ތުންތުންމަތީން ނަގުލުވަމުން އަންނަ ވާހަކައެއްގައި އޮވެޔޭ ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްއަމީރު މުޙައްމަދު އަމީނަށް މާލޭ ރައްޔިތުން އަނިޔާކުރިރޭ، އެ އެއްވި ބައިގަނޑު ތެރެއިން ކުރިއަށް ހުރި މީހަކު ގޮވާލިއެވެ. އާއެކެވެ. އަމީނަކީ ހަމަ އަނިޔާވެރިއެކޭ، ބަލާބަލާށޭ، މަގޭ އެއް އަތް ވެސް ބުރިކޮށްލާފައި މިއޮތީ އޭނާއޭ، ހަމައެއާއިއެކު ފަހަތުގައި ތިބި މީހުން ގޮވާލިއެވެ. އާއެކޭ އާއެކޭ،
އިތުރަށް ވިދާޅުވޭ ...3. February 2009
ﷲ ތާޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލުކުރާ ކަމަށް ބުނުމަށް ފަހު، މުސްތަޤުބަލާ މެދުގައި ހިތް ނުތަނަވަސް ވެ ކަންބޮޑުވުން ފާޅު ކުރާއިރުގައެވެ. ﷲ ގެ ރަޙުމަތްފުޅާ މެދު ފުރިހަމަށް އިތުބާރުކުރާ ކަމަށް ބުނުމަށް ފަހު، ނާކާމިޔާބުގައި ނާއުންމީދު ވާއިރުގައެވެ. ﷲ ތަޢާލާ ކަންކަން ހިންގަވާނީ އެންމެ ޙިކުމަތްވަންތަ ކަމާއި އެކުގައި ކަމަށް ބުނުމަށްފަހު،
އިތުރަށް ވިދާޅުވޭ ...3. February 2009
ފިސާރި ގަދަޔަށް ބަނޑުގައި ރިއްސައިގަނެފައި އޮތް މީހެއްގެ ގާތުން ނިކަން ސުވާލުކޮށްބަލާށެވެ. އޭނާ އެ ގޮތަށް އޮތުމަށް ވުރެ ފަސްސަތޭކަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް އޮތް ވިއްސަކަށް މިނިޓަށް ނަމަވެސް އެ ވޭނުން ސަލާމަތްވުމަށް އެދޭނެއެވެ. ނޫނީ އެހެން ކޮންމެ ގޮތަކުން ނަމަވެސް އެ ރިހުން މަޑުވުމަށް އެދޭނެއެވެ. އެ ވަޤުތު އޭނާ އަތު ޖެހުނު ކޮންމެ ފަދަ އެއްޗެއް ވެސް ޤުރްބާންކޮށްފާނެއެވެ.
އިތުރަށް ވިދާޅުވޭ ...24. January 2009
ހުސް ސަހަރާއެކެވެ. އަހަރެން ހުރީ އެކަނި މާއެކަންޏެވެ. ރޭގަނޑުގެ އަދިރިކަން މުޅި ތަނަށް ފެތުރިފައިވެއެވެ. ފަހަތުން ނުބައި ޒާތަކަށް ބިރުވެރި އަޑެއް އިވުނު ހިނދު ފަހަތް ބަލާލީމެވެ. ދުވަހަކު ނުދެކޭ ފަދަ ހަޑި ސޫރައެކެވެ. އަރާގަތްވަހުން އަނބުރައިގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. ވިޔާނުދާ ވައްތަރަކަށް ހުރި ބިރުވެރި
އިތުރަށް ވިދާޅުވޭ ...15. January 2009
ކުންފުއްޔަކުން އަލަށް ވަޒީފާ ދިން މީހަކާއި އެ ކުންފުނީގެ މެނޭޖަރ ބައްދަލުކުރިއެވެ. އެއަށް ފަހު ވަޒީފާއާ ބެހޭ އިތުރު މަޢުލޫމާތު ދިނެވެ. "ކުރިންވެސް އެނގިފައިވާނޭ ފަދައިން މި ވަޒީފާގައި ކުރަން މިޖެހެނީ ދާދި މަދު ކަމެއް، އެހެން ނަމަވެސް މުސާރަ މަހަކު ފަސް މިލިޔަން، މިއީ ވަރަށް ބޮޑު ޢަދަދެއް، އަނެއް
އިތުރަށް ވިދާޅުވޭ ...15. January 2009
އަލްއިމާމް ޖަޢުފަރުއްޞާދިޤުގެ އަރިހަށް މީހަކު އައިސް މާތްރަސްކަލާނގެ ވޮޑިގެންވާ ކަމާ މެދު ޖަދަލުކުރިއެވެ. އެހިނދު ޖަޢުފަރުއްޞާދިޤު ވިދާޅުވިއެވެ. ތިބާ ދުވަހަކުވެސް ކަނޑު ދަތުރެއް ކުރިން ހެއްޔެވެ؟ އޭނާ ބުންޏެވެ. އާއެކެވެ. ދެން ޖަޢުފަރުއްޞާދިޤު ވިދާޅުވިއެވެ. ދުވަހަކުވެސް ކަނޑުގެ ގަދަކަމާއި ބިރުވެރިކަން ކުރިމަތިވިހެއްޔެވެ؟ އޭނާ ބުންޏެވެ.
އިތުރަށް ވިދާޅުވޭ ...14. January 2009
ތިބާ ދިރިއުޅުމުގެ މައިދާނުގައި ހަރަކާތްތެރިވަމުންދާއިރު ބައެއް ފަހަރަށް އެކްސިޑެންޓްތައް މެދުވެރިވޭ ހެއްޔެވެ؟ އެކްސިޑެންޓޭ މިދެންނެވީ ހަމަ އާދައިގެ މަސައްކަތެއްގައި އުޅެނިކޮށް ފައި ނޫނީ އަތް ފަދަ ތަނެއް ނޭނގުމުގެ ތެރޭގައި ތާކު ޖެހި ތަދުވާގޮތްވުމެވެ. ނުވަތަ ކޮޓަރީގެ ދޮރާލައި އިނގިލި ފިތުން ފަދަ ކަމެއް ދިމާވުމެވެ.
އިތުރަށް ވިދާޅުވޭ ...14. January 2009
ރަމްޟާން މަސް އަހަރެމެންނާ ވަކިވެދިއުމުގެ ކަރުނައެވެ. ނަމާދުކުރާ މީހުނުން ފުރިގެންވީ ރޭތައް ވަކިވީތީ އޮހޮރޭ ކަރުނައެވެ. އެއީ ފުއްސެވުމާއި ދިންނެވުމުގެ މަސް ވަކިވެދިޔައީތީ އޮހެރޭ ކަރުނައެވެ. އެއީ ރޯދައިގެ ދުވަސްތަކާއި އެ ދުވަސްތަކުގައި ލިބުނު އުފާވެރިކަމާއި ހިތްގައިމުކަމަށް ވަދާޢުކިޔަން ޖެހުމުން އޮހޮރޭ ކަރުނައެވެ.
އިތުރަށް ވިދާޅުވޭ ...14. January 2009
އެއްޒަމާނެއްގައި އުޅުނު އަޅުވެރިއެކެވެ. މީނާ ކަންތައް ކުރާ ގޮތަކީ ރޭގަނޑު ނިދަންވުމުން އަތުގައި ވާގަނޑެއް ގެ އެއްކޮޅު އެއްސުމަށް ފަހު އަނެއް ކޮޅު ކުޑަ ދޮރުން ބޭރަށް މަގުމައްޗަށް ވާ ގޮތަށް ބާއްވަނީއެވެ. އޭނާގެ އެކުވެރިންނަށް އަންގާފައި އޮންނަނީ އެއިން މީހަކު ފަތިސްނަމާދަށް ދަނީ
އިތުރަށް ވިދާޅުވޭ ...14. January 2009
ނުވިކޭށެވެ. ވިކޭނެ ކަމެއް ނެތެވެ. ޝައިޠާނާއަށް ވިކިގެނެއް މަންފާއެއް ލާބައެއް، ބޭނުންވެގެން އުޅޭ ދުވަހުގައި ނުލިބޭނެއެވެ. ނިކަން މިހިރަ އައި ބަރަކާތާއި ރަޙްމަތާއި ދިންނެވުން ހޯދުމުގެ ވާދައިގެ ތެރެއަށް ނުކުމެ އަމިއްލަ ނަފުސާއި މުދާ ހެއްދެވި ފަރާތަށްޓަކައި ގުރުބާންކުރާށެވެ. އެންމެހާ ތަކެއްޗެއް ހައްދަވާ ގެންގުޅުއްވާ ކަށަކުޅަދުންވަތަ
އިތުރަށް ވިދާޅުވޭ ...
11. February 2009
12 ޚިޔާލު