިހުސާސެއްހެއްޔެވެ؟ ޒުވާނާ ބުންޏެވެ. ނުރަނގަޅު އިހުސާސެކެވެ. ބުއްދިވެރިޔާ ސުވާލުކުރިއެވެ. މޮޅު މީހަކަށް ވެވޭނެ ގޮތަކީ ތިޔައީހެއްޔެވެ؟ ޒުވާނާ ހިމޭންވެލިއެވެ. އަދި ބުންޏެވެ. އެމީހުން އަހަރެންނަށް އެކުރި ހުރިހާ އަނިޔާއަކާ އެކުވެސް އެމީހުންނަށް މާފުކުރުމަކީ ހަމަ ކޮންމެހެން ބޭނުން ކަމެއް ކަމެއްހެޔެވެ؟

ބުއްދިވެރިޔާ ބުންޏެވެ. ދަރިފުޅާއެވެ. މާފުކުރުމަކީ ބާރުގަދަ މީހުންގެ ސިފައެކެވެ. މާފުކުރަންޖެހޭނީ ﷲ އަށްޓަކައެވެ. މީސްތަކުންނަށްޓަކައެއް ނޫނެވެ. އެކަންވަނީ ތިބާއާއި ﷲ ތަޢާލާއާއި ދެމެދުގައެވެ.

ތިބާ ނަމާދުކޮށް، ﷲ ތަޢާލާއަށް ދުޢާ ދަންނަވަމުއެވެ. ޢަފޫކޮށްދެއްވުމަށް އެދިއެވެ. ތިބާއަށް ކުށްކުރެވެއެވެ. ފާފަ ކުރެވެއެވެ. އަހަރެމެން އެންމެންނަށް ވެސް ނުހަނު ގިނައިން ކުށް ކުރެވި ފާފަތަކަށް އަރައިގަނެވެއެވެ. އެކަމަކު ވެސް ފުއްސަވައިތޯ ޢަފޫކޮށްދެއްވައިތޯ ﷲ ތަޢާލާއަށް ދަންވަމެވެ. އަނަސް ބިން މާލިކް ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވި އަޑު އެއްސެވީމެވެ. ﷲ ތަޢާލާ އެންގެވިއެވެ. “އޭ އާދަމުގެ ދަރިޔާއެވެ. ހަމަކަށަވަރުން އިބަ އަޅާ ތިމަންރަސްކަލާނގެ ޙަޟްރަތަށް އުންމީދުކޮށް ދަންނަވައިފި ނަމަ އިބަގެ ފާފަތައް އެއްވެސް ފަސްޖެހިވޮޑިގަތުމަކާ ނުލައި ތިމަންރަސްކަލާނގެ ފުއްސަވަމެވެ. އޭ އާދަމުގެ ދަރިޔާއެވެ. އިބަގެ ފާފަތައް އުޑުގެ ވިލާތަކާ ހަމައަށް ފޯރުމުން ދެން ފުއްސެވުމަށް އެދި ތިމަންރަސްކަލާނގެއަށް ދެންނެވިއަސް އެއްވެސް ފަސްޖެހިވޮޑިގަތުމެއް ނެތި އިބައަށް ފުއްސަވައިދެއްވަމެވެ. އޭ އާދަމުގެ ދަރިޔާއެވެ. ބިންގަނޑު ފުރޭހާ ފާފަޔާއި އެކުގައި ތިމަންރަސްކަލާނގެ ޙަޟްރަތަށް އިބަ އައިސް ތިމަންރަސްކަލާނގެއާ ބައްދަލުކުރީ ތިމަންރަސްކަލާނގެއަށް ޝަރީކުކުރުމެއް ނުވާ ހާލުކަމުގައި ވަނީ ނަމަ، ބިންފުރޭހާ ފުއްސެވުމާއިގެން ތިމަންރަސްކަލާނގެ ތިބާގެ ގާތުގައި ވޮޑިގަންނަވާހުށީމެވެ.”

އޭ ޒުވާނާއެވެ. މިހާރުދެން އަދިވެސް އެމީހުންނަށް މާފުކުރާކަށް ނުވޭހެއްޔެވެ؟ ޒުވާނާ އިސްއުފުލާ ބަލާލާފައި ބުންޏެވެ. އެމީހުންނަށް މާފުކުރުމަށް އަހަރެން ނިންމައިފީމެވެ. ބުއްދިވެރިޔާ ބުންޏެވެ. ދެ ލޯމަރާލާފައި ފުން ނޭވާއެއް ލާށެވެ. މަޑުމަޑުން ނޭވާ އެތެރެއަށް ދަމާލުމަށްފަހު، އެއަށްވުރެ ލަސްލަހުން ދޫކުރަމުން ގޮސް ނޭވާ އެއްކޮށްދޫކޮށްލާށެވެ. އޭރަށް ހަމަޖެހުމުގެ މަރުހަލާއަކަށް އާދެވޭނެއެވެ. މަޑުމަޑުން ނޭވާ އެތެރެއަށް ދަމާލާށެވެ. އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ހަމަޖެހުން ލިބޭނޭހެން ލަސްލަހުން ނޭވާ ބޭރުކޮށްލާށެވެ. މާޒީއަށް ފިކުރުގެންދާށެވެ. މަންމައާބައްޕައާ މެދު ވިސްނާލާށެވެ. އެމީހުންނަށް މާފުކުރާށެވެ.

ޒުވާނާއަށް ރޮވިއްޖެއެވެ. ބުއްދިވެރިޔާ ސުވާލުކުރިއެވެ. ރޮވުނީ ކޮންކަމަކާހެއްޔެވެ؟ ޒުވާނާ ބުންޏެވެ. އެއީ އެމީހުންގެ ހައްޤުގައި އަނިޔާވެރިވީ އަހަރެންކަމުގެ އިހުސާސްކުރެވުނީމައެވެ. ހަގީގަތުގައި ވަރަށް ގިނަ މައްސަލަތައް ޖެހުމުގެ ސަބަބަކީ ހަމަ އަހަރެންނެވެ.

ދެން ބޭބެދައްތަމެންނާއި ކޮއްކޮމެންނަށް ވެސް މާފުކުރާށެވެ. އަހަރެން މިހާރު އެމީހުންނަށް މާފުކޮށްފީމެވެ.

އެމީހުންނަށް ތިޔަ މާފުކުރެވުނީ ކީއްވެކަން އެނގޭހެއްޔެވެ؟ އެއީ ތިބާއަށް މާފުވެރިވާން ފެށުމުން އެކަމުގެ މީރުކަން ލިބުނީއެވެ. ތިބާއަށް ރޮވޭގޮތްވީ ތިބާގެ ނަފުސުގައި އުފެދިފައިހުރި ނުރަނގަޅު ބާރު ނަފުސުން ނުކުމެ އޭގެ މަހައްލުގައި ރޫޙާނީ ބާރެއް ހަމަޖެހުނީމައެވެ. ހަގީގަތުގައި ކުރީގައިވެސް މާފުވެރިވެގެން އުޅުން ތިބާއަށް މާ ފަސޭހަވީހެވެ. ދެން އެންމެހާ މީސްތަކުންނަށް މާފުކުރާށެވެ. ނަފުސުގެ ބާރުގައި ހުރި ދަމިލަތައް ސާފުކޮށްލާށެވެ. އެފަހުގައި އިސް އުފުލާ ބަލާލަބަލާށެވެ.

ކުޑައިރުކޮޅެއް ފަހުން ބާއްޖަވެރި ހިނިތުންވުމަކުން ޒުވާނާގެ މޫނު އުޖާލާކޮށްފިއެވެ. އުފާވެރިކަމުގެ ކަރުނައިން ދެލޯ ފުރާލައިފިއެވެ. އަހަރެންކަށް މީގެ ކުރިން ދުވަހަކު ވެސް މާފުކުރުމުގެ މީރުކަން އިހުސާސެއް ނުކުރެވެއެވެ. އެހެނީ ކުރީގައި އަބަދުވެސް ހުރެވެނީ ކަމަކާ ރުޅިއާދެވިފައެވެ. އަބަދުވެސް ސަމާލުކަންދެވެނީ ރުޅިވެރިކަމާއި މެދުގައެވެ.

ބުއްދިވެރިޔާ ބުންޏެވެ. އެއީ ޝައިޠާނާ ނަފުސުތަކަށް ވަދެ އުޅޭ ބާގަނޑެކެވެ. ތިބާ ރުޅިއައިސްފައިވާ ވަގުތުގައި ޝައިޠާނާ ތިބާގެ ނަފުސުގެ ތެރެއަށް ވަދެގަނެއެވެ. އަދި އެތެރޭގައި މައްސަލަގަނޑު ބޮޑުކޮށްލައެވެ. ބުނެއެވެ. އޭނަ އެހެރީ ކަލެޔަށް މިހެންވެސް ހަދާފައެވެ. އެހެންވެސް ހަދާފައެވެ. ހަގީގަތުގައި ޝައިޠާނާ ބޭނުންވަނީ ﷲ ތަޢާލާއާ މެދުގައި އޮންނަ ގުޅުމާއި ކޮއި ދުރަށް ޖައްސާށެވެ. އެކަލާނގެއަށް އީމާންވުމާއި އެކަލާނގެއަށްޓަކައި ލޯބިވުމާއި ފެޔަށް ޖައްސާށެވެ. ޝައިޠާނާ ކުރާ މަސައްކަތަކީ އެއީއެވެ. ތިބާ ރުޅިވެރިކަމާއެކު ހުންނަ ނަމަ، އެއީ މޮޅުވުމުގެ މަގުގައި ކުރިއަށްދާއިރު ތިބާގެ ނަފުސުގެ ތެރެއަށް ޝައިޠާނާ ވަދެގެންނާނޭ ބާގަނޑެކެވެ. އެހެންވީމާ ﷲ ތަޢާލާ އާ ގުޅިފައިވުމަށްޓަކައި ފުރިހަމައަށް މާފުކުރުމުގެ އަގުމާތްވި ޖައުހަރުން ހަމަކޮންމެހެން ގަހަނާއަޅަންޖެހެއެވެ. ކޮޔަށް މިހާރު ﷲ އާއި ގުޅިފައިވުމަށްޓަކައި ފުރަތަމަ ކަންތައް ފަށައިގަނެވުނީއެވެ. ޒުވާނާ ސުވާލުކުރިއެވެ. ދެވަނަ ކަމަކީ ކޮބައިހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. ﷲ ގެ މަގުގައި ލޯބިވުމެވެ.

-ނުނިމޭ-

އެކަލާންގެ ފިޔަވައި އެހެން ފަރާތަކަށް ބަނޑުގައިވާ ދަރިފުޅުގެ ކަންތައް އެނގިގެނެއްނުވެއެވެ.
ލިއުނީ: މިޞްބާޙް

ސުވާލު:

ﷲ ތަޢާލާ ލުޤުމާން ސޫރަތުގެ 34 ވަނަ އާޔަތުގައި ބަޑުގައިވާ ދަރިފުޅުގެ ކަންތައްތަކުގެ ޢިލްމަކީ ޢައިބުގައިވާ ޢިލްމުތަކުން ޢިލްމެއްކަމަށް ވަނީ ވަޙީކުރައްވާފައެވެ. އަދި ޢައިބުގައިވާ ކަންތައް ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެގިގެނެއްނުވެއެވެ. ނަމަވެސް މިއަދުގެ ކްރިސްޓިއަނުން ބުނާގޮތުގައި ޑޮކްޓަރުން އެކިއެކި ސްކޭންތަކުގެ އަލީގައި ބަޑުގައިވާ ދަރިފުޅުގެ ޖިންސު (އަންހެން/ފިރިހެން) ދެނެގަނެއެވެ. އަދި އެކަން އެމަގުން ހިގާވެސްމެއެވެ. ވީމާ އިންސާނުންނަށް ހޯދާގަނެވޭ ކަމެއް ޢައިބުގައިވާ ޢިލްމަކަށް ވަނީކިހިނަކުންތޯ؟ މިއީ ގުރުޢާނުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭ ކަމެއްނޫންތޯއެވެ؟

ޖަވާބު:

الحمد لله والصلاة والسلام على رسول لله وعلي اله ومن والاه وبعد:

ދަންނާށެވެ! ޢައިރު މުސްލިމުން ޤުރުޢާނުގެ ޞައްޙަ ކަމާމެދު އެކިއެކި ޝައްކު އުފެއްދި ކަމުގައިވިޔަސް، މިއަދާ ޖެހެންދެންވެސް އަދި ކުރިއަށްއޮތް ތަނުގައިވެސް ޤުރުޢާނުގައި ވާރިދުވެފައިވާ ބަސްފުޅަކާއި އެމީހުން ކުރިމަތި ކުރާ ޝައްކުތަކާއި ޝުބުހާތު ތަކުގައި އެއްވެސް ތަޢާރުޟުވުމެއް ފުށުއެރުމެއް ނުވެއެވެ.

ނަމަވެސް ބައެއް ފަހަރަށް ޚުދު އަޅުގަނޑުމެން މުސްލިމުންނަށް އެފަދަ ތަޢާރުޟުވުންތައް ހުންނަކަމަށް ހީވެއެވެ. އަދި ހިތުގައި ޝައްކުއެފެދޭވެސް މެއެވެ. ޤުރުޢާނުގައި ވާރިދުވެފައިވާ ބަސްފުޅުގެ ޞައްޙަ ޞަރީޙަ މާނަ ނޭގުމުގެ ސަބަބުންނެވެ. ނުވަތަ ނިޔަތް ނުބައި ވުމުގެ ސަބަބުންނެވެ.

ލުޤްމާން ސޫރަތުގެ 34 ވަނަ އާޔަތް

{ إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ }

މާނައީ:

ހަމަކަށަވަރުން ޤިޔާމަތްވުމުގެ ޢިލްމު ވަނީ ﷲ ތަޢާލާގެ ޢިލްމުގެތެރެއިންނެވެ. އަދި ވާރޭ ވެއްސެވުންވެސް ވަނީ އެފަދައިންނެވެ. އަދި ބަޑުގައިވާ ދަރިފުޅުގެ ޢިލްމާއި، ނަފްސަކު މުސްތަޤުބަލުގައި ހޯދާނެ ރިޒްޤުގެ ޢިލްމާއި، ނަފްސެއްގެ މަރު ގަންނަވާނީ ކޮން ބިމެއްގައި ކަމުގެ އިލްމު މޮޅަށް ދެނެ ވޮޑިގެން ވަނީ  ﷲ ތަޢާލާއެވެ. ހަމަކަށަވަރުން ﷲ ތަޢާލާއީ ޢަލީމުވަންތަ (ހުރިހާކަމެއް މޮޅަށް ދެނެވޮޑިގަންނަވާ) ޚަބީރުވަންތަ އިލާހެވެ.

1-	އިމާމް އިބްނި ކަޘީރް ( رحمه الله ) މިއާޔަތުގެ ތަފްސީރުގައި ވިދާޅުވަނީ: ”…….އަދި ހަމަ އެފަދައިން މައި މީހާގެ ބަޑުގައިވާ ދިރިފުޅު ޚަލްޤު ކުރައްވާނެގޮތެއް ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކައް އެގިގެނެއް ނުވެއެވެ. ނަމަވެސް ﷲ ތަޢާލާ ފިރިހެން ކުޖަކަށް ނުވަތަ އަންހެން ކުއްޖަކަށް ނުވަތަ ދަތި އުދަގޫ ދިރިއުޅުމެއްގެ ވެރިޔަކަށް ނުވަތަ ފާގަތި ތަނަވަސް ކުއްޖަކަށް ވުމަށް އަމުރުކުރައްވާފިނަމަ އެމަރުކުރައްވައި އެކަން މަތިކުރެއްވި މަލާއިކަތާއަށް އެކަން އެގޭނެތެވެ. އަދި ﷲ ތަޢާލާ އިރާދަކުރެއްވި އަޅަކަށް އެކަން އެގޭނެތެވެ. …..” (ތަފްސީރް އިބްނި ކަޘީރް )

2-	ޝޭޚް މުޙައްމަދު އިބްނި ޢުޘައިމީން ( رحمه الله ) ވިދާޅުވަނީ:  ބަޑުގައިވާ ދަރިފުޅާއި ގުޅޭ ޣައިބީ ކަންތައްތަކަކީ: މަންމަގެ ބަޑުގައި ދަރިފުޅު އޮންނާނެ މުއްދަތާއި އޭނަ ދިރިހުރުމާއި ކުރާނޭ މަސައްކަތާއި އޭނާއަށް ލިބޭނެ ރިޒްޤާއި ތަޙައްމަލު ކުރަންޖެހޭ ދަތި އުދަގުލާއި އުޅޭނޭ ތަނަވަސްކަމާއި ފާގަތިކަމެވެ. އަދި ޚަލްޤުކުރެއްވުމުގެ ކުރިން ފިރިހެނަކަށްވުމާއި އަންހެނަކަށްވުމެވެ. ނަމަވެސް ޚަލްޤު ކުރައްވައި ފިރިހެނެއްކަމުގައި ނުވަތަ އަންހެނެއްކަމުގައި ލެއްވުމަށްފަހު އެކަމުގެ ޢިލްމު އެއީ ޣައިބުގެ ޢިލްމުތަކުން ޢިލްމެއް ނޫނެވެ…………… އަދި އާޔަތުގައިވެސް އަންހެނެއްކަމުގައި ނުވަތަ ފިރިހެނެއްކަމުގައިވުން ޞަރީޙަ ޢިބާރާތުން ވާރިދުވެގެނެއްނުވެއެވެ. ހަމަ އެފަދައިން ސުންނަތުގައި (ޙަދީޘެއްގައި) ވެސް އެފަދައިން ވާރިދުވެގެނެއްނުވެއެވެ.

( مجموعة فتاوي ورسائل – للشيخ ابن عثيمين – 1 / 68-70 )

3-	ކިތާބް އިޢްޖާޒުލް ޢިލްމީ ފިލް ޤުރްޢާނިލް ކަރީމްގައި : ”މޫރިތި އާޔަތް ބިނާވެގެން ވަނީ ހަމައެކަނި ދަރިފުޅުގެ ޖިންސުގެ މައްޗަށް އެކަންޏެއް ނޫނެވެ. އެހެނެއްކަމަކު އާޔަތުގައި އެވާ (( ما )) އަކީ އުޞޫލީންގެ އަރިހުގައި އާންމު ލަފްޒެކެވެ. އެހެންވީމާ މި އާންމު ލަފްޒު (( ما )) ގައި ދަރިފުޅު ފިރިހެން ކުއްޖަކަށް ވުމާއި އަންހެން ކުއްޖަވުން، އިސްކޮޅު ދިގު ކުއްޖަކަށް ވުމާއި ކުރު ކުއްޖަކަށް ވުން، ވިސްނުން ތޫނު ކުއްޖަކަށްވުމާއި ވިސްނުން ކޮށީ ކުއްޖަކަށްވުން، ކެއްތެރިއަކަށް ވުމާއި ނުވުން، ދީލަތި ވުމާއި މުއްބާރުވުން، ދިރިއުޅުމުގައި ތަޙައްމަލު ކުރާނެ ދަތި އުދަގުލާއި – ތަނަވަސްކަމާއި ފާގަތިކަން އަދިވެސް މިނޫން ކަންތައްތަކެވެ……………”