Kulhudhuffushi.com » ކުޅިވަރު

ޝޯން ގާނިއޭގެ ސްޓްރީޓް ސްޓައިލްގެ ހުނަރު ކުޅުދުއްފުށީގައި ދައްކާލައިފި
ރެޑް ބުލް ސްޓްރީޓް ސްޓައިލް ފުރަތަމަ މުބާރާތުގައި ވޯލްޑް ޗެމްޕިއަންކަން ހޯދި ޝޯން ގާނިއޭ އޭނާގެ ސްޓްރީޓް ސްޓައިލްގެ ހުނަރު މިއަދު ކުޅުދުއްފުށީގައި ދައްކާލައިފި އެވެ.

ރެޑް ބުލް ރާއްޖޭގައި މާކެޓްކުރާ ޔޫރޯ މާކެޓިންގެ ފަރާތުން އިންތިޒާމުކޮށްގެން މިއަދު ހަވީރު ކުޅުދުއްފުށީގައި ކުރިއަށްދިޔަ ޝޯގައި ޝޯން ގާނިއޭގެ އިތުރުން ފްރާންސްގެ މަޝްހޫރު އަންހެން ފްރީ ސްޓައިލް ފުޓްބޯލާއެއް ކަމަށްވާ ސޭންޑީ ލަވީޓާސް (ބޭމްބީބޯލް) ގެ ހުނަރުތައް ވެސް ދައްކާލުން ކުރިއަށް ދިޔައެވެ.

ރެޑް ބުލް ސްޓްރީޓް ސްޓައިލް ޝޯ ކުރިއަށް ގެންދިއުމަށްޓަކައި ޝޯން އާއި ބޭމްބީބޯލް މިއަދު ކުޅުދުއްފުއްޓަށް އައީ މެންދުރު ފަހުގެ ވަގުތެއްގައި އެވެ. އެ ދެމީހުންނަށް ކުޅުދުއްފުށިން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު މިއަދު ހަވީރު ބޭއްވި ޝޯ ބަލާލުމަށްޓަކައި ކުޅުދުއްފުށީގެ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ބަޔަކު ހިއްކި ސަރަހައްދަށް ދިޔައެވެ.

ސްޓްރީޓް ސްޓައިލް ޝޯ ކުރިއަށް ދިޔަ ވަގުތު އެތަނަށް ދިޔަ ބައެއް ކުދިން ވެސް އެމީހުންނާއެކު ހުނަރުތައް ދައްކާލިއެވެ. އަދި، ޝޯ ކުރިއަށް ދިޔަ ވަގުތު ރެޑް ބުލް އެނާޖީ ޑްރިންކް ބަހާފައިވާއިރު ޝޯ އަށް ކުޅުދުއްފުށިން ވަރަށް ބޮޑު ސަޕޯޓެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ރެޑް ބުލް ރާއްޖޭގައި މާކެޓް ކުރާ ޔޫރޯ މާކެޓިން އިން ބުނީ މިއަހަރުގެ ތެރޭ މިފަދަ އެހެން ޝޯއެއް ކުޅުދުއްފުށީގައި ބޭއްވުމަށް ގަސްދުކުރައްވާ ކަމަށެވެ.

ޚަބަރާގުޅޭ ފޮޓޯ ބެއްލެވުމަށް ކުޅުދުއްފުށި އޮންލައިން ފޭސްބުކް ޕޭޖް އަށް ދިއުމަށް ކްލިކް ކުރަށްވާ

ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި ކުޅޭ ފުޓްސަލް މުބާރާތް ފެށިއްޖެ
ކުޅުދުއްފުށީގައި ހުރި ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި ކުޅެވެމުން އަންނަ “ސްކޫލް ސްޓާފް ފުޓްސަލް ލީގް 2012″ ފެށިގެން ކުރިއަށް އެބަދެއެވެ.

މީގެ 4 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މިމުބާރާތަކީ ކުޅުދުއްފުށީގައި ހުރި ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި ފަސް ޓީމެއްގެ މައްޗަށް ބަހާލައިގެން ކުޅޭ މުބާރާތެވެ. މިއަހަރުގެ މުބާރާތް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ޖަލާލުއްދީން ސްކޫލުގެ މިނީ ގްރައުންޑް ގައި އެވެ.

ޖުމްލަ 5 ޓީމް ހިމެނޭ މި ފުޓްސަލް ލީގުގައި މިއަހަރު ކުޅޭ ޓީމުތަކަކީ، އެސްކޭޕް، ޝިފްޓް ޑިލީޓް، ކެޕްސް ލޮކް ބެކް ސްޕޭސް އަދި ކޮންޓްރޯލް ޒެޑް އެވެ.

މިދިޔަ ހަފުތާ ބަންދުގައި ކުޅެވުނު މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޝިފްޓް ޑިލީޓް އާއި ކެޕްސް ލޮކް އެވެ. މިމެޗް 7 ލަނޑު 5 ލަނޑު ކާމިޔާބުކުރީ ޝިފްޓް ޑިލީޓް ޓީމެވެ. ދެވަނަ މެޗު 5 ލަނޑު 2 ލަނޑުން ކޮންޓްރޯލް ޒެޑް ޓީމް ކާމިޔާބުކޮށްފައިވަނީ ބެކް ސްޕޭސް އާއި ބައްދަލުކޮށްގެންނެވެ.

ތިންވަނަ މެޗުގައި ޓީމް އެސްކޭޕްގެ މައްޗަށް ބޮޑު ތަފާތަކުން މޮޅުވެފައިވަނީ ޝިފްޓް ޑިލީޓް ޓިމެވެ. އެމެޗުގެ ނަތީޖާއަކީ އެސްކޭޕް 3 ލަނޑު، ޝިފްޓް ޑިލީޓް 8 ލަނޑެވެ. ހަތަރުވަނަ މެޗުގައި ކެޕްސް ލޮކް ކޮޅަށް 8 ލަނޑު ޖަހައިގެން މެޗު ކާމިޔާބުކުރީ ކޮންޓްރޯލް ޒެޑް ޓީމެވެ. މިމެޗުގައި އެޓީމް 4 ލަނޑު ޖަހާފައި ވެއެވެ.

ޖަލާލުއްދީން ސްކޫލުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓޮޕާޒް ހައުސް ހޯދައިފި
ޖަލާލުއްދީން ސްކޫލުގެ 13 ވަނަ އިންޓަރހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓޮޕާޒް ހައުސް ހޯދައިފި އެވެ.

އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމުގައި ކުޅުވެނު ފައިނަލް މެޗުގައި ޓޮޕާޒް ޗެމްޕިއަންކަން ހޯދީ ފެއަރ ޕްލޭ ޓީމަކަށް ހޮވުނު ރޫބީ އާ ބައްދަލުކޮށް 5 ލަނޑު 1 ލަނޑުގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްގެން ނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޓޮޕާޒް އަށް ލިބުނު އިރު މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރއަކަށް އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ އެޓީމުގެ އަބްދުﷲ އަބޫބަކުރު އެވެ. މުޅި މުބާރާތުން އެންމެ މޮޅު ގޯލްކީޕަރ އަކަށް ރޫބީ ޓީމުގެ މުހައްމަދު އަބްދުﷲ ހޮވުނުއިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ ޓޮޕާޒްގެ މުހައްމަދު އަޒާން އާދަމް އެވެ. އެންމެ މޮޅު ފޯރވާޑްގެ މަގާމު ޓޮޕާޒްގެ އަންވަރ އާދަމް ހޯދިއިރު ފެއަރ ޕްލޭ ކުޅުންތެރިއަކީ އެމަރަލްޑް ޓީމުގެ އަހުމަދު ހުސައިން އެވެ.

މެޗަށް ފަހު ޗެމްޕިއަން ޓީމަށް ދޭ ވާދައިގެ ތަށި ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފުވެރި މެހެމާނު އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ އެވެ.

ކޮންމެ އަހަރަކު އެއްފަހަރު ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމުމުން ކްލަބްތަކުން އެކަމަށް މަރުހަބާ ކިޔައިފި
ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމުމުން އެކަމަށް މަރުހަބާ ކިޔާކަމަށް ކުޅުުދުއްފުށީގެ ކްލަބް ޖަމިއްޔާތަކުން ބުނެފިއެވެ.

ކުޅުދުއްފުށީގެ އެންމެ ގިނަ ދުވަސްވީ ކުލަބްކަމަށްވާ މަގުލަސް ކްލަބުން ބުނީ ކައުންސިލުގެ އެނިންމުމަށް މަރުހަބާ ކިޔާކަމަށާއި އެއީ މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ކައުންސިލުގެ ފަރާތުން އެކަމާބެހޭ އެއްވެސް މަޝްވަރާއެއް އެކުލަބާއެކު ކޮށްފައި ނުވިނަމަވެސް ކައުންސިލަށް ދޭންޖެހޭ ފުރިހަމަ އެހީތެރިކަން އެކްލަބްގެ ފަރާތުން ލިބޭނެކަމަށް ވެސް މަގުލަސް ކްލަބްގެ ނައިބު ރައީސް އަހުމަދު މޫސާ ވިދާޅުވި އެވެ. އަދި އަތޮޅު ފެންވަރުގައި އާއި ޒޯންތަކުގެ ފެންވަރުގައި ކުޅުދުއްފުށިން ވާދަކުރަން ބޭނުންނަމަ އެފަދަ މުބާރާތެއް ވަރަށް މުހިއްމު ކަން އަހުމަދު މޫސާ ފާހަގަ ކުރެއްވިއެވެ.

ކުޅުދުއްފުށީގެ “ހިރަފުސް” ދަނޑަށް ނިސްބަތްވާ ގިނަ ފުޓުބޯޅަ ކުޅުން ތެރިންތަކެއް ހިމެނޭ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތް އިން ބުނީ ކައުންސިލުން ބާއްވާ މުބާރާތުގައި އެކުލަބުންވެސް ވެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެފަދަ މުބާރާތެއް ބާއްވަން ކައުންސިލުން ނިންމި ނިންނުމަށް މަރުހަބާ ކިޔާކަމަށް ވެސް ސްކައި ޖަމިއްޔާގެ ނައިބު ރައީސް އަދި މިވަގުތު އެޖަމިއްޔާ ހިންގުމުގެ މަސްއޫލިއްޔަތު އުފުލަމުން އަންނަ އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

އިންޓަރ އޮފީސް ފުޓްސަލް މުބާރާތެއް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުޅުދުއްފުށީ ޒިގްޒެގް ފޮރ ޔޫތު ލިންކޭޖްގެ ރައީސް މުހައްމަދު އާސިފް ވެސް ބުނެފައި ވަނީ އެފަދަ މުބާރާތެއް ކުޅުދުއްފުއްޓަށް ވަރަށް މުހިއްމު ވެފައިވާ ކަމަށެވެ. އަދި  ކައުންސިލުގެ އެނިންމުމަށް ޒިގްޒެގުންވެސް މަރުހަބާ ކިޔާކަމަށެވެ. އަދި ކައުންސިލުން ބާއްވާ މުބާރާތަށް ޒިގްޒެގުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަމަށްވެސް އާސިފް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ކުޅުދުއްފުށީގެ އެކި ހިސާބު ތަކުގައި ހަރަކާތްތެރިވާ ރަޖިސްޓްރ ނުކުރާ ކްލަބްތަކުން ވެސް ވަނީ، އެފަދަ މުބާރާތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ފެހި ސިގްނަލް ދީފައެވެ. ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ކައުންސިލުން ނިންމާފައި ވަނީ މިމަހުގެ ކުރީ ކޮޅު ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގައެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތް ފަށައިފި
އިބްރާހިމް ހަމީދު

2012 ވަނަ އަހަރުގެ  އަފީފުއްދީން ސްކޫލު އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތް މިއަދު ހެނދުނު ފަށައިފިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން އަފީފުއްދީން ސްކޫލުގެ ސްޕޯޓްސް ސްޕަވައިޒަރު އިބްރާހިމް އައްބާސް ވިދާޅުވީ، ނެޓްބޯޅަ މުބާރާތް ބޭއްވުމުގެ މަޤްޞަދަކީސްކޫލުގެ މާހައުލުގެ ތެރެއިން މިފަދަ މުބާރާތެއް ބާއްވައި ކުޅިވަރުގެ ތެރެއަށް  ޝައުގުވެރިކުރުވާ  ދުޅަހެޔޮ ސިއްހަތެއް ސްކޫލުގެ ދަރިވަރުނަށް  ހޯދައިދިނުން ކަމަށެވެ.

ގުރޭޑް ހަތަކާއި އަށެއް އަދި ނުވައެއްގެ ދަރިވަރުންނަށް އަމާޒު ކޮށްގެން ފެށި މިމުބާރާތުގައި ވާދަކުރާނީ ސްކޫލުގެ ހަތަރު ހައުސް ކަމަށްވާ އަމީނީ ހައުސް، މަޖީދީހައުސް، ޣާޒީހައުސް އަދި ފަރީދީ ހައުސް އެވެ.

މިއަދު ހެނދުނު ފެށި މިމުބާރާތް މިމަހު ފަނަރަ ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތަކީ އަފީފުއްދީން ސްކޫލުން ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ. މިއީ މިމުބާރާތް ބާއްވާތާ 8 ވަނަ އަހަރެވެ.

ކުޅުދުއްފުށީގައި ކޮންމެ އަހަރަކު ވެސް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ކައުންސިލުން ނިންމައިފި
މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ކުޅުދުއްފުށީ ކައުންސިލުން ނިންމައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ކައުންސިލުން ނިންމާފައިވަނީ ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވި އެކައުންސިލުގެ ބައްދަލުވުމެއްގައި އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ނައިބު ރައީސް ފާރޫގު މުހައްމަދު މިއަދު ވިދާޅުވީ، ޒުވާނުންނަށް ހާއްސަކޮށްގެން ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމާފައިވާއިރު މިދިޔަ އަހަރު، ކައުންސިލުގެ ބަޖެޓުގައި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އަދަދުތަކެއް ހިމަނާފައިވާނެ ކަމަށެވެ.

“ބަޖެޓް ލިބުންހާ އަވަހަށް މުބާރާތް އިންތިޒާމު ކުރުމުގެ ކަންތައް ކުރިޔަށްދާނެ. އަދި ބަޖެޓް ނުލިބުން ކަމުގައި ވިޔަސް، އެހެން ގޮތްތަކުން ފަންޑް ހޯދައިގެން މުބާރާތް ބޭއްވުން ކައުންސިލްގެ އަމާޒަކީ.” ފާރޫގު ވިދާޅުވި އެވެ.

މުބާރާތް ބާއްވަން ނިންމި ނަމަވެސް މުބާރާތް ބާއްވާނެ ވަކި ގޮތެއް ކައުންސިލުން ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް ފާރޫގު ވިދާޅުވީ ކައުންސިލުގެ ވިސްނުން ހުރީ ކޮންމެ އަހަރަކު އެފްއޭއެމް އިން ބާއްވާ އަތޮޅު މުބާރާތުގެ ކުރިން ކައުންސިލުގެ މުބާރާތް ބޭއްވުމަށެވެ.

“އޭރުން އެމުބާރާތްތަކަށް (އަތޮޅު މުބާރާތް ފަދަ މުބާރާތްތަކަށް) ޓީމެއް ތައްޔާރުކުރަން ފަސޭހަވާނެ” ފާރޫގު ވިދާޅުވި އެވެ.

ގުޅޭ ލިޔުން:

ކުޅުދުއްފުށީ ޒުވާނުން ރަނގަޅު ފުޓުބޯޅަ ލީގެއްގެ އިންތިޒާރުގައި (07-04-2012)

ކުޅުދުއްފުށީ ޒުވާނުން ރަނގަޅު ފުޓުބޯޅަ ލީގެއްގެ އިންތިޒާރުގައި
ބަދުރުއްދީން ޙަސަން

ކުޅުދުއްފުއްޓަކީ ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑު ރަށެކެވެ. އެހެން ގިނަ ރަށްރަށާއި ޚިލާފަށް ކުޅުދުއްފުށީގެ ގިނަ ރައްޔިތުންނަކީ ރަށުގައި ތިބިގެން މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ބައެކެވެ. ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ބޭނުންވާ ގިނަ ވަސީލަތް ތަކެއް ކުޅުދުއްފުށީ ގައި ލިބެން ހުރުމަކީ ވެސް ކުޅުދުއްފުށީގެ ރައްޔިތުން މާލެ އަށް ހިޖުރަ ނުކޮށް ތިބުމުގެ އެއް ސަބަބެވެ.

ރަށުގައި ދިރިއުޅޭ ބޮޑު އާބާދީ އެއް ކުޅުދުއްފުށީގައި އޮންނަ އިރު، އޭގެ ތެރެއިން ޒުވާނުން ވަކި މަދެއް ނުވާނެއެވެ. ކުޅުދުއްފުށީގައި ތަފާތު ކުޅިވަރު ތައް ކުޅޭ ޒުވާނުން އުޅެއެވެ. އޭގެ ތެރެއިން ގިނަ ޒުވާނުންނަކީ ފުޓުބޯޅަ ކުޅުމަށް ޝައުގުވެރިވާ ޒުވާނުންނޭ ބުނުމަކުން ބާސްކެޓްބޯޅަ ކުޅެންދާ ޒުވާނުންނަށް ބުނެވޭ ބަދުބަހަކަށް ނުވާނެއެވެ.

ކުޅުދުއްފުށީގެ ޒުވާނުންގެ އެކި ޓީމު ތައް ވަނީ އަތޮޅު ފުޓުބޯޅަ މުބާރާތާއި ޒޯން މުބާރާތް ތަކުގައި ކުޅެފައެވެ. އަދި މާލޭގައި އޮންނަ ޒޯން ޗެމްޕިއަނުންގެ ލީގުގައި ކުޅެ އެކިވަރުގެ ކާމިޔާބީތައް ވެސް ކުރިން ހޯދާފައިވެއެވެ. ނަމަވެސް އޭގެ ފަހުން އިތުރު ކާމިޔާބީއެއް ނުލިބޭތާ މިހާރު އަހަރުތަކެއް ފާއިތު ވެއްޖެއެވެ. ނަމަވެސް އެކަން އެހެންވީ ކުޅުދުއްފުށީގައި މޮޅެތި ކުޅުންތެރިން ނުއުފެދޭތީ އޭ މުޅިއަކުން ނުބުނެވޭނެއެވެ. ގައުމީ ފެންވަރުގައި ކުޅުދުއްފުށީގެ ކުޅުންތެރިން ނުފެންނީ ކީއްވެތޯ ވެސް އެއީ ކުރެވޭ ސުވާލެކެވެ. ނަމަވެސް އެމައުލޫއަށް ވަނީ ތަންކޮޅެއް ކުރިން މިނޫހުގައި ބަލާލައިފައެވެ.

މިއަދު ދައްކަން މިއުޅެނީ އެހެން ވާހަކަ އެކެވެ. ކުޅުދުއްފުށީގެ ޒުވާނުންނަކީ ފުޓުބޯޅަ އަށް ލޯބި ކުރާ ޒުވާނުން ތަކެކެވެ. ކޮންމެ ދުވަހަކު އޮފީސް ނިންމާފައި ގަވައިދުން ކުޅެންދާ ޒުވާނުން ގިނަވާނެއެވެ. އަދި އެކި ހިސާބުތަކުގައި ތަފާތު އެކި ނަންތަކުގައި ޓީމުތައް ހަދައިގެން އުޅޭ ޒުވާނުން ވެސް އުޅެއެވެ. ޑްރިބަލް، ޒިގްޒެގް، ބޭލާ، ކޮރަލްސް، ހިރަފުސް މިއީ ކުޅުދުއްފުށީގައި ގިނަ ބަޔަކު ދަންނަ ނަންނަމެވެ. މިއިން ކޮންމެ ނަމެއްގައިވާ ގުރޫޕު ތަކަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބްތައް ނޫންކަމުގައި ވިޔަސް، ފުޓުބޯޅަ އަށް ހުންނަ ޝައުގެއްގެ ސަބަބުން އެއްކޮށް ކުޅެ ގިނަ ދުވަސްތަކެއް ވެފައި ވާ ނަންނަމެވެ.

ކުޅުދުއްފުށީގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އޮފީސް ތަކަށް ހާއްސަ ކޮށްގެން ޒިގްޒެގް ފޮރ ޔޫތު ލިންކޭޖް އިން ބާއްވަން ފަށާފައިވާ މުބާރާތުން ވެސް ކުޅުދުއްފުށީގައި ފުޓުބޯޅަ/ފުޓްސަލް އަށް އޮންނަ ލޯބި ފެނެއެވެ. ނަމަވެސް އެމުބާރާތަކީ ހަމައެކަނި ސަރުކާރު އޮފީސް ތަކާއި ކުންފުނި ތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމުން، އެފަދަ ތަންތަނުގައި ނޫޅޭ ޒުވާނުންނަށް އެމުބާރާތުގައި ނުކުޅެވޭ ކަމީ އިވޭ ޝަކުވާއެކެވެ. އެފަދަ ޒުވާނުންގެ ހުނަރު ފެނިގެންދަނީ ހިރަފުސް ކަޕާއި ކޮރަލްސް ކަޕް ގެ ނަމުގައި ބާއްވާ ފުޓްސަލް މުބާރާތް ތަކުންނެވެ.

ކުޅުދުއްފުށީގެ ޓީމުތައް އަތޮޅު މުބާރާތްތަކުން ފަހަކަށް އައިސް ފެއިލް ވަމުން ދިއުމުގެ ސަބަބެއް ކަމުގައި ބައެއް މީހުން ސިފަ ކުރަމުން އަންނަނީ ސިކްސް އަސައިޑް މުބާރާތްތަކާއި ފުޓުސަލް މުބާރާތްތައް ރަށުގައި އާއްމު ވުމެވެ. ނަމަވެސް، އެ ބަހުސް މިތަނުގައި އަދި ފަށާކަށް ނޫޅެމެވެ. އެހެން ފަހަކުން އެކަމަށް ބަލާލާނީއެވެ.

ފުޓްސަލް މުބާރާތްތައް ކުޅުދުއްފުށީ ގައި އާއްމު ވެފައިވި ކަމުގައި ވިޔަސް، އަނެއްކާވެސް ކުޅުދުއްފުށީގައި “އަސްލު” ފުޓްބޯޅައިގެ ފޯރި މިހާރު ވަނީ ހިފަން ފަށާފައެވެ. ބައެއް ދަނޑުތަކުގައި ހަވީރު ބޮޑު ގޯލަށް ނޫނީ ނުކުޅޭ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ހަމަ އެހެންމެ އެކުވެރި ކަމުގެ ފުޓުބޯޅަ މެޗުތަކެއް ކުޅުމުގެ ފޯރި ވެސް ވަނީ މިހާރު ހިފަން ފަށާފައެވެ. ދާދިފަހުން ކޮރަލްސްގެ ޓީމުވަނީ ހަނިމާދޫ ގެ ޓީމަކާއެކު މެޗެއް ކުޅެފައެވެ. އާއަހަރު ފެށުމަށް ވެސް ވަނީ އެފަދަ މެޗުތަކެއް ކުޅެފައެވެ. މިދިޔަ ހުކުރު ދުވަހު ވަނީ ކުޅުދުއްފުށީ ޕޮލިސް އާއި ޓީޗަރުންގެ މެޗެއް ކުޅެފައެވެ.

ކުޅުދުއްފުށީ ގައި ފުޓުބޯޅަ ކުޅޭ ޒުވާނުން ގިނަ ވެފައި، ފުޓުބޯޅަ އަށް ހުންނަ ފޯރި ގަދަވެފައިވާތީ ރަށުގައި ފުޓުބޯޅަ ލީގެއް ފެށުން އެއީ މިހާރު ޒުވާނުން ކުރާ ވަރަށް ބޮޑު އުއްމީދެކެވެ. އަދި އަތޮޅު މުބާރާތާއި ޒޯން މުބާރާތުގައި ވިދާލާވަރުގެ ޓީމުތަކެއް ކުޅުދުއްފުށިން ނެރުމައްޓަކައި، ބޮޑު ދަނޑަށް ހޭނި، މެޗުތަކެއް ކުޅުމަކީ މުހިއްމު ކަމެއް ކަމުގައި ކުޅުދުއްފުށީގައި ފުޓުބޯޅަ ކުޅޭ ބައެއް ޒުވާނުން ދެކެއެވެ.

ދުވަސް ކޮޅެއް ކުރިން ޒޯން ސްޓޭޑިއަމް އިން އިންތިޒާމު ކޮށްގެން ވަނީ އެފަދަ ލީގެއް ފައްޓާފައެވެ. ނަމަވެސް އެއް އަހަރަށް ފަހު ލީގު ވަނީ ހުއްޓިފައެވެ.

އަނެއްކާވެސް މިވަނީ އެފަދަ ލީގެއް ނުވަތަ މުބާރާތެއް ބޭއްވުމުގެ ވަގުތު ޖެހިފައެވެ. ކުޅުދުއްފުށީގެ ޒުވާނުން ތިބީ އެފަދަ މުބާރާތަކަށް ކެތްމަދު ވެފައެވެ. އިންތިޒާމު ކޮށްދޭނެ ފަރާތެއްގެ އިންތިޒާރުގަ އެވެ. ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ބަޔަކު އިންތިޒާމު ކޮށް ދޭންދެން ތިބިގެން އެއްވެސް ކަމެއް ނުވާނެކަމެވެ.

މިކަމުގައި ކުޅުދުއްފުށީގައި ރަޖިސްޓްރީ ވެފައި ހުރި ޖަމިއްޔާތަކާއި ފުޓުބޯޅަ ކުޅޭ ގުރޫޕުތައް އެއްބަހެއް ކިޔައި، އެއްމޭޒު ދޮށަށް އާދެވިދާނެއެވެ. ކޮންމެ ޖަމިއްޔާ އަކުންވެސް ބަޔަކު އިސްކޮށް ހަރަކާތްތެރި ވުމަށް ނަގައި، ހިންގާ ކޮމިޓީ އެއް އެކުލަވާލެވިދާނެއެވެ. ހުރިހާ ޖަމިއްޔާތަކެއް ގުޅިގެން އެފަދަ މުބާރާތެއް ބޭއްވުމަކީ އެއްބައިވަންތަ ވެއްޖެނަމަ ނުވާނެ ކަމެއް ނޫނެވެ.

ދެން އޮތީ ފައިސާގެ ވާހަކައެވެ. ތަންތަނުން ސްޕޮންސަރ ހޯދުމަކީ ކިހާވަރެއްގެ އުނދަގޫ ކަމެއްކަން އެނގެއެވެ. އަދި މުބާރާތްތައް އިންތިޒާމު ކުރާ ފަރާތްތަކަށް އެކަންތައް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ “ފަންޑްރެއިސް” ކުރެވިދާނެއެވެ.

ހުރިހާ ޖަމިއްޔާއެއް އެކުވެގެން މިކަން ކުރަން އެއްވެސް ޖަމިއްޔާ އަކުން އިސް ނުނަގައިފި ނަމަ، އެހެން ގޮތެއް ވެސް އެބައޮތެވެ. ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމް މިހާރު ވަނީ ކުޅުދުއްފުށީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިފަދަ ކަމެއް އިންތިޒާމު ކުރުމަށް ކައުންސިލް އިން ވެސް އިސްނެގުން ގޯހެއް ނުވާނެއެވެ. ކުރިން ޒޯން ސްޓޭޑިއަމް އިން އިންތިޒާމު ކޮށްގެން ލީގެއް ފެށިގޮތަށް ނުވަތަ އެއަށްވުރެ ފުރިހަމަ އަށް ކައުންސިލްގެ ބެލުމުގެ ދަށުން މިކަން ކުރިވިދާނެ ކަމަށް ފެނެއެވެ.

ކައުންސިލް އަށް ވެސް މައްސަލަ އަކަށް ވާނެކަމަށް ފެންނަނީ ބަޖެޓެވެ. ނަމަވެސް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އާ ގުޅިގެން ނުވަތަ އެފްއޭއެމް އާ ގުޅިގެން ކޮންމެ ވެސް ކަހަލަ އިންތިޒާމެއް ހަމަޖެހޭތޯ ވާހަކަ ދެއްކުމަކީ ނެތް ކަމެއް ނޫނެވެ.

ކޮންމެ ދިމާލެއްގައިވެސް ދަތިތައް ހުންނާނެއެވެ. ނަމަވެސް އެދަތިތައް ފަހަނަ އަޅާދިއުމަށް މަސައްކަތް ކުރަން ޖެހެއެވެ. ކުޅުދުއްފުށީގެ ޒުވާނުން ތިބީ ފުޓުބޯޅަ ލީގެއް ބޭނުންވެފައެވެ. ނަމަވެސް އެކަން ކުރަން ވެސް ތިބީ ހަމަ ކުޅުދުއްފުށީގެ ޒުވާނުންނެވެ. ހުރިހާ މީހުން އެކުގައި މަސައްކަތް ކޮށްގެން އެއީ ނުވާނެ ކަމެއް ނޫނެވެ. ދެކެން ބޭނުންވަނީ ކުޅުދުއްފުށީގައި ވަރުގަދަ އަދި ފޯރިގަދަ ފުޓުބޯޅަ ލީގެއް އުފެދި، އޭގެތެރެއިން ހޮވާލެވޭ މޮޅެތި ކުޅުންތެރިން ތަކެއް ކުޅުދުއްފުށި ތަމްސީލު ކުރާތަނެވެ.

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ކުޅުދުއްފުށީގައި ކަސްރަތު ޕްރޮގްރާމެއް ހިންގަނީ
މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ކުޅުދުއްފުށީގައި މިމަހު ކަސްރަތު ޕްރޮގްރާމެއް ހިންގަން ހަމަޖެހިފައި ވާކަމަށް އެ އިސްޓިޓިއުޓުން ބުނެފިއެވެ.

ޔޫތު މިނިސްޓްރީގެ ދަށުން ވަކި ބޮޑީއެއްގެ ގޮތުގައި ހިނގަމުން އަންނަ އެމްއެންއައިއެސް އިން ކުޅުދުއްފުށީގައި އާއްމުކޮށް ހުޅުވާލައިގެން ކަސްރަތު ޕުރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މިހިނގާ އެޕްރީލް މަހުގެ 13 އިން 17 އަށެވެ. މި ކަސްރަތު ޕުރޮގްރާމް ހިންގުމަށް މިމަހުގެ 9 ވަނަ ދުވަހު އެ އިސްޓިޓިއުޓްގެ ޓީމެއް ކުޅުދުއްފުއްޓަށް ދާނެއެވެ.

އެމްއެންއައިއެސްގެ އޮފިޝަލެއް ކަމުގައިވާ އަބްދުއްސަލާމް އިބްރާހިމް ކުޅުދުއްފުށީ އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ކުޅިވަރު ކުޅެ ކަސްރަތު ކުރާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުޅުދުއްފުށީގައި ހިންގޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ބައިވެރިންނަށް “ޝެޑޯވް ބޮކްސް” ކަސްރަތު ކުރާނެގޮތް ދަސްކޮށްދޭނެއެވެ.

“ޝެޑޯވް ބޮކްސް އަކީ ޖިމް ތަންތަނުގައި ބޭނުންކުރާ ފަދަ އެއްވެސް އިކުއިޕްމަންޓެއް އަދި ޓޫލްސް އެއް ބޭނުން ނުކޮށް ކުރެވޭ ކަސްރަތެއް.” ސަލާމް ވިދާޅުވިއެވެ. “ޝެޑޯވް ބޮކްސް ދަސްކޮށްގެން ގޭގައި ވެސް ކަސްރަތު ކޮށްލެވޭނެ.”

ސަލާމް އިތުރަށް ވިދާޅުވި ގޮތުގައި، ޕުރޮގްރާމްގައި ބައިވެރިވާ އަންހެން ބޭފުޅުންގެ ނިސްބަތް ގިނަވެއްޖެ ނަމަ، އަންހެން ބޭފުޅުންނަށް ހާއްސަ ޝެޑޯވް ބޮކްސް ޑާންސް ޕްރޮގްރާމެއް ވެސް ހިންގާނެއެވެ. އަދި ކުޅުދުއްފުށީގެ ޒުވާނުންނާއި ޖަމިއްޔާތަކުން ފުރިހަމަ ތަރުހީބެއް ލިބިއްޖެނަމަ މުސްތަގްބަލުގައި ޓްރެއިނަރސް އޮފް ޓްރެއިނީސް (ޓީއޯޓީ) ޕްރޮގްރާމެއް ހިންގައި، ކުޅުދުއްފުށީގައި ދާއިމީ ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ބައެއް ތަމްރީނު ކުރާނެއެވެ.

ތަފާތު އާ ކުޅިވަރުތައް ރާއްޖެ އަށް ތައާރަފްކޮށް ރާއްޖޭގައި ކުޅިވަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ އެޕްރީލް މަހުއެވެ.

ނޮޅިވަރަމް އާއި ކުޅުދުއްފުށީ ޒިގްޒެގް ކުޅުނު އެކުވެރިކަމުގެ މެޗު ޒިގްޒެގް ކާމިޔާބު ކޮށްފި
ކުޅުދުއްފުށީގެ ޖަމިއްޔާއެއް ކަމުގައިވާ ޒިގްޒެގް ފޮރ ޔޫތު ލިންކޭޖް އާއި ނޮޅިވަރަމްގެ ޓީމެއް މިއަދު ހަވީރު ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފިއެވެ.

ކުޅުދުއްފުށީ ބޮޑުދަނޑުގައި ކުޅެވުނު މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ 3-1 ލަނޑުންނެވެ. މިމެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ނޮޅިވަރަމްގެ ޓީމުންނެވެ. ނަމަވެސް މާގިނައިރު ތަކެއް ނުވެ ޒިގްޒެގް ގެ އަބޫބަކުރު އާދަމް (އަބޫ) ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އަބޫ ވަނީ އިތުރު ގޯލެއް ޖަހައި ޒިގްޒެގަށް ލީޑު ނަގައިދީފައެވެ. އަދި ފަހު ހާފުގައި ފާހިރުގެ ޕާހަކުން އަހުމަދު ޤާސިމް އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ.

އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގެ ހިރަފުސް ދަނޑުން ވަނީ ނޮޅިވަރަމްގެ ކްލަބް ނޮޅިވަރަމް އާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެމެޗު 6-3 ލަނޑުން ކާމިޔާބު ކުރީ ކުޅުދުއްފުށީ ހިރަފުސް ދަނޑުގެ ޓީމެވެ.

އާ އަހަރުގެ މުނާސަބަތުގައި ކުޅުދުއްފުށީގައި ހާއްސަ ދެ ފުޓްބޯޅަ މެޗު ކުޅެފި
އަލީ އާދަމް

އާ އަހަރުގެ މުނާސަބަތުގައި ކުޅުދުއްފުށީގެ ދެ ދަނޑެއްގައި ހާއްސަ ފުޓްބޯޅަ މެޗެއް ކުޅެފި އެވެ.

މީލާދީ އައު އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅުދުއްފުށީ ހިރަފުސް ދަނޑުން އިންތިޒާމުކޮއްގެން އިއްޔެ ހަވީރު ހިރަފުސް ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗު ތަފާތު ބޮޑު ނަތީޖާއަކުން ހިރަފުސް ޓީމް ކާމިޔާބު ކޮއްފި އެވެ. ނޮޅިވަރަމުގެ ކުލަބު ތިލަދުންމައްޗާއި ބައްދަލުކޮށް ހިރަފުސް މިމެޗު ކާމިޔާބު ކުރީ 6 ލަނޑު 3 ން ލަނޑުންނެވެ. މިމެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކާފައި ވަނީ ހިރަފުސް ޓީމުގެ ޖަރޒީ ނަމްބަރު 7 އިބްރާހިމް ހަސަނެވެ.

އައު އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޔެ ކުޅުދުއްފުށީ ކޮރަލް ދަނޑުން އިންތިޒާމޮކޮއްގެން ވެސް ވަނީ ފުޓުބޯޅަ މެޗެއް ކުރިއަށް ގެންގޮސްފަ އެވެ. މިމެޗުގައި ކޮރަލް ދަނޑުގެ 23 އަހަރުން މަތީގެ ޓީމާއި ބައްދަލުކޮށް 3 ން ލަނޑު 1 އް ލަނޑުން މެޗު ކާމިޔާބު ކުރީ ކޮރަލް ދަނޑުގެ 23 އަހަރުން ދަށުގެ ޓީމެވެ. މިމެޗުގެ އެއްމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ 23 އަހަރުން ދަށުގެ ޓީމުގެ ޖަރޒީ ނަމްބަރު 17 އަބްދުﷲ އަބޫބަކުރު (ބަކާ) އެވެ.