Kulhudhuffushi.com » ރިޕޯޓު

ދައުލަތުގެ ޚަރަދާއި ގައުމުގެ ތަރައްގީ: އެއް ތަރާދަކުން ކިރަން އުނދަގޫ ދެ އެތި
ބަދުރުއްދީން ޙަސަން

2007 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ދިވެހިރާއްޖެ އަށް ވެސް ވަނީ ކޮށްފައެވެ. އިގްތިޞާދީ ހީނަރުކަމުގެ ތެރޭގައި ތަރައްގީ ވެފައިވާ ގައުމު ތަކުގައި އެތައް ޒަމާނެއް ވަންދެން ހިންގަމުންއައި ބޭންކްތައް ވަނީ ބަނގުރޫޓް ވެފައި އެވެ. ކުންފުނިތައް ވަނީ ދަރަނިވެރި ވެފައެވެ. ގައުމުތައް ވަނީ ފަގީރުވާން ފަށާފައެވެ. އެ އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ރާއްޖޭގެ ނާޒުކު އިޤްތިޞާދަށް ވެސް ފޯރައި، ވެއްޓެމުންދާ ވަޅުގަނޑު ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ސިފަކޮށްފައި ވަނީ ކާރިސާއެއްގެ ގޮތުގައެވެ.

ތިމާއަށް ލިބޭ އާމްދަނީ މަދުވެގެން ދާހިނދެއްގައި، ދިރިހުރުމަށްޓަކައި އެމީހަކު ފުރަތަމަ ވެސް ކުރާނެ ކަމަކީ އޭނާ ކުރާ ހަރަދުތައް ކުޑަކުރުމެވެ. ދުވަހުން ދުވަހަށް ކުރެވޭ ބޭކާރު ހަރަދުތައް މަދުކޮށް، ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭތޯ މަސައްކަތް ކުރާނެއެވެ. ހަމަ އެފަދައިން ގައުމުތަކުގެ އިޤްތިޞާދު ހީނަރު ވަމުންދާ ދަނޑިވަޅެއްގައި އެގައުމުތައް “ދިރިހުރުމަށްޓަކައި” ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީވެސް ޚަރަދު ކުޑަކުރުމެވެ. 2007 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކިގައުމުތަކަށް ދިމާވަމުންދިޔަ ހިތްދަތި ކަންތައްތައް މޮނިޓަރ ކުރަމުންދިޔަ ވޯލްޑް ބޭންކާއި އައިއެމްއެފް އިން ވެސް ގައުމުތަކަށް ލަފާ ދެމުން ދިޔައީ ޚަރަދުތައް ކުޑަކުރުމަށެވެ. އެހެން ނޫންނަމަ، ގައުމުތަކުގެ އިޤްތިޞާދު ފުނޑިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެމުން ދިޔައެވެ. ހަމަ އެއިންޒާރުތައް ދިވެހިރާއްޖެ އަށް ވެސް ވަނީ ދީފައެވެ.

ނަމަވެސް ދައުލަތުގެ ޚަރަދު ކުޑަކުރުމަކީ އެއްވެސް ގައުމަކަށް ފަސޭހަ ކަމަކަށް ނުވެއެވެ. ޚަރަދު ކުޑަކުރުމަށް އުނދަގޫވާ ގިނަ ސަބަބު ތަކުގެ ތެރެއިން އެއްކަމަކީ ސިޔާސީ ނުފޫޒެވެ. ނުވަތަ ސިޔާސީގޮތުން ފިތިފައި ތިބެންޖެހުމެވެ. އެނުފޫޒު އަންނާނީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ފަރާތަކުން ނޫނެވެ. އާއްމު ރައްޔިތުންގެ ފަރާތުން ވެސް އެ ޕްރެޝަރ އެގައުމެއްގެ ސަރުކާރު ހިންގެވުމާއި ހަވާލުވެގެން ތިބޭބަޔަކަށް އޮންނާނެއެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ އެއް އަސާސްއަށް ބަލާއިރު، ދައުލަތުން އެގައުމެއްގެ ތަރައްގީ އަށް ހިންގަން ރާވާފައި ހުންނަ މަޝްރޫޢުތައް ހުއްޓާލަން މަޖުބޫރު ވެއެވެ. ނުވަތަ މަޑުޖައްސާލަން ޖެހެއެވެ. މިކަމުގެ ސަބަބުން ސަރުކާރުތަކަށް ކުރިމަތި ވެގެންދާނެ ޕްރެޝަރަކީ ދިވެހިންނަށް ވެސް މިއަދު އާކަމަކަށް ނުވާނެއެވެ. 2007 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ކަންތައްތައް ބަލާލައިފި ނަމަ އެކަންކަން ވަރަށް ސާފުކޮށް ފެންނާނެ އެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކާރިސާ އެއް ކުރިމަތި ވެގެންދިޔަ އެއްސަބަބު ކަމުގައި މިކަންވުމަކީ އެއްވެސް ތަޖުރިބާކާރެއް ދެކޮޅު ހަދާނެކަމެއް ނޫނެވެ.

2004 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް އަންނަމުން ދިޔަ ސިޔާސީ ރިފޯމްތަކާއި އާ ގާނޫނު އަސާސީގެ ސަބަބުން ރައްޔިތުންނަށް ލިބިދިން ހައްގުތަކުގެ ތެރެއިން ދައުލަތުގެ ހަރަދުތައް ދިޔައީ މަތިވަމުންނެވެ. ހަމަ އެފަދައިން އިޤްތިޞާދީހީނަރުކަން ކުރިމަތިވި ދަނޑިވަޅު، ދިވެހިރާއްޖޭގެ ބޭއްވުނު ފުރަތަމަ މަލްޓިޕާޓީ ރިޔާސީ އިންތިހާބު އޮތީ ބޯމަތި ވެފައިއެވެ. އެހެންކަމުން އޭރުގެ ސަރުކާރަށް ވެސް މަޖުބޫރުވެގެން ދިޔައީ ރާއްޖެ “އާއުސްމިންތަކަކަށް” ގެންދިއުމަށްޓަކައި، ހަރަދު “ބޮޑު” ކުރާށެވެ. އެތައް ބައިވަރު ޕްރޮޖެކްޓް ތަކެއް އިޢުލާން ކުރެވިގެން ދިޔައެވެ. އަދި އެތައް ބައިވަރު ރައްޔިތުން ތަކަކަށް އާ ވަޒީފާތައް ލިބިގެންދިޔަ އަހަރެއް ކަމުގައި 2008 ވަނަ އަހަރު ވެގެންދިޔައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް މުގުރަމުން ދިޔަ ރާޅުތައް ދިޔައީ ބޮޑުވަމުންނެވެ.

އައިއެމްއެފް އާއި ވޯލްޑް ބޭންކްގެ ގޮވާލުންތަކަށް މައުމޫނު ސަރުކާރުން މާބޮޑު ފިޔަވަޅުތަކެއް އަޅާފައިނުވާތީ، އެކަމަށް ފާޑުކިޔަމުން ވެރިކަމާއި ހަވާލުވި އެމްޑީޕީގެ ސަރުކާރަށް ވެސް ހަމަ ޖެހުނީ އެ މަގުން ހިނގާށެވެ. އިޤްތިޞާދު ސަލާމަތް ކުރަން ބޭނުންނަމަ، މަޖުބޫރު ވެފައި އޮތީ ޚަރަދު ކުޑަކުރުމަށެވެ. ހިތްހަމަ ޖެހޭ ދިރިއުޅުމެއް ހޯދުމަށް ފުރަތަމަ “ހިތި ބޭސް ބޯންޖެހޭނެ” ކަމަށް ބުނުމުން، އިޤްތިޞާދީ މާހިރުން ވިސްނީ ސަރުކާރުން ވަރަށް ބޮޑަށް ޚަރަދުތައް ކުޑަކުރާނެ ކަމަށެވެ. ނަމަވެސް ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައިން އުނިވި ބައެއް ފިޔަވާ ޚަރަދު ކުޑަކުރުމަށް މާބޮޑު މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އެހެން ދިމަދިމާލުގެ ޚަރަދުތައް އޭރުވެސް ހުރީ “މެކުހަށް” ޖަހާފައެވެ.

ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ރަށްތަކަށް ތަރައްގީ ގެނައުމަށް ބޮޑެތި “މެގަ ޕްރޮޖެކްޓް”ތައް ވަނީ ފަށާފައެވެ. އަދި ބައެއް ޕްރޮޖެކްޓްތައް ވަނީ ނިންމަންވެސް ނިންމާފައެވެ. 30 އަހަރުން ނުވި “ބައެއް” ކަންކަން އެންމެ 3 އަހަރުން ވެގެން ދިއުމުން، ބައެއް ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވިއެވެ. ނަމަވެސް އިޤްތިޞާދު ހުން އައިސް ރަޖާލާން ޖެހިފައި އޮތް ވަގުތު އެކަން ނުކުރުމުން، ގައުމަށް ޖެހިފައި އޮތް އިޤްތިޞާދީހުންގަނޑު ދިޔައީ ރަތްވަމުން ނެވެ.

ދައުލަތުން ޚަރަދުކުރުމުގެ ބަދަލުގައި ބޭރުގެ އިންވެސްޓަރުން ގެނެސްގެން ތަރައްގީ ކުރަން ރޭވިފައި އޮތް ރޭވުމަކީ އިޤްތިޞާދީ ވިސްނުމަކުން ބަލާއިރު ރަނގަޅު މޮޅު ވިސްނުމެއް ކަމުގައި ވިޔަސް، އެންމެ އެދެވޭގޮތަށް އެކަން 3 އަހަރު ދުވަހުގެ ތެރޭ ކުރެވިފައެއް ނުވެއެވެ.

ވޭތުވެދިޔަ ގާތްގަނޑަކަށް 5 އަހަރެއްހައި ދުވަސްތެރޭ ފެނިފައިވާ ކަންތައްތަކަށް ބަލާއިރު، ތަރައްގީ އަށް މަސައްކަތް ކުރެވިފައި އެބަހުއްޓެވެ. އެކަންކަމުގެ ސަބަބުން ރައްޔިތުން ރުއްސުނެވެ. ޕްރެޝަރުތައް ކުޑަކުރެވުނެވެ. ނަމަވެސް ޚަރަދު ކުޑަކުރުން އޮތީ އެކިބާކޮށްފައި ބާއްވާފައެވެ. ގައުމު ތަރައްގީ ގެ ކަނޑުގައި ދުއްވޭނީ، ގައުމުގެ އިޤްތިޞާދީކުރިއެރުމުގެ މިންވަރާ އެއް ބާރުމިނެއްގައެވެ. އިންޖީނުގައި ކެޕޭސިޓީނެތް ވަރުގެ ބާރު މިނުގައި ދުއްވަން ފަށައިފިނަމަ، ދޯނީގެ އިންޖީނު ހަލާކުވާކަށް ގިނަ ދުވަހެއް ނުނަގާނެއެވެ. މިއަދު މިއޮތީ އިންޖީނުގަނޑު މާބޮޑަށް ވެސް ކޮށިއަރާފައެވެ. ބޮޑު އޯވަހޯލަކަށް ބޭނުންވެފައެވެ.

މަންމައަށް ޝުކުރިއްޔާ!!
ހާޝިމް އަބޫބަކުރު

މަންމާއެވެ. މަންމަގެ އެންމެ ހަގު ދަރިފުޅު، އަޅުގަނޑުގެ އުމުރުން މިހާރު 20 އަހަރަށްވުރެ ގިނަދުވަސް ވީއެވެ. މަންމަގެ އުމުރުން 50 އަށް ވުރެ މައްޗަށް ދިޔައީއެވެ. ހުރިހާ ދަރިން ބޮޑެތި ވެއްޖެއެވެ. މިހާރުތީ 3 ކުދިންގެ މާމަވެސް މެއެވެ. އެކަމަކު މިއަދުވެސް ތި އުޅެނީ ހީވާގިކަމާއެކު މެދުކެނޑުމެއްނެތި އަޅުގަނޑުމެންގެ ޚިދުމަތުގައެވެ. އަޅުގަނޑުމެންގެ މުހުތާދުތައް ފިލުވައިދިނުމުގައެވެ. އަޅުގަނޑުމެން ބޭނުންވާ ހުރިހާކަމެއްކޮށްދެމުންނެވެ. ދުވާލުގެ ހަތަރު ދަން ތި ހޭދަކޮއްލަނީ އަޅުގަނޑުމެންނަށް ޓަކައެވެ. އަޅުގަނޑުމެންނަށް މީރުހާ ކާއެއްޗެއް ހަދައިދެއެވެ. އެންމެ ރީތި އަންނައުނު ގަނެދެއެވެ. ލޯބިން ބައްދާލާ ނިތްކުރީގައި ބޮސްދެމުން މަންމަ އަޅުގަނޑުމެންދެކެ ވާލޯބި އަންގައިދެއެވެ.

މަންމާއެވެ. މަންމަ، މަންމައެއްގެ ވަޒީފާ މިހާ ގިނަ ދުވަސްވަންދެން އަދާކުރާއިރު ހަމަ އެއްގޮތަކަށްވެސް ފޫހިނުވޭ ހެއްޔެވެ؟ ވަރުބަލި ނުވޭހެއްޔެވެ؟  ދުވަހަކުވެސް ސަލާމް ނުބުނަނީ ކީއްވެހެއްޔެވެ؟ ނޫނީ ޗުއްޓީ ނުނަގަނީ ކީއްވެ ހެއްޔެވެ؟ އެހެން މަންމައިން ދަރިން ބެލުމުގެ ވަޒީފާއިން ޗުއްޓީނަގާތަން އަޅުގަނޑަށް ފެނެއެވެ. އެއްބައި މައިން ދަރިން ވިއްކާތަނާއި ބޭނުން މީހަކު ގެންދަން ދޫކޮށްލާތަން ފެނެއެވެ. އަނެއްމައިން ދަރިފުޅު ހަމަ ވިހާތަނުން ވަޒީފާއިން ކެނޑެނީ އެދަރިފުޅު މޫދަށް ނޫނީ ކޮންމެވެސް އެހެންތަނަކަށް އެއްލާލައިގެންނެވެ. އެކުދިން އެކުދިންގެ މަންމައަށް އެންމެ ބޭނުންވާ ދުވަހު އެމަންމަމެން އެހެން ހެދުމުން އެކުދިން ދެރަވާނެ ބާވައެވެ؟ އެކުދިން ހިތާމަކުރާނެ ބާވައެވެ؟ އެކުދިން އެކުދިންގެ މަންމަ ދެކެ ލޯބިވާނެބާވައެވެ؟ އެކުދީންގެ އިހުސާސްތައް އަޅުގަނޑަށް އެނގޭނީ ކިހެނެއް ހެއްޔެވެ؟ ތިޔަ މަންމަ ދުވަހަކުވެސް އަޅުގަނޑަށް އެފަދަ ކަމެއް އިހުސާސްވިޔަކަ ނުދެއެވެ. އެފަދަ އެއްޗެއް ހިތަށް އަރާނެ ފުރުސަތުވެސް ނުދެއެވެ. އަޅުގަނޑު ހިތްހަމަ ނުޖެހޭ އެއްވެސްކަމެއް ތިޔަ މަންމަގެ ފަރާތުން ނުފެނެއެވެ.

މަންމާއެވެ. އެޚަބަރުތައް ބަލާފައި މަންމަގެ ލޮލުން ކަރުނަ އަންނަތަން އަޅުގަނޑު ދެކެމެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެއީ މަންމަގެ ދަރިންނެއްވެސް ނޫނޭނުން ހެއްޔެވެ؟ އެއީ މަންމަ އާ ވާބައެއްވެސް ނޫނެއްނު ހެއްޔެވެ؟ އެކުދިންނަށް ވެސް ތި މަންމަގެ މައިވަންތަކަމުގެ ލޯބި ހުންނަނީ ހެއްޔެވެ؟ އެކަމަކު އަޅުގަނޑަށް އަނިޔާއެއް ވުމުން މަންމަ ރޯތަނެއް އަޅުގަނޑު ނުދެކެމެވެ. އަދި ހަދާނެއްވެސް ނުހުރެއެވެ. އަސްތާއެވެ! ހަނދާން ހުންނާނީ ކިހެނެއްހެއްޔެވެ؟ މަންމަ ދުވަހަކުވެސް އަޅުގަނޑަށް ދެރަކަމެއް ވިޔަކަ ނުދޭވިއްޔާއެވެ. އަބަދުވެސް މަންމަ ހުންނަނީ އަޅުގަނޑަށް ކަމެއް ވެދާނެތީ ބަލަބަލާ ވިއްޔާއެވެ.

މަންމާއެވެ. އަޅުގަނޑު ނުކާންވެގެން ބޮޑަހާކާތީ އަޅުގަނޑާ ދިމާއަށް މަންމަ ބާރަށް އެއްޗެހި ބުނާ ހަނދާން އަޅުގަނޑުހުރެއެވެ. ބޭބެމެންނަށް އުނދަގޫކޮށް ތޮޅެހަދާތީ މަންމަ އަޅުގަނޑުމެންނަށް އަދަބު ދޭ ހަނދާންވެސް އަޅުގަނޑު ހުރެއެވެ. އެދުވަހު މަންމަ އެހެންކަންތައްކުރުމުން އަޅުގަނޑު މަންމަ ދެކެ ރުޅިއައިސް ތުންދެމީމެވެ. ހިތްހަމަނުޖެހިގެން މަންމައާއި ދިމާއަށް އަތްއުކީމެވެ. މަންމަ އަދަބު ދޭތީ މަންމައަކީ ހާދަ ގޯސް މީހެކޭވެސް ހިތަށް އެރިފަހަރު ދިޔައެވެ. އެހެންނަމަވެސް އެކަމާ ހިތާމަކުރެވެނީވެސް އުފާ ކުރެވެނީވެސް މިއަދުއެވެ. ހިތާމަކުރެވެނީ އަޅުގަނޑު ގެ ވިސްނުން ކޮށިކަމާއި މެދުއެވެ. މަންމަ އާއި މެދު އެފަދަގޮތަށް ހީކުރެވުމުންނެވެ. އުފާ ކުރެވެނީ މަންމަ އަޅުގަނޑަށް އަދަބު ދިނީތީއެވެ. މަންމަ އަޅުގަނޑަށް ރަނގަޅާއި ނުބައި އޮޅުން ފިލުވައި ދިނީތީއެވެ. މަންމަ އަޅުގަނޑަށް ދިނީ އަދަބެވެ. މިހާރު އެއްބައި މައިން ދަރިންނަށް އަދަބު ދިނުމުގެ ނަމުގައި އަނިޔާކުރާގޮތަށް އަނިޔާކުރީއެއް ނޫނެވެ. މަންމަ އަޅުގަނޑަށް ދިނީ ނަސޭހަތެވެ. މަންމައަކު ދަރިއަކާދިމާއަށް ކިޔަން ނުވާ ދަރަޖައިގެ އެއްޗެހި އަޅުގަނޑާ ދިމާއަށް ގޮވާ ހަޅޭއްލެވީއެއް ނޫނެވެ.

މަންމާއެވެ. މަންމަ އަޅުގަނޑުމެންނަށްޓަކައި ހާދަހާ ބޮޑެތި ބުރަތަކެއް އުފުލައިފީމުއެވެ. އަޅުގަނޑުމެންގެ ކުރިމަގު އުޖާލާކޮށްދިނުމަށްޓަކައި މަންމަގެ އެތަކެއް އުފާތަކަކާއި ވަގުތުތަކެއް ޤުރުބާން ކޮއްފީމުއެވެ. އަދި މަންމަ މުސްކުޅިވީ ދުވަހުވެސް އަޅުގަނޑުމެންނަށް ޚިދުމަތްކޮށްދެމުން، މިހާރު ތިޔަ އަތުކުރި އޮޅާލީ މާމަދަރިން ބެލުމަށެވެ. އެކަމަކު ދުވަހަކުވެސް ތިޔަ ކޮއްދޭ ކަންކަމުގެ ބަދަލަކަށް ނޭދެމުއެވެ. މަންމައަށް އެހީތެރިވެދޭން އަޅުގަނޑުމެންނަށް އެއްވެސްކަމެއް ނުކޮށްދެވޭއިރުވެސް ތިޔަ މަންމަގެ އެއްވެސް ޝަކުވާއެއް ހިތްބުރަކަމެއް ނެތެވެ. އަބަދުވެސް ތިޔަ މަންމަގެ މޫނުމަތިން ފެންނަނީ އުޖާލާކަމެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އަބަދުވެސް ތިޔަ އިންނަނީ އަޅުގަނޑުމެން ކަމަކަށް އެދޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެއީ ހަމަ މައިވަންތަކަމުގެ ކުލުނުހެއްޔެވެ؟ މަންމަ އަޅުގަނޑުމެންދެކެ ހަމަ އެހާ ބޮޑަށް ލޯބި ވޭހެއްޔެވެ؟ އަޅުގަނޑަށް ހަމަ ޔަގީނެވެ.

މަންމާއެވެ. މަންމަގެ ތިޔަ އޯގާތެރިކަމުން އަޅުގަނޑުމެން ތިޔަ ހަދައި ދިނީ ހާދަ ނަސީބުގަދަ ބަޔަކަށެވެ. ހާދަ އުފާވެރި ބަޔަކަށެވެ. އެކަން ދުވަހަކުވެސް އަޅުގަނޑު ހަދާންނައްތައެއް ނުލާނަމެވެ. މިހާރުގެ ގިނަ ޒުވާނުން އެމީހުންގެ މައިންބަފައިން މުސްކުޅިވާދުވަހު ނުބަލާ އެއްލައިލާ، ނޫންނަމަ ބަލަން ބޮޑުކަމަކަށްވެގެން އެމީހުންނަކީ ޖެހިފައިވާ ބަލާއަކަށް ހަދާގޮތަށް ތިޔަ މަންމައަކަށް ނުހަދާނަމެވެ. ތިޔަ މަންމަގެ ހިތުގަ ޖެހޭ އެންމެ ކުޑަ ލަފުޒެއްވެސް ނުބުނާނަމެވެ. އެއްވެސް ބާރެއްނެތް ކުޑަކުއްޖެއްގެ ގޮތުގައި އަޅުގަނޑު އޮތްދުވަހު ތިޔަ މަންމަގެ އޯގާވެރި އުނގުތެރޭގައި ބަލައި ބޮޑުކޮށް، އަޅުގަނޑު މީހަކަށް ތިޔަ ހެދި ހެދުން ފަނުފުލުން ދިޔަކަނުދޭނަމެވެ. މަންމަ ތިޔަ ކޮއްދެއްވާ އަގުނުކުރެވޭ ގިނަގުނަ ކަންތައްތަކަށް ޝުކުރުވެރިވާ ހާލު، ތިޔަ މަންމައަށްޓަކައި އަދި ދުނިޔޭގެ ހުރިހާ މައިންނަށްޓަކައި ހެޔޮ ދުޢާކުރުންމަތީ ދެމި ހުންނާނަމެވެ. މަންމައަށް ހެޔޮ ރަޙްމަތްލައްވާ ދިގު ޢުމުރެއްދެއްވާށިއެވެ. އާމީން!

“ހުރިހާ ދަރީންގެ ފަރާތުން އެންމެހާ މައިންނަށް އުފާވެރި މަންމައިންގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރަމެވެ.”

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ޚުލާސާއެއް
މުހައްމަދު އިސްމާއިލް

ހުސްވި އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ތަސްދީޤު ކުރެވުނު ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަކީ، ގެވެށި އަނިޔާ ހުއްޓުވުމަށާއި އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ އިތުރުން އެފަދަ ކުށްތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމުގައި ގެންގުޅޭ ހަމަތަށް ބަޔާންކޮށްދިނުމަށް ހެދިފައިވާ ގާނޫނެކެވެ. އަދި އެފަދަ މައްސަލަތަކުގައި ކޯޓުތަކުން އަމަލުކުރާނެ ގޮތް ކަނޑައެޅިފައިވާ ގާނޫނެކެވެ. ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާގެ ސަބަބުން އަނިޔާ ލިބޭ މީހާއަށާއި އަނިޔާ ކުރާ މީހާއާމެދު އަމަލުކުރާނެ ވަކި ގޮތްތަކެއް މިގާނޫނުން ކަނޑައެޅިގެން ދިޔައެވެ.

ގެވެށި އަނިޔާއަކީ ކޮބާ؟

ގެވެށި އަނިޔާއަކީ ކޮބައިކަން އެނގުމުގެ ކުރިން ގެވެށި ގުޅުމަކީ ކޮބައިކަން އެނގެން ޖެހެއެވެ. ގާނޫނުގެ “ރަދީފު” ބުނާ ގޮތުން ގެވެށި ގުޅުމަކީ ކައިވެނިކޮށްގެން އުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުންގެ މެދުގައި އުފެދިފައިވާ ގުޅުން ތަކެވެ. އަދި އެއް ގެއެއްގައި އެކުގައި ދިރިއުޅެން ދިމާވެފައިވާ މީހުންނާއި އެގޮތަށް ފަހަކާ ޖެހެންދެން އުޅެން ޖެހިފައިވާ މީހުންގެ މެދުގައި އޮންނަ ގުޅުންތަކަކީ ވެސް ގެވެށި ގުޅުމެކެވެ. މައިންބަފައިންގެ ގޮތުގައި ނުވަތަ ބެލެނިވެރިންގެ ހައިސިއްޔަތުން ނުވަތަ ބަލަދުވެރިއެއްގެ ހައިސިއްޔަތުން ކުއްޖަކު ބަލާބޮޑުކުރުމުގެ ޒިންމާ ހަވާލުވެފައިވާ މީހުންގެ މެދުގައި އޮންނަ ގުޅުންތަކަކީ ވެސް ގެވެށި ގުޅުމެކެވެ. ގާތްތިމާގެ މީހުންނާއި ގޭގައި ދަރިން ބެލުމަށް ނުވަތަ ގޭތެރޭގެ މަސައްކަތުގައި އެހީތެރިވެއުޅޭ މީހުންގެ ގުޅުންތައް ވެސް ހިމެނެނީ ގެވެށި ގުޅުންތަކުގެ ތެރޭގައި އެވެ.

އިސްވެ ދެންނެވި ގުޅުންތަކުގެ ދާއިރާގެ ތެރޭގައި އެގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް ނުވަތަ އަނެކުންގެ މައްޗަށް ކުރިކަމަކުން ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް، ސިއްހަތައް، ނުވަތަ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ ލިބިދާނެ ކަމުގެ ބިރު އިހުސާސްވާ ފަދަ އަމަލެއް ހިންގުމަކީ ގެވެށި އަނިޔާގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެގޮތުން މިދެންނެވި ބާވަތުގެ އަމަލުތަކުގެ ތެރޭގައި ޖިސްމާނީ ގޮތުން ކުރެވޭ އަނިޔާ އާއި ޖިންސީގޮތުން ކުރެވޭ އަނިޔާ އާއި ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ އަނިޔާކުރުންވެސް ހިމެނެއެވެ. އަދި މާލީ ގޮތުން ނުވަތަ އިގްތިޞާދީގޮތުން ދަތިކުރުމަކީވެސް އަނިޔާގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ގެވެށި އަނިޔާގެ ގޮތުގައި ބެލެވިދާނެ ކަންކަން

ގެވެށި އަނިޔާ ހުއްޓުވުމާބެހޭ ގާނޫނުގައި ގެވެށި ގުޅުމުގެ ތެރޭގައި ހިނގާ ބައެއް ކަންކަން ގެވެށި އަނިޔާގެ ގޮތުގައި ތަފްޞީލް ކޮށްދީފައި ވެއެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން، އަނބިމީހާ ވަކިމުއްދަތެއްގެ ކުރިން މާބަނޑުނުކުރުމަށް ޑޮކްޓަރެއް ލަފާދީފައި ވަނިކޮށް އެމުއްދަތުގައި އަނބިމީހާގެ ސިއްހަތަށް ބެލުމެއްނެތި މާނބަޑު ކުރުންވެސް ހިމެނެނީ އަދަބު ލިބޭ ގެވެށި އަނިޔާގެ ތެރޭގައި އެވެ. އަދި، އަނިޔާވެރި ކައިވެންޏަކާއި ދެކޮޅަށް ނުވަތަ އެކައިވެނި ރޫޅާލާން މަސައްކަތްކުރާ އަންހެނާގެ ރުހުމާ ނުލާ އޭނާ މާނބަޑު ކުރުންވެސް ހިމެނެނީ ގެވެށި އަނިޔާގެ ތެރޭގައި އެވެ.

ކުރިން ދެންނެވި ގެވެށި ގުޅުމުގެ ތެރޭގައި ހިމެނޭ މީހުންގެ މެދުގައި ނުވަތަ އެއިން މީހެއްގެ މުދާ އެމުދަލުގެ ވެރިފަރާތަށް ބޭނުން ނުކުރެވޭނެ ފަދަ ގޮތަކަށް ގަސްދުގައި ހިފެހެއްޓުމާއި، މުދަލަށް ގެއްލުން ދިނުމަކީވެސް ގެވެށި އަނިޔާ ކުރުންކަމުގައި ބެލޭނެއެވެ. އަދި މީގެ އިތުރުން އެކަކު އަނެކަކަށް ފާރަލުމާއި ބިރުދެއްކުމާއި ގޯނާ ކުރުމާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި އިން މީހެއްގެ ގެއަށް އެގޭގައި ނުހިމެނޭ މީހަކު ކަނޑައެޅިގެން ސާފުބަހުން ހުއްދަ ލިބެގެން ނޫންގޮތަކަށް ވަނުމަކީ ވެސް ގާނޫނުގައިވާ ގޮތުން ނަމަ ކުށެކެވެ.

ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓުކުރުން

ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާކަން އެނގިއްޖެނަމަ އެމައްސަލަ ފުލުހުންނަށް ނުވަތަ އެނޫންވެސް ކަމާބެހޭ ފަރާތަކަށް ރިޕޯޓުކުރުމަކީ އަނިޔާ ލިބޭ ފަރާތްތަކަށް އެލިބޭ އަނިޔާތަކުން ސަލާމަތްކޮށްދިނުމަށްޓަކައި ކުރަންޖެހޭނެ ކަމަށެވެ. އެފަދަ މައްސަލަތައް ރިޕޯޓުކުރާ މީހުންނަށް، އެމައްސަލައެއް ރިޕޯޓުކުރިކަމަށްޓަކައި އުފުލަންޖެހޭ ގާނޫނީ އެއްވެސް ޒިންމާއެއް ނުއޮންނާނެއެވެ. އަދި އޭނާ ރިޕޯޓުކުރި މައްސަލަ ފަހުން ސާބިތު ނުވިނަމަވެސް އޭނާ އެމައްސަލަ ރިޕޯޓުކުރީ ހެޔޮނިޔަތުގައި ކަމަށްވާނަމަ އޭނާގެ މައްޗަށް ދައުވާއެއް ނުއުފުލޭނެކަން މިގާނޫނުން ކަށަވަރުކޮށްދެއެވެ. މިއީ، މިބާވަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްކަމަށް ބެލެވެއެވެ. އެހެނީ، އެއްވެސް ގާނޫނީ ޒިންމާއެއް އުފުލަންޖެހޭ ހާލަތެއް އެފަދަ މީހަކަށް ކުރިމަތި ކުރުވައިގެން ނުވާނެކަމަށް ގާނޫނުގައި ކަނޑައެޅިގެން ބުނެފައިވެއެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓު ކޮށްފިނަމަ ފުލުހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒު ތަކުންނާއި އަދި އިޖްތިމާއީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްދީފައި ވެއެވެ. އަދި އެތިން މުއައްސަސާއިން ގެވެށި އަނިޔާގެ ޝިކާރައަށްވި މީހާއާ މެދު އަމަލު ކުރަންޖެހޭނެ ގޮތްތައް ބުނެދީފައި ވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެންމެ މުހއިްމު އެއް ކަމަކީ ގެވެށި އަނިޔާގެ ރިޕޯޓެއް ފުލުހުންނަށް ހުށަހެޅުމުން ކޯޓު އަމުރަކާ ނުލާވެސް އެ ހާދިސާ ހިނގި ގެއަކަށް ގޮސް މައުލޫމާތު ސާފުކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައި ވުމެވެ. އަދި މީގެ އިތުރުންވެސް ހާއްސަ ބާރުތަކެއް ފުލުހުންނަށާއި ފެމިލީ ޕުރޮޓެކްޝަން އޮތޯރިޓީއަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުން ދީފައި ވެއެވެ.

ގެވެށި އަނިޔާ ހުއްޓުވުމަށާއި އަނިޔާ ލިބޭ ފަރާތްތަކަށް ލިބެމުންދާ އަނިޔާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކޯޓުތަކުން ނެރެވޭ އަމުރުތަކާއި އެއަމުރުތަކަށް އެދުމުގައި އަމަލުކުރަންޖެހޭނެ ގޮތްތައް ވަރަށް ތަފްސީލުކޮށް ގާނޫނުގައި ބަޔާންކޮށްދީފައި ވެއެވެ. އަދި، ކޯޓުތަކުގެ ދައުރު ވަކިން ތަފްސީލުކޮށް ގާނޫނުގައި ގެނެސްދީފައިވެއެވެ. ރައްކާތެރިކުރުމުގެ އަމުރު ނެރެވިދާނެ ހާލަތްތައް އެހެން ބާވަތުގެ ޖިނާއީ މައްސަލަތަކުގައި ނެރޭ އަމުރުތަކާ މުޅިން ތަފާތުކަންވެސް މިގާނޫނުން ފާހަގަކޮށްލެވެއެވެ.

ގާނޫނުގައިވާ ގޮތުންނަމަ، ރައްކާތެރިކުރުމުގެ އަމުރުގެ އެންމެ އަސާސީ އެއް މަގުޞަދަކީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހާ ނުވަތަ އެފަދަ އަނިޔާއެއްގެ ޝިކާރައަކަށް ވެދާނެކަމަށް ބެލެވޭ މީހާގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާއި އޭނާގެ ހައްގުތަކުގެ ރައްކާތެރިކަން ދަމަހައްޓައި ދިނުމެވެ. ރައްކާތެރިކުރުމުގެ އަމުރެއް ނެރެފިނަމަ އެއަމުރެއް ފުރަތަމަ ފަހަރަށް ނެރެވޭނީ އެންމެ ދިގުވެގެން 1 އަހަރު ދުވަހަށެވެ. އެހެން ނަމަވެސް ރައްކާތެރިކުރުމުގެ އަމުރު އަވަސް އަމުރެއްގެ ގޮތުގައި ނެރުން ނުހިމެނެއެވެ.

ކޯޓުން ނެރޭ ރައްކާތެރިކަމުގެ އަމުރާ އެއްވެސް މިންވަރަކަށް ހިލާފުވެއްޖެނަމަ އެ ވާނީ އަދަބު ލިބޭނެ ޖިނާއީ ކުށަކަށެވެ. އެފަދަ ކުށެއް ކޮށްފި މީހަކު 6 މަސްދުވަހަށް ޖަލަށް ލުން ނުވަތަ 15 ހާސް ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދެވަނަ ފަހަރަށް އެކުށް ތަކުރާރުކޮށްފިނަމަ 1 އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ 30 ހާސް ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 3 ވަނަ ފަހަރަށް ނުވަތަ އެއަށްވުރެ ގިނައިން އެކުށް ތަކުރާރުކޮށްފިނަމަ އެއިން ކޮންމެ ފަހަރަކު 3 އަހަރަށް ވުރެ އިތުރު ނޫން މުއްދަތަކަށް ޖަލަށް ލެވޭނެއެވެ. ނުވަތަ 50 ހާސް ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ގާނޫނުގައި ބުނެފައިވާ ކުށެއްގެ ތުހުމަތެއްގައި ބަންދުކުރެވޭ މީހުންނަށް ކަފާލާތުގެ އުޞޫލުތަކެއް ނުހިނގާނެކަމަށް ބުނެފައި ވެއެވެ. އަދި އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވީ ފަރާތުގެ ހެކިބަހުގެ މައްޗަށް ރިއާޔަތްކޮށް ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ގެވެށި އަނިޔާގެ އަމަލެއް ހިންގިކަން ސާބިތުވާކަމަށް ނިންމުމުގެ ބާރު ކޯޓަށް ގާނޫނުގެ ދަށުން ދީފައި ވެއެވެ.

ބޭއަދަބީ ބަސްތައް ”ލޮލުގެ ކުރެވިމަތިން” ނަގަން މިހާރުވެސް ލަސްވެއްޖެ!
ހާޝިމް އަބޫބަކުރު

“ދަރިންގޮވައިގެން މަގުމައްޗަށް ނުކުތުމަކީ މިހާރު ކުރެވޭވަރު ކަމެއްނޫން. އިހަކަށް ދުވަހަކު މަގޭ ކުޑަ ގޮލާ ގޮވައިގެން ސައިކް ދުއްވާލަންދަނިކޮށް، ފާރެއްގަ ކުރަހާފަ އިން ‘ގޮލައެއް’ ދައްކާފަ އަހަނީ އެ ކޯޗެއް ހެއްޔޭ؟ ބުނާނެ އެއްޗެއް ނޭނގިގެން މަށަށް ކުއްލިއަކަށް ބުނެވުނީ އެއީ އުދުއްސާލަން ތައްޔާރުކޮށްފަ އިން މިސައިލެކޭ. ދެން ގެޔައަށް ގޮއްސަ އޭނަ އެ ކުރަހާފަ ދައްކައިފި އަންހެނުންނަށް. މަ ވެއްޖެ ދުވަހަކު ނުވާވަރަށް ކުއްވެރި.”  މިއީ ރައްޓެއްސަކު އޭނާއަށް ދިމާވި ކަމެއް ހިއްސާކުރަމުން ކިޔައިދިން ވާހަކައެކެވެ. ވާހަކައިގެ ބާވަތުން އަޑުއަހަން ތިބި އެންމެންނަށްވެސް އެވަގުތު ފެށުނީ ހޭށެވެ. އެހެންނަމަވެސް ފާރުތަކުގައި ކުރެހުމުގެ މައްސަލައަކީ ހައްލުކުރަން އުނދަގޫ އަދި ނޭދެވޭ އެތައް އަސަރެއް އެކަމުން ފޯރުކުރަމުން ދާ ބޮޑު މައްސަލަކަށް މިވަނީ ވެފައެވެ. ޚާއްސަކޮށް ކުޑަކުދިންނަށް މިކަމުގެ ނެދެވޭ އަސަރު ވަރަށްބޮޑަށް ކުރާކަން ފާހަގަކުރެވެއެވެ.

މިއަދު ކުއްޖަކު ގޮވައިގެން ސްކޫލަށް ދިއުންވެސް މިވަނީ ހަނގުރާމައަކަށްވެފައެވެ. ސްކޫލުން އެއްޗެއް ދަސްވުމުގެ ކުރިން މަގުފާރުތަކުން އެކުދިންނަށް އައު ފިލާވަޅެއް ނަގައިދީފާނެތީ ބެލެނިވެރިން ތިބެއްޖެހެނީ ސިހިސިހިއެވެ. ޒަމާނުގެ މިނިވަންކަމުގެ ސްޕްރޭތަކުން މަގުފާރުތައް ‘ޒީނަތްތެރި’ ކޮށްފައިވާތިއެވެ. މީހުންގެ އަބުރާއި ޢިއްޒަތާއި ބެހި، ލިޔެފައި ހުންނަ އަވަގުރާނަތަކާއި ކުރަހާފައިވާ އޮރިޔާން މަންޒަރުތައް އެކުދިންނަށް ފެނިދާނެތީއެވެ. ތަފާތު ގޭންގުތަކަށް ނިސްބަތްވާ ލޯގޯތަކާއި ކުރެހުންތައް އެކުދިންގެ މައުސޫމު ހިތްތަކުގައި ބިންވަޅުނެގި، އެތަކެތި ރީތިވެގެން އުޅެންފަށާފާނެތީއެވެ. އެކުދިންނަކީ ވަށައިގެން ވާ މާހައުލުން ފެންނަ މަންޒަރުތަކަށް ނުހަނު ސަމާލުކަންދޭ އުމުރުފުރައެއްގެ ބައެއް ކަމުން، މިފަދަ މަންޒަރުތަކަކީ އެކުދީންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ މަންޒަރުތަކެއްކަން ޔަގީނެވެ.

“ފާރުތަކުގައި ލިޔެފައި ހުއްޓަ ދަރިވަރުންނަށް ފެންނަ އެއްޗެހި، ވަރަށް ގިނައިން ކްލާސްތެރޭގައި އެކުދިން ކިޔާ. ގިނަ ފަހަރަށް އެކުދިންނަށް އެ ކިޔެނީ ކޯޗެއްކަން ނޭނގި ކިޔަނީވެސް. މިހެން ދިމާވުމުން ވާނުވާ ނޭނގި އެކުދިންނަށް އެފަދަ ކަންކަމުގެ ތެރެއަށް ވަދެވޭކަން ފާހަގަކުރެވޭ.” ކްލާސް މާހައުލުގައި ދަރިވަރުންގެ ކިބައިން ފާހަގަ ކުރެވޭ ކަންކަން ޕްރައިމަރީ ސްކޫލެއްގެ ކޮލިފައިޑް ޓީޗަރެއް ހިއްސާކުރެއްވިއެވެ.

މަގުފާރުތަކުގައި ބޭއަދަބީ އެއްޗެހި ކުރެހުމުގެ މައްސަލަ ބައެއް މީހުން ފޫޅުކަނޑާލަނީ ސިޔާސީ ގޮތުން ރާއްޖެއަށް މިއައި ބަދަލަށެވެ. އެމީހުން ޤަބޫލުކުރާގޮތުގައި މިކަން ރަށުގައި މޫލައި ވަކިހިއްޕާލީ ސިޔާސީ ގޮތުން ކުއްލިއަކަށް ލިބިދިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއްގެ ސަބަބުންނެވެ.

” މި ސިޔާސީ ކަންތައްގަނޑުގެ ކުރިން ރަށުގައި ހިނގާ ‘ހޫނު’ ޚަބަރެއް ފާރެއްގަ ނުލިޔެ އެކޭ ނޫން. އެކަމަކު ސިޔާސީ ގޮތުން މި ލިޔެފަ ހުންނަ އެއްޗެހި މިހުންނަނީ ބަޔަކު އަޑީގަތިބެގެން ޒުވާނުން ލައްވާ ލިޔުއްވާތީ. އެމީހުން ސިޔާސީ މަގުސަދެއްގައި ފެށި ކަންތައްގަނޑެއް ބޮއްސުންލައިގެން ގޮސް މިހާރު އާއްމު ފަރުދުންގެ އަބުރާ ބެހޭ ހިސާބަށް ގޮއްސަ މިއޮތީ.” މިއީ އާއްމު ފަރުދެއް ދެކޭ ގޮތެވެ.

ކޮންމެ ސަބަބަކާ ހެދި ފެށިގެން ކުރެވޭ ކަމެއްކަމަށް ވީނަމަވެސް، މިކަން މިހާރު މިވަނީ ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާ ކެޓުމުން އެކުއްޖާއަށް ހުތުރުވާނެހެން ކޮންމެވެސް އެއްޗެއް ފާރެއްގައި ލިޔެލައި، އެކުއްޖާގެ ނަންބަރުވެސް ޖަހާލާ ހިސާބަށް ގޮއްސައެވެ. ރައްޓެއްސެއްދެކެ އަންނަ ރުޅިގަނޑުވެސް ނިންމާލަނީ އެމީހެއްގެ އަބުރާބެހި ފާރެއްގައި ލިޔެލާ އެއްޗަކުންނެވެ. ކަންތައްތައް މިހާ ހިސާބަށް ގޮސްފައި ވާއިރު، ކުރިއަށް އޮތް ޖީލުގެ މުސްތަޤްބަލު ރިވެތި އަޚްލާޤެއްގެ މަތީގައި ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައެވެ.

“އެއްބައި ބެލެނިވެރިން މަގުމަތިން ފެންނަ އެކަހަލަ އެއްޗެއްސާއި ބެހޭގޮތުން ދަރިންނާ ވާހަކަ ދައްކާ ވިސްނައިދީ ހަދާ. އެކަމަކު ގިނަ ޕޭރެންޓުންނަށް ދަރިންނާ އެކަހަލަ ވާހަކަ ދެއްކުން އޮންނަނީ ލަދުކަމަކަށް ވެފަ. ނޫނީ ދަރިން ކިބައިން އެކަހަލަ ކަންކަން ފެނުނަސް އަޅާ ނުލަނީ. ފާރުތަކުން ފެންނަ އެއްޗެހި ކްލާސްތެރޭގައި ކިޔާ، ކުރެހުންފަދަ ކަންކަން ގިނައިން ކުރަނީ ޕޭރެންޓުންގެ އެކަށީގެންވާ އަޅާލުން ނުލިބޭ ކުދިންކަން ފާހަގަ ކުރެވޭ. މީގަ ގިނަފަހަރަށް ބެލެނިވެރިންނަކަށް ނޭނގޭ އެފަދަ ކަންކަމާ އަޅާނުލުމުން ކުއްޖާ ބޮޑުވަމުންދާއިރު ނޭދެވޭ އަސަރުތަކެއް ކުރާނެކަމެއް. ރަނގަޅާ ނުބައި ކުދިން ކަނޑައަޅާ އުމުރުފުރައެއްގައި ނަފްސާނީ ގޮތުން އެފަދަ ނޭދެވޭ ކަންކަމާ ކުރިމަތިވުމުން ކުދިންގެ އަޚުލާޤު ގޯސްވުމަށް މަގުފަހިވޭ. އެހެންވީމަ މިފަދަ ކަންކަމަށް ޚުދު ބެލެނިވެރިންވެސް އެބަޖެހޭ އެވެއަރކުރަން. އޭގެފަހުން ދަރިވަރުންނަށް އެވެއަރނެސް ޕްރޮގްރާމްތައް ހިންގޭނީ”

ކުޑަކުދިންގެ ކުރިމަގު މިކަމުން ސަލާމަތްކުރުމަށް އެންމެ ފުރަތަމަ މަސައްކަތްކުރަންވީ ބެލެނިވެރިން ހޭލުންތެރިކުރަންކަން އެ ޓީޗަރުގެ ވާހަކަފުޅުން ވަރަށް ސާފުވެއެވެ. އެހެންނަމަވެސް މިފަދަ ކަންކަމަށް ބެލެނިވެރިން ހޭލުންތެރިކުރުމަށް ސްކޫލްތަކުން ކުރާ މާބޮޑު މަސައްކަތެއް ނުފެނެއެވެ. އަދި ދަރިވަރުންނަށް އަމާޒުކޮށްގެން ލައިފް ސްކިލްސް ޕްރޮގްރާމްތައް ސްކޫލްތަކުން ހިންގާތަނެއްވެސް ނުފެނެއެވެ. މިއީ ރެޑް ކްރެސެންޓް އާއި އާކް ފަދަ ޖަމްއިއްޔާތަކުންވެސް ‘ނިދާފައި ނުތިބެ’ އިސްނަގައިގެން ސްކޫލްތަކާއި ގުޅިގެން ކުރަންވެފައިހުރި ކަންތައްތަކެވެ.

ދެންއޮތީ އެފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއެޅުމުގެ ވާހަކައެވެ. ޤާނޫނަކުން ޤަވާއިދަކުން އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އަދަބެއް ދެންޏާ ކައުންސިލްތަކަށް މިއަދު އެބާރު މިވަނީ ދީފައެވެ. މިކަމަށް ހައްލެއް ހޯދުމަށް “ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާ ބެހޭ ޤަވާއިދު”ގެ ނަމުގައި ޤަވާއިދެއްވެސް ވަނީ މިހާރު ރަށު ކައުންސިލުން އެކުލަވާލައްވާފައެވެ.

މި ޤަވާއިދު ބުނާގޮތުން މުޖުތަމައުގެ އާއްމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު އެއްޗެހި ފާރުތަކުގައި ލިޔެ ކުރަހާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، އެފަރާތެއް ޖޫރިމަނާ ކުރުމުގެ ބާރު ކައުންސިލަށް ލިބިދީފައިވެއެވެ. އަދި މި ޤަވާއިދުގައި ވަނީ ފާރުތަކުގައި ކުރަހާފައިހުންނަ އެއްޗެއްސަކީ ގްރޫޕް ނުވަތަ ގޭންގު ރަމްޒުކޮށްދޭ ކުރެހުމަކަށް ވެގެންނުވާނޭކަމަށް “ގޭންގު ކުއްތައް މަނާކުރުމާ ބެހޭ ޤާނޫނު”ގެ 13 ވަނަ މާއްދާގައި، ބުނެފައިވާ ބުނުން ތަކުރާރުކޮށް، އެފަދަ ކުރެހުންތައް ކުރަހާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރުވެސް ރަށު ކައުންސިލަށް ދީފައެވެ. އެހެންނަމަވެސް ހިތާމައަކީ މިއަދާ ހަމައަށް އައި އިރުވެސް މިއިން އެއްވެސް ޤަވާއިދެއް ގެޒެޓުގައި ޝާއިއުކޮށް ޤަވާއިދު ތަންފީޒުކުރަން ފަށާފައި ނުވާކަމެވެ. ކުޅުދުއްފުށީ ރަށުކައުންސިލުން މައުލޫމާތު ދޭގޮތުގައި މި ޤަވާއިދުތައް ފުރިހަމަކޮށް ފާސްކުރުމަށް ދަތިތަކެއް އެބަހުއްޓެވެ.

“ކުރިން ނިންމާފަ އޮންނާނީ ޖެނުއަރީ މަހުގެ ތެރޭގައި (ޤަވާއިދުތައް) ގެޒެޓްކުރަން. އެކަމަކުވެސް (މި ޤަވާއިދުތައް ހެދުމަކީ) އަލަށް ފެށިފަ ހުރިކަމެއްވީމަ، (މިކަމާގުޅޭ) ބައެއް ކަންތައްތައް ލޯކަލް ގަވަމަންޓް އޮތޯރިޓީއަށްވެސް އެބަހުރި އެންމެ ރަނގަޅަށް ނުކުރެވި. ކޮންމެގޮތެއްވިޔަސް އެލްޖީއޭގެ އެހީތެރިކަން ނެތި މިކަހަލަ ޤަވާޢިދުތައް ފުރިހަމަކޮށް ފާސްކުރަން ވަރަށް ދަތި. (ފާރުތަކުގަ ކުރަހާ މައްސަލައިގަ) ކައުންސިލްގެ ވިސްނުން މިހުރީ މީހުންނަށް ވިސްނަދެވޭތޯ. ތެރަސްލައިގެން ތަތްކުރާ އެއްޗެހިވެސް ފާރުގަ ތަތް ނުކުރަން. ދެން ކައުންސިލުން މިއަހަރު ސްކޫލްތައް ފެށެންވާއިރަށް ފާރުތަކުގަ ހުރި ނޭދެވޭ އެއްޗެހިތައް ފިލުވާފަ ހުންނާނީ.” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހީމް ރަމީޒް ވިދާޅުވިއެވެ.

ތެދެކެވެ. ރަށު ކައުންސިލުން އިސްނަގައިގެން މިއަހަރު ސްކޫލްތައް ފެށުމުގެ ކުރިން އެ މަސައްކަތްކުރެއްވިއެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރެވެމުން ނުދާތީ، މިއަދު އަނެއްކާ މިވަނީ އިހުހުރި ހާލަތަށް މައްސަލަ ގޯސް ވެފައެވެ.

“ގިނަ ފަހަރަށް ތިމާގެ އުދާސްތައް ބޭރުކޮށްލަން ނޫނީ އެހެންމީހުންގެ ސަމާލުކަން ހޯދުމުގެ ގޮތުން މި ފަދަކަންކަން ކުރަނީ. އެހެންވީމަ މި ނެގެޓިވް އެނަރޖީ ޕޮޒިޓިވް ގޮތެއްގައި ބޭރުކުރުމަށް އެހީތެރިވެދިނުމަށް ޒުވާނުން އެޑްވޮކޭޓް ކުރަން އެބަޖެހޭ. ސައިކޮލޮޖިކަލީ ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެކުދިންނަށް އެކުދިންގެ ހުނަރު ރަނގަޅުގޮތުގައި ބޭނުންކުރަން ދަސްކޮށްދޭން އެބަޖެހޭ. އެގޮތުން ބަލަމާ ވޯލް ގްރެފިޓީއަށް. އެއީ ޒުވާނުންނާ ގުޅޭ ޒުވާނުން ވަރަށް ކުރާހިތްވާ ކަމެއް. މިހާރު ފާރުތަކުގަ މި ކުރާހާ އެއްޗެހީގެ ބަދަލުގައި ވޯލް ގްރެފިޓީ އާޓް ތަރައްޤީކުރުމަށް ޒުވާނުންނަށް އެހީތެރިވެވިދާނެ.” މިއީ ޓީޗަރެއް ދެއްވި ވަރަށް ފުރިހަމަ ޚިޔާލެކެވެ.

މިރަށުގެ ރަސްމީ ބޯޅަދަނޑުގެ ފާރުގައާއި ސްޓޭޑިއަމް ފާރުގެ ބައެއް ހިސާބުތަކުން މިހާރުވެސް ފެންނަން ހުރި ގްރެފިޓީ މަސައްކަތަކީ ނުހަނު ބަލައިލަން ރީތި ފުރިހަމަ މަސައްކަތްތަކެކެވެ. މީހެއްގެ އަބުރާ ބެހުމެއްނެތިވެސް މުޖުތަމައު ޤަބޫލުކުރާގޮތަށް ފާރުތައް ޒީނަތްތެރި ކުރެވިދާނެކަން މިއިން ދައްކުވައިދެއެވެ. އެހެންކަމުން ރަށުގެ ފާރުތަކަށް މިހާރު ޖެހިފައިމިވާ ބަލިން ސަލާމަތްކުރުމައްޓަކައި މިހާރަށްވުރެ ހަރުދަނާ ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރަންވެއްޖެއެވެ. މި ކަމަކީ ފަރުދީ އަދި އިޖްތިމާއީ ކަމެއްކަމަށް ދެކި އެންމެންވެސް އެއްބާރުލުން ދީގެން މަސައްކަތްކުރަން ވެއްޖެއެވެ.

ޓައިޓޭނިކް ކަނޑުއަޑީގައި އޮންނަތާ ގަރުނެއް
ބަދުރުއްދީން ޙަސަން

އެ ބޯޓެއްގެ ފުރަތަމަ ދަތުރުގައި ގަނޑުފެންގަނޑެއްގައި ޖެހި ކަނޑުގެ ތެރެއަށް ޣަރަގުވެގެން ދިޔަ މަޝްހޫރު ޓައިޓޭނިކް ފެތުނު ހާދިސާއަށް މިއަދު 100 އަހަރު ފުރޭނެއެވެ. މީގެ ގަރުނެއް ކުރިން ޓައިޓޭނިކް ކަނޑުގެ ތެރެއަށް ފެތިގެން ދިޔުން ވެގެން ދިޔައީ އޭރު މުޅި ދުނިޔެ ސިއްސުވާލި ހަބަރަކަށެވެ. ކަނޑުމަތީގައި ހިނގާދިޔަ އެންމެ ހިތާމަވެރި ހާދިސާ ކަމަށް ގިނަބަޔަކު ސިފަކުރާ މިހާދިސާގައި 1517 މީހުން މަރުވިއެވެ. ބައެއް ލިޔުންތަކުގައި އެދަދު އެއަށްވުރެންވެސް އިތުރު ވާނެ ކަމަށް ލިޔެވިފައި ވެއެވެ. ޓައިޓޭނިކްގެ ހިތާމަވެރި ހާދިސާއަށްފަހު، ކަނޑު ދަތުރު ކުރުމުގެ ގަވައިދުތަކާއި އުޅަނދު ފަހަރުން ފުރިހަމަ ކުރަންޖެހޭ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރެވިގެން ދިޔައެވެ. އެހާދިސާއަށް 100 އަހަރު ވުން ފާހަގަ ކުރެވެމުން ދާއިރު، ތާރީޚުގެ އެކަނޑުގެ ތެރެއަށް ފީނާލުން ކިހިނެތް ވާނެތޯއެވެ.

ޓައިޓޭނިކް ގެ ފުރިހަމަ ނަމަކީ އާރު.އެމް.އެސް (ރޯޔަލް މެއިލް ޝިޕް) ޓައިޓޭނިކް އެވެ. ޓައިޓޭނިކް ގަނޑުފެންގަނޑެއްގައި ޖެހުނީ 1912 ވަނަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ރޭ 11:40 ގައެވެ. އެ ބޯޓު ކަނޑުގެ ތެރެއަށް އެއްކޮށް ގެނބިގެން ދިޔައީ އެރޭ މެންދަމު 2:20 ގައެވެ.

ފައްތާނުލެވޭ ޓައިޓޭނިކް ބަނުން

ޓައިޓޭނިކް އަކީ ވައިޓް ސްޓަރ ލައިން އޭ ކިޔުނު ކުންފުންޏަކުން ބަނދެފައިވާ 3 ބޯޓުގެ ތެރެއިން ދެވަނަ ބޯޓެވެ. 1909 ވަނަ އަހަރުގެ މާރޗު މަހުގެ 31 ވަނަ ދުވަހު، އަޔަލެންޑްގެ ބެލްފާސްޓްގައި ބަންނަން ފެށި ޓައިޓޭނިކް ބަނދެ ނިންމާލެވުނީ ގާތްގަނޑަކަށް 3 އަހަރުގެ މަސައްކަތުންނެވެ. ޓައިޓޭނިކް ބަނދެ ނިމުމުން އެބޯޓު ވެގެންދިޔައީ، އެހާތަނަށް ދުނިޔޭގައި އިންސާނުން އުފެއްދި އެއްތަނުން އަނެއްތަނަށް “މޫވް” ކުރެވޭ އެންމެ ބޮޑު އެއްޗަށެވެ. ބޯޓުގެ ދިގުމިނުގައި 882.5 (އައްސަތޭކަ އައްޑިހަ ދެ ފޫޓު ބައި) ހުރެއެވެ. ފުޅާމިނުގައި 92.5 (ނުވަދިހަ ދެފޫޓު ބައި) ހުރެއެވެ. އަދި އުސްމިނުގައި 175 (ސަތޭކަ ހަތްދިހަ ފަސްފޫޓު) ހުރެއެވެ. އެބޯޓު މޫދުގައި “ބެހެއްޓުމަށް”66000 (ފަސްދޮޅަސް ހަހާސް) ޓަނުގެ ފެން ދެފަރާތަށް ކެހިގެން ދެއެވެ.

1912 ވަނަ އަހަރުގެ އެޕްރީލް 2 ވަނަ ދުވަހު ބޯޓުގެ އަޖުމަބެލުމުގެ ގޮތުން ދުއްވުމަށްފަހު ދިޔައީ އިނގިރޭސި ވިލާތުގެ ސައުތުހެމްޕްޓަން އަށެވެ. އެތަނުގައި ބޯޓަށް “ކޮއްތު ދަރާ ބޯފެނާ” ލައި ކްރޫން ހަމަކުރިއެވެ.

ޓައިޓެނިކްގެ ތާރީޚީ ދަތުރު ފެށުން

އެޕްރީލް 10 ވަނަ ދުވަހުގެ ހެނދުނު 914 ދަތުރުވެރިން ބޯޓަށް އެރިއެވެ. މެންދުރު ދަތުރު ފަށައިގެން ފުރަތަމަ ދަތުރުކުރީ ފަރަންސޭސިވިލާތުގެ ޗަރބާގް ކިޔާ ރަށަކަށެވެ. އެތަނުގައި ކުޑައިރުކޮޅަކު މަޑުކުރުމަށްފަހު ދެން ދިޔައީ އަޔަލެންޑްގެ ކްއީންސްޓައުން (މިހާރުގެ ކޯބް) އަށެވެ. މިހުއްޓުންތަކުގައި ބައެއް މީހުން ބޯޓުން ފޭބިއެވެ. ނަމަވެސް ގިނަ ބަޔަކު އެބަނދަރުތަކުން ވެސް ޓައިޓޭނިކްގެ ދަތުރާ ގުޅުނެވެ. 11 ވަނަ ދުވަހުގެ މެންދުރު 1:30 ގައި ޓައިޓޭނިކް ކްއީންސްޓައުން އިން ފުރައިގެން، އެޓްލާންޓިކް ކަނޑު ހުރަސްކޮށް އެމެރިކާގެ ނިއުޔޯކަށް ދަތުރު ފެށިއިރު، ބޯޓުގައި ދަތުރު ވެރިންނާއި ކްރޫއާއެކު 2،200 އަށްވުރެ ގިނަ މީހުން ތިއްބެއެވެ.

ގަނޑުފެނުގެ އިންޒާރު

ދަތުރުގެ ފުރަތަމަ ދެ ދުވަސް (އެޕްރީލް މަހުގެ 12 އަދި 13) ދިޔައީ ވަރަށް އާމާންކަމާއި އޮމާންކަމާއެކުއެވެ. ބޯޓުގެ ކްރޫއިން ވަރަށް ބުރަކޮށް މަސައްކަތުގައި އުޅުނެވެ. އަދި ދަތުރުވެރިން އެމީހުންނަށް ލިބެމުންދިޔަ ލަގްޒަރީ ހިދުމަތްތައް ބަލައިގަނެ، އުފާފާޅުކުރަމުން ދިޔައެވެ. އެޕްރީލް މަހުގެ 14 ވަނަ ދުވަސް ވެސް ފެށިގެން ދިޔައީ ހަމަ އާދައިގެ ރީތި ދުވަހެއްގެ ގޮތުގައެވެ. އެޓްލާންޓިކް ކަނޑުގައި ދުއްވަމުން ދިޔައިރު، ދަތުރުވެރިންނަށް ފިނިކަމުގެ އިހުސާސް ކުރެވުނު ކަމުގައި ވިޔަސް، ޑެގްމަތީގައި އިރުގެ ހޫނުން އެމީހުން ދިޔައީ ހީފިލުވަމުންނެވެ. އުޑުމަތި ސާފު އެދުވަހުގައި ކަނޑުގެ ލޮނުގަނޑު ކަފަމުން ޓައިޓޭނިކް ދަތުރު ކުރަމުން ދިޔައީ ޝަރަފްވެރި ކަމާއެކު އެވެ.

14 ވަނަ ދުވަހުގެ އެކި ވަގުތު ތަކުގައި ޓައިޓޭނިކް ދަތުރު ކުރަމުންދިޔަ މަގުގައި ކޮންމެވެސް ވަރަކަށް ގަނޑުފެން ހުރިކަމުގެ އިންޒާރު އެހިސާބުގައި ދަތުރު ކުރަމުންދިޔަ އެހެން ބޯޓުފަހަރުން ލިބެމުންދިޔައެވެ. މީގެ ތެރެއިން ބައެއް މެސެޖުތައް ކެޕްޓަން އާ ހަމައަށް ލިބުނު ކަމުގައި ވިޔަސް، އަނެއްބައި މެސެޖުތައް ކެޕްޓަންއަށް ފޯރުކޮށްދެވިފައި ނުވާކަމަށް ތާރީޚުގައި ލިޔެވިފައިވެއެވެ.

ލިބެމުންދިޔަ އިންޒާރުތަކަކީ ކިހާވަރެއްގެ ނުރައްކާތެރި އިންޒާރުތަކެއް ކަން ކެޕްޓަން އެޑްވާޑް ޖޭ. ސްމިތު އަށް ލިބުނު މެސެޖުތަކުން ދޭހަވެފައެއް ނުވެއެވެ. އެހެންކަމުން ރޭގަނޑުގެ މަސައްކަތްތައް ނިންމަވާލައްވާފައި، 9:20 ހާއިރު ކޮޓަރިކޮޅަށް ވަޑައިގަތެވެ. ނަމަވެސް ކެޕްޓަން ސްމިތު ކޮޓަރިކޮޅަށް ވަޑައިގަންނަމުން، އޭނާގެ ފަޅުވެރިން ސަމާލުވެތިބުމަށް އެންގިއެވެ. އަދި ދިރުނބާކޮޅުގައި ތިބި ކުރިބަލާ ކުރޫއިން ވެސް ފަރުވާތެރިވެ ތިބުމަށް އަމުރު ކުރެއްވިއެވެ. ނަމަވެސް އޭރުވެސް ޓައިޓޭނިކްގެ އިންޖީނުތައް ވަނީ ބޯޓުދެލިއަޅައި، މެކުހަށް ޖަހާފައެވެ.

ގަނޑުފެންގަނޑުގައި ޖެހުން

އެއީ ފިނި ރެއެކެވެ. އަދި ހަނދުވަރުގެ އަލިހުރީ ވެސް ވަރަށް ފަނޑުކޮށެވެ. އެހެންކަމުން ދިރުނބާކޮޅުގައި ތިބި ފަޅުވެރިންނަށް އެމީހުން ގެންގުޅުނު ދުރުމީތަކުގެ ބޭނުމެއް މާބޮޑަކަށް ނުހިފުނެވެ. އެމީހުންނަށް ގަނޑުފެންގަނޑު ފެނުނީ ހަމަލޮލަށް ފެންނަހައި ކައިރިވުމުންނެވެ.

އެރޭ 11:40 ގައި ދިރުބާކޮޅުގައި ތިބި ފަޅުވެރިންނަށް ގަނޑުފެންގަނޑު ފެނުމާއެކު ރަނގަބީލު ޖެހިއެވެ. އަދި ކޮންޓްރޯލް ރޫމަށް ގުޅައި ހަބަރު ފޯރުކޮށްދިނެވެ. “ހާރޑް އަ ސްޓަރބޯޑު (ބޯޓު ވައަތްފަރާތަށް 90 ޑިގްރީއަށް އަނބުރާލާ)” އެވަގުތު އިސްމީހަކަށް ހުރި ފަސްޓް އޮފިސަރ މާޑޮކް ކޮމާންޑް ކުރިއެވެ. އަދި ބޯޓު ފަހަތަށް ހިފާލުމަށް އިންޖީނު ރޫމަށް އެންގިއެވެ. ޓައިޓޭނިކް ވައަތްފަރާތަށް އެނބުރެމުން ދިޔައެވެ. ނަމަވެސް އެއްކޮށް އަނބުރާނުލެވިގެން އުޅެނިކޮށް ވަގުތު އައިސް ޖެހިއްޖެއެވެ.

ދިރުނބާކޮޅުގައި ތިބި ފަޅުވެރިން ރަނގަބީލު ޖެހިތާ ބަރާބަރު 37 (ތިރީސް ހަތް) ސިކުންތުގެ ތެރޭގައި، ބޯޓުގެ ކަނާތްފަރާތް ގަނޑުގެންގަނޑަށް އުރުނެވެ. ބާރު ދުވެލީގައި ޓައިޓޭނިކް ގަނޑުފެންގަނޑުގައި ޖެހުނު ކަމުގައި ވިޔަސް. ބޯޓަށް މާބޮޑު ލޮޅުމެއް އެރިކަމަކަށް ނުވެއެވެ. އަދި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިކަން އޭރު ނިދާފައިތިބި ދަތުރުވެރިންނަށް ރޭކައެއް ނުލައެވެ. ހޭލައިތިބި ދަތުރުވެރިންނަށް ވެސް ބޯޓަށް މާބޮޑު ލޮޅުމެއް އެރިކަމެއް ނޭނގެއެވެ. ނަމަވެސް ކެޕްޓަން ސްމިތު އަށް އެލޮޅުން އިހުސާސް ވުމާއެކު ގޯހެއް ހިނގައިފިކަން އެނގިލެއްވިއެވެ. އަދި ވަގުތުން ކޮންޓްރޯލް ރޫމަށް ދިޔައެވެ.

ބޯޓުގެ ހާލަތު ރަނގަޅަށް ދިރާސާކޮށް ބެއްލެވިއިރު، ބޯޓުގެ ތެރެއަށް ހޯސްލައިފައި ލޮނުވަންނަމުން ދިޔަކަން ކެޕްޓަން އަށް އެނގިލެއްވިއެވެ. ބޯޓު ޑިޒައިން ކޮށްފައި ވާގޮތުން، ބޯޓުގައިވާ 16 ވަތުގެ ތެރެއިން 3 ވަތް ފުރުނު ކަމުގައި ވިޔަސް، ބޯޓު ފެންމަތީގައި އޮންނާނެއެވެ. ނަމަވެސް އޭރުވެސް 6 ވަތް ވަނީ ފުރިފައެވެ. އެހެންކަމުން ބޯޓު އަޑިއަށް ދަނީކަން ކެޕްޓަން އަށް އެނގިލެއްވިއެވެ. އެހިނދު، ބޯޓުގައި ވާ ލައިފް ބޯޓުތައް މޮހައިލުމަށް އަމުރު ކުރެއްވިއެވެ. އަދި އެހީއަށް އެދޭ ސިގްނަލްތައް ފޮނުވުމަށް އެންގެވިއެވެ. އޭއީ މެންދަމު ބާރަ ޖެހިތާ ކުޑައިރުކޮޅެއް ފަހެވެ.

ޓައިޓޭނިކް އަޑިއަށް ދިޔުން

ހިނގައިދިޔަ އެކްސިޑެންޓާއި ހިނގަމުންދާ ނުރައްކާތެރި ކަންތައްތައް ދަތުރުވެރިންނަކަށް މާބޮޑަކަށް އިހުސާސެއް ނުކުރެވެއެވެ. ތަނެއްދޮރެއް ނޭނގިތިބެ އެމީހުން ބުނަމުން ދިޔައީ ލައިފްބޯޓަށް ނާރާ ޓައިޓޭނިކްގައި ތިބޭނީ ކަމަށެވެ. ނަމަވެސް ބޯޓު ފެތެމުންދާކަން މީހުންނަށް އެނގެމުން ދިޔަވަރަކަށް ލައިފް ބޯޓަށް އަރަން މީހުން ކޮޅުކޮޅު މައްޗަށް ދުވަން ފެށިއެވެ. ފުރަތަމަ ލައިފްބޯޓު މޫދަށް ބޭލުނީ 12:45 ގައެވެ. އަންހެނުންނާއި ކުޑަކުދިންނަށް ފުރަތަމަ ފުރުސަތު ދިނެވެ. ނަމަވެސް ބައެއް ފިރިހެނުން ވެސް ކުދި ބޯޓުތަކަށް އެރިއެވެ.

ކަންދިމާކުރި ގޮތުން ޓައިޓޭނިކް ގައި އޮތީ އެންމެ 16 ލައިފްބޯޓެވެ. އަދި ރާވާ އިތުރު 4 ބޯޓެއްވެސް ގެންގުޅުނު ކަމަށްވެއެވެ. މީހުންތައް ހާސްވެގެން އުޅުނު ގޮތުން، އެކުދި ބޯޓުތައް ފުރެންދެން މީހުން އެރުވޭވަރުވެސް ނުވިއެވެ. 20 ބޯޓު ފުރެންދެން މީހުން އެރުވުނުނަމަ ގާތްގަނޑަކަށް 1200 މީހުން ސަލާމަތް ކުރެވުނީސް ކަމަށް ލިޔެވިފައިވެއެވެ. ނަމަވެސް އެވެސް ވާނީ ބޯޓުގައި ތިބިމީހުންގެ ދެބައިކޮށްފައި އެއްބަޔަށެވެ.

އެންމެ ފަހު ލައިފްބޯޓު ތިރިކުރެވުނު އިރު މެންދަމު 2:05 ކެވެ. އޭގެ ފަހުން ބާކީތިބި މީހުން ފުރާނަ ސަލާމަތް ކުރުމަށް (ފެންމަތީގައި އޮންނަ) އެމީހަކަށް އަތުޖެހުނު އެއްޗެއް ހިފައިގެން މޫދަށް ފުންމާލިއެވެ. ބައެއް މީހުން ތިބީ ބޯޓުގެ އެކިހިސާބުތަކުގައި ތާށިވެއެވެ. އަނެއްބަޔަކު ޝަރަފްވެރި ކަމާއެކު މަރުވުމަށް ބޯޓުގައި ތިބިގޮތަށް ތިބީއެވެ. ނަމަވެސް އެޓްލާންޓިކް ކަނޑުގެ އެ ލޮނުގަނޑަކީ ފިނިކަމުން ގަނޑުވާވަރުގެ ލޮނުގަނޑެކެވެ. މޫދުގައި ތިބި މީހުން ދެތިން މިނެޓްގެ ތެރޭގައި ގަނޑުވެގެން ގޮސް މަރުވީއެވެ. މެންދަމު 2:18 ގައި ވަރުގަދަކޮށް ހަދާފައި އޮތް ޓައިޓޭނިކް ދެބުރިވެގެން ދިޔައެވެ. އަދި އޭގެ ދެމިނެޓް ފަހުން ކަނޑު އަޑިއަށް ޣަރަގު ވިއެވެ.

ސަލާމަތް ކުރުން

ސަލާމަތަށް އެދި ޓައިޓޭނިކް އިން ފޮނުވި ސިގްނަލްތައް އެހިސާބުގައި ދަތުރު ކުރަމުން ދިޔަ ބޯޓުތަކަށް ލިބުމާއެކު އެދިމާއަށް ދަތުރު ކުރަމުން ދިޔައެވެ. އެންމެ ފުރަތަމަ އެތަނަށް ދެވުނީ “ކަރޕެތިޔާ” ކިޔާބޯޓަކަށެވެ. އެބޯޓަށް ފުރަތަމަ ލައިފްބޯޓު ފެނުނީ 3:30 ގައެވެ. ހަތަރު ގަޑިއިރު ތެރޭގައި ސަލާމަތްވި ހުރިހާ މީހުން އެބޯޓަށް ނެގިއެވެ.

ސަލާމަތްވި މީހުން ގޮވައިގެން “ކަރޕެތިޔާ” ދަތުރު ކުރީ ނިއުޔޯކަށެވެ. އެޕްރީލް 18 ވަނަ ދުވަހު ބޯޓު ނިއުޔޯކަށް ދިޔައިރު ސަލާމަތްވި 705 މީހުން ގެންދިޔައެވެ. ބާކީ 1517 މީހުން ޓައިޓޭނިކް އާއެކު ކަނޑުގެ ތެރެއަށް ގެނބުނީއެވެ.

ނޯޓް: މައުލޫމާތު ނަގައިފައި ވަނީ ޖެނިފަރ ރޮސެންބަގް، ޓްވެންޓިއެތް ސެންޗުރީ ހިސްޓްރީ ގައި ލިޔެފައިވާ އާޓިކަލް އަކުން.

ޕްލާސްޓިކް ކޮތަޅުގެ އުނދަގުލުން ސަލާމަތްވުން
ބަދުރުއްދީން ޙަސަން

މީގެ ދެދުވަސް ކުރިއެވެ. އަހަރެން ހުރީ އިރާކޮޅު ލިބުނު ހުސްވަގުތު ކޮޅެއްގައި ކޮންމެވެސް ކަސްރަތެއް ކޮށްލާނަމޭ ހިތާ ރައްޓެއްސަކާއެކު ޓްރެކް ސަރަހައްދަށް ފަތަން ގޮހެވެ. އެތަނުގައި ފުރާ އުމުރުގެ ހައެއްކަ ކުދިން ގާޑިއަލުން މަޖާ ގަނެގެން އައިސް މަޖާ ކާން ތިއްބެވެ. އިރުކޮޅަކުން ފެނުނީ އެކުދިން ކާން ގެންގުޅު ތަކެއްޗާއި ފެންފުޅިތައް އަޅާފައި ހުރި ޕްލާސްޓިކް ކޮތަޅުތައް މޫދަށް އުކާލިތަނެވެ. އެއްވެސް ވިސްނުމެއް ފިކުރެއް ނެތިއެވެ. އެއެއްލާލި ޕްލާސްޓިކް ކޮތަޅުތަކުގެ ސަބަބުން އަހަރެމެންގެ ތިމާވެއްޓަށް ލިބޭނެ ގެއްލުމަކާއި މެދު އެއްވެސް ފިކުރެއް ހުރިހެނެއް ހިޔެއް ނުވެއެވެ. އެނގިފައި ނެތީ ކަމަށްވެސް ވެދާނެއެވެ. ނޫނީ އެނގުނު ކަމުގައި ވިޔަސް، ކޮންމެ ކަމެއް “ވަރިހަމަ” ކުދިން ކޮޅަކަށް ވުންވެސް ގާތެވެ.

އަހަރެންނަކީ އެންވަޔަރަންމެންޓަލިސްޓެއް ނޫނެވެ. ނުވަތަ ތިމާވެށީގެ ރޮނގުން ކިޔަވައިގެން ހުރި މީހެއްވެސް ނޫނެވެ. ނަމަވެސް ޓީވީތަކުން އަބަދުވެސް ޕްލާސްޓިކް ކޮތަޅުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންތަކެއް ލިބޭނެ ވާހަކަ ދައްކާއަޑު އަހަމެވެ. އަދި ހަމަ އެހެންމެ އެއީ އަހަރެމެންގެ ނާޒުކު ފަރުތަކަށް ކިހާ ގެއްލުމެއް ދީފާނެ ކަމެއް ކަން އެކިމީހުންގެ ފަރާތުން ވަނީ އިވިފައެވެ. އެހެންކަމުން ޕްލާސްޓިކް ކޮތަޅަކީ ކިހާވަރެއްގެ އެއްޗެއްކަން އެނގިހުރެ އެފަދަ މަންޒަރެއް ފެނުމުން ކަންބޮޑު ވެވުނީއެވެ. އަހަރެމެންގެ މިގައުމުގެ ތިމާވެއްޓަކީ ނާޒުކު ތިމާވެއްޓެކެވެ. އަދި އަހަރެމެން އެއެއްޗެއް ދައްކައިގެން ލާރި ހޯދާ، ފަރުތައް ހަލާކު ވުމަކީ އަހަރެމެން ނުވިސްނާ ދޫކޮށްލައިގެން ވާނެ ކަމެއް ނޫނެވެ.

ޕްލާސްޓިކް ކޮތަޅު ގެ އުނދަގޫ ކުރިމަތި ވެފައިވަނީ ހަމައެކަނި އަހަރެމެންގެ ދިވެހިރާއްޖެއަކަށް ނޫނެވެ. ބީބީސީގައި ދާދިފަހުން ޝާއިއުކުރި ތަފާސްހިސާބު ތަކަކުން ދައްކާގޮތުން ޔޫރަޕްގެ އިއްތިހާދުގެ ގައުމު ތަކުގައި ކޮންމެ އަހަރަކު 800،000 ޓަނުގެ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރެއެވެ. އަދި 2010 ވަނަ އަހަރު އެވްރެޖްކޮށް ޔޫރަޕްގެ ކޮންމެ މީހަކު 191 ޕްލާސްޓިކް ކޮތަޅު ބޭނުން ކުރިއެވެ. ނަމަވެސް އޭގެ ތެރެއިން ރީސައިކަލް ކުރެވުނީ އެންމެ 6 އިންސައްތައެވެ. އަހަރަކު ހަތަރު ބިލިޔަން ޕްލާސްޓިކް ކޮތަޅު އެއްލާލައެވެ. އެހެންކަމުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ ވަރު މަދުކުރުމަށް އެގައުމުތަކުންވެސް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެގައުމު ތަކުން ވިސްނަމުންދާ ބައެއް އުކުޅުތަކަށް ވެސް މިތަނުގައި ބަލާލާނަމެވެ.

ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާކުރުން

ޔޫރަޕުގައި އެންމެ ފުރަތަމަ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާކޮށްފައިވަނީ މިދިޔަ އަހަރު އިޓަލީގައެވެ. ނަމަވެސް ޔޫރަޕުން ބޭރުގެ ބައެއް ގައުމުތަކުގައި މިހާރު ވަނީ ޕްލާސްޓިކް ކޮތަޅު މުޅިން މަނާކުރަން ފަށާފައެވެ. އޭގެ ތެރޭގައި އެފްރިކާގެ ރުވާންޑާ އާއި ސޯމާލިޔާ ހިމެނެއެވެ. އަދި ޓެންޒޭނިޔާގައި އެންމެ ތުނި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މުޅިން މަނަލެވެ.

މުޅިން އެއްކޮށް ޕްލާސްޓިކް ކޮތަޅު މަނާ ނުކުރިކަމުގައި ވިޔަސް، ބައެއް ގައުމުތަކުގައި އެންމެ ތުނި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މިހާރު ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ޗައިނާ، ޔޫއޭއީ، ދެކުނު އެފްރިކާ، ޔޫގަންޑާ އަދި ބަންގްލަދޭޝް ހިމެނެއެވެ. ބަންގްލަދޭޝް ގައި މަނާކުރީ، އެގައުމުގައި ފެން ހިންދާ ވަޅުތަކުގައި ޕްލާސްޓިކް ކޮތަޅު ގިނަވުމުން، އެތަންތަން ބެދި ފެން ބޮޑުވުންތަކަށް މަގުފަހި ވަމުންދާ ކަމަށް ބުނެއެވެ. ޔޫއޭއީ ގައި މަނާކުރީ، އެގައުމުގައި ޕްލާސްޓިކް ކޮތަޅު އެންދުމުން ނުކުންނަ ޕޮލިއުޝަން ގެ ސަބަބުން ޖަމަލާއި އެހެނިހެން މަސް ކާން ބޭނުން ކުރާ ޖަނަވާރުތަކަށް ގެއްލުން ލިބޭކަމަށް ބުނެއެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ ޖަމިއްޔާއެއް ކަމުގައިވާ، “ފްރެންޑްސް އޮފް އާރތު” ބުނާގޮތުން ޕްލާސްޓިކް ކޮތަޅު މުޅިން މަނާކުރުމަކީ ހައްލެކެވެ. ނަމަވެސް ވިޔަފާރި ކުރާ މީހުންނަށް އެކަމަށް ތައްޔާރު ވުމަށް ވަގުތު ބޭނުން ވާނެކަމަށް އެމީހުން ބުނެއެވެ.

ޓެކްސް އެއް ތައާރަފް ކުރުން

ގައުމުގައި އުފައްދާ، ނުވަތަ އެތެރެކުރާ، ނުވަތަ ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅަށް ޓެކްސް އެއް ތައާރަފް ކުރުމަކީ ވެސް ބައެއް ގައުމު ތަކުން ކޮށްފައިވާ ކަމެވެ. އެންމެ ފުރަތަމަ އެކަން ކޮށްފައިވަނީ 2002 ވަނަ އަހަރު ރިޕަބްލިކް އޮފް އަޔަލެންޑްގަ އެވެ. އެގައުމުގައި ބޭނުންކުރާ ކޮންމެ ކޮތަޅަކަށް 15 ޔޫރޯ ސެންޓް (ގާތްގަނޑަކަށް 3 ރުފިޔާ) ތައާރަފް ކުރުމުން އެގައުމުގައި ކޮތަޅު ބޭނުން ކުރާ ވަރު 95 އިންސައްތަ މަދު ކުރެވުނެވެ. އަދި ދިގު މުއްދަތައް ބޭނުން ކުރެވޭ ކޮތަޅު ބޭނުން ކުރާ މީހުން 90 އިންސައްތަ އިތުރު ވެގެން ދިޔައެވެ. އަދި ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ތިމާވެށީގެ ފަންޑަކަށް ޖަމާކުރިއެވެ. އަދި އުކާލެވޭ ތަކެތި މަދު ކުރުމަށާއި ރިސައިކަލް ކުރުމުގެ އާ އީޖާދުތަކުގެ ރިސާޗްތައް ހެދުމަށް އެފައިސާއިން ހަރަދު ކުރަމުން ދިޔައެވެ.

އޭގެ ފަހުން ބެލްޖިއަމް، ޖާމަނީ، ސްޕެއިން، ނޯވޭ، އަދި ނެދަލެންޑްސް އިން ވަނީ އެފަދަ ޓެކްސް ތައް ތަޢާރަފް ކޮށްފައެވެ. ދާއިރާގެ ތަޖުރިބާކާރުން ބުނާގޮތުން، އެންމެ ކާމިޔާބު އެއް ޕްރޮގްރާމެއް ހިންގަނީ އަޔަލެންޑުގައެވެ.

ދިގު މުއްދަތަށް ދެމިހުންނަ ކޮތަޅު ބޭނުން ކުރެވިދާނެތަ؟

ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރެވޭނެނަމަ ތަކެތި ގަންނަ މީހުން އެހެން ކަހަލަ ކޮތަޅު ހޯދަން ޖެހެއެވެ. ނަމަވެސް އެއީ ވެސް މުޅިން ތިމާވެއްޓަށް ލިބޭ ހައްލެއް ކަމަކަށް ނުވާނެއެވެ. ވަރުގަދަކޮށް ހެދިފައި ހުންނަ ކޮތަޅު، އެއީ ފޮތިން ހެދިފައި ހުއްޓަސް، ކަރުދާހުން ހެދިފައި ހުއްޓަސް އަދި ޕްލާސްޓިކުން ހެދިފައި ހުއްޓަސް، އެ ނައްތާލާއިރު ތިމާވެއްޓަށް ގެއްލުން ތަކެއް ލިބިގެން ދާނެއެވެ. އެހެންކަމުން ދިރާސާ ކުރާ މީހުން ބުނަނީ، ދިގު މުއްދަތައް ބޭނުން ކުރާ ކޮތަޅުން ލިބޭ ގެއްލުން ކުޑަކުރުމަށް، އެ ވާންޖެހޭނީ ވަކި އަދަދަކަށް ވުރެ ގިނައިން ބޭނުން ކުރެވޭ އެއްޗެއްސަށެވެ. އަދި އެބޭނުން ކުރާ މީހުން އެވަރަށް ހޭލުންތެރި ކުރުވަން ޖެހެއެވެ.

މިސާލަކަށް އާދައިގެ ޕްލާސްޓިކް ކޮތަޅެއް ބޭނުން ކުރަނީ އެއްފަހަރު ކަމުގައި ވަނީ ނަމަ، ކަރުދާހު ކޮތަޅު މަދުވެގެން 3 ފަހަރު ބޭނުން ކުރަން ޖެހޭނެއެވެ. އެހެން ނޫންނަމަ ކަރުދާހު ކޮތަޅު އުފެއްދުމަށާއި ޓްރާންސްޕޯޓް ކުރުމަށް ބޭރު ކުރާ ކާބަން އިން ލިބޭ ގެއްލުން ނުބައްދަލު ވާނެއެވެ. ހަމަ އެހެންމެ ރަބަރު ކޮތަޅު މަދުވެގެން 4 ފަހަރު ބޭނުން ކުރަން ޖެހޭނެކަމަށް ބުނެއެވެ. އަދި ފޮތި ކޮތަޅެއް ނަމަ މަދުވެގެން 131 ފަހަރު ބޭނުން ކުރަން ޖެހޭނެއެވެ.

މީގެ އިތުރުން ބަޔޯޑީގްރޭޑަބަލް (ގުދްރަތީ އެއްޗަކުން އުފައްދާ އަދި ގުދްރަތުގެ ތެރެއަށް ނެތިގެންދާ) ކޮތަޅު ބޭނުން ކުރުމަކީވެސް ޔޫރަޕްގެ އިއްތިހާދުން ވިސްނަމުންދާ ކަމެކެވެ. ނަމަވެސް މިއިން ކޮންމެ ވައްތަރެއްގެ ކޮތަޅަކީވެސް އެއެއްޗެއް އުފައްދާއިރު އާއި ނައްތާލާއިރު، ތިމާވެއްޓަށް ގެއްލުންތަކެއް ދޭނެ އެއްޗެއްސެވެ.

އަހަރެމެންގެ ތިމާވެށި

އަހަރެމެންގެ ތިމާވެއްޓަކީ ކިހާ ނާޒުކު އެއްޗެއްކަން އިތުރަށް ކިޔައި ނުދިނަސް ތިއިން ކޮންމެ ބޭފުޅަކަށް ވެސް އެނގިލައްވާނެއެވެ. ރާއްޖޭގައި ވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާލެއް މަދުކުރުމަށް ގައުމީ ފެންވަރުގައި އާއި ރަށު ފެންވަރުގައި އެކި ކެމްޕެއިންތައް ހިންގައެވެ.

މިގޮތުން ދާދިފަހުން ރާއްޖޭގައި ޓެކްސް ނިޒާމުގެ ތެރެއިން ވަނީ ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވިފައެވެ. މިއަހަރު ފެށުނު އިރު ޕްލާސްޓިކް ކޮތަޅުގެ އިމްޕޯޓް ޑިއުޓީ ވަނީ 400 އިންސައްތަ ބޮޑު ކޮށްފައެވެ. ނަމަވެސް މިކަމުގެ ހަގީގީ ފައިދާ ކުރާނީ އެކަން ރައްޔިތުންނަށް އެންގުނު ވަރަކުންނެވެ.

ބައެއް ފިހާރަތަކުން އެފިހާރަތަކަށް ގަންނަ ޕްލާސްޓިކް ކޮތަޅުގެ އަގުބޮޑު ވެފައިވާތީ، އެއަގު ވަނީ މުދަލުގެ އަގުގެ ތެރޭގައި ހިމަނާފައެވެ. އެހެންކަމުން ރައްޔިތު މީހާއަށް އެބުނާ ޓެކްސް އެއް ބޮޑުވެގެން އުޅޭކަމެއް ނޭނގެއެވެ. އެހެން ނަމަވެސް ބައެއް ސުޕަމާކެޓް ތަކުގައި އަމަލު ކުރަން ފަށާފައިވާ ގޮތްތަކުގެ ސަބަބުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މީހުން މަދު ކުރެވިދާނެއެވެ. މިސާލަކަށް ފެންޓަސީ ސްޓޯރުގައި ކަސްޓަމަރ އަތުން ކޮތަޅަށް ލާރި ދައްކަން ޖެހެއެވެ. އެހެން ފިހާރަތަކުން ވެސް އެފަދަ ގޮތެއް ތައާރަފް ކޮށްފިނަމަ، އަމިއްލައަށް ކޮތަޅު ހިފައިގެން ދާ މީހުން ގިނަ ކުރެވޭނެއެވެ.

ކުޅުދުއްފުއްޓަށް ބަލާއިރު، ކުޅުދުއްފުށީގައި ވެސް ދޭތެރެ ދޭތެރެ އިން އެފަދަ ކެމްޕެއިންތައް ހިންގައެވެ. ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާއިން ކޮންމެ އަހަރަކުވެސް ފޮތި ކޮތަޅު ގޭގެޔަށް ހަދިޔާ ކުރުމުގެ ކެމްޕެއިން އެއް ހިންގަމުން ގެންދިއުމަކީ މިއިން އެންމެ ފާހަގަ ކޮށްލެވޭ އެއްކަންތައް ކަމުގައި ވާނެއެވެ.

ޕްލާސްޓިކް ކޮތަޅުން އަހަރުމެންގެ ނާޒުކު ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް އާ ކެމްޕޭން ތަކެއް ފަށަން ވެއްޖެކަމަށް ފެނެއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކައަކީ ހަމައެކަނި މަތީ ފެންވަރުގެ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ދައްކާލެވޭ ވާހަކައަކަށް ވުމުގެ ބަދަލުގައި އާންމު ރައްޔިތުންގެ ގާތަށް މިވާހަކަތައް ދާން އެބަޖެހެއެވެ. އަދި މުޖުތަމައުގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތްތައް ފަށަން ޖެހެއެވެ.

މަތިބަރު ނުވާނެހެން ސަރުކާރެއް ގާއިމުކުރުން
ބަދުރުއްދީން ހަސަން

ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ބަޔަކު ހީކޮށްފައި ނުވާގޮތަށް ދިވެހި ސަރުކާރު މިއަދު މިވަނީ ބަދަލު ވެފައެވެ. ފަސްއަހަރު ވެރިކަން ކުރުމަށް ޑިމޮގްރަޓިކް ނިޒާމެއްގެ ތެރެއިން ބޭއްވުނު ފުރަތަމަ އިންތިހާބުގައި ރައްޔިތުން ހޮވި ދިވެހިރާއްޖޭ ރައީސުލްޖުމްހޫރިއްޔާ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ހިނގާދިޔަ ހާދިސާ ތަކެއްގެ ސަބަބުން ވަނީ އިސްތިއުފާ ދީފައެވެ.

ރައީސް ނަޝީދު ވެރިކަން ނިމިގެން ދިޔަ ގޮތާމެދު އެކިފަރާތްތަކުން އެކި ގޮތަށް ވާހަކަ ތައް ދައްކަމުން ދިޔަ ކަމުގައި ވިޔަސް، ރައީސް ވަހީދު ވަނީ ފާޑުކިޔުންތަކާއެކު ވެސް އާސަރުކާރެއް އެކުލަވާލައިފައެވެ. ސަރުކާރުގެ މިނިސްޓްރީތައް ހިންގުމަށް އެކި ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ނަންގަވާ ގައުމު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ފަށާފައެވެ.

ރައީސް ވަހީދުގެ ސަރުކާރު އެކުލަވާލައި ހަމަޖެހިލުމަށް މަސައްކަތް ކުރަމުން ދާއިރު، ވަހީދުގެ ސަރުކާރުން ސަރުކާރު ހިންގުމުގެ ހަރަދުތައް ބަހައްޓާނެ ގޮތާމެދު އެކިފަރާތްތަކުން ދަނީ އެކި ކަހަލަ ހިޔާލުތައް ފާޅު ކުރުމުންނެވެ. ރައީސް މައުމޫނުގެ ވެރިކަން ނިމިގެން ދިޔައިރު، އެސަރުކާރުގެ މަތިބަރު ވެގެން ގޮސްފައިވާ ވާހަކަތައް ދެކެވެމުން ދިޔައެވެ. އަދި ގިނަ ބަޔަކު އުއްމީދު ކުރި ބަދަލަކީ ވެސް އާއިލާ މީހުންގެ ނުފޫޒުން ސަލާމަތް ވެފައިވާ ވެރިކަން ހިންގުމުގެ ނިޒާމެއް ދިވެހި ރާއްޖެއަށް ގެންނަން ގެނައި ބަދަލެކެވެ.

ނަމަވެސް ގިނަ ބަޔަކު ހީކުރިގޮތާ ހިލާފަށް ނަޝީދުގެ ސަރުކާރުގައިވެސް ފެނިގެން ގޮސްފައިވަނީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން ދިޔަ ގިނަ ބަޔަކާއި އެމީހުންގެ އާއިލާތަކަށް ވަޒީފާތައް ދީ ސަރުކާރުގެ މަތި ބަރުވަމުން ދިޔަ މަންޒަރެވެ. ގައުމުގެ އިގްތިޞާދު ކުރި އެރުވުމަށްޓައި، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ގޮވަމުން ދިޔަ ކަމުގައި ވިޔަސް، ސިޔާސީ މަގާމުތައް ދިޔައީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. އެކަމުގެ ސަބަބުން ފިނޭންސް މިނިސްޓްރީގެ “ޕޭރޯލް” ދިޔައީ ބޮޑުވަމުންނެވެ.

މައުމޫނުގެ ސަރުކާރުގައި ހިމެނުނު ސިޔާސީ މަގާމުތަކާ އަޅާ ބަލާއިރު ހިސާބު ނަންބަރުތައް ޖަހައިފި ނަމަ ފެނިގެންދަނީ ނަޝީދުގެ ސަރުކާރުގައި މާބޮޑަށްވެސް ސިޔާސީ މަގާމުތައް އިތުރުވެފައި ވާ މަންޒަރެވެ. މައުމޫނުގެ ސަރުކާރު ނިމުނު އިރު ސިޔާސީ މަގާމު ތަކުގެ ގޮތުގައި 122 މީހުން ތިބިއިރު، ނަޝީދުގެ ސަރުކާރު ނިމުނު އިރު އެއަދަދު ވަނީ 453 ކަށް އަރާފައެވެ. މައުމޫނުގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުންގެ އަދަދު 13 އެވެ. ނަމަވެސް ނަޝީދު ސަރުކާރުގައި ސްޓޭޓް މިނިސްޓަރުންގެ އަދަދު 40 ހަށްވުރެ ގިނަވެފައި ވެއެވެ. ނަޝީދު ސަރުކާރުގައި ތިބި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 84 އަށް އަރައެވެ. މިއީ މައުމޫނު ސަރުކާރު ނިމުނުއިރު ޑެޕިއުޓީ މިނިސްޓަރުންގެ އަދަދަށްވުރެ 40 ޑެޕިއުޓީ މިނިސްޓަރުން އިތުރު އަދަދެކެވެ. މީގެ އިތުރުންވެސް މައުމޫނުގެ ސަރުކާރުގައި ހިމެނުނު ސްޕެޝަލް އެޑްވައިޒަރުންނާއި ހާއްސަ މުޝީރުންގެ އަދަދަށްވުރެ ނަޝީދު ސަރުކާރުގައި އެބައިއުޅެނީ ކުރީގައެވެ. ހަމަ އެފަދައިން ނަޝީދުގެ ސަރުކާރުގައި އުފެއްދި ކޯޕަރޭޝަންތަކުގެ ޑިރެކްޓަރުންގެ ގޮތުގައި ތިބި މީހުންގެ އަދަދުވެސް ގިނަވާނެއެވެ.

މަތީގައި މިބަޔާން ކުރި ހިސާބުތަކަށް ބެލިކަމުގައި ވިޔަސް ނިމިދިޔަ ނަޝީދުގެ ސަރުކާރަކީ މަތިބަރު، ޕޭރޯލަށް ބާރުބޮޑު ސަރުކާރެކެވެ. ސަރުކާރަށް މަހުންމަހަށް ލިބެމުން ދިޔަ އާމްދަނީ ޓެކްސް އާއި އެހެނިހެން ފީތަކުގެ ސަބަބުން އިތުރުވަމުން ދިޔަ ކަމުގައި ވިޔަސް، އެއާމްދަނީއިން މިދެންނެވި ހަރަދުތައް ފޫބެއްދޭ ވަރަށް ވުރެ ބޮޑު ވެގެން ދިޔައެވެ. އަދި ޓީބިލް ފަދަ ކުރު މުއްދަތުގެ ލޯންތައް ބޭންކުތަކުން ނަގަން މަޖުބޫރު ވެގެން ވެސް ދިޔައެވެ.

ނަޝީދުގެ ވެރިކަމުގައި ޕޭރޯލް ބޮޑު ވެގެންދިޔަ އަނެއް ސަބަބަކީ ރާއްޖޭގެ ސަރުކާރު ހިންގުމުގެ ނިޒާމު ލާމަރުކަޒީ ކުރުމެވެ. ލާމަރުކަޒީ ގާނޫނު ބައްޓަން ކުރެވުނު ގޮތުން ކޮންމެ ރަށެއްގައި ކައުންސިލަރުން “ތަކެއް” ތިބެން ޖެހެއެވެ. އަދި ކޮންމެ އަތޮޅެއްގައި ވެސް އަތޮޅު ކައުންސިލް މެމްބަރުންގެ ގޮތުގައި ވެސް ބަޔަކު ތިބެން ޖެހެއެވެ. ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެއީ އެންމެ ރަނގަޅު ނިޒާމުތޯ އެތައްބަޔަކު ސުވާލު އުފައްދަމުންދެއެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގެ ސަބަބުން ޕޭރޯލްއަށް އިތުރުވި “ލޯޑަކީ” ރައީސް ނަޝީދު ވެސް ކުރާނެ ކަމެއް ނޫނެވެ. ގާނޫނު ފާސްކުރަނީ މަޖިލީހުންނެވެ.

ސަރުކާރެއްގެ ރިކަރެންޓް ހަރަދަށް ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ގައުމުގެ އިގްތިޞާދަށް ކުރިއެރުން ގެނައުމަށް ހުރަސް އެޅެން ދިމާވާ އެއް ސަބަބެވެ. އުފެއްދުންތެރި މަސައްކަތްތަކަށް ހަރަދު ނުކުރެވި ހަމައެކަނި މުސާރަ ދިނުމަށް ބޮޑު ހޭދައެއް މިފަދަ ގޮތަކަށް ކުރަން ޖެހުމަކީ އިގްތިޞާދުގެ ދުވެލި މަޑުޖެހިގެންދާނެ ކަންކަމެވެ. އަދި ޕޭރޯލްގެ ގޮތުގައި އެހާބޮޑު ހޭދައެއް ސަރުކާރުގެ ބަޖެޓުން ހޭދަވަމުން ދިއުމަކީ އިންފްލޭޝަން މައްޗަށް ދިއުމަށްވެސް އިތުރު ސަބަބަކަށް ވެގެން ދެއެވެ.

އެހެން ކަމުން ނަޝީދުގެ ސަރުކާރު ނިމުމާއެކު ބައެއް އިގްތިޞާދީ މާހިރުން ދެކެން ފެށީ އެއީ ރާއްޖޭގެ އިގްތިޞާދު ކުރިއަށް ޖައްސާލަން ލިބުނު ފުރުސަތެއް ކަމުގައެވެ. ވަހީދުގެ ސަރުކާރަށް ސަރުކާރު ހިންގުމުގެ ހަރަދު ކުޑަކޮށް އެފައިސާ އެހެން ގޮތަކަށް ބޭނުން ކުރެވިއްޖެނަމަ އިގްތިސާދަށް އިތުރު ދިރުމެއް ގެނެވިދާނެ ކަމަށް އެމީހުން ސިފަކުރެއެވެ.

ނަމަވެސް ސުވާލަކީ ވަހީދުގެ ސަރުކާރަށް މަތިބަރު ނުވެ ފަރުޖެއްސިދާނެ ބާއެވެ. ވަހީދު ވެރިކަމާހަވާލުވެ އަމާޒު ހިފާފައިވަނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކާއި ދިމާލަށެވެ. އެގޮތުަން ރާއްޖޭގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކަށް ސަރުކާރުގައި ބައިވެރިވުމަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި އެޕާޓީތަކަށް ނިސްބަތްވާ އެކިފަރާތްތަކަށް ސިޔާސީ މަގާމުތައްވެސް ދަނީ ހަވާލު ކުރެވެމުންނެވެ. ނަޝީދު ވެރިކަން ކުރިއިރު ސިޔާސީ ނުފޫޒު ސަރުކާރަށް ވައްދަމުން ދިޔައީ އެމްޑީޕީއިން އެކަންޏެވެ. ނަމަވެސް ވަހީދުގެ ސަރުކާރުގައި މިއަދާ ހަމައަށް އެމްޑީޕީ ފިޔަވާ ދެންތިބި ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާއިރު، އެޕާޓީތަކުގެ ޒައީމުންނާއި ރައީސުން އަދި ބާނީން ގެ ނުފޫޒު ނުވަދެ ހުންނާނެ ބާއެވެ. އެއިން ކޮންމެ ސިޔާސީ ޕާޓީއަކުން ބޭނުންވާއިރަށް މަގާމެއް ނުއުފައްދާ ރައީސް ވަހީދަށް ފަރުޖެއްސިދާނެ ބާވައޭ މިއަދު ސުވާލު ކުރެވެމުން ދެއެވެ.

ދިވެހިންގެ މާދަރީ ދިވެހި ބަހަށް ޒުވާނުންގެ ސަމާލުކަން ބޭނުމެވެ.
ހާޝިމް އަބޫބަކުރު

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރުމަށް ކަލަންޑަރުގައި އޮންނައިރު، އެ ދުވަހަށް ސަމާލުކަން ދެނީ ކިތައް މީހުން ހެއްޔެވެ؟ ދިވެހީންގެ ވެސް އަމިއްލަ މާދަރީ ބަހެއް އޮންނަކަމުގެ އުފާވެރި އިހުސާސް ކުރެވި، އަދުގެ ދިވެހީންގެ ހާލަތު ވަޒަންކޮށް އެކަމާމެދު ފިކުރު ހިންގާލަން ވަގުތުކޮޅެއް ހޭދަކޮށްލެވެނީ ކިތައް ދިވެހީންނަށް ހެއްޔެވެ؟ މިދަންނަވަނީ އަސުރުން ތިރިވެފައި ތިބި ދިވެހިބަހުގެ ދެތިން އުސްތާޛުން ޓީވީ ޕްރޮގްރާމަކަށް އަރައި ދިވެހިބަހުގެ ދެތިން ލަފުޒުގެ މާނަ ބުނެލާ ބުނެލުމެއް ނޫނެވެ. މާދަމާގެ ދިވެހި ޖީލަށް އަހަރެމެންގެ ދިވެހިބަސް ހެޔޮގޮތުގައި ހަދިޔާކުރުމަށްޓަކައި ތިބި މިއަދުގެ ޒުވާނުން މިފަދަ ފިކުރެއްކޮށްލައި، އެކަމަށް މަސައްކަތްކުރާތަން ލޮލުބޭހަކަށްވެސް ނުފެންނާތީ އެކަމާ ހަމަ ފިކުރުބޮޑުވާތީ މިހެން އަހާލެވެނީއެވެ.

މިހާރުގެ ނޫކަށިފުރައިގެ ކުދީންނަށް ދިވެހިބަސް އެއީ ދެން މާ ދަށްފަންތީގެ ކަޓު ބަހަކަށް މި އޮންނަނީ ވެފައެވެ. ދިވެހި ބަހުން އަނެކުންނާ ވާހަކަދެއްކުމަކީ ކުރުން ހެޔޮނުވާ ވަރުގެ ލަދު ކަމަކަށްވެ، ދެ ލަފުޒު ދޭތެރޭ ފަރަންޖީ ބަހެއް ބޭނުންނުކުރާނަމަ، އެމީހަކީ ބޯދާ ޚިޔާލުގެ މީހަކަށް މި އޮންނަނީ ވެފައެވެ. ދިވެހިބަހުގެ ހަމަތަކަށް އިޙްތިރާމްކުރާ ޒުވާނަކު އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދެވެ. މިހާރު ގިނަ ކުދީންނަށް ކޮޓަރީގައި އަލަމާރި އިންނަނީއެވެ! އަލަމާރީގައި ހެދުންވެސް އިންނަނީއެވެ! ގިފިލީގައި ވަޅު އިންނަނީއެވެ! އަދި ވަޅުގައި ފެންވެސް ހަމަ އިންނަނީއެވެ!

ފަހެ މިހާރުގެ ޒުވާނުންނަށް ދިވެހިބަހުގެ ބަލާޣާތްތެރިކަމާއި، އޭގައި އެކުލެވޭ އަސަރާއި، އަޑު އިވޭ ހިނދު ހިތްތަކަށް އެ ގެނުވާ ޖަޒުބާތުތައް ހަމަ އެއްގޮތަކަށްވެސް ނޭނގެނީ ހެއްޔެވެ؟  ދިވެހި ޅެންވެރިކަމުގައި އެހެރަ ފަށުވިގޮތަކީ އެހެނިހެން ބަސްބަހަށް ވުރެ ޖާދުވީ އަސަރު އެކުލެވޭ އެއްޗެހިކަން ހަމަ ރޭކާނުލަނީ ހެއްޔެވެ؟

އަނެކާ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުމުން ‘ސޮރީ’ އޭ ބުނެލުމުގެ ބަދަލުގައި ދިވެހިބަހުން މަޢާފަށް އެދުމުން، އެކަން ހިތުގެ އަޑިން ޤަބޫލުކުރެވޭލެއް މާ އަވަސްކަން ޔަޤީނެވެ. ލޯބިވެރިޔާގެ ގާތުގައި ހަމައެކަނި ‘އައި ލަވްޔޫ’ އޭ ބުނުމަށްވުރެ، ކަލާދެކެ ވަރަށް ލޯބިވެޔޭ ބުނުމުން، އެ ލޯބީގެ އިހުސާސް އަނެކާގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް ކުރާނެކަމާމެދަކު ޝައްކެއްނެތެވެ. ލޯބިވެރިޔާގެ ގައިގައި އައްޓަމަހެއްހެން ތަތްކޮށްލައިގެން، އޭނާއަށް ހަށިފުރާ ނޭވާލާން އުނދަގޫވާހާ ބާރަށް ބައްދައިގެން، ލޮނުވިއްސާވަރުން ލޯކަރާހާ މޫދާ ކައިރީގައި އިނުމަށްވުރެ، ރީތި ލޯބީގެ ޅެންބައިތުތަކެއްގެ ޝާޢިރީ ގުލްދަސްތާއެއް ހަދިޔާކުރުމުން، ލޯބިވެރިޔާގެ ހައްޓަށް ލުއިވެފައި ދެވޭ މެސެޖާއި ހިތުގައި ހިނގައިގަންނަ އިޝްޤީ އޮއިވަރު މާގަދަވާނެކަން ޔަޤީނެވެ.

އަޑު އަހާލަން ހިތްހަމަޖެހެނީ ‘އައިލަވްޔޫ… އައި ވިލް އޯލްވޭސް ލަވްޔޫ… ފޮރ އެވަރ އެންޑް އެވަރ..” ހެއްޔެވެ؟ ނޫނީ މިފަދަ ޅެން ބައިތު ކޮޅެއް ނޫންހެއްޔެވެ؟

“ހިތުގައިވަނީ ތިޔަ ސޫރައޭ، ބިންވަޅު އެކީ  ނެގިފައި މަގޭ

މިތުރާއަކަށް ނޭނގޭނެޔޭ، ހިތް އޮބިނުއޮންނަ ވަރެއް މަގޭ

ތިޔައޭ އަބަދުގެ ޚިޔާލަކީ، މުޅި ރޭދުވާލުގެ ފިކުރަކީ

ތިޔައޭ މިހިތުގައި ކުރެހިފައި ވާ ސޫރައީ އުމުރަށް އިނގޭ”

ދަރިފުޅު ނިންދަވާއިރު ކިޔަން އެންމެ ކަމުދަނީ ‘އިންކީ ވިންކީ ސްޕައިޑަރ’ ހެއްޔެވެ؟ ނޫނެކެވެ. ދަރިފުޅުދެކެ ލޯބިވާކަން ހާމަކުރުމަށްވެސް އެންމެ އެކަށޭނައީ ޖޭމު ދޮންކަމަނަގެ “މި ކުޑަކުޑަ ލޯބި ނާނާޔަށް” ފަދަ ރީތި ލަވައެއްކަން ޔަޤީނެވެ.

އެހެންނަމަވެސް ހިތާމައަކީ އެންމެ ކުޑަ އިރުއްސުރެވެސް އަޅުގަނޑު ކިޔައިގެން ވާހަކަދައްކަން ދަސްކޮށްދިނުމުގެ ބަދަލުގައި ‘އައި’ އާއި ‘ޔޫ’ ކިޔަން ދަސްކޮށްދެވޭކަމެވެ. ސްކޫލްތަކުގައިވެސް ދިވެހި މާއްދާއަށް ދޭ ސަމާލުކަން ކުޑަވުމެވެ. ދިވެހި މާއްދާއަށް ހަފްތާއަކު ދެގަޑި ނޫނީ ތިންގަޑި އެވެ. އިނގިރޭސި ކިޔައިފިނަމަ، ކޮންމެ ދުވަހަކު ދެތިން ހަތަރުގަޑިވެސް އޮންނަނީ މަދުވެފައެވެ. މީގެ ނަތީޖާއަކީ މިއަހަރު ޘާނަވީ އިމްތިހާނު ހަދަން ތައްޔާރުވަމުންދާ ދަރިވަރުން ތެރޭގައި މާދަރީ ބަހަކީ ކޮބައިކަންވެސް ނޭނގޭ ކުދިން ތިބުމެވެ. އިމްތިހާނުތަކުން ދިވެހި މާއްދާއިން ފޭލިވާ ކުދިން ގިނަވުމެވެ. ދިވެހިބަހުގެ ހަމަތައް ނުދަންނަކުދިން ގިނަވެގެން ދިއުމެވެ.

މައިންބަފައިންނާއި ހިސާބުން ފެށިގެން ސްކޫލްތަކުގައި ދިވެހި ކިޔަވައިދެއްވާ މުދައްރިސުންނާއި މުޤައްރަރުތައް އެކުލަވާލައި ބޭފުޅުންވެސް ދަރިވަރުން ދިވެހިބަހަށް ލޯބިޖެއްސުމަށް މަސައްކަތްކުރަން މިއޮތީ ލަސްވެފައެވެ. ދިވެހިބަސް ކިޔަވަން ފޫހިވެއޭ ދަރިވަރުން އެބުނާ ބުނުމަށް ސަމާލުކަންދީ މުޤައްރަރުތައް އިސްލާޙުކޮށް އެކުދީން ކިޔަވާ ހިތްވާފަދަ ފިލާވަޅުތަކާއި ތަމްރީނުތައް ހިމަނައިގެން ކްލާސްތައް ގެންދަން އެބަޖެހެއެވެ. ދިވެހި އަދަބިއްޔާތުގެ ބައިތަކަށް ދަރިވަރުންގެ ލޯބި އިތުރުކުރުމަށް އިތުރު ހަރަކާތްތައްވެސް އައު ފެށުމަކުން ފަށަންވެފައެވެ. އެހެންނޫނީ އަހަރެމެންނަށް ލިބިފައިމިވާ މުއްސަނދި މާދަރީ ބަސް ނެތިގެން ދިއުމަށް ގިނަދުސްތަކެއް ނުނަގާނެއެވެ.

ގޮތްކުޑަކަމާއި، ޢާއްމުންނަށް އިޙްތިރާމް ނުކުރުން
ފަންއަރި

ހުކުރު ދުވަހު ހަވީރު އެމްޑީޕީން ބޭއްވި މުޒާހަރާއެއް ރާއްޖެ ޓީވީން ދުރަށް ދައްކަމުން ދިޔައިރު، އަޅުގަނޑު އިނީ، ކާނިވަލުގެ ސައިހޮޓަލެއްގައެވެ. ހުކުރުދުވަހަކީ މާލޭގައި ޢާއިލީ ދުވަހެކެވެ. ޢާއިލާތައް އޮތްގޮތަށް އެސަރަހައްދުން ފެންނަ ދުވަހެވެ.

ޓީވީ ހުރީ އެންމެންނަށް އިވޭވަރަށް އަޑުބާރުކޮށްފައެވެ. އެއިރު ވާހަކަދައްކަވަން ހުންނެވި ބޭފުޅަކު ނިންމައިލެއްވުމުން، ދެން ޕޯޑިއަމް ކުރިމަތީ ހުއްޓިވަޑައިގަތީ، ސިޔާސީ ޕާޓީއެއްގެ ބާނީއެކެވެ. ޤާނޫނީ ދައުލަތެއްގެ މުހިއްމުކަމާ މެދު އެންމެ ހަރުއަޑުން ވަކާލާތުކުރެއްވި ބޭފުޅާއެވެ. އެޑިޔުކޭޝަން ދާއިރާގައި އެތައް އަހަރަކު މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެޑިޔުކޭޝަން ދާއިރާގައެވެ!! އަދި އޭގެ އިތުރުން، މިހާރު ވެސް ތަޢުލީމީ މުއައްސަސާއެއް ހިންގަވާ، އެތަނުގެ ވެސް ބާނީއެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ ރޮނގުން، ޖީލެއްގެ މުރައްބީއެކެވެ.

ފުރަތަމަ ވެސް ވިދާޅުވީ އޭނާ ވެފައި ހުންނެވި ކޯފާއެއްގެ ބޮޑުކަމުގެ ވާހަކައެވެ. އަދި އެފަދަ ގަދަފަދަ ކޯފާއެއްގައި ހުރެ ވިދާޅުވެވިދާނެ އެއްޗަކާ މެދު އެހެންމީހުން ޚަބަރުދާރުކުރުވިއެވެ.

އެކަމަކު އޭނާ ވެފައި ހުންނެވި ކޯފާއެއްގައި އެ ވިދާޅުވި އެއްޗަކުން އަޅުގަނޑަށް ހީވީ މޫނުމަތީގައި ތަފާލެއް އަޅާލިހެންނެވެ. ކިތައްމެ ކޯފާވެ ހަމައިން ނެއްޓިވަޑައިގަތަސް، ހައްދެއް އޮންނަންވާނެއެވެ. އަމިއްލަ ނަފްސާއި ދޫ ކޮންޓްރޯލް ނުކުރެވޭ މީހުން ތިބެންޖެހޭނީ އެހެން މީހުންނާ ވަކިންނެވެ.

ހުރި ގޮތްކުޑަކަމެވެ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީއެވެ. އޭނާއަށް އަރައި ހުންނެވުނު ތަނަކާ ވަގުތެއް އެނގިވަޑައިގަނޭބާއެވެ. އެއީ ހަވީރު ފިންޏަށް މައިންބަފައިން ތުއްތު ދަރީން ގޮވައިގެން ހިނގާލަން ނުކުންނަ ގަޑިއެވެ. އެންމެ ގިނަ ކުޑަކުދިންނާއި ބޮޑެތި މީހުން އެއްވާ މައިދާނެވެ. ޓީވީން އެވަގުތު، އެތައް ހާސް ބަޔަކު އެމަންޒަރުތައް ބަލަމުން ދިޔައެވެ.

އަޅުގަނޑަށް ހީވަނީ، ހަގީގަތުގައި އެއީ އެތާ މުޒާހަރާއަށް އެއްވެތިބި މީހުންނަށާ، އެމީހުންގެ ލީޑަރަށް ނިސްބަތްކޮށް އޭނާ ކުރެއްވި މަލާމާތެއްހެންނެވެ. ކުޑަކުއްޖަކަށް ވެސް އެވަރު ވިސްނޭނެއެވެ.

އޭނާ ބުނާކަހަލައެވެ. ” ކަލޭމެން ތިޔައުޅެނީ އަލާ ނުކެނޑެނީސް ‘އައުޓްވެގެން’ ނެވެ. އަދި އައުޓުވުމަށްފަހު ވެސް، ބާރުތައް ދޫވެފައިވާ، އިސްކޮޅުން ކުޑަ ރައީސް ރައީސްކަމުގެ ހޯލުން ނުނެރެން ތިޔަ ހިތްވަރުކުރަނީ، ބަލަ ތިބާވަތުގެ ކަންކަމަށް ދިވެހިބަހުގައި ކިޔާއުޅޭ ވަރަށް އެކަށޭނަ ލަފްޒެއް އެބައޮތެވެ.” އެހެންކަމުން އެބޭފުޅާ އެ މަލާމާތްކުރެއްވީ އެތާ އެއްވެ ތިބި މީހުންނަށެވެ. އެމީހުންނަށް ވެސް އެވަރު ވިސްނޭނެކަން ޔަގީނެވެ.

މިކަހަލަ ގޮތްކުޑަ ވާހަކަ ދެއްކުން ސިޔާސީ މީހުންތެރޭ މިވަނީ އިންތިހާއަށް އާއްމުވެފައެވެ. މަޖިލީސް އަޑުއަހާލިޔަސް ލަދުން ހަލާކުވާ ވަރުވެއެވެ. އެމީހުންގެ ވާހަކަތަކުގައި މަޖާޒުގެ ގޮތުން ވެސް ބޭނުންކުރަނީ، އެމީހުންގެ މުޑުދާރު ސިކުނޑީގެ ޝަހުވާނީ ޚިޔާލާތު އުފައްދާ ޖިންސީ ބަހުރުވައެވެ. އަޅުގަނޑަކީ ތިޔަ މަޖިލީސް އަޑުއަހާ މީހެއް ވެސް ނޫނެވެ. އެކަމަކު ރޭޑިޔޯ ހުޅުވާލި ވަގުތެއްގައި އެއިރު ފޮނުވަމުން އައި މަޖިލީހުގެ އެޕިސޯޑަކުން ވެސް އިވިގެން ދިޔައީ މިބާވަތުގެ ވާހަކައެކެވެ.

އެވަގުތު ވާހަކަދައްކަވަމުން ދިޔަ އިއްޒަތްތެރި ބޭފުޅަކު ވިދާޅުވި އެއްޗަކަށް އެހެން ޖަމާޢަތަކުން މަލާމާތުގެ ރާގަކަށް ސުވާލުކުރަނީ “ހިތާވީހެއްޔޭ؟” ކިޔާފައެވެ. ޖަވާބުގައި އެއަށްވުރެ އެންމެ ތަންފުކެއް ވެސް ދޫނުކޮށް، އެބޭފުޅަކު ވިދާޅުވީ “ހިތާވާނެ ނޫންހޭ ބަފާވެސް ހިތާވީ ފިރިހެނަކާއޭ” އެވެ. އަދި މިހެން ކިޔާފައި، އެންމެ ލަދުކުޑަ މީހުން ހިނިގަނޑު ޖަހާލާ ގޮތަށް، ހިނިފުޅުވަޑުވާލިއެވެ. ދެން އިވިގެން ދިޔައީ، ބަޔަކު އަތްތިލަބަޑި ތަޅާ ހޯބޯލަވައިގަތްކަހަލަ އަޑެކެވެ. މިއީ މައްކާގެ މުޝްރިކުން ކޮޕީކޮށްގެން އުޅޭ ބައެއްބާއެވެ. ރޯދަމަހު ސިޔަރަތު އަޑުއަހާލާށެވެ. އަބޫޖަހުލާއި އޭނާގެ ޖަމާޢަތް އަތްތިލަބަޑި ތަޅާ، މަލާމާތުގެ ބީދައިން ވާހަކަދައްކާ ގޮތުގެ ފާޑުގަނޑު ތިޔަ މަޖިލީސްތެރެއިން ވެސް އިވޭނެއެވެ. ސުބުޙާނަ ﷲ އެވެ!

ސިޔާސީ މީހުންގެ ނަމުގައި މި އުޅޭ މީހުން ދިވެހިންގެ އެއްވެސް އަގުކުރާކަމަކަށް އިޙްތިރާމެއް ނުކުރެއެވެ. މުޖުތަމަޢުގެ އަދަބުތަކަކަށް އިޙްތިރާމެއް ނުކުރެއެވެ. އަދި އާއްމުން އެއްވެ އުޅޭތަންތަނުގެ އަދަބުތަކަކަށް ވެސް ބަލައެއް ނުލައެވެ.

އަޚްލާޤީ މިންތައް ފަހަނަޅައި، މިހާ ފާޅުކަން ބޮޑުގޮތެއްގައި ހަޑިހުތުރު ބަސްމަގު ބޭނުންކުރާ ތަނެއް މި އުޑުދަށުގައި ދިވެހިރާއްޖެ ނޫނީ ނޯންނާނެއެވެ. އަދި މިނިވަން މީޑިއާއެއް އޮންނަ އިންސާނީ އެއްވެސް ޖަމާޢަތެއްގައި މިފަދަ ހުތުރު ބަހުރުވަ ބޭނުންކުރާ މީސްމީހުންގެ ވަޒީފާއަށް ޕުރެޝަރުކޮށްލައެވެ.

މިފަދަ ލަދު ނުގަންނަ ބަޔަކަށް އިންސާނީ ތާރީޚު ދުށް ބަޔަކީ ސަދޫމުގެ އަހުލުވެރީންނެވެ. އެތާގެ ބޮޑުންނާއި އާއްމުން އެކަތިގަނޑަކަށްވެ، ލަދުވެތިކަމުގެ ފަރުދާ ވީދާލިއެވެ. މާތް ﷲ އަޅަމެން އެންމެންނަށް ހިދާޔަތު ދެއްވާށިއެވެ. އާމީން!

ވެލަންޓައިންސް ޑޭ
ކަނޑިންމައި  އުޅާގަނޑު

“މި  ޗޮކްލެޓް ފޮށި ރީއްޗެއް ނޫންތަ؟” ރަތްކުލައިގެ ކަރުދާހަކުން  ހިތެއްގެ  ބައްޓަމަށް ހަދައިފައިވާ ފޮއްޓަކަށް އިޝާރާތް ކުރަމުން  އަޅުގަނޑުގެ ރަޙްމަތްތެރިޔާ  ބުންޏެވެ. އެތީގެ އަގު ބަލައިލައިފައި  އަޅުގަނޑުގެ މޫނުމަތީގައި ކޮކާ ބުރައިގެން  ދިޔައެވެ. ނަމަވެސް އަޅުގަނޑުގެ  ރަޙްމަތްތެރިޔާއަކަށް އެ ފޮށީގެ އަގަކީ އެއްވެސް  އެއްޗަކަށް ނުވިއެވެ.  ވާނީވެސް އެހެން ތާއެވެ. އަހަރެއްގައި އަންނަ އެންމެ  ދުވަހެއްގައި ތިމާގެ  ލޯބިވާ ފަރާތަކަށް ހަދިޔާއެއް ދޭއިރު އެއިގެ އަގަކީ މުޙިއްމު  ކަމެއް  ނޫންތާއެވެ؟

ކޮންމެޔަކަސް  އަޅުގަނޑުގެ ރަޙްމަތްތެރިޔާ ހޭބޯ ނާރައި އެ މަސައްކަތް  ކުރަނީ ފެބުރުއަރީ ސާދަވަނަ  ދުވަހު އޭނާގެ ލޯބިވާޔަށް ދޭނޭ ރީތި  ހަދިޔާއެއް ހޯދުމަށެވެ. އަޅުގަނޑުވެސް  ފޫހިވެފައި ހުރެގެން އޭނާގެ  ފަހަތުން ހިނގަމުން ދިޔައީމެވެ. އެއިރު އަޅުގަނޑުގެ  ހިތަށް އެތަކެއް  ސުވާލުތަކެއް އަރާ ފައިބަމުންދިޔައެވެ. ފެބުރުއަރީ ސާދަވަނަ  ދުވަހަށް  ވެލަންޓައިންސް ޑޭ ކިޔުނީ ކީއްވެ ބާވައެވެ؟ ވަކީން ޚާއްޞަވެގެން މި  ދުވަސް  ލޯބިވެރީންގެ ދުވަހަކަށް ވެގެން ފާހުގަ ކުރަނީ ކީއްވެބާވައެވެ؟  އަޅުގަނޑުހިތުން  ލޯބިވާ ބަޔަކަށް އަހަރުގެ ކޮންމެ ދުވަހަކާއި، ދުވަހުގެ  ކޮންމެ މިނެޓަކާއި،  މިނެޓްގެ ކޮންމެ ސިކުންތަކީވެސް ޚާއްޞަ  ވަޤުތުތަކެކެވެ. އުފާވެރި ވަޤުތު ތަކެކެވެ.

ވެލެންޓައިންސް  ޑޭ އަކީ ކިތަންމެ މަޝްހޫރު ދުވަހެއް ކަމުގައި ވިޔަސް،  އެ ދުވަހުގެ ތާރީޚު ވަނީ  އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައެވެ. ތާރީޚު  ދިރާސާ ކުރައްވާ އެކިއެކި  ޢިލްމުވެރީންގެ ރަޢުޔު މިކަމުގައި ވަރަށް  ތަފާތެވެ. ޔަޤީން ކަމާއި އެކު އެނގޭ  ކަމަކީ، މި ދުވަހަކީ އެންމެ ކުރީގެ  މަޞީހީ ދީނުގެ އާދަކާދަ ތަކާއި ރޯމުގެ ބުދަށް  އަޅުކަންކުރުމުގެ ޘަޤާފަތުގެ  ތެރެއިން އުފެދިގެން އައި ކަމެއް ކަމެވެ.

ޢީސާގެފާނުން  ދުނިޔެއަށް ވަޑައިގަތުމުގެ އެތަކެއް ސަތޭކަ އަހަރުގެ  ކުރީއްސުރެ، ރޯމުގެ މީހުން  ފެބުރުއަރީމަހުގެ މެދުތެރޭގައި ޢީދެއް ފާހުގަ  ކުރެއެވެ. އެ ޢީދަށް ދެވިފައިވާ  ނަމަކީ “ލުޕްރިކޭލިޔާ” އެވެ. އެދުވަސް  ޚާއްޞަވެފައިވަނީ  ”ލޫޕަކް”ކަލާނގެޔާއި “ފޯނަސް” ކަލާނގެއަށެވެ. ބުނެވޭ   ގޮތުގައި ލޫޕަކްއަކީ ހިޔަޅެއްގެ ސިފައިގައި އޮންނަ ބުދެކެވެ. އަދި  އޯނަސްއަކީ  ދަރިމައިވުމާއި ދަނޑުވެރިކަމުގެ ކަލާނގެއެވެ. ހުންނަނީ  އެއްބުރި މީހެއްގެ  ސިފައިގައި އަނެއް ބުރި ބަކަރިއެއްގެ ސިފައިގައެވެ.

އެ  ޢީދުގެ ކަންތައްތައް ފެށެނީ ބަކަރިއެއް ޤުރުބާން ކުރުމުންނެވެ.  އެއަށްފަހު އެއިގެ  ހަމުން ޒުވާން އަންހެންކުދީންގެ ގައިގައި ތަޅައެވެ.  އަނިޔާ ކުރުމަކަށް ނޫނެވެ.  އެއިން ބަރަކާތް ޙާޞިލްކުރުމަށް ކުރާ ކަމެއްގެ  ގޮތުންނެވެ. އަދި އެ ބަކަރީގެ ލޭ،  އެމީހުންގެ ގައިގައި އުނގުޅައެވެ.  މިބައިމީހުން ދެކޭ ގޮތުގައި މިފަދައިން  ޢަމަލުކުރުމުން އަންނަ އަހަރު  ދަނޑުތަކުގެ މުޑުވައް ރަނގަޅުވެ، އެއަހަރުގައި ވިހާ  ކުދީންގެ ބަރަކާތް  އިތުރުވެއެވެ.

ޢީސާގެފާނުންގެ  ފަހުން، ފަސްވަނަ ޤަރުނަކީ މަޞީޙީ ދީން ޔޫރަޕްގައި  އެންމެ ބާރަށް ފެތުރިގަތް  ދުވަސްވަރެވެ. އެ ދުވަސްވަރު މަޞީޙީ ފައްޅީގެ  މަސައްކަތަކަށް ވެފައިއޮތީ، ކުރީގެ  ޖާހިލު ޢާދަތައް، މަޞީޙީ ދީނުގެ  އޮނިގަނޑުގެ ތެރެއަށް ފެތޭގޮތަށް ބަދަލުކުރުމެވެ.  މިގޮތުން އެވަޤުތު  ފައްޅީގެ ބޮޑު ފާދިރީ، ޕޯޕް ޖެލޭސިޔަސް ނިންމެވީ ފެބްރުއަރީ  މަހުގެ  ސާދަވަނަ ދުވަހަކީ ސެއިންޓް ވެލެންޓައިންސްގެ ދުވަސް ކަމުގައި ފާހުގަ   ކުރުމަށެވެ. ލުޕްރިކޭލިޔާގެ ޢީދުގެ ބަދަލުގައެވެ.

ވެލެންޓައިން،  މި ނަމަކީ އެދުވަސްވަރުގައި ވަރަށް އާއްމު ނަމެކެވެ.  އެހެންކަމުން މިދުވަސް  ޚާއްޞަވެފައި މިވަނީ ކޮން ވެލަންޓައިންއަކަށް  ކަމެއް ކަނޑައެޅިގެން ބުނެދޭކަށް  ނޭނގެއެވެ.

އެއް  ރިވާޔަތެއްގައި ވާގޮތުން، ޢީސާގެފާނުގެ ފަހުން ތިންވަނަ  ޤަރުނުގައި، ރޯމަން  އެމްޕެރަރ ކްލައުޑިޔަސް 2 ގެ ޒަމާނުގައި ވަރަށް  މަޝްހޫރު ފާދިރީއެއް އުޅުއްވިއެވެ.  އެ ފާދިރީގެ ނަމަކީ ސެއިންޓް  ވެލަންޓައިންއެވެ. ކްލައުޑިޔަސްގެ ޒަމާނަކީ ހަނގުރާމަޔާއި  ލޭ އޮހޮރުވުމުގެ  ޒަމާނެކެވެ. އޭނާގެ ފައުޖު ތަކުގައި އެތަކެއް ހާސް ސިފައިންނެއް  ވެއެވެ.  ކްލައުޑިޔަސްއަށް ފާހުގަކުރެވުނު ގޮތުގައި، މި ސިފައިންނަށް، އެމީހުންގެ  ޢާއިލާ  ދޫކޮށް، ވަޒަނާއި ޤައުމާއި ދުރުގައި ހަނގުރާމަކުރުން އޮންނަނީ  ވަރަށް ބޮޑު  ތަކުލީފަކަށް ވެފައެވެ. އެމީހުން ތާ އަބަދު ތިބެނީ، އަނބި  ދަރީންގެ ކައިރިޔަށް  ދެވޭނޭ ދުވަހެއްގެ އިންތިޒާރުގައެވެ. މިހެން ވުމުގެ  ސަބަބުން އެމީހުންގެ ޖޯޝާއި  ފޯރި ކުޑަވެގެން ދާކަމުގައި ކްލައުޑިޔަސްއަށް  ފާހުގަކުރެވުނެވެ.

މި  މައްސަލައިގައި ވަރަށް ވިސްނުމަށްފަހު ކްލައުޑިޔަސް ނިންމީ،  ފައުޖުގައި ދާ  ސިފައިންނަށް ކައިވެނިކުރުން މަނާ ކުރެވިއްޖެނަމަ  މިބައިމީހުންގެ ހިތްވަރު  ގަދަވެދާނޭ ކަމުގައެވެ. އެހެނީ އެއިރުން  ހަނގުރާމައިގެ މައިދާނުގައި ހުންނައިރު  ތިމާގެ އަނބީންނާއި ދަރީންގެ  މަތީން ވިސްނާކަށް ނުޖެހޭނެއެވެ. މިހެން ވިސްނުމުން،  ކްލައުޑިޔަސް، އޭނާގެ  ފައުޖުގެ އެންމެހައި ސިފައިންނަށް، ކައިވެނި ކުރުން މަނާ  ކުރިއެވެ.

ނަމަވެސް  ފާދިރީ ވެލަންޓައިން ގެންދެވީ، ބޭނުންވެގެން އަންނަ މީހުންގެ  ކައިވެނި އަޤްދު  ކޮށްދެއްވަމުންނެވެ. ފައުޖީންނާއި އެހެނިހެން މީހުންގެ  ތަފާތެއް ނުކުރައްވައެވެ.  ދުވަސްކޮޅެއްގެ ފަހުން އެމްޕެރަރ  ކްލައުޑިޔަސްއަށް މިކަން އެނގި، ފާދިރީއަށް  މަރުގެ ޙުކުމް އިއްވިއެވެ.  އަދި ޙުކުމް ތަންފީޒު ކުރެވެންދެން ޖަލުގެ އަނދިރި  ގޮޅިޔަކަށް  އެއްލައިލެވުނެވެ.

ފާދިރީ  މިހެން އޮންނަވާއިރު އޭނާ ކުރީގައި ކައިވެނިކޮށްދެއްވި މީހުން،  އެކި ދުވަސްމަތީން  ޖަލަށް ޒިޔާރަތް ކުރެއެވެ. މިމީހުން އަންނައިރު މަލުގެ  ގުލްދަސްތާ ތަކާއި،  ކުދިކުދި ނޯޓުކޮޅުތަކުގައި ޝުކުރުގެ ލަފްޒުތައް  ލިޔެގެން ގެންދެއެވެ. ފާދިރީ  ޖަލުގައި އޮންނެވިއިރު،  ޖަލު  ބަލަހައްޓާ  މީހާގެ އަންހެން ދަރިފުޅުވެސް ވަރަށް ގިނައިން އެތަނަށް ގޮސް އުޅޭ   ކަމުގައި ވެއެވެ. މިހެން އައިސް ގޮސް ވުމުގައި ފާދިރީއާއި މި ކުއްޖާގެ  މެދުގައި  ލޯތްބާއި ކުލުނު އުފެދިފައިވެއެވެ.

ބުނެވޭގޮތުގައި  ފެބްރުއަރީ މަހުގެ ސާދަވަނަ ދުވަހެއްގައި އެއްކަލަ  ފާދިރީ ދަންޖެއްސުމަށްޓަކައި  ގެންދެވުނެވެ. އެއިގެ ހަމަ ކުޑަ ހިނދުކޮޅެއް  ކުރީން، ޖަލު ބަލަހައްޓާ މީހާގެ  ދަރިފުޅަށް ފާދިރީގެ ފަރާތުން ކުޑަ ކުޑަ  ނޯޓެއް ފޮނުވުނެވެ. އެއިގައި ލިޔެފައިވަނީ  ” ޓު މައި ވެލަންޓައިން” (މަގޭ  ވެލަންޓައިންއަށް) މިފަދައިންނެވެ. އަދި  އަދަށް ދާނދެންވެސް ވެލަންޓައިން  ދުވަހުގައި ފޮނުވޭ ކާޑުތަކުގައި މިފަދައިން  ލިޔެވިފައި ހުރެއެވެ.

މިޒަމާނުގައި  ވެލަންޓައިންސް ޑޭ ފާހުގަކުރާއިރު، ހިތުގެ ސިފަޔަށް  ހަދާފައިވާ ހަދިޔާތައް  ފޮނުވައެވެ. އަދި އެ ދުވަހާއި ގުޅިގެން  “ކިޔުޕިޑް”ގެ ހަނދާންވެސް އައުކުރެއެވެ. ކިޔުޕިޑް އަކީ ރޯމުގެ ލޯބީގެ   ކަލާނގެއެވެ. ކިޔުޕިޑްގެ ބުދަކީ ފިޔަ ފަޅާފައިވާ މީހެއް ނުވަތަ ކުޑަ  ކުއްޖެއްގެ  ސިފައިގައި ހުންނަ ބުދެކެވެ. އަތުގައި ދުނި ދަނޑިޔަކާއި ތީރެއް  އޮވެއެވެ.

މިޒަމާނުގައި  ވެލަންޓައިންސް ޑޭ އަކީ، ކްރިސްމަސްއަށް  ފަހުގައި،  އެންމެ  ގިނައިން ޚަރަދު ކުރެވޭ ބަންދު ދުވަހެވެ. އެމެރިކާގައި އެކަނިވެސް  ސަތޭކަ އައްޑިހަ  މިލިޔަން ރަތް ފިނިފެން މަލާއި، ތިރީސް ހަ މިލިޔަން  ހަދިޔާއާއި، ޢަދަދު  ނުކުރެވޭވަރުގެ ގިނަ ކާޑާއި އެތަކެއް ގިނަ ޖަވާހިރުގެ  ގަހަނާ ވިކެއެވެ. މި  ހުރިހައި އެއްޗެއްގެ އަގު، ސާދަ ބިލިޔަން ޑޮލަރަށް  އަރައެވެ. އޭޝިޔާއާއި  މެދުއިރުމައްޗާއި ހުޅަނގުގެ ގިނަ ޤައުމުތަކެއްގައި  މި ދުވަސް ފޯރިޔާއިއެކު  ފާހުގަކުރެއެވެ.

ކޮންމެޔަކަސް،  އަޅުގަނޑުގެ މި ލިޔުމުގެ މަޤްޞަދަކީ، ބަޔަކު ނިކަން  ކުރާހިތުން ކުރާ ކަމެއް ހުއްޓުވުމެއް  ނޫނެވެ. ނުވަތަ ފާޑު ކިޔުމެއްވެސް  ނޫނެވެ. ނަމަވެސް ކަމުގެ ޙަޤީޤަތް  އޮޅުންފިލީމައި، އަޅުގަނޑުގެ  ރަޙްމަތްތެރީންނާއި އެ މަޢުލޫމާތު ޙިއްޞާކޮށްލުމެވެ. މަޢުލޫމާތުގެ  ރަސް  މަގެއް ހުޅުވިފައިއޮތް މިކަހަލަ ޒަމާނެއްގައި ކަންތައްތައް ނޭނގި   ތިބޭކަށްވެސް ނުވާނެތާއެވެ؟